Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (31)

Dheem&Eekku Level 410 Stories100 Login500 Login
May 29, 2021 9 Mins Read
0 Comments

“މާދަން އަންނަން މަޑު ކުރެވުނު ނަމަ..” ސައިކަލުން ފޭބުމަށްފަހު އަފާއަށް ބުނެލެވުނެވެ. ރޭގަނޑު ވަގުތެއްގައި އެގެޔަށް އަންނަން ނިންމެވުނީތީ ވަގުތުން މޮޔަހީވިއެވެ.

“ބިރުގަތީތަ؟” ޔީޝާ އަފާ އަތުގައި ހިފަމުން ބުނެލިއެވެ.

“އަބަދުވެސް މިގެއަށް އަންނަން އަހަރެން ބިރުގަނޭނުން.. އެހެން ނޫނަސް މިގޭތެރެއަށް ވަންނަ މިއީ ފުރަތަމަ ފަހަރު.. މިހާ ގަސްބޯއިރު މިއޮށް އަނދިރީގަ ޖިންނިއަކު ފެނުނަސް ނޭނގޭނެ” އަފާ ބުނެލިއެވެ.

“ސާބަސް.. ބިރުން ހުރީރު އަދިވެސް އެކަހަލަ ވާހަކަ ދައްކަން ޖެހޭތަ” ޖިންނިއެކޭ ބުނުމުން ޔީޝާވެސް ކުޑަކޮށް ޖެހިލުންވިއެވެ.

“ސޮރީ.. ހިނގާ އަވަހަށް” އަފާ އެހެން ބުނުމުން ދެމީހުން އެކީ ގޭތެރެ ދޮރާ ދިމާއަށް ހިނގާގަތެވެ.

*****

މެދުގޯތި ތެރޭ ދިއްލާފައި ހުރި ފަނޑު ބޮކީގެ އަލިން އަލިވެފައި ވަނީ ކުޑަ ތަންކޮޅަކަށެވެ. ގަސްތަކުގެ އަނދިރި ހިޔަނި މުޅިތަނަށް ވެރިވެފައި ވުމުން ތަނެއް ދޮރެއް ވަކިވެސް ނުވެއެވެ. ދެން ކިރިޔާވެސް އަލިކަމެއް ވަނީ ފެންޑާ ދަށުގައި ދިއްލާފައި ހުރި އޮރެންޖު އަލި ބޮކިންނެވެ.

ޓޮއް ޓޮއް ޓޮއް

ދޮރުގައި މީހަކު ޓަކި ދިން އަޑަށް ހައްވާދީ ސިއްސައިގެން ދިޔައެވެ. ދެފިކުރެއްގައި ހުރެފައި ހައްވާދީ ދޮރު ހުޅުވަން ދިޔައެވެ. ކިރިޔާ ބޭރު ފެންނަ ވަރަށް ދޮރު ހުޅުވާލީ އެތަނުގައި މީހަކު ހުންނާނޭ ކަމަކަށް އުންމީދު ކޮށްގެނެއް ނޫނެވެ. އެގަޑީގައި މީހަކު އޭނާ ހޯދަން ނާންނާނޭކަން ޔަގީން ވާތީއެވެ.

“އަހަން ދަރިފުޅާ… މިގަޑީގަ ކީއްކުރަނީ.. އަވަހަށް ވަދޭ” ދޮރުމަތީ ތިބި ދެއަންހެން ކުދިން ފެނިފައި ހައްވާދީ ހައިރާންވިއެވެ.

“މާމާ.. ކިހިނެއްތަ ހާލު؟” ހައްވާދީގެ އަތުގައި ހިފާލަމުން ޔީޝާ ހާލު އެއްސެވެ.

“މާމަ ރަނގަޅު.. ހާދަ ނުގަޑިއެއްގަ ތިއައީ.. މަންމަ ފޮނުވައިގެންތަ؟” ހައްވާދީ އަނެއްކާވެސް އެހިއެވެ.

“ނޫން.. މިއައީ ބޮޑު ވާހަކައެއް ދައްކަން.. ” ޔީޝާ އެހެން ބުނީ ހައްވާދީގެ މޫނަށް ބަލަން ހުރެފައެވެ. އެވަގުތު ހައްވާދީ ހާސްވިތަން އަފާއަށާ ޔީޝާއަށް ފެނުނެވެ.

“ކޮންވާހަކައެއް؟” އިށީންނަން ގޮނޑި ދައްކާލަމުން ހައްވާދި އެހިއެވެ.

“މާމަ އަހަރެން އުނަގަނޑުގަ އެޅުވި ތަވީދާ ބެހޭ ގޮތުން.. އަޅުގަނޑަށް މިހާރު އެނގޭ އެއީ އެސްފީނަޔާ ގުޅުމެއްވާ ތަވީދެއް ނޫންކަން.. އަމިއްލަ ހީއެއްގެ މައްޗަށް ކަން ނުނިންމަން އަޅުގަނޑު މާމަ ކައިރީ މިއެދެނީ ހަގީގަތް ކިޔައިދޭން” ޔީޝާ ބުނެލިއެވެ.

“ކޮބާ ތަވީދު؟ ތަވީދު ގެއްލުނީތަ؟” ހައްވާދީ ފުންމައިގެން ތެދުވެ ޔީޝާ ކައިރީ އެއްސެވެ.

“ތަވީދު ގެއްލުނު ތާ ވަރަށް ގިނަދުވަސްވެއްޖެ.. އެރަށަށް ދިޔަތާ މާގިނަ ދުވަހެއް ނުވަނީސް ތަވީދު ގެއްލުނީ… އޭގެ ހަގީގަތް ނޭނގޭތީ އަހަރެން އެއީ ބޮޑުކަމަކަށް ނެހެދީ.. އެކަމު މިއަދު އަޅުގަނޑަށް ކުރެވުނު ކުށުގެ ބޮޑުކަން އެނގިއްޖެ” ޔީޝާ ބުނެލިއެވެ.

