ހިތްދަތި ދުވަސްތައް 22 ( ނިންމާ ބައި )
ނައުފްމެން އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ކިޔާރާމެން ނުކުންނާނެ އިރަކަށެވެ.ނައުފާ ކިޔާރާ ނައިސްގެން ކެތްތެރިކަން ކުޑަ މީހެއް ފަދައިން އެކިކޮޅުކޮޅު ބަލަން ފެށިއެވެ.
އިރުކޮޅެއްފަހުން އެމީހުން ކައިރީ ހުއްޓުނު އަންހެން ކުއްޖާ ފެނި އެންމެނައްވެސް އަނގަ ހުޅުވާލެވުނެވެ.”ކްކްކިޔާ.. ކިޔާ ޔޫ ކޭން ވޯކް..”ނައުފް އަށް ކުރިމަތީ ދަނބުކުލައިގެ އަތްދިގު ހުޑީ އަކާ ނޫކުލައިގެ ޖީންސެއް ލައިގެން ހުރި ކިޔާރާ ފެނުމުން ކިޔާރާ ގައިގާ ބައްދާލިއެވެ.
ނައުފާވެސް ގޮސް ކިޔާރާ ގައިގާ ބައްދާލިއެވެ.އަދި ކިޔާރާ ގާތު ހުރީ ރައުލާ ފެނުމުން ރައުލާ ގާތައް ގޮސް ރައުލާގައިގާ ބޮނޑިއެއް އަޅާލިއެވެ.”ހާދަ ގޯހޭ.. ކީއްކުރަން ދޮގު ހެދީ..ނޭނގޭތަ އަހަރެމެން ދެރަވިވަރު..”ނައުފާ އަނެއްކާ ރައުލާ ގައިގާ ބޮނޑިއެއް އަޅާލިއެވެ.
“ނައުގަނޑާ..ރައު ނުބުނީ އަހަރެން ނުބުނާށޭ ބުނީމައޭ..އަހަރެން ބޭނުންވީ އެންމެނައް ސަޕްރައިޒް އެއް ދޭން.. ސަޕްރައިޒް ވެއްޖެ ދޯ..”ކިޔާރާ ނައުފް ގެ އަތުގައި ހިފާލިއެވެ.
“އޭ އިނގޭތަ އެއްކަލަ އުޝާ މިހާރު އުޅެނީ މާލޭގެ މުއްސަދި މީހަކާ އިނދެގެނޯ.. ހަމަ ހުވާ އެ ނާޔާ އެވާހަކަ ބުނިގޮތުން އަހަރެން ހީހީ ހަލާކު ވި..”ދިޔަ މަގުމަތީގައި ނައުފާ އޭނާގެ އަނގަ ހުއްޓައި ނުލައެވެ.
ކިޔާރާ ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން ގޭގެ ބިއްދޮށުގައި ހުރި އަނބުގަސްދަށޫގައި އިން ޖޯއްޔައް ދިޔައެވެ.އެވަގުތު އެތާ ރައުލާ އާއި ރައީފާ އިނެވެ.
“ކޮބާ ދޮންތަ ގޭގަ ނޫޅެނީތަ..؟”ކިޔާރާ އަށް ރައުފާ ނުފެނުމުން އަހާލިއެވެ.”ކިޔާ ސާބަސް..ކިޔާ އާ ރައުއްކޮ އާ ފިޔާވާ ކާކުތަ މި ހަވީރު ބޭރަށް ނުދާނީ..ދޮންތަ އެދިޔައީ ނައުހާން އާ އެކީ ދުއްވާލަންށޭ ކިޔާފަ.. ރައުއްކޮ ކައިރީގަވެސް މި ކިޔަނީ ގޮސްބިލާށޭ ޒާން އާ އެކީ..އެސޮރު މިހާރު ނޭނގެ ގުޅިވަރެއްވިސް..އެވަރުންވެސް ގަބޫލެއް ނުވި ނުކުންނާކަށް..ކިޔާވެސް ދޭބިލަ ނިކަން ނައުފް އާ އެކީ..”މިދިޔަ ދުވަސްތަކުތެރޭ ރައީފާ ވަނީ ރައީފާ އަށް އުޅެވުނީ ރަނގަޅައްޫންކަން އެނގި ވިސްނިފައެވެ.އަދި ކިޔާރާއަށް ހުރިހާވާހއކައެއް ކިޔައިދީ މާފަށް އެދިފައެވެ.ކިޔާރާއަކީ ރައީފާ ހީކުރި ވަރަށް ވުރެ މާ ރަނގަޅު ކުއްޖެކެވެ.ރައީފާ މައާފައް އެދެންޖެހުނީ އެއްބުރެވެ.ކިޔާރާ ވަގުތުން މާފުކުރިއެވެ.ނަމަވެސް ރައީފާ ދެކެނީ އަދިވެސް އެއީ ކިޔާރާގެ ކުއްވެރިއެއްކަމެވެ.
