Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 18

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
September 6, 2021 8 Mins Read
9 Comments

* “މަރިޔަމް މިޝަލް ޒާހިރު” އޭ ޖަހާފައިވާ އައިޑީ ކާރޑަށް ބަލާލާފައި މިޝަލް ފުންނޭވާއެއް ލިއެވެ. އެއީ މިއަލް އާއި މިޝްލާގެ ނަމާއި ގުޅުވާފައި މިޝަލް ޚިޔާރުކުރި ނަމެކެވެ. މިހާރު އޭނައަކީ “ޓޮމްބޯއި”އެކެވެ. އޭނަ ލައި އުޅެނީވެސް ފުޅާ ބެލްސް ނުވަތަ ސޯޓްކޮޅުތައް އަދި އެހާ ގަޔަށް ދޫ އޯވަރސައިޒް ޓީޝާރޓްތަކެވެ. މީހަކަށް އޭނަ ވަކިކުރަން އެނގިދާނެތީ މިޝަލް އުޅެނީވެސް މާސްކް ނުވަތަ ސްކާރފްތަކުން މޫނު ނިވާކޮށްގެންނެވެ. ފަހަތުން ނުވަތަ ދުރުން މީހަކަށް އޭނަ ފެނިއްޖެނަމަ އޭނަ އަކީ އަންހެން ކުއްޖެއްކަން މީހުންނަށް ލަފާކުރަން ދަތިވާނެއެވެ. މިޝަލް ގަޑި ބަލާލިއެވެ. ދިހަގަޑި ބައިވަނީއެވެ. “ޝަފްވާން…” އެނަން ކިޔާލިއިރު މިޝަލްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އެހިތުގައިވަނީ ނުގުޑާ ފަދަ އަޒުމެކެވެ. އޭނަ ޝަފްވާން ހާސިލް ކުރާނެއެވެ. *

“އެލް..” ހައިފާ ހުއްޓުންއަރާފައި އިން މިއަލްއަށް ގޮވާލީ ކަންބޮޑުވެހުރެއެވެ. “ކީކޭ ދައްތާ..؟” މިއަލް އަވަސްއަވަހަށް އެއްސެވެ. “ލީން.” ކޮޅަށް ހުރި އަހުނަފަށް ގޮވާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއަޑު އަހާފައި ނަވާޒު ނަވާލްގެ މޫނަށް ބަލާލީ ފާޑަކަށެވެ. ނަވާލް ނޭވާ ހިފާއްޓާލައިގެން އިނެވެ. މިއަލްއަށް އަދިވެސް އަހުނަފާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއީ އޭނަގެ ގިޓާރ ގެންދިޔަ މީހާ އާއި އެކީގައި ހުރި ޒުވާނާކަން ދެނެގަންނަން މިއަލްއަކަށް އުނދަގުލެއް ނުވިއެވެ. ފާޑަކަށް އަނގަ ހަދާލެވުނީވެސް އެހެންވެއެވެ. އެ ކުއްޖާ ގާތުގައި އޭނަގެ ގިޓާރ އަނބުރާދޭށޭ ބުނަން މިއަލްގެ ހިތަށް އެރިއެވެ. ނަމަވެސް ހިތުގެ ބަސްތައް ދުލުން ޖުމްލައެއްގެ ގޮތުގައި ބޭރެއް ނުވިއެވެ.

އަހުނަފް ހުރީ ފާޑަކަށް ޝޮކެއް ޖެހިފައެވެ. މިލީންގެ ވަޅުލިވަގުތު އޭނަވެސް އެތަނުގައި ހުއްޓެވެ. އަނެއްކާ މިއީ މިލީންގެ ރޫހު ހެއްޔެވެ.؟ “ލީން.. ކިހިނެތް މިތަނުގައި…..” އަހުނަފް ކުރަން އުޅުނު ސުވާލު މަޑު ޖެހުނީ ކަނާތް އިސްކޮށްލި ނަވާޒު ހުއްޓާލަން އެންގުމުންނެވެ. “ބަނޑުހައެއް ނުވޭތަ..؟” ހައިފާ އަހުނަފަށް ތަށި ކައިރި ކޮށްލަދިނެވެ. އިރުކޮޅެއް ނުވަނީސް އިޒާ ތިއްތިއޭކިޔާ ގޮވަމުން އައިސް އަހުނަފްގެ ގައިގައި އޮޅުލައިގަތެވެ. އަހުނަފްވެސް ނުހަނު ލޯބިން އިޒާގެ އިސްތަށިގަނޑުގައި ފިރުމާލި މަންޒަރު ބަލަން މިއަލް އިނީ ހިތްދަތިވެފައެވެ. މިލީންއާއި އޭނަ އާއި ވަކިނުވިނަމަ އެދެމީހުން ވެސް އުޅޭނީ އެހެންނެވެ. މިއަލް ކަޅި ޖަހާނުލާ އަހުނަފާއި ދިމާލަށް ބަލަން އިންދާ އަހުނަފްވެސް މިއަލްގެ މޫނަށް ބަލާލައިފިއެވެ. ކުށެއް ކުރަނިކޮށް އަތުލައިގަތް ވަގެއް ފަދައިން މިއަލް އަވަސްއަވަހަށް ދުރު ބަލާލިއެވެ. އަހުނަފް އަދިވެސް ފާޑަކަށް ބަލަން އިނީއެވެ. މިއަލްގެ މޫނުމަތިން އެއްޗެއް ހޯދަން  އުޅޭ ކަހަލައެވެ. “އަހޫ.. މީ ނަވާލްބެ.. އަހުނަފްގެ ބޮޑުބޭބެ.. ދެން އެއިނީ މިއަލް.. ނަވާލްބޭގެ ދަރިފުޅު.. އަހޫގެ ދެބެންގެދެދަރި ކޮއްކޮ..” ނަވާޒު އެހެން ބުނުމާއި އެކީގައި އަހުނަފަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއީ މިލީން ނޫންކަން ޔަގީންވުމުންނެވެ. ފިލްމުތައް ބެލޭވަރުން އަހުނަފަށް ވާގޮތެކެވެ. “ނައިސް ޓު މީޓް ޔޫ..” ބަލާވެސްނުލާ އަހުނަފް ބުނެލިގޮތުން މިއަލްއަށް ހައިރާންކަން ލިބިގެންދިޔަ ނަމަވެސް ކުޑަކޮށް ހީނލިއެވެ.