“ސުބުހާނަﷲ.. ތަވީދު ގެއްލުނީޔޭ.. ދަރިފުޅާ.. ދަރިފުޅަށް އޭނާގެ އުނދަގު ފޯރަނީތަ.. ބުނެބަލަ.. އޭނަ ޔިޝާއަށް ކަމެއްކުރީތަ؟؟” ހައްވާދީ އެހެން އަހަމުން ދިޔައިރު ރޮވެން ފަށާފިއެވެ.
“މާމާ.. މަޑުކޮއްބަލަ.. ހާސްނުވެބަލަ.. އެހެންވީމަ އެއީ ހަމަ އަސްލުވެސް އަހަރެން ޖިންނިއެއް ކިބައިން ސަލާމަތްކުރަން އެޅުވި އެއްޗެއްތަ؟” ޔީޝާ އެހިއެވެ.

“އާން.. އެއީ ޒަބޫރިޝް.. އެއީ ވަރަށް ނުލަފާ ޖިންނިއެއް.. އޭނާ ޔީޝާއަށް ކޮންމެ ފަދަ ގޮތެއްވެސްޖިންނިއެއް.. ަހަރެން ޖިންނިއެއް ކިބައިން ސަލާމަތްކުރަން އެޅުވި އެއްޗެއްތަ؟” ޔީޝާ އެހިއެވެ.

ހަދާފާނެ” ހައްވާދީ އެހެން ބުނުމުން ޔީޝާ ސިހިގެން ދިޔައެވެ. ޒަބޫރިޝްއޭ ބުނުމުންނެވެ.

“މަގުމަތިން އަހަރެނަށް ފެންނަ މީހާއަކީވެސް އެ ޖިންނި.. ޒަބޫރިޝް އެމީހާއަށް ކިޔަނީ.. އެ ޖިންނި އަހަރެން ފަސްފަހަތުން ނޫޅޭ އެންމެ ވަގުތެއްވެސް ނުދޭ” ޔިޝާއަށް ބުނެވުނީ އޭނާގެ އަމިއްލަ ނަފްސަށެވެ. ވަގުތުން މުޅިގައިން ހީބިހި ނަގައިގަތެވެ.

“އަޅުގަނޑު މިރޭ ހުރިހާ ވާހަކައެއް އަޑުއަހަން ބޭނުން.. ބުނެބަލަ އެއީ އަހަންނާ ކިހިނެއް އަވަލި އެއްޗެއް ކަން.. މާމައަށް ހުރިހާ ކަމެއްވެސް އެނގޭނުން” ޔީޝާ ބުނެލިއެވެ.

“މާމައަށް މާފުކުރޭ ދަރިފުޅާ.. ދަރިފުޅަށް މިއަދު ދިމާވާ ހުރިހާ ދެރަކަމަކީ މާމަގެ ސަަބުން ވާކަންތަށް.. އަހަރެންގެ ފަރުވާ ކުޑަކަމުން ދަރިފުޅަށް ހުރިހާ ދެރައެއް..” ހައްވާދީއަށް ރޮވެނީއެވެ.

“މާމާ.. ނުރޮއެބަލަ.. ކޮންމެ ފަދަ ހަގީގަތެއް އަހަންނަށް އެނގުނަސް އަހަރެން މާމަދެކެ ރުޅިއެއް ނާންނާނަން.. އަހަރެން އެ ޖިންނީގެ ކިބައިން ސަލާމަތް ކުރަން މާމަ ހުރިހާ މަސައްކަތެއް ކުރީމެއްނު.. އަހަންނަށް އޭތީގެ އުނދަގޫ ފޯރަން ފެށީ އަހަރެންގެ ފަރުވާ ކުޑަކަމުން އެތަވީދު ގެއްލުނީމަ.. ނުރޮއެ.. އަހަރެން މާމަ ކުއްވެރިއެއް ނުކުރާނަން.. އަހަރެން ބޭނުންވަނީ ހަގީގަތް އެނގެން” ޔީޝާ އެހެން ބުނުމުން ހައްވާދީއަށް ހަގީގަތް ކިޔައިދޭނެ ހިއްވަރެއް ލިބުނެވެ. ކޮންމެ ގޮތެއްވިއަސް ޔީޝާއަށް ހަގީގަތް ކިޔަދޭން ޖެހޭނެއެވެ.

