Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަމަންނާ 8

Amsa Level 110 Stories
June 1, 2021 4 Mins Read
0 Comments

“ދޮންތަ އަހަރެންނަށް މަޢާފްކުރޭ. އަހަރެން ދޮންތަދެކެ ލޯބިވޭ އަހަންނަށް މީގެ ކުރިން އެކަން ފާޅު ނުކުރެވުނީ އެއިރު ކަންތައް ހުރިގޮތުން ބަޖުބޫރުވެގެން. ވަރަށް ގިނަދުވަސްވެއްޖެ ދޮންތައަށް ގުޅަން އުޅޭތާ. ހަމަ ނުކެރިގެން މިހާ ލަސްވީ.” ތަންޙާ ވަރަށް ދެރަވެ ހުރެ ވާހަކަ ދެއްކިއެވެ. “ދެންއަޅާ ނުލާ ތަންޙާ އެކަންތައް އެނިމުނީ. ކޮއްކޮ ކިހާ ނަސީބު ރަނގަޅު ސުކޫލްގަ ގުރޭޑް އެގާރަ އުފެއްދީވެސް ކޮއްކޮ އަށްޓަކާ ކަންނޭގެ.” ކޮއްކޮގެ ސީރިއެސްކަން ފިލުވާލުމުގެ ގޮތުން މިހެން ބުނުމުން ކޮއްކޮ ހިނިގަނޑެއް ޖަހާލިއެވެ. “ދޮންތަގެ ހުރިހާކަމެއްވެސް ރަނގަޅުތަ؟” އާނ އިންޝާ ﷲ ރަނގަޅު. “ކޮއްކޮމެން އެންމެންވެސް ރަނގަޅުތަ؟” އަހަރެން އެހީމެވެ. “އާނ ރަނގަޅު. ދޮންތަ ދެން އެހެން އިރަކުން ގުޅާލާނަން އިނގޭ. ބާއި.” މިހެން ބުނުމަށްފަހު ތަންޙާ ފޯން ބޭއްވިއެވެ. މިއަދަކީ އަހަންނަށް ހާދަ އުފާވެރި ދުވަހެކެވެ. “މި އުފާވެރިކަން މިގޮތުގައި ލަހައްޓަވާށި.” އަހަންނަށް ހިތާހިތުން ބުނެލެވުނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މިއަދަކީ އަހަރެން ލިޔުނު އެއްވާހަކަ، ” ދަތުރު ” ފޮތެއްގެ ގޮތުގައި ބާޒާރަށް ނެރެވޭ ދުވަހެވެ. އަހަރެން ހުރީ ވަރަށް އެކްސައިޓް ވެފައެވެ. މާލޭގެ ހުރިހާ ފޮތްފިހާރައަކުން ވާހަކަ ވިއްކޭނެ ގޮތް އޮތީ ހަމަޖެހިފައެވެ. އަދި ވާހަކައިގެ ޕޯސްޓަރެއް ހަދާ ފޮތްވިއްކާ ފިހާރަތަކުގައި ތަތްކުރެވުނެވެ. ވާހަކަ ނެރުމުގެ ގޮތުން ކުޑައިވެންޓެއް ބާއްވަން ހަމަޖެހިފައި ވުމާއި އެކު ހަތަރެއްޖަހާ އިރު ދާންވާއިރަށް އަހަރެން ތައްޔާރުވާން ފެށީމެވެ. ދޮރުަގައި މީހަކު ޓަކިޖެހިއެވެ. އަހަރެންގޮސް ދޮރުހުޅުވާލި އިރު ދޮރުމަތީ ޒިޔާން ހެވިފައި ހުއްޓެވެ. “ދޮންތަ މިއަދު ތައްޔާރުވާން ހާދަ ގިނަވަގުތެއް ނަގައެވެ. އަވަސްކުރޭ.” “މިނިމުނީ ހިނގާދާން. “މިހެން ބުނަމުން ކޮޓަރިން ނުކުމެގެން ޒިޔާންގެ ފަހަތުން ހިނގާގަތީމެވެ. ސައިކަލަށް އަރައިގެން މަޑުދުއްވުމެއްގައި ގޮސް ފޮތް ނެރުމުގެ އިވެންޓް ބާއްވަން ހަމަޖެހިފައިވާ ފިހާރަ ކައިރީ ސައިކަލް ޕާކުކޮށްލުމަށްފަހު ދެމީހުން އެތެރެއަށް ވަނީމެވެ. އަހަރެން ނަށް ކުއްލި ސިހުމެއް ލިބުނީ ނީންތަ ހެވިފައި އަހިސް ބައްދާލުމުންނެވެ. ރިޔާޒުބެވެސް ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ. ފިހާރައިގެ ކައުންޓަރު މަތީ ވާހަކަ ފޮތްތަކެއް އަތުރަން ސޭޓް އުޅެއެވެ.

