ޒާރާ ސައި ބޮއެގެން ދަތް އުނގުޅާ ބުރުސް ދަބަހަށް ލިއެވެ. އޭރު ގަޑިން 8:15 އެވެ. ގަޑިޖެހެން 15 މިނެޓަށް ވުމުން ވީރާ އާއި ދެކުދިން ސްކޫލަށް ދާން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި ވީރާ ދެއްކީ ހުސް ކައިލާންގެ ވާހަކަ އެވެ. ކުލާސް ތެރޭ ޕަބްޖީ ކުޅެން އިން ވާހަކައެވެ. ޒާރާ ވަގު ވަގަށް ވީރާގެ މޫނަށް ބަލާލިއެވެ. ވީރާގެ ރުޅިގަދަ މޫނު ފެނުމުން ޒާރާގެ ގާތަށް އައީ ހިންޔެވެ. “ކޮއްކޮ ހާދަ ރުޅިއެއް އައިސްފަ” ޒާރާ ހިނިގަނޑެއް ޖަހާލިއެވެ. “ވައި ވުންޓް އައި ވީ އެންގްރީ. ޑިއުރިންގ ކްލާސް ޓައިމް ހީ ޕްލެއިޑް ގޭމް. ސިސް އަދިވެސް ހެނީތަ” ވީރާ ތުންކޮޅު އޫކޮށްލިއެވެ. ވީރާ ގެ ލޮލުގައި އަޅައިގަތީ ހެމުން ހެމުން ދިޔަ ކައިލާން އެވެ. ވީރާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ޒާރާ ވީރާގެ އަތުގައި ހިފައި ސްކޫލަށް ވަންނަން ދިޔަ ވަގުތު ގޭޓުގެ އަރިއެއްގައި އޮތް ގާ ގަނޑެއްގައި އަޅައިގަނެ ދެމީހުން އެއްކޮށް ވެއްޓެން ދިޔައެވެ. ވީރާ ދެލޯ ތަގުނޑިކޮށް ހަޅޭ ލަވައިގަތެވެ. ޒާރާ އަތް އަމައެކަނި ދެލޯ ބޮޑު ކޮށްލެވުނީއެވެ. ޒާރާ ވީރާ ބަލާލީ އެމީހުންގެ ގައިގާ ހިފެހެއްޓި ފިރިހެން ކުއްޖާގެ މޫނަށެވެ. ވީރާއަށް ދެލޯ ބޮޑު ކޮށްލެވުނީއެވެ. ވީރާގެ ގައިގައި ހިފަހައްޓައިގެން ހުރި ފިރިހެންކުއްޖާ ހުރީ ސީދާ ވީރާގެ ލޮލަށް ބަލާށެވެ. ޒާރާ އަށް ހުރެވުނީ އެ ކުއްޖާގެ މޫނަށް ކަޅިޖަހާެވެސް ނުލާ ބަލާށެވެ. އެ ފިރިހެން ކުއްޖާ ޒާރާ ސީދާ ކޮށް އެތެރެއަށް ވަދެގެން ދިޔައެވެ.
* 5 ވަނަ ބައި *
ހިސާބުގަޑި ކަމުން އިޔާޝް އާއި ޔޫމިން އިނީ ނިދިއައިސްގެން ހަލާކު ވާ ވަރު ވެފައެވެ. ދެމީހުން ތިބެނީ ކައިރީގައި ކަމުން އިޔާޝް ޔޫމިންނަށް އިޝާރާތުން ފޯނު ބަލާލުމަށް އެދުނެވެ. ވާނުވާވައި އިނދެފައިވެސް ޔޫމިން ފޯނު ނަގާ މެސެންޖާ ހުޅުވާލިއެވެ. “އައި ނީޑް ޔުއާ ހެލްޕް. ފަހުން ބުނާނަން ކޮންކަމަކަށް ކަން” ޔޫމިން އިޔާޝް އާއި ދިމާއަށް ބަލާލި އިރު އިޔާޝް އެއްމިޔަކަނުން ހީލައިގެން އިނެވެ. ޓީޗަރު އަންނަން ހެދުމުން ފޯނު އަވަހަށް ޖީބަށް ލިއެވެ. “ޔޫމިން! އިޔާޝް! ގަޑި ނިންމާފަ މިސް އެކީ އެބަޖެހޭ ދާން” އިޔާޝް އާއި ޔޫމިން ހިންދިރުވާލިއެވެ. ދެން ތިބި ކުދިން ތިބީ އެދިމާއަށް ބަލާށެވެ. ކުލާހުގައި ކިޔަވައި ދޭ އެއްޗެހި އަޑު ނާހާ ކޮންމެ ދުވަހަކުވެސް އިޔާޝް އިންނަނީ ކޮންމެސް ކުއްޖަކަށް މެސެޖް ކުރާށެވެ. ނޫނީ ގޭމު ކުޅޭށެވެ.
