ހިރާސް 26
“އޯކޭ .. ނައު އިޓްސް ޓައިމް ” ރެއިލިންގް ގެ ދަގަނޑުގެ ކޮޅަށް ފުންމާލަމުން އިޒާން ބުނެލިއިރު ލިވިޔާގެ ހިތް ހީވީ ގޫޑާއިގެން ދިޔަހެންނެވެ. ރެއިލްނގްގައި ހުރެފައި ބެލްކޮނީން ތިރިޔަށް ފުންމާލިއިރު އިޒާންގެ އުނަގަނޑުން މައްޗަށް ފާޅުވި ފަސް ފޫޓް ހުންނަ ކަޅުކުލައިގެ ބޯ ކެހެރި ވަރަ ފެނި ލިވިޔާގެ މޫނު ހުދުވިއެވެ. އޭރު އިޒާން ގެ ދެލޯ ދިޔައީ ކްރިމްސަން ކުލައިން ވިދަމުންނެވެ.
***
“އަހަރެން ގޮތައް ދޯ .. ވޯހޯ.. އަހަރެން ގްރޭ” ލިވިޔާ ހީގަންނަމުން ބުނެލި އިރު އެ މޫނުމަތީގައި ވަނީ ބަޔާން ކުރަންތަދި އުފާވެރިކަމެކެވެ. އިޒާންވައިގެ ތެރޭގައި އުދުހެމުން ދިޔައިރު ވިލާ ރޮއްޖެއް ހާ ހިސާބު ވެސް ނެތް އުނޑުގައި ވިދާ ބަބުޅަމުން ދިޔަ އެތައް ހާސް ތަރި އެއް އެހާ ރީތިކޮން ފެންނަމުންދިޔަ އިރު ލިވިޔާގެ ދެލޯ ބޮޑުކޮށްލައިގެން އޮތް އިރު ” ވާއު” އެ ބަސް އަނގައިން މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. ލިވިޔާ އުޅެމުންދިޔަގޮތުން އިޒާން ގާތައް ހިނިއައެވެ. ދުރުދުރަށް ދާންދެން ފެންނަން ހުރި އެކި ވަރު ވަރުގެ ބޮޑެތި އިމާރާތްތައް ފަސްދީ އެ ހާމަ އުޑުގައި އިޒާން އުދުހެމުން ގޮސް އެތައް މޭލު ދުރަކަށް ދެވުނު ފަހުން ކަޅުކުލައިގެ ބޯ ވިލާގަނޑެއް ފެނުނެވެ.
” އަހަރެން ލޯ ނުހުޅުވާށެ ބުނީމަ ވެސް ލޯ ހުޅުވީއްޔޭ ދޯ … އެކަމަށް އަދަބް ލިބޭނެ އިނގޭ… ދެން ވެސް ލޯމަރާ ” އިޒާން ، ލިވިޔާގެ މޫނާއި ގާތައް އޭނާގެ މޫނު ޖައްސާލަމުން ބުނެލިއެވެ. އިޒާން ބުނިގޮތައް ލިވިޔާ ބަސްއަހާ ކުޑަ ކުއްޖެއް ހެން އަމަލް ކުރުމުން އޭނާ އަށް ހިނިގަނޑެއް ޖަހައިލެވުނެވެ. އެ އަޑު އިވުމުން ލިވިޔާގެ އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ.
