އެކުއްޖާ 2 – 38
* ނީޝަލް އަވަހަށް އާފުރިލާފައި ދެންމެ ނިދާ ހޭލި މީހެއް ފަދައިން ތެދުވިއެވެ. އޭރު އޭނާގެ ބޮލުގައިވީ ރިހުން ވަނީ އެއްކޮށްހެން ގޮސްފައެވެ. ވަށައިގެންވާ މީހުންނަށް ބަލާލާފައި ނީޝަލްގެ ކަޅި ގޮސް ތަތްވީ އިޒްކާންގެ މޫނުމަތީގައެވެ. އެ މޫނުމަތީގައިވާ އޭނައާއި ދޭތެރޭ އިޒްކާން ކަންބޮޑުވެފައި ވާވަރު އެއީ ރޭގަނޑު ފަދައިން ދައްކުވައިދެއެވެ. *
“ނީޝް..” އައިހަމްގެ އަތުން ނެއްޓިގެން ހޫރީން ދުވެފައި ގޮސް ނީޝަލްގެ ގާތުގައި އިށީނެވެ. ނީޝަލްގެ ހާލު އޮޅުންފިލުވިއިރު ހޫރީންގެ ދެލޮލުގައި ވަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. އިޒްކާން ހުރީ ނީޝަލްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ނީޝަލްގެ ދުލުން އޭނަ ރަނގަޅޭ ބުނި އަޑަށް އިޒްކާންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފަހާފޮށީގެ ދަތްގަނޑެއް ފަދައިން ތެޅެމުން ދިޔަ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ބަނޑުހައެއް ނުވޭތަ..؟” އައިރީން އެއްސެވެ. ”ނޫނޭ ވަރަށް ވަރަށް ބަނޑުހައި..” އާހިލް ލިބުނު ފުރުސަތުގެ ބޭނުން ހިއްޕެވެ. އައިހަމްއަށް ބަލާލާފައި އައިރީންގެ ފަހަތުން އާހިލް ހިނގައިގަތެވެ.
“އައި..” އިޒްކާން ގޮވާލުމުން އައިރީން ބަލާލައިފިއެވެ. “އައިސްކްރީމް ސޯޑާ އެބަހުރިތަ..؟” އިޒްކާން ދެން އެހި ސުވާލުން ނީޝަލްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލީ ބޭއިޚްތިޔާރުގައެވެ. ދެވަނަ ސިކުންތުކޮޅުގައި އެ ހިނިތުންވުން ދިޔައީ އޭނާގެ ހިތުގައި އަދިވެސް ޝައްކުތަކެއް އުފެދިފައިވާތީއެވެ. އިޒްކާން ބޭރަށް ނުކުތުމުން ނީޝަލްގެ ގާތުގައި އަރާމުކުރާށޭ ބުނެ އައިހަމް އާއި ހޫރީން ނުކުތީ އެ ކޮޓަރީގައި އިން ކުޑަ ބެލްކަންޏަށެވެ. ނީޝަލް ވަރުދެރަ ގޮތަކަށް ތެދުވަން އުޅެނިކޮށް އަތުގައި އެއްޗެއް ޖެހުނެވެ. އޯވަލްގެ ބައްޓަމަށް ހުރި އެ ކުޑަ ފޮށި ބިންމައްޗަށް ވެއްޓުމާއި އެކީގައި އޭގައި ހުރި ހުރިހާ އެއްޗެއް ވެރުނެވެ. އަވަހަށް ގުދުވެފައި ނީޝަލް އެއެއްޗެހިތައް އޭގެ ތެރެއަށް އަޅަން ފެށިއިރު ދެތިން އެއްޗެއް ފާހަގަވިއެވެ. “މަގޭ އެއްޗެހިތަ..؟” ނީޝަލްއަށް ހިތާހިތުން އަހާލެވުނެވެ. އޭނާގެ ކަންފަތުލާއެތިކޮޅާއި ދެ ކެވެލިކޮޅު ފެނުމުންނެވެ. ވީނުވީއެއް ނޭނގި އޭނާގެ އެއްޗެހި މިދަނީ އިޒްކާންގެ ކޮޓަރިއަށްކަން އެނގުމުން ނީޝަލްގެ ގާތަށް ހިނިއައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ހިނިތުންވުން ދިގުދެމިގެން ދަނީ އެންމެ ދެތިން ސިކުންތުކޮޅަށެވެ. ކޮންމެ ފަހަރަކުވެސް ހިތުގައިވާ ޝައްކުތަކާއި ވަހުމުތައް އައިސް އޭނާ ވަށާލައެވެ. އޮޅުންބޮޅުންގަނޑެއްގެ ފުން ކަނޑަކަށް އޭނާ ގަންބާލަން މަސައްކަތް ކުރެއެވެ. ދެލޮލލަށް ކަރުނަ ފާއްދާލީ ނީޝަލް ވިސްނާނުލާ އިންދައެވެ.
އިތުރު މީހަކު ކޮޓަރިއަށް ވަނުމުގެ ކުރިން ނީޝަލް އަވަހަށް ކޮޓަރިން ނުކުތެވެ. އަދި ދޮރާއި ދިމާލަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ. ނީޝަލްގެ ފިޔަވަޅުތައް ބިންމަތީގައި ތަތްވީ އިޒްކާން އޭނާގެ ނަމުން ގޮވާލި އަޑަށެވެ. “އިޒް…ކާން.. ފެނުނު މަންޒަރުން އަހަރެންގެ ސިކުނޑި އަހަރެންނަށް ކިޔައިދެނީ މުޅިން ތަފާތު ވާހަކައެއް.. އައި ކާންޓް ޖަސްޓް ގިވް ޔޫ ދަ ސޭމް ޓްރަސްޓް އައި ގޭވް ޔޫ ބިފޯރ..” ނީޝަލް ބުނެލިއެވެ.
“ނީޝް ސްޓޮޕް.. އަހަރެން ނީޝްއަށް ކިހިނެތް އަދި ކިހާވަރަކަށް ކިޔާދިނީމައި ނީޝް އަހަރެން އިމްތިހާނުކުރުން ހުއްޓާލާނީ..؟” އިޒްކާން އާދޭހުގެ ރާގެއްގައި އެއްސެވެ. “އަހަރެންނަކަށް ނޭނގޭ.. އިޒްކާން.. އަހަރެން މިދަނީ.. ޕްލީޒް ފަހަތުން ނާންނާތި.. އަހަރެންނަށް ނުވެސް ގުޅޅާތި.. މެސެޖްވެސް ނުކުރާތި.. އެންޑް މޯރ އިމްޕޯޓެންޓްލީ އަހަރެންނާއި ވާހަކަ ނުދައްކާތި… ޕްލީޒް..” ތުންފަތުގައި ދަތް އެޅުނުހާ ބާރަކަށް ދަތްއަޅާލައިގެން ހުރެ ނީޝަލް ބުނެލިއެވެ. ކަރުނަތައް އޮހިގަނެފާނެތީއެވެ. އޭރުވެސް ފެންކަޅިވެފައިވާ ވަރުން ހީވަނީ ދެންމެ ދެންމޭން ކަރުނަތައް ބަންޑުން ޖަހާލާފާނެހެންނެވެ.
