Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަމަންނާ- 2 ވަނަބައި

Amsa Level 110 Stories
May 12, 2021 3 Mins Read
0 Comments

ރިޔާޒު ފޯނު ބޭއްވުމަށް ފަހު އަހަރެން ކައިރީ އައުމަށް ބުނެ ފޮށި ދަމަމުން ގޮސް ކުރިމަތިން ހުރި ދޮރެއް ހުޅުވާލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ.އަހަރެންވެސް ފަހަތުން ގޮސް އެތެރެއަށް ވަދެފީމެވެ.

ރިޔާޒު- މީ ތަމަންނާ އުޅޭނެ ކޮޓަރި. މި ކޮޓަރީގަ މިވަގުތު އެއްވެސް މީހަކު ނޫޅޭނެ. ދެން ފެންވަރައިލައިގެން ބަދިގެއަށް ވަދެ އެއްޗެއް ކާލަން ދޭ.                                 މިހެން ބުނުމަށްފަހު ރިޔާޒު ނުކުމެގެން ހިނގައްޖެއެވެ. އަހަރެންވެސް ކުރިން ހުރި ހާސްކަން ފިލުވާ ލުމަށްފަހު ފާޚާނާ އަށް ވަދެ ފެންވަރައިލައިގެން ނުކުމެ ތައްޔާރު ވެލައިގެން ކޮޓަރިން ނުކުމެ ބަލާލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން އަނބުރި އަހިސް ކޮޓަރިއަށް ވަދެ، ކުޑަކޮށް އަރާމު ކޮށްލަން ބޭނުންވާތީ އެނދުގައި ޖައްސައިލީއެވެ.އަދި އަހަރެންގެ މުސްތަޤުބަލާއި މެދު ވިސްނާލީމެވެ. އަހަރެން މާލެ މިއައީ ކީއްކުރަން ހެއްޔެވެ. އަހަރެން މިތަނުގައި ކުރާނީ ކީއްބާވައެވެ. މީ ކޮންކަހަލަ ގެއެއްބާވައެވެ. މިކަހަލަ ސުވާލުތަކެއް އަހަރެންގެ ސިނކުނޑީގައި އެނބުރެމުންދެއެވެ.

އަހަރެން މާލެ އައީ ވަކިކަމެއް ކުރުމުގެ ނިޔަތަކުނޫނެވެ. އަހަރެން މާލެ އައީ އަހަރެން ގެ އާއިލާއާއި ވަކިވާން ބޭނުންވާތީއެވެ. އަހަރެންގެ އާއިލާ އާއި އެކު އުޅުނަސް އަހަރެންނަކީ އެކަނިވެރިޔެކެވެ. އަހަރެންނާ ވާހަކަ ދައްކާ މީހަކު އަހަރެންގެ ހާލު ބަލާލާ މީހަކު ގެޔަކު ނުހުރެއެވެ. ދޮންމައްމަ ފެންނަން ނެތިއްޔާ ބައްޕަ ބައެއްފަހަރަށް ވާހަކަދައްކާނެއެވެ. ގޭތެރޭގެ ކަންތައްކޮންމެ ގޮތަކަށް ހުއްޓަސް ގެއިން ބޭރަށް ނުކުމެ އުޅޭ ހިތް ނުވާތީ  ސުކޫލް ނިންމާފަ އަންނަ ގޮތައް ބޭރަށް ނުކުންނަނީ އަނެއްދުވަހު ސުކޫލްއަށް ދާންވީމައެވެ. މިކަމާ އަހަރެންގެ ރައްޓެހިންވެސް ވަރަށް އެއްޗެހިކިޔައެވެ. އަހަރެން ބޭރަށް ނުނިކުންނަނީ އަހަރެންނަށް ބޭރަށް ނުކުންނާނެ ވަގުތުވެސް ނުވާތީއެވެ. ސުކޫލް އިން އަންނަގޮތައް ކައްކަނީ އެވެ. ދެން ފެންވަރައިލައިގެން ނަމާދު ކޮށްލައިގެން އެއްޗެއްކައި ނިމޭއިރު ހުންނަނީ އަސުރު ވެފައެވެ.އަސުރު ނަމާދުކޮށްލައިގެން ދެން ފަށަނީ ކުދިންނަށް ކިޔަވައި ދިނުމުގެ ކަންތަކެވެ. މިކަން އިރު އޮއްސެން ދެން ކުރިޔަށް ދެއެވެ. ދެން މަޤުރިބު ނަމާދު ކޮށްގެން އަހަރެންގެ ކިޔެވުމުގެ ކަންތައްފަށަނީ އެވެ. އިޝާ ނަމާދައްގޮވުމުން ނަމާދުކޮށްލައިގެން އަނެއްކާވެސް ކިޔެވުމުގަ ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ފަހު ކައި އަވަދިވާއިރު ހުންނަނީ ނުވައެއް ޖަހާފައެވެ. ދެން އަހަރެން ބޭރަށް ދާނީވެސް ކޮން ވަގުތެއްގަ ތޯއެވެ.

