Skip to content
އެސްފިޔަ

ޒީޝާ (ހަތްވަނަބައި)

ޒީޝާ އިނީ ގޯތިތެރޭ އެލުވާފައި ހުރި އުނދޯލީގައެވެ. މިހާރަކަށް އައިސް އޭނައަށް އަބަދު ވިސްނެނީ ޒައިންއާ ދޭތެރޭ ގައެވެ. މިރޭ ޒައިންއަށް ޖަވާބެއް ދޭން ނިންމިއެވެ. ޒައިން ރަށަށް ދިޔުމުގެ ކުރިން ކޮންމެވެސް ޖަވާބެއް ދޭން އޭނާ ނިންމިއެވެ. ޙިޔާލީ  ދުނިޔެއިން ޒީޝާއަށް ނިކުމެވުނީ އިޝާނަމާދުގެ ބަންގީގެ އަޑަށެވެ. އުނދޯލިން ތެދުވެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

 

ކޮޓަރިއަށް ވަދެ އަވަސްވެގަތީ ނަމާދު ކޮށްލާށެވެ. ވުޞޫ ކުރަން ފާހަނައަށް ވަންނަން އުޅެނިކޮށް ފޯނު ރިންގްވާ އަޑު އިވުނެވެ. “ކީކޭ ސަމާ” ފޯން ނަގަމުން ޒީޝާ އަހާލިއެވެ. “މިރޭ މަށާއެކު ފިހާރައަށް ދެވޭނެތަ..؟” އެކޮޅުން ވާހަކަ ދެއްކީ ސަމާއެވެ. “ހޫމް.. ސަމާ ވިއްޔާ.. ދާނަން އިނގޭ.. ސޯ ކިހާއިރަކު ރެޑީވާންވީ؟” ސަމާއާއެކު ދާން އެއްބަސްވިއެވެ. އަށެއް ޖަހާއިރަށް ރޭޑީވާށޭ ބުނެފައި ސަމާ ފޯނު ބޭއްވިއެވެ. ސަމާ ފޯނު ބޭއްވުމުން ޒީޝާ ވުޞޫ ކޮށްލައިގެން ނަމާދަށް އެރިއެވެ. ނަމާދު ކޮށްގެން ޒީޝާ ބެލީ ސަމާ ބުނި ގަޑިއަށް ތައްޔާރު ވެވޭތޯއެވެ. ރަތްކުލައިގެ އަތްދިގު ޓޮޕް ކޮޅަކާއި ކަޅުކުލައިގެ ސްކިނީއެއް ލުމުން ޒީޝާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ފަހަތަށް އިސްތަށިގަނޑު އައްސާލުމަށްފަހު ނިއްމައްޗަށް އިސްތަށިކޮޅު ވައްޓާލިއެވެ. މަޑު ރަތްކުލައިގެ ލިޕްސްޓިކް ނަގައި ތުންފަތުގައި ޖައްސާލިއެވެ. ފީލްންގސް ސެންޓް ޖަހާލުމަށްފަހު، ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. “ދަރިފުޅާ މާ ނަލަ ހެދިލައިގެން ކޮންތާކަށް ތިދަނީ؟” ކޮޓަރިން ނިކުތް ޒީޝާ ފެނުމުން ނާހިދާ ސުވާލު ކުރިއެވެ. “މިދަނީ ސަމާއާއެކު ފިހާރައަށް” ޒީޝާ ޖަވާބުދިނީ ވަރަށް މަޑުންނެވެ. “ލަސްނުވެ ގެއަށް އަންނާތި.. މާދަމާ ވަރަށް ހެނދުނާ ބައްޕަ އައްޑޫއަށް ދާން ފުރަން..” ސައީދުގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ލައްބައޭ ބުނެފައި ޒީޝާ ނިކުތެވެ. އޭރު ސަމާ އެގެއަށް އަރާ ހަމަވަނީއެވެ. “ޒީ ތހުރީ ހުރިހާ ރީތި ކޮޅެއް ހުސްކޮށްލައިގެން ދޯ..” ޒީޝާގެ ރީތި ކަމަށް ސަމާ ތަޢުރީފު ކޮށްލިއެވެ. ޒީޝާ ހީލިއެވެ. އަދި ދެމީހުން އެއްކޮށް ހިނގައިގަތުނެވެ.

