Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހާދަހާ ލޯބިވޭ 10

★ Amy ★ Level 110 Stories
July 25, 2021 7 Mins Read
0 Comments

ނިދާފައި އޮތް ޔޫހަންއަށް ހޭލެވުނީ އިރުގެ ދޯދިތައް އޭނަގެ ލޮލަށް އެޅޭތީއެވެ. ކަންނެތް ގޮތަކަށް ހޭލާ ގަޑި ބަލާލިއިރު ހެނދުނު ނުވައެއްވެސް ޖަހާބޮޢުވެއްޖެ އެވެ. ރޭގަ އެހާ ލަހުން ނިދުނީމާ ހޭލެވުނީ ވެސް އެހާ ލަހުންނެވެ. އެނދުން ތެދުވެގެން ގޮސް ފެންވަރާލައިގެން ޔޫހަން ނުކުމެ ނަމާދުކުރިއެވެ. ނަމާދުކޮށް އަވަދިވެގެން ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި ފޯނު ހުޅުވާލި އިރު އޭނަ ނުދަންނަ ނަންބަރަކުން އެތަށް މިސްޑްކޯލް އެއް އައިސްފައި އިނެވެ. އެކި ފިކުރުތަކާއި ހުރެ އެންމެ ރަނގަޅުވާނީ ގުޅާ ކަން އަހާލުން ކަމަށް ނިންމާ ޔޫހަން އެނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގް ވުމުން އެކޮޅުން ފޯނު ނަގައި ވާހަކަ ދެއްކިއެވެ. އަޑު ޖެހުމާއި އެކު އެއީ އޭނަ ދަންނަ އަޑެއްކަން ޔަގީންވިއެވެ. ނަމަވެސް އޭނައަށް ގުޅުމުން ހައިރާންވިއެވެ.

★ 10 ވަނަ ބައި ★

ފަތިސް ވީ އިރުވެސް ލޮލަށް ނިދިނައުން އޮތް ކައިލާން ފުންމައިގެން ތެދުވީ ފޯނު ރިންގް ވީ އަޑަށެވެ. ފޯނު ނަގާ ބަލާލި އިރު ކިނާރާއެވެ. “އިނާ؟ ނުވެސް ނިދަންތަ؟” ފޯނު ނެގި ގޮތަށް ކައިލާން ސުވާލު ކުރިއެވެ. ” އުނހު. ބަންގި ގޮވަން ވާއިރަށް ހޭލައިގެން ފެންވަރައިގެން ދެން ހަމަ ގުޅާލީ. ވާހަކަ އެއް ބުނަންތަ؟” ކިނާރާ އޭނަގެ ބްލޮންޑް ކޮށްފައިވާ އިސްތަށިގަނޑު ގައި އަތް ހިންގާލިއެވެ. ކައިލާން ސީލިންގް އަށް ބަލަން އޮވެ “ހޫމް” އަޅުވާލިއެވެ. ” އިނާ އަށް ފެންނަނީ ޒާރާ ހަމައަކަށް އަޅުވަން އަހަރުމެން ދަތުރެއް ރާވާލަންވީނުން.” އިރުކޮޅަކު ވިސްނަން ހުރެލާފައި ކިނާރާ ބުނެލިއެވެ. “ހޫމް. ރަނގަޅު ގޮތެއް. އެކަމް ކޮންބައެއް ދަނީ؟”

“ކައި، ޔޫހަން، ވީރާ، ޒާރާ އެންޑް މީ. އޭ ދެން ފަހުން ގުޅާނަން. ބަންގި ގޮވަނީ މިހާރު އެއޮށް. ކައި ވެސް ދޭ ނަމާދަށް. ބައީ” ކައިލާން އާއެކޭ ބުނުމުން ކިނާރާ ފޯނު ބާއްވާފައި ގޮސް ދޮޅި އަޅާލިއެވެ.

