ޔޫލީން ބޭސް ނަގަން ދަނީ ކަމުގައި ބުނުމުން ޔޫލީންގެ ފަހަތުން ޔޫމިން ގޮސް ވަނީ އެތާ ކައިރީ ހުރި ބުކްޝޮޕަށް އޭ4 ގަނޑު ގަންނާށެވެ. އެ ވަގުތު ވީ އިޔާޝް އާއި އީރަމް އެކަނި ވީ ވާގުތަކަށެވެ. ދެމީހުންގެ މެދުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. “އަހަރެން!..” “އަހަރެން!..” ދެމީހުންނަށް ބުނެވުނީ އެކު އެކީގައެވެ. ދެމީހުންގެ ގާތަށްވެސް ހިނި އައެވެ. “ބުނެބަ” އިޔާޝް އީރަމްގެ މޫނަށް ބަލާލިއެވެ. “އަހަރެންނަށް ވަރަށް….” “ހިނގާ ދާން” އީރަމް ބުނަން އުޅުނު ވާހަކަ މެދު ކަނޑާލީ ޔޫލީން އެވެ. އިޔާޝް އާއި ދިމާއަށް ބަލާލާފައި ފަހުން ބުނާނަން ކަމުގައި ބުނެ ޔޫލީންގެ ފަހަތުން ހިނގައި ގަތެވެ.
* 6 ވަނަ ބައި *
“ރެޑީ” ޔޫހަން އުލެއް ނަގާ ރަހަބަލާލިއެވެ. “އޯ އެމް ޖީ! ޑިލިޝިއަސް” ޒާރާ ހިނިތުންވުމެއް ރައްދުކޮށްލަމުން ތައްޓަކަށް ނޫޑުލިސް ނަގާ ހަނާ މުދައްރިސް އަށް ގޮވާލިއެވެ. “ކޮން ކުއްޖެއް ކެއްކީ؟” ރަހަ ބަލާފައި ހަނާ ޔޫހަން އާއި ޒާރާގެ މޫނަށް ބަލާލިއެވެ. “އަޅުގަނޑު” އިސް ޖަހާލައިގެން ހުރެ ޒާރާ ބުނެލިއެވެ. “ވަރަށް މީރު. ދެކުދިން ލައިގެން އުޅޭ އަސުރު ނަމާދު ކުރަން ވާއިރަށް ފެންވަރާލަން ދެން” ހަނާ ޒާރާގެ ގައިގައި މަޑު މަސް ޖަހާލާފައި އެތަނުން ދިޔައެވެ. “އައި ޓޯލްޑް ޔާ އިޓްސް ޑިލިޝިއަސް” ޔޫހަން އެއްލޯ ކަފި ކޮށްލިއެވެ. ޒާރާ ނުހޭން ހުއްޓާވެސް ހެވުނެވެ.
ޔޫލީން ބަދިގެއަށް ވަނީ ބަނޑުހައިވެގެން ކެތް ނުވެގެންނެވެ. އޭރު މޭޒުމަތީގައި ހުރި ދެތަށި ސޫޕަށް ހުރީ ހިނި އަރާފައެވެ. ފުރަތަމަ ތަށިތައް ދޮވެފައި ޔޫލީން ބަނަހެއް ހެދިއެވެ. އީރަމް އަށް ކާން ގޮވާ ގޮވާ ވެސް ނުނިކުތެވެ. ޔޫލީން ފޯނު ނެގީ ވީރާގެ މެސެޖެއް އައިސް އިންދާ ފެނުމުންނެވެ. މެސެޖް ކިޔާލި ވަގުތު ޔޫލީން އަށް އަނގަ ހުޅުވާލެވުނު ގޮތަށް ލައްޕަން ނޭނގިފައި އިނެވެ. “ތި އަނގައަށް މެއްސެއް ވަދެދާނެ” ޔޫލީންއަށް ހަމަ ބިމަށް އާދެވުނީ ޔޫމިންގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. ޔޫލީން އަށް ބޯ ކަހާލެވުނެވެ. “އީރަމް ކޮބާ؟” ގޭތެރެއަށް ޔޫމިން ނަޒަރު ހިންގާލި އެވެ. “ކޮޓަރީގަ. ގޮވަންވީތަ؟” ޔޫލީން ގޮނޑިން ތެދުވިއެވެ. “އުނހު އައިވިލް ގޯ” އެހެން ބުނެ ޔޫމިން ގޮސް އީރަމްގެ ކޮޓަރީގެ ދޮރުގައި ތަކި ދިނެވެ.