“ވީއްކޮ! ހާދަ ހާސް ވެފަ” މަނާލް އަށް ވީރާ ހުރި ހާލު ފެނުމުން އަހާލެވުނެވެ. ޒާރާ ވެސް އެވަގުތު ވީރާއަށް ބަލާލިއެވެ. މޫނުމަތިން ހާމައަށް ހާސްވެފައި ހުރި ވަރު ރަނގަޅަށް ފެންނާން ހުއްޓެވެ. ވީރާ އެއްޗެކޭ ނުބުނުމުން ޒާރާ ވީރާގެ އަތުގައި ހިފާލިއެވެ. އަތް ވަނީ ފިނިވެފައެވެ. ޒާރާގެ ހިޔާލަށް އައީ ދެންމެ ވީ ކަންތަކެވެ. އެންމެންގެ ކުރިމަތީ ވެއްޓެން ދިޔަ ވަގުތެވެ. “ހުރިހާ ކުދިން ހަމަ ވެއްޖެތަ؟” ކުލާސް ޓީޗަރު ބުނެލި އަޑު އިވުނެވެ. ފިރިހެން ކުދިންތައް”ޔެސް މިސް” އޭ ބުނި އަޑުވެސް ވީރާއަށް ނީވޭ ކަހަލައެވެ. ނިދާ ވަގުތާއި ނަމާދު ކުރާ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައިވެސް އުޅެން ޖެހޭނީ ހުރިހާ ކުދިން އެކުގައި ކަމަށް ބުންޔެވެ. “ސޯ! ފަސްޓް ވީ ވިލް މޭކް ޕެއާސް. އަ ގާލް އެންޑް އަ ބޯއި. މެންދުރަށް ކައްކަން އިނގޭ އެއީ!” ހުރިހާ ކުދިން ހަމަޖެހި ލުމުން ހަނާ މިސް އެކުދިންގެ އާޓް ޓީޗަރު ބުންޔެވެ. “މިސް އަޅުގަނޑުމެން އެކަނި ޕެއާ ހަދަންތައް؟” ކައިލާން ކޮޅަށް ތެދުވެ އެއްސެވެ. ހަނާ ނޫނެކޭ ބުނުމުން ކައިލާންގެ މޫޑު ބަދަލުވެގެން ދިޔައެވެ. “ފަސްޓް މަނާލް ޝާއިން, ނާއިލާ ޝާން, ވީރާ ކައިލާން, ހުމައިދު ފަޒްލާ، ޒާރާ ޔޫހާން” ގުރޫޕްތައް ކިޔަދިނުމުން ހުރިހާ ކުދިން ވެސް މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
“މާދަމާ ތިކުދިންނަށް ބަންދު ދުވަހެއް އެހެންވީމަ ސްޓާފް ރޫމް ގަ ހުންނާނެ ފޮތްތަށް ހިފައިގެން ގޮސް ބަހާލާ” އިޔާޝް އާއި ޔޫމިން އަށް ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮށްލެވުނީ ދެނެވެ. އީރަމް ބޮލުގަ ރިއްސާތީ ހެލްތު ރޫމްއަށް ދަނިކޮށް އިޔާޝް އާއި ޔޫމިން އޭނާގެ ލޮލުގައި އަޅައިގަތެވެ. “ބެސްޓީ! ބަލީތަ” ޔޫމިން އަށް އީރަމް ފެނުމުން އަހާލެވުނެވެ. އީރަމް އަނގައިންވެސް ނުބުނެ ބޯ ޖަހާލާފައި ހެލްތް ރޫމްއަށް ވަނެވެ. އިޔާޝްގެ ހިތުގައި ރިއްސާލިއެވެ. ކީއްވެގެން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ފޮތްތައް ހިފައިގެން ކުލާހަށް ވަދެ ޔޫމިން އެންމެ ފުރަތަމަވެސް މާދަމާ އަކީ ބަންދު ދުވަހެއްކަން ކުލާސް ކުދިން ގާތު ބުންޔެވެ. އަދި މިއީ މިއަދުގެ ފަހު ގަޑި ކަމުގައިވެސް ބުންޔެވެ. ދަބަހަށް ފޮތްތަށް ހަމަ ކޮށްގެން ޔޫމިން މިސްރާބު ޖެހީ ހެލްތް ރޫމާއި ދިމާއަށެވެ.