“ޅައިރު މާމައަށް އަރާގަނުވުނީ ބޮޑުވެގެންވީ ފާފައަކަށް.. ހިތާ ސިކުނޑި މާބޮޑަށް ޝައިތާނާއަށް ލަންބާލެވިފައި ވާތީ މާމައަށް ގިނަވަގުތު ހުސްކުރެވުނީ ސިހުރު ހެދުމުގަ.. އަހަރެންނަށް އުނދަގޫ ކުރާ މީހުނަށް ގެއްލުން ދިނުމަށް.. އެތަށް ބައެއްގެ ދިރިއުޅުން އަހަރެންގެ މިދެއަތުން ހަލާކު ކުރެވުނު.. އެތަށް ޅަކުދިންގެ މައިންބަފައިން ވަކިކޮށް ބައެއް މީހުން މިދުނިޔެއިން ނައްތާވެސް ލީން.. އެތަށް ބަޔަކަށް ދުއްތުރާ ޖެެއްސުނު.. އެކަމު އެވަރުންވެސް އަހަރެންގެ މިހިތެއް ނުފުރުނު.. ދެން އަހަރެން ދަސްކުރީ ޖިންނީން ބޭނުންކޮށްގެން މީހުނަށް ގެއްލުން ދޭން.. އެކަންވީ އަހަންނަށް މާ މަޖާ ކަމަކަށް.. ދުވަސް ކޮަޅަކަށް ފަހު އަހަރެން ހައްޔަރު ކޮށްގެން ގެންގުޅު ޖިންނި އަހަރެންގެ ބަސް ގަބޫލު ނުކުރަން ފެށީ.. އަހަރެން ބުނާ ކަންތަކަށް ދެކޮޅު ހަދަން ފެށީ… އެކަމުގަ އައި ރުޅީގަ އަހަރެން ނިންމީ އޭތީގެ އާއިލާއަށް ގެއްލުން ދޭން.. އެކަމު އެއީ އެޖިންނިއަށް ބިރު ދައްކަން.. ޒަބޫރިޝްއަކީ އޭތީގެ އެންމެ ޒުވާން ފުރާގެ ޖިންނިއެއް.. އަހަރެމެންގެ އުމުރުން ނަމަ ތިރީހަކަށް އަހަރު..  ޒަބޫރިޝް އަނެއްކާވެސް އަހަރެންގެ ސިހުރުގައި ބައިވެރިވާން ފެށީ އަހަރެންގެ މުށުތެރޭ ހައްޔަރު ކޮށްގެން އުޅުނު އޭނާގެ އަނބިމީހާއާ ކުޑަ ދަރިފުޅުގެ ރައްކަލަކަށް.. އެކަމު ޒަބޫރިޝް އަނެއްކާވެސް އަހަރެންގެ ބަހަށް ދެކޮޅު ހަދަން ފެށީ.. އެއީ މީހަކު ބުނެގެން އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުން ދޭން އަހަރެން ހެދި ސިހުރެއް.. އަހަރެން ކިތަންމެ ވަރަކަށް ބިރު ދެއްކިނަމަވެސް ޒަބޫރިޝް އެކަން ކުރާކަށް އެއްބަހެއް ނުވި.. އެކަމުގައި އައި ރުޅީގަ އަހަރެން އަތުން އޭނާގެ އަނބިމިހާއާ ދަރިފުޅު އަންދާލެވުނީ.. ގަސްތަކު ނޫން.. އެކަމު އަހަރެންގެ މިދެއަތުން ޒަބޫރިޝްގެ ކުޑަ ކުޑަ ދަރިފުޅާ އޭނާގެ އަންހެނުން ނެތިދިޔައީ.. ޒަބޫރިޝް އެމީހުން ސަލާމަތް ކުރަން އުޅުނު ގޮތް އަހަރެން ދުށިން.. އެކަމުގެ ތެރޭ އޭނާގެ ހަށިގަނޑުގެ ބޮޑުބައެއްވެސް އަނދައިގެން ދިޔައީ.. އޭނާގެ އަންހެނުންނާ ދަރިފުޅު ސަލާމަތް ކޮށްދޭށޭ ބުނެ ކުރި އާދޭސް އަހަރެންގެ ހަނދާނަކުން ނުފިލާނެ..ޒަބޫރިޝްގެ ވޭނީ ރުއިން މިހާރުވެސް އަހަރެންގެ ކަންފަތް ބުޑުގަ ގުގުމާ ކަހަލަ.. އަނދާ އަޅިއަށް ވެފާ އޮތް ދަރިފުޅު އުރައިގެން އިނދެ ރުއިގޮތް މިހާރުވެސް އަހަރެން ލޯކުރިމަތީ ސިފަވޭ.. ނަމަވެސް އެދުވަހު އަހަރެންގެ ހިތަކު އެއްވެސް ކުލުނެއް ނެތް.. އެދެމައިންގެ މަރަކީ ޒަބޫރިޝްގެ ސަބަބުން ވީކަމަކަށް އަހަރެން ބުނިން.. އެއަށްފަހު ޒަބޫރިޝް އަހަރެންނަށް ތަފާތު އުނދަގޫ ކުރަމުން ދޭ.. އޭތީގެ ރުޅި އަހަރެންނަށް ބާލުވަމުން ދޭ.. އެކަމު އަހަރެންގެ ހަށިރައްކަލުން އޭނާއަށް މާބޮޑު ކަމެއް ނުކުރެވޭ.. ކޮންމެ މަހެއްގެވެސް އެރޭ ޒަބޫރިޝް އަހަރެން ކައިރިއަށް އާދޭ.. އަހަރެންނަށް ގެއްލުން ދޭން މަސައްކަތް ކުރޭ.. އޭނަ އަހަރެންގެ ކިބައިން ބޭނުންވަނީ ބަދަލު.. އިންސާފު..” ހައްވާދީގެ ވާހަކަ އެހިސާބަށް ދިޔައިރު އޭނާއަށް ގިސްލެވެން ފެށިއެވެ. ބިންމައްޗަށް ބަލަހައްޓައިގެން ހުރީރު ޔީޝާގެ ލޮލުންވެސް ރޮނގަަށް ކަރުނަ އަންނަމުން ދެޔެވެ. އަފާގެ ދެލޯވެސް ވަނީ ތެމިފައެވެ. އަމިއްލަ ދަރިޔަކު މަރުވަމުންދާ މަންޒަރު ފެނުމުން ހިތަށް ކެތްވާނީ ކިހިނެއް ހެއްޔެވެ. އެއީ އިންސާނަކަށް ނުވިނަމަވެސް ޒަބޫރިޝްގެ ހިތުގައިވެސް ކުލުނާ ލޯބި ވާނެކަން ގައިމެވެ.