ވައި ކަފާލާފައި އިޒާން ވަނީ ވިލާގަނޑުގެ ތެރެއަށެވެ. އެއާއެކު ދަމާ ބާރެއް ފަދައިން އޭގެ ތެރެއަށް ދަމައިގަތެވެ. ދެމީހުންނަށް ވެސް ނުކުމެވުނީ ހަނި ގޯޅިއަކަށެވެ. އިޒާން ވަރަ ލައްޕާލުމާއިއެކު އެ ކަޝްފްވިއެވެ. އެ ހިސާބުގަނޑު އަނދިރި އެވެ. ނަމަވެސް ތަން ތަން ސާފްކޮން ފެނެއެވެ. އެންމެ ފުރަތަމަވެސް އިޒާން އޭނާ ލާފައި އިން ޖެކެޓް ނަގާ ލިވިޔާ ލައްވާލަ ދިނުމަށްފަހު އޭގެ ހުޑުބައި ލިވިޔާގެ ބޮލަށް ވައްޓާލިއެވެ. އަދި އިޒާން ވެސް އޭނާ ލާފަ ހުރި ކަޅު ގަމީހުގެ ހުޑު ބައި ބޮލަށް ވައްޓާލާ މޫނު ނިވާ ކޮށްލިއެވެ. އިޒާންގެ މިއަމަލުން ލިވިޔާގެ ގާތައް ހިނިއައެވެ. އަދި ހައިރާންވެސް ވިއެވެ. “ކިހިނެތް ވެގެން ކުރާ ކަމެއް މިއީ..މިއީ ކޮންތަނެއް” ހައިރާން ވެފައި ހުރެ ލިވިޔާ އަހައިލިއެވެ. “ޝޫޝް .. އަހަރެން ދާ ތަނަކަށް ދަންދެން ވާހަކަ ނުދައްކާ ހުރޭ ޕްލީޒް ” ވައި އަޑުން އިޒާން ވާހަކަ ދެއްކި ގޮތުން ލިވިޔާގެ ހިތައް ވެރިވެގަތީ ސުވާލްތަކަކެވެ. ނަމަވެސް އިޒާން ބުނުމުން މަޑުން ހުރީ އެ ދާ ތާކަށް ދެވެންދެނެވެ. އިޒާން، ލިވިޔާގެ އަތުގައި ހިފައިގެން ތަންކޮޅަކަށް ނުކުންތަނާ ހޭލަމޭލަ ވަމުންދިޔަ މީހުން ފެންނަން ފަށައިފިއެވެ. ހުރިހާ މީހުން ވެސް ތިބީ ކަޅުކުލައިގެ އެކި ކަހަލަ ހެދުންތަކުގައިއެވެ. ހުރިހާ އެންމެންގެ މޫނުތައް ވެސް ފޮރުވާފައި ވަނީ ހުޑު ތަކުންނެވެ. އެ އާދެވުނު ތަން ލިވިޔާމެން އުޅޭ އިންސާނުންގެ ދުނިޔެއާއި މާބޮޑު ތަފާތެއް ނުވެއެވެ. އުސް އިމާރާތްތަކާއި ބިޔަ މަގުތަކެވެ. މަގުތައް ވެސް ވަނީ ލިވިޔާމެން އުޅޭ ތަނުގެ ފެންވަރަށް ހަދާފައެވެ. އެކި ހިސާބުތަކުގައު ބޮޑެތި ފިހާރަތަކެވެ. ބޮޑެތި މަގުތަކުގައިވަނީ ހަލަބޮލިކަމާއެކު ދުއްވަމުން ދިޔަ ކާރާއި ސައިކަލްތަކާއި ތަފާތު ވެހިކަލްތަކެވެ. ހަމައެކަނި ތަފާތަކީ މަގުގައި ޖަހާފައި ލައިޓްސް ގައި ވަނީ ފަޑު އަލިކަމެވެ. އެއީ ހަމަ ހަދާފައިވާ ގޮތެއްކަން އިނގެނީ ހުރީހާ ލައިޓެއް ވެސް އެހެން ހުރުމުންނެވެ. އަދި މިތާގެ މީހުންގެ އާދަޔާ ހިލާފް މިޒާޖެވެ. ހުރީ މީހުންވެސް ވަނީ ހަމަ އެހެން ކަޅުހެދުމުގައި މޫނު ނިވާ ކޮށްފައި އެވެ.
އިޒާން ހިނގަމުން ގޮސް ހުއްޓުނީ މާ ސިންގާ ވަލެއްގެ ކުރިމައްޗަށެވެ. އެތާގައި އެންމެ ފެހި ކުލައިގެ ގަހެއް ވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެތާގައިވަނީ އެތައް ބައިވަރު އޮރެންޖާއި ރަތުގެ އެކިކުލަތަކުގެ ގަސްތަކުން ޖަންގަލިހެދިފައިއެވެ. ވަރަށް ރަނގަޅަށް ހަތަރު ފަރާތް ބަލާލުމަށްފަހު ހުޑް ތިރިކޮށްލާ ލިވިޔާ އާއި ދިމާލަށް ބަލައިލިއެވެ. އެއް ލޯ މަރައިލުމަށްފަހު ހީލިއެވެ. ” އަރާ އަހަރެންގެ ބެކްއަށް ” ވަގުތުން ލިވިޔާގެ މޫނު ރަތް ވިއެވެ. އަރަން ނުކެރިފައި ހުރެވުނީއެވެ. އެންމެފަހުން އިޒާން އެއްއަތުން ލިވިޔާ އުފުއްލާލާ އިޒާންގެ ބުރަކަށިމައްޗައް އެރުވިއެވެ. ލިވިޔާގެ ދެލޯ ބޮޑުވީ އިޒާންގެ ހަރަކާތް އަވަސްކަމުންނެވެ. ބާރަށް ހިފެހެއްޓުމަށް އިޒާން ބުނުމުން އަވަސް އަވަހަށް ލިވިޔާ އިޒާން ގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
