Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ********(4)

DESTINY2020 Level 210 Stories
July 21, 2015 3 Mins Read
7 Comments

އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަނިކޮށް ފޯނަށް މިސްކޯލެއް އައެވެ. ބަލާލިއިރު، ގުޅާފައި އިނީ ޝުދޫއެވެ.
” ހާދަ ނުވަގުތެއްގަ ތިގުޅީ؟” އަހަރެން އަވަހަށް ގުޅުމަށްފަހު އަނހާލީމެވެ.
” ދެން ހަމަ އުދަނގޫ ކޮށްލާހިތުން މިގުޅީ؟” ޝުދޫ ހިނިގަނޑެއް ޖަހާލިއެވެ.
” އަދިވެސް އަހަންނަށް އުދަނގޫކުރަނީދޯ. މިހިތުގަ ހާދަ އެބަރިހޭ؟” އަހަރެން ބުނީމެވެ.
” ތިހެން ރިހޭ ހުރިހާ ހިތެއްގެ ރިހުން އަހަންނަކަށް ނުފިލުވޭނެ. އޭ ދެން ބާއި. މިހާރު މާލެދާން ހަތްދުވަހަށްވަނީ. ޔިއްޕީ. ޔިއްޕީ. މާލެދެވެނީ..” ޝުދޫ ހީވަނީ އުފަލުން ފުމޭ ހެނެވެ.

އެހެން ބުނެފައި ޝުދޫ ފޯން ބޭއްވިއެވެ. އަހަރެން ދެވަނަ ފަހަރަކަށް ނުގުޅަމެވެ. އަވަސް އަވަހަށް ރޯޔަލް އާއި ދިމާލަށް ދިޔައީއެވެ. އިމާންއަށް ލަސްވެއްޖެއްޔާ މާގޯސްވެދާނެއެވެ. އިމާންވެސް އުޅޭނީ ވަރަށް ބިޒީކޮށެވެ. ރޭގަނޑުގެ ނުވައެއްގެ ފަހަކީ އިމާންގެ އެންމެ ބާރު ބޮޑު ގަޑިއެވެ. އިމާންގެ އަތުން ގިނަ ގިނައިން ކޮފީއެއް ނުލިބުނަސް، ދޭތެރެއަކުން ލިބޭކަންވެސް އެއީ ނަޞީބެކެވެ. ލިބޭއެއްޗެއް ދޫކޮށްލާކަށް މިޒަމާނުގައި ނުވާނެއެވެ.

އަހަރެން ރޯޔަލްގެ ތެރެއަށް މަޑުމަޑުން ވަނީމެވެ. ދެން މައްޗަށް އަރަން ހުންނަ ސިޑިން މައްޗަށް އެރުމަށް ފަހު އިމާން އަށް ގުޅާލީމެވެ.

” މިތިބީ. މިތިބީ. ކުރިމައްޗަށް ބަލާލަބަލަ.” އިމާން ހުރީ އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ހުރި މޭޒުގައެވެ.
” އޯ.ކޭ.” އަހަރެން ފޯން ބޭއްވީމެވެ.

އަހަރެން މަޑުމަޑުން އިމާންގެ ކައިރިއަށް ދިޔައީމެވެ. އޭރު އިމާންގެ ގާތުގައި އަންހެން ކުއްޖަކުވެސް އިނެވެ. އަހަރެން ގޮސް މަޑުމަޑުން ގޮނޑި ދުރުކޮށްލުމަށްފަހު އިށީނީމެވެ. އޭރުވެސް އަހަންނަށް ބަލާފައި އިމާން ކުޑަކޮށް ހެނީއެވެ.

