Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތާރަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 2, 2021 3 Mins Read
0 Comments

ދުވަހަކީ ހުކުރު ދުވަސް ކަމުން ތަންތަން ސާފުކުރުމަށް ނައިޝާ އުޅުނެވެ.ކޮޓަރިއާއި ސިޓިންރޫމްތެރެ ސާފުކުރުމަށް ފަހު ސަނާގެ ކޮޓަރި ސާފުކުރަން ނައިޝާ އެކޮޓަރި ދޮރުގައި ޓަކި ދިނެވެ.ތިންވަރަކަށް ފަހަރު ޓަކިޖެހި ފަހުން ސަނާ ކުޑަކުޑަކޮށް ކޮޓަރި ދޮރު ހުޅުވާލިއެވެ.

“ސާފުކޮށްލަން މިއައީ” ކޮޓަރިއަށް ވަންނަން ދޮރު ކޮއްޕާލަމުން ނައިޝާ ބުންޏެވެ.އެވަގުތު ސަނާ  ދޮރުގައި ހިފެހެއްޓުމަށްފަހު ނައިޝާ އެތެރެއަށް ވަނުމަށް ހުރަސްއެޅިއެވެ. “މިތަން ސަނާ ސާފުކޮށްލާނަން…އެހާ ހަޑިއެއް ނުވޭ… މިތަން ސާފުކޮށްފަ ހުންނާނީ ވެސް” ވަރަށް ކުޑަކޮށް ދޮރު ހުޅުވައިގެން ހުރެ ސަނާ ބުންޏެވެ.

ހިމަ ރޮނގެއް ވަރަށް ދޮރު ހުޅުވައިފައި ހުއްޓަސް އެކޮޓަރި ތެރެއިން ދުވާ ނުބައި ވަސް ނައިޝާގެ ނޭފަތުގައި ޖެހުނެވެ.

“އެކަމް ހާދަ ނުބައި ވަހެއް އެބަ ދުވައޭ ތި ކޮޓަރިތެރެއިން…އޭސީ ނިންވާލާފަ ކުޑަދޮރުތައް ހުޅުވާފަ ބަހައްޓާލާ ވައި ބޭރުކުރަން…ދައްތަ ގެންނާނަން އެއަރ ފުރެޝްނާ ފުޅިއެއް” އޯގާތެރި ކަމާއެކު ނައިޝާ އެހެން ބުނުމުން ސަނާ ބޯޖަހާލަމުން ދޮރު ލެއްޕިއެވެ.

އެއާރ ފުރެޝްނާ ފުޅި ހިފައިގެން ސަނާ ކޮޓަރީގައި ނައިޝާ ޓަކިޖެހިއެވެ.މިފަހަރުވެސް ވަރަށް ކުޑަކޮށް ދޮރު ހުޅުވުމަށް ފަހު ސަނާ އެއާރ ފުރެޝްނާ ފުޅީގައި ހިފައި ދޮރު ޖެހިއެވެ.

ސަނާގެ އެޢަމަލުން ނައިޝާ އެކޮޓަރިއަށް ނުވައްދަން އުޅޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.ނަމަވެސް ނައިޝާ ކޮޓަރިއަށް ނުވައްދަން ޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.ސަނާ ބޭނުން ނުވާތީ ނައިޝާ ވެސް އެކޮޓަރިއަށް ކޮންމެހެން ވަންނާކަށް ބޭނުމެއް ނުވިއެވެ.

މެންދުރަށް ކާން ހެދުމަށް ފަހު ފެންވަރައިގެން ރީތިވެލަން ޑުރެސިން ޓޭބަލް ކުރިމަތީގައި ނައިޝާ ހުއްޓުނެވެ.ޒަމާންގަނޑަކަށް ފަހު ނައިޝާ މޭކަޕް ކުރަންއުޅުނެވެ.ނަައިޝާގެ އޮތީ ހަމަ އެންމެ މަގުސަދެކެވެ. މޭކަޕްކޮށް ރީތިވެގެންވެސް ފިރިމީހާގެ ފަރާތުން ލޯތްބާއި ތަޢުރީފު ހޯދުމެވެ.

ލޮލުގައި މަސްކަރާ އާއި އައި ލައިނާ ހާކާލާ ތުންފަތުގައި ރަތްކުލަ ނައިޝާ ޖައްސާލިއެވެ.ޑުރެސިން ޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު ކަންފަތުގައި ލައްވާ އެއްޗެއްސާ އަނގޮޓި ފަދަ ގަހަނާ އަޅާފައިވާ ދަޅެއް ނައިޝާ ނެގިއެވެ.

ވަރަށް ހޭވުމަށްފަހުވެސް ނައިޝާ ބޭނުންވާ ހާޓް ކަންފަތުލާ އެއްޗާއި ހުދު އެހެއް ޖަހާފައިވާ އަނގޮޓިއެއް ނުފެނުނެވެ.ނައިޝާ އެދަޅުން ވަރަށް ފަހުން ވެސް އެތަކެތި ދުށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަނދާންވިއެވެ.ނަމަވެސް މިހާރަކު އޭއްޗިއްސެއް ނެތެވެ.