ފޮތްނެރުމުގެ އިވެންޓް ފޮޓޯ ނަގާ ހެދުމަށްފަހު އެންމެފުރަތަ ފޮތެއް ގަތީ ރިޔާޒުބެއެވެ. ކަންތައްތައް ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި ދަތުރު ފެށީމެވެ. އަހަރެން ގޭ ދޮރުމައްޗަށް ބޭލުމަށްފަހު ޒިޔާން ދިޔައީ އޮފީހަށެވެ. ފަހަތުން ނީންތަމެން ވެސް އަހިސް މަޑުކޮށްލިއެވެ. ގައަށް ވަދެވުނީ ތިންމީހުން އެކުގައެވެ. ” ހިނގާ ސައިބޯން ” ނީންތަ މިހެން ބުނުމުން ތިންމީހުން އެއްކޮށް ދިޔައީ ސައިބޯންށެވެ. ސައިބޯން ތިބި އިރު މުޅިންވެސް ވާހަކަ ދެކެވުނީ އަހަރެންގެ ކިޔެވުމާއި ބެހޭގޮތުންނެވެ. ” އަހަރެންނަށް ފެންނަނީ ތަމަންނާ ބޭރަށް ކިޔަވަން ފޮނުވަން. މިކޮޅުން ހިއެއްނުވެ ތަމަންނާއަށް އިތުރަށް ކިޔެވޭނެހެން. އެއްވެސް ކޮލެޖަކުން އަދި ނެތް އެކަންވާކަށް ” ނީންތަ ރިޔާޒުބެއަށް ބުންޏެވެ. ” ތަމަންނާއަށް ކިޔެވެން އޮތްގޮތަކަށް އެކަންތައްކޮށްދޭން އަހަރެން ބޭނުން” ރިޔާޒުބެ ޖަވާބުދިނެވެ. އެވާހަކައަކީ އަހަރެން އެހާ ހިތްހަމަޖެހުނު ވާހަކައެއް ނޫނެވެ. އެއީ އަހަރެން ރާއްޖެ ދޫކޮށް ގޮސް އެހެން ޤައުމެއްގައި އުޅެން ބޭނުންނުވާތީއެވެ. ” ތަމަންނާއަށް ކިހިނެއްފެންނަނީ” ރިޔާޒުބެ ކުރި މި ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީ ހިނިތުންވެލުމަކުއް ފުއްދާލީއެވެ. ސައިގެ ކަންތައް ނިމުމުން ތިންމީހުންވެސް ހިނގާގަތީ ކޮޓަރިއާއި ދިމާއަށެވެ.

