
ހިރާސް 27
“އަދި ވެސް އެއްފަހަރު މިބުނީ ޑިފީ އާއި ދުރަށް ދާނީހޭ ނޫނީ ކަލޭގެ ފުރާނަ ދާން ހޭ ބޭނުމީ.. ” ކެރާ ، މިލާންގެ މޭ މައްޗަށް ފައިން އަރަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ. މިލާން ދިޔައީ ކޮށިއަރައިގެންނެވެ. އަނގައިން ލޭގަނޑު އޮރިގަތެވެ. ތިހެން ނުހަދާށޭ މިލާން ގޮވަމުންދިޔައެވެ. “ތީ..ތީ ..ކަ.ކަލޭ ކާކުތަ ތީ އަހަ..އަހަރެމެން ދެމީހުން ދޭތެރެއަށް ވަން..ވަންނަން.” ބަލިއަޑަކުން މިލާން ވާހަކަ ދައްކަމުންދިޔައިރު އަނގައިން ލޭތައް އަންނަނީ ގަނޑުގަނޑަށެވެ. ” ހޫމް.. އަހަރެން މިއީ އޭނާގެ ކޮންމެ މީހަކަށް ވިޔަސް ކަލެޔަށް ކީއްކުރެވޭނީ.. ބޭކާރު ވާހަކަ ނުދައްކާ ބުނޭ ކިހިނެތް ބޭނުންވަނީ” ނުލަފާ ވައްތަރެއް އަނގަޔަށް ޖައްސައިގެން ހުރެ ކެރާ ހަޅޭއްލަވައިގަތެވެ. ” އަހ..އާހް.. އަހަރެން ޑިފީ ދެކެ ވަނީ ތެދުވެރި ލޯ..ލޯބި.. މިހާރު އަޑު އިވިއްޖެތަ.. އަހަރެން މަރުވިޔަސް ފަރުވާލެއް ނެތް ..އަހަންނަށް މިދުނިޔެމަތީގައި އެންމެ މުހިއްމު ދެމީހުން ތި އަނިޔާވެރިޔާ އަތުން އަހަންނާ ތި ދުރުކޮށްލީ….އެދެމީހުންނާއި ޑިފީ އާ ނުލާ އަހަރެން ބޭނުމެއް ނުވޭ އެކައްޗެއް ވެސް.. އަހަރެންގެ ޖަވާބު ވަރަށް.. ސާ ..ސާފް ކަމަށް ހީކުރަން.. ” ހިތި ގޮތަކަށް މިލާންއަށް ހީލެވުނީ ދެން ސަލާމަތް ނުޥާނޭ ހިތައް އެރުމުންނެވެ. “ހޫމް އޯކޭ ބާއީ ..” އެއްވެސް ރަހްމެއްނެތި މިލާންގެ ހަށިގަނޑުގައި ފައިން ޖަހާލި ބާރު މިނުގައި ޓެރެސްގެ ރެއިލިންގް ދަނގަޑު ބިއްދާގެން ގޮސް އެއާއެކު ތިންވަނަ ބުރިން މިލާން ތިރިއަށް ވެއްޓެން ދިޔަ ވަގުތު މިލާން ހޭވެރިކަން ފިލާން ދާން ފެށިއެވެ. “ޑި..ފީ..” އެލޮލުން ވެއްޓުނު އެންމެ ފަހު ކަރުނަ ތިއްކާ އެކުވެސް އަލާނިޔަލްގެ ނަން ފޫއަޅުވާ ނުކުންއިރު ތިރީގައި ޕާކްކޮށްފައި އޮތް ކާރެއްގެ މައްޗަށް މިލާން ޖެހުނެވެ. އެއާއެކު އެ ސަރަހައްދުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ލިބިގެން ދިޔައީ ޝޮކެކެވެ. މިލާން ލެއިން ކަޅިވެފައިވާ އިރު ނޭވާ ލާހެން ވެސް ހީނުވެއެވެ.
***
ރައްޓެއްސަކާއި ބައްދަލްކުރުމަށްފަހު ލިވިޔާއަށް ވާހަކަ ފޮތެއް ގަނެދީގެން އެނބުރި ގެޔަށް ދިޔުމަށްޓަކައި ކާރު ސްޓާޓް ކޮށްލި އިޒާންއަށް ސިހިގެންގޮސް އަނގައިން އަޑެއް ލައްވާލެވުނީ ބާރު އެއްޗެއްއައިސް ކާރުގެ ބޮނެޓް މައްޗަށް ޖެހުމުންނެވެ. ސިކުންތުކޮޅެއް ތެރޭގައި އިޒާން ބޭރަށް ނުކުން އިރު މީހުންތައް ވަނީ އޭނާގެ ކާރު ދޮށުގައި ވަށައިލެވިފައެވެ. ވީ ގޮތެއް ނޭނގުމުން ހާސްވެފައި ހުރެ މީހުންތައްއެއްކައިރި ކުރަމުންދިޔަ އިޒާންއަށް ސިހުންލިބުނީ ލެއިންކަޅިވެފައި އޮތް އަންހެންކުއްޖެއް އޭނާގެ ކާރުގެ ބޮނެޓްމަތީގައި އޮތްވާ ފެނުމުންނެވެ. ސިފަ ވަކި ނުވާވަރަށް އެތަންމިތަނުން ލޭކޮށިފައިވާއިރު އެ ކުއްޖާ ނޭވާ ލާކަމާއިމެދު ވެސް އޭނާއަށް ޝައްކެވެ. އަނިޔާވެފައިއޮތް ކުއްޖާއަށް އެހީއެއްވާން ނޫޅެ، އެމްބިއުލޭންސްއަށް ވެސް ގުޅަން ނޫޅެ އެއްބަޔަކު އަނގަމަތީގައި އަތް އަޅާއިގެން ،އަނެއް ބަޔަކު ފޮޓޯ ނަގަމުންދިޔަގޮތުން އިޒާން ގާތައް ވަރަށް ރުޅިއައެވެ.