 

މަޖީދީ މަގުގައި ހުރި ފިހާރައަކުން ފައިވާނެއް ގަނެގެން ނިކުތްތަނާހެން ސަމާގެ ލޮލުގައި އަޅައިގަތީ އޭނާގެ ހިތް އެދި ގޮވަމުންދާ ޒުވާނާއެވެ. “ޒީ ބަލާބަ..އެހުރީ އެއްކަލަ މަ ބުނި ބިޓު.. ރީތި ދޯ..” ލައިޓް ކައިރީ ހުއްޓިލައިގެން ހުރި ޒުވާނާއަށް އިޝާރަތް ކޮށްލަމުން ސަމާ ބުނެލިއެވެ. “ކޮބާތަ…އެތާ އެބަތިބި ބައިވަރު މީހުން.. ސަމާ ތިދައްކާ މީހަ ކޮބާތަ..؟ ތަންތަނަށް ކަޅި އުކަމުން ޒީޝާ އަހާލިއެވެ. ޒީޝާ އަށް ފެނުމުގެ ކުރިން އެޒުވާނާ ހިނގައްޖެއެވެ. “ސާބަސް ޒީއަށް.. އޭނަ ހިނގައްޖެ މިހާރު.. ” ސަމާ ބުނެލިއެވެ. “ހޫމް ދެން ހެވޭ.. ހިނގާ ދެން އަވަހަށް ގެއަށް ދެވޭތޯ ބަލަން ލަސްނުވަނީސް” ސަމާ އަތުގައި ހިފައިގެން ޒީޝާ ހިނގައިގަތުނެވެ.

 

މާބޮޑަށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން ޒީޝާ ބޭނުންވީ ނިދާލާށެވެ. ނަމަވެސް ހަނދާނަށް އައީ ޒައިންއެވެ. އެހެންކަމުން ފޯނު ނަގައި ޒައިންއަށް ގުޅާލިއެވެ. މާގިނަ އިރުތަކެއް ނުވަނީސް ޒައިން ފޯނު ނެގިއެވެ. “ޒޭން.. ކޭން ވީ މީޓް ޓްމޯރޯ ނައިޓް.. ” ޒައިން އަށް ޖަވާބު ދޭނެ ހިތްވަރެއް ޒީޝާއަކަށް ނުލިބުނެވެ. “އޯކޭ.. ޒީ ބޭނުންތާކަށް ހަމަ ދާންވީ.. ނުނިދަނީތަ؟” ޒީޝާ ގުޅާލުމުން ޒައިން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާ ބޭނުންވީ އެގޮތަށް ކިތަންމެ އިރަކުވެސް ޒީޝާއާ ވާހަކަ ދައްކާލާށެވެ. “ނޫން ނިދަންވެގެން މިއުޅެނީ.. ބައްޕަ ފުރާތީ މާދަން ވަރަށް ހެނދުނު ހޭލަންވެސް އެބަޖެހޭ.. 9 އަށް ރެޑީވާނަން އޯކޭ.. ގުޑް ނައިޓް.. ސީ ޔޫ..” ޒީޝާ ފޯނު ބޭއްވިއެވެ.

އޮށޯވެލައިގެން އޮތް ޒައިންގެ ހުރިހާ ވިސްނުމެއް ގުޅިފައިވަނީ ޒީޝާއާއެވެ. ޒީޝާއަށްޓަކައި އެތަކެއް ދުވަހެއް ވަންދެން އިންތިޒާރު ކުރަން ޖެހުނަސް ޒައިން ކުރާނެއެވެ. ޒީޝާއަކީ އޭނަގެ ފުރަތަމަ އަދި ފަހުގެވެސް ލޯތްބެވެ. ޒައިން ލޯ މަރާލީ ކުރަމުންދާ އިންތިޒާރަށް ފޮނި ނިމުމެއް ލިބޭތޯ އުއްމީދު ކުރަމުންނެވެ.