ނުހާޝް އަށް ހޭލެވުނީ ފޯނު އެލާމް ވާ އަޑަށެވެ. އޭރު ރޭގަނޑު ނުވައެއްވެސް ޖަހާ ބޮޑު ވެއްޖެ އެވެ. ބޮލުގަ ރިހުން ކުރިއަށް ވުރެ ކުޑަ ވެފައި ހުރި ނަމަވެސް ނުހާޝް ކުރިއަށް ވުރެ ރަނގަޅެވެ. ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނުހާޝް ނުކުތީ ކާއެއްޗެއް ބަނޑަށް ލާށެވެ. ބަދިގެއަށް ވަން ވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީގަ މަތިޖަހާފައި ހުރި ތައްޓެކެވެ. “ނުހާޝްބެއަށް” ޖަހާފައި އިނުމުން އެއީ ނުހާޝް އަށް ވީ އެއްޗެއްކަން އެނގުނެވެ. ތަށީގެ މަތި ނެގި އިރު އޭގައި ހުރީ ބިރިޔާނީއެވެ. އަތް ދޮވެލައިގެން އައިސް އަވަހަށް ކާން ފެށިއެވެ.
ވީރާ މެސެންޖާ ހުޅުވާލީ ޔޫލީންގެ މެސެޖެއް އައިސްފައި އިނުމުންނެވެ. ޒާރާ ވަޓްޕެޑް ހުޅުވާ އިނީ ވާހަކައެއް ކިޔާށެވެ. ހުސްވަގުތެއް ވީމަ މަނާލް މެސެޖް ކޮށްލީ ނުހާޝްއަށެވެ. “ދޮންތީ!” ވީރާހާސްވެފައި ހުރެޒާރާ އަށް ގޮވާލިއެވެ. “ވީއްކޮ! ހަމަ ޖެހިބަލަ އިހަށް” ޒާރާ ބެލީ ވީރާ ހަމައަކަށް އެޅުވޭތޯއެވެ. “އީއް.. އީއްކޮ.. އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައީ އޯ މިއަދު” ވީރާގެ ޖުމްލަ ފުރިހަމަ ވީ އިރު ލޮލުން ހޯސް ލައިފާ ކަރުނަ އޮހިގަތެވެ. އަމިއްލަ ކޮއްކޮއެއް ފަދައިން ދެކެމުން އައި އީރާ ބަލިވުމުން އެ ދެބެއިންގެ ހިތަށް ކެތް ނުވީއެވެ. ޒާރާ ވަޓްޕެޑް ނިވާލާ އީރާމްގެ ފޯނަށް ގުޅާލިއެވެ. ފަސް ފަހަރު ގުޅުމުންވެސް ފޯނެއް ނުނަގައެވެ. އެންމެ ފަހުން ޔޫލީން އަށް ގުޅުމުން ޔޫލީން ފޯނު ނެގިއެވެ. “އީއްކޮއަށް އޮތީ ނިދިފަ” ޔޫލީން އެނދުމަތީގައި އޮށޯވެ ވާހަކަ ދެއްކިއެވެ. “ކީކޭ ޑޮކް ބުނީ” ޒާރާ ހަމައަކަށް އެޅީމިހާދު އިރާގެ ހާލު ރަނގަޅުކަން އެނގުމުންނެވެ. މާދަމާ ގެއަށް ގޮސް އެވާހަކަ ދައްކާނަން ކަމުގައި ބުނެ ފޯނު ކަނޑާލި އެވެ.
