Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހާދަހާ ލޯބިވޭ 11

★ Amy ★ Level 110 Stories
July 26, 2021 4 Mins Read
2 Comments

ޔޫހަން ވަރުބަލިވީ ވަރުން ނިދުނީވެސް މައިހާ އޭނަގެ މޭމަތީގައި ބޯ އަޅައިގެން އޮއްވައެވެ. މާއިޝް ނުނިދާ އޮތީ އެއްފަހަރާ ދެއުފާ ލިބުމުންނެވެ. އޭނަގެ ހަޔާތަށް އަލުން ކިނާރާ އައި ކަމުގެ އުފަލާއި ޔޫހަން ފެން ބުއި އިރު ބުއި ފެނަކީ މާއިޝް ބޭހެއް އަޅާފައި ހުރި ފެނަކަށް ވުމުންނެވެ.

★ 11 ވަނަ ބައި ★

ކައިލާން އިންތިޒާރު ކުރަމުން އައީ މާއިޝް ހައްޔަރު ކުރާނެ އިރަކަށްށެވެ. ރެއިން ސުރެއް ޔޫހަންގެ ހަބަރެއް ނުވާތީ ކައިލާން ހުންނަނީ ހާސްވެފައެވެ. މާއިޝް އަކީ ކޮންމެ ފެންވަރަކަށް ވެސް ވެއްޓިދާނެ މީހެއްކަން އެންމެ ރަނގަޅަށް އިނގޭ އެކަކަކީ ޔޫހަން އެވެ. ފެންވަރާލައިގެން ކައިލާން ނުކުތީ ބަނޑުހައި ވެފައި ހުރުމުން ކާށެވެ. ސައި ތަށިން ސައި ކޮޅެއް ބޮއެލި ވަގުތު ނުދަންނަ ނަންބަރަކުން ކައިލާން އަށް ގުޅިއެވެ. ނަގަން ނުނަގަން ހުރެފައި ކައިލާން ފޯނު ނެގިއެވެ. “މޮޔަ ނުގޮވަ ހުރޭ ކަލޭ” ކައިލާން ހަޅޭ ލަވައި ގަތެވެ. އައި ރުޅީގައި ފޯނު ކަނޑާލާފައި ކައިލާން ގުޅާލީ ޕޮލިސް ސްޓޭޝަން އަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒާރާގެ ހާލު އަންނަނީ މަޑު މަޑުން ރަނގަޅު ވަމުންނެވެ. ފިރިހެން ކުދިންނާއި ވާހަކަ ދައްކާ ހެދިޔަސް ވެސް ޒާރާ އެމީހުންނާއި ކައިރިވެ އެއް ނުހަދައެވެ. ކައިރިވާ ކޮންމެ ފަހަރަކު މޫނު މައްޗަށް ކުލަވެގެން ދަނީ މާއިޝް އޭނަ އާއި ދޭތެރޭ ކަންތައް ކުރިގޮތެވެ. ވީރާ އާއި ޒާރާ ސްކޫލަށް ދާން ނުކުތީ 7 ޖަހަން ކައިރިވެފައި ވަނިކޮށެވެ. ގްރެޖުއޭޝަންއަށް ތައްޔާރު ކުރުމަށް ދާން އަންހެން ކުދިން ގަޑި ކިއީ 7 ޖަހާއިރަށެވެ. ހަމަ އެހެންމެ ފިރިހެން ކުދިން ގަޑި ކިއީ ހަވީރު ހަތަރެއް ޖަހާއިރަށެވެ. ޒާރާ ހަވާލު ވިއީ ކަރުދާހުން އެކި ކަހަލަގެ މާ ހަދާށެވެ. ވީރާ ކުރަހަން އެއްޗެހި ތައްޔާރުކޮށްގެން ދިޔައެވެ. ސްކޫލަށް ވަދެވުނު އިރު ހުރީ ހަތެއް ޖަހާ ބޮޑު ވެފައެވެ. މަނާލް އާއި ބައްދަލު ނުވާތާ ދުވަސްތަކެއް ވީނަމަވެސް ޒާރާ އިސްވެ ވާހަކަ އެއް ނުދައްކަ އެވެ. މަނާލް އަށް ޒާރާ ފެނުމުން ހަމްދަރުދީ ވެވުނީ މާއިޝް ޒާރާ އަށް ކުރި ކަންތައް ހަނދާން ވުމުންނެވެ. އަންހެން ކުދިންނަށް ހަވާލު ކޮށްފައިވާ މަސައްކަތް ފެށިއެވެ.