އަހަރެންނަށް ގަޑި ހިނގަމުންދިޔަ ގޮތެއްވެސް ނޭގެއެވެ. ގަޑިޔަށް ބަލާލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ތެދުވެގެން ގޮސް ދޮރުހުޅުވާލި އިރު ދޮރުމަތީގައި ހުރީ ނީންތައެވެ. އަހަރެން ފެނުމުން ނީންތަ އަހަންނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، އަހަންނަށް އަހަރެންގެ ނަމުން ގޮވާލިއެވެ. ތަމަންނާ ހާދަ ބޮޑުވެއްޖެޔޭ ދޯ. އެއްޗެއް ކައިފިންތަ؟ އަހަރެން އެއްޗެއްނުކައި ވާހަކަ ބުނުމުން ކާން އައުމަށް ބެނެފިއެވެ. ދެން ނީންތަ އާއި އެއްކޮށް ދިޔައިރު މޭޒުމަތީގައި ކާން ހަދާފަ ހުއްޓެވެ. އިށީނދޭ ކާން.ނީންތަ ބުންޔެވެ. އަހަރެންވެސް ލަދުން ހުރެ އަތްދޮވެލައިގެން އަހިސް ކާމޭޒުކައިރީ އިށީދެފީމެވެ.

އަހަރެން އެންމެ ފަހުން ނީންތަ ދެކުނީ މީގެ ހަތްވަރަކަށް އަހަރު ކުރިންނެވެ. އެއިރު އަހަރެންނަށް ވާނީ ދިހަވަރަކަށް އަހަރެވެ. ނީންތަ އަކީ އަހަރެންގެ ރަށުމީހެކެވެ.ނީންތަ ފިރިމީހާއަކީ މާލޭ މީހެކެވެ.މީ ނީންތަ ފިރިމީހާގެ ގެއެވެ. ނީންތަ ފިރިމީހާ މީގެ ކުރިން އަހަރެން ދުވަހަކުވެސް ނުދެކެމެވެ.ނީންތަ އާއި ބެހޭގޮތުން އަހަރެންނަށް އެނގޭ އެއްޗަކީ މިއެވެ.

ކޮބާ ކާންފަށަން އުޅޭ މިހެން ބުނަމުން ނީންތަވެސް އިށީދެއްޖެއެވެ. ތަމަންނާ މާލެ ތި އައީ ކިޔަވަންތަ؟ ކިޔަވަންވެސް ބޭނުން، ފުރަތަމަ ވަޒީފާ އެއްލިބޭތޯ ބަލާނީ. ކޮންކަހަލަ ވަޒީފާ އެއް ހޯދަން ތި އުޅެނީ؟ އަދި ނޭނގެ އެހެންބުނާކަށް. ކިޔަވަންވެސް ބޭނުންވާތީ، ކިޔަވަންވެސް ދެވޭ ކަހަލަ ގޮތަކަށް މި ވިސްނަނީ. ވަޒީފާއެއް ކަންތަކުގަ ރިޔާޒުބެ ކައިރީ ނީންތަ ބުނަންތަ؟ ރިޔާޒުބެއާއި ތިކަމާ ނީންތަ ވާހަކަ ދައްކާނަން. މިގޭގަ އުޅެނީ ރިޔާޒުބެއާއި ނީންތަ އާއި އެކަނިތަ؟ ނޫން އަދި އުޅޭނެ ޒިޔާން ނީންތަގެ ފިރެހެންދަރި. ދެން އަންނާނެ ކައްކަން މީހަކު. އެއީ ލަންކާ މީހެއް.އޭނަ މަސައްކަތް ނިމުނީމަ ދާނެ. ޒިޔާން ގިނަވަގުތު އުޅޭނީ އޮފީހުގަޔާއި ވިޔަފާރީގެ ކަންތަކުގަ. ދެން މާޔަން ހުންނަނީ މެލޭސިޔާގަ.އަދި ކިޔަވަނީ.

