ތިދެންނެވީ ނުބައި ކަންކަމުގައި އެންމެ އަވަހަށް އިސްނަގާ ކުއްޖާފުޅުގެ ވާހަކަތޯއެވެ؟ ސްކޫލަށް އަންނައިރު އެކުއްޖާފުޅު ހުންނަ ގޮތް މުދީރަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯއެވެ؟ މޭކަޕްކޮށްގެން އަންނައިރު އެކުއްޖާފުޅު ހީވާނީ ފުށްއެއްޗަކަށް އެރިފައި އަންނަހެންނެވެ. އެހެން ކުއްޖަކު ހަމަ ކަމުނުދާނެތޯއެވެ؟ އެޑެމްގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެއާއެކު ބޮލުގެ ރިހުމަކަށް އެކަން ބަދަލުވެއްޖެއެވެ. ****
“ނޫނޭ އަޅުގަނޑަށް ފެންނަނީ ވޯޓެއް ނަގާފަ އަންހެންކުދިން ބޭނުން ކުއްޖަކު ކެޕްޓަންކަމަށް ގެންނަން.” މިހެން ބުނެފައި އެޑެމް އެތަނުން ދުރަށް ދާން ހިނގައިގަތެވެ.
“އޭ އެޑެމް، މަމިއައީ މަޢާފަށް އެދެންވެގެން.” ކެންޓީނާ ދިމާއަށް ދަނިކޮށް އެޑެމްގެ ބުރަކަށީގައި މީހަކު އަތްއަޅާލިއެވެ.
“މަސް، ކަލޭތަ؟ އޭ އޭރު މަ މޫޑު ކަޓާފަ ހުރީމައޭ އެހެން ބުނެވުނީ. އަސްލު މަ އެންމެ ފުރަތަމަ މަޢާފަށް އެދެންޖެހޭނީ. ސޮރީ.” އެޑެމް ހީލަމުން ޖަވާބުދިނެވެ.
“އަހަރެން ބޭނުމެއްނޫން އެވަރުކަމަކާ ހެދި އަހަރެމެންގެ އެކުވެރިކަމަށް ބުރޫއަރާކަށް. ދެން އެކަން ހަނދާން ނައްތާލާ. ރޭ މެސެޖެއް ލިބުނުތަ؟ ޖޭޑެން ފޮނުވިއެއްނު.” ތޯމަސް ބުންޏެވެ.
“އާނ ލިބުނޭ. އެކަމަކު ޖަވާބެއްދޭން އުޅެފަވެސް ޖެސިކާ މަތިން ހަނދާންވާ ވަރުން ނުކުރެވުނު. ރޭ ރަނގަޅަކަށް ނުވެސް ނިދޭ.” އެޑެމް ކިޔައިދިނެވެ.
“ހަމަ އެހާ ލޯބިވޭތަ ޖެސިކާ ދެކެ؟” އެމީހުން ފަހަތުން އިވުނީ އަންހެންކުއްޖެއްގެ އަޑެކެވެ. ސިހިފައި ދެމީހުންނަށް ފަހަތް ބަލާލެވުނެވެ.
“ލާރާ!” އެޑެމް ބުނެލިއެވެ.
“އާނ ހަމަގައިމުވެސް ދެނެއް ޖެސިކާއެއް ނާންނާނެ.” ލާރާ ހަށަންބަނދެލަމުން ބުންޏެވެ.
“ލާރާ ދެން އިތުރަށް ތިވާހަކަ ނުދައްކަފާނަންތަ؟” ތޯމަސް އަޑަށް ބާރުލާފައި ބުންޏެވެ.
“ކީއްވެ ނުދައްކަންވީ؟ މިއޮށް ހުރިހާ ދުވަހުވެސް މަހުރީ ހަމަ ހައްޕު ކިޔައިގެން. ޖެސިކާއާ ހެދި މަށަށް މަގޭ ހަބީބީ ނުލިބުނީ. އެކަމަކު މިހާރު… މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ. އެޑެމްގެ ތިއޮށް ރަންރީނދޫ އިސްތަށިކޮޅާއި ނޫކުލައިގެ ދެލޮލާ ލިބިފަވާ އަޑިކޮޅާ ބައިމަތީގެ ފުޅާކަމާ މިހުރިހާ ކަމެއް މަ އާޝޯޚުކުރުވައިފި. އެޑެމް، އަހަރެންގެ އާދޭސްތައް އަޑުއަހާ. އަހަންނަކަށް ދެން އިތުރަށް ކެތެއް ނުކުރެވޭނެ. އަހަރެން ހާދަ ލޯތްބެއްވެއޭ އެޑެމްދެކެ. ކިތައް އަންހެންކުދިންގެ ހިތް ހަލާކުކޮށްފަތަ ތިދަނީ؟ މިހާރުވެސް އެތިބަ އަންހެން ގްރޫޕްތަކަށް ބަލާބަލަ. އެޑެމްގެ ރީތިކަމުގެ ވާހަކައިން އެމީހުން އެމުނިފޫހިފިލުވަނީ. އެޑެމް…….” ލާރާގެ ވާހަކަ ހުއްޓުވީ އެތާ ލާރާ ފަހަތުގައި އެހުރިހާ ވާހަކަތަކެއް އަޑުއަހަންހުރި ނޫހު ސަރއެވެ.