“އެއީ ވަރަށް ވިއްސާރަ ރެޔެއް.. ދަރިފުޅުގެ މަންމަ ދޮށީ ދެބެން ގޮވައިގެން ސްކޫލަށް ދާން ޖެހުނީ.. އެއީ އަހަރީ އިނާމެއް ދިން ރެޔެއް.. ދަރިފުޅުގެ ބައްޕަ ގޭގަ ނެތީމަ ދަރިފުޅު މިގޭގަ ބެހެއްޓީ.. ވިއްސާރަ ރެޔެއްވީމަ އެކަނި ނުބާއްވަން ވެގެން.. އެއީ ޒަބޫރިޝް އަންނާނެ ކަމަށް ބުނެފަ އޮތް ރެޔެއް.. ދަރިފުޅު ނިދީމަ އަހަރެން އެރެޔަށް ތައްޔާރުވިން.. ޒަބޫރިޝް އަހަރެން ކައިރިއަށް އައީ ބަދަލު ހިފަން.. އެރޭ އޭނާގެ ގަދަ ބާރު އަހަރެންނަށް އެނގުނު.. އަހަރެން ހެދި އެތިފަހަރު ޒަބޫރިޝްއަކަށް އެއްވެސް ކަމެއް ނުކުރުވި.. އަހަރެންގެ މޮޔަކަމުން އިތުރަށް އޭނާ ރުޅި އަރުވާލެވުނީ.. އެރޭ ދެން ސަލާމަތް ނުވާނޭކަން އެނގުނު.. ޒަބޫރިޝް އަހަރެންގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް.. އަހަރެންގެ އަތުން ގެއްލިގެން ދިޔަ އޭނާގެ ދަރިފުޅު އަނބުރާ ގެނައުން.. އޭނާ ބޭނުންވަނީ އަހަރެންގެ ހަށިގަނޑުން އޭނާގެ ދަރިއަކު މިދުނިޔެއަށް އުފަން ކުރަން.. އެކަމު އަހަރެން އެކަމާ ދެކޮޅު ހެދިން.. ނަމަވެސް އެރޭ އޭނާ އަހަރެންގެ މައްޗަށް ގަދަވެވުނު.. ނަމަވެސް އޭނާގެ މަގްސަދު ހާސިލް ނުވަނީސް އެކޮޓަރިއަށް ދަރިފުޅު ވަނީ.. ޒަބޫރިޝް ފެނުމާއެކު ދަރިފުޅު ހަބަރު ހުސްވެގެން ވެއްޓުނީ.. އެރޭ އަހަރެން ކައިރީ އޭނާ ބުނި އޭނާ ބޭނުން ވަނީ ޔީޝާއޭ.. އެކަމު އެއީ އަހަރެންގެ ބަދަލުގައި ޔީޝާގެ ފަރާތުން އޭނާގެ ބަދަލު ހިފުމަށް.. ޒަބޫރިޝް އެރޭ ދިޔައީ ޔީޝާ ފުރިހަމަ ޒުވާނަކަށް ވުމުން އެނބުރި އަންނާނެ ކަމަށް ބުނެ..އޭގެ ފަހުން ޒަބޫރިޝްގެ އެއްވެސް ހިލަމެއް ނުވޭ.. އޭނާ ކުރި ވައުދު މަތީ އޭނާ ދެމިހުރި.. ޔީޝާއަށް އުމުރުން 18 ވުމާއެކު ޒަބޫރިޝް އެނބުރި އައީ.. އެކަމު ޔީޝާގެ ރައްކަލަކަށް އަޅުވާފަ ހުރި ތަވީދުން އޭނާއަށް ޔީޝާއާ ގާތް ނުވެވުނީ.. އެއަށްފަހު އޭނާ ޔީޝާއާ ގާތްވާ ކޮންމެ ފިރިހެނަކަށް ގެއްލުން ދެމުން ދިޔައީ.. މީގެ ދެއަހަރެއް ކުރިން މިރަށުގަ މަރުވި ދެކުދީންވެސް މަރާލީ ޒަބޫރިޝް..” ހައްވާދީ އެހެން ބުނެފައި ޔީޝާގެ މޫނަށް ބަލާލިއެވެ.

“އެދެކުދީން އެކަންޏެއް ނޫން… އަޒާންވެސް.. އަހަންނަށް މިކަން ކުރިން ނޭނގުނު ނަމަ ދާނިޝްވެސް ނިމިގެން ދާނީ މިހެން ކަންނޭނގެ..” ދެލޯ ފުހެލަމުން ޔީޝާ ބުނެލިއެވެ.

“އިތުރު ބަޔަކަށް ގެއްލުމެއް ނުވަނީސް ޔީޝާ އެ ޖިންނީގެ ކިބަޔަކުން ސަލާމަތެއް ނުކުރެވޭނެތަ؟” ހައްވާދީއަށް ބަލާލަމުން އަފާ އަހާލިއެވެ. އަފާގެ ސުވާލަށް ހައްވާދީ ދޫކޮއްލީ ފިިނި ނޭވާއެކެވެ.

“އެއީ ވަރަށް ބާރުގަދަ ޖިންނިއެއް.. ޖިންނީންގެ ތެރޭން އެންމެ ބާރުގަދަ ވާނީވެސް އިންސާނުންނާ މެދު ނަފްރަތު ކުރާ، ބަދަލު ހިފަން ބޭނުންވާ ޖިންނީން.. ފަންޑިތަ އަކުންވެސް އެމީހުން ނައްތާލަން އުނދަގޫވާނެ” ހައްވާދީ ބުނެލިއެވެ.

“ދެން ތިބުނީ ޔީޝާގެ މުޅި އުމުރު ދުވަހުވެސް އޭތިގެ އުނދަގޫ ފޯރާނެއޭތަ” އަފާ އަނެއްކާވެސް ބުނެލިއެވެ. އޭނާގެ އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.

“އޭތި ނައްތާލެވޭނީ އިންސާނެއްގެ ހަށިގަނޑު ތެރޭ ހައްޔަރު ކުރެވިގެން.. އެކަމު އެއީ އުނދަގޫ ކަމެއް. އޭނަ އެއަށްވުރެ މާ ހުޝިޔާރުވާނެ.. މާމައަށް ކުރެވެން އޮތީ އެންމެ ކަމެއް.. ކުރިން އެޅުވިހެން އަނެއްކާވެސް ތަވީދެއް އެޅުވުން.. އޭރުން އޭތީގެ އުނދަގުލެއް ނުފޯރާނެ” ހައްވާދީ އެހެންބުނުމުން ޔީޝާގެ ނިތަށް ރޫ އަރުވާލިއެވެ.

“ތަވީދެއް ހަދާނެ ކަމެއް ނެތް.. ވަލީދުބެ އަޅުވައިދިން ތަވީދު އަހަރެން އުނަގަނޑުގަ އެބައޮތް.. އަފާ ހިނގާ ދެން ދާން..” ޔީޝާ ގޮނޑިން ތެދުވިއެވެ.

“ކޮންމެ ކޮންމެ މީހަކަށް ނޭނގޭނެ ޒަބޫރިޝްގެ ބާރުގަދަ ކަމެއް.. އެމީހާ އެޅުވި ތަވީދުން ޒަބޫރިޝް މައިތިރި ނުވެދާނެ” ހައްވާދީ ބުނެލިއެވެ.

“މާމާ.. އަހަރެން އެހެން ދުވަހަކުން އަންނާނަން.. މިރޭ މިހާރު މާ ލަސްވެއްޖެ.. ހިނގާ ދާން އަފާ” ޔީޝާ އެހެން ބުނެފައި އެތަނުން ނުކުތުމަށް ހިނގާގަތެވެ. ހައްވާދީ ގޮވަމުން ދިޔަ އަޑަށް ފަރުވާލެއް ނެތިއެވެ.

“ޔީޝް.. މަށަށް ފެންނަނީ މާމަ ބުނާގޮތް ހަދަން.. އޭތި ޔީޝްއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ” ދޮރާށިން ބޭރަށް ނުކުމެފައި އަފާ ބުނެލިއެވެ.

