Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 2

Lily Level 210 Stories
June 6, 2021 2 Mins Read
0 Comments

“އާއި…މަންމާ”ކިޔާރާ ހަޅޭއްލަވައިގަތުމުން އެންމެން އެއްފަހަރާ އެދިމާއަށް ބަލައިލި އެވެ.

“ރައުލާ ގަނޑާ… ކިރިޔާއޭ ބިރުން ހިތް ނުހުއްޓުނީ”ކިޔާރާ މޭގައި އަތްއަޅައިގެން ހުރެ ރައުލާގެ ގައިގާ މަޑުމަޑުން ޖަހާލިއެވެ.

“މަގޭ މަސްކަނީ ދޯ..؟މިމީހުން މީހުންގެ މަސްވެސް ކާލައޭ..”ރައުލާ އެންމެންނައް ވަކިވަކިން ބަލައިލި އެވެ.

“ނޫނޭ މިދައްކަނީ ދަތުރު ދާ ވާހަކަ.. ކިޔާ ބުނީ ރައީފާ ދައްތަ އެ އުޅެނީ ކުޅުދުއްފުށްޓަށް ދާށޭ..ދެން މަބުނީ ރައުވެސް ދޭހެއްޔޭ..”ނައުފާ ގައިގާ ހުރި ވެލިތައް ފޮޅާލިއެވެ.

ހީ އެހެންދޯ މަ ދާނަން އިނގޭ…މަށެއް ނުދަން މަންމަ އާ އެކީއެއް”

“އޭ މަންޖޭ މަންޖެގަނޑު ބަލައޭ މަމިއައީ…މަންމަ އަންނަ ގަޑި ޖެހެނީ ހިނގަދާން…މިފަހަރު ނޭނގެ ފައި ނޫންކަމެއް ބުރިކޮށްލާނީ މަންމަ އަންނަ ގަޑީ ގޭގަ ނެތިއްޔާ.”ރައުލާ ގެއަށް ދާން ހިނގައި ގަތެވެ.

“ކޮންތާކު ރައީފާ ދައްތަ ވީ..؟”ނާޔާ ރައުލާއާދިމަ ބަލައިލި އެވެ.

“ސަރީފަ ދައްތައާއި އެކު ދަނޑަށް ގޮސްވީ”

ކިޔާރާ އާއި ރައުލާ ގެއަށް ދެވުނީ ހައެއްވެސް ޖެހިފަހުންނެވެ.ނަމަވެސް ގެއަށް ވަތް ކިޔާރާ އާއި ރައުލާގެ ދެލޯ ބޮޑުވީ ސިޓިންރޫމްގައި އިން ރައީފާގެ ރުޅިވެރި ދެލޯ ފެނުމުންނެވެ.

“މިހާރު މަގޭ ދަރި ގޮވައިގެން ކޮންތާކަށް ގޮއްސަ ތިއައީ..ކަލޭ މިހާރު މަގޭ ދަރިންގެ ބޮލަށް ވެސް ވަދެގަތީ ދޯ..މީ މަށަށް ޖެހިފައިވާ މުސީބާތެއް ސަހާދެ މިބުނީ…ހިތައްއަރާ އަމަޔާ ބަފަޔާ މަރުވިގޮތައް މިވެސް މަރުވިނަމައޭ.”ރައީފާ ކިޔާރާ އާއި ދިމާލަށް އެތިވަރު ގޮވަން ފެށިއެވެ.

“މަންމާ..”ރައުލާ ވާހަކަ ދައްކަން ފެށުމުން ރައީފާ އޭނާ ހުއްޓުވި އެވެ.

“ރައުލާ އަނގަނުލާ..ކަލޭ ހަމަ ރަނގަޅަށް ވެސް މަގޭ ދަރި ހަލާކު ކޮށްފި..މީއްޗަކު މަރުވާނަމަ ގައިމު ކޮންފަދަ.”ކިޔާރާ އަކަށް މިފަހަރު ކަރުނަ ތަކެއް ނުހިފޭއްޓުނެވެ.

ރައީފާ ކިޔާނެއެއްޗެއް ކިޔާފައި ކޮޓަރިއަށް ގޮސް ބާރަށް ދޮރު ޖެހިއެވެ.ކިޔާރާވެސް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.ރައުލާ އެކަނި ނުހުންނަނވެގެން ބެލްކަންޏަށް ނުކުތެވެ.

