ހަނިމާދޫ ގައި މަސް ދުވަސް ހޭދަކޮށްފައި އައިސް އެންމެން ތިބީ މާލޭގައެވެ. ފާރިޝް އާއި ފައިހާ ގުޅައިގެން ދިޔައީ ދެމީހުންގެ މެދުގައި އޮތް ގުޅުން ބަދަހި ކުރަމުންނެވެ. މާޝާ ބޯ އަނބުރާތީ އެނދުން ބުރެވި އޮތުމުން މިޝަލް އެކަމާ ކަންބޮޑުވިއެވެ. މިޝަލް ގެ އެދުމުގެ މަތިން މާޝާ ރީތިވެލައިގެން ދިޔައީ ޑޮކްޓަރަށް ދައްކާލާށެވެ. ލޭގެ ޓެސްޓެއް ހަދާފައި ދެވަނަ ފަހަރަށް އަންނަން ޖެހިދާނެތިން މިޝަލް ދިޔައީ މާޝާ ގޮވައިގެން ސައިކަލު ދުއްވާލާށެވެ. މާލެ ތެރެ މަގުތައް މަތިން ދުއްވަމުން ގޮސް ޓެސްޓްގެ ނަތީޖާ ނަގަން ދާ ގަޑި ކައިރި ވުމުން އަނބުރާ ދިޔައީ އޭޑީކޭއަށެވެ. ނަތީޖާ ހިފައިގެން ޑޮކްޓަރު ބައްލަވާ ކޮޓަރިއަށް މިޝަލް އަދި މާޝާ ވަނެވެ. ޑޮކްޓަރު ބުނި އެއްޗަކުން ދެމީހުންނަށް ވެސް ލިބުނީ ޝޮކެކެވެ.

 

***************************

 

ބޭސް ސިޓީގައި ހުރި ބޭސް ނަގައިގެން މިޝަލް މެން ދިޔައީ ގެއަށެވެ. އަދި ހަސީނާ ފެންނަން ނެތުމުން މާޝާ ކޮޓަރިއަށް ވަނީ އަރާމު ކޮށާށެވެ. “މާޝް. ދެން ޔޫ ޝުޑް ރެސްޓް އިނގޭ. އިފްޔޫ ނީޑް އެނީތިން ޓެލްމީ” މާޝާ ގެ ބޮލުގައި އޯގާތެރިކަމާއިއެކު ފިރުމާލިއެވެ. ފިރިމީހާގެ ލޮއްބާއި އަޅާލުން ލިބެމުން އަންނާތީ މާޝާ އަބަދުވެސް ހެއްދެވި ކަލާންގެ ހަޒްރަތަށް ޝުކުރުވެރި ވެއެވެ. މާޝާ ނިދިކަން ޔަގީން ވުމުން މިޝަލް ދިޔައީ ހަސީނާ ހޯދާށެވެ. ކަން ދިމާކުރި ގޮތުން ބަދިގެ ތެރޭގައި ކޮންމެވެސް އެއްޗެއް ކެއްކުމުގައި ހަސީނާ އުޅުނެވެ. “މަންމާ. އަހަރެން ވާހަކަ އެއް ބުނަންވެފަ އެބައޮތް” އިސްޖަހާލައިގެން ހުރި މިޝަލް ފެނުމުން ހަސީނާ ވެސް އެއީ ކޮން ވާހަކައެއްތޯ އެހިއެވެ. “މާޝާ އިނީ ބަލިވެ.” މިޝަލް ގެ ޖުމްލަ އާއި އެކު ހަސީނާ އަށް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. “އެކަމް..” ހަސީނާގެ މޫނުމަތީގައި ވީ ހިނިތުންވުން ފިލައިގެން ދިޔައީ މިޝަލް ބުނި ލަފްޒުންނެވެ. “އެކަމް ކީއްވީ ދަރިފުޅާ؟” ހަސީނާ ހާސްވާ ގޮތް ވިއެވެ. “ޑޮކްޓަރ ބުނީ މާޝާ ވަރަށް ރެސްޓު ކުރަންޖެހޭނެއޯ އެހެންނޫނިން ދަރިފުޅު ދަރިފުޅަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑޭ” މިޝަލްގެ ގެނެސް ގޮނޑިއެއްގައި ބައިންދާ ހަސީނާ މިޝަލް އަށް ވިސްނަދެވޭތީ މަސައްކަތް ކުރިއެވެ.