ޔޫލީން އީރަމް ގޮވައިގެން ގެއަށް ވަދެ އީރަމް ގާތު އެއްޗެހި ބަދަލު ކޮށްގެން ބަދިގެއަށް އައުމަށް ބުނެ ޔޫލީން ވެސް ގޮސް އެއްޗެހި ބަދަލު ކުރަން ވަނެވެ. އެއްޗެހި ބަދަލު ކޮށްލައިގެން 2 އުރަ ނޫޑުލިސް ނަގާ ފިޔާ ކޮޅަކާއި މިރުސް ކޮޅެއް ކޮށާލިއެވެ. އަދި ވަޅޯ މަސްކޮޅެއް ވެސް އޭގެއަށް ކޮށާލިއެވެ. ފިޔާ ކޮޅު ރަތް ކޮށްލާފަ ނޫޑުލިހާއި ފެން އަޅައިގެން ސޫޕު ހަދާ ކާން ހެދި އިރުވެސް އީރަމްގެ ހަބަރެއް ނުވެއެވެ. ޖޫސް ގިރާފައި ޔޫލީން ގޮސް އީރަމްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ކަމަކު ދާކަށް ނެތެވެ. ފާހަނަ ދޮރު މައްޗަށް ވެއްޓިފައި އެއޮތީ ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ އީރަމް އެވެ. ޔޫލީން އެހީ އަކަށް އެދި ގުޅާނީވެސް ކާކަށް ހެއްޔެވެ. ހާސްވެފައި ހުއްޓާ އީރަމް ގެ ފޯނަށް މީހަކު ގުޅާ އަޑު އިވުމުން ދުވެފައި ގޮސް ފޯނަށް ބަލާލި އިރު “އިޑިއަޓް” ޖަހާ ސޭވް ކޮށްފައި އިން ނަންބަރަކުން ގުޅަނީއެވެ. ފޯނު ނަގާ ޔޫލީން ވާހަކަ ދައްކަން ފެށިއެވެ.
ނުހާޝް ކައިގެން ވަދެ އެނދުމަތީގައި އޮށޯވެލީ ބޮލުގައި ރިއްސާތީއެވެ. ބޭސް ގަންނަންދާން ބޮޑު ކަމަކަށް ވެގެން އޮތީއެވެ. އެހެން އޮއްވާ ނިދުނު އިރެއްވެސް ނުހާޝް އަކަށް ނޭނގެއެވެ. ޔޫމިން ޕަބްޖީ ކުޅެން އިންދާ އިޔާޝް ގުޅަން ފެށިއެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީ އެވެ. އެންމެ ފަހުން އިޔާޝްގެ މެސެޖެއް އައެވެ. “އާޖެންޓް! އީރަމް އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފި. އާދެބަލަ އަވަހަށް” ޔޫމިން އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހިހެންނެވެ. ގޭމު ނިއްވާލާފައި ޓީޝާޓެއް ލަމުން މިންހާ ގާތު އެބައަންނަން ކަމުގައި ބުނެ ދުއްވައިގަތެވެ. ހޮސްޕިޓަލާއި އޭނާގެ ގެ އެތަށް ތަނެއް ދުރެވެ. ދުވެފައި ހޮސްޕިޓަލަށް ދާން ވާއިރަށް ވަރު ބަލިވެގެން ހަލާކު ވާނޭކަން ޔަގީނެވެ.
