Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާދަހާ ލޯބިވޭ 7

★ Amy ★ Level 110 Stories
July 2, 2021 8 Mins Read
0 Comments

ޔޫމިންގެ އެނދުމަތީގައި އޮތް އިޔާޝްގެ ފޯނު ރިންގް ވުމުން ޔޫމިން ފޯނު ނަގާ ބަލާލިއެވެ. އިޔާޝް ގެއަށް އޭނަގެ ލެޕްޓޮޕް ބަލާ ދިޔައީ ހަނދާން ނެތި ފޯނު ބާއްވާފައެވެ. “އަހަރެން ވަރަށް ލޯބިވޭ އިޔާޝް ދެކެ” އެމެސެޖް އައިސްފައި އިނީ “ލަވް” ޖަހާ ސޭވް ކޮށްފައި އިން ނަންބަރަކުން ނެވެ. ޔޫމިން އަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެއީ ކާކު ނަންބަރެއް ތޯ ބަލަން އޭނަ ބޭނުން ނުވީ އެކުވެރިޔާ ރުޅި އައިސްދާނެތިންނެވެ. “އޭތް! ކައެ މަ ފޯނު ހިފައިގެން ކީއް ކުރާނީ” ލެޕްޓޮޕް އެނދުމަތީގައި ބާއްވާފައި ޔޫމިން ގެ އަތުގައި އޮތް ފޯނު ނެގިއެވެ. އަދި އޭގެއަށް އައިސް ފައި އިން މެސެޖް ކިޔާލިއެވެ. މި ހަގީގަތް ބާއޭ ވެސް އިޔާޝް ގެ ހިތަށް އެރިއެވެ.

* 7 ވަނަ ބައި *

“ހޫމް ކިހިނެއް އެނގުނީ މިއީ ޔޫހަން ކަމެއް؟” އިރުކޮޅަކު މަޑުން އިނދެފައި ޔޫހަން އެއްސެވެ. “ޔުއާރ ވޮއިސް” ދެންވެސް ރޯޔަލް ލޭޑީ ޓީމް ޗެޓްގައި ކިޔެލިއެވެ. “ތިދެން ރޯޔަލް ލޭޑީ ގެ ނަން ބުނަންވީނުން” ކައިލާން ތަންކޮޅެއް ބާރަށް ބުންޔެވެ. “ހޫމް. މަށަށް ކިޔަނީ ވީރާ. އައިމިނަތު ވީރާ އަލީ. ދެން އެއިނީ މަގޭ ދައްތަ. ހައްވާ ޒާރާ އަލީ. އަހަރުން ދެމީހުންނަކީވެސް ނޮޅިވަރަމް އަށް އުފަން ދެކުދިން. ތި ދެން އަނގަ ބަންދު ކޮށްގެން ނުއިދެ އިންޓްރޯ ވެބަލަ އެމްވީ ޑެވިލް” ވީރާ ވާހަކަ ދައްކައި ނިމުނު އިރު ކައިލާންގެ މޫޑު ވަނީ އެއްކޮށް ބަދަލުވެފައެވެ. އޭނަ އެއްވެސް އިރެއްގަ ކުއީން ބީ އަކީ ވީރާ ކަމަކަށް ހީވެސް ނުކުރެ އެވެ. ކުއީން ބީ އަކީ ކާކުކަން އެނގުމުން ކައިލާން ވެސް ނިންމީ ހަގީގަތާއި ކުރިމަތި ލާށެވެ. “މަށަށް ކިޔަނީ ކައިލާން. ތި ތިން މީހުންގެ ކްލާސް މޭޓް” ވީރާ އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ.

އިޔާޝް “ލަވް” ޖަހާފަ އިން ނަންބަރަށް ގުޅާލިއެވެ. ދެ ފަހަރު ރިންގް ވުމުން އެކޮޅުން ފޯނު ނެގިއެވެ. މިގަޑީ ބައްދަލު ކޮށްލަން ބޭނުން ކަމަށް ބުނުމުން އެކޮޅުން ބުނީ މެންދުރު 2:30 ގަ ފުއްޓަރާއި ދިމާއިން ދިމާކޮށްލާނަން ކަމުގައެވެ. އުފަލުން ހުރެ އިޔާޝް އެނދުމަތީގައި އޮށޯވެލިއެވެ. ޔޫމިން މެންގެ ގެއަށް ގްރޫޕް ސްޓަޑީ ހަދަން އައިސްގެން އުޅޭކަން ވެސް އިޔާޝް ހަނދާން ނެތުނު ކަހަލައެވެ. “އޯ އެމް ޖީ ފައިނަލީ އައިމް ގޮނަ މީޓް ހާ” އިޔާޝް ދެލޯ މަރާލިއެވެ. “ކާކާތަ؟” ޔޫމިން އިޔާޝްގެ އަތުގައި ހިފާ ދަމައިގަތެވެ. “އަމްމްމް” އިޔާޝް ތުންފަތުގައި ދަތް އަޅާލީ ކާކުކަން ބުނަން ނުކެރިގެންނެވެ. “ހާދަ ފިނޑިއޭ ދޯ. މަށަށް ދީބަލަ ތި ކުއްޖާގެ ނަންބަރު ރަނގަޅު ކުއްޖެއްތޯ ބަލަން” ޔޫމިން އެއްމިޔަކަނުން ހީލިއެވެ. ޝަކުވާކުރުމެއް ނެތި އިޔާޝް ނަންބަރު ކިޔެވެ. ޔޫމިން ހައިރާންވީ އެއީ އޭނަ ދަންނަ ނަންބަރަރަކަށް ވާތީއެވެ.