 

އާދުވަހަކަށް އިރުއަރައިގެން އައި އެކި މީހުންނަށް އެކި ހުވަފެންތައް ދައްކަމުންނެވެ. ހިތްއެދޭ ކަހަލަ ހުވަފެންތަކާ ހިތްނޭދޭ ފަދަ ހުވަފެންތަކެވެ. ސައީދު އައްޑޫއަށް ފުރައިގެން ދިޔައީ ޒީޝާ އަށާއި ޒާރާއަށް ވަރަށް ނަސޭޙަތް ދިނުމަށްފަހުގައެވެ. ކޮލެޖްއަށް ދާން ތައްޔާރުވެލައިގެން ޒީޝާ ކޮޓަރިން ނިކުތެވެ. ގެއިން ސައިނުބޮއި ދިޔައީ ގަޑިޖެހޭތީއެވެ.

 

ޒައިން އިނީ ސޯފާގައި ޓީވީ ހުޅުވާލައިގެން ހަބަރު ބަލާށެވެ. ޒައިން އަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެނީ މިރެއަށެވެ. ޒީޝާ ފެންނާނެ ވަގުތަކަށެވެ. އޭނާ ސިހުނީ ޖީބުގައި އޮތް ފޯން ވައިބްރޭޓް ވުމުންނެވެ. ގުޅަނީ އިޝާން އެވެ. “އޭ ހިނގާބަ ކޮފީއަކަށް… މާލެ އައިސް އަދި ކޮފީ ނުދީ ތިއުޅެނީ.. ކޮފީ ނުދީ އަދި ތިހެން ސަލާމަތެއް ނުވެވޭނެ އިނގޭ..ހެއްހެހެއް..” ހިނި ގަނޑެއް ޖަހާލަމުން އިޝާން ބުންޏެވެ..” ކޮފީ ދެވޭތަ.. ތި ހަބަރެއްވާ މީހެއްވެސް ނޫން.. ކޮފީއެއް ބޭނުންވީމަ ދޯ މަގޭ މަތިން ތިހަނދާންވީ… އާން..ހިނގާ ދާން.. ކޮންތާކު ތިހުރީ.. މިދަނީ ބަލާ..” ފޯނުން ވާހަކަ ދައްކަމުން ޒައިން ގެއިން ނިކުތެވެ.

ޒައިން އާއި އިޝާން އަކީ ކުޑައިރުއްސުރެންވެސް ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. ދެމީހުން ދެތަނެއްގައި އުޅޭތީ ދިމާވާ ގޮތް ނުވަނީއެވެ. ނަމަވެސް ފޯނު މެދުވެރިކޮށް އަބަދުވެސް އެކަކު އަނެއްކަކު ހާލު ބަލާ ހަދައެވެ.

 

“ބިޓުން ގެންގުޅޭވަރުން އަހަރެންނާ އެކު ކޮފީއަށް ގޮސްލާނެ ވަގުތުވެސް ނުލިބޭދޯ… ” ސައިކަލު ފަހަތު ސީޓުގައި އިށީންނަމުން އިޝާން ބުނެލިއެވެ. “ހަހަހައް.. މަ އަދި ބިޓެއް ހުރެގެންނު ބިޒީ ވާނި.. އެމް ސިންގަލް އަދި…” ހެމުން ހެމުން ޒައިން ބުންޏެވެ. “އަސްލުތަ..؟ މަ ހީކުރީ ބިޓެއް ހުންނަ ކަމަށް.. ނޫޅެންތަ ބިޓެއް ނަގާކަށް..؟ ” ޒައިންގެ ކޮނޑުގައި ޖަހާލުމުން އިޝާން ބުންޏެވެ. “ރައްޓެހިވާން އަހައިގެން މިއުޅެނީ.. އަދި ޖަވާބު ނުލިބިގެން މިއުޅެނީ.. މިރޭ މީޓް ކުރަން ބުނި.. ހީވަނީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެހެން..” އުއްމީދާއެކު ޒައިން ބުނެލިއެވެ. “ޑޯންޓް ވޮރީ.. ގުޑް ލަކް މޭން” ޒައިންއަށް ރަނގަޅު ގޮތް ވުމަށް އެދުނެވެ.

