މެންދުރަށް ކާން މޭޒުމަތި ތައްޔާރުކޮށްފައި ނައިޝާ ކޮޓަރިއަށްވަދެ ފެންވަރައިގެން ޑިއުޓީއަށް ދާން ތައްޔާރުވިއެވެ. މެންދުރު ދޭއް ޖަހަން ތިރީސް މިނެޓް ކުރިން ނައިޝާ އެޕާޓްމެންޓުން ނިކުންނަން ދިޔައެވެ. އެވަގުތު ސަނާއާއި ސަައިފް ކާމޭޒުދޮށުގައި ކާން ތިއްބެވެ. “ދައްތަ ނުކާތަ ތި ދަނީ؟” ދޮރާދިމާއަށް ހިނގައިގަތް ނައިޝާއަށް ސަނާ ބުންޏެވެ. “ދައްތަ އައިއްސަ ކާނީ” ހިނިތުންވެލަމުން ނައިޝާ ޖަވާބު ގައި ބުންޏެވެ.
“ކިހާއިރަކު ދައްތަ ނިމޭނީ؟” އަނެއްކާ ވެސް ސަނާ އަހާލިއެވެ. “6ޖަހާއިރު…. އަނެއްކާ ރޭގަނޑު 8 ގަ ގޮއްސަ 10ގަ ނިމޭނީ” ނިކުންނަން ތަޅުގައި ހިފާލަމުން ނައިޝާ ބުންޏެވެ.
“ދީބަ ރުފިޔާއެއް….ސަނާ ގޮވައިގެން ދުއްވާލަން ދާންވެގެން ހަވީރު” ސައިފް އެހެން ބުނުމުން ނަައިޝާ ފޯނުނަގައި 500ރުފިޔާ ސައިފްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްލިއެވެ.
6 ޖެހުމުން ޑިއުޓީ ނިންމާލުމަށްފަހު ނައިޝާ ގެއަށް އައި ވަގުތު ސައިފާ ސަނާވެސް ސައިކަލުގައި އައިސް ގޭދޮރުމައްޗަަށް މަޑުކޮށްލި އެވެ.އެންމެން އެއްވަރަކަށް ލިފްޓަށް އެރުމަށްފަހު އެޕާޓްމެންޓަށް ވަނެވެ.
އެޕާޓްމެންޓަށް ވަތް ނައިޝާގެ މޫޑް ސަކަރާތް ވީ ކާމޭޒުމަތީގައި ކާން ހެދިގޮތަށް ތަށިތައް ސާފުނުކޮށް ހުރި މަންޒަރު ފެނިގެންނެވެ.ސައިފާ ސަނާއާއި ދެމީހުން ކޭތަށިތައްވެސް ނުދޮވެ ޒިންކް ތެރެއަށް ލާފައި ހުއްޓެވެ.ވަރުބަލިވެފައި ހުރިނަމަވެސް އެެއްޗެހި ބަދަލުކޮށްލައިގެން ނިކުމެ ނައިޝާ ތަށިތައް ދޮވެ ތަން ސާފުކުރިއެވެ.
ސަނާ އައިފަހުން ނައިޝާއަށް އިތުރަށް ބުރަވިއެވެ.ސާފުތާހިރުކަން ކުޑަ ސަނާގެ ހުރިހާ ކަމެއްވެސް ކުރަންޖެހުނީ ނައިޝާ އަށެވެ.ސަނާ ކާ ތަށިތަކުގެ އިތުރުން އޭނާ އުޅޭ ކޮޓަރިއާއި، ފާހަނަ އާއި، ލާ އަންނައުނަތައްވެސް ދޮންނަން ޖެހުނީ ނައިޝާ އަށެވެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ކުރިން ދެހަފްތާވިޔަސް ހަޑިނުވާ ކޮޓަރި، މިހާރު ސަނާ އައި ފަހުން ހަފްތާއެއް ނުވަނީސް ހުންނަނީ ހަޑިވެފައެވެ.ކޮންމެ ހަފްތާއަކު މުޅިތަން ނައިޝާ ސާފުކުރާ އިރު، އެންމެ ގިނަވަގުތު ސާފުކުރަން ހޭދަކުރަން ޖެހެނީ ވެސް ސަނާ ނިދާ ކޮޓަރީގައެވެ.
ތަންތަން ހަޑިކުރުމަކީ ނައިޝާ އަށް އުދަނގޫ ވާކަމެކެވެ.އެހެންކަމުން ވަރަށް ކެތްކުރުމަށްފަހު ނައިޝާ ސައިފް އާ އެވާހަކަ ދައްކަން ނިންމިއެވެ.
