Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ވިހި ވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 5, 2021 3 Mins Read
0 Comments

ރޭގަނޑު ދުވާ މެޝިނަށް އަރާ ނައިޝާ ދުވަން ސިޓިންރޫމްގައި ހުއްޓާ ސައިފް އައިސް ގެއަށް ވަނެވެ. “ހަހަހަ…ތިއަށް ކިތަންމެ ވަރަކަށް އަރާ ދުވިޔަސް ހުންނާނީ ބެޓެރިއެއްހެނޭ އަޅޭ” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ސައިފް ނައިޝާ އަށް ބުންޏެވެ. ސައިފް ކޮޓަރިއަށް ވަނުމުން ނައިޝާ ރޯންފެށިއެވެ.ކުރިއާ ޚިލާފަށް މިފަހަރު ނައިޝާ ރުޅި އައެވެ.

ދުވާ މެޝިން ނިއްވާލުމަށްފަހު ރޮމުން ކޮޓަރިއަށް ނައިޝާ ވަނެވެ.ސައިފްގެ މަލާމާތަށް އިތުރަށް ކެތްނުކުރެވުމުގެ ސަބަބުން ހިކެން ނައިޝާ ކުރި ހިތްވަރާއި އަޒުމް މުޅިން ކެނޑުނެވެ.

މިހާރު ނައިޝާގެ ކަމަކީ އަބަދު ހިތާމަކުރުމެވެ.ސައިފްގެ މަލާމާތް ކުރިއަށް ދިޔަވަރަކަށް ނައިޝާ ޑިޕްރެޝަން ވާން ފެށިއެވެ. ވަޒީފާއަށް ދާހިތްނުވުމުގެ ސަބަބުން ނައިޝާ އުޅުނު ކުލިނިކުން ކެނޑުނެވެ. ނައިޝާ ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ.ކަންކަން ކުރަން ނައިޝާ މުޅިން ފޫހިވިއެވެ. އެހެންނަމަވެސް ސައިފަށް ކާންހެދުމާއި ސައިފަށް ކޮށްދޭންޖެހޭ ކަންކަން ނައިޝާ ހުއްޓައެއް ނުލައެވެ.

ނައިޝާގެ މައިންބަފައިން ނައިޝާ ކައިވެނި ކުރި ފަހުން ކުރިން ގުޅާހާ ވަރަކަށް ނުގުޅައެވެ.ނައިޝާގެ ދޮންތައާއި އޭނާގެ ތުއްތަ އެމީހުންގެ ފިރިންގެ ރަށަށް ބޮޑުޗުއްޓީއަށް ގޮސްފައި ވުމުން ނައިޝާގެ ހާލުބަލާލަން ވަންނާނެ މީހަކު ނުވިއެވެ.އެހެންކަމުން އެކަނިވެރިކަމަށް ނައިޝާ ލޯބިކުރެވެން ފެށިއެވެ.ކަރުނައާއި ކާނާ އަކީ އޭނާގެ އެކުވެރިން ކަމުގައި ވިއެވެ.

ހަމައެކަނި ނައިޝާ އަށް ހިތްހަމަ ޖެހުން ގެނެސްދޭ ކަމަކީ ކެއުން ކަމުގައި ވާތީ ނައިޝާ ގެ ބަރުދަން ކުރިއަށް ވުރެ ދެގުނަ އިތުރު ވިއެވެ.

ހަފްތާއެއް ފަހުން ނައިޝާގެ ބަފައިބެގެ އެދުމުގެ މަތިން ޗުއްޓީ ހޭދަކޮށްލަން ސައިފްގެ އުފަންރަށަށް އައުމުގެ ދައުވަތު ނައިޝާމެނަށް ލިބުނެވެ.ނައިޝާ އަަބަދުވެސް ސައިފްގެ ރަށަށް ދާން ބޭނުންވެއެވެ.ނަމަވެސް ސައިފް ނައިޝާ ގެންދާކަށް ބޭނުންނުވީއެވެ.މިފަހަރު ބަފައިބެ ކުރުނުކޮށް ކިޔަންފެށުމުންނާއި ނައިޝާވެސް ރަށަށް ދާން އެއްބަސްވުމުން ސައިފް ނައިޝާ އާއި އެކު ރަށަށް ދާން ނިންމިއެވެ.