ޔޫހަން ޖޮގިންނަށް ދާން ނުކުތް އިރު މަގުތަށް ކުނި ކެހުމުގައި އަވަދިނެތި އަންހެންވެރިން އުޅެއެވެ. ފުޓުބޯޅަ ކުޅޭ ކޮރަލް ދަނޑު ކައިރިން ޖޮގިން ކުރަމުން ދަނިކޮށް އެއްލި ކަޅި އަކުން ކުނި ކަހަން އިލޮށިފަތި ހިފައިގެން ހުރި އީރަމް އެވެ. އަޅާ ނުލާ ދާން އުޅުނު ވަގުތު މާއިޝް ނުކުމެ އީރަމްގެ ކުލަ ޖައްސާފައި ވާ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަތުން އިލޮށިފަތި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ހަމަ އެވަގުތު އީރަމް މާއިޝް ގެ އަތް އޭނަގެ އިސްތަށިގަނޑުން ނައްޓުވަން ގަދަ ހަދައެވެ. “ކަލޭ ކައިރީ ބުނިން ދޯ ކޮންމެ ގޮތެއް ހަދާފަވެސް ޒާރާ މެން މިގެއަށް ގެންނާށޭ. ކީއްވެގެންތަ ބުނާ ގޮތް ނުހަދަނީ މިހިރަ އެއްޗާ!” އީރަމްގެ ގައި އަޅާ ކޮއްޕާ ވައްޓާލުމުން ޔޫހާންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދުވެފައި ގޮސް އީރަމް ނަގާ އޭނަގެ ފުރަގަހަ ލިއެވެ. “ކަލޭ ކީކޭ އަރައިގެންތަ މިދޭތެރެއަކަށް ތިޔަ ބޯ ކޮއްޕަނީ؟” ޔޫހަންގެ ގައިގާ އަޅާ ކޮއްޕާ ލަމުން ރުޅިވެރި ކަމާއި އެކު މާއިޝް ބުންޔެވެ. “ކަލޭ ކީކޭ ހިތަށް އަރައިގެންތަ މީސް މީހުންގެ ގަޔަށް ބޮލަށް އަރަނީ؟ އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަނީ އޭން!” ޔޫހަން ދެބުމަ ގޮއްޖަހާލިއެވެ. “އީރަމް ދޭ އެތެރެއަށް ގޮސްފަ މަނާލް އަށް ގޮވާ” އީރަމް ބޯޖަހާލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އެޅި ފިޔަވަޅުމަތީ ހުއްޓެން ޖެހުނީ މާއިޝް އޭނަގެ އަތުގައި ހިފާ ހިފެހެއްޓުމުންނެވެ. “އޭނައަކަށް ނުދެވޭނެ އެއްތާކަށްވެސް. މަބުނާ ގޮތެއް ހަދަން ޖެހޭނީ. އީރަމްވެސް ޒާރާވެސް މިގޭގަ އެއުޅޭ ޔޫލީން އާއި މަނާލް އަށް ވެސް. ކަލޭ ހަނދާން ކުރާތި. ދެވަނަ ފަހަރަށް މިގޭ ދޮރުމަތިން ހުރަސް ކޮށްލިއަސް މަވަރުގެ ނުބައި މީހެއް ނުހުންނާނެ! ޝަހާދަތް އިނގިލި ޔޫހަންގެ މޭގައި ޖައްސާފައި ބުނެލިއެވެ. އެއްވެސް ޖެހިލުމެއް ނުވެ މާއިޝްގެ އަތް ފޮޅުވާލާ ޔޫހަންގެ ޖީބުގައި އޮތް ފޯނު ނަގާ މަނާލް އަށް ގުޅާލިއެވެ. “މަނާލް ބޭރަށް ނުކުމެ ބަލަ މިވަގުތު” މަނާލް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޔޫހަން ފޯނު ކަނޑާލިއެވެ. މަނާލް އިރުކޮޅެއްގެ ތެރޭގައި ދުވަމުން ނުކުތެވެ. މާހައުލު ގޯސް ކަން ފާހަގަކުރެވުމުން ހައްޕު ކިޔައިގެން މަނާލް ހުރީއެވެ. ދެ ފިޔަވަޅު ކުރިއަށް އަޅާ މާއިޝްގެ އަތުތެރެއިން އީރަމްގެ އަތް މިނިވަން ކޮށްދިނެވެ. ” މަނާލް! އީރަމް ގޮވައިގެން ގޮސް ޕެކް ކޮށްގެން ނުކުމޭ ތިން ކުދިން ވެސް. މިކަހަލަ މުޑުދާރު މީހަކާއި އެއްކޮށް އުޅެން މަރު ހެޔޮ ނުވާނެ. ލޯބި ވެޔޭ ކިޔައިގެން އަންހެން ކުދިންގެ ގަޔަށް އަރަން އިނގޭ ފިރިހެނެއް މިއީ. ޒާރާވެސް މިގެއިން ގެންދަން ޖެހުނީ ހަމަ މި މާއިޝްގެ ސަބަބުން. ޒާރާގެ އިއްފަތްތެރިކަން ފޭރިގަތީ މާއިޝް” ޔޫހަންގެ އެންމެ ފަހު ޖުމްލަ އީރަމް އާއި މަނާލް އަށް ގަބޫލު ކުރަން ދަތިވިއެވެ. މާއިޝް އަށް ހީވީ އޭނަގެ މޫނު މަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ. “އަވަސް ކޮށްގެން އާދޭ. އަހަރެން މިހުރީ މިތާ” މަނާލްމެން އެތެރެއަށް ނުވަދެ ތިބުމުން އަނެއްކާވެސް ޔޫހަން ބުނެލިއެވެ.