ކައިނިމުމުން ތަށިތައްދޮވެލާ ހެދުމަށްފަހު ދާން ހިނގާގަތްތަނުން، ނީންތަ މިދަނީ ބޭރަށް ބައެއް އެއްޗެހި ގަނެލަން ޖެހޭތީ ދާން. ތަމަންނާ ދާނަންތަ؟ ހިނގާ ދާން ފޫހި ފިލާނެއްނު. ދޭ ތައްޔާރުވެލައިގެން އަންނަން. އަހަރެންގޮސް ތައްޔާރުވެލައިގެން ނުކުމެ ސޯފާގައި އިށީދެލައިފީމެވެ.

ބޭރު ދޮރު ހުޅުވިއްޖެއެވެ. ވަދެގެން އެއައީ ރީތި ޒުވާނެކެވެ.އަހަރެން އަދި އެހައި ރީތި ފިރެހެނަކު ނުދެކެމެވެ. ދިގު އިސްކޮޅެކެވެ.ފަން އިސްތަށިގަނޑެކެވެ.އިސްތަށިގަނޑު ހުރީ ފަހަތައް ކުޑަކޮށް ދިގު ކޮށްލާފައެވެ.އެހައި ދޮނެއްނޫނެވެ.ކަޅު މީހެކޭ ބުނާ ވަރެއްނޫނެވެ. އަހަރެންނާއި ދިމާލަށް ބަލާލުމަށް ފަހު ރީތި ހިނިތުންވެލުމެއް ދިނެވެ. ދިޔަގޮތައްގޮސް ވަނީ ކޮޓަރި އަށެވެ. ނީންތަ އަދިވެސް ނުނިކުމެއެވެ. ޓީވީގެ ރިމޯރޓް ނަގާ ޓީވީ ހުޅުވާލާފީމެވެ. ފެންނަނީ ހިންދީ ލަވައެވެ.އަހަންނަކީ ލަވަ އަޑު އަހާ ހަދާ މީހެއް ނޫންކަމުން ފަހަރަކުން ޗެނަލަކަށް ބަދަލު ކޮށްލަކޮށްލާ އިންދާ، ތީ ތަމަންނާދޯ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މީ ޒިޔާން ނޭގުނުތަ؟ އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ.

—————


މިވާހަކަ އަކީ އަޅުގަނޑު އެސްފިޔަ ސައިޓްގަ ލިޔާ ފުރަތަމަ ވާހަކަ އެވެ. ވާހަކާގައި ކުށެއް ވާނަމަ އަންގާލަ ދެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ. ތިޔަ ކިޔުންތެރިންގެ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭނެ ކުރިއެރުމެކެވެ.ކިޔުން ތެރިންގެ ކޮމެންޓް އަށް އަޅުގަނޑު މަރުޚަބާ ކިޔަމެވެ. އަޅުގަނޑު ވާހަކަ އަޕްލޯޑް ކުރާނީ އިންޝާ ﷲ އޮންމެ އާދީއްތަ އަދި ބުދަ މި ދެދުވަހު އެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

ކޮމެޑީ ލޭންޑް 7

Next

ނަފްރަތުން ވެވުނު ލޯބި 16

Next
May 12, 2021

ނަފްރަތުން ވެވުނު ލޯބި 16

Previews
May 12, 2021

ކޮމެޑީ ލޭންޑް 7



All Right Reserved!