“ވީ. ޔޫ ސްޓިލް ލައިކް އެމްވީ ޑެވިލް” ހިނިއައިސްފައި އިން ކަމުގައި ވީ ނަމަވެސް ޒާރާ އެކަން ވީރާއަށް ނުދައްކާވޭތޯ ބެލިއެވެ. ވީރާ އަނގައިން ނުބުނެ އިންގޮތަށް އިނީއެވެ. “މަށަށް ކިޔަނީ ކައިލާން. ތި ތިން މީހުންގެ ކްލާސް މޭޓް. މަށަށް ކިޔަނީ ކައިލާން. ތި ތިން މީހުންގެ ކްލާސް މޭޓް” ވީރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ޖުމްލައެކެވެ. ބޮލަށް އުނދަގޫ ވެގެން އެންމެ ފަހުން ވީރާ ފޯނު ނަގާ ދޮރާއި ދިމާއަށް އެއްލިއެވެ. އެވަގުތު ފޯނު ގޮސް ޖެހުނީ ދޮރު ހުޅުވާލި މާއިޝްގެ އަތުގައެވެ. “އައުޗް” މާއިޝް ބުނި ތަންކޮޅެއް ބާރަށެވެ. ވީރާ އެވަގުތު ދޮރު މަތީގައި އޭނަގެ ފޯނު ހިފައިގެން ހުރި މާއިޝްއަށް ބަލާލިއެވެ. “ގެނޭ މަގޭ ފޯނު” ވީރާ ނުރުހުންވެފައި ހުރެ ބުންޔެވެ. “ބޭނުން ނުވާތީދޯ އެއްލާލާނީ” މާއިޝް އޭނަގެ ކޮޅު ގަދަކޮށް ލިއެވެ. “ހެވޭ ގެންނާށޭ” މާއިޝް އަތުގައި އޮތް ފޯނު ދަމައި ގަނެ ވީރާ ގޮސް ވަނީ ޔޫލީންގެ ކޮޓަރިއަށެވެ.މަނާލް ގެއަށް އައި ގޮތަށް ނުހާޝް އާއި ވީޑިއޯ ކޯލް ހަދައިގެން އޮތެވެ. “ވައި ސޯ ޕްރިޓީ ބޭބް” މަނާލް އަކީ ވަރަށް އަވަހަށް ލަދު ގަންނަ ކުއްޖެއްކަން އެނގުމުން ނުހާޝް ބޭނުންވީ މަނާލް ލަދުގަންނުވާލަންށެވެ. “ހޫމް ދެން ހެވޭ. ތިހެން ވެސް މިއަދު ސަތޭކަ ފަހަރަށް ބުނެފި ކަންނޭގެ. ސައި ބޮއެފިންތަ؟” މަނާލް ޑްރެސިންގް ޓޭބަލް މަތީގައި ފޯނު ބައިންދާފައި އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ. “ނޯ. ބޭބް ގުޅި ތަނާ ހޭލެވުނީ ވެސް. ބޭބް ސައި ބޮއެފިންތަ” ނުހާޝް ކަންނެއް ގޮތަކަށް ބުނެލިއެވެ. މަނާލް ބޯ ޖަހާލިއެވެ. “ހިނގާބަ މީޓް ވާން. މިހާރު ޓޫ ޑޭސް ވީއޭ. ތި މަޑު މަޑު އަތުގަ ނުބީހިލާތާ. ތި ބްލަޝްވެފައި ހުރި ކޮލަށް ދޮނެއް ނުދޭތާ. ދެން ތި ހައެ ހައެ ލޭ ކޮޅެއް ކަހަލަ ތުންފަތެއް. ތުންފަތަށް ބޮސްދޭ ހިތްވަނީ” ނުހާޝް ލާނެއް ގޮތަކަށް އެހެން ބުނެލިއިރު މަނާލް ލަދުން ވިދިގެން ފައިބަނީ އެވެ. “ދެން ނުހާޝް” މަނާލް އެދުނީ ބަންގިގޮވަންވާއިރަށް ނުހާޝް ފެންވަރައިގެން ސައިބޯން ދިއުމަށެވެ.