އަހަރެންވެސް ކުޑަކޮށް އަރާމުކޮށްލުމައްޓަކައި ޖައްސާލީމެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ ކިޔަވަން ބޭރަށް ދިއުމާއި ބެހޭގޮތުން ދެކެވުނު ވާހަކައާއި ދޭތެރޭގައެވެ. އެކަމަށް އަހަރެންގެ ފަރާތުން ނިންމާނެ ގޮތަކާއި ދޭތެރޭގައެވެ. އަހަރެންނަށް ދެވަނަ ފަހަރަށް އެސުވާލު އަންނަން ވާއިރަށް ދޭނެ ފައިނަލް ޖަވާބެއް ނިންމަންޖެހޭނެތީއެވެ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ނިންމީ ކިޔަވަން ބޭރަށް ދިޔުމުގެ ފުރުސަތު ލިބިއްޖެނަމަ ދާންށެވެ. އަހަރެންގެ ޚިޔާލަށް އައީ ބައްޕައަށް ގުޅާލުމަށްފަހު މިވާހަކަ ދައްކާލާށެވެ. ބައްޕަ ބުނާއެއްޗެއް ބަލާލުމުގެ ގޮތުންނެވެ. ނަމަވެސް ބައްޕަ ކޮންމެ ޖަވާބެއްދިނަސް އަހަރެން ނިންމި ނިންމުން ބަދަލު ނުކުރާނަމޭ ހިތުގައި އޮތެވެ. ބައްޕައަށް ގުޅާލުމަށްފަހު ކަންތައްތައް ކިހިނެއްތޯ އާއި ގޭތެރޭގެ ހާލު އަހާލުމަށްފަހު’ “ބައްޕާ އަހަރެން އިތުރަށް ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވަން ރިޔާޒުބެ ނިންމަވާފި. ބައްޕައަށް ފެންނަނީ ކިހިނެއް؟” ” ތިކަމުގަ ގޮތެއް ނިންމާނީ ދަރިފުލު ދޯ. ކިޔަވަން ފުރުސަތު ލިބި ނުކިޔެވުންވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ.” ބައްޕަ މިހާ ޕޮސިޓިވްކޮށް ވާހަކަ ދެއްކީމަ އަހަރެން ސުވާލުކޮށްލީމެވެ. “ބައްޕަ ގޭގަތަ ތިއުޅެނީ؟” ބައްޕަ ގޭގައި ހުރެ މިހާތަނަށް އަހަރެންގެ ކަމެއްގަ މިގޮތަށް ވާހަކައެއް ނުދައްކައެވެ. ” ނޫން ބައްޕަ މިއުޅެނީ މަސައްކަތެއްކުރަން ބޭރުގަ.” “އެހެންތަ އެހެންވިއްޔާ މިވަގުތު ބާއްވަނީ އެހެން އިރަކުން ގުޅާނަން. ސަލާމް” އަހަރެން ފޯންބޭއްވުމަށްފަހު ނަމާދު ކޮށްލަން އަވަސްވެގަތީމެވެ. މަޤްރިބް ނަމާދު ކޮށްލައިގެން އިޝާނަމާދު ވަގުތު ވަންދެން ކިޔަވާލަން އިނީއެވެ. އިޝާނަމާދަށް ގޮވުމުން އިޝާ ކޮށްލައިގެން ބޭރަށް ނުކުތީމެވެ. ބަދިގެތެރެ ބަލާލުމަށްފަހު ސިޓިންގރޫމަށް އަހިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލީމެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް އެންމެންތިބީ ކާމޭޒު ކައިރީގައެވެ. ޒިޔާން އާއި ރިޔާޒުބެ ދައްކަމުންދިޔައީ ވިޔަފާރީގެ ވާހަކައެވެ. ނީންތަވެސް ދޭތެރެއަކުން އެވާހަކައިގެ ބައިވެރިވެލައެވެ. އަހަރެން ކެއުމާއިގެން މަސްއޫލްވެގެން އިންދާ ” ތަމަންނާގެ ކިޔެވުން ކުރިއަށް ގެންދަން ބޭނުންވަނީ ކޮންްޤައުމަކުން” ނީންތަ އަހަރެންނާއި ސުވާލުކޮށްލިއެވެ. އަހަރެން ޖަވާބެއް ނުދީ އުޅެނިކޮށް ” މަށަށް ފެންނަނީ ލަންޑަނަށް ދާން، ހުރިހާގޮތަކުންވެސް ރަނގަޅުވާނީ އެއިރުން.” ރިޔާޒުބެ ވާހަކަދައްކަމުން ބުންޏެވެ. “ތެދެއް ތަމަންނާއަށް ފެންނަނީކިހިނެއް؟” ޒިޔާން ސުވާލުކުރިއެވެ. “އޯކޭވާނެ ރިޔާޒުބެއަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ނިންމީމަ” އަހަރެން ބުނީމެވެ. އަޅުގަނޑަށް ތިކަމާއި ބެހޭގޮތުން އެހާބޮޑަކަށް ނޭނގެ. މިހެންބުނެ ހިނތުންވުމަކުން ނިންމާލީމެވެ. “ލަނޑަނުން އެންމެ ރަނގަޅު ޔުނިވާރސިޓީއެއް ނީން ބަލާބަލަ، ލަންޑަނަށް ދާނީ.” ރިޔާޒުބެ ނީންތައަށް ބުންޔެވެ. ކައިނިމިގެން ރިޔާޒުބެއާއި ޒިޔާން ހިނގައްޖެއެވެ. އަހަރެން ނީންތައާއި ދެމީހުން ތަށިތައްނެގުމަށްފަހު ބަދިގެތެރޭކުރަން ހުރިކަންތައްތައް ނިންމާލަން އެނބުރިގަތީމެވެ. ބެދިގެތެރެ ހަމަޖައްސާލުމަށް ފަހު ކޮޓަރިއަށް ހިނގާގަތީމެވެ.