ޔޫހަން ހޭލި އިރު ކައިރީގައި އޮތް މައިހާ ފެނުމުން ދެލޯ ބޮޑު ކޮށްލެވުނީ ރޭގަ ވީ އެއްވެސް ކަމެއް ހަނދާނަށް ނައުމުންނެވެ. ޔޫހަންގެ ހަނދާނަށް އައީ އެކޮޓަރިއަށް ވަދެ ވީޑިއޯ ރިކޯޑް ކުރަން މާއިޝް އަދި މައިހާ އަށް ނޭނގި އެތާއިން މާގަސް އިންދާފައި ހުރި ޕޮޓެއްގެ ތެރެއަށް ލީ ހަނދާނާއި ސިނގިރޭޓް ގެ ވަސް ޖެހުމުން ކެއްސައި ގަނެގެން ފެންތައްޓެއް ބުއި ހަނދާނެވެ. އެވަގުތު ހަނދާން ވިއީ ބޭރުގައި ހުއްޓާ މާއިޝް އާއި މައިހާ ދެއްކި ވާހަކައެވެ. “މި ބޭސް ގުޅަ ލައި ފެންތައްޓެއް. އޭނަ އެކަން ކުރާނެ އޭރުން މައި އެކީ” ސިކުނޑީގައި ހަރުލާފައި ހުރީ މި ޖުމްލައެވެ. އެނދު ކައިރީގައި ހުރި އެއްޗެހިތައް ހިފައިގެން ޔޫހަން ފާހަނަ އަށް ވަދެ މާގަނޑު ދޫކޮށްލާ އޭގެ ދަށުގައި ހުރެގެން ގައިގަ އަތް އުނގުޅަމުން ދިޔައީ މައިހާ އޭނައަށް ކުރީީީ ކީއްކަން ނޭނގޭ ހާލު އެވެ. އަތް އުނގުޅާލެއް ބާރުކަމުން ޔޫހަންގެ ގައިން ދިލަ ނަގަން ފެށުމުން ފާހާނަ ތެރޭގައި އަޅުވާފައި ހުރި ތުވާލިން ގައި ހިއްލާލާފައި އެއްޗެހި ލައިގެން ނުކުތް އިރު ދަތް ޕިލަ ސޭލް އަޅުވައިގެން އެނދު މަތީގައި އޮތް މައިހާ ފެނުމުން ޔޫހަންގެ ގާތަށް ރުޅިއައެވެ. އައި ރުޅީގައި އެނދުމަތީގައި އޮތް މައިހާގެ ކޮނޑުގައި ހިފާ ރޭގަ ކުރީ ކީއްތޯ ސުވާލު ކުރުމުން ޔޫހަންގެ ބޮލުގައި ހިފައި މައިހާގެ ތުންފަތް ޔޫހަންގެ ތުންފަތުގައި ޖައްސާލިއެވެ. ޔޫހަންއަށް ދުރަށް ޖެހެވި މައިހާގެ މޫނުމަތީގައި ޖަހާލެވުނެވެ. ފޯނު މަތިން ހަނދާން ވުމުން ފޯނާއި ރޭގަ ފެން ބުއި ތަށި އެތާ މޭޒު މަތީގައި ހުރުމުން އެ ފެނަތަށިވެސް ހިފައިގެން ކޮޓަރިން ނުކުތް ޔޫހަންގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ކޮޓަރީ ދޮރުމަތީގައި ހުރި ފައިވާނެވެ. ޔޫހަން އަށް އެގެއިން ނުކުމެވުނީ ކައިލާން ގެ ކުރިމައްޗަށެވެ. ތިން ފިރިހެން ފުލުހުންގެ އިތުރުން ދެ އަންހެން ފުލުހަކުވެސް ހުއްޓެވެ. މާއިޝް ކޮބާތޯ ސުވާލު ކުރުމުން ޔޫހަން އެތެރެއަށް އިޝާރާތް ކޮށްލިއެވެ. އަންހެން ފުލުހަކު މައިހާގެ އަތުގައި ބިޑި އަޅުވައިގެން ނުކުތް އިރު އަނެއް ކޮޓަރި ތަޅު ލާފައި ހުރުމުން ތަޅު ހަލާކު ކޮށްލައިގެން އެތެރެއަށް ދެންތިބި ފުލުހުން ވަނެވެ. މާއިޝް ގެ އަތުގައި ބިޑި އަޅުވައިގެން ނެރުނު ތަން ބަލަން ކައިލާން ހުރީ ހިނިތުންވެލައިގެންނެވެ. ދެވަނަ ސިކުންތުގައި އެމޫނުމާތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައީ ބިޑި އަޅުވާފައި ހުރި ކިނާރާ ފެނުމުންނެވެ.