“ލާރާ! ކޮން ވާހަކަތަކެއް ތިދައްކަނީ؟ ތީ ވަރަށް ބޭއަދަބީ ކަމެއް. ސްކޫލަށް އަންނަނީ އިދިކޮޅު ޖިންސުގެ މީހުންގެ ލޯބި ހޯދަންތަ؟ ނޫނީ ކިޔަވަންތަ؟ ލާރާ ތިއުޅޭ ގޮތް ހުއްޓާލާ. ސަރ ކިތަންމެ ދުވަހަކު ބުނަން ބޭނުންވެފަ އޮތް ވާހަކައެއް މީ. މޭކަޕުކޮށްގެން އަންނަން މީ ފަރިދައްކަން އަންނަ ތަނެއް ނޫން. މީ ކިޔަވަން އަންނަ ތަނެއް. ސަރ އުންމީދުކުރަން މީގެ ފަހުން ތިމޭކަޕު ނޮކޮށް އަދި އިދިކޮޅު ޖިންސުގެ މީހުންނަށް ތިގޮތަށް އާދޭސްނުކުރާނެކަމަށް. ދެން މިތަނުން ދޭ.” ނޫހު ސަރ ނަސޭހަތުގެ ރާގަކަށް ވިދާޅުވިއެވެ.
ލާރާ އިސްޖަހާލަމުން އެތަނުން ދާން ހިނގައިގަތެވެ. ނޫހު ސަރ އެޑެމްމެންނަށް ހިނިތުންވެލެއްވިއެވެ.
އެއްހަފްތާ ފަހެވެ. އާދީއްތަ ދުވަހެވެ. އާދައިގެ މަތިން މިއަދުވެސް އެޑެމް ބޯހާސްވެފައި ހުރީ އޭނާގެ ކޮންމެވެސް އެއްޗެއް ލެވުނު ތަން ހަނދާންނެތީމައެވެ. މިހާރަކަށް އައިސް މިހެންވާތީ ޚުދު އޭނާއަށް އެކަމާ ދޭތެރޭވެސް ވިސްނޭލެއް ގިނަވެއްޖެއެވެ. މިދާ ގޮތަށް ދަންޏާ ޓެސްޓަށް ދަސްކުރާ އެއްޗެހިވެސް ޓެސްޓުގައި އިންނައިރު ހަނދާންނެތިދާނެއެވެ. އެހެން ހިތަށް އެރުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ސްކޫލަށް ދެވުނުއިރު ނަސީބަކުން ގަޑިޖެހެން އަދި ފަނަރަ މިނެޓު ހުއްޓެވެ. އެކަމަކު ޕްރީފެކްޓު ގަޑި އޮތީ ޖެހިފައެވެ. އެހެންވިއަސް ހެވެވެ. ގަޑި ފެށުމުގެ ކުރިން ކުލާހަށް ވަދެވިއްޖެއްޔާ އެންމެ ރަނގަޅެވެ. އޭނާ ހައިރާންވީ އެކިއެކި ކުދިންގެ ނަންތައް ބެނާތަކެއްގައި ހަރުކޮށް ރެއިލިންގްތަކުގައި ހަރުކޮށްފައި ހުރުމުންނެވެ. އެއާއެކީ މިއަދަކީ އަންހެން ކެޕްޓަން ހޮވަން ސްކޫލުގައި ވޯޓުލާ ދުވަސްކަން ހަނދާންވިއެވެ. މިކަންވެސް ހަނދާން ހުރިކަން ނަސީބެކެވެ.
ހޯލުތެރޭގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދެއެވެ.