“ކަލޭ ތިޔަ ކުރީ ވަރަށް ކަޑަ ކަމެއް. ކަލޭ ކޮށާ މިރަށު މިއުޅޭ ކާޅު ތަކަށް ކާން ދޭނަން.” މަނާލް އާއި އީރަމް ދިއުމުން މާއިޝްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޔޫހަން ހިނިތުންވެލައިވެން ހުރީ އެހުރިހާވާހަކަ ތަކެއް އަޑު އަހާށެވެ. “މާއިޝް! ކަލެއަކީ މިރަށު މިހެއް ވެސް ނޫނޭނުން. ނުވިތާކަށް ތިއީ އީރަމްގެ އެއްބަނޑު އެއްބަފާ ބޭބެ އެއްވެސް ނޫން. މި އީރަމް އަށް ނޭނގޭ ކަމެކޭ ނުބުނާތި އިނގޭ އަނެއްކާ. ތި އީރަމްގެ މަންމަ އަށް އީރަމް ނުލިބޭ އިރު އެޑޮޕްޓް ކށްފައި ހުރި ކުއްޖެއް. ކަލޭ މަށަށް ކަމެއް ކޮށްފިއްޔާ ރަށު ރައްޔިތުން ކަލޭ މިރަށުން ބާލާ އެއްލާލާނެ” މަލާމާތުގެ ރާގަކަށް ޔޫހަން ބުނެލިއިރު މާއިޝް ރުޅިއައިސްގެން ގޮށްމުއްކަވާލިއެވެ. “ކަލެއަށް ކޮން ކަމެއް. އޭނަގެ ބޭބެ ނޫނަސް މަ އެހެރީ އެޒާރާގެ ދިރިއުޅުން ހަލާކު ކޮށްލާފަ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ފޭރާން އިއްފަތްތެރިކަން ވެސް ނަގާލީ ހަމަ އަހަރެން” މާއިޝް އެހެން ބުނުމުން ޔޫހަންގެ މޫނު މަތީގެ ކުލަ ވަރު ބަދަލުވެގެން ދިޔައެވެ. ކިތަމެ ރުޅިއަޔަސް މާއިޝް ގެ ގައިގާ ޖަހާކަށް ޔޫހަން ބޭނުމެއް ނޫނެވެ. “އެ ކިނާރާގެ ވެސް. ކިނާރާ ހީކުރީ ދޯ އައިނު ނެގީމަ އަހަންނަށް އޭނަ ވަކިކުރަން ނޭނގޭނެއޭ. އެހެން ހީ ނުކުރޭ އެ އަހަރެން އިންނާނަމޭ ކިޔާފަ އެންމެ ފުރަތަމަ ބެހުނުކުއްޖާ. ޔޫހަން ވެސް އޭނަގެ ހަށިގަނޑު ފެނުނީމަ ވާނީ ހަމަ އަހަންނަށް ވާގޮތް. ހިނގާ މިރޭ އަހަންނާއި އެކު ކުއްޖެއް ކައިރިއަށް ދާން” މާއިޝް އެހެން ބުނުމުން މާއިޝްގެ ލޮލަށް ޔޫހަން ބަލާލިއެވެ. ސިކުނޑި ތެރޭގައި ކަމެއް ރާވާލަމުން އެކަމަށް އެއްބަސްވިއެވެ. މާއިޝް ޔޫހަންގެ ގައިގާ ބައްދާލިއިރު ޔޫހަންގެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަނާލް އާއި އީރަމްގެ އިތުރުން ޔޫލީންވެސް ފޮށިހިފައިގެން މަގުމައްޗަށް ނުކުމެ ހުއްޓެވެ. ޔޫހަން ކާރަކަށް ގުޅުމުން ފަނަރަ މިނެޓު ތެރޭގައި ކާރެއް އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓި އެވެ. ކާރަށް ފޮށިތައް އަރުވާފައި ޔޫހަން ދާންވީ މަންޒިލް ބުނެ ކައިލާން އަށް ގުޅާލީ އެމީހުން ކުޑަ އިރު ކުޅެން އުޅުނު ގެއަށް ދާށޭ ބުނެއެވެ. ކާރު އޭގެ މަންޒިލަށް ދެވުމުން ޔޫހަން ކާރުން ފައިބާއިގެން ގޮސް ޑިކީގައި ކުރި ފޮށިތައް ނެގިއެވެ. ކައިލާން އައިސް ހުއްޓުނީ އެވަގުތު އެވެ. “ކައެ މި ކޮން ކަމެއް އަނެއްކާ” ސައިކަލު ޕާކު ކޮށްލާފައި ކައިލާން ގޮސް ގޭގެ ދޮރު ހުޅުވިއެވެ. “ފަހުން ދޯ” ފޮށިތައް އެތެރެއަށް ވައްދާފައި ޔޫހަން ފުރަތަމަ ވެސް ކޮޓަރިތަނު ތެރޭގައި ހުރި އެނދާއި ސޯފާ، ޑްރެސިންގ ޓޭބަލް އަދި އަލަމާރީގައި އަޅާފައި އޮތް ހުދު ފޮތިގަނޑު ނަގާ ސާފު ކޮށްލިއެވެ. އެއް ކޮޓަރި ފޮޅާފަ އަނެއް ކޮޓަރިއަށް ދަނިކޮށް މަނާލް ގޮސް ޔޫހަންގެ އަތުން ފިހިގަނޑު އަތުލިއެވެ. ބަދިގެ ވެސް ސާފު ކޮށްލާފައި ބޭނުން ވާ ބައެއް ސާމާނު ކައިލާން ގެނެސް ދިނުމުން ޔޫހަން އާއި ކައިލާން ގެއަށް ދާން ނުކުތީ ތަނަކަށް ދިޔަސް ބުނެފައި ނޫނީ ނުދިއުމަށް ބުނެއެވެ.