“ކަލޭމެންނަށް ނުފެންނަނީތަ ކަލޭމެން ކަހަލަ އިންސާނެއް މަޜާ ހަނގުޜާމަ ކުރަމުންދާ ތަނެއް ..ހަމަޖެހިލާފައި މިތިބެނީ އަތުގައި އޮތް މޮޅު ފޯނު އިސްތިހާރު ކުރަން.. ދެންވެސް ބަލަން ނުތިބެ އެންބިއުލޭންސްއަށް ގުޅާބަލަ…” އިޒާން ގާތައް އައިސްފައި ހުރި ރުޅިން އެތަނުން އެކެއްގެ ފޯނު ހޫރަލަމުން އޭނާ ލާފައި ހުރި ކަޅުކުލައިގެ ކަކުލާހަމަޔަށް އަރާ ޖެކެޓް ބާލާ އޭގެން ތަންގަނޑެއް އިރާލުމަށްފަހުން އެ ކުއްޖާގެ ބޮލުގައި އައްސާލީ ބޮލުގައި އެއްއަރިމައްޗަކުން ފަޅާއިގެން ގޮސްފައި އިންތަންގަނޑުން އަންނަމުންދިޔަ ލޭތައް މަތަކުރުމަށެވެ. ނަމވެސް ފޮތިގަނޑު ފޫ އަޅުވާލފައި ބޭރަށް ލެތައް އަންނަމުން ދިޔުމުން އެއްވެފައިވާ މީހުންގަނޑުން މީހަކު ނުކުމެ އެތާގައި އަތް އަތް އަޅާލިއެވެ.
ޖީބުގައި އަތްކާއްތާލުމަށްފަހު ނެގި ކުޑަ ޓޯޗް އިން އެ އަންހެންކުއްޖާގެ ލޯ ކުޑަކޮން ހުޅުވާލުމަށްފަހު އަލިކޮށްލިއެވެ. ގަދަޔަށް ސްނޯ ފައިބަން ފެށުމުން އިޒާން އަވަސް ވެގަތީ އެމްބިޔުލޭންސް އައުމުގެ ކުރިން އެ ކުއްޖާ ހޭ އެރުވުމަށެވެ. “ގިވް މީ ސަމް ކޯޓްސް” އިޒާން ގޮވާލުމުން ދެތިން މީހަކު އެމީހުން ބޭރުން ލާފައި ތިބި ކޯޓްތައް ބާލައިފާ ދިނެވެ. ފަނަރަ މިނެޓް ވި އިރުވެސް ވެސް ގުޅި އެންބިއުލޭންސްގެ ހިލަމެއް ނުވުމުން އިޒާން ގުޅާލީ އޭނާގެ ބައްޕަގެ ހޮސްޕިޓަލަށެވެ. އެއަށްފަހު ފަސްމިނެޓްތެރޭ އެމްބިއުލޭންސް ފޮނުވުމަށްބުނެ ކަނޑާލީ އެކޮޅުން ދޭ ޖަވާބެއް ވެސް އެހުމެއްނެތިއެވެ.
އިޒާން އެއަންހެންކުއްޖާގެ ގައިގާ ކޯޓްތަކުން އޮޅާލުމަށްފަހު މެޔަށް ޕަންޕްކުރަންފެށީ ކުޑަކޮންވެސް ނޭވާލާ ހެން ހީނުވާތީ އެތައް އިރެއް ވީހެން އެކަމުން ކުރިއެރުމެއް ނުލިބުނެވެ. އޭރު ޒެންޓްރަސް ޔުނިވާސިޓީ ހޮސްޕިޓަލްގެ އެމްބިއުލޭންސް އައިސް އެތަނައް މަޑުކޮށްލުމުން ލަސްނުކޮށް އިޒާން އެމީހުންގެ އެހީއާއެކު އެކުއްޖާ އެރުވިއެވެ. “ފާސްޓް..ފާސްޓް… “އިޒާން ހަރުކަށިކަމާއެކު ގޮވަލުމުން ދުއްވަން
އިން މީހާ ދުވެލި ބާރުކޮށްލިއެވެ. އިޒާންގެ ތެޅެމުން ދިޔަ ހިތް ހަމަޖައްސާލުމަށްޓަކައި ފުންނޭވާއެއްލުމަށްފަހު އެކުއްޖާއަށް ބަލައިލިއެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނާގެ ހިތާ ސިކުނޑި އިއްތިފާގުވަމުން ދިޔައީ މި ނުދަންނަ އަންހެންކުއްޖާ ކސަލާމަތް ކުރުމަށެވެ. އިޒާން އެކުއްޖާ ކޮންމެހެން ހަދާފަ ވިޔަސް ސަލާމަތައް ކުރަން ނުހަނު ބޭނުންވިއެވެ. އެމްބިއުލޭންސްގައި އައި ޑޮކްޓަރު އޭރު ދިޔައީ އެކުއްޖާގެ ބޮލާއި ކަރާއެކު ހެޑް އެންޑް ނެކް ސާވިކަލް ކޯލާ އަޅުވާލުމަށްފަހު އޮކްސިޖަން ގުޅަމުންނެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ޒެންޓްރަސް ޔުނިވާސިޓީ ހޮސްޕިޓަލްއަށް އާދެވުނެވެ.
ސްޓްރެޗާ ތިރިއަށް ބޭލުމަށްފަހު އެމީހުންނާއެކު އިޒާންވެސް ވެސް އެމަޖެންސީ ރޫމް ދޮޜާ ހިސާބަށް ދިޔައެވެ. އެއަށްވުރެން އެކޮޅަށް ނުދެވޭނެތީ އިޒާން އެމަޖެންސީ ރޫމްގެ އެއްފަރާތުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ. އެހެން އިނދެފައި ބޮލު އިސްތަށިގަނޑުގައި އަތް ހިންގާލެވުނީ އަނިޔާވެގެން ގެނައި ކުއްޖާ އޮތް ހާލުން ސަލާމަތް ނުވެދާނެއޭ ހިތައް އަރާފައެވެ. ކުއްލިޔަކަށް އެތަނަށް ތީއޭޓާ ގައުންގައި އައި ޔާސިރް އެނާގެ ލޮލުގައި އަޅާއިގަތެވެ. ” ޒާން… މިތާ” ހައިރާންވެފައި ޔާސިރްއަށް އަހައިލެވުނެވެ. “އާނ.. މި ވީގޮތަކީ ..” ކުރުގޮތަކަށް އިޒާން ވީގޮތް ކިޔާލަދިނެވެ. އަދި ކޮންމެހެން ހަދާފަވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށްބުންޏެވެ. “އިންޝާﷲ ..ބޭބެ އަށް ވީ ވަރެއް ކޮށްދޭނަން.. ޑޯންޓް ވޮރީ އެވްރީތިންގް ވިލްބީ އޯކޭ..” އިޒާންގެ ބްރަކަށީގައި ޖަހާލަމުން ޔާސިރް ވަނީ އިމަޖެންސީ ރޫމްތެރެއަށެވެ. އިރުކޮޅެއްފަހުން އެތައް ބައިވަރު ހޮޅިއެއްގުޅާފައިވާ އެ އަންހެންކުއްޖާގެ ހަށިގަނޑު ސްޓްރެޗާގެ އެހީ ގައި ދެތިން އެހީތެރިން ގެންދިޔައީ އޮޕެރޭޝަން ތީއޭޓަރާއި ދިމާލަށެވެ. އެމީހުންގެ ފަހަތުން އަންހެން ޑޮކްޓަރަކާއި އެކު ޔާސިރް ދުވަމުން ގޮސް ވަނެވެ.” ހޭހޭ.. ވަޓްސް ގޮއިން އޮން.. އިޒް ޝީ އޯލްރައިޓް” އެމީހުންގެ ދިޔަ ނަރުހެއް ގާތު އަވަސް އަވަހަށް އިޒާން އހައިލިއެވެ. “ނޯ.. ވަރަށް ކްރިޓިކަލް..ސަލާމަތް ވާނެ ކަމުގެ ޔަގީން ކަމެއް ނެތް .. ވަރަށް ހާލުދަށް ވެފަ އޮތީ މިކޮޅަށް ގެނައިރުވެސް … ” އިޒާންއަކީ ހޮސްޕިޓަލްގެ ވެރިޔާގެ ދަރިފުޅުކަން އިނގުމުން ޖެހިލުމެއްނެތި އޭނާ ބުނެލިއެވެ.