“ދެކުދިން ކުރިން ދިމާވެފައި ނުވިޔަސް އެއްކޮށް އުޅޭނެކަމަށް އުންމީދު ކުރަން.. އަހުނަފް ވާނެ އެލްއަށް އަޅާލަން.. އެލްވެސް ބީރައްޓެހިވެފައި ނީންނާތި އިނގޭ..” ނަވާޒު އޭނަގެ އެދުން ހާމަކުރިއެވެ. ބަހަކުން ބަހެއް ނުބުނެ މިއަލް އާއި އަހުނަފް ބޯޖަހާލިއެވެ. އޭރު ނަވާލް ނިކަންބޮޑަށް ހިނިތުންވެފައި އަހުނަފާއި ސަލާމްކޮށްލަނީއެވެ. ކިޔެވުމާއި ހުރިހާ ކަމެއްގެ ވާހަކަ ނަވާލް އެއްސެވެ. އަހުނަފް ދިން ޖަވާބުތަކަށް ކަންފަތް ހުޅުވާލައިގެން މިއަލް އިނެވެ. އަހުނަފް ބުނިގޮތުންނަމަ އޭނަ އޭލެވެލް ހަދާ ނިންމާލީ ދެއަހަރު ކުރިންނެވެ. އުމުރުން އަހުނަފް ބޮޑުކަން މިއަލްއަށް އެނގުނީ މިއަހަރު އަހުނަފަށް ވިހިއަހަރު ވާނެކަން އެނގުމުންނެވެ. އިތުރުން އަހުނަފް މަސައްކަތް ކުރަނީ ޗީޒީ ކިޔާ ރެސްޓޯރެންޓްގެ ޑެލިވަރީ ބޯއިއެއްގެ ގޮތުގައެވެ. ނަވާޒު ނުހަނު ހިނިއައިސްފައި ނަވާލަށް އަހުނަފާއި ތަނާގެ ވާހަކަވެސް ކިޔާދިނެވެ. ނުފެންނަ ދަތްކޮޅުވެސް ދައްކާލަމުން ނަވާލް އަހުނަފަށް މަރުހަބާ ކިޔާ ނަސޭހަތް ލައިދީ ހެއްޖެވެ. މިއަލް ކޭތަށި ދޮންނަން ދާން އުޅުމުން ހައިފާ އޭނަ ހުއްޓުވާފައި އޭނަ އެކަން ކޮށްލަފާނެކަމަށް ބުންޏެވެ. ނަމަވެސް ގޮތްދޫނުކޮށް މިއަލް އޭނަ ކޭތައްޓާ އެކީގައި ސިންކްގައި އޮތް ހުރިހާ ތައްޓެއް ދޮވުނެވެ. “ދައްތައަށްވެސް ނިކަން ފަސޭހަވާނެ މިހާ މުރާލިކުއްޖެއް ގޭގައި އުޅެންޏާ..” ނަވާލް ބުންޏެވެ. “ނިދަން އޮށޯންނަން ދާކަށް ނުވޭ..؟” ނަވާލް މިއަލްގެ މޫނަށް ބަލާލިއެވެ. މިއަލް އަވަހަށް ބޯ ޖަހާލިއެވެ. “މިއަލްގެ ކޯސް ފެށެނީ އަދި ދުވަސްކޮޅެއް ފަހުން ދޯ..؟” ހައިފާ އެއްސެވެ. މިފަހަރު ވެސް މިއަލް ބޯ ޖަހާލީއެވެ. މިއަލްއަކީ ބަސްމަދު މަޑުމައިތިރި ކުއްޖެއްކަން އަހުނަފަށް އެނގުނެވެ. އޭރުވެސް އަހުނަފްގެ ޚިޔާލުގައިވަނީ މިލީންއެވެ. “އަނެއްކާ…” ހިތަށް ވަން ޚިޔާލަކުން އަނެއްކާވެސް އަހުނަފަށް މިއަލްގެ މޫނަށް ބަލާލެވުނެވެ. “މިއީ ރޮބްކޮށްލި ރޭ ޝަފްވާނާއި އެކީގައި ހުރި އަންހެން ކުއްޖާބާ..؟” އަހުނަފަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ޓިޝޫއަކުން ތުންފުހެމުން ހައިފާ އަދި ނަވާޒަށް ރޭގަނޑުގެ ތަހުނިޔާ ކިޔާފައި އަހުނަފް ދުވެފައި ކޮޓަރިއަށް ވަނީ ޝަފްވާނަށް އެޚަބަރު ދޭށެވެ.

އަހުނަފް ދިޔަ މަންޒަރު ބަލަން ހުރެފައި ހައިފާ ބޯހޫރާލިއެވެ. އެއީ އަހުނަފް ދުވަހަކުވެސް އުޅުނު ގޮތެއް ނޫންކަމަށް ބުނެދެމުންނެވެ.