ޔޫމިން ނުނިކުމެގެން މިންހާ އާއި އަހުމަދު ސައި ނުބޮއެ ތިބީ ޔޫހަން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. “ކައޭ ދެން ވެގެން އުޅޭގޮތް ކިޔާ ބަލަ” ދިޔަ މަގުމަތީގައި ކައިލާން ސުވާލު ކުރިއެވެ. ” އާން ހުރެ” ސައިކަލު މަގުގެ އަރިއަކަށް މަޑުކޮށްލުމުން ޔޫހަންގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ރިކޯޑިންގ އަށް ވަދެ މާއިޝް ދެއްކި ހުރިހާ ވާހަކަތަކެއް ރިކޯޑުކޮށްފައި އިން އެތި އަޅުވާލިއެވެ. އަޑުއަހައި ނިމުނު އިރު ކައިލާންއަށް އިނީ ގަބޫލުކުރަން ދަތި ވެފައެވެ. “ދެން ކައެ ތިޔަ އުޅެނީ އެ މާއިޝް ބުނީތީ މިރޭ އަންހެނެއް ކައިރިއަށް ވަންނަން؟” ޔޫހަން އާއި ދިމާއަށް ބަލާލަމުން ކައިލާން ބުނެލިއެވެ. “މޮޔަވީތަ؟ މަ ޕޮލިހުންނަށް މި ރިކޯޑިންގ އިއްވާނީ. ދެން އޭނަ އެ ބުނާ ތާކަށް މަ ދާނަން. ޕޮލިހުންނަށް އެވާހަކަ ވެސް އަންގާނަން.އެންޑް ހީ ވިލް ގޭޓް ކޯޓް އިން ރެޑް ހޭންޑްސް.” ހަމަ ޖެހިލައިގެން ހުރެ ޔޫހަން އެހެން ބުނެލާފައި ގަޑި ބަލާލި އިރަކު ކަމަކު ދާކަށް ނެތެވެ. މިހާރު އެއޮށް އަށެއް ޖަހަނީއެވެ. ކައިލާން ސައިކަލު ދުއްވާލީ މިރޭ ދިޔަސް ވެސް ބަލައިގެން އުޅުމަށް ބުނެއެވެ.