“ނީޝް ހެޔޮނުވާނެ.. ޑޯންޓް ޑޫ ދިސް ޓު މީ..” އިޒްކާން އާދޭސް ކުރިއެވެ. އެއަޑު އިވުނުކަމަށް ނުހަދާ ނީޝަލް ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އެވަގުތު ކަންފަތް ބައްވާނެނަމައޭ ވެސް ނީޝަލްގެ ހިތަށް އެރިއެވެ. އިޒްކާންގެ އެ ވޭނީ އަޑުން ހީވަނީ ނީޝަލްގެ ހިތް ވީދާ އިރާލަފާނެހެންނެވެ. “ޕްލީޒް ނީޝް.. ޑޯންޓް ލީވް މީ..” އިޒްކާން އެދުނެވެ. އިޒްކާން ދުލުން އަދިވެސް ނުބުންޏަސް ނީޝަލްގެ ގާތުގައިވުމަށް އެދޭވަރު އެނގިގެން ދިޔައީ އިޒްކާންގެ ލޮލުން ތިރިއަށް ކަރުނަ ތިއްކެއް ނީރާލުމުންނެވެ. އެމަންޒަރު ފެނިފައި ނީޝަލް ބާރުބާރަށް ނުކުމެ ދޮރު ޖެހިއއެވެ. ނީޝަލްގެ އަނގައިން އަޑު ބޭރުނުވީ ހުރި ހިތްވަރެއްލާފައި ނީޝަލް އެތެރެއަށް އަޑު އެކީގައި ހިންދާލުމުންނެވެ.
ދޮރުބުޑުގައި ލެނގިލިގޮތަށް ކަކޫ މައްޗަށް ނީޝަލްއަށް ވެއްޓިގަނެވުނެވެ. ފެންކަޅިވެފައިވާ ދެލޮލުގައިވާ ކަރުނަތައް ބަންޑުން ޖަހާލައިފިއެވެ. ކަކުލުގައި ބޯ ޖައްސައިގެން ހިތުގައި ޖެހިޖެހިފައި ނީޝަލް ރުއެވެ. ގޭތެރޭގައި ހުރި އިޒްކާންވެސް ހުރީ އެތެރެއިން ދޮރުބުޑުގައި ލެނގިލައިގެންނެވެ. އެދެލޮލުން އައިސްފައިވަނީ ތެދުވެރި ހިތާމަވެރި ކަރުނައެވެ. ދުވަހަކުވެސް މިހާވަރަށް ހިތުގައި ޖެހުނު ހަނދާނެއް ނުވެއެވެ.
ދެމީހުން ދޮރުބުޑުގައި ލެނގިލައިގެން ހުއްޓެވެ. އޭރުވެސް ނީޝަލް ރުއިން ހުއްޓައެއް ނުލައެވެ. މޫނު ރަތްވެ ދެލޯ ރަތްވެ ލޯވަނީ ދުޅަވެ ވާވަރެއްވެފައެވެ. ރޮމުން ރޮމުން ކަރުނަ ހުސް ނުވީ ކީއްވެބާވައޭ ނީޝަލްގެ ހިތަށްއެރިއެވެ.
ދޮރުބުޑުގައި އިން އިޒްކާންއަށް ބޭރުގައި އިން ނީޝަލްގެ ރުއިމުގެ އަޑު ކިތަންމެހާވެސް ރީއްޗަކަށް އަޑު އިވެއެވެ. އެއަޑުން އިޒްކާންގެ ހިތް ކޮށާލާ ކަހަލައެވެ. ނީޝަލް ނުކުތުމުގެ ކުރިން ނީޝަލް ގަޔާލާ ބޮނޑިކޮއްލާފައި އޭނާގެ ގާތު ހުރެގެން ނީޝަލްއަށް ރޯން ފުރުސަތުދޭން ބޭނުންވީ ކިހާ ވަރަކަށް ކަމެއް އިޒްކާންއަށް ނޭނގެއެވެ. އެ ރީތި ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ފޮހެލާފައި ނީޝަލް ދެކެ ލޯބިވާ މިންވަރު ހާމަކުރަން އިޒްކާން ބޭނުންވީ ކިހާވަރަކަށް ހެއްޔެވެ.؟ މިހާރުވެސް ދޮރުހުޅުވާފައި ގޮސް ނީޝަލް ގާތަށް ދާން އިޒްކާންގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް އެކަން ހުއްޓުވީ އޭނާގެ ސިކުނޑިއެވެ. އޭނާގެ ސިކުނޑި ރޫހުތެރެއަށް ބިރު ވައްދައި އިޒްކާން ބަލިކަށި ކޮށްލައިފިއެވެ. ނީޝަލް އޭނަދެކެ މިހާރު ވާނެ ފޫއްސާއި އަންނާނެ ރުޅި ހިތަށް އަރުވާލެވުމުން އެކަން ކުރަން އިޒްކާން ނުކުޅެދުނެވެ.
ނީޝަލްގެ ހާލު އެއަށްވުރެ ބޮޑެވެ. ރޮއިރޮއި ގޮސް އެ ފަކީރުގެ ކަރުން އަޑު ގޮސްފިއެވެ. އިޒްކާންގެ އެހަށިގަނޑުގައި ބައްދާލާފައި ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަން ނީޝަލް ބޭނުންވވީ ކިހާވަރަކަށް ހެއްޔެވެ.؟ ނީޝަލް އެކަނިމާއެކަނި ހިނގާފައި ގެއަށް ދިޔައެވެ. މަގު ފާހަގަ ކުރުމުގައި ނީޝަލްއަށް ދަތިތަކަކާއި ކުރިމަތިވިއެވެ. އިޒްކާން ނުވަތަ ހޫރީން އާއި ނުލާ ބޭރަށް ގޮސް ނޫޅޭތީއެވެ.
ނީޝަލް ގެއަށް ވަތްއިރު ބޮކިތައް ވަނީ ނިވާލާފައެވެ. މިހާއިރު ވަންދެން އޭނާ ގެއަށް ނަމުން ޒިވީން ކަންބޮޑުވެ އޭނަ ހޯދަން ނޫޅުމުން ނީޝަލްގެ ހިތުގައި ސުވާލު އުފެދުނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަތްއިރު ޒީޝް އިނީ ހޭލައެވެ. އޭނާގެ އެނދުގައި އިން ނައިލްވެސް އިނީ ހޭލައެވެ. ”ނީޝަލް ވަޓް ދަ ހެލް ހެޕެންޑް ޓު ޔޫ..؟ ޑޫ ޔޫ ހޭވް އެނީ އައިޑިއާ ހައު ވޮރީޑް އައި ވޯޒް..؟؟ ޑޫ ޔޫ ނޯ ވަޓް ޓައިމް އިޓް އިޒް..؟ އާރ ޔޫ އޯކޭ..؟ ވައި ޑިޑް ޔޫ ކަމް ހޯމް ލޭޓް..؟ ޑިޑް ސަމްވަން ހާރޓް ޔޫ..؟ ބްލެކްމެއިލް ޔޫ..؟؟” އަބަދުވެސް ހަދާހެން އެއްފަހަރާ ޒީޝް އެތަކެއް ސުވާލެއް ކުރީ ނީޝަލް ރަނގަޅުތޯ ބަލަން ބޮލުން ފެށިގެން ފަޔާއި ހަމައަށް ސްކޭން ކުރަމުންނެވެ. ކިޔަން އިން ފޮތް އެއްލާލާފައި އައިގޮތަށް އައިސް ނައިލް ނީޝަލްގެ ގައިގައި އޮޅުލައިގެންފިއެވެ. ނީޝަލްގެ ދިރުމެއް ނެތް މޫނަށް ކުޑަވެސް އާރޯކަމެއް އައެވެ.