ކަރުތެރެއިން އަޑެއް ލައްވާލުމަށްފަހު އިޒާން ކުޑަކޮން ގުދުވެލާފައި ފުއްމައިގެން އެރީ އެންމެ ގާތުގައި ހުރި ގަހަށެވެ. އޭރު އޭނާގެ ގަދަ އަޅިކުލައިގެ ދެލޯ ވަނީ ކްރިމްސަން ކުލައިގައެވެ. އިޒާން، އެއްގަހުން އަނެއް ގަހަށް ވައިރޯޅިއެއްހާ ހަލުވިމިނުގައި ފުއްމަމުން ދިޔައިރު ލިވިޔާ އިނީ ތަނެއް ގުޑުވާލަން ވެސް ނުކެރިފައެވެ. ފަސްވަރަކަށް މިނެޓްފަހުން އިޒާން ލިވިޔާގާތު ލޯމަރަން ބުންޏެވެ. ވަގުތުން ލިވިޔާ ލޯމަރައިލުމުން އިޒާން ކުރިޔަށް ވުރެން ބާރަށް އެއްގަހުން އަނެއްގަހަށް ފުއްމަމުން ދިޔައެވެ. އިރުކޮޅެއްފަހުން އޭނާ ތިރިޔަށް މަޑުމަޑުން ފުންމާލިއިރު ލިވިޔާގެ ކަންފަތުގައި ހަރުލީ ރާޅު ޖަހާ ކަހަލަ އަޑެކެވެ. ނަމަވެސް ލޯ ހުޅުވާލަން ނުކެރިފައި މަޑުކޮށްލީ އިޒާން އެއްޗެއް ބުނަންދެނެވެ.
އިޒާން މަޑުމަޑުން ލިވިޔާ ތިރީގައި ބެހެއްޓިއެވެ. “ދެން ހުޅުވާ..” އިޒާންގެ އަޑު އިވުމުން ލިވިޔާއަށް ވަގުތުން ލޯ ހުޅުވާލެވުނެވެ. އެހިނދު ލިވިޔާއަށް ދެލޯ ބޮޑުކޮށްލެވުނީ ގަބޫލް ކުރަން ދަތިވުމުންނެވެ. ކުރިމަތިން ފެންނަން އޮތީ ރީތި މޫދެވެ . ކަކޫތާ ފެނުން ފެށިގެން އެއްގަމާ ހަޔަށް ރެނދަން ލާ ނޫކުލައިން ދިއްލާ އަޅާފައި ވުމުން އާޝޯޙްވާހާ ޜީއްޗެވެ. “ވޯހް .. އޯމް ގީ.. ޕިންކް ސޭންޑް..” ލިވިޔާ ދުވެލާފައި ގޮސް ތިރިވީ ގޮނޑު ދޮށަވެ. ގޮނޑު ދޮށުގައި ވާ ގަދަ ފިޔާތޮށިކުލައިގެ ވެލިގަނޑު ފެނި ލިވިޔާ ހުރީ ކުޑަވަރެއްގެ ޝޮކެއްގައެވެ. ވެލިތައް އަތައް އަޅައިގެން ހުރެ މައްޗަށް އުކަމުން ހީ ސަކަރާތް ޖަހަމުން ދިޔައިރު އިޒާން އެތާގައި ހުރި މީހެއްކަމެއް ވެސް އޭނާއަށްއިޙްސާސް ނުވާކަހަލައެވެ. ލިވިޔާ އުޅެމުންދިޔަ ގޮތް ފެނި އިޒާން ގާތައް ހިނިއައެވެ. މިހާރު ދެތިން ފަހަރު އިޒާން ގޮވާވެސް ލައިފިއެވެ. ނަމަވެސް ލިވިޔާ އަކަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. އެންމެ ފަހުން އިޒާން ގޮސް މަޑުމަޑުން ލިވިޔާ އުފުއްލާލިއެވެ. ލިވިޔާއަށް ހަމަހޭވެރިކަން ވީ ދެނެވެ.. ” ދެން އަބަދު އުރަނީ ..” ކުޑަކުއްޖެއްހެން ބުނެލި އިރު ލިވިޔާގެ މައުސޫމް ކަން އިޒާންގެ ޒުވާން ހިތުގައި ބިންވަޅު ނެގުނެވެ. އިޒަން ލިވިޔާ ގޮވާގެން ގޮސް ހުއްޓުނީ އެއްބޮޑިއަކަށް ހުރި ކާޕެޓް ވިނަ ގަނޑެއް ކާރިޔަށެވެ. އެ ވިނަގަނޑުގެ ބިއްދޮށުން ދެން އޮތީ ދުރު ދުރަށް ދާންދެން ބޯކޮން އުސްކޮން ފެތުރިފައި ބޮޑެތި ހިމަ ދިގު ފަތެއް ލާފައިވި ވިނަ ގަސްތަކެކެވެ. އެއިގެން އެންމެ ފަތެއް ގައިވެސް ހަފޫޓް ހުންނާ ނެއެވެ. އެހާ ވެސް ދިގެވެ.
