Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޖަވާހިރުގެ ބާރު 3

leaf Level 1
June 21, 2021 2 Mins Read
0 Comments

 

ބާބު 2 – ކުރީގެ ރަސްކަން

ތަޅުދަނޑީގައި ހިފާ ވަރަށް ބާރަށް އަނބުރާލީމެވެ. ކުރަކި އަޑެއް ކިޔުމަށްފަހު ހުޅުވިފައި ފެންނަނީ މަންޒަރުތަކެކެވެ.  ބަރު އަޑަކުން އެ ފޮތް ވާހަކަދެއްކިއެވެ. މަންޒަރުތައް ފެންނަމުން ދިޔައީ ފިލްމެއް ފަދައިންނެވެ.

******

“މިއަކީ މިގަނޑުވަރުގައި ހިނގާދިޔަ ބިރުވެރި ހާދިސާއެކެވެ. މިއަކީ މިގަނޑުވަރުގައި ރަސްކަންކުރެއްވި ފަންސާސް ނުވަ(59) ވަނަ ރަސްކަމެވެ. މިއީ ސިހުރުވެރިންގެ އާދައެވެ. މިއީ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސިހުރެކެވެ. މީގެ ބާރުން މުޅި މިރަށް ފޭދިގެންގޮސް އާންމު ރަށަކަށްވުން އެކަށީގެންވެއެވެ. މި ސިހުރުން ސަލާމަތްވުމަށް ވަރަށް ބާރުގަދަ، ބާރު ހުރި މީހަކު ބޭނުން ވާނެއެވެ.”

އެހެން ކިޔާ ނިމުމާއެކު މަންޒަރުތަކެއް ފެންނަންފެށިއެވެ. އެ މަންޒަރުތަކުގައި ފެންނަނީ އަހަރެންގެ ބައްޕައާއި އެކީ އަންހެން މީހަކު ހުއްޓައެވެ. އެއްކަލަ އަންހެން މީހާއެވެ. އަހަރެންނަށް ހުވަފެނުގައި ފެންނަ މީހާއެވެ. ނަމަވެސް މިފަހަރު އޭނާގެ މޫނު ފެންނަން ހުއްޓެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. ހިޔާލުތަކުގެ ތެރެއަށް އަހަރެން ގެނބިގެން ހިނގައްޖެއެވެ. އެއީ އަހަރެންގެ މަންމަ އެއް ނޫން ހެއްޔެވެ؟ ހިޔާލުތަކުގެ ދުނިޔެއިން އަރައިގަނެވުނީ އަނެއްކާވެސް އެ ފޮތް ވާހަކަ ދައްކަން ފެށުމުންނެވެ. ނަމަވެސް ވާހަކަ ދެއްކީ އަހަރެންގެ ބައްޕަ، ޒަނީންއެވެ.

” ރައިފާނާ ބަނޑުގަ ރިއްސަނީތަ؟ ފޫޅުމައިމީހާ އެބާދެޔޯ ! ކެތްކޮއްލާ!” އިރުކޮޅެއް ތެރޭގައި ފެނުނީ ފޫޅުމައިމީހާ އައިސް އަހަރެންގެ އަސްލު މަންމަ ރައިފާނާ ކޮޓަރި އަކަށް ވެއްދިތަނެއެވެ. އިރުތަކެއް ފަހުން ވަރަށް ރީތި، ދޮން އަންހެން ކުއްޖެއް އުރާލައިގެ ފޫޅު މައިމީހާ ނިކުންތަން ފެނުނެވެ. އެއީ އަހަރެން ބާއެވެ؟ އަހަރެންގެ ހިތުގައި ސުވާލުތަކެއް ބިންވަޅުނެގިއެވެ. ފޫޅު މައިމީހާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު ތަކުން ކޮންމެވެސް ކަމެއް ގޯސްކަން އެނގިގެން ދިޔައެވެ. ފޫޅުމައިމީހާ އިސްދަށަށް ޖަހާލާފައި ބުންޏެވެ. “ރައިފާނާ މި ދުނިޔެއާ އަލްވަދާޢު ކިޔައިފި”. ޒަނީން އަތަށް ދަރިފުޅު ހަވާލުކުރުމަށްފަހު ލިބުނު ލާރި ދަބަސް ހިފައިން  ގަނޑުވަރުން ނިކުންނަމުން މަކަރު ވެރި ގޮތަކަށް ހިނިއައިސްފިއެވެ. ރައިފާނާ ގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށް ފަހު ޒަނީން އެދުވަސް ހޭދަކުރީ އެކަނިވެރި ކަމާއި މާޔޫސްކަމުގައެވެ.