ދުވަސްތައް އުފާވެރި ކަމާއެކު ދައުރުވަމުން ދިޔަ އެވެ.
ރައީފާ އިނީ އަނބު މަޖާ މޮޑެން އަނބު ކޮށާށެވެ.ރައީފާ މަޖާ އެތި މޮޑެން ފެށިތަނާ ބޭރު ދޮރުން މީހަކު ސަލާން ގޮވާލިއެވެ.
“ދަރިފުޅާ ކިޔާ ދެބިލަ ކާކުތޯ ހޯދަން އައީ..”ރައީފާ ކައިރީގައި އިނީ ހަމައެކަނި ކިޔާރާ ކަމުން އޭނާ އެވަގުތު ކިޔާރާ ފޮނުވި އެވެ.ރައީފާ މިހާރު ކިޔާރާއަށް ވަރަށް މަދު މަސައްކަތެއް ނޫނީ ނުޖައްސައެވެ.ނސމަވެސް ކިޔާރާ ރައީފާ ގޭގަ ނޫޅޭ ވަގުތުގައި ގޭތެރޭ އެކި މަސައްކަތްތައް ކޮށްލައެވެ.އެކަމާ ރައީފާ ހިތްހަމަ ނުޖެހެއެވެ.
ކިޔާރާ ބޭރު ދޮރު ކައިރި ބަލައިލި އިރު ނައުފް ގެ މައިންބަފައިން ތިބުމުން އެތެރެއަށް ވަންނަން ބުންޏެވެ.
“ދަރިފުޅާ ކޮބާތަ ރައީފާ.. ރައީފާ އާ ކުޑަ ވާހަކައެއް ދައްކާލަން..”ނަފުހާ ފުޅާ ހިނިތުން ވުމެއް ރައްދު ކުރިއެވެ.”އެބައިން އެފަޅީގަ..ގޮވާލަންތަ..”ނަފުހާ ދަރިފުޅޭ ކިޔާ މުހާތަބުކުރުމުން ލަދުން ހުރެ ކިޔާރާ ޖަވާބު ދިނެވެ.”ނޫނޭ ބައްޕަމެން ދާނީ..”ނައުފް ގެ ބައްޕަ އާއި މަންމަ ރައީފާ ކައިރިއަށް ގެންގޮސްދީފަ ކިޔާރާ އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
“އައްދޭ މިހާރު މައިދާތްތަ އާ ބަފައިބެއަށް ވީ ދޯ.”ކިޔާރާ ކޮޓަރިއަށް ވަންނަ އިރަށް ބެލްކަނިން ތިރި ބަލަން ހުރި ރައުލާ ދިމާ ކުރަންފެށިއެވެ.”މަންޖެގަނޑު މިތާ ކީއްތިކުރަނީ..”ރައުލާ އޭނަގެ ކޮޓަރި ހުރުމުން ކިޔާރާ ސުވާލުކުރިއެވެ.”މިއައީ ވަރަށް ބޮޑު ވާހަކަ އެއް ބުނާށޭ
.. ކިޔާ ޔޫ ނޯ ވަޓް..ގެސް ވަޓް..؟””އަމް..ސަމްވަންސް ބާތް ޑޭ.. ސްޕެޝަލް މީހަކު އަންނަނީ..ނޫނީ..ގިފްޓެއް ލިބުނީ..ދެންނޭނގެ”ކިޔާރާ އެހުރިހާ އެއްޗެއް ކިޔުމުންވެސް ރައުލާ ނޫނެކޭ ކިޔާ ބޯހޫރަމުން ދިޔައެވެ.