“ކޯޗެއް ހަދާނީ” ޔޫހަން އެންމެ ފަހުން ޒާރާ އާއި ސުވާލު ކުރިއެވެ. ނޭނގޭ ކަމަށް ބުނެ ޒާރާ ދެކޮނޑު އަރުވާލިއެވެ. ޔޫހަން ދެކޮޅަށް ބޯ ހޫރުވާލީ އޭނާއާއި އެކު ހުރީ ހަމަ އޭނަ ކަހަލަގެ ބޮލު ރޮއްޖެއްކަން އެނގުމުންނެވެ. “ހައު އެބައުޓް ފްރައިޑް ނޫޑްލްސް” ޒާރާ އިރުކޮޅަކު އެހެން އިނދެފައި ބުންޔެވެ. ޔޫހަން އަށް ފްރައިޑް ނޫޑްލްސް އަކީ މީރު އެއްޗަކަށް ވުމުން އެކަމަށް އެއްބަސް ވިއެވެ. ސްކޫލުގެ ބަދިގެ ބަޔަށް ގޮސް ހަނާ މުދައްރިސް ގާތު ފިހާރައަށް ގޮސް އެބަ އަންނަން ކަމުގައި ބުނެ ޔޫހަން އާއި ޒާރާ ނުކުތެވެ. އޭރު ވީރާ އާއި ކައިލާން ކުދި ކިޔަމުން އައިސް އެމީހުން ކައްކަން ހަމަޖެހިފައިވާ ތަނަށް ކޮތަޅު ތައް ހިފައިގެން ދަނީއެވެ.
“ވައި ޔޫ އޯލްވޭސް އިގްނޯ މައި ކުއެސްޝަންަް މިސް ވީރާ” ކައިލާން ކެރެޓް އާއި ކެބެޖް ދޮންނަށް ހުރެ ބުނެލިއެވެ. ދެންވެސް ވީރާ އަނގައިންނެއް ނުބުނެ ހަނޑޫ ދޮންނަން ހުރީއެވެ. “އާރްރްތްރްރްރ. ޝީ އިޒް ސޯ އެނޯއިން” ކައިލާން އަމިއްލަ އަށް އަޑު އިވޭ ވަރަށް އެހެންބުނެ ކެރެޓް ކޮޅާއި ކެބެޖް ކޮޅު ކޮށާން ފެށިއެވެ. ވީރާ ހަނޑޫ ދޮވެގެން އައިސް ކުކަރަށް ތެލި ލައި ފެން އަޅާ ތެޔޮ ކޮޅެއް ޖަހާލިއެވެ. ލޮނު ފުޅި ނުފެނިގެން އެތަން މިތަން ބެލިއެވެ. މޭޒު މައްޗާއި ތިރިވެސް މެއެވެ. އެންމެ ފަހުން ޖެހުނީ ކައިލާން ގާތު އަހާށެވެ. “އަން މިއޮތީ” ކެބެޖް ކޮށަން ހުރި ތަށި ދަށުން ކުޑަ ފުޅިއެއް ނަގާފައި ވީރާއަށް ދިއްކޮށްލިއެވެ. “އައި ލަވް ޔޫ” ވީރާ ފުޅީގައި ހިފަން ކައިރިވެލި ގަޑީ ވީރާއަށް އިވޭނޭ ވަރަށް އެހެން ބުނެލިއެވެ. ވީރާ ދެލޯ ބޮޑުކޮށް ކައިލާން އަށް ބަލާލިއެވެ. “ސްޓޮޕް ޖޯކިން” ވީރާ ފުޅިން ލޮނު ކޮޅެއް ނަގާ ތެއްޔަށް އަޅާ ކުކަރު ޖައްސާގޮސް ފިޔާ ފިލުވަން އިށީނެވެ. “އައިމް ނޮޓް ޖޯކިން ވީ” ކައިލާން ވީރާދެކެ ލޯބި ވަނީ ހަމަ ހަގީގަތައް ކަމުގައި ބުންޔެވެ.