 

އަޒާން ޑިއުޓީ ނިންމާލާފައި ގެއަށް ދިއުމުގެ ބަދަލުގައި ރަސްފަންނަށް ނުކުމެލީ ހިތްފަސޭހަ ވައި ޖެހެމުން ދާތީއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ސައިކަލު މަތީގައި އިން މިޝަލް އަޒާންގެ ލޮލުގައި އަޅައިގަތެވެ. “ޕޮއް” އަޒާން ހީކުރި ގޮތާ ޚިލާފަށް މިޝަލް އިނީ ގުޑާވެސް ނުލައެވެ. “އޭ ކަލެއަށް ކީއްވެފަ” މިޝަލްގެ ކޮނޑުގައި އަތުން ޖަހާލުމުން މިޝަލް ދިޔައީ ސިއްސައިގެންނެވެ. “ކަމެއް ނުވޭ.” މިޝަލްގެ ޖަވާބު ވަރަށް ކުރެވެ. “ކަލޭ ކަމެއް ނުވާ ނަމަށް ތިހެނެއް ނީންނާނެ.” އަޒާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. މިޝަލް ސައިކަލަށް އަރާށޭ ބުނުމުން އަޒާން ސައިކަލު ފަހަތަށް އެރިއެވެ. މިޝަލް ސައިކަލު ދުއްވަމުން ދިޔައީ މީހުން ހަލަބޮލިވެ އުޅެމުން ދިޔަ މަގު ތަނުންނެވެ. އަދި ވެގެން އުޅޭ ގޮތް އަޒާން އަށް ކިޔައި ދިނެވެ.

 

ފާރިޝް ގެއަށް ވަދެ ފައިހާއަށް ގުޅާލިއެވެ. “ފައި” ލައިގެން ހުރި ޓީޝާޓު ބާލާ އެނދުމަތީގައި ހަމަޖެހިލިއެވެ. “ލައްބަ” ފައިހާ ވެސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ އަދި ސޯފާގައި އިށީނދެ ފާރިޝްއަށް ވަގުތު ހުސްކުރި އެވެ. “ދުބާއީން އަހަރެންނަށް ވަޒީފާ ލިބިއްޖެ. ކުރިންވެސް ބުނީމޭނުން އެކޮޅަށް ވަޒިފާއަށް ލައިގެން އުޅޭ ވާހަކަ. 3 އިޔާސް ކޮންޓްރެކްޓެއް ވީމަ ގޮއްސަ އަހަރެންނަކަށް އަވަހަކަށް ނުވެސް އާދެވޭނެ. ޔޫ ނޯ އައި ވޯންޓް ބީ އަ ޕައިލެޓް” ފައިހާ ކޮޓަރީގެ ކުޑަ ދޮރު ހުޅުވާ ދުރު ބަލާލިއެވެ. “މާލެ އަންނަންވީ ނުން. އަހަރެން ބޭނުން ދިއުމުގެ ކުރިން ދިމާ ވެލަން. ވަރަށް މިސްވާނެ ކޮކީ ދިޔައީމަ.” ފައިހާ ދުރު ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ” މާދަމާ ތިކޮޅަށް ދާން ޓިކެޓް ނަގާފަ ވާނެ. މިޝަލް ގާތު ބުނިން ރޫމް އެއް ހޯދަން. އޭނަ ބުނީ އެގޭގަ އޯ އަހަރެން ހުންނާނީ. އެހެންވެ އަވަހަށް ޓިކެޓް ނެގީ” ފަހުން ގުޅާނަން ކަމަށް ބުނެ ފާރިޝް ފޯނު ބޭއްވީ ފެންވަރާ ތާޒާ ވެލުމަށެވެ.