“ކުޑާ އައިމް ފައިންއޭ.. ނަތިންގ ހެޕަންޑް.. އެގޭގައި އޭނައާއި އެކުވެރިންނާއި އެކީގައި މާގިނައިރު ވަންދެން ހުރެވުނީ..” ނީޝަލް ބުނެލިއެވެ. ޒީޝް ފާޑަކަށް ބަލަން ހުއްޓެވެ. ނީޝަލް ފުރަތަމަ ބަސް ބުނާއިރަށްވެސް އެ ހަދަނީ ދޮގެއްކަން ޒީޝްއަށް ނަގައިގަނެވިއްޖެއެވެ. ނައިލް ނީޝަލްގެ ގައިގައި ބެއްދިގޮތަށް އަދިވެސް ދުލެއް ނުކުރެއެވެ. އެ ހިތުގެ ތެޅުން ނީޝަލްއަށްވެސް އިހުސާސްވިއެވެ.
ނައިލް އެންމެ ބިރުގަތީ އެރޭގެ ހާދިސާ އައިސް އޭނާގެ ސިކުނޑީގައި ޓަކިދޭން ފެށުމުންނެވެ. އެރޭވެސް އޭނައަށް ދޮންތައަށް ބަލަންވީ މިންވަރަށް ނުބެލި ސަމާލުކަން ނުދެވުމުން ދޮންތައަށް ލިބުނީ ހީވެސް ނުކުރާފަދަ އަނިޔާއެކެވެ. ނައިލް ނީޝަލްގެ ގައިން ދޫކޮށްލާފައި އެދެލޮލަށް ބަލާލިއެވެ. ދުޅަވެފައިވާ އެދެލޯ ފެނިފައި ކަމެއް ގޯސްވެއްޖެކަން ނައިލްއަށް އެނގުނެވެ. ނަމަވެސް ސުވާލެއްހާ ހިސާބުވެސް ނުކޮށް ނައިލް ދިޔައީ ކޮޓަރިއަށެވެ. ނީޝަލް ގެއަށް ނައުމުން ޒީޝް ޒިވީންއަށް ދޮގުހެދީ ނީޝަލް ލަސްވެއްޖެނަމަ ޒިވީން ރުޅިއަންނާނެކަން އެނގޭތީއެވެ. ނީޝަލް ގެއަށް އައިސްފިޔޭ ބުނުމުން ޒިވީން ވެފައި ހުރި ވަރުބައްޔާއި އެކީ ޒުކާން ގޮވައިގެން ނިދަން ވަނީއެވެ. ނީޝަލް ހޯދަން ޒީޝް މާޔަން ފޮނުވި ވާހަކަ ބުންޏެވެ. މާޔަން އާއި ޒީޝް ރައްޓެހިވީ ވާހަކަވެސް ޒީޝް ބުނެލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އިޒްކާންއަށް ހޭލެވުނުއިރު ބޮލުގައި ރިއްސައެވެ. ފެންވަރައިގެން އެއިފިލް ޓަވަރުގެ ކުރެހުމެއް ހުރި އަތްދިގު ހުދު ޓީޝާޓަކާއި ކަޅު ޖިންސެއް ލާފައި އިޒްކާން އިސްތަށިގަނޑު ރީތިކޮށްފައި ބޭރަށް ނުކުތެވެ.
”ދަމާ ދާން..؟” ހޫރީން ބުނެލިއެވެ. އޭރު ހޫރީން ހުރީ އައިރީންގެ ހެދުންތަކުގެ ތެރެއިން ހެދުމެއް ލައިގެންނެވެ. ހަށިގަނޑުގެ ގޮތުން ދެމީހުންވެސް ގުޅޭކަމީ ނަސީބެކެވެ. ”ތިއެންމެން އެކީގައި ދޭ.. އަހަރެން ދާނަން ތަންކޮޅެއް އަވަހަށް..” އިޒްކާން އެހެން ބުނެލިގޮތަށް ބޭރަށް ނުކުމެ ސައިކަލަށް އަރައިގެން ނައްޓާލިއެވެ. އެއްޗެއް ނުވެސް ކައެވެ. އިއްޔެރޭ އެންމެން ކޭއިރުވެސް އިޒްކާންގެ ހަމަހިމޭންކަން އެންމެންނަށް ވެސް އުނދަގޫކުރިއެވެ. އިޒްކާން އަދިވެސް އެހުރީ އެ ހިތާމައިން އަރައިނުގަނެވިފައިކަން އާހިލަށް ޔަގީން ކުރެވުނެވެ. “އަހަރެމެންވެސް ދަނީ..” އައިހަމްއާއި ހޫރީން ނުކުތެވެ. އެންމެން ނުކުތްކަން ޔަގީންކޮއްފައި އާހިލް ވަރަށް ލޯބިން އައިރީންގެ ކޯތާފަތަށް ބޮސްދިނެވެ. ރަނާމެން ގެއަށް އަންނަ މަގުމަތީގައިކަން އެނގުމުން ދެމީހުންވެސް އަވަހަށް ސްކޫލަށް ދާން ނުކުތެވެ.
އިޒްކާންއަށް ނީޝަލްމެން ގޭ ކުރިމަތީގައި މަޑުކޮއްގެން ހުރެވުނެވެ. ސައިކަލުގައި އިޒްކާން އިންއިރު މަގުގެއްލިފައިވީ މުސާފިރެއް ފަދައެވެ. އުންމީދު ކުރިފަދައިން ތެޅެމުން ފޮޅެމުން ކަހަލަގޮތަކަށް ނީޝަލް ތިރިއަށް ފޭބިއެވެ. އިސްތަށިގަނޑު ރަނގަޅަށް ފުނާވެސްނާޅާ ނީޝަލް ނުކުތްގޮތުން ހީވަނީ އިއްޔެރޭ ގެއަށް ދިޔަގޮތަށް އެއްޗެހި ބަދަލުނުކޮށް ނިދަން އޮތް ހެންނެވެ. އިސްތަށިގަނޑު އަތުން ރީތި ކުރަމުން ނީޝަލްއަށް އިސްއުފުލާލެވުނު ވަގުތު ކަޅިހަމަވީ އިޒްކާންއަށެވެ. އެ މޫނުމައްޗަށް އެރި ކުލަވަރުން ހީވީ ނުފެންނާނެކަމަށް އުންމީދު ކޮއްގެން ހުރި މީހަކު ފެނުނު ހެންނެވެ.