ކަންފަތުގައި އެހެން އެއްޗެއް ލައްވާ ލުމަށްފަހު ކޮޓަރިން ނައިޝާ ނިކުތެވެ.ސޯފާގައި އިން ސައިފް ނައިޝާ ފެނުމުން ހޭންފެށިއެވެ. “ހިތުން ވަރަށް ރީތިވެފަޔޯ” ސޯފާއިން ތެދުވެ ކޮޓަރިއަށް ހިނގައި ގަންނަމުން ނައިޝާ އަށް މަލާމާތުގެ ރާގަށް ސައިފް ބުނެލި އެވެ.

ސައިފްގެ އެ ޖުމްލައިން ނައިޝާ ފެން ކަޅިވިއެވެ. ސައިފްގެ އެމަލާމާތްތައް ނިމޭނީ ކޮން ދުވަހަކުން ބާވައޭ ނައިޝާގެ ހިތަށް އެރިއެވެ.

ފަހަކަށް އައިސް ނައިޝާގެ ކޮޓަރީގައި ހުންނަ އެއްޗެހިތައް ގެއްލުމާއި އެއްޗެހިތައް ބަހައްޓާ ތަން ނޫން އެހެންތަންތަނުގައި އެއްޗެހިތައް ހުންނަކަން ނައިޝާއަށް ފާހަގަވާން ފެށިއެވެ.”ނައިގެ ޕިންކް ހާރު ދެކުނިންތަ؟…ނައިގެ ރީތިވާ އެއްޗިއްސާ ގަހަނާތައް އެބަ ގެއްލޭ މިހާރު” އެއްޗެހި ގެއްލޭތީވެ ސައިފް ގާތުގައި ނައިޝާ އެހިއެވެ. “މަ ތަ ތި އެއްޗެހިތައް ބޭނުން ކުރަނީ…. ނޭނގޭ މަށަކަށް މަށެއް ނުދެކެން” ޖަވާބުގައި ސައިފް ބުންޏެވެ.

އާދައިގެމަތިން މޭކަޕް ކޮށްލަން ނައިޝާ ލިޕްސްޓިކް ފުޅި ހޯދިއެވެ.ނަމަވެސް އެޔެއް ނުފެނުނެވެ.ލޮލުގައި މަސްކަރާ އަޅަން ވެގެން މަސްކަރާ ފުޅި ވެސް ނައިޝާ އަށް ހޯދާ ނުފެނުނެވެ.އެއްޗެހި ގޮތްނޭނގި ގެއްލޭތީ ނައިޝާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ.ސައިފް ފިޔަވައި ދެން ހުރީ ސަނާ އެވެ.ސަނާ ނައިޝާގެ ކޮޓަރިއަށް ވަންނާނެ ހެނެއް ނައިޝާއަށް ޤަބޫލެއް ނުކުރެވެ އެވެ.

އެހެންދުވަސްތަކާ ޚިލާފަށް ތަންކޮޅެއް ކުރިން ނައިޝާ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައި ދުވަހެކެވެ.އެވަގުތު ނައިޝާގެ ކޮޓަރިތެރެއިން ނިކުތް ސަނާ ނައިޝާ ފެނި ސިއްސައިގެން ދިޔައެވެ. “ދަ ދަ ދައްތަ ހާދަ އަވަހަކަށް މިއަދު؟” ހާސްކަން މަތީ ހުރެ ސަނާ އަހާލިއެވެ.

“މިއަދު ތަންކޮޅެއް އަވަހަށް ގެއަށް  އަންނަން ބޭނުންވީ” ނައިޝާގެ ކޮޓަރިން ނިކުތް ސަނާ ފެނި މޫޑް ސަކަރާތްވެ، ނައިޝާ ބުންޏެވެ.ނައިޝާ ކޮޓަރިއަށް ވަނުމުން ސަނާވެސް ގޮސް އަވަސްއަވަހަށް އޭނާ ނިދާ ކޮޓަރިއަށް ވަނެވެ.

އެނދުގައި އިށީނުމަށްފަހު ސަނާ އާއި ދޭތެރޭ ނައިޝާ ވިސްނާލި އެވެ.އެއްޗެހިތައް ގެއްލޭ ސަބަބަކީ ސަނާ ކަމުގައި ނައިޝާ އަށް ޔަގީންވިއެވެ.ސަނާ ކޮޓަރިން ނުކުތްއިރު އެއްވެސް އެއްޗެއް އޭނާގެ އަތުގައި އޮތްތަން ނުފެނުމުން ސަނާ ނެގީ ކޯއްޗެއްތޯ ބަލަން ނައިޝާ ގެ އެއްޗެހިތައް ހާވާލިއެވެ. ނައިޝާގެ މަންމަ އޭނާއަށް އެއްފަހަރަކު  ދިން އަގުބޮޑު ޑައިމެންޑް އަނގޮޓި ނެތުމުން ނައިޝާ ހިތްހަމަ ނުޖެހުނެވެ.

