ތަމަންނާ 5
ލައްބަ މިދަނީ. އަހަރެން ތައްޔާރުވެލައިގެން ސައިބޯން ދިޔަ އިރު އެންމެން މޭޒު ކައިރީ އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. ތަމަންނާ ނާސްގެން ނުފެށިފަ މިތިބީ. ހިނިތުންވެލުމާއި އެކު މަޖާރާގެއްގައި ރިޔާޒުބެ ބުންޔެވެ. އަހަރެންވެސް ސައިބޯން ފަށައިފީމެވެ. އަހަރެން އިނީ ވަރަށް ހާސްވެފައެވެ. އެވަގުތު ވަރަށް ގިނަ އެއްޗެހި އަހަރެންގެ ހިތައް އަރަމުން ދިޔައެވެ. އަހަރެން މީ ކޮން ހާލެއްގަ އުޅުނުމީހެއް ހެއްޔެވެ. މިހާރު ކަންތައްތައް ބަދަލުވެގެން މިދިޔައީ ހާދައަވަހަކެށެވެ. މިހާރު އަހަރެންކޮބާތޯ ބަލާނެ، އަހަރެންގެ ހާލު ބަލާނެ ،އަހަރެންނާ އަޅާލާނެ މީހުން ތިބިކަމުގެ އިޙުސާސް ކުރެވި ހިނިތުން ވެލެވުނެވެ. ތަމަންނާ ކޮންކަމަކާ ތިވަރަށް ތި ވިސްނަނީ؟ ނީންތަ އެހިއެވެ. އަހަރެން ނީންތަ އަށްބަލާލާ ހީލުންފިޔަވާ ޖަވާބެއްނުދެމެވެ. ތަމަންނާ ދާންވީނު.ސައިބޯނިމިގެން ޒިޔާން ތެދުވަމުން ބުންޔެވެ.
ޒިޔާންފަހަތުން އަހަރެން ހިނގާ ގަތީމެވެ. ސައިކަލަށް އެރުމުން ޒިޔާން ދުއްވާލާފިއެވެ. ދުއްވަމުންދިޔައީ މަޑުމަޑުންނެވެ. ޒިޔާން އެއްވެސްވާހަކައެއް ނުދައްކައެވެ. އެކި މަގު، ގޯޅި އަޅަމުންގޮސް ދިހަބުރި އިމާރާތެއްގެ ކައިރިޔަށް މަޑުކޮށްލުމުން އަހަރެންފައިބައިފީމެވެ. އަންނާނާނަން ޕާކުކޮށްލާފައި، މިހެން ބުނުމަށްފަހު ޒިޔާން ދުއްވާލާފިއެވެ. އަހަރެން ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓައި ޒިޔާން އަހިސް އަންނާށޭ ބުނުމުން ފަހަތުން ހިނގާގަތީމެވެ. ވަދެގެން ގޮސް ލިފްޓަށް އެރުމަށްފަހު ދިހަވަނަ ފަންގިފިލާއަށް ދިޔުމަށް ފިތާލިއެވެ. ލިފްޓް ދިހަވަނަބުރިޔަށް މަޑުވުމާއި އެކު ނުކުމެގެންގޮސް ކުރިމަތީ ހުރި ދޮރުން ޒިޔާން ވަނެވެ. އަހަރެންވެސް ގޮސް ޒިޔާން ފަހަތުން އޮފީހަށް ވަދެފީމެވެ. ތަނަވަސް ބޮޑު އޮފީހެކެވެ. ކުރިމަތީ ހުރީ ރިސެޕްސަން ކައުންޓަރެވެ. ދެ ކުއްޖަކު ކައުންޓަރުގައި ތިއްބެވެ. ރިސެޕްސަން ކައިރިން ހުރި ދޮރެއް ހުޅުވާލާފައި ޒިޔާން އެތެރެއަށް ވަނެވެ. ދޮރުގައި ހުރީ ފިންގާރ ރީޑަރ ހަރުކޮށްފައެވެ، އަހަރެންވެސް ޒިޔާން ގެ ފަހަތުން ވަދެފީމެވެ. ޒިޔާން އެތާހުރި ދޮރެއްހުޅުވާލުމަށްފަހު އެތެރެއިން ކުއްޖަކަށް ގޮވާލިއެވެ. މަލަކު އާދެބަލަ. މިހެންބުނުމަށް ފަހު ޒިޔާން ކުރިޔަށް ހިނގާގަތެވެ.