” ހާދަ ގޮތަކަށް ތިހެނީ؟” އިމާންއަށް ބަލާލާފަ އަހަރެން ބުނީމެވެ.
” މީދީ ޝިފާ. މަގޭ ހިތުގެ ޝިފާ.” އިމާންޝިފާއާއި ދިމާލަށް އިޝާރާތްކޮށްލަމުން ފަޚުރުވެރި ރާގަކަށް ބުނެލިއެވެ.
” ހަމަ އަސްލުވެސްތަ؟ ވަރަށް ރީތި ޝިފާ. މިހާރު ޤަބޫލުކުރަން އިމާން ކާމިޔާބުކަން.” އަހަރެން އިމާން މޮޅު ކޮށްލީމެވެ.
” ކޮން ނަމެއްތަ ކިޔަނީ؟” ޝިފާ އަހަންނަށް ބަލާލަމުން މަޑުމަޑުން އަނހާލިއެވެ.
” ޢާޒިމް.” އަހަރެން ބުނީމެވެ.
” ސަޅި ނަމެއް އިނގޭ.” ޝިފާ ހިނިތުންވެލަމުން ބުނެލިއެވެ.
” އަސްލުވެސްތަ؟ އަދި ކިރިޔާ އަލަށް މިދިމާވީ އަހަރެންގެ ނަންރީތިވި އަންހެން ކުއްޖަކާ. އެކުއްޖަކަށް ޝިފާ ކަހަލަ ރީތި ކުއްޖަކޫވީތީ އުފާވެސް ކުރަން. ޝިފާ މާލޭގަ ކީއްތަ ކުރަނީ؟” އަހަރެން ޝިފާއާއި ވާހަކަ ދައްކަން ފެށީމެވެ.
” ކިޔަވަނީ. ދެން މިޢުމުރުގަ ކީއްތަ ކުރާނީ؟” ވަރަށް ރީތިކޮށް ޝިފާ ބުނެލިއެވެ.
” ޝިފާ އަކީ ކިޔާވާކުއްޖެއް އިނގޭ. ވަރަށް ބަލައިގެން ވާހަކަ ދައްކާތި. މީ ވަރަށް ބަސްވެސް އަނހާކުއްޖެކޭ. ދޯ ޝިފާ.” އިމާން ޝިފާ ކޮނޑުގައި ކޮނޑު ޖައްސާލަމުން ބުނެލިއެވެ.
” ހޫނ. ކިޔަވައިގެނެއްނު ފަހުން ފައިދާ ކުރާނީ؟” ޝީފާ ބުނީ ތެދެކެވެ.
” ތިވަރު ނޭނގޭ ކުދިންވެސް، ކިޔަވަން އުޅޭނީ އަހަރެން ދެރަވަނީ؟” އަހަރެން ބުނީމެވެ.
” ތިބުނީ ޝުދޫގެ ވާހަކަދޯ. ދެން އޭނަމަތިން ހަނދާން ނައްތާލަބަލަ.” އިމާން ބުނެލިއެވެ.
” ތިކަން ނުވެގެން މިއުޅެނީ؟ ތިކަން ވާނީވެސް އިމާންމެންވެސް އެހީއެއް ވާނަމައެއްނު. ޝިފާކަހަލަ ރީތި ކުއްޖަކު އަހަންނަށްވެސް ހޯދަދީބަލަ.” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.
” އޭ. އަހަރެން ދަނީ އިނގޭ. ބޭބެ އެބަހުރި ތިރީގަ އަހަރެން ބަލާއައިސް.” ޝިފާއަށްއައި އެސް.އެމް.އެސް ކިޔާލުމަށްފަހު އަވަސްއަވަށް ތެދުވަމުން ބުނެލިއެވެ.
” މައްސަލައެއްނެތް. ވަރަށްބޮޑަށް ޝުކުރިއްޔާ.” ޝިފާއާއި ސަލާމް ކޮށްލަމުން އިމާން ބުނެލިއެވެ.
” އަދި ފަހުން ދިމާވާނެ އިނގޭ. ބާއީ.” އަހަންނާއި ދިމާލަށް އަތްހޫރާލަމުން ޝިފާ ބުނެލިއެވެ.