“ކީއްކުރަން؟ ކޮބާ ބޭނުމަކީ؟ އަހަރެން އުނަގަނޑުގަ ތަވީދެއް އެޅިއަސް އަހަރެން އޭނަގެ ފަރާތުން ސަލާމަތެއް ނުވާނެ.. އަހަރެންގެ ސަބަބުން ކުށެއްނެތް އެހެން މީހުނަށް ގެއްލުން ލިބެނީ.. އަހުނަފްވެސް މަރުވީ އަހަރެންގެ ގައިގައި ތިބުނާ ތަވީދެއް އަޅުވައިގެން ހުއްޓާ.. ދެން މިހާރު އެނޫން ގޮތެއް ވާނެތަ..؟؟  އަހަންނަށް ކޮންމެ ގޮތެއްވިއަސް ހެޔޮ.. އެކަމު އެހެން މީހަކަށް ދެރަގޮތެއް ވާކަށް ބޭނުމެއް ނޫން..” ޔީޝާ ބުނެލިއެވެ.

“ޔީޝް.. ” އަފާއަށް ބުނާނެ އެއްޗެއް ނޭނގިފައި އުނަގަނޑުގައި އަތް ވިއްދާލެވުނެވެ.

“އަފާ.. އަހަރެން ބޭނުންވަނީ އޭތީގެ ކިބައިން އެއްކޮށް މިންޖުވާން.. ވަގުތީ ކޮށެއް ނޫން.. ތަވީދެއް އަޅައިގެން ހުއްޓަސް އަހަންނަކަށް ރައްކާތެރިކަމެއް ނެތް .. ތާއަބަދު އޭނާ އަހަރެން ފަސްފަހަތުން އުޅޭ.. ތަވީދެއް އެޅިއެކޭ ކިޔާފަ އަހަންނަކަށް އަހަރެންގެ ނޯމަލް ލައިފްއެއް ނުލިބޭނެ” ޔީޝާ ބުނެލިއެވެ.

“އޭނަ އެއްކޮށް ނައްތާލަން އުނދަގޫވާނޭ އެބުނީނުން.. ޔީޝްއަށް އެނގޭތަ އޭތި އެއްކޮށް ނައްތާލެވޭނެ ގޮތެއް..؟؟  ދެން އެހެން ވީރު ވިސްނާނުލާ ތިކަހަލަ ފިޔަވަޅެއް ނާޅާ..” އަފާ އެހެން ބުނުމުން ޔީޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް އިތުރު އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. އަފަެސް އިތުރު އެއްޗެކޭ ނުބުނެ ޔިޗާ ގެޔަށް ލައިދޭން ދިޔައެވެކޭ ކިޔާފަ އަހަނަކަށް އަހަރެނގެ ނޯމަލް ލައިފްެއެއް ނުލިބޭނެ” ޔިޗާ ބުނެލާވެސް އިތުރު އެއްޗެކޭ ނުބުނެ ޔީޝާ ގެޔަށް ލައިދޭން ދިޔައެވެ.ޮތެއްވިއަސް ހެޔޮ އެކަމު އެހެން ޟިަހކަށް ދެރަގޮތެއް ޥާކަށް ބޭނުމެއް ނުން.. ެ

 

އިޝާ ނަމާދުން ފާބައިގެން އައި ދާނިޝް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ހިނގާގަތީ ގޭގެ ބިއްދަށު ފަރާތުގައި ހުންނަ ޖޯލިފައްޗާ ދިމާއަށެވެ. ޖޯލިފަތި ކައިރީ ހުރި ކުޑަ ލަކުޑި ގޮނޑި މައްޗަށް ދެފައި ދަމާލާފައި ދާނިޝް ހަމަޖެހިލިއެވެ. ބޯދަށަށް ދެއަށް ލައިގެން އޮތް ދާނިޝްގެ ނަޒަރު ހުއްޓިފައިވަނީ ކަޅު ސާލެއް ލެވިފައިވާ އުޑާ ދިމާއަށެވެ. އެންމެ ތަރިއެއްވެސް ނެތް އުޑުގައި ވިލާތަކާ ނިވާވެ ހުރި ހަނދުވެސް މިރޭ ފެންނަނީ އެކަނިވެރިކޮށެވެ. ދާނިޝްގެ އެކަނިވެރިކަމުގައި ބައިވެރިވާ ކަހަލައެވެ. އިރުކޮޅަކު އުޑަށް ބަލަން ހުރެފައި ދާނިޝް ޖީބުން ފޯނު ނެގިއެވެ. ފޮޓޯ އަލްބަމުގައި ހުރި ޔީޝާއާއި ދާނިޝްގެ ފޮޓޯތަށް ބަލަން ފެށުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ޔީޝާ ރަށަށް ދިޔުމަށްފަހު ދާނިޝްގެ ހާލަކީ މިއީއެވެ. އެކަނިވެރިކަމާ މާޔޫޝްކަން ހިތަށް ވެރިވަނީ ކެތް ނުވާ ވަރަށެވެ. ފޫހިކަން އިހްސާސްވާތީ ކަމެއް ކުރާ ހިތް ނުވެ ގިނަވަގުތު ހޭދަވަނީ މިހެނެވެ.

ފޮޓޯތަކުގައިވި ޔީޝާގެ ހިނިތުންވުމަށް ގެއްލިފައި ދާނިޝް އިންދާ ސިއްސައިގެން ދިޔައީ ޔީޝާމެން އުޅުނު ކޮޓަރިން އަޑުފަށްގަނޑެއް އިވުމުންނެވެ. ލޮލަށް ޖަމާވެފައިވި ކަރުނަތަށް އަތުން ފުހެލަމުން ދާނިޝް ޖޯލިފަތިން ތެދުވިއެވެ. ދެން އެދިމާއަށް ބަލާލިވަގުތި ޔީޝާގެ ކޮޓަރި ކުޑަދޮރު ކެހިލާފައި ލެއްޕުނު ތަން ފެނުނެވެ. ނަމަވެސް އެތަނުގައި މީހަކު ނެތްއިރު އަމިއްލައަށް ކުޑަދޮރު ހުޅުވިފައި ލެއްޕެންވީ ކީއްވެކަމެއް ދާނިޝްއަކަށް ނޭނގުނެވެ. ވަކިގޮތަކަށް ނިންމަން ނޭނގިފައި ހުއްޓާ ދާނިޝް އަނެއްކާވެސް ސިހުނީ އެދިމާލުގައި ހުރި ގަސްތަށް ބާރުބާރަށް ހެލިގަތުމުންނެވެ. ހީވަނީ ގަސްތަކު ތެރެއަށް މީހަކު ފުންމާލުމުން ނޫނީ ވެއްޓުމުން އިވުނު އަޑެއްހެނެވެ. ގަސްތަކު ތެރޭ އުޅެނީ ކާކުތޯ ބަލަން ދާނިޝް އެދިމާއަށް ހިނގާގަތެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރުމުން ދާނިޝްގެ ފިޔަވަޅުތަށް ވަނީީ ބަރުވެފައެވެ.

