ހިތްދަތި ދުވަސްތައް 3
ކިޔާރާ ފަހަތް ބަލާލިއިރު އޭނާގެ ފަހަތުގައި އިނީ ބޮޑު އުދުހޭ ކުރަތްޕެކެވެ.ކިޔާރާ ދުމެއް ޖެހިހެން އައިސް އެރީ ރައުލާގެ ކޮނޑަށެވެ.އިރުކޮޅަކުންފެނުނީ ދެމީހުން އެއްފަހަރާ ބިންމައްޗަށް ވެއްޓުން ތަނެވެ.
ރައުލާ ތެދުވެ ކިޔާރާ ކޮޅަށް ނަގިއެވެ.އިރުކޮޅަކު އެކަކު އަނެކަކުގެ މޫނަށް ބަލަން ހުރެފައި ދެމީހުން އެއްފަހަރާ ހީގަތެވެ.
ޖެހިގެން އައި ދުވަހު ކިޔާރާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ.އެހެންކަމުން އަވަހަށް ތާޒާވެލައިގެން ނަމާދުކޮށް ނިމިގެން ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ.
ސައި ހަދާ ނިންމާފައި ކިޔާރާ ދިޔައީ ރައީފާ އަށާއި ރައުލާ އަށް ގޮވާށެވެ.ފުރަތަމަ ކިޔާރާ ދިޔައީ ރައުލާ އަށް ގޮވާށެވެ.ރައުލާއަށް ގޮވާފައި ދެން ދިޔައީ ރައީފާ އަށް ގޮވާށެވެ.ރައީފާ ކޮޓަރީގައި ފަސްވަރަކަށް ފަހަރު ޓަކި ޖެހުމުން އެތެރެއިން ބާރަކަށް ދޮރު ހުޅުވާލިއެވެ.”ކިހާ ބޮޑު ކަމެއް… ކޮންމެ ދުވަހަކު ހެނދުނު ޖެހޭތަ ދޮރު ވެއްޓޭ ވަރަށް ދޮރުގަ ފާލަން.”ރައީފާ ރުޅި މޫނު ހަދަލެކެވެ.”ސައި ހެދިފަ ހުރީމަ ގޮވަން މިއައި.”ރައީފާ ކިޔާރާގެ މޫނުމައްޗަށް ދޮރުޖެހިއެވެ.
އެދުވަހު ހަވީރު ރައީފާގެ ދޮށީ ދަރި ރައުފާ އަންނަ ޙަބަރު ކިޔާރާއަށް ލިބުނެވެ.އެހެންކަމުން ކިޔާރާ ކުޑަކޮށް ނުތަނަވަސް ވިއެވެ.ރައުފާވެސް ކިޔާރާއަށް ޖެއްސުން ކުރާނެއެވެ.ރައުފާ އެއަންނަނީ 3 އަހަރުގެ ކޯހެއް ކިޔަވަން މާލޭގައި އުޅެފައެވެ.
ކިޔާރާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ.ކިޔާތާ ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ރައުލާ އެވެ.”އަހަ..ރައު.. ކިހިނެއްވީ ކަމެއްބޭނުންވީތަ..؟”ރައުލާ އެތެރެއަށް ވަންނަން ތަން ދައްކަމުން ކިޔާރާ އެއްފަރާތަކަށް ޖެހިލި އެވެ.”ކިޔާ ދޮންތަ އައިސް އެއްޗެކޭ ކިޔަސް އަޅައި ނުލާތި..އިނގޭނު ދޮންތަގެ ގޮތް.”ރައުލާ އެހެންކިޔާފައި ކިޔާރާގެ ގައިގާ ބައްދާލާފައި ދުވެފައި އެ ކޮޓަރިން ބޭރަށް ނިކުތީ ރައީފާ އޭނާއަށް ގޮވާ އަޑަށެވެ.
އެދުވަހު ހަވީރު ރައުފާ އައެވެ.”މަންމާ މިރޭ ރައްޓެހިން ބާއްވާ ޕާޓީއަކަށް ދަންތަ..ޕްލީސް.”ހަވީރު ސައި ބޯން އިނދެފައިރައުފާ ރައީފާގެ ގާތުން ހުއްދަ އެހިއެވެ.”އާނ ދެން ދަރިފުޅު ތިހާ ދާހިއްވަނޏާ ދޭ އެކަމަކު ލަސްނުކޮށް އަންނާތި.””އޯ ތޭންކްސް މޯމް ޔޫ އާ ދި ބެސްޓް.”ރައުފާ ޅަވެލާފައި ރައީފާގެ ގައިގައި ބައްދާލިއެވެ.
ކިޔާރާ ހުރީ ރައުފާ ދިން ހެދުން އިސްތިރި ކުރާށެވެ.އިތިރިކޮށް ނުނިމެނީސް ރައުފާ އޭނައަށް ގޮވާ އަޑަށް އިސްތިރި ބާނދާފައި ރައުފާގެ ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ.އެވަގުތު ރައުލާ އެތާއިން ސޯފާގައި އިނދެފައި ކިޔާރާ އާއި އެކީ ދާން ހިނގައި ގަތެވެ.
“މިތަނުން ބްލެކް ޖީންސެއް ހޯދާ ދީބަ..އެބައަންނަން.”ކިޔާރާއަށް ކަބަޑުގެ ދޮރުހުޅުވާލާފައި ޖީނސުތައް ނަގާ ގޮދަޑި ގައި ބަހައްޓާލަދިނެވެ.”މަންމާ..މަންމާ”
އިރުކޮޅަކުން އިވުނީ ރައުފާގެ ހަޅޭކުގެ އަޑެވެ.ރައުލާ އާއި ކިޔާރާއަށް އެއްފަހަރާ ކޮޓަރިން ބޭރަށް ދުއްވައިގަތެވެ.
ކިޔާރާއަށް އެތަނަށް ދެވުނު އިރު ރައުފާ އޭނާގެ ހެދުން ހިފައިގެން ރޯން ހުއްޓެވެ.އިރުކޮޅަކުން އެތަނަށް ރައީފާ އައުމުން ރައުފާ ރައީފާގެ ގައިގައި އޮޅުލައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Thiya beyfulhunge faadu kiyumakee alhugandah libey vr bodu hihvvareh.And story kiyaalaa hurihaa kudhinnah story reethi vaane kamah ummeedhu kuran ???
Ekm faadu kiyaane meehaku ves neth dhw!!!!!!!!!
Hehehehehehheheehheheheheh.