ނީޝަލް އިސްއޮބާލާފައި ކަނާތްފަޅިއަށް އެނބުރި ހިނގަން ފެށިއެވެ. އިޒްކާންވެސް ސައިކަލު ދުއްވާލިއެވެ. ނީޝަލްގެ ފަހަތުންނެވެ. ނީޝަލް އާއި އެއްހަމަ ނުކޮށް ފަހަނައަޅާ ދާ ޚިޔާލެއް އިޒްކާން ނުކުރިއެވެ. ކޮލެޖާއި ހަމައަށް ދެވެންދެން އިޒްކާން ނީޝަލްއާއި އެއްވަރަކަށް ސައިކަލު ދުއްވިއެވެ. ނީޝަލް ކްލާހަށް ގޮސް އިށީނީ ދުރުގައި އިން ގޮނޑިއެއްގައެވެ. އެކަމުން އިޒްކާންގެ ހިތަށް ހެރުނު ކަށިތަކުގެ އަދަދު ގުނޭނެކަމެއްވެސް ނޭނގެއެވެ. ފައިލަމް އާއި ހިޔާން ކޮލެޖަކަށް ދައްކައެއްނުލައެވެ. އެކަމުން އިޒްކާންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ހިޔާން ފެންނަ ފަހަރަކުން އެ މޫނު ޒަޚަމްކޮށްލަން ވެސް އިޒްކާން ފަހެއް ނުޖެހޭނެކަން ޔަގީންވާތީއެވެ.
އެންމެފަހު ގަޑި ނިމުމުން ދަބަހަށް ފޮތްތައް އެޅިގޮތަށް ނީޝަލް ދުވެފައި ކްލާހުން ނުކުމެގެން ދިޔައީ ހޫރީން ނީޝަލްއަށް ގޮވަގޮވާ އިންދައެވެ. “ޝޫޓް..!” ހިތާހިތުން އިޒްކާންއަށް ބުނެވުނެވެ. އެވަރުން ރާވަ ރާވައިގެން އިންދާ ބޮމެއްހެން އަތަށް ގޮވީއެވެ. ނީޝަލް ހިނދުކޮޅަކަށް ނަމަވެސް މަޑު ކޮއްލިނަމަ ވަގުތުން ނީޝަލްގެ ގާތުގައި އިޒްކާން ނީޝަލްއާއި ދޭތެރޭ ދެކޭގޮތް ހާމަކޮއްދިނީހެވެ. ހޫރީން ހެތްކެއްގެ ގޮތުގައި ބަހައްޓާ ތެދުވެސް އޮޅުންފިލުވައިދިނީހެވެ. ލިބުނު މާޔޫސްކަމެއްގެ ބޮޑުކަމުން އިޒްކާންއަށް ނިތްކުރީގައި އަތްއެޅުނެވެ.
“ކީއްވެގެން މިތަނަށް އަންނަން ތި ބުނީ..؟” އާހިލް ހުރީ މައި ކޭކްސް ކެފޭގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އެކްސްޓްރާ ކްލާސް ނިންމާފައި ގެއަށް ދިޔުމުގެ ކުރިން އިޒްކާން އޭނާ އެތަނަށް ގެނައީއެވެ. “އެއްޗެއް އަހަން ވެގެންނޭ..” އިޒްކާން ބުނެލިއެވެ. އަވިއައިނުން އެ ހިތާމަވެރި ދެލޯ ނިވާވި ނަމަވެސް އާހިލަށް އެވަރުންވެސް އިޒްކާން ދެރަވެފައި ވާވަރު އަންދާޒާ ކޮށްލެވެއެވެ. “ކަލެއާއި އައިހަމް ވެގެން މަށަށް ފޮނުވީމެއްނު މެސެޖެއް..؟ ފާޑެއްގެ ކޯޑުގަނޑެއް..؟” އިޒްކާން އެހެން ބުނުމާއި އެކީގައި އޭނަ އެތަނަށް އެގެނައީ އެ ކޯޑްގެ މާނަ އޮޅުންފިލުވަދޭންކަން އާހިލަށް އެނގުނެވެ.
hiyAnq bEnunqvanI nICalq.. wizqkAnq kalE mikanq huwqTuvanq bEnunq vAnama hiyaAnq huwqTuvA mA lasq nuvanIsq CUrA rEpq kurIvesq hama HiyAnq.. mA vagutewq netq.. wavasqkurE
އާހިލް ގޮސް އޭނާ އެކްސްޓްރާއަށް ގެންދިޔަ ދަބަހުން ލެޕްޓޮޕް ނަގައިގެން އައިސް އިޒްކާންގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި އެ ކޯޑް ގަނޑުކޮޅެއްގައި ލިޔެފައި ވޯޑް ޑޮކިއުމެންޓެއް ހުޅުވާލިއެވެ. ލެންގުއޭޖް ދިވެއްސަށް ބަދަލުކޮށްފައި އާހިލް އިޒްކާންގެ މޫނަށް ބަލާލިއެވެ. “ތިގަނޑުކޮޅުގައި ތިހުރީ މަ ކަލެއަށް ފޮނުވި ކޯޑް.. އެ އަކުރުތައް ކަލޭ އަމިއްލައަށް ޓައިޕް ކޮށްބަލަ..” އާހިލް ބުނިގޮތަށް އިޒްކާން ކަންތައް ކުރިއެވެ. ކޯޑްގައިވާ ހުރިހާ އަކުރަކާއި ދޫކޮށްފައިވާހާ ހުސްތަނެއް ޓައިޕްކޮށް ނިމުނުއިރު އާހިލް އިޒްކާންއަށް ދޭން ބޭނުންވީ މެސެޖް ވަނީ ދިމާ ކުރިމަތީގައި ފެންނާށެވެ.
“ހިޔާން ބޭނުންވަނީ ނީޝަލް.. އިޒްކާން ކަލޭ މިކަން ހުއްޓުވަން ބޭނުން ވާނަމަ ހިޔާން ހުއްޓުވާ މާ ލަސްނުވަނީސް.. ޝޫރާ ރޭޕް ކުރީވެސް ހަމަ ހިޔާން.. މާ ވަގުތެއް ނެތް.. އަވަސްކުރޭ..” އިޒްކާން އެ މެސެޖް ކިޔާ ނިންމާލިއެވެ. “ދެން ތީގެ ބޭނުމެއް ނެތެއްނު މިހާރެއް..” އާހިލް ދުރު ބަލާލިއެވެ. “ކަލޭ ހާދަ މޮޅޭ..” އިޒްކާން ތައުރީފް ކޮށްލިއެވެ. ހިޔާން އޭނާގެ ފޯނު ބަލާފާނެކަމުގެ ބިރަށް އާހިލް ހިޔާންއަށް ވެސް ނޭނގޭނެ ފަދައިން އިޒްކާންއަށް ފޯރުކޮށްދިން މެސެޖް ނުހަނު މޮޅެވެ. “ދެން ހެވޭ މަ ގޯނި ފުލަށް ލާން ނޫޅުނަސް..” އާހިލް ފޮނިވެއްޖެއެވެ.