ކައިލާން މެންދުރު ނަމާދު ކޮށްގެން ގެއަށް އައި އިރު ކާން ހަދާފައި ހުރި ނަމަވެސް ބަނޑުހައި ނޫން ކަމަށް ބުނެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ކައިލާން އަކީ މީގެ ކުރިން އެއްވެސް އިރެއްގަ ގޭގަ މަޑުވާ ކުއްޖެއް ނޫނެވެ. މި ފަހަކަށް އައިސް އަބަދު ގޭގަ އޮންނާތީވެ އެޭނަގެ މަންމަމެން ތިބެނީ ހައިރާން ވެފައެވެ. ކީއްވެގެންތޯ ސުވާލު ކުރިއަސް ޖަވާބު ނުދޭނެކަން އިނގޭތީ އެމީހުން އަޅައެއް ނުލައެވެ. އާދައިގެމަތިން ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި ކައިލާން އޮށޯވެލީ އެނިމޭ ބަލަންށެވެ. ކައިލާން އަކީ އުމުރުން 10 އަހަރުން ފެށިގެން އެނިމޭ ބަލަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ވައިފައި ޖައްސާ އެނިމޭ ބަލަން އޮއްވާ މެސެންޖާ އިން “ވީ ވީރާ” ޖަހާފައި އިން އައިޑީ އަކުން މެސެޖް ކުރިއެވެ. “ދަ ހެކް! ސީރިއަސްލީ” ކައިލާން އެނިމޭ ޕޯސް ކޮށްލާފައި އެ މެސެޖް އަށް ރިޕްލައި ދިނެވެ. “އެއީ ކާކު ކަން ނޭނގޭއިރު ދެން އެކަމާ އަޅާނުލާ. އެހެން ނޫނަސް ވީރާ އަހަރެން ދެކެ ވަރަަށް ފޫހި ވެއޭނުން. އެހާ ފޫހިވާ މީހެއް ދެކެ ލައިކް ނުވޭ” ހިތާއި ދެކޮޅަށް ކައިލާން އެމެސްޖް ފޮނުވާލައެވެ. މެސެޖް ފޮނުވާފައި ވީރާ ބަލަން ވާއިރަށް ކައިލާން އެމެސްޖް ރިމޫވް ކޮށްލިއެވެ. އެހެން އޮއްވާ އަނެއްކާވެސް ވީރާގެ މެސެޖެއް ކައިލާން އަށް ލިބުނެވެ. “ރިމޫވް ކޮށްލިއަސް ނޮޓިފިކޭޝަން ބައިން ކިޔައިފިން. އެނީވޭސް ކާކު ބުނީ މަ ކައިލާން ދެކެ ފޫހިވެއޭ؟ އާން ފުރަތަމަ ކްލާސް ތެރޭގަ ޕަބްޖީ ކުޅުނު ދުވަހު ވަރަށް ފޫހިވި. މަ އަނގަ މަޑުން ލައިގެން އިންނާށޭ ބުނީމަ. ކޭމްޕް ތެރޭ ޕަބްޖީ އިން ދިމާވި އިރު މަށަކަށް ނޭނގެ ކައިލާން އަކީ ނުދަންނަ ކުދިންނަށް އެހާ ގުޅޭ މިޒާޖެއްގެ ކުއްޖެއް ކަމެއް. ވެދާނެ އެހާ ރަނގަޅުވީމަ ކަމަށް އެމް ވީ ޑެވިލް އަކީ ކާކުކަން ނޭނގޭ އިރުވެސް ހިތް ކިއީ. މިކަން ޖޯކެއް ގޮތަށް ކައިލާން ނަގަންޔާ އެންމެ ރަނގަޅު. އަހަރެން އެހެން ކުއްޖަކު ހޯދަ ފާނަށް” ވީރާގެ މެސެޖް ކިޔާ ނިމުނު އިރު ހަމަ ޔަގީނުންވެސް ވީރާ ކައިލާން ދެކެ ލޯބިވާކަން ހާމަވިއެވެ. ދެން ބުނާނެ އެއްޗެއް ނޭނގުމުން ވިސްނަ ވިސްނާ އޮވެފައި ނުކުމެގެން ދިޔައީ އޭނަގެ މަންމަ ލިއުޝާ ކައިރިއަށެވެ.

