Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަމަންނާ 4 ވަނަބައި

Amsa Level 110 Stories
May 19, 2021 3 Mins Read
0 Comments

ތަމަންނާ އަށް ގޮވާލުމަށްފަހު ޒިޔާން ބުނެލިއެވެ. ތަމަންނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ޒިޔާން ކާ ނިމިގެން ނުކުމެގެން ހިނގައްޖެއެވެ. ތަމަންނާވެސް ބަދިގޭގައި ކުރަމުން ދިޔަ ކަންތައް ނިންމާލުމަށް ފަހު ނީންތަ ނަމާދުކޮށްލަން މިދަނީ. މިހެންބުނުމަށްފަހު ނުކުމެގެން ހިނގައްޖެއެވެ. ނީނާވެސް ލަތާ އާއި ވާހަކަ ދައްކާލުމަށްފަހު ނުކުމެގެން ހިނގައްޖެއެވެ.

ތަމަންނާ ނަމާދުކޮށް ނިމިގެން މާދަމާ އޮފީހަށް ދިޔުމަށްޓަކައި ހެދުމެއް އިސްތިރި ކުރަން އެނބުރިގަތެވެ. އިސްތިރި ކުރަން ހުރި އިރު ތަމަންނާގެ ހިތައްއަރަމުންދިޔައެވެ. މިއުޅެނީ ކީއްވާން ބާވައެވެ، މީގެ ކުރިން އަހަރެން ކައިފިތޯ ބަލާލާނެ މީހަކު އަހަރެންނާއި ވާހަކަ ދައްކާލާ ހަދާނެ މީހަކު ނުހުރެއެެވެ. އަހަރެންނަކީ އެކަނިވެރިއެއްކަމުގައި ކުރެވެމުން އައި އައުން މަޑުމަޑުން ބަދަލު ވަމުން ދިޔައެވެ. ރިޔާޒުބެވެސް އަހަންނާ ވާހަކަ ދައްކަނީ ވަރަށް ލޯބިން އޯގައިތެރިކަމާއި އެކުއެވެ.ނީންތަވެސް އެހައި ރަނގަޅެވެ. އަހަރެންނަށް މީގެ ކުރިން ނުކުރެވޭހާ އުފާވެރިކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އަދި އަހަރެންނަށް އަހަރެން ބޭނުންވާ މައްޒިލަށް ދިޔުމަށް ދަތުރު ފެށުނުކަމުގެ އިހުސާސް ކުރެވެންފެށިއެވެ. އަދި އަހަރެންގެ ޙަޔާތުގެ ދަތުރު ކާމިޔާބުވާނެ ކަމުގެ އިޙުސާސް ކުރެވެންފެށިއެވެ. އަހަރެން ބޭނުންވަނީ ވަރަށް ކާމިޔާބު މީހަކަށްވާށެވެ. އަދި ތަނަވަސް މީހަކަށްވާށެވެ. އެކަމަކު އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ.