އެވަގުތު ސިޓިންރޫމުގެ ދޮރު ޖެހި އަޑު ނައިޝާ އަށް އިވުނެވެ.ނައިޝާ ސިޓިންރޫމަށް ނިކުތް އިރު ސައިފް ބޭރުގައި އުޅެފައި ގެއަށް ވަނީއެވެ. “ސައިފް ވާހަކައެއް ބުނަންވެގެން” ސައިފް ފެނުމުން ނައިޝާ ސައިފް ގާތު އަހާލިއެވެ. “ކިހިނެއްވީ” ނައިޝާ ކައިރި ހުއްޓެމުން ސައިފް އެހިއެވެ.

“މިފަހުން ނައިގެ އެއްޗެހިތައް ގެއްލެނީ…ކޮޓަރިތެރޭގަ ހުންނަ އެއްޗެހިތައް ވެސް ހުންނަނީ ހާވާފަ ނައި ތަރުތީބް ކޮށްފަ ހުއްޓަސް….މިއަދު ނައިގެ މަންމަ ނައިއަށް އެއްފަހަރަކު ހަދިޔާ އަކަށް ދިން ޑައިމެންޑް އަނގޮޓި ވެސް ގެއްލިއްޖެ….ނައި ގެއަށް އައި އިރު ސަނާކޮއްކޮ ނައިގެ ކޮޓަރިން ނިކުންނަނީ….ނައި ފެނުމުން ވަރަށް ހާސްވި އަނެއްކާ ސަނާކޮއްކޮ އެކޮޓަރިއަށް ނައި ނުވައްދަން އުޅެނީ މިހާރު…ނައިއަށް ހީވަނީ ސަނާކޮއްކޮ ހެން އެއްޗެހި ގެންދަނީ….ސައިފް ކޮއްކޮ ގާތު ރީތިކޮށް ބުނެބަ ނައިގެ މަންމަ ދިން އަނގޮޓި ދޭށޭ…ދެން ނެގި އެއްޗެހި ނުދިނަސް ނައި އަށް އޯކޭ އެކަމް މަންމަ ދިން އެއްޗެއް ވީމަ ނައި އަށް ވަރަށް މުހިންމު އެއްޗެއް އެއީ” ނައިޝާ ސައިފް ކައިރި ރީތިކޮށް ކިޔާދިނެވެ.

“ނައިޝާ ކަލޭ ތިބުނަނީ މަގޭ ކޮއްކޮ އަކީ ވަގެކޭތަ؟” ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ސައިފް ނައިޝާ ކައިރި އެހިއެވެ. ” ނޫން…ނައި އެހެނެއް ނުބުނަން”ދުވަހަކުވެސް “ކަލޭ” ކިޔާފައި ސައިފް ނައިޝާ އަށް މުޚާތަބުކޮށްފައި ނުވާތީ ނައިޝާ ފެންކަޅިވެ ދެރަވިއެވެ.

ސިޓިންރޫމް ތެރޭގައި ހުރެފައި ސައިފް ވަރަށް ބާރަށް ސަނާއަށް ގޮވިއެވެ. “ސައިފް ރީތިކޮށް އޭނަ ކައިރި ބުނައްޗޭ” ސައިފް ސަނާއާއި ދިމާލަށް އެއްޗެހި ކިޔާފާނެތީ ނައިޝާ ބުންޏެވެ.ނައިޝާ އެހެން ބުނުމާއެކު ރުޅިވެރިކަމާއި އެކު ސައިފް ނައިޝާ އަށް ބަލާލުމަށް ފަހު އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ސަނާ ކޮޓަރިތެރެއިން ނިކުތެވެ.

“ހަމަ މިހާރު ނައިޝާގެ ކޮޓަރިން ނެގި ހުރިހާ އެއްޗެއް ގެނެސް މި މޭޒުމަތީގަ ބަހައްޓާ….އަހަރުމެނަކީ ވައްކަން ކޮށްގެން އުޅޭ ބައެއް ނޫން…ސަނާވެސް ނުޖެހޭނެ އެހެންމީހުންގެ އެއްޗެހި ނަގާކަށް” ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ އަޑަށް ބާރު ލަމުން ސައިފް  ސަނާއަށް ބުންޏެވެ.ސަނާ އެނބުރި ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. ނައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “މިހާރު ހިތްހަމަ ޖެހިއްޖެތަ؟” ރުޅިއައިސްފައި ހުރެ ނައިޝާ އަށް ސައިފް ބުންޏެވެ.

“ސައިފަށް ވާ ސާބަސް….ސަނާ އެވަނީ ހިތްހަމަ ނުޖެހިހުރެ” ސަނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ނައިޝާ ބުންޏެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ތި ސޫރަ ނޫން 1

Next

ތި ސޫރަ ނޫން 2

Next
August 3, 2021

ތި ސޫރަ ނޫން 2

Previews
August 1, 2021

ތި ސޫރަ ނޫން 1



All Right Reserved!