Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަނަރަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
July 28, 2021 3 Mins Read
0 Comments

ނައިޝާ ގޮސް ފާހަނަ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ނައިޝާ މޭނުބައިކުރިއެވެ.ޖަންގުޝަން މަތިގަނޑު މަތީގައިވާ ވަނީ ހުސް އިސްތަށްޓެވެ.ފާހަނާއިގެ ޓައިލްސް ތަކާއި ބިލިގާ ގެ އިތުރުން ފާހަނަ ތަށިވެސް ވަނީ ލޮނދި ޖަހާ ވަރަށް ބޮޑަށް ހަޑިވެފައެވެ.

ސަނާ އުޅޭ ކޮޓަރި އާއި ފާހަނަ ފެނިއްޖެ މީހަކު ނަމަ އެއީ ހުސްވި ހަފްތާގައި ސާފުކުރި ތަންތަނޭ ނުބުނާނެއެވެ.ހުސްވި ތިން ހަފްތާ ތެރޭގަ ސާފުކުރަން ނައިޝާ އެކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެތަންތަނުގެ ހާލަތު ހުންނަ ގޮތަކީ މިއެވެ.

ވަރަށްގިނަ ވަގުތު ހޭދަކުރުމަށް ފަހު، ކޮޓަރިތެރެއާއި ފާހަނަ ސާފުކޮށް ބެޑްޝީޓް ބަދަލުކޮށް، އަލަމާރިގައި ހުރި އަންނައުނުތައް ވެސް ނައިޝާ ފަތްޖަހާ ނިންމާލި އެވެ.

ސާފުކޮށް ނިންމާލުމުން އެކޮޓަރި ތެރެއާއި ފާހަނަ ވަރަށް ރީތިވި އެވެ.އެހެންނަމަވެސް އެތަންތަން އަދިވެސް ސަނާ ހަޑިކުރާނެކަން އިނގޭތީ ނައިޝާ ސަނާއަށް ގޮވިއެވެ.

” ދައްތަ ވާހަކައެއް ބުނަންވެގެން….ދޮންބެ ކައިރި ބުނިން ކޮއްކޮ ކައިރީ މިވާހަކަ ދައްކާލަބަލާށޭ…. އެކަމް ދޮންބެއަށް ނުކެރުނީމަ ދައްތަ މި ބުނަނީ” ސަނާ އައުމުން އެނދުގައި ބޭންދުމަށްފަހު ނައިޝާ އޯގާތެރިކަމާއި އެކު ބުންޏެވެ.

” ކޮއްކޮއަށްވެސް ފެންނާނެ ދައްތަ މިގޭތެރެ ގެންގުޅޭގޮތް…އަބަދުވެސް ދައްތަ މިތަންތަން ސާފުކޮށްގެން ވަރަށް ރީތިކޮށް މިގެންގުޅެނީ…. ދައްތައަށް ވަރަށް އުދަނގޫވާނެ ތަންތަން ހަޑިކުރަންޏާ….ދައްތަ ކޮއްކޮދެކެ އެއްވެސް ރުޅިވެރިކަމެއްް ނެތް….ދައްތަގެ އެދުމަކީ ކޮއްކޮ މިކޮޮޓަރިތެރެއާއި ފާހަނަތެރެ ކޮއްކޮގެ އަމިއްލަ ތަނެއް ފަދައިން ވަރަށް ރީތިކޮށް ވަރަށް ލޯބިން ގެންގުޅެން…..ތަން ސާފުކުރާ އެއްޗެހި ވިއަސް ކޮންމެ އެއްޗަކަސް ހުސްވީމަ ދައްތަ ކައިރި ބުނީމަ ގަނެދޭނަން….އަލަމާރިތެރެއަށް އަންނައުނުތައް ލާންވާނީ ފަތްޖަހާފަ….ކުނި އަޅަންވާނީ ޑަސްބިނަށް… ދާވަށިގަނޑު ބަހައްޓަންވާނީ ފިހިގަނޑާ މޮޕާ އެއްޗެހި ލާފަ ހުންނަ ގޯޅިގަނޑުގަ….އޭސީ ޖައްސާފަ ހުރީމަ ވަސް ހުންނާނެއެެއްނު” ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައޯގާތެރިކަމާއެކު ސަނާއަށް ނައިޝާ ކިޔައިދިނެވެ.

މެންދުރަށް، ނައިޝާ ކައްކާ ނިންމާލި އެވެ.މޭޒުމައްޗަށް ތަށިތައް ނަގައި ކާން ތައްޔާރުކުރުމަށްފަހު ސަނާ އާއި ސައިފަށް ކާން ނައިޝާ ގޮވިއެވެ.ސަނާއާއި ސައިފް މޭޒުދޮށުގައި އިށީނެވެ.

