Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަބަދުވެސް…16

luvza Level 310 Stories100 Login
June 1, 2021 2 Mins Read
0 Comments

ކޮޓަރީގައި ރޯން އޮތް އީމާ ވެސް ވާފިރުގެ އަޑަށް މޫނުމަތި ރީތި ކޮށްލުމަށްފަހު ބޭރަށް ނުކުތެވެ. ކޮޓަރިން ނުކުންނަން ދޮރާއި ހަމައަށް ގޮސްގޮސް ހުރި އީމާ ގެ ހަރަކާތް އަވަސްވި އޭނާގެ މަންމަގެ ރުއިމުގެ އަޑަށެވެ.

އަވަސް ހަރަކާތަކާއި އެކު ކޮޓަރިން ނުކުތް އިމާ ހުރީ ހާސްވެފް އެވެ. ކުރިމަތިން އޭނަގެ މަންމަ އަޑުން އަޑުނަގާ ރޯން ހުރި އިރު ބައްޕަ ޖެހި ބުދެއްހެން ގަނޑުވެފަ ހުރިމުން ކުރާނެ ކަމެއް ނޭނގިގެން ހުރި ފަދައެވެ. ދެން އީމާގެ ލޮލުގައި އަޅާއި ގަތީ އެ ދެމަފިރިންގެ ކުރިމަތީ ހުރި ވާފިރެވެ. ރުޅިން އޢނާގެ މޫނު ރަތް ކޮށްލާފައި ވީ އިރު އެ ދެލޮލުގައި ކަރުނަ ވިދަމުން ދެއެވެ. ދެއްތް ތުރުތުރު ލަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހަކީމް އާ ދިމާލަށެވެ.

ގޭގެ ދޮރުން ވަދެގެން އައި ޝުހާ އަށް ގޭތެރޭން ފެންނަމުން ދިޔަ މަންޒަރު ތަކުން ހުރީ ސުވާލު މާކު ޖެހިފައެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށް ފަހު އޭނާ ވެގެން އުޅޭ ގޮތް އޮޅުން ފިލުވައި ދިނުމަށް އެދުނެވެ.

“ކިހިނެއް ވެގެން މިއުޅެނީ… މަންމަ ކީތްވެ ތި ރޮނީ؟؟؟ ކޮންމެވެސް މީހަކު މަށަށް މި ވެގެން އުޅޭ ގޮތަ ކިޔައިދީބަލަ… މަންމަ މިހެން ކަމަކާ ނުލައެއް ނުރޯނެ ދޯ!!!… ބައްޕާ! ކިހިނެއް ވެފަ ތަ ތިހިރީ…” ޝުހާ ތިރީގައި ރޯން އިން ހަފީޒާގެ ގައިގައި ހިފާ ތެދު ކުރުވަމުން އެތާނގައި ތިބި މީހުންގެ ތެރެއިން ފަހަރަކު މީހެއް ކައިރީ ވެގެން އުޅޭ ގޮތް އޭނާ އަށް ކިޔައި ދިނުމަށް އެދުނެވެ.

“މިތަނުން އެކަކުވެސް ނުކިޔައި ދޭނެ… ކަލޭގެ ބައްޕަ އަހަރެންގެ ދަރި މަރަލައިގެން އެ އުޅުނީ ކަލޭގެ ކޮއްކޮ އާ މަގޭ ދޮށީ ދަރި އީތަން އާ ކައިވެނި ކުރުވަން ވެގެން… ކަލެއާ އީތަންގެ ގުޅުމަކަށް އޭނަ އެއްވެސް ގޮތަކުން ނުރުހޭ ދެން އޭނަ އިއަން އާ އީމާގެ ގުޅުމަކަށް ވެސް ނުރުހޭ އޭނަ ބޭނުންވަނީ އީތަންގެ އާ އީމާގެ ކައިވެނި ކުރުވަން އެހެންވެ ކަލޭގެ ބައްޕަ އޭނަ ކާރުގައި އިންދާ އޭނާ މަރާލަން ރާވައިގެން އެކަން ކުރީ މިހާރު ވަކި މޮޅުތަކެއް ވެއްޖެ ތަ؟؟….” ވާފިރު ޝުހާ އަށް އޭނާ ކުރިވެން ބުނި އެއްޗިސް ކިޔައިދިނެވެ. މިފަހަރު އެ ވާހަކަ ތަށް އަޑުއަހަން ހުރި އީމާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އޭނާގެ ބައްޕަ އޭނަ ހިތާއި ފުރާނައިން ލޯބިވީ ލޯބިވެރިޔާ އެކަހަލަ ކަމަކާ ހިންހަމަ ނުޖެހިގެން އެކްސިޑެންޓު ކޮށް މަރާލުމުންނެވެ. ހިތުގައި އެތަކެއް ޝަކުވާތަކެއް ދިޔައީ ފުނި ޖެހެމުންނެވެ.