ރަތް ކުލައިގެ ސޯތަކާއި ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ފިރިހެން ވަންތަ ހިނގުމެއްގައި އައި އިޔާޝް ގެ ނަޒަރު ހުއްޓުނީ ރުކެއްގެ ދަށުގައި އިށީނދެލައިގެން އިން އަންހެން ކުއްޖެކެވެ. އިސްތަށިގަނޑުގެ އެކި ތަންކޮޅު ކޮޅުގައި ކުލަ ޖައްސާފައި ހުއްޓެވެ. ރީތިގޮތަކަށް އިސްތަށިގަނޑު ވަނީ އައްސާ ލާފައެވެ. ސިއްރު ސިއްރުން ގޮސް އެ އަންހެން ކުއްޖާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެކުއްޖާ ސިހި ފަހަތަށް އެނބުރުނު ވަގުތު އިޔާޝްގެ ގަދަ މުށި ކުލައިގެ ކަޅި އާއި އޭނަގެ ފެހި ކުލައިގެ ކަޅި އާއި ބައްދަލުވިއެވެ. އެވަގުތު ދެމީހުން ގެ ހިތުގެ ވިންދު އަޑު އިވޭނެކަން ހަމަ ޔަގީނެވެ. “ހެއި އީރާ” އިޔާޝް އީރަމްގެ ގާތުގައި އިށީނދެލިއެވެ. “ހައި” ލަދުރަކި ހިނިތުން ވުމެއް އީރަމްގެ ތުންފަތުގައި ކުޅެލިއެވެ. “ދެން ލަދު ނުގަނެބަލަ.އަހަރެންވެސް އީރާ ދެކެ ވަރަށް ލޯބިވޭ. ވާހަކައެއް ބުނަންތަ؟” އިޔާޝް ބަލާލީ އީރަމްގެ މޫނަށެވެ. އީރަމް ބޯ ޖަހާލީ އާއެކޭ ބުނާ ފަދައިންނެވެ. “ޔޫމިން ވަރަށް ލޯބިވޭ ދޯ އީރާ ދެކެ” އީރަމް އިސްއުފުލާ އިޔާޝް އާއި ދިމާއަށް ބަލާލިއެވެ. “އެހެން މިބުނީ. ޔޫމިން ބުނި ސީރިއަސް ނުވަންޔާ އިރާއަށް ދެރައެއްދީގެން ނުވާނެއޭ. އެންޑް އައިނޯ ޔޫ ބޯތް އާ ބެސްޓީސް” އީރަމް ހިނިތުންވެލިއެވެ. “މި އީ އަހަންނަށް ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއް ދެކެ ލޯބި ވެވުނު. އަހަރެން ބޭނުން މި ރިލޭޝަން ސީރިއަސް ކޮށް ނަގަން. ކުރީގަ އަހަރެން ކުދިންނާއި ރައްޓެހި ވަނީ…..” އިޔާޝް ގެ ވާހަކަ މެދު ކަނޑާލީ އީރަމްއެވެ. “އަހަރެން ބޭނުމެއް ނޫން އިޔާޝްގެ ޕާސްޓް ލައިފް އެއްވެސް ވަރަކަށް އިނގޭކަށް. ޕާސްޓް އަކީ ޕާސްޓް. އެކަން ހަނދާން ނައްތާލާ އާފެށުމަކުން ފެށީމަ ހުންނާނީ އެންމެ ރަނގަޅަށް” އީރަމް އަކީ ސާދަ އަހަރުގެ ކުއްޖެއްކަމަކު އެބުނި ޖުމްލައިން އިޔާޝްގެ ހިތުގައި އީރަމް އަށް ދެވިފައި ވާ މަގާމު ދެގުނައަށް އިތުރުވިއެވެ. އީރަމް ގެ ފަހަތުން އިޔާޝް ވެސް ކޮޅަށް ތެދުވިއެވެ. އީރަމް ހިނގަމުން ގޮސް މަޑު ޖެހުނީ އިޔާޝް ނެއްކަން އިހްސާސް ކުރެވުމުންނެވެ. ހާސްވެފައި ހުރެ އީރަމް ފަސްއެނބުރި ބަލާލިއެވެ. އޭރު ކުޑަ ކަކޫ ޖަހައިގެން ކުޑަ ފޮއްޓެއް ދިއްކޮއްލައިގެން އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. އީރަމް ހިތުގަ ރަސްކަން ކުރަމުން އަންނަ ރަސްގެފާނެވެ. އާއެކެވެ. އިޔާޝް އެވެ. “ވިލް ޔޫ ބީ މައި ލައިފް ޕާޓްނާ” އީރަމްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނިރާލިއެވެ. އީރަމް އާއެކޭ ބުނުމުން ކުޑަ އަލިމަސް ކޮޅެއް ޖަހާފައި އިން ސިހި ކުލައިގެ އަނގޮޓި އީރަމްގެ އިނގިލީގައި އަޅުވައިދިނެވެ.