ޖެހިގެން އައި ދުވަހު އިރުއަރައި ދޮންކުރިއިރު ޝަފްވާން އޮތީ އެނދުން ހިއްލާލަން ކަންނެތްވެފައެވެ. ރޭ ހަތަރުދަމު “މިލީން” ހޯދަން އުޅެގެން ބޮލުގައިވެސް އެބަ ރިއްސައެވެ. އާފުރެމުން ޝަފްވާން ގަޑި ބަލާލިއެވެ. އެކެއް ޖަހަން އުޅެނީއެވެ. ތުވާލި ހިފައިގެން ޝަފްވާން އެއްލެމުން ފާޚާނާއަށް ވަނެވެ.

މިއަލްގެ މެންދުރު ފާއިތުވެގެން ދިޔައީ އިޒާ އާއި އެކީގައެވެ. އެ ކުޑަކުއްޖާގެ ހުންނަ މަޖާ ލޯބި ގޮތްގަނޑުގެ ސަބަބުން މިއަލްގެ ހިތް ދަމައިގަންނަން ނެގީ ކުޑަ ހިނދުކޮޅެކެވެ. މެންދުރު ކޭގޮތަށް ހައިފާއަށް ގޭތެރޭ ބައެއް ކަންކަމުގައި އެހީވެފައި މިއަލް އޭނަގެ ހުރިހާ ވަގުތެއް ހުސްކޮށްލީ އިޒާއަށެވެ. އިޒާވެސް މިހާރު މިއަލްގެ ފޫބުޑުން ނެއްޓޭކަމަކަށް ނުވެއެވެ. ގޭތެރެއިންވެސް ހުސް “އެލްދައްތަ އެލް ދައްތަ”އެވެ. އަހުނަފް ވީ ޗީޒީއަށް ގޮހެވެ. ނަވާޒުވީ ސްކޫލުގައެވެ. އޭނައަކީ ޒިންމާދާރު ޓީޗަރެކެވެ. ކިޔަވައިދެނީ އިސްލާމް މާއްދާއެވެ.

“ޔުއެލް.. ކަމެއް ވީތަ..؟” ޓީވީ ބަލަން އިން އަލީސާއަށް ޔައުލާން މާ ކަންބޮޑުވެގެން އުޅޭ މަންޒަރު ފެނިގެން ސުވާލު ނުކޮށެއް ނީނދެވުނެވެ. ދެކޮޅުދެކޮޅަށް ހިނގަމުން ދިޔަ ޔައުލާން ހުއްޓި އަލީސާގެ މޫނަށް ބަލާލިއެވެ. އަލީސާ ހިނިތުންވެފައި ސޯފާގައި ހުރި ހުސްތަންކޮޅުގައި އަތް ޖައްސާލިއެވެ. އަދި ބޯ ޖަހާލީ އަލީސާއަށް ކޮންމެ ކަމެއްވެސް ހިއްސާ ކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ. ޔައުލާން ގަބު ހިނގުމެއްގައި ގޮސް ސޯފާއަށް އޭނަގެ ހަށިގަނޑު ދޫކޮށްލިއެވެ. “ކިޔާދީބަލަ.. މަންމަ އެހީވާނަމޭ ދަރިފުޅަށް..” ޔައުލާންގެ މޫނުގެ ކުލަވަރުތައް ދެނެގަންނަމުން އަލީސާ ބުނެލިއެވެ. “އެލް އަތުވެއްޖެ.. މިކޮޅަށް..” ކުޑަކޮށް ވަރުބަލިވެފައި އިނުމުން ޔައުލާން ވާހަކަ ދެއްކީ ލަސްލަހުންނެވެ. އަލީސާ ފާޑަކަށް ބުމަ އަރުވާލިއެވެ. “އެލް..؟” އިތުރަށް އޮޅުންފިލުވަންވެގެން އަލީސާ އެއްސެވެ. “މިއްތަގެ ދަރިފުޅު.. ލީންގެ ކޮއްކޮ..” ފުންނޭވާއަކަށްފަހު ޔައުލާން އެހެން ބުނެލުމާއި އެކީގައި އަލީސާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. “އެކުއްޖާ އާއި ބައްދަލެއް ނުކުރެވޭނެތަ..؟ މިޚަބަރު މިޝީއަށް ލިބިއްޖެއްޔާ ހާދަ އުފާވާނެއޭ..” އަލީސާ އޭނަގެ ދެއަތް ޔައުލާންގެ އަތުތެރޭ ޖޯޑުކޮށްލަމުން ބުނެލިއެވެ. “ތިއޭ މައްސަލަ އަކީ މަންމާ.. އަޅުގަނޑަށްވެސް އިއްޔެ ފެނުނުގޮތަށް އެލްއެއް ނުފެނުން.. އޮފީސްގަޑި ނިންމާލާފައި ރަށުތެރޭ ދުރުދުރަށް ކާރުގައި ދުއްވިން.. އެލްގެ ހިލަމެއް ނުވި..” ޔައުލާން ޖަވާބުދިނީ މާޔޫސްކަމާއި އެކީގައެވެ. މިއަލް ނުފެނުމުން އެހިތަށްވެސް ދެރަކަމެއް ލިބިފައިވެއެވެ. “އަސްތާ ހާދަ ދެރައޭ ތިވީގޮތް.. އަދިވެސް މަސައްކަތް ކުރަމާ.. އެކުއްޖާއާއި ބައްދަލުކޮށްލަން މިހާރު މަންމަ ވަރަށް ބޭނުން.. ލީންގެ..” އަލީސާގެ އަޑު ކުރެހުނެވެ. މިލީންގެ ހަނދާންތައް އެއްލިތީރެއްހެން އޭނަގެ ހިތަށް ހެރިގެން ދިޔައީއެވެ. ޔައުލާންގެ ހިތަށްވެސް ތަދުވިއެވެ. އަލީސާގެ އަތަށް ބާރުކޮށްލަމުން ޔައުލާން ބޯޖަހާލިއެވެ.