“ދެން ނޭނގެ..”ވިސްނާ ވިސްނާ ނޭނގުމުން ކިޔާރާ އެނދުގައި އިށީނެވެ.”ކިޔާ.. އައި އޭމް ގެޓިން މެރީ!!!”ރައުލާ ތުއި އަޑުން ހަޅޭއްލަވައި ގަތުމުން ކިޔާރާ ކަންފަތުގައި އަތް އެޅި އެވެ.”ވަޓް ކޮން އިރަކުން.. އައި އޭމް ސޯ ހެޕީ ފޯ ޔޫ..”ކިޔާރާ އުފާވެފައި ހުރެ ގޮސް ރައުލާ ގައިގާ ބައްދާލިއެވެ.”މިއަންނަ މަހު ފަހުކޮޅު ނައު އާ އެކީ..”
ކިޔާރާ އަށް ރައީފާ ގޮވާލުމުން ކިޔާރާ ގޮސް ރައީފާ ގާތު އިށީނެވެ.”ކިޔާ ދެންމެ.. ނައުފް މައިންބަފައިން އެއާއި ތި ދެކުދިންގެ ކައިވެނީގެ ވާހަކަ ދައްކަން.. ނައުފް މައިންބަފައިން ބުނީ އެމީހުނައް ރަނގަޅީ ނައުފް އާ ނައުފާ އެއްދުވަހަކު ކައިވެނި ކުރާ ގޮތަށޯ.. އަނެއްކާ ރައުއްކޮވެސް އެދުވަހު އެމީހުނާ އެކީ ޕާޓީއާ އެއްޗިސް ބާއްވާ ހަދަނީ..އޭރަށް ހަރަދު ކުޑަވެސް ވާނެ.. ދަރިފުޅު ކިހިނެއް ހަދަނީ..؟”ރައީފާ ހެވި ދިލިފަ އިނދެ ވާހަކަ ދެއްކި އެވެ.”އަޅުގަނޑައް މައްސަލައެއް ނެތް.. ނައުފް ވެސް ތިހެން ބުނެފަ އޮތީ..””އެހެންވީރު ލަސްކުރާނެކަމެއް ނެތް އަވަހަށް ރެޑީވާން ފަށަމާ..”ނަފުހާވެސް އުފާވެއިނދެ ބުނެލި އެވެ.
6 އަހަރު ފަސް
ކިޔާރާ އުޅުނީ ފޮށްޓައް ހެދުންތައް އަޅާށެވެ.”މަންމީ..”ކިޔާރާއަށް ހިނިތުން ވެވުނީ އޭނަގެ ފަހަތުން އައިސް ބައްދާގަތް 4 އަހަރުގެ ކިޔާރާ އާއި ނައުފްގެ އަންހެންދަރިފުޅު ނައުރާ ފެނުމުންނެވެ.”މަންމަގެ ެެާއްކޮ..އެހާވަރަށްނުދުވޭ..އަނެއްކާ ފެންވަރަން ޖެހޭނީ އެހެންނޫނީ..އަވަސް ބައްސަހައިގެން އިނދޭ..މާމަ ރަށަށް ދާން.. އިރުކޮޅަކުން ބައްޕި އަންނާނެ.”ކިޔާރާ އާއި ނައުފް ކައިވެންޏައް ފަހު ދިރިއުޅެނީ މާލޭގައި އެވެ.ނަމަވެސް ކޮންމެ ޗުއްޓީއެއްގައި ރަށަށް ދެއެވެ.
“ކިޔާ ހިނގަދާން..ބައްޕިގެ ޕްރިންސެސް ހާދަ ރީއްޗޭ..ލެޓްސް ގޯ މާމަ ކައިރިއަށް..”
ރައުލާ އާއި ރައުފާ އަދި ނައުފާ މެންގެ އާއިލާ ތިބީ ކިޔާރާމެން ބަލައި އައިހެވެ.އިރުކޮޅަކުން ނައުރާ އެއްއަތުން އުރާލައިގެން ކިޔާރާގެ އަތުގައި ހިފައިގެން ނައުފް އައިސް އެމީހުން ގާތު މަޑު ކޮށްލިއެވެ.
