ހިތްދަތި ދުވަސްތައް 21
ރައީފާ މިހާރަކަށް އައިސް އުޝާގެ ފޯނުކޯލުތަކަކަށް ޖަވާބެއް ނުދެއެވެ.އޭނާ ބޭނުން ނުވިޔަސް އޭނައަށް ކިޔާރާއަށް އެހީވެ އަޅާލެވެނީއެވެ.
ކިޔާރާވެސް ނައުފް ގުޅިޔަސް އެއްވެސް ދުވަހަކު ފޯނެއް ނުނަގައެވެ.އެކަމާ މިހާރު ނައުފާ އާއި ރައުލާ އަދި ރައުފާ ސުވާލުވެސް ކޮށްފިއެވެ.ނަމަވެސް ކިޔާރާގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ.
ކިޔާރާ ފޯނާކުޅެން އޭނަގެ ކޮޓަރީގައެވެ.އެހެން އިންދާ ކުއްލިއަކަށް އެތެރެއަށް ވަތް ރައުލާ ފެނުމުން ކިޔާރާ ސިހުނީ ވަކިވަރެއް ބަލާފައެއް ނޫނެވެ.
“ޕިސް ޕިސް ރައޫ..މަދިޔައީ ސިއްސައިގެނޭ..ތިވަރަށް ދޮރު ނުހުޅުވިއްޔަކާއެއް ނުވޭ..ކިހިނެކޯ ވީ މާ ބާރަށް ތި ދޮރު ހުޅުވާލީ..؟”ކިޔާރާ ހިތްހަމަ ނުޖެހުނީ ރައުލާ އެގޮތައް އައިސް މާ ބާރަށް ދޮރު ހުޅުވުމުންނެވެ.”ކިޔާ..އެބައިން ހޯދަން އައިސް.””ކާކު މަ ހޯ…”ކިޔާރާ ބުނިއެއްޗެއް ބެލުމެއް ނެތި ރައުލާ ކިޔާރާ އިން”ވީލް ޗެއާ”ދުއްވާލިއެވެ.ކިޔާރާ ދެއަތައް ބޯ ހޫރާލިއެވެ.
އަނގަ ނުހުއްޓާ ވާހަކަ ދައްކަމުން ދިޔަ ކިޔާރާއަށް ވާހަކަ ދެއްކުން ހުއްޓާލެވުނީ ސިޓިންރޫމްގައި އިން މީހާ ފެނުމުންނެވެ.”ނައުފް”ކިޔާރާއަށް ވައި އަޑުން ބުނެލެވުނެވެ.ކިޔާރާ ރައުލާ އަށް ބަލައިލި އެވެ.ނަމަވެސް ރައުލާ ކިޔާރާއަށް ބަލައިވެސްނުލާ ނައުފް ގާތު ކިޔާރާ ބޭނދިއެވެ.
“ކިޔާ.. ވައި ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ.. އަހަރެންނައް ކިޔާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ…އެހެންވިއްޔާ ސޮރީ..އެކަމް ތިހެން ވާހަކަ ނުދައްކާ ނުހުރޭ ޕްލީސް..”ރައުލާ ދިޔުމުން ނައުފް ހުރިހާ ޝަކުވާއެއް ކޮށްލިއެވެ.ކިޔާރާއަށް އިސް ޖަހާލިއެވެ.
“ކިޔާ ކިހިނެއްވީ.. ބުނެބަލަ..ކިޔާ އަހަރެންދެކެ ލޯބި ނުވަނީތަ…ނޫނީ.. ފޫހިވީތަ……… ކިޔާ.. އަނެއްކާ ކިޔާ އަށް މީހަކު ފޯސްކުރީތަ..”ނައުފް ކިޔާރާ އިސް ނެގުވިއެވެ.”ކިޔާ.. ކިހިނެއްވީ ރޮނީ..”ކިޔާރާ ނުރޯން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނަގެ ކަރުނަތަކެއް ނުހުއްޓުނެވެ.
“ކިޔާ ދެން ބުނެބިލަ ކިހިނެއްވީ..ތަނަކައް ތަދުވަނީތަ…ފަޔައް ތަދުވަނީތަ..ނޫނީ މީހަކު އެއްޗެކޭ ބުނީތަ..”ނައުފް ކިޔާރާގެ ކަރުނަ ތައް ވަރަށް ލޯބިން ފޮހެލަދިނެވެ.