އިޒާންއަށް ކައިރީގައި ހުރި ފާރުގައި ބުރަކަށި ޖައްސާލާ ދެލޯ މަރައިލެވުނީ ނާރސްގެ ވާހަކައިވިފައެވެ. އެހެން ހުރެފައި ދެލޯ ހުޅުވާލި ގަޑީގައި އޭނާއާއި ދިމާ މީހަކު މާ ބަލާހެން ހީވެގެން ބަލާލިއިރު ފެނުނު މީހަކު އިޒާންގެ ލޭ ކެކިގަތެވެ. އިޒާން ބަލައިލުމުން ތެޅިގަނެފައި އޭނާ ފިލިއެވެ. “ކެރާ..” އިޒާން މަޑުން ބުނެލިނަމަވެސް އެ އަޑުގައިވި ރުޅިވެރިކަން ސިއްރެއް ނުވެއެވެ. އިޒާން ބަލާކަށް ނުހުރެ ކެރާ ފެނުނު ދިމާލަށް މިސްރާބް ޖެހިއެވެ. އޭރު ކެރާގެ ހިލަމެއް އެހިސާބަކު ނުވެއެވެ. ވަށައިގެން އެކި ދިމަދިމާބެލުމަށްފަހު އޭނާ އެނބުރިއައީ އޮޕެރޭޝަން ތީއޭތުކައިރިއަށެވެ. އޭރު މީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ކެރާ އާ މި އަންހެންކުއްޖާއާ ކޮންމެވެސް ގުޅުމެއް އެބަހުއްޓޭ އިޒާންގެ ހިތްބުނަންފެށީ އެވަގުތުއެވެ. “ސަމްތިންގް ފިޝީ… ވަޓްސް ގޮއިން އޮން ” އަމިއްލަ ނަފްސަށް އިވޭވަރަށް އިޒާން ބުނެލިއިރު އޭނާގެ ސިކުނޑީގައިވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ.
އިޒާން އެންމެފަހުން ޔަޒަކްއަށް ގުޅާލިއެވެ. “އޭ މޭން ކޮންތާކު..” ގުޅާލިތަނާ ޔަޒަކް ފޯނު ވަރަށް ފަސޭހައިން ނެގިއެވެ. ” ބްރޯ މިއުޅެނީ ކެނެޑާއަށް ވީކްއަކަށް ކުއްލިޔަކަށް ދާން ޖެހިގެން.. ޔުނިވާސިޓިގެ ފަރާތުން ކޮންމެވެސް އެސައިމެންޓްއެއް ހަދަން… ދެންމެ އެބުނި ގުޅާފަ މެންދުރު ދެއަކަށް ފުރަންޖެހޭ ވާހަކަ..އެހެންވެ ރެޑީވަނީ.. ކަމަކު ތަ ބްރޯ”ޔަޒަކް އަހައިލިއެވެ. ” އާން.. ނޫން.. މިސް ވެގެން ކައެ ކޮބާތޯ ބަލާލީ … ރެޑީވޭ ރެޑީވޭ” ހިނިގަނޑެއް ޖަހާލަމުން އިޒާން ފޯން ކަނޑާލިއެވެ. ސިކުންތް ކޮޅެއްފަހުން މެސެޖެއް އައިސްގެން ބަލާލިއިރު ޔަޒަކްގެ މެސެޖެކެވެ. “ހޫމް މަގޭ މަތިން މިސްވެގެންނޭ ބުނެފި… އިޓްސް ނިއު..ހަހް.. ކަލޭގެ ލޯބިވާ ލިވީ މިއުޅެނީ މަށައް ޕެކްކޮށްދޭން އައިސް..އޭނާ ވާހަކަ ނުބުނީމަ ދެރަވެދާނެތީ މިބުނެލީ” އެނޯއިން ފޭސް އިމޯޖީ ތަކެއް ލާފަ ޔަޒަކް ފޮނުވި މެސެޖް ފެނި ރުޅިގަދަވެފައި ހުރި އިޒާންގެ ގާތައް ހިނިއައެވެ. “ގަދަ ކަލޭ..މީހުންގެ ހިތައް އަރާ އެއްޗިސް އެބަ އިނގޭ ދުރުގަ ހުއްޓަސް… ހޫމް ބުނެދީ އައި ލަވް ޔޫ އޭ މަބުންޏޭ ލިވީ ގާތު … މިސްޔޫ އޭ،..” ހިނިއައިސްފައި އިނދެ ޔަޒަކްގެ މެސެޖަށް ރިޕްލައިދިނެވެ.