“އަޅެ….ހިނގާބަ ބޭރުން ކާއެއްޗެއް ގެންނަން….މިދިޔަ ހަފްތާގަވެސް މަސްރިހަައާއި ބަތެއްނު ކެއީ” މޫނު ހަދާލުމަށްފަހު ފޫހިގޮތަކަށް ސަނާ ބުންޏެވެ.

“މީ ސަނާ އާއި ދޮންބެ ގެ ފޭވްރިޓެއްނު…މަންމަ ބުނި ދައްތަ ކައިރި” ހިނިތުންވެލަމުން ނައިޝާ ސަނާއަށް ބުނެލި އެވެ.

“ނުބައެއް ނޫނޭ މީރޭ…. އެކަމް ސަނާ ހަމަ ބޭރުން އެއްޗެއް ގަނެގެން ކާން ބޭނުންވަނީ” ސަނާ ބުންޏެވެ.

“ރޭގަވެސް ބޭރުން ގަނެގެންނު ކެއީ…ރޭވެސް ކެއްކި އެއްޗެހި އިސްރާފުވީ…މިރޭ ގެންނާނީ ބޭރުން…މިގަނޑީ މީތި ކާލާ” އޯގާތެރިކަމާއެކު ސަނާއަށް ނައިޝާ ބުންޏެވެ.

“ދެން އޭނަ ބުނާ ގޮތެއް ހަދާބަލަ” ސައިފް ނައިޝާއަށް އަމުރުވެރި ރާގަކަށް ބުންޏެވެ.

ފުން ނޭވާއެއް ދޫކުރުމަށްފަހު ނައިޝާ ސަނާ ބޭނުންވާ ކަހަަލަ ކާއެއްޗަކަށް އޯޑަރު ދިނެވެ.ނައިޝާ އާއި ސައިފް ކާންތިއްބާ ސަނާގެ އޯޑަރު އައެވެ.

“ރުފިޔާ ޓްރާންސްފަރ ކޮށްފަ ހުންނާނީ އޭތި ހިފާ” އޯޑަރު އައުމުން ނައިޝާ ސަނާއަށް ބުނެލި އެވެ.ސަނާގޮސް ކޮތަޅު ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.

“ދައްތާ މީތި ތަށްޓަކަށް އަޅާލަބަ”ފޯނާކުޅެމުން މޭޒުދޮށުގައި އިށީނދެލަމުން ސަނާ ނައިޝާ އަށް ބުނެލި އެވެ. އެވަގުތު ކާން އިން ނައިޝާ ބަލައިލީ ސައިފް ގެ މޫނަށެވެ.

“ކޯއްޗެއްތަ ތި ބަލަނީ ދޭބަ އޭނަޔަށް އޭތި ތަށްޓަށް އަޅައިދޭން.” ސައިފް ނައިޝާއަށް ބުނެލި އެވެ. ކާން އިން ނައިޝާ ތެދުވެ އަތްދޮވެލައިގެން ސަނާގެ ބިރިޔާނީ ބަތްގަނޑު ތަށްޓަކަށް އަޅާލިއެވެ.އަދި ތަށި ގެނެސް ސަނާ ކައިރި މޭޒުމަތީގައި ބެހެއްޓިއެވެ.

ކައިނިމި ސަނާއާއި ސައިފް ކޮޓަރިތަކަށް ވަނުމުން، މޭޒުމަތީގައި ހުރި ތަށިތައް ނަގާ ސާފުކުރުމަށް ނައިޝާ އުޅުނެވެ.

ތަން ސާފުކުރުމަށް ފަހު ނައިޝާވެސް ކޮޓަރިއަށް ވަނެވެ.ނައިޝާ ކޮޓަރިއަށް ވަތް ވަގުތު ފޯނާކުޅެން ސައިފް އެނދުގައި އޮތެވެ. “ސައިފް ކޮންއިރަކު ވަޒީފާއަކަށް ދަނީ؟” ސައިފްގެ ފައި ކައިރި އިށީނދެލަމުން މަޑުމައިތިރި ކަމާއި އެކު ނައިޝާ އަހާލިއެވެ. “ކިހިނެއްވީ؟….މިހާރު ކޮން ޝަކުވާއެއް ކުރަންވީ؟” ހިތްހަމަ ނުޖެހިހުރެ ސައިފް ބުނެލި އެވެ.