“އެޑެމް، ހަބީބީ!” އެޑެމް ހޯލަށް ވަނުމާއެކީ ލާރާ ތުއިގޮތަކަށް ގޮވާލިއެވެ. އެތާ ތިބި ކުދިންވެސް އެޑެމާ ދިމާލަށް ބަލާލިއެވެ. ވަގުތުން އޭނާގެ މޫނު ރަތަވެގެން ދިޔައީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.
“ލާރާ، ޕްލީޒް. މަށާ ދިމާލަށް ތިހެން ނުކިޔަފާނަންތަ؟” އެޑެމް ލާރާ ގާތަށް ގޮސް މަޑުމަޑުން ބުނެލިއެވެ.
“ނޫން، މީގެ ކުރިން އެޑެމާ ދިމާލަށް ބަލާލިއަސް އެޑެމްގެ ގާރލްފްރެންޑް ހުންނަވަނީ ރުޅިދުރުވެފަ. އެކަމަކު މިހާރު މީ މަގޭ ފަހަރު. މިފަހަރު އެޑެމް ހުއްޓާލަންޖެހޭނީ މަށާ އިނދެފަ.” ލާރާ ސީރިއަސްކަމާއެކީ ބުންޏެވެ.
އެޑެމް އައި ރުޅިން ބަހެއްވެސް ނުބުނެ އެތަނުން ދާން ދިޔައެވެ. އޭނާ ލައިގަތީ ތޯމަސްގެ ގައިގައެވެ.
“އެޑެމް، ކަލޭ މިއަދުވެސް ތިއައީ ގަޑިޖެހިގެން.” ތޯމަސް ބުންޏެވެ.
“އާނއެކޭ. އޭ އަދި މަ ވަރަށް ސީރިއެސް ވާހަކައެއް ބުނަންވެފަ އެބައޮތް. ހިނގާބަލަ މިތަނުން. މިހިރަ ލާރާ މީ ވަރެއްގެ އަންހެނެއް.” އެޑެމް މިހެން ބުނެފައި ލާރާއާ ދިމާލަށް ލޯއަޅާލިއެވެ. ލާރާ ހިނިތުންވެލީ ވިހަ ގޮތަކަށެވެ. އޭނާ ބުނާކަހަލައެވެ. ތިބާ ޙާސިލްކުރުމަށްޓަކައި މިހިރީ ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ.
“މަށަށް ހީވަނީ…… މަށަށް ހީވަނީ ލާރާހެން ޖެސިކާ މަރާލީ” އެޑެމްމެން ތިބީ ފާހަނައިގައެވެ. ވާހަކަދެއްކީ އެޑެމެވެ.
“އެޑެމް، ކީކޭ ތިކިޔަނީ؟ ހަމަ ކޮންމެ ކޮންމެ މީހެއް ޤާތިލަކަށް ނުހެދޭނެ. ތިއަށްވުރެ ރީތިވީސް އޭނައަށް ޝައްކުކުރެވޭ ވާހަކަ ބުނިނަމަ.” ތޯމަސް ހިތްހަމަނުޖެހުނެވެ.
“އާނ ޝައްކުކުރެވޭ ވާހަކަ މަ ބުނަން އުޅުނީ.” އެޑެމް ބުންޏެވެ.
“ތިއެއް އެނގިދާނެތާ، މިއަދު ހިނގާ ފުލުސް ސްޓޭޝަނަށް ގޮސް ބޮރިސާ ބައްދަލުކުރަން.” ތޯމަސް ޚިޔާލު ފާޅުކުރިއެވެ.
ސްކޫލު ސެޝަން ނިމުމުން އެދެމީހުން މިސްރާބުޖެހީ ފުލުސް ސްޓޭޝަނާ ދިމާއަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.


hadi
V reethi mibaivex…. shabee ah v kamudhey… but maaa kuru…. i hope next time u’ll improve it…nxt prt thankolheh avahah up khdhehchey…adhu dhigu kh… 😛 vaahaka ah like eh…heheh 😉
Alhey i cant c the comments nw… e keehve tha??
Ok nw good… sorry 4 tht…but story is awesome… 😛
Nice…ekam haadha kurukoh genesdheny….thankolhei dhigukohlabrr….
I think flora ge kamei eba ulhey hen adam ge handhaan nethumuge kanthakuga…or may he’s having some kind of diseases lyk losing memory…ummm v curious to know wat’s all begind this..?