ދަރިފުޅާ މިހުރީ ބޮޑު ދައިތަ އާ މަންމައާ ވެގެން ދަރިފުޅަށް އެންމެ މީރު ބަނބުކެޔޮ ބޮނޑިބަތް ހަދާފަ..”ނަފުހާ ކިޔާރާ އަތައް ބޮނޑި ބަތް ތައްޓެއް ލައިދިނެވެ.އޭރު ނައުރާ ރައުށާ (ރައުލާގެ ދަރި) ޒައިފް (ނައުފާގެ ދަރި) ރައުހާ (ރައުފާގެ ދަރި) އާއި އެކު ކުޅެން އުޅުނެވެ.
އިރުކޮޅަކުން ނައުފާގެ ފިރިމީހާ ޒާރިފްވެސް ގޮސް އެކުދިންނާއެކު ކުޅެންފެށިއެވެ.ޒާންއާއި ނައުހާން ވެސް ގޮސް އެމީހުނާ ބައިވެރި ވިއެވެ.
ކިޔާރާ އޭނަގެ އެ ހިތްދަތި ދުވަސްތައް މަތިން ހަނދާން ކޮށްލިއެވެ.ކިތައް އަޑިގުޑަން ތަކަކާ އޭނަ ކުރިމަތި ލާން ޖެހުންހެއްޔެވެ.މީހުން ބުނާހެން އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ.ހަމަ އެގޮތައް ކިޔާރާގެ ހަޔާތުގައި ވެސް އަޑިގުޑަން ތަކަކާ ކުރިމަތިލާން ޖެހުނެވެ.ނަމަވެސް މިހާރު ކިޔާރާއަށް އިހުސާސްވަނީ ކިޔާރާއަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ އުފާވެރި އެކަކު ކަމުގައެވެ.
ކިޔާރާ ސިހުނީ އޭނަގާތު ނައުފް އިށީނދެ އޭނަގެ ކޮނޑުގައި އަތް ވަށާލުމުންނެވެ.ކިޔާތާ ނައުފް އަށް ބަލާލައިފާ ހީލިއެވެ.އިރުކޮޅަކުން ނައުރާ އައިސް ކިޔާރާ އުނގައް އެރިއެވެ.ކިޔާރާ އާއި ނައުފް އެކީ ނައުރާ ގައިގާ ބައްދާލިއެވެ.
ނިމުނީ
މި ވާހަކަ މިހާ ހިސާބުން މި ނިމުނީ.ވާހަކަ ކިޔަމުން ގެންދިޔަ ހުރިހާ ކުދިންނައްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އާ ވާހަކައެއް ތިޔަ ބޭފުޅުންނަށް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ.
ދެން އިންނަ ވާހަކައިގާ އުޅޭނެ ކުދިންތަކައް ނަންތަކެއް ބުނެދީބަ.?
7 Comments!
Comments are closed.


Lily ulheny ungoofaaru ga tha
Nan dhw buneladheynvee .. kiyaaba
wow vaahaka nimuny so sad ekam hama v baraabaru kurin cmnt nukuriyas kiyan mi vaahaka
humm nan thakeh
FIRIHEN
saain, shaaif,, shaahil,, shaazin,, adhyan,, mifzaal,, iyan,, akmal,, zaadh,, ulvaan,, shayam,, shaayan,, zidhaan,, kaisan,, vihaan,, iyaash,, haaish,, lishaan,, lubaan,, dhaain….. 20 boy names
ANHEN
yasha,, shaiha,, shaleen,, shuba,, shaba,, reeyan,, ilfaa,, dhaaliya,, almas,, zoya,, yaana,, ibaa,, neem,, ainy,, raayaa,, sanan,, naaya,, sajal,, azal,, iyaalaa….. 20 girl names
and dont thank me but welcome
Nooney lily mee hama raaje thereyn ?. ekam ulheyne family kudhin thakeh ungoofaaru ga
Thanks anyways vaahaka vrh reethi
Vr loabi nan thah.dhen inna story ah thithanun name eh use kohllaanan.dhn kiyan mi visnanee biruveri vaahakaeh.kihinehvvaanee??
*liyan