ސައިފް ނައިޝާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. “ފުރަން ދެދުވަހަށް ވެފަވާތީ ފުރަންވާއިރަށް އެއްޗެހިކޮޅެއް ގަނެލަންދާން ހިނގާ” ނައިޝާ ކޮޓަރި ދޮރުހުޅުވުމުން ސައިފް މަޑުމައިތިރި ކަމާއި އެކު ބުންޏެވެ.

ކުރިއާ ޚިލާފަށް ސައިފް ވާހަކަދެއްކިލެއް ރަނގަޅު ކަމުން ނައިޝާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.ރަށަށް ދިޔުމުން ސައިފްގެ އޯގާތެރިކަން ކުރިއާ އެއްގޮތަށް ލިބިދާނެ ކަމަށް ނައިޝާއަށް ހީކުރެވުނެވެ.

ސައިފާ ނައިޝާ ސައިކަލުގައި ފިހާރަތަކަށް ދުއްވިއެވެ.” ހިނގާބަ ފޮތި ފިހާރައަކަށް ދާން މަންމަ ގުޅާފަ ބުނި ރަށު ކުއްޖަކު ކައިވެނި ކުރާތީ ފޮތި ގަނެފަ ފަހާދޭށޯ އޭނަ މިން ފޮނުވާފަ އެބަހުރި ހެދުންފަހާ ޑިޒައިނާއެއްކޮށް….ރުފިޔާ ދޭން އުޅެން ފެށީމަ މަންމަ ނުހިފި…އެގޭ މީހުންވެސް ވަރަށް ރަނގަޅުވާނެ އެހެންވެ….ނައި އަކަށްނު އިނގޭނީ ރީތި ފޮއްޗާއެއްޗެހި ގަންނަން ” ސައިފް ނައިޝާއަށް ބުންޏެވެ.

“އެހެންތަ….އެހެންވީމަ ނައިގެ ވެޑިން ޑްރެސް ފެހިތަނަށް ދޯ ލާނީ…ރީތިވާނެ ފަހާލެެއް އަނެއްކާ އަވަސްވާނެ ނިންމާލެއްވެސް” ހިތްހަމަ ޖެހިފައި ހުރެ ނައިޝާ ބުންޏެވެ.

ފޮތި ފިހާރައަކަށް ވަދެ ވެޑިން ޑްރެސް ފަހާ ކަހަލަ ހުދު ލޭސް ފޮއްޗާއި އަޑިންލާ ހުދު ފޮތި ނައިޝާމެން ގަތެވެ. “މި ބޮލުގަ އަޅާ ތާޖުވެސް ގަންނަންވާނެ” ހުދު އެހުން ޖަރީކޮށްފައިވާ ތާޖެއް ނަގަމުން ސައިފް ބުންޏެވެ.

ފޮތިގަނެ ސައިފްގެ ފޯނުން ޑިޒައިންދެއްކުމަށްފަހު ފަހާތަނަށް ފޮތިގަނޑު ފަހަން ލިއެވެ. “ހިނގާބަ މޭކަޕް ސާމާނު ކޮޅެއް ގަނެލަން” ސައިފް ނައިޝާ ގާތު ބުންޏެވެ.

“ނައި މެން އަންހެންކުދިންނަކަށްނު އިނގޭނީ މޭކަޕް ސާމާނު…. މޭކަޕްކުރަން ބޭނުންވާނެ ހުރިހާ އެއްޗެއް ފުލް ކިޓް ގަންނައްޗެ” ސައިފް ނައިޝާ އަށް ބުންޏެވެ. “ކީއްކުރާ މޭކަޕް ވާ ސާމާނެއް” ނައިޝާ ސައިފާ ސުވާލު ކޮށްލިއެވެ. “އެއީ ސަނާ ކޮއްކޮއަށް” ސައިފް ނައިޝާ އަށް ބުންޏެވެ. “އެކަމް ސަނާކޮއްކޮ އަށް ނައި ހުންނާނެ ހުސްނުވާ ވަރަށް މޭކަޕް ސާމާނު ގަނެދީފަ” ނައިޝާ އިތުރަށް ބުނެލި އެވެ. ” ދެން މިހާ ދުވަސްކޮށްފަ ރަށަށް ދާއިރު އެއްޗެއް ގެންދަން ވާނެއެއްނު…ގެންދަންޏާ ގެންދަންވާނީ ރަނގަޅަށް” ސައިފް ބުންޏެވެ.