ކައިލާން ހެޑްސެޓް އަޅައިގެން އޮތީ ޕަބްޖީ ކުޅޭށެވެ. ކައިރީގައި އޮތް ޔޫހަން އޮތީ ކައިލާން ޕަބްޖީ ކުޅެން އޮތް އިރު ކައިލާން ދައްކާާހާ ވާހަކައެއް އަޑު އަހާ ހޭށެވެ. ކައިލާންގެ ޓީމުގައި އަންހެން ކުއްޖަކު އިނިތީ ކައިލާން ބެލީ ފޮނި ކެނޑޭތޯއެވެ. “ކައެ ނުހީ އަރާބަލަ” ކައިލާން މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ޔޫހާން ވެސް ހެޑްސެޓް އަޅާ ޕަބްޖީ ހުޅުވާލިއެވެ. އަދި ކައިލާން ކުޅެން އިން މެޗް ނިމެންދެން ސްޕެކްޓޭޓް ކުރަން އޮތެވެ. ދެތިން މިނެޓް ވެސް ނަން ނުބުނެ ގޭމު ކުޅެމުން ދިޔަ އެވެނި ހަމަ އެކަނި އެނގުނުހާވެސް އެއްޗަކީ އެ ދެ އަންހެން ކުދިންގެ އުމުރާއި ޔޫހަންް މެންގެ އުމުރަކީ 16 ކަމެވެ.
އީރަމް އަށް ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖެހި ފަހުންނެވެ. އެހާ ލަހުން ހޭލެވުމުންވެސް އީރަމް އެންމެ ފުރަތަމަވެސް ދިޔައީ ފެންވަރައިގެން ނަމާދުކޮށްލާށެވެ. ނަމާދު ކޮށްގެން ނުކުތް އީރަމް ހުއްޓުން އެރީ ގޭތެރެ ސޯފާގައި އިން މީހާ ފެނުމުންނެވެ. ޔޫލީން ހެނދުނު ހެނދުނާ ހޭލާ ސައި ތައްޔާރުކޮށްފައި ދިޔައީ އީރަމް އޭރު ނިދާފާ އޮތުމުން ނެވެ. އަތިރިމަތިން ޔޫލީންގެ ކުލާސް ޝަރާ ފެނުމުން ދެމީހުންވެސް ތިބީ ބޮޑު ވާހަކައިގަ ޖެހިފައެވެ.
ޔޫހަން ދަބަސް ޕެކުކޮށްގެން ނުކުމެ ދަބަސް ގޮނޑި މަތީގައި ބައިންދާފައި ގޮސް ދެންތިބި ކުދިން ނާއި އެކު ހޯލު ތެރެ ސާފު ކުރަން ފެށިއެވެ. “އޭ! ހާދަ ހެވިފަ” ކައިލާން ހީ ގަނެގެން ހުރުމުން ޔޫހާން އެއްސެވެ. “އައި އެން އިން ލަވް” ހިތާއި ދިމާލު މޭ މަތީގައި ކައިލާން އަތް އަޅާލިއެވެ. “ރޭގަ. ކައެ ނިންމާލި ތަނާ ރޯޔަލް ލޭޑީ ވެސް ދިޔައީ ދެން އިނޭނުން މަންޖެއެއް އެމަންޖެ މައިކް އޮން ކޮށްގެން ވާހަކަ ދެއްކީ އެވެސް ނޮކް ވީމަ” ޔޫހަން ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ. “ދެން ލޯބި ވީ ކާކު ދެކެ؟” ޔޫހަން އިރުކޮޅަކު އެހެން ހުރެފާ އެހިއެވެ. “އެކުއްޖާ ދެކެ. ދެން ތި ވާހަކަ ފަހުން ދައްކާނީ ހިނގާ ދާން ގެއަށް ދާން. އެންމެން އެއޮއް އުޅެނީ ދަބަސް ހިފައިގެން” ކައިލާން ބެލީ އެވާހަކަ ނުދައްކާވޭތޯއެވެ.