“ސައިފް ބިޒީ ވަގުތެއްތަ؟” ފޯނާ ކުޅެން ސޯފާގައި އިން ސައިފް ގާތު ނައިޝާ އަހާލިއެވެ. “ކިހިނެއްވީ؟” ފޯނާ ކުޅެމުން ސައިފް އަހާލިއެވެ. “ނައި ވާހަކައެއް ބުނަންވެގެން…ނައި މައްސަލަ ޖައްސާކަށް ނޫން މިއުޅެނީ…އެކަމް ކޮއްކޮ އައި ފަހުން ކޮޓަރިތެރެ ވަރަށް ބޮޑަށް ހަޑިވެފަ ހުންނަނީ….ނައި އަށް ވަރަށް އުދަނގޫވޭ ތަންތަން ހަޑިކޮށްފަ ހުންނަންޏާ….އަނެއްކާ ނައި ބުނުމަށް ވުރެ ސައިފް، ކޮއްކޮ ކައިރި މިވާހަކަ ބުނީމަ ރަނގަޅުވާނީ ވެސް” ނައިޝާ ރީތިކޮށް ބުންޏެވެ.
“ނައިޝާ ކިހިނެއް ވެގެންތަ ތިއުޅެނީ؟….އޭނާ އެއީ މިގެއަށް ޗުއްޓީ ހޭދަކުރަން އައިއްސަ ހުރި މީހެކޭ….އޭނާ ލައްވާ ތަންތަން ސާފުކުރަން ތިއުޅެނީ….މަށަށް އިނގޭ ތިވެގެން އުޅޭގޮތް… އޭނަގެ ކަންކަން ކުރަން ޖެހިގެން ބޮޑުކަމަކަށް ވެގެންނު ތިއުޅެނީ….ނޫނީ އެއްހަފްތާ އަށޭ ކިޔާފަ ތިން ހަފްތާވެގެންދިޔައިރުވެސް އޭނަ މިތާ ހުރީމައެއްނު ތިއުޅެނީ” ރުޅިއައިސްފައި ހުރެ ސައިފް ބުންޏެވެ.
“ނައި އަށް އޯކޭ ކޮއްކޮ ކިތަންމެ ދުވަހަކު މިތާ ހުއްޓަސް…. ކޮއްކޮގެ ކަންކަން ވެސް ކުރާކަށް ބޮޑުކަމަކަށް ނަހަދަން….އެކަމް ތަން ސާފުނުކޮށް ހުންނާތީ ނައިއަށް ވަރަށް އުދަނގޫވޭ” ދެރަވެފައި ހުރެ ނައިޝާ ބުންޏެވެ.
“ކޮން އެކަމެއް ކިޔާކަށް….ކަންތައް ކުރަން އުޅެންފެށީމަ މަ އޭނަ ކައިރި ބުނީ ނުކުރާށޭ….ޗުއްޓީއަކަށް އައިއްސަ ހުންނަ މީހެއް ލައްވާ ކަންކަން ކުރުވީމަ އޭނަ ކީކޭތަ ހިތަށް އަރާނީ” ހިތްހަމަނުޖެހި ހުރެ ސައިފް ބުންޏެވެ.
“ނައި ނުބުނަމެއްނު މިގޭގެ ކަންކަން ކުރާށެކޭ…ނައި މި ބުނަނީ އުޅޭ ކޮޓަރިތެރެ ަަަަަަަަަަަަަަަަިަަަަަަަަަަަަަަަ ހަޑިނުކޮށް ރީތިކޮށް ގެންގުޅޭށޭ ބުނާށޭ…. ކޮއްކޮގެ ހުރިހާ ކަމެއް ކޮށްދޭއިރުވެސް ނައި ޝަކުވާއެއް ނުކުރަމެއްނު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ”ދެރަވެފައި ހުރެ ނައިޝާ އެހެންބުނުމުން ސައިފް ކޮޓަރިއަށް ވަދެ ދޮރު ބާރަށް ޖެހިއެވެ.