 

 

ރޭނގަޑުގެ ވަގުތެވެ. ޒީޝާ އުޅުނީ ޒައިންއާއެކު ބޭރަށް ދާންވެގެން ތައްޔާރުވާށެވެ. ދަނބުކުލައިގެ ކަކުލާ ހަމައަށް އަންނަ ކުރު ތުނި ހެދުމެއް ޒީޝާ ލިއެވެ. ފަހަތަށް އިސްތަށިގަނޑު ދޫކޮށްލައި ކަޅުކުލައިގެ ބޭންޑެއް އެޅިއެވެ. އަދި އިސްތަށިގަނޑުން ބައެއް ނިއްމަޗަށް ވައްޓާލިއެވެ. ހުދުކުލައިގެ އެސްތަކުން ޖަރީކޮށްފައިވާ އެހެދުން ޒީޝާއާ ނުހަނު ގުޅެއެވެ.

ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ނާހިދާ އިނީ ޒާރާއަށް ކާންދޭށެވެ. “މަންމާ.. މިދަނީ ޒައިންއާއެކު ބޭރަށް.. ލަސްނުވެ އަންނާނަން..”  ނާހިދާ ހުއްދަ ދިނުމުން ބޭރަށް ނިކުތެވެ.

އޭރު ޒައިން ބަލައި އައިސް އިނެވެ. ޒީޝާ ފެނިލުމާއެކު ޒައިންއަށް ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ. ކަޅިވެސް ޖަހާނުލާ  ޒީޝާއަށް ބަލަން އިނެވެ. “ޒީ.. ޔޫ ލުކް ސޯ ޕްރިޓީ.. ”  ޒައިންގެ އެބަސްތަކުން ޒީޝާ ލަދުން އިސްޖަހާލިއެވެ. ސައިކަލު ފަހަތަށް އަރަމުން ޒައިންއާ ގާތްވެލިއެވެ. ޒީޝާގެ ގައިން ދުވި މީރުވަހުން ޒައިންގެ ހިތަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

ދެމީހުން މަޑުކޮށްލީ އާޓިފިޝަލް ބީޗްގައެވެ. ޒީޝާ ހުރީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އިރުކޮޅަކާ ޒައިންގެ މޫނަށް ބެލުން ނޫން ކަމެއް ނުކުރެވުނެވެ. “ޒީ އިރުކޮޅަކާ ތިބަލަނީ ކީއްވެތަ..؟ އަހަރެން މޫނުގައި އެއްޗެއް ހުރީތަ..؟” ޒައިން އަށް ނުހުރެވިގެން އަހާލެވުނެވެ، “ޒޭން.. މިރޭ މީޓް ކުރަން ބުނީ ޒައިންއަށް އާންސާރއެއް ދޭންވެގެން..” ޒީޝާ ބުނެލި ޖުމްލައިން ޒައިންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ޒީޝާ ދޭނެ ޖަވާބެއް ނޭނގޭތީ ޒައިން ހުރީ ހާސްވެފައެވެ. “ޒޭން..މައި އާންސާރ އިޒް ޔޭސް.. ޔާ.. އީވަން އައި ލަވް ޔޫ ޓޫ ނައޮ.. ” ދެންމެ އިވެގެން އެދިޔައީ ކެތްތެރިކަމެއް ނެތި ޒީޝާގެ ފަރާތުން އަހާލަން ބޭނުންވި ޖުމްލަތަކެވެ. ޒައިން އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހީވީ ހުރިހާ އުފަލެއް އެއްކޮށް އޭނާއަށް ލިބުނުހެންނެވެ. ” ޒޭން އަހަންނާ ދޭތެރޭ އެވަރަށް ވިސްނީތީ އަހަރެން ވަރަށް އުފާވި.. އަހަރެން ގާތު ރައްޓެހިވާން އެހިފަހުން އަހަންނަށް އަބަދުވެސް ޒޭންއާ ދޭތެރޭ ވިސްނޭ.. ޒޭން އަހަންނަށް ވައުދުވޭ ދުވަހަކުވެސް ދެރައެއް ނުދޭނެ ކަމެއް..” ޒީޝާ ބޭނުންވީ ޒައިން ލައްވާ ވައުދުވާށެވެ. ” ޔެސް.. އަހަރެން ވައުދުވަން.. އަހަރެން ދިރިހުރިހާ ހިނދަކު ޒީއަކަށް ދެރައެއް ނުލިބޭނެ.. އައި ރިޔަލީ ލަވް ޔޫ ޒީ..” ޒީޝާ އަތުގައި ހިފާލަމުން ވަރަށް ލޯތްބާއެކު ޒައިން ބުނެލިއެވެ. (ނުނިމޭ(