އިރުކޮޅެއްފަހުން ތީއޭޓާ ރޫމުން ޔާސިރް ނުކުމެގެން އަންނަތަން ފެނި އިޒާން އެދިމާލަށް ދުވެފައި ދިޔައެވެ. “ކިހިނެތް އެކުއްޖާ..” އިޒާން އަވަސް އަވަހަށް އަހައިލިއެވެ. ” އަލްހަމްދްލިﷲ … ދެ ސާޖަރިއެއް ހަދާފަ ދެ ސާޖަރީވެސް ކާމިޔާބް ..އަދި ހޭ ނާރާ ..ހޭ އެރުމުގެ ކުރިން އިތުރު އެއްޗެއްބުނަން ދަތި.. ދެ ފައިގަވެސް ހަތަރު ތަނުން ބިންދައިގެން ގޮސްފަ އިން ..ދެ އަތް ވެސް އުޅަބޯއްޓާއި ހަމައިން ބިނދިފަ… އޭނަގެ ގައިގަ އެކި ތަންތަނުން ބޮޑެތި ޒަހަމްތަކެއް ފެނުން.. ޒާން މީ ކޮންތާކުން ގެނަ ކުއްޖެއް..ފުލް ޑީޓެއިލްސް ބޭނުންވޭ އެބަ..ޕްލިސް ކޭސްއަކަށް ވާނެ އެހެންވެ.. ހޮސްޕިޓަލްގެ ވެރިން އަންގައިފި ޕޮލިހަށް .. އެކުއްޖާ އޮތް ހާލުފެނި ލޮލުން ކަރުނަ ނާންނަ މީހަކު ނެތް އެތާކު..” ސީރިޔަސް ކަމާއެކު ޔާސިރް އަހައިލިއެވެ.
އިޒާން އެދުނީ ހޮސްޕިޓަލްތެރޭގައި ހުންނަ ކޮފީ ޝޮޕްއަށް ދިޔުމަށެވެ. ދިހަ މިނެޓް ތެރޭގައި އެބަ އަންނަން ކަމަށްބުނެ ޔާސިރް އެނާގެ ރޫމަށްވަނެވެ. އިޒާން ވެސް ބޯ ޖަހައިލުމަށްފަހު ވެއިޓިން އޭރިޔާގައި މަޑުކޮށްލީ ޔާސިރް އައުމުން ކޮފީ ޝޮޕަށް ދިޔުމަށެވެ.
މާގިނައިރެއް ނުވެ ޔާސިރް އައުމުން ދެމީހުންއެކުގައި ކޮފީ ޝޮޕަށް ވަދެ މޭޒެއްގައި ހަމަޖެހިލީ އޯޑަރ ވެސް ދީފައެވެ. އިޒާން ވަނީންސުރެން ކޮފީ ޝޮޕްތެރޭގައި ތިބިއްޔާ ތިބި އަންހެންކުއްޖެއްގެ ނަޒަރު އޭނާއަށް ވަނީ ހުއްޓިފައެވެ. ގިނައިރު ވެފައި ވުމުން އޭނަގެ ރީތި އިސްތަށިގަނޑުގެ ތަރުތީބް ގެއްލިފައިވި ނަމަވެސް އެ ރިތިކަމުން ބަދަލެއް ނާދެއެވެ. ޔާސިރް އިންދާ ހުރިހާ އަންހެންކުދިން އޭނާއަށް ބަލަން ފެށުމުން އިޒާން ލަދުގަތެވެ. އެކަން އޭނަ މޫނުމަތިން ވެސް ހާމަވިއެވެ. ޔާސިރްގާތައް ހިނިއައި ނަމަވެސް ދައްކަން އައި ވާހަކައާއި އެއްކޮން ކުރިޔަށް ދިޔައެވެ.
“ކިހިނެތް ވީ އަސްލު” ޔާސިރް އަހައިލިއެވެ. އިޒާންގެ މޫނަށް ސީރިޔަސްކަން ވެރިވެގަތެވެ. އޭނާގެ ކާރުގެ މައްޗަށް އެ އަންހެންކުއްޖާ ވެއްޓުނު ހިސާބުން ފެށިގެން ދެން ކަންތައް ވީ ގޮތް ތަފްސީލްކޮން ކިޔާދިނެވެ. ކެރާ ފެނުން ވާހަކަ ބުނުމުން ޔާސިރްގެ މޫނަށް ރޫ އަރުޥާލެވުނެވެ. “އޭނަ އެކަމް ކީއްވެގެން މި އަންހެންކުއްޖާއަށް ގެއްލުން ދޭންވީ .. އަހަރުމެންނާ ވެސް ގުޅުމެތް ނެތް ކުއްޖެއްނުމިއީ..” ޔާސިރްއަށް ބުނެވުނެވެ. “އަހަރެންނަށް ހަމަ ޔަގީން މި ކުއްޖާއާއި ކޮންމެވެސް ކަނެކްޝަން އެއް ކެރާ ވާކަން .. އޭނާ އަހަރެން ހޯދަން ނާންނާނެކަން ބޮޑުބެއަށް ވެސް އިނގެއެންނު.. އެބެއް ގޮތެއް ..” އިޒާން ވެއިޓަރު ގެނެސްދިން އައިސްކޮފީތަށިން އެތިފޮދެއް ބޮލަމުން ބުނެލިއެވެ. “އާން .. އެކުއްޖާއަށް ވަރަށް ބަލަން ޖެހޭ އެބަ …ކޮންގޮތެއް ..” ޔާސިރް އެއްބުމަ ހިއްލާލަމުން އަހައިލިއެވެ.
“އަހަރެމެން ގެޔަށް މިކުއްޖާ ގެންދަން ހިނގާ.. އަހަރެންނާ ޑިފީއާއި ބައްޕަ މިއުޅޭ އެޕާޓްމެންޓާ ޖެހިގެން އެހުރި ނުވަ ވަނަ ފަންގިފިލާގަ ބަހައްޓާން ކިހިނެތް ވާނީ.. އެކަމަކް އަހަރުމެން ދެމީހުން ފިޔަވައި ގޭގެ އެއްވެސް މީހަކަށް އެކުއްޖާ ހުންނަނީ އަހަރެމެންގޭގެކަން އިނގިގެން ނުވާނެ… އޭރުން އެކަކު ފަރާތުން އަނެއްމީހާގެ ފަރާތުން އޮންނާނީ ޑިފީއަށް އިވިފަ..ދެން އެދާނީ ކެރާ އާއި ހިސާބަށް އޭރުން ނޭނގެ ދެން މިކުއްޖާއަށް ހަދާލާނެ ގޮތެއް..” އިޒާން ސީރިޔަސް ކަމާއެކު ދައްކަމުން ދިޔަ ވާހަކަ ޔާސިރް އަށް ވެސް ގަބޫލްކުރެވުނެވެ. ވަރަށް ވިސްނުމަށްފަހު އޭނާ އެގޮތައް އެއްބަސްވިއެވެ. ކޮފީއަށް ދެމީހުންވެސް ހިނގައިގަތީ އެ އަންހެންކުއްޖާ ހޭއެރި ހަބަރު ލިބުމުންނެވެ.