ހަފްތާގެ ދުވަސްތައް ހިނގަމުން ގޮސް ހުކުރު ދުވަސް އައެވެ.ހުކުރު ދުވަހަކީ ނައިޝާއަށް އޮފް ދުވަހެއް ނަމަވެސް އެއީ ނައިޝާ ގޭތެރެ ސާފުކުރާ ދުވަހެވެ.ހެނދުނު 7 ޖެހުމާއެކު ނައިޝާ ތެދުވެ އެނދުގެ ބެޑްޝީޓް ބަދަލުކޮށްލައި، ކޮޓަރި ތެރެ ފޮޅާ ސާފުކޮށް ލުމަށްފަހު ފާހަނާ ތެރެވެސް ދޮވެ ނިންމާލި އެވެ.ނައިޝާގެ ކޮޓަރިއާއި ފާހަނަ މާބޮޑަށް ހަޑިވެފައި ނުވާތީ އެތަންތަން ސާފުކުރަން ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ.
ނައިޝާގެ ކޮޓަރި ސާފުކުރުމަށް ފަހު ސިޓިންރޫމު ތެރެއާއި ބަދިގެ ތެރެ ސާފުކުރަން އުޅުނެވެ.އެވަގުތު ސައިފް ނައިޝާގެ ކޮޓަރިއަށް ވަނެވެ.ސިޓިންރޫމާއި ބަދިގެތެރެ ސާފުކޮށްލުމަށްފަހު އަންނައުނުތައް ދޮންނަން އޮޓޯ މެޝިނަށް އަޅާ ޖައްސާލިއެވެ.
މެޝިނަށް އެއްޗެހިތައް އެޅުމަށް ފަހު ނައިޝާ ސަނާގެ ކޮޓަރި ދޮރުގައި ޓަކިޖެހިއެވެ.ސަނާ ދޮރު ނުހުޅުވުމުން ތަޅުނުލާ ހުރި އެކޮޓަރީގެ ދޮރު ނަައިޝާ ހުޅުވާލިއެވެ.
ދޮރު ހުޅުވާލުމާއެކު ކޮޓަރި ތެރެއިން ދުވި ނުބައިވަހުން ނައިޝާ ނޭވާ އެތެރެއަށް ހިފަހައްޓާލިއެވެ. އެނދުމަތީގައި ފޯނާކުޅެން ސަނާ އޮތްއިރު، ދާއެއްޗެހި އަޅާ ވަށިގަނޑުގެ މަތި ހުޅުވާލައިފައިވުމުން މުޅި އޭސީ ކޮޓަރިތެރެއަށް ދާވަށިގަނޑުގެ ވަސްގަނޑު ވަނީ ހިއްޕާލާފައެވެ.
އެނދުގެ ހެޑްބޯޑު މަތީގައި ކައިފައި ހުރި ހިކިސާމާނުގެ ހުސްޕެކެޓްތައް ހުރިއިރު، ޑުރެސިން ޓޭބަލު މަތީގައި އެއްވެސް ތަރުތީބެއް ނެތި އެއްޗެހިތައް އެގޮތް މިގޮތަށް އަތުރާފައި ހުއްޓެވެ.
“މިތަން ސާފުކޮށްލަން މިއައީ”ސަނާއަށް ނައިޝާ ބުންޏެވެ.ނައިޝާ އެހެން ބުނުމާއެކު ސަނާ ފޯނާކުޅެމުން ސިޓިންރޫމަށް ނިކުތެވެ.އެވަގުތު ނައިޝާ ބަލައިލީ ސަނާ ނިދާ އެނދަށެވެ. އަލިކަން ގަދަ އެބެޑްޝީޓު ވަނީ ކަޅު އަރާފައެވެ.ބެޑްޝީޓު ކަޅުވެފައި ވާވަރު ފެނި ސަނާ ފެން ނުވަރަނީ ބާވައޭ ނައިޝާގެ ހިތަށް އެރިއެވެ.
ނައިޝާ ގޮސް އަލަމާރި ހުޅުވާލިއިރު އަންނައުނުތައް ބޮޑިކޮށްފައި އަލާމާރިއަށްލާފައިވަ މަންޒަރު ފެނުނެވެ.ހުސްވި ހަފްތާގައި އަލަމާރީގައި ހުރި ސަނާގެ އަންނައުނުތައް ނައިޝާ ފަތްޖެހި ނަމަވެސް މިހާރު އެތަކެތި ހުރީ ގުޅަކޮށްފައެވެ.އަލަމާރީގެ ދޮރު ލައްޕާލަމުން، އެންމެ ދެތިން އަންނައުނު ފަތްޖަހާކަށް މާ ބުރަކަމަކަށް ނުވާނެޔޭ ނައިޝާގެ ހިތަށްއެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