“ނައުފް.. ނައުފް އަދިވެސް އަހަރެން ދެކެ ލޯބި ވޭތަ…؟”ކިޔާރާ ހަމައަކަށް އެޅުމުން ބުނެލި އެވެ.”ކިޔާ ކިހިނެއްވީތަ..ކީއްވެ ތިހެން ތި އެހީ.؟””ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު.”އޯކޭ.. ކިޔާ އާ އަހަރެން އަދިވެސް ލޯބިވޭ.. އިރާދަކުރެއްވިޔާ އަބަދުވެސް ވާނަން..”
“އެއެކަމް ނައުފް..އަހަރެންނަކީ މިހާރު ނުކުޅެދޭމީހެއް..ދެން ނައުފް އަހަރެންދެކެ ކީއްވެ ލޯބިވަނީ.. ކާކުތަ ބޭނުންވާނީ ނުކުޅެދޭ މީހެއް.. ނައުފް.. ނައުފް އަށް އަހަރެންނައް ވުރެ މާ ރީތި ކުދިން ލިބޭނެ..އަހަރެންނަކީ ނުހިނގޭ މީހެއް..”ކިޔާރާއަށް ރޮވުނެވެ.އޭނައަކީ ނުކުޅެދޭމީހެއްކަން ހަނދާންވާ ކޮންމެފަހަރަކުވެސް ރޮވެއެވެ.
“ކިކިޔާ.. ވަޓް އާޔޫ ސޭޔިން..ލޯބި އެއީ ވާއެއްޗެއް ނޫން ލޯބި އެއީ ވެވޭ އެއްޗެއް.. ކިޔާ އައި ރިއަލީ ލަވް ޔޫ..އަހަރެން ކިޔާ ޗޫސް ކުރީ ކިޔާ..ރީތިވީމައެއްނޫން.. ކިޔާގެ އަހްލާގާ އެއްޗިއްސައް ބަލައިގެން.. ކިޔާ..ކިޔާއަކީ ނުކުޅެދޭމީހެއް ކަމައް ދެކުނަސް އަހަރެންނެއް އެހެނެއް ނުދެކެން..ކިޔާ އަކީ އަހަރެންނައް ހަމަ ޕާފެކްޓް ކުއްޖާ..”
ކިޔާރާ އެހެން ބުނުމުން ނައުފް ހިތުގައި ޖެހިފާ އިނދެ ވާހަކަ ދެއްކި އެވެ.ކިޔާރާ ނައުފް އާއި ދިމާލައް ބަލަހައްޓައިގެން އިނދެފާ ނައުފްގެ ކަރުގައި ބައްދައި ގަތެވެ.
“ސޮރީ ނައުފް..ސޯ ސޮރީ.. އަހަރެންނައް ނުވިސްނުނީ..”ކިޔާރާ އުޝާ ގުޅިވާހަކަ ސިއްރު ކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކިޔާރާމެން ފުރަން އޮތް ދުވަސް އަތުވެއްޖެ އެވެ.
ކިޔާރާމެން ފުރުވަން ނަފުހާމެން އާއިލާ އާއި ނާޔާ އަދި ނާޔާގެ މައިންބަފައިން އައެވެ.އެކަމާ ކިޔާރާ ވަރަށް އުފާވެސް ވިއެވެ.
ޗެކިންއަށް ދާން ގޮވުމުން ކިޔާރާމެން އެންމެނާ ސަލާމް ކޮށްފައި އެތެރެއަށް ވަދުނެވެ.
ބޯޓު ނައްޓާލުމުން ކިޔާރާއަށް އޭނާ ކައިރީ އިން ރައުފާގެ އަތުގައި ހިފާލެވުނެވެ.
6 މަސް ފަސް
ނައުފް އާއި އޭނަގެ އާއިލާ ތިބީ ކިޔާރާމެން ބަލައި އެއާ ޕޯޓަށް ގޮހެވެ.އެ އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުދާސް ކަމެވެ.
އެއެންމެންވެސް ކިޔާރާ ބަލައި މާލެ އައީ އެއީ ޗުއްޓީއަށް ވުމުންނެވެ.
ރައުލާ ގުޅާފައި ކިޔާރާގެ އޮޕަރޭޝަން ކާމިޔާބު ނުވިވާހަކަ ބުނުމުން އެއެންމެންވެސް ކިޔާރާއަށް ޓަކައި ހިތާމަ ކުރިއެވެ.ނައުފް ކޮންމެދުވަހަކު ކިޔާރާއަށް ގުޅާ ވާހަކަ ދައްކާ ހަދައެވެ.އޭނާ ވީހާވެސް ބޮޑަށް ކިޔާރާއަށް އަޅާލާ ލޯބިދެވޭތޯ ބަލައެވެ.
އެއާޕޯޓައް ބޯޓު ޖެއްސުމާ އެކު މީހުންތައް ފާބަން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