***
ހޮސްޕިޓަލްގެ ތެރެއަށް ކަޅުކުލައިގެ ސްކިނީ ޖީންސާ ހުދު ޓީޝާޓެއް ގައި ހުރި ޒުވާން ފިރިހެނެއް ވަދެގެން އައެވެ. ހޮސްޕިޓަލް ތެރޭގައި ހޭލަމޭލަވަމުން ދިޔަ އެތައް ހާސް ބަޔަކު އެ ޒުވާނާ އަށް ބަލަމުންދިޔައެވެ. ހާއްސަކޮން އަންހެން ކުދިންތައް ދީވާނާވެފައިވާ ނަޒަރުން ބަލަމުންދިޔައިރު އެޒުވާނާއަށް ކަމެއް ވާހެން ވެސް ހީނުވެއެވެ. ބޮޑާ ގޮތްގަނޑެއް މޫނުމަތީގައި ވެއެވެ. އަވަސް އަވަހަށް ހިނގާލާފަ ޕްރައިވެޓް ރުމްތަކާއި ދިމާލަށް ދިޔައިރު އޭނާގެ ހާސްވެފައިވި މޫނުމަތިން ވަނީ އެ ފިނި މާހައުލުގައިވެސް ދާތިކި ހިލެން ފަށާއިފައެވެ.
“މޭން.. ” އެ ޒުވާނާގެ ފަހަތުން ގޮސް އޭނާގެ ގައިގާ ބައްދާލީ އިޒާންއެވެ. “ޑޫޑް.. ” އުފާވެލާފައި އޭނާ ވެސް އިޒާންގެ ގައިގާ ބައްދާލިއެވެ. “ނިޔަލް މިތާ ކީއް ކުރަނީ.. ކިހިނެތްވެފަ ހާދަ ހާސްވެފަ ތިހުރީ ” އިޒާންގެ ސުވާލުން ނިޔަލްއަށް ތުންފަތުގައި ދަތް އަޅާއިލެވުނެވެ. “އަހަރެންގެ ބެސްޓް ފްރެންޑް މިތާގަ އޮތް ވާހަކަ އިވުނީމަ މިއައީ.. ވަރަށް ބޮޑަށް އިންޖަރީ ވެފަ އޯ އޮތީ..ދެންމެ އެގެޔަށް ދިޔަތަނާ ގެ ތަޅުލާފަ ހުރުމުން ނުކުންތަނާ އަވައްޓެރިއެއް ބުނީމަ މި އިނގުނީ ވެސް..” ނިޔަލް ކިޔާދިނެވެ.
އިޒާންއަށް ދެލޯ ހަނިކޮށްލެވުނީ ނިޔަލް އެބުނީ އޭނާ މިއަދު ހޮސްޕިޓަލަށް ގެނައި ކުއްޖާ ބާއޭ ހިތައްއަރާފައެވެ. ” ގާލް އެއްތަ” އިޒާން އަހާލުމުން ނިޔަލް ބޯޖަހައިލިއެވެ. “އޯވް .. ތިވާނީ މިއަދު މަ ގެނައި ކުއްޖާ އަށް ހެން ހީވަނީ..” އިޒާން ކުރު ގޮތަކަށް ކިޔާލަ ދިނެވެ. ނިޔަލް މިހާރު އެ ކުއްޖާ ކޮބާތޯ އަހައިލިއެވެ. “އެނާ ހޭ އެރީމަ ޑޮކްޓާސް ވަދެއް ޖެ އެތެރެއަށް ޗެކް ކޮށްލަން.. އެނީވޭ ނިޔަލް ގެ ކިހާ ގާތް އެކުވެރިއެއް އެއީ..” އިޒާން އަހައިލިއެވެ. “އެއީ އިޒާން ނުލާ ދެން ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ … ބެސްޓް ފްރެންޑްސްއަށް ވިޔަސް މަށައް ވުރެން ހައަހަރު ކުޑަ ވާނެ.. އަވައްޓެރިން އަހަރުމެން މިއީ..ދެން އެއްކޮން އަބަދުވެސް އުޅެނީ.. އެގޮތައް ވަރަށް ކްލޯޒް ވީ .. އަހަރެން މިއަދު ހެނދުނު ކުއްލިޔަކަށް ދާން ޖެހުނީ އެހެން އަވަށަކަށް… ދެން އައިސް މިލާން ކޮބާތޯ ދިޔައިރު އެކުއްޖާ މިތަނައް ގެނަ ހަބަރު ލިބުނީ..އެހެން ވެ މިއައީ… އޭ ..އަދި ހަނދާން ނެތިފައޭ މިހުރީ .. ޑިފީ ދޭ އެގެޔަށް އޭނާ ބައްޕަ ކައިރިޔަށް ޓިއުޝަން އަށް.. މަށައް ވެސް އެނގުނީ ވަރަށް ފަހުން… ދެން ރަނގަޅު ތާ ދޯ އެހެން އުޅުނަސް އެބަ ކިޔަވާ” ސައުގު ވެރިކަމާއެކު ނިޔަލް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން އިން އިޒާން އަށް ނިޔަލް އާދިމާލަށް ބަލާލެވުނީ އެނާ އެންމެ ފަހުން ބުނި ވާހަކަ އަހާފައެވެ.
“ޑިފީ ކިޔަވަން ..އެގެޔަށް” އިޒާން އަށް ގަބުލް ނުކުރެވިފައި އަހައިލިއެވެ. “އާން… މިލާން ބުނި އަހަރެން ކައިރި ވެސް އަންނާށޭ .. ބަޓް ލަވާރސް އަށް ނުވާނެ އެންނު ހުރަސް އަޅާކަށް ” ނިޔަލް ހީލިއެވެ. “އޭނ.. ލަވާރސް؟” އިޒާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ” މިލާން ވަރަށް ލޯބިވާނެ ޑިފީ ދެކެ.. އޭނާ މަ ކައިރި ކިޔާނެ ވަރަށް..އެކަމް އޭނާއަށް ބުނަން ނުކެރިގެން ގާލް އެއް ވީ މަ އެހުންނަނީ.. މިލާން އެއީ ވަރަށް ރަނގަޅު ކުއްޖެއް.. މިލާން ކިޔައިދޭ ގޮތުން ޑިފީ ވެސް މިލާން ދެކެ ލޯބިވާ ހެން މަށައް ހީވަނީ .. އެކަމް އަހަރެންގެ ހިތައް އަރަނީ ލޯބިވާ ވާހަކަ މިލާން ގާތު ޑިފީ ނުބުނަނީ ކިއްވެބާ ” ނިޔަލް އަނެއްކާ ވެސް ދޫކޮށްލީ އިޒާން އިތުރު ހައިރާން ކަމެއްގެ ތެރެއަށެވެ.