“މަންމަ ބުނި ގޮތަށް ދަރިފުޅު ދެން ކަންތައް ކުރޭ” އެހެން ބުނެ ލިއުޝާ ދިޔައީ ގޭތެރެ ފޮޅަންށެވެ. ކައިލާން އެކި ފިކުރު ގައި ހުރެ ގޮސް ނުކުނެވުނީ ޓެރެސް މައްޗަށެވެ. އުޑުމަތީގައި ތަރިތައް ބަބުޅަމުން ދެއެވެ. ސާދަވިލޭރެގެ ހަނދު ފެންނަން ހުރި އިރު އެހާމެ ފުރިހަމައެވެ. ޓެރަސް މަތީގައި ހުރި އުނދޯލީގައި ކައިލާން އޮށޯވެ އުޑާއި ދިމާއަށް ބަލަން އޮތެވެ. ވީރާ އާއި މެދު ވިސްނޭވަރުން ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ޖީބުގައި އޮތް ފޯނު ނަގާ ކައިލާން ގުޅާލީ ޔޫހަން އަށެވެ. “ހަލޯ. މަށަށް ވަރަށް ގަޅި އެއްޗެއް ހެދިއްޖެ” ކައިލާން ބޮލުގައި އަތް ފުނާ އަޅާލިއެވެ. “ވީރާ މަށަށް މިއަދު މެސެޖް ކުރީ. ބުނީ ފުރަތަމަ ކުލާސް ތެރޭގަ ޕަބްޖީ ކުޅެފަ އަނގަ މަޑުން ލައިގެން އިންނާށޭ ބުނީމަ ވަރަށް ފޫހި ވިއޯ. އެކަމަކު ޕަބްޖީ އިން ކާކު ކަން ނޭނގޭއިރު ވެސް އެހާ ހިތް ހެޔޮ މީހުންނާއި އެހާ ގުޅޭ މިޒާޖެއްގެ މީހެއް ވީމަ ކަންނޭނގެ އޯ ތިމަންނަ ކައިލާން އަށް ހިތް ކިޔައިފި އޯ” ކައިލާން އަނެއްކާވެސް އުޑަށް ބަލާލިއެވެ. “ކައެ ވެސް ބުނިންދޯ ލޯބި ވާ ވާހަކަ. ދެން އެކުއްޖާ އާ ރައްޓެހިވޭ. ތެޔޮ ނާށި ކާޅު ޖަހައި ނުގަންނަނިސް” ޔޫހަން ހިނިގަނޑެއް ޖަހާލިއެވެ. “ކޭ. މަ މިރޭ އޭނަ އަށް މެސެޖް ކުރާނަން އަޅެ. ކަލޯ އެކަމަކު ނަ ހާދަ ބިރު ގަނެއޭ” ޔޫހަންގެ ހިނިގަނޑު މަތަ ނުވެގެން ގޮސް އެކަށް ފަޅައިގެން ދިޔައެވެ. ކައިލާންގެ ގާތަށް އައީ ރުޅި އެވެ