 

“އަހަރެން މާޝް އާ ވާހަކަ ދައްކާލަންތަ؟” ސައިކަލުން ފައިބާފައި އަޒާން މިޝަލް އާއި ސުވާލު ކުރިއެވެ. ” އަހަރެން ބުނި އެއްޗެއް އަޑު ނާހާ ކައެ ބުނާ އެއްޗެއް އަހާނެތަ.” މިޝަލް އަޒާން އަށް މަލާމާތް ކޮއްލިއެވެ. “އައިވިލް ޓްރައި ބްރޯ” އެއްލޯ ކަފިކޮށްލައިފައި އަޒާން ދުވެފައި ވަނި މާޝާ މެންގެ ގެއަށެވެ. މިޝަލް ސައިކަލު ވައްދާ ތަޅުދަނޑި ހިފައިގެން އެތެރެއަށް ވަންއިރު އަޒާން މާޝާގެ ކައިރިއަށް ވާހަކަ ދައްކަން ވަނުމުން މިޝަލް މަޑު ކޮށްލީ ބޭރުގައެވެ. “މާޝް. ހާދަ ދެރަވެފަ” ނޫނެކޭ ބުނާ ފަދައިން މާޝާ ދެފަރާތަށް ބޯ ހުރުވާލިއެވެ. “ބަލީތަ؟” އަޒާން ދެންވެސް ކޮށްލީ ސުވާލެކެވެ. މިފަހަރު މާޝާގެ ލޮލުން ކަރުނަ ހިލުނެވެ. “އަހަރެން ބަނޑުބޮޑު. އެކަމް ބޭބީ ޑޭންޖާއެއްގެ ތެރެއަށް ދާނެ އަހަރެން ޓެރެވެލް ކުރިއަސް. މިޝަލް އަކީ ކޮންމެ 6 މަންތް އަކު ޑޮކްޓަރަށް ދައްކަން ޖެހޭ މީހެއް. ފިރިމީހާ ދައްކަން ދާއިރު އަހަރެންވެސް ދާން ބޭނުން.” މާޝާގެ ލޮލުން ކަރުނަތަށް އޭގެ މަގާމު ދޫކޮށް މާޝާގެ ކޮލުގައި ބޮސްދެމުން ދިޔައެވެ. އަޒާން އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އެންމެ ލޯބިވި އަންހެންކުއްޖާ އެހާލުގައި ވަނިކޮށް ބަލަން ކެއްވާނީ ކާކާަށް ހެއްޔެވެ. އަޒާންގެ މޭމަތީގައި މޫނު ފޮރުވާލައިގެން މާޝާ ރޮމުން ދިޔައިރު އަޒާންގެ ހިތަށް އަސަރު ކޮށްފިއެވެ.

 

“މާޝް ލުކް އެޓް މީ. ޔޫ ޑޯންޓް ނީޑް ޓު ގޯ ވިތް ހިމް އައިވިލް ގޯ ވިތް ހިމް. ޔޫ ޖަސްޓް ރެސްޓް ދިސް 9 މަަންތަސް” ކަރުނަތަށް ފޮހެލާފައި އަޒާން މާޝާ އަށް ވިސްނަދިނެވެ. އަޒާންގެ ނިންމުމަށް މާޝާ ޝުކުރު އަދާކޮށްދިނެވެ. މާޝާ ވެސް ދުވަސްކޮޅެއްގެ ތެރޭގައި ހަމައަކަށް އެޅުނެވެ. ނަމަވެސް މާޝާ އެއްވެސް ކަމެއް ކުރިއަކަ ހަސީނާ ނުދެއެވެ. މާޝާ ބަލިވެ އިންކަން އެނގުނު ފަހުން މިޝަލް ވެސް މާޝާ އަށް ވަގުތު ދޭ ވަރު އިތުރު ވިއެވެ. އަޒާން ވެސް މޭވާއާއި ތަރުކާރީ ހިފައިގެން މާޝާ އާއި ބައްދަލު ކުރަން އަންނަ އަދަދު ދިޔައީ ގިނަވަމުންނެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު ވަނީ ކުޑަވެފައެވެ.

 

– ނުނިމޭ –

= Amyra =

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!