“އޭ..ދެން ބުނެބަލަ…..އަހަރެން ތިގެޔަށް ގެންދާނީ ކޮން އިރަކުން .. އެންމެ ގާތް ރައްޓެހިންނޯ ގެޔަށް ވެސް ދައްކާލަން ނުގެންދޭ” ހައިރާން ވެފައި އިން އިޒާން ސިހުނީ ނިޔަލް އަނެއްކާ ވެސް ވާހަކަ ދެއްކުމުންނެވެ. ހިނިތުން ވެލާފައި ދެން މާދަން ނޫން ހޭ އިޒާން ބުނެލިއެވެ.
***
“އަދިވެސް ހަބަރެއް ނުވޭތަ … ” އިޒާންގެ ހަބަރެއް ނުވެގެން ތުން ދަމާލައިގެން އިން ލިވިޔާ ފެނި ޔޫމީން އިނީ ބަނޑަށް ހީހީއެވެ. ” ދެން ސާބަސް.. ތިހާ ކަންބޮޑުވާން ވާނެތަ…. ޒާންބެ މާބޮޑަށް ބިޒީ ވީ ކަމަށް ވާނީ އެހެންޔާ ވެސް ނުހުރެއެންނު އެގޮތަކަށް.. ދެން އިހަށް ކެތްކޮށްބަލަ ” ޔޫމީން އެންމެފަހުން ނުހުރެވިގެން ހޭންފަށައިއެވެ. “ދެން އަހަރެން ހާދަ މިސްވެޔެ އެބަ.. ” ލިވިޔާގެ ސަމާލްކަން ދިނީ ލިވިޔާއަށް ގޮވަމުންއައި ލަވާލްގެ އަޑަށެވެ. ” ކީކޭ މަންމާ..” ދެލޯ ހަނިކޮށްލައިގެން ހުރެ އަތުގައި އޮތް ފޯނަށް ބަލައިލަމުން ލިވިޔާ ދޮރުހުޅުވާލައިފާ ނުކުތެވެ. އޭރު ލިވިޔާ އުޅެމުންދިޔަ ގޮތުން ހިނިއައިސްފަ ޔޫމީން ހުރި އިރު އެ ކޮޓަރީގައި އެއްކަނެއްގައި ހުރި ސޯފާގައި ހަމަޖެހިލާގެން އޮތް ކައިވަން ވެސް އޮތީ މަޖާވެފައެވެ. ލިވިޔާ ދިޔުމުން ދެމީހުން އެއްފަހަރާ ހީލިއެވެ.
“ކީކޭ މަންމާ..” ބަދިގޭގައި ހަވީރް ސަޔަށް ކޮންމެވެސް އެއްޗެއް ހަދާލުމަށްޓަކައި ކުލްސޫމާ އާއެކު ލަވާލް އުޅެއެވެ. “ދަރިފުޅު ކިޔަން ގުޅޭ ވާހަކަ ފޮތްތައް ހިފައިގެން ދޮންބެ ދިޔައީ .. ފޫހިވާނެތީ އޯ … ދެން އިޒާންގެ ކޮޓާރީގަ އޮންނާނެ އޯ ދޮންބެގެ ފޮތްތަކެއް ..އެ ކިޔާލާށޯ ދޮންބެ އަންނަން ދެން..” ލަވާލްގާތައް ހިނިއައީ ލިވިޔާ ރުޅި އަންނާނެ ވަރު ހިތައް އަރާފައެވެ. ޔަޒަކް އެ ގެންދަން އުޅެން ހެދީމަ ވެސް ލަވާލް ހުއްޓުވިއެވެ. ނަމަވެސް ލިވިޔާ ރުޅި އަރުވަންށޭ ކިޔާފަ ޔަޒަކް އެ ގެންދިޔައީއެވެ. “ވަޓް ދާ…ހާހް މަންމަ ކީއްވެތަ ނުހުއްޓުވީ..ހުރޭ މިފަހަރު އެއްޗިހިން ކިޔާލާނަން” ރުޅިގަދަވި ވަރުން ބިންމަތީގައި ލިވިޔާއަށް ދެފައިތަޅާލެވުނެވެ. ރުޅި އައިސްގެން ހުރެ ލިވިޔާ ދިޔަތަން ފެނި ލަވާލްއަށް ހިފަހައްޓާގެން ހުރި ހިނިގަނޑު ބޭރުކޮށްލެވުނެވެ. ކުލްސޫމާ ވެސް ހެވިފައި ހުއްޓެވެ.
**
“އާހް މިންމީ.. އަހަންނަށް ނޭނގޭ މިހާރު މިންމި އަށް ގުޅުނު އަދަދެއް ވެސް ..ކީއްވެތަ ފޯނު ނުނަގަނީ … އައި މިސްޑް ޔޫ ސޯ މަޗް ގާލް .. ގެޔަކު ވެސް ނޫޅޭ.. ގެވެސް ތަޅުލާފަ..އަހަންނަކަށް ނުކެރޭނެ ހަމަ ހުރެފަ ގޮސް ދޮރު ވައްޓާލައިގެން ވަންނާކަށް ވެސް..” ފޯނު އަތައް ލައިގެން ހުރެ އެކަނިން ވާހަކަ ދައްކަމުން ދިޔަ އަލާނިޔަލް ހުރީ ވީގޮތެއް ނޭނގި މިލާންގެ ހަބަރެއް ނުވާތީ ބޯހާސްވާ ވަރުވެފައެވެ. އެންމެ ފަހުން އޭނާ ގަސްތުކުރީ ކޮފީއެއްގެ އެހީހޯދާށެވެ. މަޑު ދަނބުކުލައިގެ އަތް ކުރު ޓީޝާޓްއެއްލައިގެން އޭނާ ބަދިގެޔަށް މިސްރާބްޖެހިއިރު އިރު ކޮންމެވެސް އެއްޗިސް ތަކެއް ކިޔަމުން ޓެރެހާ ދިމާލަށް ދިޔަ ލިވިޔާ ފެނި އެއްމިޔަކަނުން ހީލިއެވެ. އެދިމާލަށް ދާން މިސްރާބް ޖެހި އަލާނިޔަލް ހުއްޓުނީ ފޯނަށް މެސެޖެއް އައުމުންނެވެ. މިލާން އޭ ހިތާ އަވަސް އަވަހަށް ބަލާލިއިރު މިލާން އަށް ނުވީތީ މާޔޫސްވާ ގޮތްވީ ނަމަވެސް އަރާފައިވި ނަމުން އެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.