މޭކަޕް ކުރުމަށް ބޭނުންވާނެ ބުރުސް ސެޓާ ފައުންޑޭޝަން ގެ އިތުރުން މޭކަޕް ކިޓެއްގައި ހިމެނޭ ހުރިހާ އެއްޗެއް ނައިޝާ ގަތެވެ. “މީ ނައިގެ ފަރާތުން ކޮއްކޮއަށް ދޭ ހަދިޔާ އެއް” ބިއްލޫރި ސެންޓު ފުޅިއެއް ނަގަމުން ނައިޝާ ސައިފަށް ބުންޏެވެ.

“މިއެއްޗެހި ޕާރުސަލް ކޮށްލާ” މޭކަޕް ވާ ސާމާނުގެ އިތުރުން އަތުގައި އަޅާ ކެވެއްޔާ ކަންފަތުގައި ލައްވާ އެއްޗިއްސާ ކަރުގައި އަޅާފަށާއި އަނގޮޓި ތަކުގެ އިތުރުން، އިތުރު ގަހަނާތަކެއް ޕާރުސަލް ކުރުމަށް ކައުންޓަރުގައި އިން ކުއްޖާއަށް ސައިފް ބުންޏެވެ. “މި ސެންޓު ފުޅި ވެސް ލާ” ނައިޝާ ބުންޏެވެ. “އުހުނ…ތި ބާއްވާ…ތީ ނައިޝާ ސަނާއަށް ދޭ އެއްޗެއް…މީ ސައިފް ސަނާއަށް ދޭ އެއްޗެހި” ސެންޓު ފުޅި ވެސް ޕެކްކުރުމަށް އެދުމުން ސައިފް ބުންޏެވެ.

“ކޮންކުލައެއްގެ ކަރުދާހަކުން ޕާރުސަލް ކުރަންވީ؟” ހިތްހެޔޮ ކަމާއި އެކު ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ސުވާލު ކޮށްލިއެވެ. “ރަތް ކުލައިން… ކަރުދާސް ވެސް ރިބަންވެސް” ސައިފް ޖަވާބުގައި ބުންޏެވެ.

“އެކަމް ކޮއްކޮގެ ފޭވްރިޓަކީ ޕިންކެއްނު” ނައިޝާ ސައިފަށް ބުންޏެވެ. “ކޮންމެ ކުލައެއްވެސް ރަނގަޅުވާނެއެއްނު….ކަރުދާސް ހަމަ އެއްލާލާނީ ވިއްޔަ” ސައިފް ބުންޏެވެ.ނައިޝާ އޭނާގެ ކާޑު ނަގައި ގަތް ހުރިހާ އެއްޗިއްސަށް ރުފިޔާ ދެއްކުމަށް ފަހު އެފިހާރައިން ނިކުތެވެ.

“ހިނގާބަ މި އަންނައުނު ފިހާރައަށް” ދުއްވަމުން ދަނިކޮށް އަންނައުނު ވިއްކާ ފިހާރައެއް ފެނިގެން ސައިފް ބުންޏެވެ. “މި މަތިކޮޅު ވަރަށް ރީތިދޯ؟މީ މީޑިއަމް ސައިޒުތަ؟” ފިހާރައިގެ ސޭޓު ކައިރި ސައިފް އަހާލިއެވެ. މީޑިއަމް ސައިޒުގެ ފަސް މަތިކޮޅާއި ޖިންސު ކޮޅެއްގެ އިތުރުން އެކި ކުލައިގެ ފަސް ޝޯލްވެސް ސައިފް ނެގިއެވެ.

“ސަނާކޮއްކޮއަށް ތަ މީ؟” ނައިޝާ ސައިފް ގާތު އަހާލުމުން ސައިފް ބޯޖަހާލިއެވެ. “އެކަމް ސަނާކޮއްކޮ ލަނީ ސުމޯލް އެއްނު….މި ޖިންސު ތައްވެސް ތަންކޮޅެއް ބޮޑުވާނެ” ނައިޝާ ބުންޏެވެ. “އޭނަ ދެން ވާނީ ބޮޑެއްނު އެހެންވީމަ ރަނގަޅުވާނެ” ސައިފް ބުންޏެވެ.

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނަވާރަ ވަނަ ބައި)

Next

ތި ސޫރަ ނޫން 3

Next
August 5, 2021

ތި ސޫރަ ނޫން 3

Previews
August 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނަވާރަ ވަނަ ބައި)



All Right Reserved!