އަހަރެންނާއި މަލަކު ޒިޔާންގެ ފަހަތުންގޮސް ޒިޔާންގެ ކެބިންއަށް ވަދެފީމެވެ. ދޮރުގައި ޒިޔާން ގެ ނަންޖަހާފައި އޮތެވެ. ޒިޔާން އަކީ މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަން އެނގުނީ ދޮރުގައި އެހެންޖަހާފައި އޮތީމައެވެ. ކުރިމަތިން ހުރީ ބޮޑު މޭޒެކެވެ. އެއްފަރާތެއްގައި ސޯފާ އަކާއި ކުޑަ މޭޒެއް ހުއްޓެވެ. ދެކުދިން އިށީނދޭ. ޒިޔާން ގެ ގޮޑީގައި ޒިޔާން އިށީންނަމުން އަހަރުމެން ދެމީހުނަށް ބުންޔެވެ. އަހަރުމެން ގޮޑީގައި އިށީނދެފީމެވެ. ޒިޔާން ކޮމްޕިޔުޓަރ ހުޅުވާލުމަށްފަު ބުންޔެވެ. މަލަކު މީ ތަމަންނާ. ތަމަންނާ މީ މަލަކު މިއޮފީހުގެ އެޗް އާރު މެނޭޖަރ. ތަމަންނާ މަސައްކަތްކުރާނީ މާރކެޓިންގ ޑިޕާރޓް މަންޓްގަ. ތަމަންނާގެ ވަޒީފާގެ ކަންތައް ހަމަޖައްސާ، އަދި ފިންގާ އަޅާ ކާރޑު ހަދައިދީ. ނިންމާފަ މިކޮޅަށް ފުނުވާ. ޒިޔާން މަލަކުއާ ދިމާއަށް މިހެން ބުނުމުން، ކޮންވަޒީފާ އަކަށްތޯ؟ މަލަކު ޒިޔާން އާއި ސުވާލު ކޯށްލިއެވެ. މާރކެޓިންގ އޮފިސަރ. މަލަކު ތަމަންނާ ގޮވައިގެން މަލަކު ގެ ކެބިންނަށް ހިނގައްޖެއެވެ. ޒިޔާން ފޯންނަގާ މީހަކަށް ގުޅާލިއެވެ. ސަޙާ އާދެބަލަ. އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލުމަށްފަހު ސަޙާމަތު ވަދެގެން އާސް ޒިޔާންގެ އިސާރާތައް ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. މާރކެޓިންގ އޮފިސަރަކަށް އިތުރުކުއްޖަކު މިއަދު މާރކެޓިންގ އާއިގުޅޭނެ. އެއީ ތަމަންނާ. ތަމަންނާ އަކީ އަހަރެންގެ ގޭ ކުއްޖެއް. އަދި އަލަށް ވަޒީފާއަކަށް ނުކުތީ. މަޑުމަޑުން މަސައްކަތްތައް ކިޔާދެމުން ގެންދޭ. އެއްފަހަރާ މާގިނަ މަސައްކަތް ހަވާލު ނުކުރާތި. އެޗް އާރުގެ ކަންތައް ނިންމާފަ އާމަ ތިކޮޅަށް ފޮނުވާލާނަން. ކަންތައްތައް ކުރިޔަށް ގެންދަންވީގޮތް ޒިޔާން ކުޑަކޮށް ކިޔާލަދިނެވެ.
މަލަކު ތަމަންނާގެ ކަންތައްތައް ނިންމާލުމަށްފަހު، ތަމަންނާގޮވައިގެން ޒިޔާން ގެ ކެބިންނަށް ވަނެވެ. އެތަނުގައި ސަޙާވެސް އިނެވެ. މީ ތަމަންނާ. މީ ސަޙާ މި ކުންފުނީގެ މާރކެޓިންގ މެނޭޖަރ. ތަމަންނާ މަސައްކަތް ކުުރަންވީ ގޮތް ސަޙާ ކިޔާދޭނެ. ވަރަށް އަވަހަށް މަސައްކަތްތައް ދަސްކޮށްލެވޭތޯ ބަލަންވާނެ. ޒިޔާން ވާހަކަދެއްކިއެވެ. ސަޙާ ދިޔުމުގެ އިޒުނަ ހޯދުމަށްފަހު ހިނގާގަތެވެ. އަދި އަހަރެން ކައިރީ އައުމަށް ބުންޔެވެ. އަހަރެން ސަޙާގެ ފަހަތުން ގޮސް މާރކެޓިންގ ޑިޕާރޓް މަންޓްއަށް ވެދެފީމެވެ. މީ ތަމަންނާ. ތަމަންނާ މަސައްކަތްކުރާނީ އަހަރުމެންނާއި އެކު. މެހެން ބުނުމަށްފަހު އެތާ ތިބި މީހުން ތަޢާރަފު ކޮށްދިނެވެ. އަދި އަހަރެން ގެ މޭޒު ދެއްކުމަށްފަހު، ޖީ ތަމަންނާ އަށް ކުރަންވީ މަސައްކަތް ކިޔާދީ އެހީތެރި ވެދީ. ޖީއަށް އޮތީ ތަމަންނާ ޓުރެއިން ކުރުން. ޖެހިގެން އިންމޭޒުގައި އިން ޖީޒާއަށް އިސާރާތްކޮށް ސަޙާ ބުންޔެވެ. ލައްބަ ބޮސް. ޖީޒާ ޖަވާބު ދިނެވެ.