އަޑު އިވުނު ދިމާއަށް ހިނގަމުން ދިޔަ ދާނިޝްއަށް ބޯކޮށް ހެދިފައި ހުރި ޖަނބުރޯލު ގަސްދަށަށް ވަންނާކަށް ނުކެރުނެވެ. ގަހުގެ ގޮފިތައް މަތީ އެއްޗެއް އޭނާއާ ދިމާއަށް ބަލަން ހުރިކަހަލަ އިހްސާސެއް ކުރެވިގެނެވެ. އިރުކޮޅަކު ހުރެލާފައި ދާނިޝް ފޯނު ނަގާ ބައްތި ދިއްލާލިއެވެ. މަޑުމަޑުން އަތް ހިއްލާލީ ޖަނބުރޯލުގަހުގެ މައްޗަށް އަލިކޮށްލާ ބަލާލަން ވެގެނެވެ. ނަމަވެސް ކުއްލިއަކަށް ދާނިޝްގެ ކޮނޑުގައި މީހަކު ހިފެހެއްޓުމުން ސިހިފައި ފަހަތަށް ބަލާލެވުނެވެ. އޭރު އޭނާގެ ފަހަތުގައި ހުރި ވަލީދު ފެނުމުން ދާނިޝް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

“ކާން ހަދާފަ ހުރީ.. ކާން ދާކަށް ނުވޭތަ؟” ދާނިޝްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ވަލީދު އެހެން ބުނެފައި ހިނގާގަތެވެ. ދާނިޝް ހިނގާނުގަނެ ހުރުމުން ވަލީދު އަނެއްކާވެސް އަންނާށޭ ބުނެ ދާނިޝްގެ ކޮނޑުގައި ހިފާލިއެވެ. ވަލީދު އެހެން ހެދުމުން ދާނިޝް ކުޑަކޮށް ހައިރާންވިއެވެ. ވަލީދު ހީވަނި އެތަނުގައި ހުރި މީހަކަށް އޭނާ ފެނިދާނެތީ ގަދަކަމުން ގެންދަން އުޅޭ ހެނެވެ.

“ބޭބެއަށްވެސް ދެންމެ އިވުނު ދޯ އެއަޑު.. އެތަނުގަ އެއްޗެއް އެބަހުރި ދޯ..” ދާނިޝް އަހާލީ ވައި އަޑުންނެވެ.

“ދާނިޝް ކާން ނައިސްގެނޭ މިއައީ ހޯދަން. ނަހުވާންވެސް އެބަ ހޯދާ މިހާރު” ވަލީދު ދިނީ ސުވާލާ ނުގުޅޭ ޖަވާބެކެވެ. ވަލީދު އެހެން ބުނުމުން ދާނިޝްއަށް ހީވީ ރަނގަޅަށްކަން އޭނާއަށް އެނގުނެވެ. ވަގުތުން އަތްފައި ފިނިވެ ގައިން ހީބިހި ހިލުނެވެ.

ގޭތެރެއަށް ވަންނަން އުޅެފައިވެސް ދާނިޝް މިސްރާބު ބަަދަލު ކޮއްލީ މައްޗަށް އެރެން ހުންނަ ސިޑިއާ ދިމާއަށެވެ. ދާނިޝް ސިޑިން މައްޗަށް އަރަން ފެށުމުން ވަލީދުވެސް އޭނާގެ ފަހަތުން ހިނގާގަތެވެ.

“ސުބުހާނަﷲ.. މީ ކޮންކަމެއް..؟” ޔީޝާމެން އުޅުނު ބައިގެ ދޮރު ހުޅުވާލާފައި ވަތް އިރު ފެނުނު މަންޒަރުން ދާނިޝްއަށް ބުނެލެވުނެވެ. ދާނިޝްގެ ފަހަތުން އައި ވަލީދުވެސް ހައިރާންވިއެވެ.

ސިޓިން ރޫމުގައި ހުރި ފަރުނީވަރުތަށް ހުރީ އެފުއް މިފުށަށް ޖަހާލާފައެވެ. ފާރުގައި ހަރުކޮއްފައި ހުރި ބައެއް ކަބަޑުތަށްވެސް ލުހިގެން ބިންމައްޗަށް ވެއްޓިފައެވެ. ކޮޓަރީގެ ހާލަކީވެސް އެއީއެވެ. ބަންކު ބެޑު ދޮރުމައްޗަށް ވެއްޓިފައި އޮތުމުން އެތެރެއަށް ވަދެވޭކަށް ނެތެވެ. ރީތިވާ މޭޒު ލޯގަނޑާ ކަބަޑުގެ ލޯގަނޑުވެސް ވަނީ ތެޅިފައެވެ. ހީވަނީ ބޮޑު ތޫފާނެއް އެތަަނަށް އައިސްފައި ވާހެނެވެ.

“މިތަނުން ނުކުންނަން ހިނގާ.. މިތަން ސާފު ކުރަން އުޅޭނީ މާދަމާ..” ވަލީދު އެހެން ބުނެފައި އެތަނުން ނުކުންނަން ހިނގާގަތެވެ.

“ވަލީދުބެ އަަދިވެސް އަހަރެން ކުރީދުވަހު ކުރި ސުވާލަކަށް ޖަވާބެއް ނުދެމޭނުން..” ދާނިޝް ބުނެލިއެވެ.

“ކޮން ސުވާލަކަށް؟” ވަލީދު ހަނދާން ކޮއްލަމުން އަހާލިއެވެ.