ދުވަސްތައްމާޒީ އާއި އެކުވަމުންގޮސް މިއަދަކީ އަހަރެން ކިޔަވަން ދިޔުމަށްޓަކައި ލަންޑަނަށް ފުރަން އޮތްދުވަހެވެ. ލަންޑަނަށް ދިޔުން އޮތީ މެލޭސިޔާގައި ތިންދުވަހު މަޑުކުރުމަށްފަހުގައެވެ. ނީންތަވެސް އަހަރެންނާއި އެކު ދެއެވެ. އަހަރެން ވެސް ދަތުރަށް ކުރަން ހުރި އެންމެފަހުގެ ތައްޔާރީތަށް ނިންމާލުމަށްފަހު ފޮށި ލައްޕާ ރެޑީކޮށްލީމެވެ. “ކޮބާ ހިނގާ ނުކުންނަން، ތައްޔާރުވެވިއްޖެތަ؟” ނީންތަ ސުވާލުކުރިއެވެ. އަހަރެން ފޮށި ނެރެން އުޅެނިކޮށް ޒިޔާން އާސް ފޮށީގައި ހިފަމުން ” ދޮންތަ ހޭންޑްބޭގް ހިފާ” އަހަރެން ހެންޑްބޭގާއި ލެޕްޓޮޕް ދަބަސް ހިފައިގެން ބޭރަށް ނުކުތީމެވެ. ކާރުދޮރުމަތީ އޮތެވެ. ކާރަށް ފޮށިތައް އެރުވުމަށްފަހު ކާރަށް އަރަން ބުނުމުން އަހަރެންނާއި ނީންތަ ކާރަށް އަރާފީމެވެ. ރިޔާޒުބެ އާއި ޒިޔާން ދަނީ ސައިކަލްގައެވެ. ކާރުގޮސް އެއާރޕޯރޓް ފެރީ ކައިރިއަށް މަޑުކޮށް ލުމުން ޒިޔާންއާއި ޑުރައިވަރު ފޮށިތައް ބާލާ ޖެޓީމަތީ ބެހެއްޓުމުން ފެރީއަށް ފޮށިތައް އެރުވިއެވެ. ރިޔާޒުބެ ޓިކެޓްނަގައިގެން އައުމުން ހަތަރުމީހުން ފެރީއަށް އަރާފީމެވެ.

ޑިޕާރޗާރ ޓާރމިނަލް ކުރިމަތިން ރިޔާޒުބެއާއި ޒިޔާން އަހަރުމެންނާއި ވަދާއުގެ ސަލާމް ކުރިއެވެ. ރިޔާޒުބެވެސް ޒިޔާންވެސް ވަރަށްލޯބިން އަހަރެންގައިގައި ބައްދާލުމަށްފަހު ހިތްވަރާއި އެކު ކިޔެވުމަށް ނަސޭހަތްދިނެވެ. އަހަރުމެން ޗެކިން ނިންމުމަށްފަހު ދެންކުރަންހުރިކަންތައްތައް ނިންމާލީމެވެ. މަޑުމަޑުންގޮސް ޑިޕާރޗާރ ގޭޓަށް ވަންއިރު ބޯރޑިންގ އޮތީފެށިފައެވެ. މަޑުނުވެ ގޭޓަށްގޮސް ބޯޓަށް އަރާފީމެވެ. ފުރަންހަމަޖެހިފައި އޮތްގަޑި ޖެހުމާއިއެކު ބޯޓްނައްޓާލުމުގެ ތައްޔާރީވާންފެށިއެވެ. އަހަރެން އިނީ ވަރަށް ބިރުންނެވެ. މީއަހަރެން މަތިންދާ ބޯޓަކަށް އެރި ފުރަތަމަ ފަހަރުކަމުގައި ވާތީއެވެ. ” މާބޮޑަށް ހާސްވާނެކަމެއްނެތް ހަމޖެހިލައިގެން އިނީމަ ރަނގަޅުވާނެ.” ނީންތައަށް އަހަރެން ބިރުން އިންކަން ފާހަގަ ކުރެވިގެން ބުންޏެވެ. ބޯޓް ނައްޓާލާފިއެވެ. އަހަރެންނަށް ވަރަށް އުނދަގޫ ގޮތްތަކެއް ވަމުންދިޔައެވެ. ބިރުންގޮސް ވަރަށްބާރަށް ނީންތަގެ އަތުގައި ހިފެހެއްޓުނެވެ. ނީންތަ އިނީ ވަރަށް ހަމަޖެހިލައިގެނެވެ.