މިޝްލާ އޮތީ މުޅި ގައިގައި ކުއިލްޓް އަޅައިގެންނެވެ. އޭގެތެރެއަށްވަދެ ރަނގަޅަށް ފޮރުވިގެންނެވެ. އަދިވެސް އޭނަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނާދެއެވެ. ދެކޯތާފަތް ރަތްވެ ގޮސް ހީވަނީ ލޭކޮޅެއް ހެންނެވެ. ކަރުނަ ފުހެންވެގެން ލޯ އުނގުޅައުނގުޅާގޮސް ލޯ ކައިރި ހަންގަނޑުންވެސް ދިލަނަގަން ފަށައިފިއެވެ. މިޝްލާ ކަންނެތްގޮތަކަށް ކުއިލްޓް އެއްފަރާތް ކޮށްލިއެވެ. ތެދުވާ ހިތެއް ނުވެއެވެ. އަރުތެރެއިން ކާއެތިކޮޅެއް ނުދިރެއެވެ. ހިތްހަމަޖެހުމެއް ނެތެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނުތަނާ ބަންޑުން ބާއްވާފައި އޮތް ފޮޓޯފްރޭމް މިޝްލާއަށް ފެނުނެވެ. ކުޑަ ތުރުތުރަކާއި އެކީގައި މިޝްލާ އެ ނަގާ ސީދާކުރިއެވެ. އެއީ އޭނަ އާއި ނަވާލްގެ ފޮޓޯއެކެވެ. މިޝްލާ ގޮތެއް ނިންމިއެވެ. އެ ކުރި ހުރިހާ ހުވާތަކެއް އުވާލާފައި ނަވާލްގެ ގާތަށް ދިޔުމަށެވެ. އެނޫން ފަރާތެއް މިހާރު މިޝްލާގެ ނެތެވެ. މިލީންގެ މަރުގެ ވާހަކަވެސް ނަވާލަށް އެނގެން ޖެހޭނެއެވެ. ނަވާލް މިހާރު ބޭނުންކުރާ ނަންބަރު ނޭނގޭތީ މިޝްލާ ނިންމީ އަމިއްލައަށް ގޮސް ނަވާލާއި ބައްދަލުކުރުމަށެވެ.

“ތިއްތީ…” ކުރިންރޭވެސް އައި ވަގުތަށް އަހުނަފް ގެއަށް އައެވެ. އިޒާ މިއަލް އަތުން ވީއްލިގެންގޮސް އަހުނަފް ގައިގައި އޮޅުލައިގަތެވެ. އަހުނަފް އަވަހަށް އިޒާ ގަޔާއި ދުރުކޮށްލިއެވެ. “ޗީ ޗީ ތިއްތިގެ ގައިގައި ހުރި ހުރިހާ ޖާރމްސްއެއް މިހާރު އިންނު ގަޔަށް އަރާނެ.. އެބައަންނަން އިނގޭ ފެންވަރައިގެން ޕްރިންސެސް..” އިޒާގެ ކޮލަށް ދޮނެއް ދީފައި އަހުނަފް އޭނަ ފޮނުވާލީ ކޮޓަރިއަށެވެ. ކޮޓަރިއަށް ދާން އުޅެފައިވެސް އަހުނަފްގެ ޚިޔާލު ބަދަލުވީ އިޒާގެ ކުޅޭ އެއްޗެހިތައް ވަށިގަނޑަށް އަޅަން އިން މިއަލް ފެނިފައެވެ. “ލީން…..” “އަހޫ.. ފެންވަރަން ނުދަނީތަ..؟ މީހާ ތިހުރީ ދާހިއްލާ ފޯވެފައެއްނު..؟” ހައިފާ ދެންމެ އިސްތިރިކުރި ހެދުންތައް ހިފައިގެން އިޒާގެ ކޮޓަރިއަށް ވަންނަމުން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެއްފަހަރު މިއަލްގެ މޫނަށް ބަލާލާފައި ބޯހޫރަމުން އަހުނަފް ކޮޓަރިއަށް ވަނެވެ.

ފެންވަރައިގެން އަހުނަފް ވެއްޓިގަތީ އެނދަށެވެ. ޝަފްވާނަށް ވާވަރަށް ބަވާލަން ހިތުލައިގެންނެވެ. އިރުއެރީއްސުރެ ހުއްޓުމެއް ނެތި އޭނަ އެދަނީ ޝަފްވާނަށް މެސެޖް ކުރަމުންނެވެ. ޗީޒީގައި ހުރެވެސް އެވަރަށް މެސެޖްކުރިއެވެ. ދެތިންފަހަރަކު ގުޅަންވެސް ގުޅިއެވެ. ޝަފްވާންގެ ފަރާތުން މިސްކޯލެއްހާ ހިސާބުވެސް ނުލިބުމުން އަހުނަފް ހުރީ ރުޅިގަދަވެފައެވެ. ކަންތައްފަލަ ފިރިހެނެކޭ ކިޔަމުން އަހުނަފް އަނެއްކާވެސް ޝަފްވާންގެ ފޯނަށް ގުޅިއެވެ. “ހަލޯ..؟” ޝަފްވާންގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. “ވަރަށް މޮޅު.. މަ މިހުރިހާ އިރަކުވެސް ކަލެއަށް ގުޅަނީ.. ކޮން ދުނިޔެއެއްގައިތަ ތިއޮތީ..؟” އަހުނަފް ހަޅޭއްލަވައިގަތެވެ. “މެންދުރު ކައިގެން އަނެއްކާވެސް ނިދީއޭ.. ވަޓްސް އަޕް..؟ ތަނާގެ ކަމެއްތަ..؟؟” ޝަފްވާން ވާހަކަ ދެއްކީ ކަންނެތް ރާގަކަށެވެ. ވާހަކަދައްކަމުން ދިޔަގޮތުން ހީވަނީ އަނގަ ހަލުވާލަން ވެސް ބާރަކަށްވެފައި އޮތްހެންނެވެ. “ވަރަށްބޮޑު ވާހަކައެއް ދައްކަން ވެގެންނޭ.. ކަލޭ މިގެއަށް އާދެބަލަ ވަރަށް އަވަހަށް.. މަ މިއޮތީ ވަރަށް ވަރުބަލިވެފައި.. ކަލޭ މުޅި ދުވަހު ރެސްޓްކުރީ.. ކަލޭ އާދޭ..” އަހުނަފް އެހެން ބުނެ ފޯނު ކަނޑާލިގޮތަށް ބޭއްވިއެވެ.