“އެއީ.. އަހަރެން ބުނީމެއްނު. ކުޑަދޮރު ކައިރިން ހުރަސް ކުރަނިކޮށް ދެކުނީމޭ ކަޅު އެއްޗެއް.. އެރޭ އަހަންނަށާ ޔީޝާއަށް އަޑެއް އިވުނު ވާހަކަ ބުނީމެއްނު… ކީއްވެ ހަމައެކަނި އަހަރެމެން ދެމީހުނަށް އެއަޑު އިވެންވީ.. ؟” ދާނިޝް އަހާލިއެވެ.

ދާނިޝް އެހެން އެހުމުން ވަލީދު ހުއްޓުނެވެ. ބޮލުގައި އޮތް ތާކިހާ ރީތި ކޮއްލަމުން ވަލީދު ބުނީ ނޭނގޭ ކަމަށެވެ. ހަގީގަތް އޭނާއަށް އެނގުނު ނަމަވެސް ޔީޝާއަށް ވެފައިވާ ވައުދުގެ މަތީ ހުންނަން ވަލީދު ބޭނުމެވެ.

“ބޭބެއަށް ނޫނިއްޔާ ދެން ކާކަށް އެނގޭނީ.. ބޭބެ އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟” ދާނިޝް ވަލީދު ދައްކާ ވާހަކަ ގަބޫލު ނުކުރާކަން ހާމަ ކޮއްލިއެވެ.

“ފަންޑިތަ ހެދިޔަކަސް ހުރިހާ ކަމެއް އަހަރެމެންނަކަށް ވެސް ނޭނގޭނެ.. ގިނަ ކަންތަށް ރަނގަޅު ވާނީ ވެސް ނޭނގުނިއްޔާ.. މާބޮޑަށް އެނގުނީމަވެސް ބައެއްފަހަރު ދެރަ ލިބޭ ފަހަރު އާދޭ.. ދާނިޝްވެސް ދެން އިތުރަށް މިކަމާ ނުވިސްނާ.. މީގެ ފަހުން މިގޭތެރޭ އޭތީގެ އުނދަގޫ ނުފޯރާނޭ ކަމުގެ ޔަގީންކަން ބޭބެއަށް ދެވިދާނެ.. އެކަމު ބޭބެ ބޭނުންވާނެ ވަގުތު ކޮޅެއް..” ވަލީދު ބުނެލިއެވެ. ވަލީދު ހިނގާގަތުމުން ދާނިޝް އިތުރު ސުވާލެއް ނުކުރެއެވެ.

 

“ދަރިފުޅާ އާދޭ ބަތްކާން.. ކޮންތާކަށް ގޮސްފަތަ ތިއައީ؟” ގޭތެރެއަށް ވަދެގެން އައި ދާނިޝް ފެނުމުން ނާޒިޔާ ގޮވާލިއެވެ.

“މަންމާ. އަހަރެން ނުކާނަން.. ނެތް ކާހިތެއް” ދާނިޝް އެހެން ބުނެފައި އިތުރަށް މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރުގެ ތަންޑު އެޅުވުމަށްފަހު ދާނިޝް އައިސް ޖައްސާލީ އެނދުގައެވެ. އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލުމަށްފަހު ދިގަށް ދެފައި ދަމާލިއެވެ. ބަރުވެފައިވާ ބޮލުގައި އަތް ޖައްސާލާފައި ދާނިޝް ފުންނޭވާއެއް ދޫކޮއްލިއެވެ.

“ވަލީދުބެ ކޮންމެވެސް ކަމެއް އަހަންނަށް ސިއްރު ކުރޭ އެބަ.. ޔީޝާވެސް.. މިގޭތެރޭގަ ރޫހާނީ ކަމެއްވެސް އެބައުޅޭ.. ވަލީދުބެ އެހެން ބުނީވެސް.. އަނެއްކާ ޔީޝާއަށް އައި ކުއްލި ބަދަލާ އެކަމާ ގުޅުމެއް ވަނީބާ.. އަނެއްކާ މިގޭތެރެއިން އަހަރެންނަށް ފެންނަ އެއްޗަކީ ޔީޝާގެ ފަހަތުން އުޅޭ އެއްޗެއްބާ.. ފަހަކަށް އައިޝް ޔީޝާ ހުރީ ފާޑަކަށް ބިރުގަނެފަ.. އަފާވެސް އުޅުނީ ވަރަށް ފާޑަކަށް.. ހައްތަހާވެސް ސުވާލު އުފެދޭ ކަންތައް.. ” ދެލޯ މަރާލައިގެން އޮތްއިރު ދާނިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

“ޔީޝް އަށް ގުޅާލަންވީބާ.. ޔީޝްގެ ހާލަކީ ކޮބާބާ؟” ޖީބުގައި އޮތް ފޯނު ނެގުމަށް ފަހު ދާނިޝް ޔީޝާގެ ނަންބަރަށް ފިއްތާލިއެވެ. ނަމަވެސް ދެތިން ސިކުންތަކު ރިންގުވެލާފައި ކޯލު ކެނޑުނީއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ރިންގުވެލާފައި ކެނޑުނެވެ. މެސެޖެއް ކޮށްލަން ހިތަށް އަރާފައި ހިޔާލު ބަަލުވީ ޔީޝާ އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވަނީއޭ ހީވުމުންނެވެ.

ޔީޝާއަށް މެސެޖު ކުރުމުގެ ބަދަލުުގައި ދާނިޝް ގުޅީ އަފާއަށެވެ.

“ހަލޯ ދާނިޝް..” ނަސީބަކުން ދެތިން ފަހަރަކު ގުޅުމުން އަފާ ފޯނު ނެގިއެވެ.

“އަމްމް.. ޔީޝާ ފޯނު ނުނަގާތި މިގުޅާލީ. އަހަރެން ވާހަކައެއް އަހާލަން ބޭނުންވެގެން” ދާނިޝް ބުނެލިއެވެ.

“މިވަގުތު އަހަރެން މިއުޅެނީ ޔީޝް ކައިރިއަކު ނޫން… ޔީޝް ވާނީ އޭނަގެ ގޭގަ..” އަފާ އެހެން ބުނުމުން ދާނިޝް މާޔޫސްވިއެވެ.