≈ 4 އަހަރު ފަސް ≈

ވާރޭ ވެހެމުން ދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން މީހުން މަދުވާ ގޮތެއް ނުވެއެވެ. ނުހާޝް ބެލްކަންޏަށް ނުކުމެ ލައިގެން ހުރީ ޖެހޭ ފިނި ވައިރޯޅި ގެ ހިތް ގައިމު ކަމުން ނެވެ. އެހެން ހުއްޓާ އޭނަގެ ކަސްރަތީ ހަށިގަނޑު ގައި ފަހަތުން އައިސް ބައްދާލީ އޭނަގެ ލޯބިވާ އަނބިމީހާއެވެ. “އައި ލަވް ޔޫ ނުހާޝް” ނުހާޝްއަށް ދެލޯ މަރާލެވުނީ ކުރެވުނު އިހްސާސްއިން ނެވެ. “އަހަރެންވެސް ވަރަށް ލޯބިވޭ މާން ދެކެ” ނުހާޝް މަނާލް އާއި ދިމާލަށް އެނބުރި މަނާލްގެ ނިތްކުރިއަށް ބޮސްދިނެވެ. މަނާލް ސްކޫލް ނިމި އަހަރެއް ވުމުން ނުހާޝް އާއި މަނާލް ނިންމީ ކައިވެނި ކޮށްގެން ދިރިއުޅުމެއް ފަށާށެވެ. “ހިނގާބަ ކާން ދާން ވަރަށް ބަނޑުހައި.” ބަނޑުގައި އަތްޖައްސާލާފައި މަނާލް ބުނެލިއެވެ. ފެންވަރައިގެން މިއަންނަނީ ކަމުގައި ބުނެ ނުހާޝް ވަނީ ފާހަނައަށެވެ. މަނާލް ޑޮކްޓަރަށް ދައްކަން ގެންގުޅޭ ފައިލް ނަގާ ކުޑަ ގޮތަކަށް ރީތިވެލީ ސައި ބޮއެގެން ޑޮކްޓަރަށް ދައްކަން ދާން ނިންމައިގެނެވެ.