Vvvv hadi
Nice
V hadi
esfiyaagai vaahaka liyaa hurihaa meesmeehunnah, thi meehun vaaahaka liyany kykuran tho? myhun foohi kuruvantho noony myhun kiyaa hiyvaa gothah vaahaka liyan thoa? awley dhen mee bodu varu noon tho? thibey fulhun beynun vey meehun thibeyfulhun ge vaahaka ah thaaiedhuge cmmnt thah liyan ehn noon tho? namaves thibeyfulhun mihaa kuru kow vaahaka genesdhen naamun kiyun therin foohi vaane karn thibeyfulhun nah neygey thoa? kiyun therin vaahaka dhigu kuraashey kiyaafa cmmnt thah kuraa iru vex th beyfulhun nah nufennnany tho? noony adhiry tho? mi ee hama ekani mi vaahaka liyaa beyfulhaa ah vidhaalhuvaa ehcheh noon ingeytho. mee hama esfiya ga vaahaka liyaa hurihaa enmmen nah bunelaa ehcheh. alhugadu bunelan beynun vany thihaa kuru kow vaahaka genesdhennamun vaahaka liyun huttalaashey ingeytho.. ehn veema alhugadu ge unmeedhaky mi cmmnt kiyaafa hurihaa vaahaka liyuntherin vex mi kan rangalhu kuraane kamah.. mi vaahaka v rythi ekm thihaa kuru kow genesdhennamun vaahaka kiyan foohi vaane ingey tho?
actually vaahaka ehege episode eh liyan gaai gadaka 2 hrs vaane. but kiyaa iru heevani kuruhen. varah visnaafa liyevey ehche mi. even writers cannot spend there whole day writing a story. liyan feshima igeyni mikamuge hunna burakan. kithanme vara dhigu kuraashey kiyas ehaa dhigu nuvedhaane. eyge maana aki liyun hutaa shey kiyaa she key noon. kiyan 5 min viyas it takes lot of effort. ehen v ma libey mivara shukuru kurey. ehenooni nikan vaahaka eh liyan fashaabala! eyrun igeyne. liyuntheri vaki kiyuntheringe vaahaka adu naahani ki noon. dhigu viyas vaani kuru. its not easy. hama konme meehaku kyan vi kurey. first think abt how much time they are taking out
if there lifes to write something for u guyz. mi meehun ekan ves appreciate ves nukurey
i agree with lam ,, hama aslu vaahaka eh lam abunyy .and jui vess vaahaka eh liyan fahtabala.. alhe vaa gotheh balaa lan .. varah faaha ga kure vey kmaeh e ee liyun theriyaa dhigu koh ge ness dhinas hu naa ne comment kohfa haadha kurey .. maa kuru koh genes dhinyy ma foohi vyeye kiyaa fa .. lam buni henn vaahaka liyu makyy kihaa vareh ge kameh kann ingey nyy vaahaka eh liyan feshyyma … .
I agree wid jui..asluves kurukoh genesdhineema foohivaane ?
Maaaa bodah ves kurudhen….
Hadi
furathama line ga in th dhennevy aky kusheh kamah feney….aslu rangalhu gothaky thi vidhaalhu vee…any way very perfect………keep it up…………..
Salhi ekam kuru dw.. keep it up 🙂 🙂
Lovena ge real name akeeevex lovena tha? alhe hadha salhi namekey dw.. how oldeer you are? im 19…
v salhi mi vaahaka,… ekam thankolheh kuree ahannah.. adhi jui ah support
hehehe.. year real name akee ves lavna… lavna… im 18
Hehe Shukuriyya hurihaa kudhin!
nice but maa bodah ves kury.. next time rangalhu kuraane kamah unmeedh kuran…..:)
English names use kohfa dhivehi bahuge enme asarugadha Bas Bas beynun kureema odd. Misaalakah, ‘habeebee’??!!
Anekkaa ingireysi dhivehi mix nan thah hureema varah hadi. Kaasimbe aa Laura marry kohgen ulhey kamah liyefiyyaa odd vaane dho. Nuvatha James aa Aminaidhy marry kohgen . Eves adhi eh gaumehge eh naslehge meehun
Aharunvex aharunge sis ah story liyedhen cox mieee v bura kameh..liyanfesheema ingeynii..angainbunelaahaa fasheyhaeh nuaane
Saabahey.bayakah judge kurevijje nama mi meehunnah ingeyny ekameh faahanga Kuran.ekameh emyhaage burn masakkathah thaureefu kurumeh novey.typical maldivians.
Bayakah nubai koh Kameh kurevijjeyya i meant.but ethanuga lite if a othy judge.