ަތަމަންނާ 6
އޮފީހަށް ވަދެ ކުރަމުންދިޔަ މަސައްކަތް ނިންމާލަން އަހަރެން އަވަސްވެގަތީމެވެ. މަސައްކަތް ނިންމާލާފަ ހަމަޖެހިލިތަނުން ޒިޔާން ވަނެވެ. މަސައްކަތް ކިހިނެއްދަނީ؟ ރަނގަޅު. މިހާރު އޮފީސް ގަޑި ނިމުނީ. ކޮންއިރަކުން ގެޔަށް ދަނީ؟ އަހަރެންނަށް ޖަވާބެއް ނުދެވި އުޅެނިކޮށް ގެއަށްދާން ހިނގާށޭ ޒިޔާން ބުންޏެވެ. އަހަރެން މޭޒުމަތި ހަމަޖައްސާލުމަށްފަހު ދަބަސް ހިފައިގެން ހިނގާ ގަތީމެވެ. އެވަގުތު ޖީވެސް އަހަންނަށް ގޮވާލުމަށްފަހު ދަނީއޭ ބުނެލިއެވެ. އޮފީހުން ނުކުމެގެން ގޮސް ޒިޔާންގެ ސައިކަލް ފަހަތައް އެރުމުން ޒިޔާން ސައިކަލް ދުއްވާލާފިއެވެ. ޖީ އޮފީސް އިމާރާތުގެ ދޮރުމަތީ ހެވިފައި ހުރެ އަހަންނަށް ޓާޓާ ކިޔާލިއެވެ. ދުއްވަމުންގޮސް ގޭދޮރުމައްޗަށް އަހަރެން ބޭލުމަށްފަހު ޒިޔާން ނައްޓާލިއެވެ. އަހަރެން ގެޔަށްވަދެ ފުރެޝްވަލައިގެން ނަމާދުކޮށްލުމަށް އަވަސްވީމެވެ. ނަމާދަށްހުއްޓާ ދޮރުގައި ޓަކިޖެހުމަށްފަހު ދޮރު ހުޅުވާލި އަޑު އިވުނެވެ. ނަމާދުކޮށް ނިންމާލައިގެން ބޭރަށް ނުކުތްއިރު ނީންތަ ކާމޭޒު ކައިރީިއިނެވެ. އަހަރެން ފެނުމުން، ތަމަންނާ އަންނަންދެއް ނީންތަ މި އިންނަނީ، އަވަހަށްކާން އުޅޭ. އަހަރެންވެސް ތައްޓެއްނަގައިގެން މޭޒުކައިރީ އިށީނީމެވެ. އެކަނިތަ ގެއަަށް އައީ ކޮބާ ޒިޔާން. ޒިޔާން އަހަރެން ގެއަށްލާފައި ހިނގައްޖެ. އޮފީސްކަންތައް ކިހިނެއް، ރަނގަޅު. ވިލާކޮލެޖުން ކޯސް ހަމަޖެހިއްޖެ. ތަމަންނާ ސަރޓިފިކޭޓް ތަކާ އައިޑީ ކާރޑް ނީންތައަތަށް ގެނޭ. މާދަމާ ކޮލެޖަށް އެތަކެތި ލާންޖެހޭނެ. ރިޔާޒުބޭ ބުނީ ތަމަންނާ ކިޔެވުމުގެ ކަންތަކަށް ޚަރަދު ކުރާނީ ރިޔާޒްބެ ކަމަށް.