ޝިފާ ދިއުމުން އަހަރެމެން ދެމީހުން ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިބީމެވެ. އިމާން ހުރީ އުފަލުން ފޮޅިފައެވެ. ޝިފާއާއި އެއްމޭޒަށް އެރުވުނުކަމަށްޓަކައެވެ. އިމާންގެ މޫނުމަތިން އަހަންނަށް އެކަން ވަރަށް ރަނގަޅަށް ސާފްވިއެވެ. އަހަރެންގެ އެހާ އުފަލެއްނުވެއެވެ. ދެކެން ބޭނުންވާ މޫނު ދުވަހަކު ކޮޅުންވެސް ފެނުމުގެ އުންމީދެއް ފެންނަން ނެތުމުންނެވެ.

” ހާދަ ރީއްޗޭދޯ ޝިފާ. ޝިފާ ކިޔަވާ ނިމުމުން އިންނަންވީނު.” އަހަރެން އިމާންއަށް ޚިޔާލެއް ދިނީމެވެ.
” އައްޗި. ތިކަމެއްނުވާނެ.” ފާޑަކަށް އަނގަ ހަނދާލަމުން އިމާން ބުނެލިއެވެ.
” ކީއްތަ ވީ؟ އެކަހަލަ ރީތި އަންހެން ކުއްޖެއްގެ އަތުގަ ހިފާލަން ލިބޭނީވެސް ނަޞީވެރިޔަކަށްހެން އަހަންނަށް ހީވަނީ. އެނަޞީބު ދޫނުކޮށްލައްޗޭ.” އަހަރެން ބުނީމެވެ.
” އެއީ ނަޞީބެއްނޫން. ބަދު ނަޞީބު. އެއީ ހުސް ދަޅަ. ލަވައެއްގެ ބުނާ އަޑުއަހަންތަ އަލިކަމެއްގައި ހަމުގަ ހުއްޓަސް، ގިނަވުމުން ބޭނުންނެތިއްޖޭ. އެއީ އެކަހަލަ ކުއްޖެއް. އެއީ ހުސްދަޅަ. އަހަރެން އެދަޅައަކަށް ނުހެއްލޭނަން. އަހަރެން ބޭނުންވާ ކަންތައްތައްވެ ނިމިއްޖެ. ޝިފާޔާއި އިނދެގެން ދިރިއުޅުމެއް ނުފެންނާނެ. ދެން ތަފްޞީލަކަށް ނުދެވޭނެ. ތީ ކުޑަކުއްޖެއްނޫނެއްނު. މިވަރުން އެނގެންޖެހޭނެ.” އިމާންގެ ވާހަކައިގައިވާ ސީރިއަސްކަން އަހަންނަށް ފާހަގަކުރެވުނެވެ.
” ހަމަ ތެދެއްތަ؟ ހާދަ ދެރައޭދޯ. އަހަރެން ހީކުރީ މޫނުމަތީގައި ހުރި ރީތިކަމާއި ފުރިހަމަކަމާއި އެއްވަރަށް އުޅުމާއި އަޚްލާޤާއި ސުލޫކުވެސް ފުރިހަމަވާނެކަމަށް. އެހެނެއްނުވިދޯ. ހާދަދެރައޭދޯ.” އަހަރެން ބުނީމެވެ.
” އަޅާނުލާ. އެކަހަލަ ކުދިން އުޅޭނީ އެގޮތަށް. އެކަމާއި އަހަރެމެން ވިސްނާކަށް ނުވާނެ. ޝިފާމެންކަހަލަ ކުދިންނަކީ ޕާރޓްޓައިމް ލާވާރސް. އެކަހަލަ ކުދިން މިހާރު ގިނައީ.” އިމާން ހަމަޖެހިލަމުން ބުނެލިއެވެ.
” ދެން ތިވާހަކަ ނުދައްކާ. އިމާން ޝިފާއަށް ވިސްނަދޭން މަސައްކަތްކުރަންވީނު. އޭރުން ޝިފާ
ރަނގަޅުވެދާނެ. އެކަހަލަ ރީތިކުދިން ހަލާކުވާންދޫކޮށްލާކަށްނުވާނެ.” އަހަރެން ބޭނުންވާ ގޮތަކީ އެއީއެވެ.
” ޝިފާ އެހުރީ ހަލާކުވާންވީ ވަރަށް ހަލާކުވެފަ. ދެން ރަނގަޅެއް ނުކުރެވޭނެ. ދުވާ މަހުގެ ނިގުލުގަ އަހަރެން ކިހިނެއްތަ ވަކިހިފަހައްޓާނީ؟” އިމާން ބުނީ ހަމަ ތެދެކެވެ.
” ހިނގާ ދެން ދާން. މިހާރު އެކެއްޖަހަން ކައިރިވަނީ. މާދަމާ އޮފީސްހަށްވެސް ދާން ވާނެއްނު.” އަހަރެން ބުނީމެވެ.
” އޭ މާދަމާ ތަންކޮޅެއް ކުރިން އޮފީހަށް އަންނައްޗޭ. އަހަރެންނަށް އާދެވޭނީ ތަންކޮޅެއް ލަހުން.” ގޮނޑިން ތެދުވަމުން އިމާން ބުނެލިއެވެ.
” އޯ.ކޭ. މައްސަލައެއް ނޯންނާނެ.” އަހަރެން ބުނީމެވެ.