އަލާނިޔަލް ދުވެފައި ކަހަލަ ގޮތަކަށް ޓެރެސްއަށް އެރީ ، ލިވިޔާ ދިޔަ ދިމާ ނޫން އަނެއް ފަރާތަށެވެ. ޓެރެސްގެ އެއްފަރާތުގައި ވާ އުސް ފާރުކައިރީގައި ރޯޒް ޕިންކް ކުލައިގެ ސްވެޓާރ ފާޑު ހެދުމެއްގައި ފުރަގަސްދީގެން ހުރި އަންހެންކުއްޖެއް ހުއްޓެވެ. ކަލުކުލައިގެ ސްކިނީ ޖީންސް ގައި ހުރި އިރު އަތުގައި ކަލުކުލައިގެ ކެހެރި ކޯޓެއް އޮތެވެ. ކޮނޑާއި ހަމަޔަށް އަރާ ފަން ފަން އިސްތަށިގަނޑުގައި ބޯކޮން ވެހެމުންދިޔަ ސްނޯގެ ފުއްތައް ދިޔައީ ހަރުލަމުންނެވެ. އަލާނިޔަލް އެކުއްޖާއަށް ގާތައް ގޮސް ގޮސް ހުރެފައި މަޑުޖެހިލަން ޖެހުނީ އިވެންފެށި މަޑު ގިސްލުމުގެ އަޑަށެވެ. ކުއްލިއަކަށް ދުވެލާފައި ގޮސް އެ އަންހެންކުއްޖާގެ ކޮނޑުގައި ހިފާ ގާތައް ދަމާލި އިރު އޭނާގެ ރަތްވެ ދުޅާވެފައިވާ ދެލޮލުން އެތައް އިރަކު ރޮއެފައި ހުރިކަން ހާމަވިއެވެ.
“ހޭއި ބެސްޓީ … އީން .. ކިހިނެތްވި ތި ރޮނީ..އޭތް ބުނެބަލަ ..އަހަންނަކަށް ކެތެއް ނުވާނެ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާ މިހެން ރޯތަން ބަލާކަށް..ބުނޭ ..ކާކު ކީއްކުރީ .” އަލާނިޔަލް، އީން ގެ އަތުގައި ހިފާލުމުން އިތުރަށް އޭނާއަށް ރޮއެ ގަނެވުނެވެ. އަލާނިޔަލްގެ މޭގައި އެ މޫނު ފޮރުވާލައި އިތުރަށް ރޮވުނީ އެވެ. އީން ރޯވަރުން އަލާނިޔަލްއަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނީގިފައެވެ. “އިޓްސް ހިމް އެންޑް ކެރާ އެގެއިން.. އައި މީން ޔުއާ މޯމް..” އެތައް އިރަކު ރުއިމަށްފަހު ވާހަކަ ދެއްކޭ ވަރުވުމުން އީން ، އަލާނިޔަލްގެ މޫނަށް ބަލައިލަމުން ބުނެލި އިރު އަލާނިޔަލް މޫނުން ފެނުނީ ރުޅިވެރިކަމެވެ. އީންގެ ފަރާތުން ދެން އިވިގެން ދިޔަ ވާހަކަތަކުން އަލާނިޔަލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ރުޅި ގަދަވެފައި ހުރިވަރުން އޭނާގެ އަތުގެ ނާރުތައް ވެސް ވަނީ ފުފިއެވެ. އީން އަށް އަލާނިޔަލްގެ އަތުގައި ހިފާލެވުން އިރުވެސް އީންއަށް ދިޔައީ ރޮވެމުންނެވެ. “ހުއްޓާލާ… މިލާން އާއި މުޅި އުމުރަށް ދުރަށް ދާން ޖެހުނަސް މިލާން ރައްކާތެރިކޮށްދޭނަން.. އައި ޕްރޮމިސް.. އެން އީން ޕްލީޒް ސްޓޮޕް ކްރައިން.. އީންގެ ބޭބެއަށް އެހެން ހަދާކަށް ނުޖެހޭނެ..އޭގެ ބަދަލް ހޯދާ ދޭނަން އައި ޕްރޮމިސް އީން … އޭނާގެ ކަންތައް މާމައްޗަށް އެދަނީ.. މިހާރުވެސް ހީވަނީ މަރާލެވުނު މީހުން މަދުވެގެން އުޅޭހެން…ބޭކާރު ކަންކަމާ މީހުންނަށް ކަންކަމަށް މަޖުބޫރު ކުރުވާ އިރު އޭނާ ހާ މޮޅު މީހަކު ނެތް ހެން ހީވަނީ ” އަލާނިޔަލް ފައިންޖެހީނުން ޓެރެސްގެ ރެއިލިން ދަގަނޑު ބިއްދާލިއެވެ.
“ޑިފީ..އަހަރެން ވާހަކައެއް ބުނަންތަ” އީން ބަލައިލީ އަލާނިޔަލްގެ މޫނަށެވެ. ވަގުތުން އަލާނިޔަލް ބޯ ޖަހައިލިއެވެ. ” ކިހާ ދުވަހެއް ވަންދެންތަ އެހެން މީހުންނަށްޓާކައި ބޭކާރު ސެކްރިފައިސްތަކެއް ވާނީ.. އަހަރެން ނުދެކެން ތިހާ ރަނގަޅު މީހެއް … މިގޭ އެކަކަށް ވެސް ޑިފީއަކަށް ޓްރަސްޓް ނުކުރެވޭ… ބަޓް ކިހާ ބޮޑު ގުރުބާނީ އެއް ތިވަނީ އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން އެ އެންމެންނަށްޓަކައި ..” ފާރުބުރިމަތިގައި ބާއްވައިލާފައިވާ އަލާނިޔަލްގެ އަތުގައި އަތް ބާއްވާއިލަމުން އީން ބުނެލިއިރު އެ އަޑުގައިވަނީ މޮޅިވެރިކަމެވެ.
“އީން..އަހަރެންގެ ޒިންމާ އަހަރެން ފުރިހަމައަށް އަދާކުރެވޭތޯ މިބަލަނީ..އަހަރެން، އަހަރެންގެ ބެސްޓްފްރޭންޑު އީން އަދި އެކުއްޖެއްދެކެ ހިތާ ފުރާނައިން ލޯބިވާ މިލާން ގެ ފަރާތުން ހަމައެކަނި އުއްމީދުކުރަނީ ކަންކަމަށް ..އިތުރު އެހެން މީހަކަށް ޓްރަސްޓެއް ނުކުރަން ..އެހެން މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެކްސްޕެކްޓް ވެސް ނުކުރަން…ނުވެސް ކުރާނަން.. ކޮންމެވެސް ދުވަހަކުން އެންމެން ވެސް އަހަންނަށް އިތުބާރު ކުރާނެ.. ” އަލާނިޔަލް ދުރުބަލާލީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލުމަށެވެ.