ކާ ނިންމާލުމަށްފަހު ކުޑަކޮށް އަރާމް ކޮށްލަން ބޭނުނަންވާތީ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. ޖައްސާލުމަށްފަހު އަހަންނަށް ވިސްނެންފެށީ އަހަރެންގެ ދިރިއުޅުމަށް މިއާ ބަދަލާ ދޭތެރޭ އެވެ. ﷲ ތަޢާލާ ކަމަކަށް އިރާދަކުރައްވާފިއްޔާ ލަހެއްފަހެއް ނެތި އެކަމުގެ ވަގުތު ޖެހުމުން އެކަމެއް ވަމުންދެއެވެ. އަހަރެން އަހަރެންގެ ބައްޕައާއި އަހަރެން ގެ އެއްބަފާ ކޮއްކޮމެންނާއި އެކު އުޅުނީ ހާދަ އެކަނިވެރި ދިރިއުޅުމެކެވެ. އަޅާލާނެ މީހަކު އަނގައިންބުނަލާނެ މީހަކު ކަމެއްގަ އެހީތެރި ވެލާނެ މީހަކު ހާލުބަލާލާނެ މީހަކު އެއިރު ނުހުރެއެވެ. ކަންތައްބަދަލު ވެގެންދިޔަގޮތްބަލާށެވެ. އެއްވެސް ގޮތަކުން އަހަންނާއި ގުޅުމެއްނެތްބަޔަކު އެމީހުންގެ ދަރިޔަކަށް ހިތާހިތުން އަހަންނަށް ިހތަނީއެވެ. ﷲ އަށް ޚަމްދުހުއްޓެވެ. އަހަރެންގެ މި އުފާވެރިކަން މިގޮތުގައި ލެހެއްޓެވުން އެދި އެއްކައުވަންތަ އިލާހުގެ ހަޒުރަތުގައި އާދޭސް ދަންނަވަމެވެ. ތިޔައީ ރަޚުމަތް ލައްވާ ރަޚީމްވަންތަ އިލާހެވެ. އެކިކަންތަކާ ވިސްނަމުންގޮސް އަހަރެން ލިޔަމުން ގެންދާވާހަކަ ފޮތެއްގެ ގޮތުގައި ޗާޕްކޮށްގެން ނެރުމުގެ ޚިޔާލު އައެވެ. މިކަހަލަ ވިސްނުްތަކެއްގައި އޮށްވާ ބަންގި ގޮވުމުން ތެދުވެ ނަމާދުކޮށްލައިގެން ބޭރަށް ނުކުމެފީމެވެ.
ބަދިގެއަށް ދިޔައިރު ލަތާ ހޭބޯނާރާ ކެއްކުމުގެ ކަންތަކުގައި އުޅޭތީ ލަތާއަށް އެހީތެރިވުމުގެ ގޮތުން ބައެއްމަސައްކަތް ކުރަން ފަށާފީމެވެ. ބަދިގޭގެ މަސައްކަތް ނިނަމާލުމަށްފަހު ކޮޓަރިއަށް ވަދެ އިޝާނަމާދު ކޮށް ނިންމާލި ތަނުން ފޯނެއް އައެވެ. ގުޅަނީ ޖީ އެވެ. ކޮންކަމެއްގަ ތިއުޅެނީ؟ ހިނގާ ބޭރަށް ނުކުމެލަން. އަހަރެން ބޭރަށްދާން ބޭނުންނުވާތީ މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީކަމަށްބުނެ ބަހަނާ ދެއްކީމެވެ. ކިތަންމެ ގިނަވަގުތެއް ގޭގަ ހޭދަކުރިއަސް އެކަމެއްނުވާނެ. އޭނަ އަންހެން ކުއްޖަކާދިމާ ބަލައެއްނުލާނެ. މިހެން ބުނެ ޖީ ހިނިގަނޑެއްޖަހާލިއެވެ. އެހެންވީމާ ކަމަނާ އާއި ބައްދަލުވާނީ ހަމައެކަނި އޮފީހުން ދޯ. ޖީ ބުންޏެވެ. ނޫން މިރޭ ބޮލުގަރިއްސާވަރުން ބޭރަށްދެވޭވަރު ނުވަނީ. އެހެންރެއެކުން ދާނީ. އޯކޭ ބާއި. މިހެން ބުނެ ޖީ ފޯންބޭއްވިއެވެ.