“ޝީ ހެޑް ހައި ފީވާ އެންޑް ފެއިންޓެޑް މޭބީ ބިކޯޒް ޝީ ޑިޑިންޓް ހެޑް އެނީތިން ޓު އީޓް” ޑޮކްޓަރ ނުކުމެ ޔޫލީން އަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދިނެވެ. އެވަގުތު ހަނދާނަށް އައީ ހެނދުނު ސައި ބޯން ނުކުމެ ރޮށިތަށި މޮޑެފައިވެސް އީރަމް އެ ރޮށިތަށި އުކާލި ހަނދާނެވެ. އީރަމް ގެއަށް ދިޔަސް މައްސަލައެއް ނެތް ކަމާއި ގަޑިން ގަޑިއަށް ބޭސް ކައި ރަނގަޅު ކާނާ ކެއުމަށް ޑޮކްޓަރު އެދުނެވެ. އީރަމް އާއި ޔޫލީން ހޮސްޕިޓަލުން ނުކުތް ވަގުތު ވީ ޔޫމިން އާއި އިޔާޝް އައިސް އެމީހުންގެ ކުރިމައްޗަށް އެރި ވަގުތެވެ. “ބެސްޓީ މިތާ” އީރަމް ކޮށްލީ ސުވާލެކެވެ. “އީއްކޮ. ހޮސްޕިޓަލަށް ގެނައި ހަބަރު ލިބިގެން މިއައީ” ޔޫމިން ބަލާލީ އިޔާޝް އަށެވެ. ކަންބޮޑުވެފައި ހުރި އިޔާޝް އަށް ބަލާލެވުނީ އީރަމް އާއި ދިމާއަށެވެ.
ޔޫލީން ބޭސް ނަގަން ދަނީ ކަމުގައި ބުނުމުން ޔޫލީންގެ ފަހަތުން ޔޫމިން ގޮސް ވަނީ އެތާ ކައިރީ ހުރި ބުކްޝޮޕަށް އޭ4 ގަނޑު ގަންނާށެވެ. އެ ވަގުތު ވީ އިޔާޝް އާއި އީރަމް އެކަނި ވީ ވާގުތަކަށެވެ. ދެމީހުންގެ މެދުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. “އަހަރެން!..” “އަހަރެން!..” ދެމީހުންނަށް ބުނެވުނީ އެކު އެކީގައެވެ. ދެމީހުންގެ ގާތަށްވެސް ހިނި އައެވެ. “ބުނެބަ” އިޔާޝް އީރަމްގެ މޫނަށް ބަލާލިއެވެ. “އަހަރެންނަށް ވަރަށް….” “ހިނގާ ދާން” އީރަމް ބުނަން އުޅުނު ވާހަކަ މެދު ކަނޑާލީ ޔޫލީން އެވެ. އިޔާޝް އާއި ދިމާއަށް ބަލާލާފައި ފަހުން ބުނާނަން ކަމުގައި ބުނެ ޔޫލީންގެ ފަހަތުން ހިނގައި ގަތެވެ.
≈ ނުނިމޭ ≈
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Hello Amy❤️❤️❤️?
Masha Allah mi part vxx vrh Sali ❤️❤️
Keep it up dear ❤️❤️❤️?
Keekey baa yoolyn buna euleny I am so ❤️❤️curious. ❤️❤️Hehehe❤️❤️❤️???
Anyways vhk kuri ah daagoi Hama mind-blowing ingey . ❤️❤️❤️I love this❤️❤️??
Hama curious vrh waiting for next ❤️❤️❤️❤️. Avaha up kohladeychey ingey heheh . ❤️❤️???Can’t wait to read next ❤️❤️❤️
Stay safe ❤️❤️and tvgc❤️❤️
Lysmmmm❤️❤️
Oops swry I meant * keekey baa eeram buna uluny ?
Thank you ? YEOJA ?
Iraadha kurevviyyaa varah avahah up kohla dheynan ♥️♥️
So glad that u liked this part too ☺️
Stay safe
Lymmm ♥️♥️♥️
Wlcm dear
Looking forward next part ☺️☺️