ޔޫހަން ފެންވަރާލައިގެން ނުކުތީ މިސްކިތަށް ނަމާދު ކުރަން ދާށެވެ. މިސްކިތާއި ތަންކޮޅެއް ދުރުން އިޔާޝް އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އާދެއެވެ. ވާހަކަ ދައްކަމުން ހީހީފައި އައިސް ހުއްޓުނީ ޔޫހަންގެ ކައިރީގައެވެ. “ހެއި ބްރޯ” ޔޫހަންގެ ގައިގާ މަޑު މަޑުން އިޔާޝް ޖަހާލިއެވެ. ލޮލުގެ އިޝާރާތުން ކައިރީގައި ތިހުރީ ކާކުތޯ ސުވާލު ކުރިއެވެ. “މި! މިއީ މަގޭ ޖީއެފް. ޔޫމިންގެ ބެސްޓްފްރެންޑް. އީރަމް” އީރަމް ޔޫހާން އަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އާން އެނގިއްޖެ. ދަނީ އިނގޭ ބަންގި ގޮވީ އެއޮއް. އިޔާޝް ނަމާދަށް ނުދަން” ޔޫހަން ލޯ ކުޑަ ކޮށްލާފައި ހިނިގަނޑެއް ޖަހާލިއެވެ. “މީނާ ގެއަށް ލާފަ މިއަންނަނީ” އީރަމްގެ އަތުގައި ހިފައިގެން އަނެއްކާވެސް އިޔާޝް ހިނގައިގަތެވެ. ފަސްވަރަކަށް މިނެޓު ތެރޭ އީރާމްގެ ގެއާއި ހިސާބަށް ދެވުނެވެ. އޭރު އީރަމް ނައިސްގެން މާއިޝް ގޭ ދޮރު މަތީގައި ހުއްޓިލައިގެން ހުއްޓެވެ. “ކޮންކަމެއް އޭން ތިއީ. މެންދުރު ދިޔަ މީހާއަށް ތި އާދެވުނީ އިޝާއަށް ގޮވި ފަހުންނޭ. ހަނދާން ކުރާތި. ދެން ބޭރަށް ދެވޭނީ ހަވީރު 4-6 ކަށް. ދެން ވަދޭ.” އީރަމް އަނގައިންވެސް ނުބުނެ އިސްޖަހާލައިގެން ހުރެ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. “ތި ކާކު؟” އިޔާޝް ދާން އެނބުރުނު ވަގުތު މާއިޝް ގޮވާލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ރައްޓެއްސެެއް ކަމަށް ބުނެފައި އެތަނުން ދިޔައެވެ.

މާއިޝް ސޯފާމައްޗައް ވެއްޓިގަނެ އޭނާގެ ފޯނުން ޓެލްގްރާން ހުޅުވާ “މައިން(mine)” ޖަހާފައި އިން ނަންބަރަށް މެސެޖް ކޮށްލިއެވެ. “އަދިވެސް ރުޅިއައިސްފަތަ؟ އަހަރެން އައި ފަހުން އަދި އަހަންނާއި ވާހަކަވެސް ދައްކާ ނުލާ. ނުވިތާކަށް އަހަންނަށް ފްރައިޑް ރައިސް ވެސް ހަދާ ނުދޭ” މާއިޝް އޮތީ ކުޑަކޮށް ހިތުގަ ޖެހިފައެވެ. ޒާރާ އެގެއަށް ކިޔަވައި ނިމެންދެން އައިސް އުޅޭތާ ހަމަސް ފަހުން ވަނީ ޒާރާއަށް ލޯބި ހުށަ އަޅާފައެވެ. ޒާރާ އަދި ވަގުތު ބޭނުން ކަމަށް ބުނުމުން މާއިޝް މިއަދާއި ހަމައަށްވެސް އެހުންނަނީ ޒާރާގެ ޖަވާބަކަށް އިންތިޒާރު ގައެވެ. މާއިޝް ކިޔަވަން ލަންކާ އަށް ދިޔައީ އެކަކު ގާތު އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. އައީވެސް ހަމަ އެގޮތަށެވެ. ޒާރާ އޭނާގެ މެސެޖްތަަކަަށް ޖަވާބު ނުދޭ ތަނުގަ މެސެޖް ތައް ބަލާވެސް ނުލައެވެ. އެކަމާ މާއިޝް ވަރަށް ދެރަވިއެވެ. ޒާރާ ގެ މެސެޖެއްގެ އިންތިޒާރުގައި އޮއްވާ މާއިޝްއަށް ނިދުނެވެ.