އަށްގަޑިބައިގައި ފޯނުކުރި ކަމުގައިވިޔަސް ޝަފްވާން އެގެއަށް އައީ ދިހައެއް ޖަހަން ފަނަރައަށްވެފައި އޮއްވައެވެ. “ޝަފްވާން..!” ނުވަގުތެއްގައި ޝަފްވާން ފެނުމުން ހައިފާ ހައިރާންވިއެވެ. “އަހޫ ވަރަށް ދަންކޮށް ގުޅީ.. ކިހިނެތްތަ ހައިއްތަ..؟” ޝަފްވާން ލުއި ހިނިތުންވުމަކާއި އެކީ އޮޅުންފިލުވިއެވެ. އަދި ހައިފާ އަހުނަފްގެ ކޮޓަރިއާއި ދިމާލަށް އިޝާރާތް ކޮށްލުމާއި އެކީ ޝަފްވާން ހިނގައިގަތެވެ. ޝަފްވާން އަހުނަފްގެ ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލި ވަގުތު ވެގެން ދިޔައީ މިއަލްވެސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަންނަން ދިމާކުރި ވަގުތަށެވެ. ޝަފްވާން ކުޑަކޮށް އެކުއްޖާގެ މޫނަށް ބަލާލަން އުޅުނެވެ. ހާވާލެވިފައިވާ ރާޅުބާނި އިސްތަށިގަނޑުގެ ތެރެއިން ޝަފްވާނަށް އެމޫނު ފެންނަގޮތެއް ނުވިއެވެ. ބޯ އަރިކޮށްލަން އުޅެނިކޮށް މިއަލް ހަލުވިކަމާއި އެކީގައި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

އެހުރިހާއިރެއް ވަންދެން ވިސްނަން އޮތް އަހުނަފް ޝަފްވާން އައިސް ވަނުމާއި އެކީގައި ފުންމައިގެން ކޮޅަށް ތެދުވިއެވެ. “ކަލޭ ކޮން މޭކަޕެއް ކުރަންތަ މިހާ ގިނައިރުވީ..؟” ޝަފްވާންގެ ކަންފަތްމަތީގައި ތަދުނުވާނެވަރަށް ތައްޕަޅެއް އަޅަމުން އަހުނަފް އެއްސެވެ. “ޝޯ ނިންމާލާފައި މިއައީ.. މާދަން ކަލޭގެ އޮފެއް ނޫންތަ އެހެންނޫނަސް..؟” ގިޓާކޭސް އެނދުމަތީ ލައްގާލާފައި ޝަފްވާން އެނދުގައި ދެމިލިއެވެ. “އައްޗީޑި ކަލޭގެ ދާތައް ކޮންމެހެން މަގޭ ސާފު ބެޑްޝީޓުގައި އުނގުޅަން މަސައްކަތްކުރާނެކަމެއް ނެތް..” އަހުނަފް ބުނެލިއެވެ. ޑްރާމާބޮޑުކޮށް ވާހަކަ ދެއްކުމަކީ އޭނަގެ އާދައެވެ. އަހުނަފާއި ވާހަކަ ދެއްކޭއިރު ފިލްމެއްގެ ތެރޭގައި އުޅެވޭފަދަ އިހުސާސެއް ޝަފްވާނަށް ކުރެވެއެވެ.

“އާނ ކީކޭ އަހޫ.. މިގޭގައި ކާކުތަ އެއުޅެނީ..؟ މަ ހީކުރީ ކަލޭ ތަނާއަށްޓަކައި ދިހަ ފަޅޯވެސް ކާން ތައްޔާރަށް ހުރިކަމަށް..” އަހުނަފް ބުނި ޖުމްލަށް ރައްދުދޭން ޚިޔާލުނުކޮށް ޝަފްވާން އެއްސެވެ. އަދިވެސް ޝަފްވާންގެ ލޯބަރުވެފައިވާހެން ހީވެއެވެ. “ކަލޭ މުޅި ދުވަސްއެކީ ނިދާފައި އަދިވެސް ނިދި އައިސްފައި.. އާނ އެޔެއް ނޫނޭ.. މަވެސް މިއުޅެނީ ކަލޭ ގާތު ތިވާހަކަ ދައްކާށޭ.. އަހަރެމެންގެ ގެއަށް މިލީން އަތުވެއްޖެ.. އޭނަ އެއީ މަގޭ ކޮއްކޮއެއް..” އެވާހަކަ ޝަފްވާނަށް ކިޔައިދޭން ފަށަންވީގޮތް ނޭނގިގެން އަހުނަފަށް ބުނެވުނީ އެހެންނެވެ. އެޖުމްލަ އަޑުއަހާފައި ޝަފްވާންގެ ނިދިކޮޅު ދިޔަނުދިޔަ ތަނެއް ނޭނގުނެވެ. ފުންމައިގެން ތެދުވެ ލޯބޮޑުކޮށްލާފައި އަހުނަފްގެ މޫނަށް ޝަފްވާން ބަލާލައިފިއެވެ. “މިލީ..؟ ކަލޭގެ ކޮއްކޮ..؟ ކީކޭތަ ތިކިޔަނީ..” ޝަފްވާން އެއްސެވެ. އަހުނަފް އަދި އެނދުމަތީގައި ދެފައި ވަށްކޮއްލައިގެން އިށީނެވެ.