ހެނދުނު ހެނދުނާއި އަހަރެން އޮފީހަށް ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ޝުދޫގެ ވިސްނުންތައް ހިތުގައި ދައުރުވަމުން ދިޔަޔަސް، އެކަމާއި އޮފީސް ގަޑީގައި އެހާ ފުންކޮށް ވިސްނާކަށް އަހަރެން ބޭނުމެއްނޫނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި، ވަޒީފާގެ މާހައުލުގެ ކަންތައްތައް އެއްކޮށްލުމަކީ އަހަރެންގެ އުޞޫލެއް ނޫނެވެ.

އޮފީހުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިމިއްޖެއެވެ. މޯޅިއަކަށް ދެމިލި ވަގުތު ފޯން ރިންގްވާން ފެށިއެވެ.

” ހަލޯ. ކިހިނެއްތަ ޙާލު؟” އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެން ދަންނަ އަޑެއްނޫނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޒީޝާ (ހަތަރުވަނަ ބައި)

Next

އަލްމާޝް 5

Next
July 21, 2015

އަލްމާޝް 5

Previews
July 21, 2015

ޒީޝާ (ހަތަރުވަނަ ބައި)

7 Comments!

  1. Anonymous says:
    July 21, 2015 at 7:34 pm

    haadha kurukoh……… dhn nxt part thankolheh dhigukohlan mashah fennany . ekam story nice

  2. liu says:
    July 21, 2015 at 8:01 pm

    mikahala vaahaka mi sitega publis kuraathyy hama hairaanvey

  3. Shabee says:
    July 21, 2015 at 8:34 pm

    V reethi…shudhoo male ais gulheetha??? It would b grt… 😛

  4. Anonymous says:
    July 21, 2015 at 9:13 pm

    mitha comment kurany liyefa onna story aa beheygothun……… meehunna dhimaalah ehchehi kiyun onnakameh neyngey…….

  5. Sam says:
    July 21, 2015 at 10:02 pm

    Shudhoo aky suhaa baa…?

  6. suha says:
    July 22, 2015 at 12:53 am

    Haadha kurey alhe. Ekam v salhi.

  7. dan da dan says:
    July 25, 2015 at 9:05 pm

    mee kihaa varugadha kameh

Comments are closed.

Next Episodeޝުދޫ…. (5) ވަނަ ބައި←


All Right Reserved!