އިސްތިރިކޮށް ނިންމާލުމަށްފަހު ފޮށި ހުޅުވާލީމެވެ. ފޮށީގަ ހުރި އެއްޗެހިތައްނަގާ އަލަމާރީގައި ތަރުތީބުކޮށްލުމަށްފަހު ފޮށި ނަގާ އަލަމާރި މައްޗައްލީއެވެ. އަހަރެން ނަކީ އަބަދުވެސް ވަރަށް ތަރުތީބުކޮށް އެއްޗެހި ބަހައްޓައި މީހެކެވެ. ގެންގުޅޭ އެއްޗެހި ކޮންމެ ކޮންމެ ގޮތަކަށް ހުރުމީ އަހަރެން ހިތްހަމަޖެހޭ ގޮތެއްނޫނެވެ. އަހަރެން ލިޔަމުން ގެންދާ ވާހަކަ “އިންތިޒާރު” އިން ކޮންމެވެސް ވަރެއް ލިޔެލެވޭތޯ ފޮތްހިފައިގެން މޭޒު ކައިރީ އިށީނދެ ލިޔަންފެށީމެވެ. ވާހަކަ ލިޔުމަކީ އަހަރެން ވަރަށް ސައުޤުވެރިކަމާއި އެކު ކުރާ ކަމެކެވެ. ލިޔަން އިންދާ ދޮރުގައި މީހަކު ޓަކިޖަހާލައިފިއެވެ. އަހަރެންނަށް ދޮރާ ހަމައަށް ނުދެވިގެން އުޅެނިކޮށް ދޮރުހުޅުވާލާފައި ނީންތަ އެތެރެއަށް ވަނެވެ. ކޮބާ ކޮންކަމެއް ތިކޮށްލަނީ؟ ކާންދާންވީނު. އަހަރެން ވަކި ޖަވާބެއްނުދީ ނީންތަ ފަހަތުން ހިނގާ ގަނެފީމެވެ. ކައިމޭޒު ކައިރީ ރިޔާޒުބެ އިނެވެ. އަހަރެންވެސް އަތްދޮވެލައިގެން ކާން އިށީނީމެވެ. ނީންތަވެސް ކާން އިށީނެވެ. ޒިޔާން ނިދީތަ؟ ރިޔާޒުބެ އަހައިލިއެވެ. ނޫން ނަމާދަށް ދިޔަ ގޮތައް އަދިނާދެ. ނީންތަ ޖަވާބު ދިނެވެ. ޒިޔާން ކައިރީ ބުނެފަވާނީ މާދަމާ އޮފީހަށް ދާއިރު ތަމަންނާ ގޮވައިގެންދާން. ތަމަންނާ ތައްޔާރުތަ މާދަމާ އޮފީހަށް ނުކުންނަން؟ ލައްބަ އަހަރެން މަޑުމަޑުން ޖަވާބު ދިނީމެވެ. ޒިޔާން ތަމަންނާ ކައިރީ ބުނެފި އަށްގަޑި ފަނަރައަށް ތައްޔާރުވާން. ނީންތަ މަޑު މަޑުން ބުނެލިއެވެ. ތަމަންނާ ހާދަ ބީރައްޓެހިކޮންނޭ ތިއުޅެނީ. ރިޔާޒުބެ އަހަރެންގެ މޫނަށް ބަލާލާފައި ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. އަހަރެންވެސް ހިނިތުން ވެލީމެވެ. ކައި ނިމިއްޖެއެވެ. އަހަރެން ސިންކްގައި ހުރި ތަށިތައް ދޮންނަން ފަށައިފީމެވެ.ނީންތަ މޭޒުމަތީ ހުރިތަށިތައް ނެގުމަށްފަހު މޭޒުމަތި ސާފުކޮށްލިއެވެ. މަސައްކަތްތައް ނިންމާލުމަށް ފަހު ދާން ހިނގާ ގަތްތަނުން ނީންތަ ގޮވައިލިއެވެ.އާދޭ މިތާ އިށީ ދެލަން މިހާރު ދެން ތަންކޮޅެއްބޮޑަށް މީހުންގެ ތެރޭގަ އުޅެންޖެހޭނެ. އޮފީހުގަ އުޅޭ އިރު ވަރަށް ގިނަ މީހުންނާއި ބައްދަލު ކުރަންޖެހޭނެ. އަހަރެެން ޖަވާބެއްނުދީ ސޯފާގަ އިށީނީއެވެ.