ޒާރާ ނަމާދުކޮށްގެން ނުކުތީ ކާން ހަދާށެވެ. އޭރު ޔޫލީން އާއި ވިރާވެސް ބަދިގެއަށް ގޮސް ވަންނަނީއެވެ. ޒާރާގެ ލޮލުގައި އަޅައިގަތީ ސޯފާ މަތީ ނިދާފައި އޮތް މާއިޝްއެވެ. ކައިރިއަށް ޖެހިލާ ބަލާލިއިރު އޮތީ އައިނުވެސް އަޅއިގެންނެވެ. އަރުތެރޭގައި ފޯނުވެސް އޮތެވެ. މާއިޝް އާއި ވީކޮޅަށް ގުދުވެ މާއިޝްގެ ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ނެގިއެވެ. އަދި އަތުތެރޭ އޮތް ފޯނުގަ ހިފި ވަގުތު މާއިޝް ޒާރާގެ އަތުގައި ހިފާ އޭނަގެ ގައި މައްޗަށް ވައްޓާލިއެވެ. ޒާރާގެ ދެލޯ ބޮޑުވިއެވެ. ބަދިގެ ތެރޭ ވީރާ އާއި ޔޫލީންވެސް އެބައުޅެއެވެ. އެމީހުން ކޮންމެ ފަދަ ވަގުތެއްގަވެސް ނުކުމެދާނެތިން ޒާރާގެ ހިތް ބިރުގަތެވެ. މާއިޝް ދެލޯ ހުޅުވާ ޒާރާގެ މޫނަށް ބަލާލިއެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވީ އިރު ކޯތާފަތްމައްޗަށް ޖަންބު ކުލަ ވެރި ވަމުން ދިޔައެވެ. ރާޅު ބާނީ އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލާފައެވެ. ޒާރާ ނަގާ އޭނަގެ އަތުގައި ހިފައިގެން ގޮސް މާއިޝް ނުކުތީ މާއިޝްގެ ކޮޓަރި ހުންނަ އެޕާޓް މަންޓް އަށެވެ. މީހެއްގެ ހިލަމެއް ނުވާތީ އެތެރެ ވަނީ އެއްކޮށް ހަމަ ހިމޭން ވެފައެވެ. އެޕާޓްމަންޓް ގެ ދޮރު ތަޅުލައި މާއިޝް ޒާރާއާއި ދިމާއަށް މަޑު މަޑުން އަންނަން ފެށިއެވެ. މާއިޝް ޒާރާ ކައިރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޒާރާ ފަހަތަށް ފިޔަވަޅު ނަގައެވެ. އެންމެފަހުން ޒާރާގޮސް ޖެހުނީ ފާރެއްގައެވެ. ކުރިމަތީގައި ހުރީ މާއިޝް އެވެ. ދާނެ ދިމާއެއް ނޭނގި ހުރެވުނީއެވެ. މާއިޝްގެ ހޫނު ނޭވާ ޒާރާގެ މޫނަށް އެޅޭހާ ކައިރިއަށް މާއިޝް ޖެހުނެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ދެން ކަންތައް ކުރާނެ އިތުރު ގޮތެއް ނެތީމައެވެ. އިރުކޮޅަކު އެހެން ހުއްޓާ އިހްސާސް ކޮށްލެވުނީ ދުވަހަކު ކޮޅުންވެސް އޭނަ ކުރަން ބޭނުންވި ކަހަލަ އިހްސާސެއް ނޫނެވެ. މާއިޝް ގެ ތުންފަތް ޒާރާގެ ތުންފަތުގައި ޖެހުނެވެ. އަދި މާއިޝް އުފާ ހޯދަމުން ދިޔަ އިރު ޒާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހިތް ފުރޭ ވަރު ވުމުން ޒާރާ ދާން ތަން ދެއްކި އެވެ. އޭރު އެފަކީރު ހުރީ ރޮއެ ރޮއެ ހަލާކު ވެފައެވެ. މާއިޝް އެވަރުގެ ކަމެެއް ކޮށްފާނެ ކަމަކަށް ދުވަހަކުވެސް ޒާރާ ހިތަކަށް ނާރައެވެ. ބިންމަތީގައި އޮތް ހެދުން ލައިގެން ޒާރާ އުޅޭ އެޕާޓްމަންޓްއަށް ދިޔަ އިރު ދެން ތިބި ކުދިން ޒާރާ ނުފެނިގެން ހާސްވެފައި ތިއްބެވެ. އެއްވެސް މީހަކަށް ބެލުމެއް ނެތި ކަރުނަތަށް އަތުގެ ނުފުށުން ފުހެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ކޮޓަރީގަ މަޑު ކުރުމެއް ނެތި ފާހަނައަށް ވަދެ ދޮރު ތަޅުލާ ފެންމާ ގަނޑު ދޫކޮށް އޭގެ ދަށުގައި ހުރެ ރޯން ފެށިއެވެ.. އެވާހަކަތަށް ހިއްސާކުރާނީ ކާކާ ހެއްޔެވެ. މާއިޝް އެވާރު ކަމެއް ކޮށްފާނެކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ.