ވީރާ ސައި ހަދާފައި ނުކުތް އިރު ގޭތެރޭގައި މެޓެއް އަޅާއިގެން ކަސްރަތު ކުރަން ހުރި ކިނާރާއަށް ގޮވާލީ ސައި ތައްޔާރު ވެއްޖެ ކަމަށް ބުނެއެވެ. ކިނާރާ ސައި ހަދަން ނުކުތް އިރު ވީރާ ރޮށި ފިހެ ނިންމާލާފައި ރިހަ ކައްކަން ހުރުމުން ކަސްރަތުކޮށްލަން ދިޔައީއެވެ. ވީރާ އާއި ކިނާރާ އެއްފަހަރާއި ކަހަލަ ގޮތަކަށް ކޮޓަރި ތަކާއި ދިމާއަށް ބަލާލީ ފައިވާން ކޭތޭ އަޑަށެވެ. އޭރު އިސްތަށިގަނޑު އެއްވެސް ތަރުތީބެއް ނެތި ހުރިއިރު ޒާރާގެ މޫނު ވަނީ ފޮރުވިފައެވެ. ލައިގެން ހުރީ އެހެންޔާ ލާ ވަރަށް ވުރެ ކުރު އެއްޗެކެވެ. ކާކުކަން ވުރެއް މައްޗަށް ދާ ވަރަށް ހުރި ސޯޓު ކޮޅަކާއި އަތް ކަނޑާފައި ހުރި ޓޮޕުކޮޅެކެވެ. ވީރާ ދެލޯ އުނގުޅާލީ އަދިވެސް ނުހުރެވެނީ ނިދާފާ ބާއޭ ހިތަށް އަރާފައެވެ. “އެއީ ޒާ އޭ ހަމަ ވީއްކޯ” ވީރާ ދެލޯ އުނގުލާލިތަން ފެނުމުން ކިމްރާ ބުނެލިއެވެ. “ދޮންތަ ކޮންތާކުން ނެރުނު ހެދުމެއް އެއީ؟” ވީރާއަށް ދުވަހަކުވެސް ޒާރާ ކުރު އެއްޗެހި ގެންގުޅުނު އަދި ލީ ހަނދާނެއް ވެސް ނުވެއެވެ. “މޭބީ ޝީ ޓުކް ފްރޮމް މައި ރޫމް” ދެކޮނޑު އަރުވާލާފައި ގޮސް ޒާރާގެ އަތުގައި ހިފައިގެން ގޮސް ބަދިގެއަށް ވަނީ ސައި ބޯށެވެ. ފަހަތުން ވިރާވެސް ވަދެ އިށީނެވެ.