”ލީންއެއް ނޫން.. ވަރަށް ވައްތަރުކުއްޖެއް އެއީ ލީން އާއި.. އެކުއްޖާ މިގޭގައި އެބައުޅޭ.. އެއީ މަގޭ ބައްޕަގެ ކޮއްކޮ ނަވާލްގެ ދަރިފުޅު.. ކޮންމެވެސް މިއެލްއެކޭ ކިޔަނީ..” އަހުނަފް ތަންކޮޅެއް ހަމަޖެހިފައި ކިޔާދެވޭތޯ ބެއްޔެވެ. “އެއީ…” ޝަފްވާންގެ ގަޔަށް މީހަކު ޕިނެއް ހަރާލިފަދަ އިހުސާސެއް ކުރެވުނެވެ. ފުންމައިގެން ކޮޅަށް ތެދުވެވުނުއިރު އެމޫނުމަތީގައިވާ ކުލަވަރު ވަނީ މުޅިން ބަދަލުވެފައެވެ.

“ކަލޭ ތީ މޭންއެކޭ.. ވަރަށް ބޮޑުކަމެއް ތިކޮށްދިނީ.. އައިމް ސޯ ގްރޭޓްފުލް ބްރޯ..” އަހުނަފާއި އަތާއި އަތްޖަހާ ފިސްޓްބަމްޕްކޮށް ޝަފްވާން އެބުރަކަށީގައި ދެތިންފަހަރު ޖެހިއިރު އަހުނަފް އިނީ ވާނުވާގައެވެ. “ވަޓް ވަޓް ވާޓް…!!!” އަހުނަފް އެންމެފަހުން ޝަފްވާން ގެނެސް އެނދުގައި ބޭންދިއެވެ. “އެއީ އެއްނޫންތަ އަހަރެމެންނަށް އެއްކަލަ ރަށުން ފެނުނު އަންހެންކުއްޖަކީ.. މިހާރު މަށަށް ޔަގީންވެއްޖެ..” ޝަފްވާން ބުނެލިއެވެ. އެއަޑުގައި ފޯރި އެކުލެވިފައިވެއެވެ. “އެކަމަކު މަ ވަރަށް ދެރަވޭ..” އަހުނަފް ފާޑަކަށް ބުނެލިއެވެ. ޝަފްވާން އެއްބުމަ އަރުވާލިއެވެ. ވީކީއްތޯ އަހާހެންނެވެ. “އޭނަގެ މޫނު ފެނުނީމަ މަށަށް ހަމަ ލީން ސިފަވަނީ.. ހާދަހާއޭ ވައްތަރީ.. ލީންހެން ހީވާތީ ހަމަ ދެރަވަނީ.. ހާދަ ސޭޑްކޮށޭ އޭނަ ވަކިވެދިޔައީ..” އަހުނަފް މޮޅިވެރި ރާގަކަށް ބުނެލިއެވެ. ޝަފްވާންވެސް ހިމޭންވިއެވެ. “މަވެސް އެއްބަސްވަން.. އެކަމަކު އަހޫ.. ވަކިވެދިޔަ މީހެއް އަނބުރާ ނާންނާނެދޯ..؟” ޝަފްވާން ވިސްނޭ މީހެއް ފަދައިން އެހެން ބުނެލުމުން އަހުނަފް ހައިރާންވާފަދަ ގޮތަކަށް އަނގަ ހުޅުވާލިއެވެ. “ކަލޭ ތިހާ ބޯބޮޑުވީ ކޮންއިރަކު..؟ ދެންވެސް ގެއަށް ނައްޓާލާ.. މާދަން އެއީ އެ މިއެލް ޕާޓްޓައިމްކޮށް ޖޮބަކަށް ނުކުންނަ ދުވަސް.. މަގޭ ބައްޕަ މިއަދު ވަރަށް ވަރުން އެ ހޯދައިދިނީވެސް.. ހޮސްޕިޓަލާއި މާދުރުނޫން ހިސާބެއް ގައި ހުންނަ ލައިބްރަރީގެ ލައިބްރޭރިއަންއެއްގެ ގޮތުގައި.. މަ ޖެހޭނެޔޯ އޭނަ ލާންދާން.. ދެން އޯކޭތާ.. ކަޒިން ކަޒިން ކުއަލިޓީ ޓައިމް.. މަ ހަމަ ހައިރާންވަނީ ބާރަ އަހަރު ވަންދެން ބައްދަލުވެސް ކުރިޔަނުދީ ގެންގުޅުނީމައި..” އަހުނަފް ބުނެލިއެވެ. “ކަލޭގެ ބޮޑުބޭބެއެއް ހުންނަކަން މަށަށްވެސް އަލަށޭ މި އެނގުނީ..” ޝަފްވާން އެނދުގައި ލެނގިލިއެވެ. “ނޭނގެ ދެން… ބައްޕަ ވަރަށް ނަވާލްބޭ ވާހަކަ ނުދައްކާނެ.. މަށަކަށް ނޭނގެ ކީއްވެކަމެއް.. ބޭބެއެއް ހުންނަކަން އެނގުނީވެސް މަންމަ ކިޔައިދިނީމައި..” އަހުނަފް ބުނެލިއެވެ.