ޔޫމިން ގޭތެރޭގައި ފޫހިވެގެން އެނބުރެނިކޮށް އޭނަގެ ބައްޕަ އަހްމަދު އައިސް ވަނެވެ. “އަނހަ ދަރިފުޅާ!” ޔޫމިން ދުވެފައި ގޮސް އަހްމަދުގެ ގައިގާ ބާރަށް ބައްދާލިއެވެ. އަމިއްލަ ބައްޕަ ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދިމާވުމުން ޔޫމިން ގެ ލޮލުން ކަރުނަ ނިރާލިއެވެ. އެވަގުތު ވީ ޔޫހަން ވެސް އައިސް ގެއަށް ވަން ވަގުތެވެ. “ބައްޕާ. ކޮން އިރަކު އައީ؟” ޔޫހާން ވެސް އުފަލުން ފޮޅުނެވެ. “ހަމަ އައިސް ވަނީމި. ކޮބާ މަންމަ؟” އަހްމަދު ދެކުދިންގެ އަތުގައި ހިފައިގެން ވަދެ ސޯފާގައި އިށީނެވެ. “މަންމާ!” ޔޫމިން ފުންމަމުން ފުންމަމުން ގޮސް މިންހާއަށް ގޮވާލިއެވެ. “އާދޭ ސައިބޯން” މިންހާ އަހްމަދުގެ ދަބަސް ކޮޓަރިއަށް ލައިފާ އައިސް ޔޫމިން އާއި އަހްމަދު އާއި އެކު ސައި ބޯން އިށީނެވެ. ޔޫހަން އައީ ސައި ބޮއެގެން ކަމަަށް ބުނެ ކޮޓަރިއަށް ވަނީ ތާޒާ ވެލަންށެެވެ.
“ދޮންތީ!” އީރަމް އަލުވި ކޮށަން އިނދެ ޒާރާ ފެނުމުން ގޮވާލިއެވެ. “މިހާރު ބަލިގަނޑު ކިހިނެއް؟” އީރާމްގެ ބޮލުގައި ވަރަށް ލޯބިން ޒާރާ ފިރުމާލިއެވެ. “ވަޓް! ކޮއްކޮ ބަލި ވާހަކަ ނުވެސް ބުނޭ” ޒާރާ ސިއްސައިގެން ދިޔައީ މާއިޝްގެ އަޑު އިވުމުންނެވެ. އޭނައަކަށް އެތާ އީރަމްގެ އިތުރުން މީހަކު އިންކަމެއް ނޭނގެއެވެ. “ދެން ދޮންބޭ! މާ ހުން ގަދަވެގެން އަނބުރައިގަތީއޭ. މިހާރު އަހަރެން ހަމަ ފިޓް އޭ” އީރަމް ބެލީ އޭނަގެ ދޮންބެ އަށް ހުރިހާ ވާހަކަ އެއް ކިޔައިދެވޭތޯއެވެ. “ފެންވަރައިގެން ރެސްޓް ކޮށްލަން އިނގޭ މިދަނީ” އީރާމްގެ ކޮލުގައި ހިނގާލާފައި ދަބަސް ހިފައިގެން ޒާރާ ގޮސް ކޮޓަރިއަށް ވަދެ ދަބަސް ބެހެއްޓިއެވެ.
އިޔާޝް ޓީޝާޓެއް ލައިގެން ނުކުތީ ޔޫމިންގެ ގެއަށް ގްރޫޕް ސްޓަޑީ ހަދަން ދާށެވެ. ދަބަހަށް ހިސާބު ފޮތާއި އެކައުންޓް ފޮތް ހިފައިގެން ނުކުމެ އެގެއަށް ދާން ހިނގައި ގަތެވެ. ދިޔަ މަގުމަތީގައި ކައިރި ފިހާރައަކުން ބަބްލީ ޗޮކްލެޓް އަކާއި މައިލޯ ޕެކެޓެއް ގަނެގެން ނުކުތްވަގުތު އެދުނީ ޔޫލީންގެ ކުރިމައްޗަށެވެ. “އިޔާޝް ކޮންތާކަށް؟” ޔޫލީން އިސްވެ ވާހަކަ ދައްކަން ފެށިއެވެ. “ޔޫއްޓެ ގެއަށް ކިޔަވަން” ޗޮކްލެޓް ކަނޑާ އޭގެއިން ދެބައި ޔޫލީން އަށް ދިނެވެ. “ޔޫއްޓެ އަކީ ކާކު؟” ޔޫލީން އަށް އެއީ ކާކުކަމެއް ނޭނގުމުން އަހާލިއެވެ. “ޔޫމިން އޭ އެއީ” އިޔާޝް ހިނިގަނޑެއް ޖަހާލިއެވެ.