ނުކައި ނުބޮއެ ހުރެ، ތިން ދުވަސް ހަމަ ވީއެވެ. ކުޑަ ދޮރު ކައިރީގައި ރަށްތެރެ ބަލަން ހުއްޓާ ރަށުގެ ފުއްޓަރު ފަރާތުން އައި ކަޅު ދުންގަނޑު ފެނުނީ އިސް އުފުލާ ޖަވާހިރުގެ ގަހަށް ބަލައިލި ވަގުތުގައެވެ. އޭރު ޒަނީންގެ ދަރިފުޅު އަމިއްލައަށް ވަޔައް އަރާ އުދުހެން ފެށިއެވެ. ދަރިފުޅުގެ ފަހަތުން ގޮވަމުން ދަނިކޮށް މަޑުމަޑުން ގޮސް ރަށުން ބޭރު ވިއެވެ. ދަރިފުޅަށް ވީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ. ޒަނީންގެ ފިކުރު ބޮޑުވިއެވެ. ބަނޑުހައިވެ ގައިގާ ވަރެއް ނެތެއްކަމަކު ހިތްވަރުލާ އެ ދުންގަނޑާއި ކުރިމަތިލާން ނިންމިއެވެ. ހުރިހާ އެހީތެރިން ގަނޑުވަރުގެ ރައްކާތެރި ތާކަށް ގެންގޮސްފިއެވެ.

އެ ދުންގަނޑު ގަނޑުވަރާ ކައިރިވަމުން ދިޔަ ވަރަކަށް އިންސާނެއްގެ ބައްޓަމަށް ދުންތަށް ޖަމާވާން ފެށިއެވެ. ކަޅު ކަމުން ގޮސް ދުންތައް ގައިން ބޭރަށް ވެސް ދެއެވެ. އެއީ ހަމަ ގައިމުވެސް ސިހުރު ވެރިއެކެވެ. “ކޮބާ ޖަވާހިރު؟” ފުރަތަމަ ވެސް ކޮއްލީ އާދަޔާ ޚިލާފު ސުވާލެކެވެ. ވާހަކަ ދެއްކިއިރު އަނގައިންވެސް ދުންތައް ނިކުމެއެވެ. ޒަނީންގެ ހިތަށް އެރިއެވެ. “މީނާއަށް މިކަންކަން އެނގުނީ ކިހިނެއް ބާ؟” ނަމަވެސް އަހަރެން އެ އޮތް ތަނެއް ދުވަހަކުވެސް ނުބުނާނަމެވެ. މަރު ވިޔަސް ހެޔޮކަމަށް ޒަނީން ނިންމިއެވެ. ސިހުރުވެރިޔާ ޒަނީންގެ ކަރުގައި ހިފާލިއެވެ. “ކޮބާހޭ އެ ޖަވާހިރު؟” އަނެއްކާވެސް ސުވާލު ތަކުރާރު ކޮއްލިއެވެ. އެވަރުންވެސް ޒަނީން އެކައްޗެއްވެސް ނުބުނެއެވެ. ޝައިތާނާގެ ބާރު ބޭނުންކޮށްގެން ސިހުރުވެރިޔާ ޒަނީން ފުނޑު ފުނޑު ކޮއްލިއެވެ. ޒަނީން ފުނޑު ފުނޑު ކޮއްލާ އެތަނަށް ވަރަށް ބޮޑު ސިހުރެއް ހެދިއެވެ. އެ ރަށް އާންމު ރަށަކަށްވާ ސިހުރެކެވެ. ސިހުރު ހަދާ ނިމުމަށްފަހު ސިހުރު ވެރިޔާ ދިޔަތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ.  އެ އާއިއެކު އެފޮތް ލެއްޕުނެވެ.

******

(ނުނިމޭ) މި ބައި ގެނެސްދިނުން ލަސްވީތީ މާފަށް އެދެން. ކިޔެވުމުގަ ބިޒީ ވީމަ ވަގުތު ނުވީ. ދެންއަންނަ ބައި އަވަސްވާނެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leaf

Level 1

Other Articles

Previous

ވަރުދާ-7

Next

އިމްތިޙާން

Next
June 21, 2021

އިމްތިޙާން

Previews
June 21, 2021

ވަރުދާ-7



All Right Reserved!