“ކަލޭ ދާންވީ ދިވެހި ކިޔައިވައިދޭން..” އިޒްކާން ދެން ދިން ޚިޔާލު ވެގެންދިޔައީ އާހިލްގެ ގާތަށް ހިނިއައިވަރުގެ ޚިޔާލަކަށެވެ. އާހިލް ޕަކަޕަކަލާފައި ހީނގަތެވެ. ”ނޯވޭ.. މަ މިހާރު މިއުޅެނީ އެ ނަރަކަ ފަދަ ތަނުން ސަލާމަތް ނުވެވިގެން.. އަންނަ އަހަރުން އޯލެވެލް ނިންމާ އޭގެ ނަތީޖާ ލިބުމުން، މަވާ ސަލާން..” އާހިލް ބުނެލިއެވެ. “އޯކޭ.. އެކަމްވެސް ވަރަށް މޮޅު އިނގޭ..” އިޒްކާންއަށް ދިޔައީ ތައުރީފު ކުރެވެމުންނެވެ. އާހިލް އެހާވެސް މޮޅަށް ލިޔެލާފައި އޮތުމުންނެވެ.
ނެޒެލީ ދޫކޮށްލުމުން ހޮސްޕިޓަލް ކައިރީ މަޑުކޮށްލައިގެން ހުރި އަންހެންކުއްޖެއްގެ ފޯނު މެދުވެރިކޮށް ކައިޔަންގެ ފޯނަށް މެސެޖް ކުރިއެވެ. މާޔާ އާއި ރޫހާން އޭނާ ގައިދުކޮށްގެން ގެންގުޅުނުގޮތާއި އެހުރިހާ ކަމެކެވެ. މާޔާގެ މަގުސަދާއި ރޫހާން ނީޝަލްދެކެ ލޯބިވާކަމާއި އޭނާއަށް އިނގޭ ހުރިހާ ވާހަކައެކެވެ. އެކުއްޖާއަށް ޝުކުރު އަދާކޮށްފައި ނެޒެލީ ނުކުތީ ނީޝަލް ހޯދާށެވެ. އެމީލް އާއި ނެޒެލީގެ މަތިން ނީޝަލް ހަނދާން ހުންނާނެކަން އިނގޭތީއެވެ. ނަމަވެސް ރާއްޖެ އައިއިރުވެސް ނީޝަލް އިންޓާރނަލީ ހަމައަށް އެޅިފައި ނުވާތީ އެމީލް އާއި ނެޒެލީގެ މަތިން ހަނދާން ނެތުނުކަމެއް ނެޒެލީއަކަށް ނޭނގެއެވެ. އެކަމަކު ރޭގެ ހާދިސާއިން ނީޝަލް އޭނާއާއި ވަކިވެފައިވީ ހަނދާންތައް އަނބުރާ ލިބުމުން ނެޒެލީގެ މަތިން ނީޝަލް ހަނދާން ހުންނާނެކަން ގައިމެވެ. ނެޒެލީ ހޮސްޕިޓަލުން ނުކުންނަނިކޮށް އެ އަންހެން ކުއްޖާ އައިސް ނީޝަލް ހުއްޓުވިއެވެ. އަދި މެސެޖް ކުރި ފަރާތުން ރިޕްލައި ކޮށްފިކަމަށް ބުނީ ހިނިތުންވެފައި ހުރެއެވެ. ކައިޔަންގެ މެސެޖް ބަލާލިއިރު އޭގައި ވަނީ ކައިޔަންމެން ވަރަށް އަވަހަށް ދާނެކަމަށެވެ. ލިޔާން އާއި ރަނާމެން ނީޝަލްއަށް ބަލާނެކަމަށްވެސް ބުނެފައި އޮތެވެ. އަދި އެމީހުން ރާއްޖެ ނުދަނީސް ނީޝަލްގެ ގާތަށް ނުދާން އަންގާފައި އޮތެވެ. މާޔާ ނުވަތަ ރޫހާންއަށް ނެޒެލީ ފެނިއްޖެނަމަ ނެޒެލީއަށް ގޮތެއް ހަދާފާނެތީއެވެ. ވީހާވެސް ގިނައިން ގެއިން ބޭރަށް ނުނިކުމެއް އުޅެން ކައިޔަން ވަނީ ނެޒެލީ ކުރެން އެދިފައެވެ. އެހީއަކަށް ނެޒެލީ އެދެން ޖެހުނީ ބީރައްޓެއްސެއްގެ ފަރާތުންނެވެ. އެ ފޯނުގެ ވެރިޔާދެކެއެވެ. އެ އަންހެން ކުއްޖާ ހިތްހެޔޮ ހިނިތުންވުމަކާއި އެކީގައި ނެޒެލީއަށް މަރުހަބާ ކިޔެވެ. އެއީވެސް އުފަލުން ނެޒެލީގެ ލޮލުން ކަރުނަ އައި ވަގުތެކެވެ. ދުނިޔޭގައި މިފަދަ މީހުންނަކީ އިނގިލިން ގުނާލެވޭހާ ވެސް މަދު ބަޔެކެވެ. ނެޒެލީ ސިއްރުވެރިކަމާއި އެކީގައި ހިނގައިގަތީ އޭނާގެ އާ އެކުވެރިޔާ އިޝްހާ އާއި އެކީގައެވެ. އެއީ ނައިލް ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާކަމެއް ނެޒެލީއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ.؟
ޖެހިގެން އައި ދުވަހުވެސް އިޒްކާންއަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީ އަބަދުވެސް ނީޝަލް ފިލަނީއެވެ. ހޫރީން މެދުވެރިކޮށް އެވާހަކަ ބުނަން އިޒްކާން އުޅުނަސް ހޫރީންގެ ދުލުން އިޒްކާންގެ ނަން އިވޭއިރަށް ނީޝަލް ބަހަނާއަށް ދައްކާފައި އެތަނުން ދެއެވެ. ނީޝަލްއާއިއެކީ އެކަހެރިވެލާނެ ފުރުސަތެއް ލިބޭތޯ އިޒްކާން އިންތިޒާރު ކުރަމުންދިޔަ ވަގުތު ދުވަސްތަކަކަށް ބަދަލުވެގެން ދިޔައެވެ. އެދުވަސްތަކަށް މަހަކަށް ބަދަލުވެގެން ދިޔައެވެ. މަހަކަށް ފަހު މަހެއް އެ އިންތިޒާރަށް އިތުރުވަމުން ގެންދިޔައެވެ. ނީޝަލްއާއި ބައްދަލުކުރެވޭތޯ ހުރެހުރެ އިޒްކާން ވެގެން ދިޔައީ އެތައް ނުރަނގަޅު އަމަލެއްގެ ޝިކާރައަކަށެވެ. ބޯ ހާސްވާވަރުން އިޒްކާންއަށް އެހީ ހޯދުނީ ނުރައްކާތެރި އެކުވެރިއެއްގެ ކިބައިންނެވެ. އާނއެކެވެ. ސިނގިރޭޓުގެ ކިބައިންނެވެ. އަދި ކުރިން ހިޔާން