Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ވާނަމޭ އެކުގައި

Smoke gurl Level 1
May 25, 2021 3 Mins Read
0 Comments

އެގެ އާއި ހަމައައް ދެވުނުއިރުގައި ރުކާން ހުރީ ރަތުގައެވެ. އީކަން ވަނުމުން އީކަން ގާތުގައި އިތުރައް ރުފިޔާ ހޯއްދޭނޭ ހަމަ އެއް ގޮތެއްވެސް އޮތްތޯއެހުމުން އީކަން ހާސް ކަމާއި އެކު ބޯ ހޫރުވައިލިއެވެ. މިހެން އެންމެން ބޯ ގާނަން ތިއްބައި ކުއްލިއަކަށް ރުކާންގެ ފޯނައް މީހަކު ގުޅިއެވެ. ރުކާން ފޯނުނަގައި އިރުކޮޅަކަށް ސްކްރީންއައް ބަލަން ހުރެފައި ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑު އިވުމުގެ ސަބަބުން ރުކާން ސިހިގެން ދިޔައެވެ………….

****************************************************************

”ކޮބާ ބޮރޯ؟ މިހާރު ތިކޮޅުގައި ކިހިނެއް ކަންތައް ތައް ދަނީ؟ ހެހެ. އެ ތެދެއްތަ؟ ކަލޭމެންގެ ފަހަތުން އެއްކެލެ ގުރޫޕު އަޅުވައިލީ ދޯ؟ ހެހެހެ. މަގޭ އެހީ ބޭނުމިއްޔާ މިރޭ 3 ޖަހާއިރު އެއްކެލެ ތަނައް ދާތި! ދާނީ ކައެޔާ ކައެގެ އެސިސްޓް ގޮލާ!” މިހެން ބުނެ ރިޝްވާން ފޯނު ބޭއްވި އިރުގައި ތުންފަތް މަތީގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

****************************************************************

ރާކިން ކަންފަތާއި ފޯނު ދުރުކޮށްލިއިރުގައި، ފޯނު އޮތީ ކަނޑާލާފައެވެ. ޗުސް ޖަހާލާފައި ރާކިން އީކަން އާ ދިމާއައް ބަލާލިއެވެ. ކީއްވީހޭ އަހަމުން އީކަން ރާކިން އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ” ހެހެ މާ ބޮޑު ކަމެއް ނުވޭ! އިކޭ މަށާ އެއްކޮށް އެބެ ޖެހޭ މިރޭ ތަނަކައް ޖައްސައިލަން” ފާޑަކަށް އިނދެފައި ރުކާން ބުނެލިއެވެ. ”ހޫމމ. މަ ގޮސްފާނަމޭ”އީކަން ހޫމމ އަޅުވައިލިއެވެ. އިރުކޮޅަކު ފެގެއް ދަމައިލަން ތިބެފައި އެންމެން ނުކުމެގެން ދިޔައެވެ.

****************************************************************

އީކަން ވެސް އިތުރައް މަޑު ކުރަން ނަހަދައި ބޭރައް ޖައްސައިލިއެވެ. ކުރިއައް ނުބަލައި ހިނގަމުން މަގަކުން އަޅުވައިލި ގަޑީގައި އެ މަގުން އައި މީހެއްގައިގަ ޖެހިފައި ވެއްޓުނެވެ. އީކަން ވެއްޓުމުން އެއީ ކާކުތޮ ބަލާލިއިރުގައި ހީވީ ދުނިޔެ ކުޑަ ހިނދުކޮޅަކައް މަޑު ޖެހެލި ހެންނެވެ. ހާސް ވެފައި ހުރި މީހާ މިހާރު އެއްކޮއް ހަމައަކައް އަޅުވާލީ ކުރިމަތީގައި ފެންނަން ހުރި ހޫރު ޕަރީއެވެ. ކަޅި ޖަހައިނުލައި އެކުއްޖާއައް ބެލުނީ އެހެނަކުންނެއް ނޫނެވެ. މެލޭޝިޔާގައި ރިތި ކުދިންވެސް އުޅެއެވެ. ނަމަވެސް މި ކުއްޖާ ތަފާތެވެ. މެސީ ބަން އެއް ޖަހާފައި ވާއިރުގައި ބޮލުގައި ކަޅުކުލައިގެ ތޮތްޕެއް އޮތެވެ. ކަޅު ޖީންސް އެއް ލައިފައި، އަތްދިގު އަޅިކުލައިގެ ޓީޝާޓެއް ބެގީޖަހާފައި ހުރުމުން ނުލާހިކު ރީއްޗެވެ. ހަންގަނޑު އައްޔެވެ. އަޅި ކުލައިގެ ކަޅިއެއް ލިބިފައިވާ މިކުއްޖާގެ މޫނުގައި މޭކަޕްގެ އެއްވެސް އަސަރެއް ނެތެވެ. ނަމަވެސް ވަރަށް ފުރިހަމައެވެ. ވަރަށް ރީއްޗެވެ. ވަރަށް ޗާލެވެ.