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Hannah

    Hello guys.. minivan dhuvahuge heyo edhumaa thahuniya thi hurihaa kudhinah.. guys. rangalhu kohlan jehey kanthahthah let me know.. i need your support.. have a nice day 🙂

    1. xxxx
      Hannah

      hannah thy kn rahshehge kujjeh?

  2. ifaasha

    Yey.. me 1st.. v nice mi part

  3. ifaasha

    Happy independence day hannah 🙂

  4. Anonymous

    Hello dhivehi Bahia igireysi bas ehkohlaafa liyefa hureema v udhagoo.. misaalakah ebahuri zain ah miulheny answer eh dheyn vegenney liyefa edge badhaluga javaabu liyunu nama ad hi minivan dhuvahuge thahuniya kiyas nufudheyne minivan kamah vaany bas ragalhah beynun kurevigen

  5. nukko

    V salhi

  6. Shabee

    Hannah Montana mibaivex v v v reethi…love it 😛 but maaa maa maa kuru… nxt prt avahah dhigu kh up kurahchey…. 🙂

  7. Crazi

    Shalhi ahdhi gendaagoi but kuru

  8. Aishath

    Varah faseyha kian only spellings

  9. naxx

    dhen alhe zeesha ah samaa dhahkanulhey eynage shot boy dehkiya dheebala,hehe hehe ekam mipart ves varah reethi… next part ves avahah up kohdehchey:-):-):-)

  10. ken

    Nice☺ waiting for next part….

  11. mizu

    Wow vv reethi waahaka

  12. Kudu

    Alhe haadha kurey dhw…

  13. Hajja

    mi parrrt ehaaehnun bt i lyk this story samaves loabivany zaindheketha anehkaaa

  14. xaaxaa

    sama e ulheny zein aa alhaiganegen dhw I think so.. Dhn story good

  15. maako

    v reethi.. thankolheh kury.. waitin for the next part

  16. hey

    Vvvvvv reethi…

  17. LOVENA

    SAMA N ZEESHA like vanee ekaku dheke baa????? hehehe..
    Lavna ah heee vany adhi mi ah vure miah kiyun theringe shaugu hannahh ah hhoadheyne hen… best story eh

  18. sumone

    when is the next part?????????????? mi pat ves salhi………… i think anonymous bunihen dhivehi nd english ehkohlaafa huryma kudakoh undhagu……. so think about it and ekan rangalhu kohlahchey ………. 😀 🙂 ??????????????????????????????

  19. kiaara

    mi story ah photo eh nulan tha ??… anyways v salhi mi story ❤ ❤ ❤

    1. sumone
      kiaara

      yahh dhw……… mi story ah photo eh laan v ehnun

    2. Lwvispink
      kiaara

      Photo eh leema dw reethi vaany

  20. Aishath

    Hannah kobaa 8 vana part
    waiting waiting waiting
    🙁 🙁 🙁 🙁 :'( :'( :'( :'(

  21. malak

    Hannah kobaa 8vana part waiting for the next part….vvvv reethi.

Comments are closed.