އެކަކަށްވެސް ނޭނގޭނެހެން ފައިލަމްގެ ‘އެކުވެރިޔާ’ ގެ ފަރާތުން ލިބޭ ރަލުގެ ބުއިންތަކުގެ ތެރެއިން ބައެއް ވަނީ އިޒްކާންއަށްވެސް ހަދިޔާ ކޮށްފައެވެ. އިޒްކާން ކިތަންމެވަރަކަށް ސިނގިރޭޓް ބުއި ކކަމުގައިވިޔަސް އެ ބުއިންތައް ބޮނީ ފުދޭވަރަކަށް މަދުންނެވެ. އެންމެ ދުވަހަކަށް އެއް ސިނގިރޭޓް ފޮއްޓަކުން އިޒްކާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދެއަކުން ތިނަކުން އަދަދު މަތިވަމުން ދިޔަވަރަކަށް އަދިވެސް ދަނީ އިތުރު ވަމުންނެވެ. އެވަރަށް ސިނގިރޭޓް ބޮއިފައި ރަލުގެ ބުއިންތައް ބޯތީ އިޒްކާންއަށް ޖެހިގެން އަންނަ ދުވަހުން ތަންމަތިން ހިއްލާލެވޭވަރެއްވެސް ނޫނެވެ. ބޮލުގައި ރިއްސައެވެ. މޭގައިވެސް ބައެއް ފަހަރު ރިއްސައެވެ. ކޮލެޖްގައި އިޒްކާން ނާންނަކަމަށް ޖަހަމުން ދިޔަ ދުވަސްތައް ދިޔައީ ގިނަވަމުންނެވެ. ރަނާ އާއި ލިޔާންއަށް އިޒްކާން ސިނގިރޭޓް ބޯކަން އެނގުމުން ދަރިފފުޅު ނުބައި އަނދަވަޅަކަށް ވެއްޓިދާނެތީ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ބުދަ ދުވަހުގެ ކޮލެޖް ގަޑި ނިމުނެވެ. އެންމެން ދަބަހަށް ފޮތްތައް ހަމަކުރަން ފެށިއެވެ. ނީޝަލް ހުރީ ވަރަށް ވިސްނައިގެންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހޫރީންވެސް އޭނަ އާއި ވާހަކަ ދައްކަން މަސައްކަތް ކޮށްކޮށްފައި ހުއްޓާލީ އެކަމަށް އޭނަ ހުރަސް އެޅުމުންނެވެ. ހޫރީން އާއި ނީޝަލްގެ މެދުގައިވެސް ފާރެއް ލެވިފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހީނލުން ނޫންކަމެއް ނުކުރެއެވެ.
އިޒްކާން އާއި ނީޝަލް ދުރުވި ފަހުން ނުދަންނަ ފަރާތަކުން ފޮނުވަމުންދާ ނޯޓްތަކެއް އޭނައަށް ކޮންމެ ދުވަހުވެސް ދަނީ ލިބެމުންނެވެ. އެއިން ކޮންމެ ނޯޓެއްގައި ވެސް އިޒްކާންގެ ކުށެއް ނެތްކަން ދަނީ ސާބިތު ކޮށްދެމުންނެވެ. އެއީ ހިޔާން އާއި ފައިލަމް ކުރި ކަމެއްކަން އެއިން ކޮންމެ ނޯޓެއްގައިވެސް ދަނީ ބުނެދެމުންނެވެ. އެ ނޯޓްތަކާއި ދޭތެރޭ ވިސްނަން ނީޝަލް މުޅި ރެއާއި ދުވާލު ހޭދަކުރެއެވެ. އެ ފޮނުވާ ފަރާތެއްވެސް ނޭނގެއެވެ. ގައިމުވެސް އިޒްކާންއެއް ނޫނެވެ. ހޫރީންއެއްވެސް ނޫނެވެ. އެދެމީހުންގެ އަތުލިޔުން ވަކިކުރަން ނީޝަލްއަށް އެނގެއެވެ. މިހާ ދުވަސް ވަންދެން ހހޫރީން އޭނައަށް ބުނެދޭން އުޅޭ ފަދައިން އިޒްކާންގެ ކުށެއް ނެތްކަމަށް މިހާރު ނީޝަލްއަށް ގަބޫލު ކުރެވިއްޖެއެވެ. މިއަދު އޭނާ ނިންމާފައިވަނީ ހޫރީން ލައްވާ އިޒްކާންގެ ގާތުގައި އޭނަ އިޒްކާންއަށް މައާފް ކުރި ވާހަކަ ބުނެދޭށެވެ. އެ އަހަރާއި އެކީގައި ފުރަތަމަ ސެމެސްޓަރ ނިމެން ކައިރިވަނީއެވެ. އެ ދުވަސްތަކުގެ ތެރޭގައި އިޒްކާން ނީޝަލްއަށް ހަބަރެއް ވެފައެއް ނުވެއެވެ. ނީޝަލް އިޒްކާން ކުށްވެރި ކުރެވުނެވެ. އެންމެ ފަހަރަކުވެސް އޭނާ ނުހުއްޓުވީތީއެވެ. އެންމެ ފަހަރަކު ވެސް އޭނާ ދެކިލަން ނައީތީއެވެ. އޭގެ ފަހުން ހަގީގަތް ބުނެދޭން މަސައްކަތް ކޮށްފައި ނުވާތީއެވެ. ނަމަވެސް އިޒްކާން އެއްވެސް ކަމެއް ނުކުރުމުގެ ފަހަތުގައި ވަނީ އޭނާ އާއި އިޒްކާން ވާހަކަ ދެއްކި އެންމެ ފަހުރޭ އޭނާ ބުނި ޖުމްލަތައް ކަމުގައި ނީޝަލްގެ ހިތް ބުނަމުން ދިޔައެވެ. އޭނައާއި ބައްދަލު ކުރުމާއި އޭނައާއި އެންމެ ކުޑަމިނުން ވާހަކަ ދެއްކުންވެސް އިޒްކާންއަށް މަނާ ކުރީ ޚުދު އޭނާއެވެ. އެކަމުގައި ބޮޑަށް ވަނީ ހަމަ އޭނާގެ ކުށެވެ. ނަމަވެސް ފަހަކަށް އައިސް އިޒްކާން ކޮލެޖަށް ނާންނާތީ ލލެކްޗަރާވެސް ކަންބޮޑުވެ ހުންނަކަން ނީޝަލްއަށް ފާހަގަވިއެވެ. ނީޝަލްވެސް ހުރީ ކަންބޮޑުވެފައެވެ. އިޒްކާންގެ ކުށެއް ނެތްކަން ސާބިތުވެ އޭނައަށް މާފުދޭން ނީޝަލް ހުރީ ނިންމައިގެންނެވެ. ނަމަވެސް ހޫރީން އެދުވަހު އަވަހަށް ދިޔުމުން ނީޝަލްއަށް ޖެހުނީ ކަރު އެލުވާލާފައި ދާށެވެ.