ރައުލާ ބެލްކަނީގައި ހުރީ ހިޔާލަކައް ގެއްލިފައިވެ.އޭނާ ވިސްނަމުން ދިޔައީ މަންމަ ކިޔާރާ އާއި މެދުގައި ކަނތައް ކުރާ ގޮތާއި މެދުގައެވެ.ބައެއްފަހަރު އެއީ ހަމަ އޭނާގެ މަންމަބާއޭވެސް ހިތައްއަރައެވެ.އޭނާގެ މަންމަ ކިޔާރާ އާއި މެދުގައި ރަނގަޅަށް ކަންތައްކުރާނެދުވަހަކައް އޭނާ ހާދަ އިނތިޒާރެއް ކުރެއެވެ.

ރައީފާ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖަހާފައި ގޮސް އެނދުގައި އިށީނެވެ.އެހެހެން އިރުކޮޅަކު އިނުމަށްފަހު އެނދުގައި ހުރިއްޔާ ހުރި ބާލީހެއް ތިރިޔަށް އުކާ ބެޑްޝީޓް ނަގާ އެއްލައިލި އެވެ.ރުޅިއަންނަ ކޮންމެ ފަހަރަކު ރައީފާ ކަންތައް ކުރާނީ އެހެނެވެ.

ކިޔާރާ އަށް ހޭލެވުނީ ގަޑިން ރޭގަނޑު އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށެވެ.އެހާ ގިނައިރު ރުއިމުގެ ސަބަބުން އެ ރީތި ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ.މަގްރިބް ނަމާދު ގަޟާ އަށް ކޮށް ޢިޝާނަމާދު ކޮށްލުމަށްފަހު ބަނޑުހައި ވެފައި ހުރުމުން ދިޔައީ ކާގެއަށް އެއްޗެއް ކަމަށެވެ.

ކިޔާރާ ކޮޓަރިން ނުކުމެ ރައީފާގެ ކޮޓަރިއާ ދިމާއަށް ބަލައިލި އެވެ.ކޮޓަރި ނިއްވާލާފައި ހުރިކަން އެނގުމުން ރައީފާ ނިދީކަން ޔަގީންވިއެވެ.

މިއަދު ރައީފާ ކީއެއްޗެހި ކިޔާރާގެ ހިތުން އަދިވެސް ނުފިލައެވެ.

ކިޔާރާ ކާގެއަށް ވަތްވަގުތު ދިޔައީ ސިއްސައިގެންނެވެ.މިޔޮއް ދަންގަޑިއެއްގައި ރައުލާ މިތާ މިކުރަނީ ކީއބާއޭ އޭނާގެ ހިތައް އެރިއެވެ.

ރައުލާ ބެލްކަނިން ފޭބީ ދިހައެއްވެސް ޖެހިފަހުންނެވެ.އެހެންކަމުން އޭނާ އަވަސްވެގަތީ ނަމާދުކުރާށެވެ.
ނަމާދުކޮށް ނިމިގެން ރައުލާ ދިޔައީ ކިޔާރާ އަށާއި އޭނާއަށް ސޫޕް ކައްކާށެވެ.ސޫޕް ކައްކާ ނިމިގެން ކިޔާރާއަށް ގޮވަން ދާން ހިނގައިގަތީ ކިޔާރާ އޮންނާނީ ނިދާފަކަމަށެވެ.ނަމަވެސް ރައުލާ ދޮރާއި ހަމައަށް ދިޔަތަނުން ސިހުނީ މީހަކު ދޮރުހުޅުވާލުމުންނެވެ.އެއީ ކިޔާރާ ކަން އެނގުމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.ނަމަވެސް ރައުލާ ހައިރާންވީ މިޔޮށް ދަންވަރު ކިޔާރާ ހޭލާ އުޅެނީ ކީއްކުރަނބާއޭ ހިތައްއެރުމުންނެވެ.

“ކިޔާ..މިޔޮށް ދަނވަރު ކީއްތިކުރަނީ..؟”ރައުލާ ހައިރާންވެފައި އަހާލިއެވެ.

“މީ ބަނޑުހައިވެގެން…އެކަމަކު ރައު ކީއްތިކުރަނީ މިގަޑީގައި..؟”ކިޔާރާ ދެއުކުޅުގައި އަތް ވިއްދައިލިއެވެ.

“ހުންނާނެ ސޫޕް ކައްކާފަ…ހިނގާ ކާ..ކްކްކިޔާ..ބްބިހައިންޑް ޔޫ..”ރައުލާ ބިރުން ފަހަތަށް ޖެހެން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 5

Next

އަންނަންދެން ހުންނާނަން ލޯބިން 52

Next
June 7, 2021

އަންނަންދެން ހުންނާނަން ލޯބިން 52

Previews
June 6, 2021

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 5



All Right Reserved!