ޔޫހަން އެނދުމަތީގައި އޮށޯވެ ޕަބްޖީ ހުޅުވާލީ އިތުރު ކަމެއް ކުރަން ނެތީމައެވެ. އޭރު ކައިލާން، ކުއީން ބީ ، ރޯޔަލް ލޭޑީ ގެ އިތުރުން ޔޫހަންގެ އިތުރު ރައްޓެހިންވެސް އޮންލައިންގަ ތިއްބެވެ. ކައިލާން ސްކުއަޑް އަށް އިންވައިޓް ކުރުމުން އެކްސެޕްޓް ކޮށްލިއެވެ. ހެޑްސެޓް އަޅާ އެނދުގެ ފަޑީގައި ލައްގަނެ ލިއެވެ. އޭރު ކުއީން ބީ މައިކް ޖައްސައިގެން ކައިލާން އާއި އެކު މާ ފޮޅު ވަނީއެވެ. ޔޫހަން މައިކް ޖައްސާ ކައިލާން އާއި ޖެއްސުން ފެށިއެވެ. “އޭ ބުރޯ. ނަން ނޭނގޭ ކުއްޖަކާއި އެކީ ތި މާފޮޅުވަނީ” ޔޫހަން ހިނިގަނޑެއް ޖަހާލިއެވެ. “ޔޫހަން ދޯ ކިޔަނީ” ޓީމް ޗެޓްގައި ރޯޔަލް ލޭޑީ އެހެން ލިޔުމުން ކައިލާން ކިޔާލިއެވެ. ކައިލާން އަދި ޔޫހަން ދިޔައީ ސިއްސައިގެންނެވެ. ރޯޔަލް ލޭޑީ އަށް ޔޫހަން އެނގުނީމައެވެ.
ޔޫމިންގެ އެނދުމަތީގައި އޮތް އިޔާޝްގެ ފޯނު ރިންގް ވުމުން ޔޫމިން ފޯނު ނަގާ ބަލާލިއެވެ. އިޔާޝް ގެއަށް އޭނަގެ ލެޕްޓޮޕް ބަލާ ދިޔައީ ހަނދާން ނެތި ފޯނު ބާއްވާފައެވެ. “އަހަރެން ވަރަށް ލޯބިވޭ އިޔާޝް ދެކެ” އެމެސެޖް އައިސްފައި އިނީ “ލަވް” ޖަހާ ސޭވް ކޮށްފައި އިން ނަންބަރަކުން ނެވެ. ޔޫމިން އަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެއީ ކާކު ނަންބަރެއް ތޯ ބަލަން އޭނަ ބޭނުން ނުވީ އެކުވެރިޔާ ރުޅި އައިސްދާނެތިންނެވެ. “އޭތް! ކައެ މަ ފޯނު ހިފައިގެން ކީއް ކުރާނީ” ލެޕްޓޮޕް އެނދުމަތީގައި ބާއްވާފައި ޔޫމިން ގެ އަތުގައި އޮތް ފޯނު ނެގިއެވެ. އަދި އޭގެއަށް އައިސް ފައި އިން މެސެޖް ކިޔާލިއެވެ. މި ހަގީގަތް ބާއޭ ވެސް އިޔާޝް ގެ ހިތަށް އެރިއެވެ.
≈ ނުނިމޭ ≈
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