ކުޑަ ގޮތަކަށް ސައި ހަދާފައި މަނާލް އީރަމް އަށް ގޮވުމުން ސައި ބޯކަށް ނުކުތެވެ. ޔޫލީން ގޮވުމުންވެސް އަދި ބަނޑުގައި ނޫންކަމަށް ބުންޔެވެ. އީރަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެކައްޗެކެވެ. “ޒާރާގެ އިއްފަތްތެރިކަން ފޭރިގަތީ މާއިޝް” އައި ރުޅީގައި ފޯނު ނަގާ އެއްލާލީ މާއިޝް އެވަގުތު ގުޅުމުންނެވެ. ފޯނު ސްކްރީން ތަޅައިގެން ގޮސް އެއްކޮށް ވަނީ ފޯނު ހަލާކު ވެފައެވެ. “ހަމަ މާއިޝްބެ ތަ ޒާރާ އަށް އެހެން ހެދީ. އަހަންނަށް މާއިޝްބެ އެހެން ބުނި އަޑު އިވުމުން ވެސް ގަބޫލު ނުކުރެވުން.” ތަށިން ފެންފޮދެއް ބޯލާގައި ޔޫލީން ބުނެލިއެވެ. “މާއިޝްބެ އެހެން ބުންޔޭ. ކޮން އިރަކު؟” މަނާލް ހައިރާން ވިއެވެ. “ލީން ބޭރަށް ގޮށި ހިފައިގެން ނުކުތް ގަޑީ މާއިޝްބެ ހަޅޭ ލަވާ އަޑު އިވުން. އެގަޑީ އެތާ ހުރީ އެކިޔާ އެއްޗެއް އަހާލަން. އެހެން ބުނީމަ އަވަހަށް ވަނީ އެތެރެއަށް” މަނާލް އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެނބި ފައެވެ. ޔޫލީން ކައިގެން ދިޔަ އިރުވެސް މަނާލް އިނީ ބަދިގޭގައެވެ.

އިޔާޝް އާއި ބައްދަލު ނުވާތާ ދުވަސް ކޮޅެއް ވުމުން ޔޫމިން ރީތި ވެލައިގެން ނުކުތީ ހަވީރު 4:30 ވަނިކޮށެވެ. އޭރު އެކި އުމުރު ފުރައިގެ މީހުން އާއިލާއާއި ރައްޓެހިންނާއި އެކު ރީތިވެލައިގެން ހިނގާލަން ނުކުމެ އުޅެއެވެ. ފޯނުން ފޭސްބުކް ހާވަމުން ދިޔަ ޔޫމިން އަތުގައި އޮތް ފޯނު ވެއްޓުނީ މީހެއްގެ ގައިގާ ޖެހިފައެވެ. އަވަސް ކުރަން ވެގެން ކާކު ކަންވެސް ބަލާ ނުލާ މަޢާފަން އެދިފައި ފޯނު ނަގަން ތިރިވިއެވެ. ފޯނު ހިފައިގެން ތެދުވި އިރުވެސް އެ ކުއްޖާ ޔޫމިންގެ ކުރިމަތީގައި ހުއްޓެވެ. ފޯނުގައި ހުރި ހިރަފުސްކޮޅު ފުހެލާފައި އެކުއްޖާއާއި ދިމާއަށް ބަލާލިއެވެ. ހިތިފަތު ބުމަ އަކާއި މަޑު މުށި ކުލައެއްގެ ކަޅިއެކެވެ. ވައިގެތެރެއަށް އިސްތަށިގަނޑު މިނިވަންކަމާއި އެކު ވަނީ ދޫކޮށްލާފައެވެ. އެ ބޮޑު ތުންފަތުގައި ވަނީ ފިޔާ ތޮށިކުލައެއް ޖައްސާފައެވެ. ލައިގެން ހުރި ރަތް އަދި ހުދު ކުލައިގެ ގަމީހާއި ކަޅުކުލައިގެ ޖިންސު ޔޫލީން އާއި ވަރަށް ގުޅެއެވެ. އަރައިގެން ހުރީ ސްނިކާސް ބޫޓަކަށެވެ. ޔޫމިންގެ ހިތުން ޔޫލީން އަށް އާ ވިންދެ ޖަހައިފިކަން ޔަގީނެވެ. ޔޫމިން އަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނީއެވެ. “މާޝާﷲ ވަރަށް ރީތި” އިހްތިޔާރަކާ ނުލާ ޔޫމިން އަށް ބުނެވުނެވެ. “ތެންކިއު” ޔޫލީން އިސްޖަހައިގެން ހުރެ އެހެން ބުނި އަޑު އިވުމުން ކުރެވުނު މޮޔަކަން ހިތަށް އެރުމުން ޔޫމިންގެ ކޮލަށް ޖަންބުކުަލަ އެރިއެވެ. އޭރު ޔޫލީން ގެ މޫނުވަނީ އެއްކޮޅަށް ރަތްވެފައެވެ.