އެންމެން ކައި ނިމުނު އިރުވެސް ޒާރާ ފާހަނައަކުން ނުނުކުމެއެވެ. ވީރާ ހާސްވާން ފެށިއެވެ. ދެން ތިބި ކުދިން އެކުދިންގެ ކޮޓަރިއަށް ވަދެ ދޮރުވެސް ތަޅު ލައިފިއެވެ. ފާހަނަ ދޮރުގައި ޓަކި ދެވުނު އަދަދެއްވެސް ވީރާ އަކަށް ނޭނގެއެވެ. ބޮލުގެ އިސްތަށިގަނޑު ގައި ހިފަހައްޓައިގެން ވިސްނަން ހުއްޓާ ފޯނަށް މެސެޖެއް އައެވެ. ފޯނު ނަގާ ބަލާލި އިރު ކައިލާން އެވެ. “ދޮންތަގެ ވާހަކަ ބުނަންވީބަ؟ އޭނަ އަށް ހެލްޕެއް ވެވިދާނެ ކަންނޭނގެ” އަމިއްލަ ނަފްސާއި ވާހަކަ ދައްކަން ހުރެފައި ވީރާ މެސެޖެއް ލިޔެފައި ކައިލާން އަށް ފޮނުވާލީއެވެ. މެސެޖް ސީން ކުރިތާ އިރުކޮޅެއް ފަހުން ގޭގެ އެޑްރެސް ފޮނުވާށޭ ބުނެ ކައިލާން ގުޅާލިއެވެ. ވީރާ ގޭގެ އެޑްރެސް ކައިލާން އަށް ފޮނުވިއެވެ. ދިހައެއް ޖަހާ ބޮޑު ވީއިރުވެސް ޒާރާ ފާހަނައިން އެއް ނުނުކުމެއެވެ. ތަޅުދަނޑިން ފާހަނަ ދޮރު ގުޅުވަން އުޅެނިކޮށް އަނެއްކާވެސް ކައިލާން ގުޅިއެވެ. ބޭރުގަ ކަމަށް މިހުރީ ބުނުމުން ފައިވާނަށް ވެސް ނާރާ ގޮސް ދޮރު ހުޅުވާލިއެވެ. ކައިލާންގެ ކައިރީގައި އަށާރަ އަހަރަށް ދާ އަންހެން ކުއްޖަކު ވެސް ހުއްޓެވެ. އެހެން ކަމަކާ ވިސްނާ ވަރަށް ވުރެ ވީރާ ހުރީ އޭނާގެ ދައްތަ ނުނުކުމެގެން ކަންބޮޑު ވެފައެވެ.

ވީރާގެ ފަހަތުން ކައިލާން ގޮސް ވީރާމެންގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްފައި ހުރި އަޑު އިވެއެވެ. “ކިހާ އިރެއްވެދާނެ ފާހަނައަށް ވަން ފަހުން” އެ އަންހެން ކުއްޖާ އޯގާތެރިކަމާއި އެކު ވީރާގެ ބޮލުގައި ފިރުމާލިއެވެ. “އަވާއެއް” މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފޭބިއެވެ. ކައިލާން ގެ ގޮތުގައި ރިއްސާލިއެވެ. ވީރާ އެނދުމަތީގައި ބޭންދުމަށް ފަހު ވީރާގެ ގައިގަ ވަރަށް ލޯބިން ބައްދާލިއެވެ. އެ އަންހެން މީހާ ފާހަނަ ތަޅުދަނޑި ދިނުމަށް އެދުމުން ވީރާ އަތުގައި އޮތް ތަޅުދަނޑި ފަތި ދިއްކޮށްލިއެވެ. ކައިލާން ގާތު ނައުމަށް އެދުނެވެ. އަދި ވީރާ ހަމައަކަށް އެޅުވުމަށް ވެސް އެދުނެވެ. އެ އަންހެން މީހާ ކުޑަ އިރުކޮޅަކު އެހެން ހުރެފައި ތުވާއްޔެއް ދިނުމަށް އެދުނެވެ. ގާތުގައި އަޅުވާފައި އޮތް ތުވާލި ނަގާ އެ އަންހެންމީހާއަށް ކައިލާން ދިއްކޮށްލި އެވެ. ފެން މާގަނޑު ބަންދުކޮށްފައި ކައިލާންގެ އަތްދަނޑި މައްޗަށް ލައިގެން ޒާރާ ނެރުނެވެ. އޭރު ޒާރާ ވަނީ ފިނިވެގެން ގޮސް ހޭ ނެތިފައެވެ. ވީރާގެ ހަބަރު ހުސްވި ޒާރާ އެހާލުގައި އޮއްވާ ފެނުމުންނެވެ. ކައިލާން ޔޫހަން އަށް ގުޅާ އެގެއަށް ގެނައެވެ. އަދި އެންބިއުލާންސް ގައި ދެބެއިން ހޮސްޕިޓަލަށް ގެންދެވުނު އިރު 11:30 ވެބޮޑުވެއްޖެއެވެ.

≈ ނުނިމޭ ≈

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

ލޮތްބަށްޓަކައި 1

Next

ވަރުދާ – 9

Next
July 2, 2021

ވަރުދާ – 9

Previews
July 1, 2021

ލޮތްބަށްޓަކައި 1



All Right Reserved!