“ސައިފް ކީއްވެތަ ނައި ރީތިކޮށް އެއްޗެއް އަހާލާއިރަށްވެސް ތިހާ ރުޅި ތިއަންނަނީ؟…ނައި މިހެން މި އެހީ މިހާރު ލިބޭ ސެލެރީ އިން ނުފުދޭ ޚަރަދުތަކެއް….ކެޝްކާޑުން ރުފިޔާ ނަގައިގެން ބޭނުންކުރަން މިޖެހެނީ ގިނަފަހަރަށް….މިގޮތަށް ހޭދަކުރަންވެއްޖެޔާ ކޭޝްކާޑުގެ ރުފިޔާތައް ހުސްވެދާނެ…ކޭޝްކާޑުގައި ހުރި ރުފިޔާ ނައި އަސްލު ބޭނުންވަނީ ސޭވްކުރަން…. މާދަމާ ބޮޑުކަމެއް ދިމާވިއަސް ބޭނުންކުރަން ހުންނާނެއެއްނު” ނައިޝާ ބުންޏެވެ.

“ދެން ތިބުނަނީ މަށާ ހެދިއޭތަ ޚަރަދު ނުފުދެނީ؟…ނޫނީ ސަނާ ބޭރުން ކާއެއްޗެހި ގެންނާތީތަ ތިއުޅެނީ؟….އަހަރެން ރުފިޔާ ދޭން ބުނާތި ބޮޑުކަމަކަށް ވަނީ ދޯ ނައިޝާއަށް؟”ރުޅިވެރިކަމާއި އެކު ސައިފް ބުންޏެވެ.

“ނޫން…އެހެންވެގެން ނޫން….ސައިފް ވެސް ވިސްނާލަބަލަ….ނައި…”

“ކޯއްޗެއް ވިސްނާކަށް….ނައިޝާ ގެ މައިންބަފައިންނަކީ ލިބޭ ބައެއް….ބޭނުން ވަގުތަކު ބޭނުން އަދަދެއް ބުނީމަ ލިބޭނެ….ރުފިޔާ ފަހަށް ރައްކާކުރަން ނޫނީ ބޮޑުކަމެއް ވާދުވަހު ބޭނުން ކުރަން ރައްކާކުރަން ނައިޝާ ތީ ރުފިޔާ ނުލިބޭ މީހެއްތަ؟…..ރުފިޔާ ނުލިބޭ ބިކާރި މީހުންދޯ ތިހެން އުޅޭނީ….އަނެއްކާ ތި އެކައުންޓް ގަ ތިއޮތީ އެއްލާރި ދެލާރިއެއްނޫން….މިލިއަނެއްހާ ރުފިޔާ….އަހަރެން މިހެން ބުނެލާ ފަސްހާހަކުން ނޫނީ ދެހާހަކުން ތި އެކައުންޓް ގަ ހުރި ފައިސާއެއް ހުހެއްނުވާނެ” ކުރިއަށް ވުރެ ބާރަށް ސައިފް ބުންޏެވެ.

“ނައިގެ ކޭޝްކާޑުގައި މިހާރު ނުހުންނާނެ މިލިއަނަކާ ގާތްކުރާ އަދަދެއް…މައިންބަފައިން ގެ ޚަރަދުގަ އުޅޭކަށް ނައި ބޭނުމެއް ނުވޭ މެރީ ކުރުމަށްފަހު….ނައި އަށް އެއީ ރީތިގޮތެއް ނޫން…. ގޭގެ އެއްވެސް މީހެއް ނޫޅޭ މެރީކުރުމަށްފަހު މައިންބަފައިން ގެ ޚަރަދުގައެއް….ދައްތަމެންވެސް އެއުޅެނީ އެމީހުން އަމިއްލަ ޚަރަދުގަ….ސައިފް އަށް ރުފިޔާ ދޭން ޖެހިގެން ނޫނީ ސަނާއަށް ޚަރަދުކުރަން ޖެހިގެން ބޮޑުކަމަކަށް ވެސް ނަހަދަން….ދެން އޯކޭ އަޅާނުލާ” ކޮޓަރިން ނިކުންނަމުން ދެރަވެފައި ހުރެ ނައިޝާ ސައިފަށް ބުންޏެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހާދަހާ ލޯބިވޭ 12

Next

ނަފްރަތަކީ ލޯބީގެ ފެށުން 8

Next
July 28, 2021

ނަފްރަތަކީ ލޯބީގެ ފެށުން 8

Previews
July 28, 2021

ހާދަހާ ލޯބިވޭ 12



All Right Reserved!