ޒިޔާން ކައިރީ ބުނިން ތަމަންނާ އަށް ވާވަރަކުން މަސައްކަތް ހަވާލު ކުރަން. އަދި އަލަށް މަސައްކަތުގެ މަހައުލަށް ނުކުންނައިރު އެކުދިން ވަރަށް ހާސްވާނެ ވާހަކަ. ޒިޔާން އަށް ކިޔާދީފަ ވާނީ ކަންތައް ގެންދަންވީގޮތް. ރިޔާޒުބެ ބުނެލިއެވެ. ތަމަންނާ ކޮންރޮނގަކުން ކުރިޔަށް ދާން ގަސްތުކުރަނީ؟ ނީންތަ ސުވާލު ކުރުމުން ކުޑަކޮށް ވިސްނާލުމަށްފަހު ، ޖާނަލިސަމް މިހެން ބުނެލީމެވެ. އެހެންތަ. މާދަމާ ނީންތަ ބަލާލާނަން ތިކަން މިވަގުތު ފެށެން އޮތީ ކޮން ކޮލެޖަކުންތޯ. އެވަގުތު ޒިޔާން ވަދެގެން އާސް ސޯފާގަ އިށީނެވެ. ތަމަންނާ ކިޔަވަން ފަށާވާހަކަ މިދައްކަނީ. ޖާނަލިސަމް ކިޔަވަންށޯ ތަމަންނާ ބޭނުންވަނީ. ނީންތަ ޒިޔާން އަށް ބުނެލިއެވެ. އެހެންތަ. ވަރަށް ހިއްވަރުގަދަވެގެން އިނގޭ އެކަން ކުރެވޭނީ. ޒިޔާން އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެ މަޑު ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އަހަރެންވެސް ހީލުން ފިޔަވާ އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒިޔާން ރިޔާޒުބެއާއި ވިޔަފާރި އާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށުމުން ނީންތަ ދާން ހިނގާގަތުމުން އަހަރެންވެސް ދާން ހިނގާ ގަނެފީމެވެ. ތަމަންނާ އަށް ގޮވަންވީ ކިހާ އިރަކު؟ ޒިޔާން ސުވާލު ކޮށްލިއެވެ.އަޅުގަނޑު ހޭލާނަން. މަޑުމަޑުން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ނިދަން ތައްޔާރު ވެލައިފީމެވެ. ނިދި ނާންނާތީ އެނދުގަ އޮވެ ވާހަކަ ލިޔަން ފަށާފީމެވެ. މިހެން އޮއްވަ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ. ހޭލެވިގެން ގަޑި ބަލާލި އިރު ހަތަރު ގަޑި ބައިވަނީއެވެ. ތެދުވެ ފާޚާނާއަށްވަދެ ނަމާދު ކުރަން ތައްޔާރު ވިތަނުން ބަންގިވެސް ގޮވައިފިއެވެ. ނަމާދުކޮށްލައިގެން ކުޑަ އިރުކޮޅަކު ކިޔަވާލަން އިނދެފަ ކޮފީއެއްބޯން ބޭނުންވެގެން ބޭރަށް ނުކުތް އިރު ޒިޔާން އާސް ގެޔަށް ވަންނީ އެވެ. ތަމަންނާ ހޭލާ ދޯ ތިއުޅެނީ. ރޭގަ ނުނިދަނީތަ؟ ޒިޔާން އެހެއެވެ.ނޫން ނިދާފަ ހޭލީ. ކޮފީއެއް ހަދަންތޯ؟ ވަރަށްލަދުން ހުރެ އަހާލީމެވެ. ތީ ވަރަށް ރަނގަޅުކަމެއް. ކޮންކަހަލަ ކޮފީއެއްތޯ؟ ކަޅުކޮފީއެއް. އެބައަންނަން އެއްޗެހި ބަދަލުކޮށްލައިގެން. އަހަރެން ގޮސް ބަދިގެޔަށް ވަދެ ދެ ތަށި ކޮފީ ހަދައިފީމެވެ. ދެތަށިކޮފީ ހަދައިގެން މޭޒުކައިރީ އިށީން ތަނުން ނީންތަ އާސް ވަނެވެ. އަހާ ނީންތައަށްވެސް ކޮފީ ހެދީތަ؟ އަހަރެން ޖަވާބެއް ނުދީ އުޅެނިކޮށް ޒިޔާން އާސް ކޮފީތަށި ކައިރިޔަށް ދަމާލާފަ އިށިނެވެ.މަންމާ ބާއްޖަވެރި ހެނދުނެއް.ޒިޔާން މަންމައަށް ބުންޔެވެ. ނީންތަ އަހަރެންގެ މޫނަށް ބަލާލާފައި ހީލިއެވެ. ކޮފީ ތަށި ވަރަށް މީރު. ތަމަންނާ ހާދަ މޮޅޭ ކޮފީގިރަން. ޒިޔާން ބުންޔެވެ. ނީންތަވެސް ދެތަށި ކޮފީ ގިރައިގެން މޭޒުކައިރީ އިށީންތަނުން ރިޔާޒުބެ އާސްވަނެވެ.

ކޮފީގެ ކަންތައް ނިންމާލުމަށްފަހު އެންމެންވެސް މިސްރާބުޖެހީ ކޮޓަރިއަށެވެ. އަހަރެން ހުރީ ކުޑަކޮށް ހާސްވެ ހިތް ނުތަނަވަސް ވެފައެވެ. މިއަދު އޮފީހަށް ނުކުންނަން ޖެހޭތީއެވެ. އެއީ ތަޖުރިބާކުރެވިފައިނެތް މާހައުލަކަށް ވާތީއެވެ. އަދި އޮފީހަށްދާން މި ޖެހެނީވެސް ޒިޔާން އާއި އެއްކޮށް ވީމައެވެ. އޮފީހަޢްދާން ޒިޔާން ބުނި ގަޑިޔަށް ތައްޔާރު ވެވޭތޯ މަސައްކަތް ފަށައިފީމެވެ. ފެންވަރައިލައިގެން ނުކުމު ތައްޔާރު ޑުރެސިންގ ޓޭބަލްކައިރީ އިށީނދެ ފުނާއަޅަން އިންދަ ޓަކިޖަހުމާއި އެކު ދޮރު ހުޅުވުނެވެ. އޮފީހަށް ދިޔުމުގެ ކުރިން ސައިބޯން ދާންވީނުން. މީ މިގޭ އެންމެން އެއްވަގުތެއްގަ ބައްދަލުވާނެ ކެއުމަކީ. ނީންތަ މިހެން ބުނުމުން އަހަރެންވެސް ތެދުވެ ހިނގާގަތީމެވެ.

————————————————–

“5 ވަނަބަޔަށް އިންތިޒާރު ކޮށްލައްވާނެ ކަމުގައި އުއްމީދު ކުރަން.”

 

*******************

ނޯޓް:

ތަމަންނާ ލިޔަމުން ގެންދާ ވާހަކަ “އިންތިޒާރު” އިންޝާﷲ ކޮންމެ ހޯމަ ދުވަހަކު އަޕްލޯޑް ކުރެވޭނެ ވާހަކަ ތިޔަ އެކުވެރިންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 21

Next

ވަރުދާ-2

Next
May 19, 2021

ވަރުދާ-2

Previews
May 19, 2021

ނަފްރަތުން ވެވުނު ލޯބި 21



All Right Reserved!