ދުވަސްތައްމާޒީ އާއި އެކުވަމުން ދެއެވެ. އަހަރެންގެ ކިޔެވުންވެސް ފެށިގެން ކުރިޔަށް ދެއެވެ. އަހަރެން ހޭދަ ކުރަމުން ދިޔައީ ވަރަށް ބުރަދުވަސްތަކެކެވެ. ކިޔެވުމުގެ ކަންތައްދަނީ ހީކުރެވުނުވަރަށްވުރެ ބުރަކޮށެވެ. ނަމަވެސް ކިޔެވުން އޮންނަ ދުވަސް ނޫން ހުރިހާ ދުވަހެއްގައި އޮފީހަށް ދަމެވެ. ކިޔެވުން އޮންނަ ދުވަހުވެސް ވަގުތު އޮތިއްޔާ ކޮލެޖް ނިންމާލާފައި ދަނީ އޮފީހަށެވެ. އެއީ އަހަރެން ކިޔެވުންފަށައިގެން ބަރާބަރަށް އޮފީހަށް ނުދެވޭ އިރުވެސް އަހަރެންނަށް ކަނޑައެޅިފައިވާ މުސާރަ އެއްވެސް އެއްޗެއް އުނިކުރުމެއްނެތި ބަރާބަރަށް ދެއެވެ. އަދި އަހަރެންގެ ކިޔެވުމަށް ހުރިހާ ޚަރަދެއް ކުރަނީ ރިޔާޒުބެއެވެ. ނީންތަ ބާޒާރަށް ދާ ކޮންމެ ދުވަަހަކު އަހަރެން ގޮވައިގެން ގޮސް އަހަރެން ބޭނުންކުރާ ކޮސްމެޓިކުސްގެ ހުރިހާ އެއްޗެއް ނީންތަ ގަނެދެއެވެ. އަހަރެން އެކަމާ ދެކޮޅު ހެދުމުން އެކަމާ އަޅާނުލުމަށާއި އަހަންނަށް ލިބޭ ލާރި ރައްކާކުރުމަށް ނީންތަ ބުނެއެވެ.
އަހަރެންކޮލެޖަށް ގިނައިން ގެންދަނީ ރިޔާޒުބެއެވެ. ބައެއްދުވަސްދުވަހު ޒިޔާން އާއި އެކުވެސް ކޮލެޖަށް ދަމެވެ. ރިޔާޒުބެއާއި ނީންތަ އޭ އެއްފަދައިން ޒިޔާންވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ.އަދި އަހަރެންގެ ކަންތައްތަކުގައި ވަރަށް ފަރުވާބަހައްޓައެވެ. އެކަމަކާއި ގުޅޭ ވާހަކަނޫން އެއްވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އަހަރެން ޒިޔާން އާއި ދޭތެރޭ ވަރަށް ވިސްނަމެވެ. ޖީދައްކާފަހުރިވާހަކަ ތަކުގެ ސަބަބުން ނެވެ. އަހަރެންނާއިވެސް އެއްވެސްކަހަލަ ސައުޤުވެރިކަމެއް ހުންނަކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް އަހަރެންނަށް ޒިޔާން އަށް އިންތިޒާރުކުރެވެއެވެ. ވަކިން ބޮޑަށް ފަތިހުގެ ވަގުތުގައެވެ. އެއީ ބައެއް ދުވަސްދުވަހު ފަތިހުނަމާދު ނިމިގެން ދެމީހުން އެކަނި ކޮފީބޯން ތިބެމެވެ. ޒިޔާން އަހަންނާ ވަރަށް ވާހަކަ ދައްކައެވެ. ދައްކާނީ އަހަރެންގެ ކިޔެވުމުގެ ވާހަކައާއި އޮފީހުގެ ވާހަކަތަކެވެ. މިގޮތުން ކޮފީބޯން ތިބި ފަތިހުގެ ވަގުތެކެވެ. ޒިޔާންގެ ލޯބިވެރިކު ނުހުރޭތަ؟ ވަރަށް މަޑުމަޑުން ޖެހިލުންވެ އިނދެ އަހާލީމެވެ. ނޫން އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އަހަރެން އެކުއްޖާދެކެ ވަރަށް ލޯބިވޭ. ޒިޔާން ވަރަށް ހަމަޖެހިލާފަ ބުނެލިއެވެ. އެހެން މިއަހާލީ ޒިޔާން ހުރިހާ ވަގުތެއް ތި ހޭދަ ކުރަނީ އަހަރެންނަށް ފެންނަ ހިސާބުގަ. މިހާ ދުވަސް ވީ އިރުވެސް ލޯބިވެރިއަކު ގެންގުޅޭ މީހުން އުޅޭގޮތާއި ވަރަށް ތަފާތު ޒިޔާން ގެ އުޅުން. ލޯބިވެރިޔަކާއި މީޓް ކޮށްލައި ހަދަންޏާ ކޮންމެވެސް ވަގުތެއް އެކަމަށްވެސް ހުސްކުރާނެއްނު. އަހަންނަށް ފެންނަނީ އޮފީހުން ފިހާރަތަކުން ގުދަނުން މިސްކިތުން ޒިޔާން އުޅޭތަން. ރޭގަނޑު ދިހައެއް ނުޖަހަނިސް ނިދާ. އާނ. އަހަރެން ލޯބިވެރިޔާއާއި ވާހަކަ ދައްކަނީ ފޯނުން. އަދި މީޓެއް ނުކުރަން. އޭނަ އުޅެނީ މާލެއަކު ނޫން. އަދި ދުވަހަކުވެސް ލޯބިވެރިޔާ ހަމަލޮލަކުން ނުދެކެން.