“މަށާއި އޭނައާއި ބައްދަލެއް ނުވާނެތަ..؟” ޝަފްވާން އަހާލީ ކެތްތެރިކަން ކުޑަ ރާގަކަށެވެ. އަހުނަފް ޝަފްވާންގެ މޫނަށް ލޯއަޅާލިއެވެ. “އޭނަ ނިދާފައި އޮންނާނީ.. އެހެންދުވަހަކު އާދޭ.. މަ އަދި އޭނައާއި ވާހަކައެއްވެސް ނުދައްކަން.. ކުއްލިއަކަށް ހުރެބަހައްޓާފައި ގޮސް ވާހަކަ ދައްކަން ކިހާ އޯކްވާޑްވާނެ..” ހުތްއެއްޗެއް ކެވުމުން އަނގަޔަށް ހަދާގޮތް ހަދާލާފައި އަހުނަފް ބުންޏެވެ. “އޯލްރައިޓް.. މާދަން..؟؟” ޝަފްވާން އެހެން އެހުމުން އޭނަ މިއަލް އާއި ބައްދަލުކުރަން ބޭނުންވެފައި ހުރިވަރު އަންގައިދިނެވެ.

އަހުނަފް ޝަފްވާންގެ މޫނަށް ބަލާލީ ފާޑަށެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން ބޭނުންވާފަދައެވެ. “ބަލާނީދޯ.. ދެންވެސްދޭ.. ތަނާ ހުންނާނެ މިހާރު ނުގުޅައިގެން..” ފައިން ޝަފްވާން އެނދުން ބޭ” ފައިން ޝަފްވާން އެނދުން ބޭރަށް ކޮއްޕާލަމުން އަހުނަފް ބުންޏެވެ. ޝަފްވާން މޫނުހަދާލާފައި ކޮޓަރިން ބޭރަށް ނުކުތީ އަހުނަފާއި ތަނާއަށް ވަގުތު ދެމުންނެވެ. ގިޓާރ ކޭސް ކޮނޑުގައި އަޅުވާލައިގެން ޝަފްވާން ގެއަށް ދާން ހިނގައިގަތްއިރު އެތުންފަތްމަތީގައި ދުވެލާފައި ވަނީ ލުއި ހިނިތުންވުމެކެވެ. ކީއްވެގެންކަމެއް އަދި ޝަފްވާންގެ ހިތަކަށް ނަގައެއް ނުގަނެވުނެވެ. އެނގެނީ އޭނަ މިއަލްއާއި ބައްދަލުކުރަން ބޭނުންވާކަމެވެ. އެ މޫނު ދެކިލާހިތްވާ ކަމެވެ. އެރޭ އޭނަ މިއަލްއަށް ދިން ހަނދާނުން ފިލައިގެން ނުދާނެ ހަދިޔާ ޝަފްވާންގެ ސިކުނޑިއަށް އައެވެ. އެކަން ހަނދާންވެ ޝަފްވާންގެ ހިނިތުންވުން ކުރިއަށްވުރެ ފުޅާވެގެން ދިޔައެވެ. އެ ސިހުމާއި ބިރު އެކުލެވިގެންވީ ނަޒަރު އަދިވެސް ޝަފްވާންގެ ހިތުން ފުހެނުލެވެއެވެ. ރާޅުބާނި އިސްތަށިގަނޑު ހާވާލައިގެން ހުރި އެ ޕަރީއެއް ފަދަ އަންހެންކުއްޖާ އާއި ބައްދަލުވާނެއިރަކަށް ޝަފްވާންއަށް ވަގުތު ގުނަން ފެށުނީ ބޭއިޚްތިޔާރުގައެވެ. އެމަންޒަރު ދެކެން ދުރުގައި ހުރި މީހާ ޝަފްވާންގެ ލޮލަކު އަޅައެއް ނުގަތެވެ.

މިޝަލް ޝަފްވާން ދިޔަތަން ބަލަން ހުރީ ހުވަފެނީ ގޮތަކަށެވެ. ޝަފްވާން ލޮލުކޮޅަށް އޮބާލަފާނެހެން ހީވުމާއި އެކީގައި މިޝަލްއަށް ހޭވެރިކަމެއްވިއެވެ. ފަޔަށް ބާރުލާފައި ދުއްވައިގަތްނަމަވެސް މިޝަލް ދުވީ ފިޔަވަޅުތައް އަޑުނީވޭނެ ފަދައިންނެވެ. ޝަފްވާން ހުރިދިމާލުން ތަންކޮޅެއް ކުރިއަށް ޖެހިލާފައި އެތާ ތިރީގައި ރޯކަމަށް އިށީނީ އެވަރުން ޝަފްވާންގެ ސަމާލުކަން ދަމައިގަނެވޭކަން އެނގޭތީއެވެ.

ގަސްބުޑުގައި އުޑަފައިން ރޯންއިން ކުއްޖާ ފެނިފައި ޝަފްވާންގެ ހިތަށް ވަނީ ބިރުވެރިކަމެވެ. ދަންވާން ދިޔަ ވަގުތު އެފަދަގޮތަކަށް އެކުއްޖާ އިންތަން ފެނިފައި ޝަފްވާންގެ ހިތަށް އައީ ކުރިންރޭ ބެލުނު ބިރުވެރި ފިލްމެވެ. އިތުރަށް އޭނާގެ މާޒީގެ ހަނދާންތައް އައިސް ސިކުނޑިވަށާ ބުރުޖަހަން ފެށުމާއި އެކީ ޝަފްވާންގެ ހިތަށް ނާމާން އިހުސާސެއް ވަދެ ހިތް ބަލިކަށިކޮށްލިއެވެ. ހިތް ފިނޑިވީވަރުން ޝަފްވާންއަށް އަމިއްލަ ނަފްސަށް މަލާމަތްކުރެވުނެވެ. އެހީވާން ވެސް ނުކެރި ޝަފްވާން ބާރުފިޔަވަޅު ތަކެއްގައި ގޮސް އެންމެ އަވަހަށް ޖެހުނު ގޯޅިން އަޅައިފިއެވެ.