“އެން އައި ވިލް ނެވާ ސްޓްޕް ވަޓް އައިމް ޑްއިން ނައު.. އައިލް ޓޭކް ޕްރޮޕާ ރިވެންޖް ….ފްރޮމް ކެރާ.. ” ނުރައްކާތެރި ހިނިތުންވުމެއްގައި ހުރެ ޓެރެސް ފާރުގައި އަލާނިޔަލް ބުރަކަށި ޖައްސާލަމުން ހަށަންބަނދެލި އެވެ. އީން ހިނިތުންވެލީ ބޯޖަހައިލަމުންނެވެ.
****
ލިވިޔާ ގެ ހަބަރެއް ނުވެގެން ޔޫމީން ބުނެގެން ނުކުން ކައިވަން ހުއްޓުނީ އަލާނިޔަލްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ވަރަށް ޝަރުތު ކޮށްފައި އިތުރު މީހެއްގާތު ނުބުނުވަން އޭނާ ލައްވާ، ޔޫމީން ވައުދުކުރުވާފައި ޔޫމީންގެ ފަރާތުން އަލާނިޔަލް އާއި ކެރާގެ ވާހަކަ ކައިވަންއަށް އިނގުން ފަހުން އެހިތުގައި އަޅާނިޔަލްއަށް ބޮޑު ފޫހިކަމެއް ވަނީ އުފެދިފައެވެ. ނަމަވެސް ކޮންމެވެސް އަންހެން ކުއްޖެއް ގާތުގައި ހުރެ ވަރަށް ރުޅިގަދަވެފައި އަލާނިޔަލް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އެހިތް ކަނަކުން ގޮވާލިއެވެ. ވަރަށް ސިއްރުން ޓެރެސް އަށް ނުކުންނަ ފާރާ ނިވާވެލާފައި ކައިވަން އެ އަޑަށް ކަންފަތް ދިނެވެ. ދެން އިވެން ފެށި ވާހަކަ ތަކުން ކައިވަންގެ ދެލޯ ބޮޑުވާން ފެށިއެވެ.
“ވާޓް…ވަޓް އިޒް ދިސް ..އަހަރެން ހީކުރީ ކެރާ އާއި އެކު އެކީ އަލާނިޔަލް ބައިވެރިވެގެން ވިލަން ބައި ކުޅެނީ ކަމަށް .. ބަޓް ވަޓް އި ދިޒް ނައު .. ނައު އަލާނިޔަލް ، ކެރާގެ ފަރާތުން ބަދަލް ހިފަނީ …އެކަމަކް ކޮންކަމަކަށް.. ކޮން އަންހެން ކުއްޖެއްތަ އެއީ …އެ ކުއްޖާ އެބުނީ އަލާނިޔަލް ހާ ރަނގަޅު މީހަކު ނުދެކޭ ވާހަކަ ..ވަޓްސް ގޮއިން އޮން … ސީރިޔަސްލީ އަ ޑޯންޓް ގެޓް ..ހެލް މޭން..” އިވުނު ވާހަކަތަކުން އޭނުން އޭނާގެ ބޮލުން ތަރިބުރައިގެން ދިޔައެވެ. ކައިވަން ބޮލުގައި އަތްއަޅައިގެން ހުރެފައި
ކުއްލިޔަކަށް އޭނާ ސިހުނީ އަލާނިޔަލް އާއި އެ އަންހެން ކުއްޖާ އެކު އެކީގައި އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނީމައެވެ. ކައިވަންގެ ނޭވާ ހީވީ ކަރުތެރޭގައި ތާށި ވިހެންނެވެ.
****
(ނުނިމޭ)
8 Comments!
Comments are closed.
❤️❤️❤️?????? I love this story I’ve been reading it over and over ❤️???????????❤️??????❤️❤️❤️
awwnnn durlsss ❤️❤️❤️ thank yewwwww❤️❤️sooooo sooo muchhhh… i❤️❤️ next part vx thihaa sauguverikamaa eku kiyaalahchey❤️❤️❤️ kuda inthizaareh kohlaa next part ah .. insha allah it will be on soon❤️❤️
awnnnn❤️❤️❤️ thank yewwww❤️❤️❤️ sooo muchhhh❤️❤️thihaa suguverikamaa eku next part vx kiyaalahchey dear ❤️❤️❤️ v happy vehje mi comment feni … it means a lot ❤️❤️❤️❤️❤️❤️
Wooooooow. V. V. V.reethi Maasha Allah ???wht dify akee ragalhu meehehtha??? is he getting revenge for his mom or is he faking it i mean livee ah ah hedhi goi ves??? alhey Annora haadha molhey maasha allah ??? i love fictional stories and mihaathanah kiyunu emme reethi story mi???mi part nimun iruves neygunu?heevey vhk thereyga ulhevunu hen???. waiting curiously for the next part??
Stay safe???
LYSSM ???
heiii gurll❤️❤️❤️awnnn thank you ❤️❤️lets see dw difIi aky knkahala myheh thw n fahun ai new comers aky kn baehthw balaalan dear ❤️❤️ it means a lot … thanks a lot maash❤️❤️alheyii ❤️❤️❤️❤️❤️❤️next part v avahah fenigendhaane insha allah .. ❤️❤️ kiyaa lahchey e part vx thihaa sauguverikamaaeku❤️❤️❤️ love you darling ❤️❤️ stay safe & stay home ❤️❤️❤️
Wait whattttt ??difiii is good????? Oh my oh my ???
I think something is fishy
Nial knme vx kameh kuraa hen hyvey Eba??
Kaivan anehka Kada kameh kurany tha… Oh my oh my????
Story ge mi part nimhn iru vx nyge??????vvvvv reeethi…?? Craving for next one darling ?????❤️ ?
yshh somethin fishy dw .. higaaba new comers ge kanakan balaalan dww.. next part ah inthizaaru kohlahvva.. insha allah i will submit soon.. ❤️❤️❤️ thank you so much dear thidhey support ah … it mean alot .. thanks again…❤️❤️❤️
salaam ❤️❤️❤️ here is the 27th part.❤️❤️.i hope hurihaa kudhin vx mi part r dheythereyga hiyhama jeheyne kamah n shaugu verikamaa eku kiyaane kamah hope kuran ❤️❤️… ..hehe bodu shock akaa ekon dw mi ninmaalevuny dear readers… dn inna part ga vaany kihineh baa dw kudhinn.. next part ah inthizaaru kohlahvahchey huriha kudhin vx.. insha allah soon it will be on… love you guys ❤️❤️❤️stay safe & stay home …❤️❤️❤️