ޖެހިގެން އައި ދުވަހުވެސް އިޒްކާން އެބްޒެންޓް ވުމުން ނީޝަލް ހުރީ ކުޑަކޮށް ހާސްވެފައެވެ. އެދުވަހު ފިލާވަޅު ހެދިއިރުވެސް ނީޝަލްގެ ބޮލުގައި އިޒްކާންގެ ސޫރަނޫން އެހެން އެއްޗެއް ނުވެއެވެ. އިޒްކާން އާއި ދޭތެރޭ ވިސްނޭވަރުން ނީޝަލްއަކަށް ކެތްތެރިއެއް ނުވެވުނެވެ. މިހާ ދުވަސްވީއިރު ނީޝަލް މަރާލަން މަސައްކަތް ކުރި ލޯބި އުތުރި އަރައިގަނެފިއެވެ.
މިއަދު ނީޝަލް ހޫރީން ދޫކޮށެއް ނުލާނެއެވެ. ހޫރީން އަވަހަށް ދިޔުމުގެ ކުރިން ނީޝަލް ގޮސް ހޫރީން ހުއްޓުވިއެވެ. “ހޫރީން..” ނީޝަލް ގޮވާލުމާއި އެކީގައި ހޫރީން ފަހަތް ބަލާލީ ގަބޫލު ނުކުރެވިފައިވާ ފާޑަކަށެވެ. މިއިން ދުވަހަކުވެސް ދެން ނީޝަލް އޭނައާއި ވާހަކަ ނުދައްކާނެކަމަށް ހީކޮށްގެން ހުއްޓާ ކުއްލިއަކަށް ނީޝަލް ވާހަކަ ދެއްކުމުން ހޫރީންއަށް ގަބޫލުކުރަން ދަތިވީއެވެ.
“އި.. އިޒްކާން..” ނީޝަލް އަޅައަޅައިގަނެފައި ނަމަވެސް ޖުމްލަ ނިންމޭތޯ ބެއްޔެވެ. “ވަރަށް މޮޅު..! މިހާ ދުވަސްވީއިރު އަހަރެން ނީޝަލްގާތު ގައި އިޒްކާންގެ ވާހަކަ ބުނަން އުޅުނީމައި ނީޝަލް ކީއްވެތަ ދުރަށް ދިޔައީ..؟ ކޮން ސަބަބަކާއި ހުރެގެންތަ އަހަރެމެން އެންމެން ދުރުކޮށްލީ..؟” ނީޝަލް އާއި އިޒްކާން އާއި ދޭތެރޭ ކަންބޮޑުވެފައި ހުރެވުނުވަރުން ހޫރީން ހުރީ ކުޑަކޮށް ރުޅިއައިސްފައެވެ. ވާހަކަ ދެއްކުނީވެސް ހީކުރިވަރަށްވުރެ ބާރަށެވެ. “ހޫރީން.. ފޮގިވް މީ.. އެރޭގެފަހުން އަހަރެންނަށް އަދިވެސް އިނޮސެންޓްއީ ނޫނީ ގިލްޓީއީ ކާކުކަމެއް ބުނެދޭކަށް ނޭނގުނު…” ނީޝަލް އިސް ޖަހާލިއެވެ. އަދި ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ހޫރީން އަނެއްކާވެސް ފެއްޓިއެވެ.
“ނީޝް.. ގިލްޓީވަނީ ހަމައެކަނި އަހަރެންގެ ދޮންބެއާއި ފައިލަމްއޭ.. އިޒްކާން އެފަދަ ކަމެއް ނުކުރެޔޭ.. އަހަރެންގެ ދޮންބެގެ ޕްލޭނަކީ ވެސް މިއީ.. އިޒްކާން އާއި ނީޝަލް ދުރުކުރުވުން.. ނީޝްއަށް އެރޭ ފެނުނު ހުރިހާ ކަމަކީވެސް ހަގީގަތެއް ނޫން.. އިޒްކާން ފްރޭމް ކޮށްފައި ދޮންބެ ބޭނުންވީ ނީޝް ހާސިލު ކުރަން.. އެންމެ ކަމަކަށް.. އެނގޭ ގަބޫލުކުރަންވެސް ދަތިވާނެކަން.. އެންމެ ބޭނުމެއްގައި އެންމެ ގާތް އެކުވެރިޔާގެ ލޯބި ދޮންބެ ޖަހައިގަތީމައި ގަބޫލު ކުރަންވެސް އުނދަގޫވާނެ.. ބަޓް އެއީ ހަގީގަތަކީ.. ނީޝް ބޭނުން ނަމަ އައިހަމް ނޫނީ އާހިލް ކުރެންވެސް އަހާބަލަ..” ހޫރީން ކިޔައިދީ ނިންމާލިއެވެ. އެހުރިހާ ދުވަހެއް ވަންދެން ނީޝަލްއަށް ކިޔައިދޭން ބޭނުންވި ވާހަކަތައް ކިޔައިދީ ނިންމާލެވުމުން ހޫރީންއަށް ހީވީ ބޯމަތީ އޮތް ބަރު ގާގަނޑެއް ނަގާ އެއްލާލެވުނުހެނންނެވެ.
“އެކަމަކު ވެސް……” ނީޝަލްއަށް ބުނެވުނެވެ. “އަޅެ ބުނަން.. އިޒްކާން އޭގެ ފަހުން ދޮންބެއަކާއި ވާހަކައެއް ވެސް ނުދައްކާ.. ފައިލަމް އަކާއި ވެސް ނުދައްކާ ވާހަކައެއް.. އެމީހުންނާއި އެކީ އުޅުން ހުއްޓާލައިފިއޭ.. އެކަހަލަ ކަންކަމުގައި ބައިވެރިވުންވެސް.. ދެން ދޮންބެމެންގެ ގޮތެއް ނޭނގޭ.. މަށަށް އެނގޭހާވެސް ކަމަކީ ކޮންމެވެސް އިރަކުން ނަމަވެސް ނީޝަލްއަށް ކަމެއް ވެއްޖެއްޔާ އިޒްކާން އަމިއްލަ ފުރާނަ ދޫކޮއްފައި ނަމަވެސް ނީޝަލް ސަލާމަތް ކޮއްދޭނެކަން..” ހޫރީން ބުނެލިއެވެ. އެ އަޑު އަހަން ހުރި ނީޝަލްގެ ހިތަށް ލިބުނީ ބަޔާންކޮށްދޭންވެސް ދަތި ހިތްހަމަޖެހުމެކެވެ. ހޫރީންގެ ފަރާތުން ކުރިން މިހުރިހާ ކަމެއް އެހުނު ނަމައެވެ. އޭރުން ޚުދު އޭނާ އަދި އިޒްކާންއަށްވެސް ލިބުނު ހިތާމަތައް މަދުވީހެވެ. ނީޝަލްގެ ހިތުގައި ޖެހުނު ކުނިކޮޅު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. އުފާވެރި ކަމުން އެހިތް ބަންޑުންވާން ކައިރިވެއްޖެއެވެ.
“ކޭން އައި ގޯ ވިސިޓް ހިމް..؟” ނުކެރިފައި ހުރިގޮތަކަށް ނީޝަލް އަހާލިއެވެ. “ވައި ނޮޓް..؟ އިޒްކާން ކުޑަކޮށް ބަލިވެ އުޅެނީ..” ހޫރީން ބުނެލިއެވެ. ހޫރީން އެހެން ބުނުމާއި އެކީގައި ނީޝަލްގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އެކަނިވެސް ހާސްވެއްޖެކަން ހޫރީންއަށް އަންގައިދިނެވެ. ހޫރީންވެސް ހިނިތުންވިއެވެ. ނީޝަލް އާއި އިޒްކާން އަލުން އަނބުރާ ގާތްވާނެކަމުގެ މަލަމަތި ފެންނަން ފެށުމުންނެވެ.
“ނީޝް..؟” ޒިވީން ގުޅުމުން ނީޝަލް ފޯނު ނެގިއެވެ. އޭރު ހޫރީން އާއި ނީޝަލް ހުރީ އިޒްކާންމެންގެ ގެއަށް ދާ މަގުމަތީގައެވެ. “ވަރަށް ވަރަށް ވަރަށް އަވަހަށް ގެއަށް އައިސްބަލަ..!!” ޒިވީންގެ އަޑުގައި ވަނީ ޖޯޝެވެ. އެ ގުޅީ ވަރަށް އުފާވެ ހުރެކަން އެ ރާގުންވެސް ނީޝަލްއަށް އެނގުންވިއެވެ. “އެކަމް ތިއްތާ މިހުރީ…….” “ދެން ނޯ އެކަމް ބެކަމް ތެކަމް.. އަވަހަށް އާދޭ..” ނީޝަލްއަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ ޒިވީން ފޯނު ކަނޑާލިއެވެ. ގޮތް ހުސްވެފައިވާ ފާޑަކަށް ހޫރީންގެ މޫނަށް ބަލާލާފައި ނީޝަލް ދިޔައީ ޒިވީން އަންނަން ބުންޏޭ ކިޔާފައެވެ. ނީޝަލް ދިޔުމުން ހޫރީން އަވަސްވެގަތީ އިޒްކާންއަށް އެވާހަކަތައް އަންގާށެވެ.
ގެއަށް އަރާ ހަމަވެ ތަޅުދަނޑި ނެގި ތަނާހެން ނީޝަލްއަށް ފޯނަށް ބަލާލެވުނީ ވައިބްރޭޓް ވުމުންނެވެ. ނީޝަލްގެ ހަރަކާތަކަށް މަޑުޖެހުމެއް އައެވެ. ތަޅުދަނޑި ތަޅުވަޅަށް ކޮއްޕާލި ގޮތަށް އަނބުރާލަން ނޭނގިފައި ނީޝަލްއަށް ހުރެވުނީ ފޯނަށް ބަލަހައްޓައިގެންނެވެ. ހުޅުވިފައިވާ އިންބޮކްސްއަށް ނަޒަރު ހުއްޓާލައިގެން ހުރި ނީޝަލްގެ ތުންފަތްމަތީ ހިނިތުންވުމެއް ދުވެލީ ދެނެވެ. އެ މެސެޖަކީ އޭނަ މިހާ ދުވަސް ވަންދެން އިންތިޒާރު ކުރި މެސެޖެވެ. އިޒްކާންގެ ނަން ފެނުމުން އެ ނަން ނީޝަލްއަށް ކިޔާލެވުނީވެސް ހީނލައިގެން ހުރެއެވެ. މޫނު ޖަންބެއްހާ ރަތްވީއިރު ދެލޯ އާދަޔާ ޚިލާފަށް ވިދާލިއެވެ.
“މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އަތިރިމަތިން…” އިޒްކާން ކޮށްފައިވަނީ ނިކަން ކުރު މެސެޖެއް ނަމަވެސް ނީޝަލްގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ.
އިޒްކާން މެސެޖް ކުރި ކަމުގެ އުފަލުގައި ނީޝަލް ގެއަށް ވަނީ ދެން އޭނައަށް ކުރިމަތި ލާން ޖެހޭނީ ކޮންކަމަކާއި އަދި ކާކާއި ކަން ނޭނގި ހުރެއެވެ. ނީޝަލް ގެއަށް ވަންނަން ހިއްލާލި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. ކުރިމަތީގައި ހުރި ދެ ސޫރައަށް ބަލާލެވުމާއި އެކީގައި ނީޝަލްގެ ދެބުމަ ކައިރިވިއެވެ. ތުންފަތް މަތީގައިވާ ހިނިތުންވުންވެސް ފިލައިގެން ދިޔައީ ދާދި އަވަހހަށެވެ. ނީޝަލްގެ ދެލޮލުގައިވަނީ ތަރުޖަމާކުރަން ނޭނގޭ ފަދަ ކުލަވަރެކެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.





Hello my dearest readers ? Hope you all are doing well.. And vrh bodah swry coms ah reply nukureveythee.. Rooya xek, Smoke gurl and gigs ge comment yoon fenunu ingey three kudhinnah vx vrhhh bodah thankiu ?? And most importantly vrh bodah shukuriyya medhukendumeh nuvataha foohi kameh vx nethi stry kiyamun gendha huriha kudhinnah vx.. Thank you for all the support and love you all have been giving me this whole time.. So so thankful for that.. Comments ge zariyya in hurihaa readers aa communicate nukurevunu kamugaiviyas hurihaa kudhinnah vx thankiu bunelan yoon beynun.. Thank you all so so much ?? All of it means so much to me.. Yoon mi site ga com through koh kiyuntherinnai habareh vevifai nuvaathy mi com mi kohlany ?
Mihaaru stry ge nimumaai vx gaaiyh vany ? But adhivx kuriah baeh baithakeh ebahuri.. Mi stry ah fahu yoon dhn up kuran fashaa stry ge name buneladheynan mi story nimey part ga.. Hope you all have been enjoying Ekujja S2 this far.. Yoon ah hedhey mistakes mail thru koh namavx bunedheythee vrh bodah shukuriyya.. Once again thankiu all very much and I hope you all have a nice day.. Love you guys so much ? Everyone stay safe and take care ?
YOONSIS GE EXAM NIMUNEETHA?☺️☺️
Labba finals nimihje mihaaru
Maasha allah varah salhi cant wait 4 the next
Thankiu so much Nafha ? Yoon liyan 2 site akah.. So aneh site inn Part 38 up v haa avahakah will upload part 39.. Tc ?
Thanks n it’s ok ❤️❤️❤️ mi baives v cool masha allah ??? neesh ge badalugai izkaan dww mi kulhigandu fehtii ??? so hope izkaan edict nuvaakamah ekamah ??? n hope neesh n izkaan get together soon ??? v curious koh waiting ??? hope next is soon ??? n no need to say sorry yoon , i understand ??? stay strong n take care ???
Thankiu so much Rooya Xek ? Yesh mifaharu Izkaan.. Lets c dhw heh.. Thanks for understanding.. You too tgc and stay safe dear ?
Thankiu so much ? Lym dear ? Lets see dhw Maaya and Roohaan thw egeyga huree.. Zivyn ah ingey kurin Nyshal ah vee goiyh.. Maayaa and Roohaan ge vaahaka vx ingey. But Zivy akah neyngey mihaaru Maaya and Roohaan raahjeyga huri kameh.. Thankiu so much dear tc stay safe ?