މާއިޝް ބުނި ވަގުތަށް ޔޫހަން ހުރީ މާއިޝްގެ ގޭގެ އޭނަގެ އެޕާޓްމަންޓުގައެވެ. މާއިޝް ވަދެގެން ދިޔަ ކޮޓަރިން އަންހެން ކުއްޖެއްގެ އަޑު އިވެނުން ދެއެވެ. ދެމީހުންގެ ލޯބީގެ ވާހަކަތައް އަޑުއަހަން އިނުމަށް ފަހު ޔޫހަން މަޑު ހިނގުމެއްގައި ގޮސް މާއިޝް ވަތް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ. އޭރު އެތެރެއިން އަންހެން ކުއްޖާ އާއި މާއިޝްގެ އަޑު އިވެއެވެ. “މައި ވައިފް. ބުނީމޭނުން މައިޝް ނޫން ބޯއީ އެއް ޓްރައި ކުރަން ބޭނުމޭ ދޯ. ހުންނާނެ ހެޔޮ ވަރުގެ ބޯއީ އެއް ހޯދާފަ.” “ހުވާތަ ކޮބާ؟ އޭނަ އަވަހަށް ވައްދާ.” ޔޫހަން އަށް އެއަޑު އިވުމުން ފޫހި ގޮތެއް މޫނަށް ހަދާލިއެވެ. “ކެތް ނުވިދޯ” ލާނެއް ގޮތަކަށް ޔޫހަން އާއި ދިމާއަށް މާއިޝް އެހެން ބުނެފައި ޔޫހަން އެތެރެއަށް ވެއްދިއެވެ. އެނދުމަތީގައި އަތް ކުރު ޓީޝާޓަކާއި ކުރު ކުރު ސޯޓެއް ލައިގެން އިން އަންހެން ކުއްޖާ ފެނުމުން ލަދުވެސް ގަތެވެ. ކޮޓަރި ދޮރު ތަޅުލާފައި މާއިޝް ކޮޓަރީގައި އިން ސޯފާ މައްޗަށް ވެއްޓިގަތީ އެ އަންހެން މީހާ ކައިރީގައި ޔޫހަން ބައިންދާފައެވެ. “އަހަންނަށް ކިޔާނީ މައިހާ. މާއިޝްގެ ލޯބި ވެރިޔާ” މައިހާ ޔޫހަންއާއި ކައިރިވެލީ އެދެމެދަށް ހިޔަންޔަކަށް ވެސް ނުވަދެވޭނެހާ ކައިރިއަށެވެ. މާއިޝް ސިނގިރޭޓް އެއް ރޯކޮށްލީ އެތާ އޮވެ އޮވެ ފޫހި ވެގެން ނެވެ. ސިނގިރޭޓުގެ ވަސް ޖެހުމާއި އެކު ޔޫހަން ޖައްސަން ފެށިއެވެ. އަދި މޭޒު މަތީގައި ހުރި ފެންތަށި އެއް ނޭވާއިން ދަމާލިއެވެ. މާއިޝް ސިނގިރޭޓް ބުރި ނިވާލީ މައިހާގެ އެދުމުގެ މަތީންނެވެ. ޔޫހަން ކޮޅަށް ނަގާ ހޫޔަން ލައިގެން ހުރި ޓީޝާޓު އެއްލާލާފައި ޔޫހަން އެނދުމައްޗަށް ވައްޓާލިއެވެ. “އެންޖޯއި” މައިހާގެ ކަންފަތް ދޮށު މާއިޝް ބުނެލިއެވެ. އަދި ނުކުމެގެން ދިޔައީ އޭނަގެ ފޯނަށް މީހަކު ގުޅާ ތީއެވެ. އެނދުމައްޗަށް ވެއްޓިފައި އޮތް ޔޫހަން އަށް މައިހާގެ ކޮންމެ ބީހުމަކަށް މަރުހަބާ ކިޔާނީ ކީއްވެ ކަމެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. އެބަ އަންނަން ކަމުގައި ބުނެ މައިހާ ގޮސް ދޮރު ތަޅުލިއެވެ. އަދި ލައިގެން ހުރި ޓީޝާޓު ބާލާފައި ދުވެފައި ގޮސް އެނދުމައްޗަށް އެރިއެވެ. އަދި ޔޫހަންގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. ޔޫހަން މައިހާގެ ބޮލުގައި ހިފާލީ އެކަމުގައި ބައިވެރި ވެލަމުންނެވެ. ލައިގެން އޮތް ޖިންސް ބާލާ މައިހާގެ ސޯޓްކޮޅުވެސް ބޭލުވިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް އިހްސާސް ކުރެވެމުން ދިޔަ އިރު ޔޫހަން އަށް ދުވަހަކުވެސް ނުޮުރެވޭ އިހްސާސް ތަކެއް ކުރެވެމުން ދިޔައެވެ. ދެމީހުންގެ ހަށިގަނޑު އަނެކަކުގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔަ ވަގުތު މާއިޝް ކިނާރާ ގުޅުމުން ނުކުތް ގޮތަށް ސޯފާގައި އޮތެވެ. އެހެން އޮއްވާ ދޮރުގައި ޓަކި ދޭ އަޑަށް މާއިޝް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ކިނާރާ ފެނުމުން މާއިޝް ހައިރާނެއް ނުވިއެވެ. ކިނާރާ ފުރަތަމަވެސް މާއިޝްގެ ތުންފަތަށް ބޮސްދިނެވެ. މާއިޝް ދޮރު ލައްޕާފައި ކިނާރާ އަތް ދަނޑި މައްޗަށް ލައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލީ މައިހާ މެންގެ އަޑު ކިނާރާއަށް އިވިދާނެތިންނެވެ. ކިނާރާގެ މި ޢަމަލުން މާއިޝް އުފާވިއެވެ. ލައިގެން ހުރި ގަމީސް ބާލާ އެނދުމައްޗަށް ވެއްޓިގަތެވެ. ދެން ހޭދަވެގެން ދިޔައީ އުފާވެރި ކަމުގެ ވަގުތު ކޮޅެކެވެ.

ޔޫހަން ވަރުބަލިވީ ވަރުން ނިދުނީވެސް މައިހާ އޭނަގެ މޭމަތީގައި ބޯ އަޅައިގެން އޮއްވައެވެ. މާއިޝް ނުނިދާ އޮތީ އެއްފަހަރާ ދެއުފާ ލިބުމުންނެވެ. އޭނަގެ ހަޔާތަށް އަލުން ކިނާރާ އައި ކަމުގެ އުފަލާއި ޔޫހަން ފެން ބުއި އިރު ބުއި ފެނަކީ މާއިޝް ބޭހެއް އަޅާފައި ހުރި ފެނަކަށް ވުމުންނެވެ.

 

★ ނުނިމޭ ★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

ވީމޭ ތިޔަ ލޯބީގައި (ޓްރެއިލަރ)

Next

ބަދަލް 3

Next
July 25, 2021

ބަދަލް 3

Previews
July 25, 2021

ވީމޭ ތިޔަ ލޯބީގައި (ޓްރެއިލަރ)



All Right Reserved!