އަހަރެން ހަމައަކަށް އެޅުނީ ބޯޓްގޮސް ކޭއެލް އެއަރޕޯރޓްގައި ޖެއްސުމުންނެވެ. އަހަރެން ދަތުރުމަތީ ފެންފޮދެއްހާ ހިސާބުވެސް ނުބޮމެވެ.ކާން ގެނައުމުންވެސް ކާކަށް ނުކެރުމެވެ. އުނދަގޫގޮތްތަކެއްވެފަ ހުރީމައެެވެ. ބޯޓުންފައިބައިގެންގޮސް އިމިގުރޭސަންނިންމާލުމަށްފަހު ފޮށިތައްނަގައިގެން ބޭރަށް ނުކުންނަން ހިނގާގަތީމެވެ. ބޭރަށް ނުކުތް އިރު ދޮރުމަތީ މާޔަން ހެވިފައި ހުއްޓެވެ. އަހަރުމެން ފެނުމުން މާޔަން ދުވެފައާސް ނީންތަގައިގައި ބައްދާލިއެވެ. އަދި އަހަރެންގައިގައިވެސް ބައްދާލިއެވެ. މީގެ ކުރިން އަހަރެން އެކިފަހަރު މާޔަންއާއި ވާހަކަ ދެއްކީމެވެ.ވީޑިއޯކޯލް އިންނެވެ. ނީންތަ ގުޅައިގެން އުޅޭއިރު އަހަރެން ކޮޓަރީގައި ހުއްޓަސް ފޯނުހިފައިގެން އާސް އަހަރެންއަތަށް ދޭނެއެވެ. ވީމާ މާޔަން އަކަށްވެސް އަދި އަހަރެންނަކަށްވެސް އަލަށް ބައްދަލުވިކަމުގެ އިޙުސާސެއް ނުކުރެވެއެވެ. “ހިނގާދާން ” މިހެން ބުނަމުން މާޔަން ޓުރޮލީ ހިފައިގެން ހިނގާގަތެވެ. އަހަރުމެންވެސް މާޔަންގެ ފަހަތުން ހިނގާގަނެފީމެވެ. “މަންމަ ކީއްވެ ދޮންތަވެސް މިކޮޅުގަ ކިޔަވާގޮތައް ހަމަނުޖެއްސީ” މާޔަން ނީންތަ އާއި ސުވާލުކޮށްލިއެވެ. ޒިޔާން އަހަންނަށް ދޮންތަ ކިޔާތީ މާޔަންވެސް އަހަންނާ މުޙާތަބު ކުރަނީ ދޮންތަ ގެ ނަމުންނެވެ. ކާރަށް އަރައިގެން ގިނައިރުތަކަކު ދުއްވުމަށްފަހު ވަރަށް އުސް ބިލްޑިންގއެއްކައިރިއަށް ކާރު މަޑުކޮށްލުމުން އަހަރެންކާރުން ފާބައިފީމެވެ.

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

އަބަދުވެސް…16

Next

އެކުއްޖާ 2 – 36

Next
June 2, 2021

އެކުއްޖާ 2 – 36

Previews
June 1, 2021

އަބަދުވެސް…16



All Right Reserved!