ނައިލީ މަޑު ހިނގުމެއްގައި ރައްޓެއްސެއްގެ ގެއައް ބޮޑު ފޮތް ބޮނޑިއެއް ހިފައިގެން ދަނިކޮށް މަގަކުން އަޅުވައިލި ގަޑީގައި މީހެއްގައިގަ ލައިގަތެވެ. ވެއްޓި ޖެހުމުން ފޮތްތައް މުޅިތަނައް ބުރައިގެން ދިޔައެވެ. މާފު ކުރުމައް އިސް އުފުލައި ބަލައިލުމުން ނައިލީއައް ހީވީ ހުވަފެނެއްގައި ހުރެވުނު ހެންނެވެ. ކުރިމަތީގައި ފެންނަން ހުރި ޒުވާނާއާ ދިމާއައް ބަލަން ހުރެވުނެވެ. ހުސް ކަޅު އެއްޗެހިލައިފައި ހުރުމުން އޭނާގެ ދޮން ހަންގަނޑާއި ވަރަށް ގުޅެއެވެ. ނައިލީއެކޭ އެއްފަދައިން އޭނާ ވެސް ހުރީ ކަޅު ތޮތްޕެއް އަޅާފައެވެ. އޭނާ މާވަރަކަށް ނައިލީ އާ ދިމާއައް ބަލާހެން ހީވުމުން ނައިލީ ލަދުން ބްލަޝް ވިއެވެ. ނައިލީ ހައިރާން ވިއެވެ މި އީ އެއްއިރަކުވެސް ނައިލީއައް ވެފައިވާ ކަމެއް ނޫނެވެ. ރީތި ހަށިގަނޑެއްގެ ވެރިއެއް ކަމުން ގިނަ ފިރިހެން ކުދިންގެ ފަރާތުން ނައިލީއައް ލޯބި ހުށައަޅައެވެ. ނަމަވެސް ނައިލީ އެ އެންމެން ގާތުގައި ބުނީ އެކައްޗެކެވެ. ”ސޮރީ! ނޫން” މިހިންނެވެ. ނަމަވެސް ނައިލީއައް މި ޒުވާނާގެ ފަރާތުން އާދަޔާ ޙިލާފު ކަމެއް ފާފަގަވެއެވެ.

އެކުއްޖާ ބްލަޝް ވާން ފެށުމުން އީކަން ގާތައް އައީ ލާނެތް ހިންޏެކެވެ. ނަމަވެސް އެކުއްޖާ އިތުރައް ލަދުގަންނުވަން ނުހަދާ އީކަން ފޮތްތައް ނަގައިދޭން ފެށިއެވެ. އެ ކުއްޖާވެސް ތެދުވެ ފޮތްތައް ނަގަންފެށިއެވެ. ފޮތްތައް ނަގައި ނިންމާފައި ހިންދެމިލާފައި އީކަން އެކުއްޖާ ކައިރިއައް ގޮއްސައި ތައާރަފް ވެލިއެވެ. ” މައި ނޭމް އިޒް އީކަން! އައިމް 20 އިޔާރސް! ވަޓް އެބައުޓް ޔޫ؟” މިހިން އެހުމުން އެކުއްޖާ އީކަންގެ މޫނައް ބަލާލާފައި ބުންޏެވެ.”މައި ނޭމް އިޒް ނައިލީ…… އައިމް 19. ތެންކްސް ފޯ ޔުއާރ ހެލްޕް……” ހީލަމުން ނައިލީ މިހެން ބުނެލުމުން އީކަން ވެސް ވެސް ހިނިތުންވެލިއެވެ. އަދި ބޯކަހާލާފައި ބުންޏެވެ.” ޔޫ ހޭވް އަ ސްވީޓް ވޮއިސް.” މިހެން ބުނުމުން ނައިލީވެސް ބުނީ އީކަންގެ ވެސް އަޑު އޭނާ އައް ވަރަށް ކަމުދާކަމަށެވެ.

މިހެން ވާހަކައިގަ ތިބެ އީކަން އާއި ނައިލީ ހިނގަމުން ދިޔައެވެ. ނައިލީގެ އެކުވެރިޠާގެ ގެއާއި ހަމައައް އާދެވުމުން ނައިލީ ދަނީކަމައް ހިތާއި ދެކޮޅައް ބުންޏެވެ. އީކަން އިރުކޮޅަކު ހުރެލާފައި ނަންބަރު ދެވޭނެހޭ އެހުމުން ނައިލީ އަވަހައް އީކަން އައް ގަނޑުކޮޅަކު ނަންބަރު ލިޔެފައި ދިނެވެ. މިހާ ހިސާބުން ދެ އެކުވެރިން ވަކިވާން ޖެހުނެވެ.

އީކަން ވަރަށް ހެވިލާފައި ”ޗާލޭ! ޗާލޭ! ޗާލޭ މަގޭ ރަންކޮޅާ.” މި ލަވަ ކިޔަމުން އަތައް ނައިލީ ދިން ގަނޑުކޮޅުލައިގެން ފުމެމުން އީކަން ދިޔައެވެ. މީހަކައް ފެނިއްޖެއްޔާ މިއީ މޮޔައެކޭ ހިތައް އަރާނެއެވެ. އީކަން މޮޔަ ނުވާންވީ ސަބަބެއް ނެތެވެ………………………………

ނުނިމޭ.

****************************************************************ވާހަކަ އަޕް ނުކޮށް ގިނަ ދުވަސް ވުމުން ހުރިހާ ކިޔުންތެރިންގެ ފަރާތުން މައާފައް އެދެން! އަޅުގަނޑު ވާނީ މިހާރު މި ވާހަކައިގެ ނަން ”ވާނަމޭ އެކުގައި” އައް ބަދަލު ކޮއްފަ. މިބައި ކަމުދާނެ ކަމައް އުންމީދުކުރަން???????

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Smoke gurl

Level 1

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 41

Next

އަންނަންދެން ހުންނާނަން ލޯބިން 42

Next
May 26, 2021

އަންނަންދެން ހުންނާނަން ލޯބިން 42

Previews
May 25, 2021

އަންނަންދެން ހުންނާނަން ލޯބިން 41



All Right Reserved!