ތަމަންނާ ތިވާހަކަތައް އެހީމަ ކިޔާލަ ދީފާނަން. ތަމަންނާ ދެކެ އަހަރެން ލޯބިވޭ. އަހަރެން ދެކެނީ ތަމަންނާ ތީ އަހަރެންގެ ވަރަށް ގާތްމީހެއްގެ ގޮތުގައި. މިވާހަކަތައް ކިޔާދިނުމުން ތަމަންނާއާއި އަހަރެންނާއިި ދޭތެރޭ އޮތްގުޅުމަށް އެއްވެސް ބަދަލެއް އާސްގެން ނުވާނެވެ. އަދި އަހަންނާއިދޭތެރޭ އެއްވެސް ހިތްހަމަ ނުޖެހުމެއް ރުޅިވެރިކަމެއް ބާއްވާގެން ނުވާނެ. ތަމަންނާ އަކީ އަހަންނަށް ވަރަށް ހާއްސަ މީހެއް. އަހަރެންގެ ލޯބިވެރިޔާއާއި އަހަންނާ ދިމާވީ ސޯސިއަލް މީޑިއާއިން. ފުރަތަމް ވާހަކަ ދައްކަންފެށީ ރައްޓެއްސެއްގެ ގޮތުގައި، އޭނަ އަހަރެންނަށްވުރެ ހަތަރު އަހަރު ހަގު. އަހަރުމެން ދެމީހުންގެ ގުޅުން ލޯތްބައް ބަދަލުވެގެން ދިޔައީ އަހަރެން އެހާ ބޭނުންވެގެނެއްނޫން، އަހަރެންކައިވެނި ކުރާ މީހަކު އަހަންނަށް ވުރެ ދެއަހަރަށް ވުރެ ބޮޑުތަން ހަގުވާކަށް އަހަރެން ބޭނުމެއްނުވެ. ނަމަވެސް އޭނަ އަހަރެން ދެކެ ވަރަށް ލޯބިވޭ، އަދި ހަތަރު އަހަރު ހަގުވުން އެއީ މައްސަލައެއް ކަމުގައި އޭނަ ނުދެކޭވާހަކަ އަބަދުވެސްބުނޭ. އެހެންވެ އަހަރެންވެސް އެއީ މައްސަލައެއް ނޫނަކަމުގަ ނިންމާފަ ކުރިއަށް ދިޔައީ. އޭނައަށް އަހަރެންނާއި ބެހޭ މާބޮޑު މައުލޫމާތެއް އަދިވެސް ނޭނގޭނެ. މި ބުނީ އަހަރެންކުރަނީ ކޮންމަސެއްކަތެއްކަމެއް، އަހަރެންގެ ޢާއިލާ އަކީ ކޮންކަހަލަ ޢާއިލާއެއްކަމެއް ނޭގޭނެ ވާހަކަ. ހަމަ އެކަނި އެނގޭނީ އަހަރެން މީ މާލޭ މީހެއްކަމާ އަހަރެން މީ އާއިލާ ގެ އެންމެ ދޮށީ މީހަކަން. އަދި އަހަރެންގެ ހުންނަނީ އެންމެ ކޮއްކޮ އެއްކަން. ޒިޔާން މަންމަ މެނަށް ޒިޔާން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގޭތަ؟ ނޫން އަދި ނުބުނަން. މިކަން އެނގޭނީ އަހަރެންގެ ކޮއްކޮ އަށް ސަޚާއަށް ދެން ތަމަންނާއަށް. އަހަރެންގެ ލޯބިވެރިޔާ ތަމަންނާއަށް އެނގޭނެ ވަރަށް ރަނގަޅަށް.
*******
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