އޮފީހުގައި ތިބި ކުދިންގެ ކަޅިތައްް އަމާޒު ވެފައި ހުރީ ރަތް ކުލައިގެ ގަމީސް ލައިފައި ކަޅު ފަޓުލޫނާއި އެކު ބެގީ ކޮށްލައިގެން ފިރިހެން ވަންތަ ހިނގުމެއްގައި ވަދެގެން އައި ޔޫހަން އެވެ. ޔޫހަންގެ ފަހަތުން ނޫކުލައިގެ ގަމީސް ކަޅުކުލައިގެ ފަޓުލޫނާއި އެކު ބެގީ ކޮށްލައިފައި ހުރި އިރު ޔޫމިން ގެ ފިރިހެންވަންތަ ކަން އިތުރުކޮށްދެއެވެ. އަޅައިގެން ހުރި އަވި އައިނު ބާލާ ފަޓުލޫނުގެ ޖީބަށް ލިއެވެ. ޔޫހަން އަށް ހަމަ ޖެހިފައި ހުރި ކެބިންއަށް ވާދެ ގޮނޑީގައި ބުރަކަށި ޖައްސާލީ މީޓިންގައި މާ ބުރަކޮށް އުޅުމުން ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ. ޔޫހަން ދެލޯ މަރާލައިގެން އިން ޔޫހަން ދެލޯ ހުޅުވާލީ އޭނައަށް މީހަކު ގޮވާލުމުންނެވެ. ކޮފީ ތައްޓެއް ހިފައިގެން ހުރި ޔޫމިން ފެނުމުން ޔޫހަން ހިނިތުންވެލިއެވެ. ކުރީގަ އެހާ ފަރުވާ ކުޑަކޮށް ދުވާލުދާ ހަތަރު ދަމު ނިދާފަ އޮންނަ ޔޫމިން އަކީ މިހާރު ޒިންމާދާރު ފިރިހެނެކެވެ. ޔޫހަންގެ ދަށުން މަސައްކަތް ކުރިނަމަވެސް ޔޫމިން މަސައްކަތް ކުރާ ވަގުތު ވަކި މަދެއް ނޫނެވެ. ޔޫހަންގެ ބައްޕަ މަސައްކަތް ކުރާ އޮފީހުގެ މެނޭޖަރަކީ މިހާރު ޔޫހަން އެވެ. އަމިއްލަ ބައްޕަ ބަލިވެ ވިޔަފާރި ބޮއްސުން ލައިގެން ދިއުމުގެ ކުރިން ހުރިހާ ކަމެއްގެ ޒިންމާ ޔޫހަން އާއި ޔޫމިން ނެގީ އެއްވެސް ޝަކުވާއެއް ނެތިއެވެ. “ދޮންބެ އަދިވެސް ލޯބިވޭދޯ ޒާރާ ދެކެ؟” ޔޫމިންގެ މި ސުވާލުން ޔޫހަން މަޑު ޖެހުނެވެ.

ލޯގަނޑު ކުރިމަތީގައި ހުރެ އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލާލާފައި ފައިވާނަށް އަރައިގެން ޒާރާ ނުކުރީ އޮފީހަށް ދާ ގަޑި ޖެހެން ފަސް ވަރަކަށް މިނެޓް ވެފައި ވަނިކޮށެވެ. މަގުމަތިން ޓެކްސީއެއް މަޑުކޮށް ދާންވީ ތަން ބުނުމުން ކާރު ދުއްވާލިއެވެ. ދެތިން މިނެޓް ތެރޭ ކާރު ހުއްޓުނީ އޮފީހުގެ ކުރިމަތީގައެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ޒާރާ އެތެރެއަށް ވަނީ ފުރަތަމަ ދުވަހު ގަޑި ނުޖެހި އާދެވުމުން ހިތްހަމަ ޖެހިލައިގެން ނެވެ. އޮފީހަށް ވަދެ ރިސެޕްޝަން ކައިރިއަށް ދިއުމުން ފުރަތަމަ ގޮސް ޒާރާ ސެކްރެޓަރީކަން ކޮށްދޭން ޖެހޭ ފަރާތާއި ބައްދަލު ކޮށްލަން ދާން ބުނުމުން މަޑު ހިނގުމެއްގައި ގޮސް ކެބިންގެ ދޮރު ހުޅުވާ އެތެރެއަށް ވަނެވެ. ޒާރާ ހުރިތަނަށް މަޑު ޖެހުނީ ކުރިމަތީގައި އިން ޒުވާނާ ފެނުމުންނެވެ.

★ ނުނިމޭ ★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

މާފު ހައްޤުވާނެބާ? – 2

Next

މާތަކުގެ ރާނީ

Next
July 26, 2021

މާތަކުގެ ރާނީ

Previews
July 26, 2021

މާފު ހައްޤުވާނެބާ? – 2

2 Comments!

  1. Ra Na says:
    July 26, 2021 at 10:56 am

    Vrh vrh reethi
    Zaaraa ah efenunii yoohan dhw

    1. ★ Amy ★ says:
      July 27, 2021 at 9:01 am

      Thank u Ra Na
      Haha vedhaane dhw

Comments are closed.

Next Episodeހާދަހާ ލޯބިވޭ 12←


All Right Reserved!