ތަމަންނާ ކެއުމެއް ބުއިމެއްވެސް ބޭނުންނުވޭތަ. މިހާރު އެހަރަ އެކެއް ޖެހީ. ޖީ ހެމުން ބުންޔެވެ. އަހަރެން ގަޑިއަށް ބަލާލިއިރު ބާރަގަޑި ބައި ވެއްޖެއެވެ. އޮފީހުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެވިފަ އިނދެވުނުވަރުން ގަޑި ދިޔަގޮތެއްވެސް ނޭގުނެވެ. އަހަރެން ޖީގެ މޫނަށް ބަލާލާފައި ހީލީމެވެ. ހިނގާ ބޭރަށް ނުކުމެލަން ކޮންމެވެސް އެއްޗެއް ކާލަން. އަހަރެން ޖަވާބެއް ނުދީ ވިސްނާލަން އިނީމެވެ. ޒިޔާން ގެ ހުއްދައެއްނެތި ބޭރަށް ނުކުންނަން ބޭނުންނުވާތީއެވެ. ކިހިނެއްވީ؟ ހިނގާދާން. އަހަރެންނަށް ދޭނެ ޖަވާބެއް ނޭގޭތީ އެއްޗެއްނުބުނެ އިނދެވުނީއެވެ. އެވަގުތު ސަޙާ އެތަނަށް އައެވެ. ބޮސް ތަމަންނާ ގޮވައިގެން އެއްޗެއްކާލަން ބޭރަށް ނުކުމެލަން ހިނގާށޭ މިކިޔަނީ. ތަމަންނާ އަށް ދާން ނުކެރިގެން ކަންނޭގެ އެ އިންނަނީ. ދޭ އެއްޗެއްކާލައިގެން އަންނަން. ސަޙާ މިހެން ބުނުމުން ދެފިކުރެއްގައި ހުރެ އަހަރެން ތެދުވީމެވެ. ޑިޕާރޓްމަންޓް އިން ބޭރަށް ނުކުތް އިރު ޒިޔާން މީހަކާ ވާހަކަދައްކަން ހުއްޓެވެ. ތަމަންނާ ކޮބާ މަސައްކަތް ކިހިނެއް ދަނީ؟ރަނގަލު އަހަރެން ޖަވާބުދިނީމެވެ. ތަނަކަށްދާންތަ ތި ނިކުތީ؟ ޖީމާ ދޯ ތަމަންނާ އާއި ޚަވާލުވީ. ލައްބަ ޖީ މަޑުމަޑުން ބުންޔެވެ. އޮފީހުގެ މަސައްކަތައް ތަމަންނާ ޓުރެއިން ކުރާނީ. ޖީމާ ގެ ސުޓައިލް ތަމަންނާއަށް ދަސްކޮށް ނުދޭތި. ޒިޔާން ހިނިގަނޑެއް ޖަހާލަމުން ބުންޔެވެ. ޖީމާ ޖަވާބެއް ނުދީ ރަކި ހިނިތުންވުމަކާއި އެކު ހިނގާގަތެވެ. އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. އެބުނީ ކޮންވާހަކައެއްބާއެވެ.
ބޭރަށް ނުކުމެގެންގޮސް ކައިރީގައި ހުރި ކެފޭއަކަށް އިސާރާތްކޮށް މިތަނަށް ރަނގާޅުވާނެއޭ ބުނަމުން ޖީ ކެފޭއަށް ވަނެވެ. އަހަރެންވެސް ޖީ ފަހަތުން ވަދެގެންގޮސް މޭޒެއްގެކައިރީ އިށީނދެފީމެވެ. މަ ވަރަށް ބަނޑުހާވެފަ މިހުރީ. ރަނގަޅު އެއްޗެއްކާލަން ބޭނުންވަނީ. ތަމަންނާ ކޯންޗެއް ބޭނުމީ؟ އަހަރެން ތަންކޮޅެއްލުއި ގޮތެއްހަދާލާނީ. ޖޫސްތައްޓެއް. ބުރޯ އާދެބަލަ. ޖީވެއިޓަރަށް ގޮވާލިއެވެ. ޖީ ކޯންޗެއް ގެންނަންވީ ވޭޓަރު ސުވާލު ކުރިއެވެ. ގެނޭ ޗިކަން ރައިސްއަކާއި ދެ ފުރެސް އޮރެންޖް. އެއްރައިސްތަ؟ ވޭޓަރު އެހިއެވެ. ހޫމް. ވަރަށް އަވަސްކުރާތި.