“އޯކޭ. އަޅާ ނުލާ އެހެން ވިއްޔާ.. އަފާ ކިހިނެއްތަ؟ ނިހާމެން އަދިވެސް ހުރީ ވަރަށް ކަޓާފަ” ދާނިޝް މައުޟޫ ބަދަލުކޮށްލިއެވެ.

“އަހަރެންގެ ހާލު ރަނގަޅު.. އަހަރެން އިއްޔެވެސް ގުޅާލިން ނިހާއަށް.. ދާނިޝް ކިހިނެއް؟” އަފާ އެހެން އެހީ ޖަވާބު އެނގިހުރެއެވެ. ދާނިޝްގެ ހާލު ރަނގަޅު ވާނީ ކިހިނެއް ހެއްޔެވެ.

“އަފާ އަހަރެން…  އަހަރެން ވާހަކައެއް އަހާލަންތަ؟ އަފާއަށް އެނގޭތަ ޔީޝް ކުއްލިއަކަށް އެހާ ބަދަލު ވީ ކީއްވެކަން.. އަހަރެން އަހާ އަހާވެސް ޔީޝް ޖަވާބެއް ނުދިން.. ވެގެން އުޅޭގޮތް ބުނުމުގެ ބަދަލު އަހަންނާ އެއްކޮށް ގުޅުން ކަނޑާލާފަ ރަށަށް ދިޔައީ.. އަފާ ތިއީ ޔީޝްގެ އެންމެ ގާތް އެކުވެރިޔާއެއްނު.. އަފާއަށް އެނގޭނުން ޔީޝްގެ ހުރިހާ ކަމެއް..” ދާނިޝް ވާހަކަ ދެއްކިއެވެ.

“ސޮރީ ދާނިޝް.. ޔީޝްއަކީ އަހަރެންގެ ކުލޯސް ފުރެންޑެއް.. އެކަމު އޭގެ މާނައަކީ އަހަރެންނަށް ޔީޝްގެ ހުރިހާ ކަމެއް އެނގެޔެކޭ ނޫން.. ސޮރީ.. ޔީޝްއާ ބެހޭގޮތުން އެއްވެސް ކަމެއް އަހަންނަކަށް ކިޔާދެވޭކަށް ނެތް..” އަފާ އެހެން ބުނުމުން ދާނިޝްއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.

“އަހަންނަށް އެނގޭ ޔީޝް ބުނީކަން އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނަން.. ޔީޝް އެގޮތަށް ކަންތަށް އެކުރީ އަހަރެންގެ ކުށެއް އޮވެގެން ނަމަ އައި ކޭން އަންޑަސްޓޭންޑު.. އެކަމު ޔީޝް.. އަހަރެންނަށް އެއްވެސް ކަމެއް އޮޅުން ފިލުވަން ފުރުސަތެއްވެސް ނުދީ ރަށަށް ދިޔައީ.. އަހަންނަށް ހީވަނީ ޔީޝްއަށް ކޮންމެވެސް ކަހަލަ މަޖުބޫރީއެއް ވީހެން.. ނޫންތަ.؟ ޔީޝްއަށް އަހަރެންނާ ދުރަށް ދާން މަޖުބޫރުވީތަ؟ ޔީޝް އެގޮތަށް ކަންތައް ކުރީމަ އަހަރެން ހީކުރިން ޔީޝް އަހަރެން ދެކެ ފޫހިވީއޭ.. އަހަރެންނަށް ޗީޓު ކުރަނީއޭ.. އެކަމު ފަހުން އަހަރެން ހިތަށް އެރި ޔީޝް އެކަހަލަ ކަމެއް ނުކުރާނޭ.. އައި ޖަސްޓު ޑޯންޓު އަންޑަސްޓޭންޑު..” ދާނިޝްގެ މޮޅިވެރި އަޑުން އޭނާގެ ހިތުގައި ފުނިޖެހިފައިވާ ޝަކުވާތަށް ދޭހަ ކޮށްދެއެވެ.

“ދާނިޝް.. އަހަންނަށް އެނގޭ ތިދެމީހުން ދޭތެރޭ ވީކަންތަށް ވީ ވަރަށް ކުއްލިއަކަށްކަން.. އެކަމު ދެމީހެއްގެ ދެމެދު އޮތް ގުޅުމެއް ކެނޑޭކަށް ކޮންމެ ފަހަރަކު ހަމަ ދެމީހުން ކުރެ އެކަކު ކުއްވެރި ނުވެދާނެ.. ޔީޝް ދާނިޝްއާ ރުޅިވާން ނިންމީ ވަރަށް ވިސްނާފަ.. ވެދާނެ ޔީޝްއަށް ދާނިޝްއާއެކު މުސްތަގުބަލެއް ނުފެންނަނީ ކަމަށް.. ޔީޝް އެގޮތަށް ނިންމީ ކޮންމެ ސަބަބަކާ ހުރެވިއަސް ޔީޝްގެ އެނިންމުމެއް ބަދަލެއް ނުކުރާނެ.. އެހެންވީމަ ދާނިޝްއަށް ރަނގަޅު ވާނީ މޫވް އޮން ކުރިއްޔާ.. ސޮރީ ދާނިޝް އަހަރެން މިވަގުތު ބާއްވަނީ” އަފާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

“ޔީޝްއަށް ހީވަނީތަ ޔީޝްއާ ނުލާ އަހަންނަށް މުސްތަގުބަލެއް ވާނެއޭ.. އަހަރެން މިހާވަރަށް ޔީޝްދެކެ ލޯބިވާއިރުވެސް ޔީޝް އަހަރެންގެ ލޯތްބަށް ކުޑަވެސް ގަދަރެއް ނުކުރެވޭތަ.. އަހަރެން ކިހިނެއް ޔިޝްއާ ނުލާ އުޅޭނީ..” ބާލީހުގައި ބައްދާލަމުން ދުލު ކުރީ އޮތް ޝަކުވާތަށް އަރުތެރެއަށް ހިންދާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ލޯބި އޭގެ އަސްލުގައި – ޓްރެއިލާ

Next

ނަފްރަތުން ވެވުނު ލޯބި 31

Next
May 30, 2021

ނަފްރަތުން ވެވުނު ލޯބި 31

Previews
May 29, 2021

ލޯބި އޭގެ އަސްލުގައި – ޓްރެއިލާ



All Right Reserved!