ރޯންއިންކަމަށް ހެދިގެން އިން މިޝަލް ބޯހިއްލާލީ ހައިރާންވެގެންނެވެ. ޝަފްވާންއަކީ މިހާ ފިނޑިބަޔެއް ހުރި މީހެއްކަމަށް ކުރިން މިޝަލް ނުދަނެހުއްޓެވެ. ހިތްގަދަވެގެން އަބަދު “ކޫލް” މީހާގެ ގޮތުގައި ފެންނަ ޝަފްވާންގެ މިފަރާތް ފެނުމުން މިޝަލްގެ ގާތަށް އައީ ހިންޏެވެ. އެކަންވެސް މިޝަލްއަށް ވެގެންދިޔައީ ނުލާހިކު ލޯބިކަމަކަށެވެ. މީހުން ބުނަނީ ތެދެކެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއެވެ. ލައިގެން ހުރި ގަޔަށް ދޫ ހުދުކުލައިގެ ބޮޑު ހޫޑީ ރަނގަޅު ކޮށްލާފައި މާސްކް އަޅައިގެން މިޝަލް ހިނގައިގަތީ އެޕާރޓްމެންޓާއި ދިމާލަށެވެ. އެތައް ދުވަހަކަށްފަހު ޝަފްވާން ފެނުމުން އެ ހިތް އަދިވެސް ހީވަނީ އުދުހިގަނެފާނެހެންނެވެ. ޝަފްވާންގެ ގައިގައި އޮޅުލައިގަންނަން ބޭނުންވިއެވެ. އެ މޫނުގައި ބޮސްދޭން ބޭނުންވިއެވެ. ލޯބިވާވަރު ބުނެދޭހިތްވިއެވެ. ނަމަވެސް މިޝަލް ކެތްކުރީ އޭނަގެ ޕްލޭނާއި އެއްގޮތަށް އަމަލު ކުރުމަށެވެ. އަދިވެސް އެތުންފަތްމަތިން ހިނިތުންވުން ފިލާނުގޮސް ހުއްޓެވެ. މޫނުމަތި އުޖާލާވެފައި ހުރިއިރު މިޝަލް އުފަލާއިއެކީ ސްކިޕްކުރަމުން އެޕާރޓްމެންޓްތައް ހުރި އަނދިރިގަނޑު ތެރެއަށް ގެއްލުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނަފްރަތަކީ ލޯބީގެ ފެށުން 11

Next

ހީވޭ ކަލާވާހެން-8

Next
September 6, 2021

ހީވޭ ކަލާވާހެން-8

Previews
September 6, 2021

ނަފްރަތަކީ ލޯބީގެ ފެށުން 11

9 Comments!

  1. Rooya Xek says:
    September 6, 2021 at 3:45 pm

    Nice masha allah ? whn next , waiting curiously ? lv u tc & stay safe ?

    1. yooon yooon says:
      September 7, 2021 at 2:17 pm

      Thankyou so much Rooya Xek ?? Nxt insha allah tmrw, 8th ga.. Lym? you tgc and stay safe too

  2. Ryyn says:
    September 6, 2021 at 8:43 pm

    Hai yoon.. kihineh thr dear? ❤ 17 prt ga ves cmnt eh kollin.. ekmm publish eh nuwi hehe.. btw mi prt ves vrh vrh vrh vrh rythi ? masha allah.. and yea! My guess was correct.. el ah fenuny ahunaf kan ingeyey ?ehe.. curiously waitin for da nxt prt ?
    Ly.. stay safe and take a very gud care darl ❤?

    1. yooon yooon says:
      September 7, 2021 at 2:21 pm

      Heii Ryyn ? Yoon rangalhu Alhamdhulillah.. N thankyou so much dearlin ? Ahaha noice guess dearlss.. Lymm ? u stay safe n tgc too dearlss

  3. Aishath Faruha Abdulla says:
    September 7, 2021 at 7:45 am

    Mi bain ehaa olhumeh nufila.. ?Mishal tha shafwaan beynun vgn ulhenee??? ?noonee eii olhumeh tha?? ?Milyn eh noon tha aslu shafwaan Beynun vgn ulhenee??? ?
    by the way Masha Allah Mi part vx varah reethi… When next?? Can’t wait…… ❤️

    1. Rooya Xek says:
      September 7, 2021 at 11:36 am

      Mishal aky milyn ey she just changed her name hehe , dw yoon ?

    2. yooon yooon says:
      September 7, 2021 at 2:23 pm

      Mishal and Milyn is the same person ? After the fire Milyn changed her identity.. Mariyam Mishal Zaahir is her new name.. tysm for sharing your doubts ? And thankyou so much dearlss ? Nxt part wednesday ga insha allah

    3. Aishath Faruha Abdulla says:
      September 7, 2021 at 5:30 pm

      Thank you olhun filuvaa dhineetheeve… Aslah vx hama vrh olhun eri.. ? stay safe and take care…. Ly❤️

    4. Aishath Faruha Abdulla says:
      September 7, 2021 at 7:22 pm

      And sorry ingey get nuveethee…. ? meege kurin 17 vana part ga kanneyge ebainnehnun Milyn mishal ah badhalu vi vaahaka varah saafu koh bunedheefa… Ekan handhaan nethunee ey….. 18 lass v ma….. Hehe??

Comments are closed.

Next Episodeތި ސޫރަ ނޫން 19←


All Right Reserved!