“ބައްޕާ… ބައްޕަ އެފަދަ ކަމެއް ކުރިއިރު އަހަންނާ މެދު ވިސްނާލިންތަ… އަހަންނަށް ކުރާނެ އަސަރާއި މެދު ވިސްނާލިންތަ… މި އާއިލާ އާއި މެދު ވިސްނާލިންތަ… މި އާއިލާގެ އިއްޒަތާއި އަބރާއި ރައްކާތެރިކުރަން ބައްޕަ އަހަރުމެންނަށް ކިތަށް ފަހަރު ނަސޭހަތްތެރިވީ… ބައްޕަ އެންމެ ފަހަރަކުވެސް އަހަރެންގެ ކައިރީ ބައްޕަ އަހަރުމެން ދެމީހުންގެ ގުޅުމަށް ނުރުހެމޭ ބުނެލި ނަމަ އަހަރެން… އަހަރެން އިއަން އާ ދުރުގަ ހުރީހޭ އެކަމަކު އީތަންބެއާ އަހަންނާ ގުޅުވަން ބައްޕަ ތިފަދަ ކަމެއް ކުރިތީވެސް އަހަރެން ލަދުގަނޭ… ބައްޕަ އަށް ހަމަ ރަނގަޅަށްވެސް އިނގޭނެ ދޮންތަ އާއި އީތަންބެ އާއި ދެމީހުން އުޅެނީ ރައްޓެހިވެގެންކަން… ދެން އަދި އަމުދުން އަހަރެން ދޮންތައަށް ދެރައެއްދޭނީ ކިހިނެއް އަހަންނަށް އިހުސާސްވޭ ދޮންތަ އީތަންބެ ދެކެ ވާލޯބި އަދި ލޯބިވެރިއަކު ބީވެ ދިޔުމުން ވާނެ ދެރަ އެ ހިތާމަ އަހަރެން ކިހިނެތް ދޮންތައަށް ދޭނީ…” ކޮޓަރި ދޮރުމަތީ ހުރި އީމާ ހަކީމްގެ ކުރިމައަޗަށް އަރާ އޭނަގެ ހިތުގައިވި ހުރިހާ އުދާހެއް ބަންޑުން ކޮށްލިއެވެ. ހިތުގައި އެވާ ސުވާލުތަކުގެ ޖަވާބު ލިބޭނޭ ކަމަށެވެ.

އީމާގެ ވާހަކަ ތަކުން ހިތަށް ކުރި އަސަރުން ޝުހާ އޭނާގެ ކޮއްކޮ އީމާގެ ގައިގައި ބައްދައިގަތެވެ. އެ ކޮއްކޮ އޭނާދެކެ ވާ ލޯބި އިހުސާސް ވުމުން އެ ހިތް އެ ކޮއްކޮއަށް އެއްކޮށް ހެން ހުސްކޮށްލިއެވެ.

“ދަރިފުޅާ މީ ބައްޕަ ކުރި ކަމެއް ނޫން… ބައްޕަ ދުވަހަކުވެސް ދަރިފުޅުމެންގެ ގުޅުމަށް ނުރުހިފަކާއެއް ނޯންނާނެ އަހަރުމެންގެ ދެ އާއިލާ ދެ ވާފަށުން އެއް އާއިލާ އަކަށް ވާތި އަހަރެން ހުރީ ނުހަނު އުފަލުން އެކަމަކު ބައްޕައަކަށް އެއްވެސް ގޮތަކަށް ނޭނގޭ އިއަން އަށް އެހެން ދިމާވާން ވީ ސަބަބެއް…. އެކަމަކު ބުނަން… ބައްޕަ، ބައްޕަގެ ތިން ކުދިންނަށް ދުވަހަކުވެސް ދެރައެއްނުދޭނަން…” އެއޮށް ހުރިހާއިރު ވާހަކަ ނުދައްކާ ހުރި ހަކީމް ވާހަކަ ދެއްކީ އޭނާގެ ދެ ކުދިން އޭނާ ނުކުރާ ކުށަކަށް އޭނާ ކުއްވެރި ކުރާހެން ހީވުމުންނެވެ.

ނުނިމޭ

ހުންމީދު ކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 8

Next

ތަމަންނާ 8

Next
June 1, 2021

ތަމަންނާ 8

Previews
June 1, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 8



All Right Reserved!