ތަމަންނާ އާއި ޒިޔާން ބޮސް އާއި ކޮންގުޅުމެއް އޮންނަނީ؟ ތަމަންނާ ތީ އެފެމެލީ ކުއްޖެއްތަ؟ ޖީ ސުވާލު ކުރިއެވެ. ޒިޔާން މަންމަ އެއީ ރަށުމީހެއް. އެހެންގުޅުމެއް ނޯވެ. އަނެއްކާ ޒިޔާން ބޮސް އެއީ ތަމަންނާގެ ކަމެއްތަ؟ ޖީ ހިނިގަނޑަކާއި އެކު ސުވާލު ކުރިއެވެ. ޒިޔާން ބޮސް އަންހެންކުދިންނާ ވަރަށް ދުރުން އުޅޭނީ. ބައެއްފަހަރަށް ހީވޭ އެހެން އެއްޗެއް ހެންވެސް. ތި ބުނީ ކީކޭ އަހަރެން އަހައިލީމެވެ. އެހެން މިބުނީ އަހަރެންވެސް ފުރަތަމަ ދުވަސްކޮޅު ވަރަށް ޓުރައި ކުރިން އެކަން ކުރަން. ވަރަށް ގައިގޯޅިވެގެންވެސް އުޅުނިން އަދި އޮފީހަށް އަންނަންލާ ހެނދުންވެސް ކުރުކޮށްލިން. އެއްވެސް ކުރި އެރުމެއް ނުލިބުނު. އެންމެފަހުން ސަޙާ ބޮސް އަނގާފި އެކަހަލަ ހެނދުން ލައިގެން އޮފީހަށް ނައުމަށް. ހަބަރު ބަލާލިއިރު ޒިޔާންބޮސް ބުނެގެން އެހެންއެންގިކަމަށް ވަނީ. ދެން އަހަރެން ހީކުރީ ރިޔާޒުބޮސް އުޅޭތީ ޒިޔާން ދުރުދުރުން އުޅެނީކަމަށް. ފަހުންފަހުން އާސް ރިޔާޒުބޮސް ނާދެ އޮފީހަކަށް. ވަރަށް މަދުން އަންނާނީ. މީޓިންގ އެއް އޮތީޔާ. އެކަމަކު ވަރަށް ދުރު ދުރުން އުޅޭނީ. މަލަކު މެޑަމްވެސް ޓުރައި ކުރި.ނުވިއެކަމެއް. އެހެންވެ މި ބުނީ އެހެން އެއްޗެއްހެން ހީވާ ވާހަކަ. މިވާހަކައިގައި ތިއްބާ ކާއެއްޗެހި އައުމުން ޖީމާ ކެއުމަށް އަވަސްވެގަތެވެ. އަހަރެންވެސް ޖޫސްތަށި ކައިރި ކޮށްލުމަށް ފަހު އެއްނޭވާއިން ޖޫސްތަށި ބޮއެލާފީމެވެ. ޖީމާ އެދެއްކި ވާހަކަ ތަކުން ވަރަށް ގިނަ ސުވާލުތައް ހިތުގައި އެނބުރެން ފެށިއެވެ. ޒިޔާންއަކީ ޖީމާ އެވިސްނާ ކަހަލަ މީހަކަށް ނުވާނެއެވެ. އޭ ކޮންކަމަކާ ތި ވިސްނަނީ؟ ޖީމާ ކައިނިންމާލުމަށްފަހު ތަށި އެއްފަރާތް ކޮށްލަމުން ސުވާލު ކުރިއެވެ. ނުވިސްނަން. ބުރޯ ބިލް ގެނޭ. ވޭޓަރަށް ގޮވަލުމަށްފަހު ޖީމާ ބުންޔެވެ. ވޭޓަރު ބިލް ގެނައުމުން އަހަރެން ލާރި ދައްކާކަށް ޖީ ގަބޫލެއްނުވިއެވެ. ބިލް ދައްކާނީ އަހަރެން. ޖީ އެންނު ކާން އަންނަން ބުނީ. ޖީ ބިލްދައްކާ ނިމުމުން އޮފީހާ ދިމާއަށް މިސްރާބު ޖެހީމެވެ.
********
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Reethi varh
Ekam varh kiyaalan faseyha vaanehen heevany dialogue thah koma koalhi ah laafa hunnanya
Like this
” ey brw aadhebala”jeeza thankolheh dhuruga huri waiter ah govaali eve.
Aslu example eh midhekkee getu nuvedhaanethy
I’m really sorry author dissapoint kollevuniyya
Anyway curiously waiting for the next part
Take care
Lyssm???✌