އިޒާން އިށީނީ ކާޕެޓް ގަނޑު މަތީގައިއެވެ . ލިވިޔާ ވެސް މަޑުންމަޑުން އިށީނެވެ. އެއަށްފަހު އެދެމެދަށް ވެރިވެގަތީ ހަމަހިމޭން ކަމެވެ.
ލިވިޔާ މައްޗަށް ބަލަހައްޓައިގެން އިން އިރު ސާދަ ވިލޭރޭގެ ހަނދާއި އޭގެ ބައިވެރި އުޑުގައި ފިޔަޖަހަމުން ދިޔަ މަންޒަރުން އެ ހިތައް ދިރުން ލިއެވެ. “ލިވީ..” އޭނާ އެހެން އިނދެފައި ސިހުނީ އިޒާންގެ ފިރިހެންވަންތަ އަޑު ޖެހުމުންނެވެ. ލިވިޔާ މަޑުމަޑުން ހޫމް އަޅުވާލިއެވެ. ” އިނގޭތަ.. އަހަރެން މިތަނަށް ގެނައި ސަބަބު ..”އިޒާން އަހައިލިއެވެ. ލިވިޔާ މަޑުމަޑުން ދެފަރަތާކަށް ބޯހޫރުވާލިއެވެ. “މިއަދު ހަވީރު ބައްދަލްކުރަން ބޭނުންވި ސަބަބު ބުނެދޭން..” މަޑުމަޑުން އިޒާންގެ އަތް ލިވިޔާގެ އަތްމަތީގައި ބާއްވައިލުމުން ލިވިޔާއަށް ސިހިފައި އެމޫނަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލްވުމުން ދެމީހުންނަށްވެސް ކުރެވެން ފެށީ ތަފާތު އިޙްސާސްއެކެވެ.
ލިވިޔާގެ ހިތް ތެޅެމުންދިޔައީ އެޔެއްމިޔެއް ބަލާފަކާއެއްނޫނެވެ. އިޒާންގެ އެ ބެލުމުން ހީވީ ލިވިޔާގެ މުޅި ހަށިގަނޑު ސްކޭންކޮށްލިހެންނެވެ. ލިވިޔާ ލަދުންގަނެފައި އިންވަރު ފެނި އިޒާންއަށް މަޖާވިއެވެ. އޭނާ ބޭނުންވީ ލިވިޔާ އިތުރަށް ލަދުގަންނަ ވާލާށެވެ. އެހެންކަމުން ލިވިޔާއާއި ގާތައް އިތުރަށް ޖެހިލިއެވެ.
ލިވިޔާގެ ގައިގާ އިޒާންގެ ހަށިގަނޑު ޖެހިލުމުން ލިވިޔާގެ އަތްފައި ފިނިވާން ގިނައިރެއް ނުނެގިއެވެ. އުމުރުގައި ފުރަތަމަ ފަހަރަށްފިރިހެން ކުއްޖަކާ މިހާ ކާރިވީ އަދި އަލަށެވެ. އަދި އެވެސް އެމީހެއް ދެކެ އެންމެ ލޯބިވާ މީހާއެވެ. “ލިވީ އަދިވެސް ނީނގޭތަ ހަމަ.. ” އިޒާންގެ އަޑުއިވި މިފަހަރު ލިވިޔާއަށް އިސްޖަހާލެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. “ލިވީ.. އަހަރެން އެދުވަހު ކިސްކުރީ ޔޫ އެސް މީހުންހެން އާދައިގެ މީހުން އެކަކު އަނެކަކާއި ކިސްކުރާ އުސޫލަކުންނެއް ނޫން.. އަހަރެންނަށް މިވީ އެކާވީސް އަހަރު، އެއްވެސް އަންހެންކުއްޖަކާއި މިވަރަށް ކައިރި ނުވަން.. މި ބުނަން މިއުޅޭ އެއްޗެއް އިނގިއްޖެތަ..” އިޒާން ،ލިވިޔާގެ ދަތްތޮޅީގައި ހިފަހައްޓާލަމުން ބުނެލިއެވެ. އިސްޖަހައިލާގެން އިން ލިވިޔާ އިޒާން އާއި ހަތަރުކަޅި ހަމަކޮށްލި ހިނދު އެދެލޮލުގައި ވި އަސަރުތަކުން ނަގަންވީ ކޮންމާނައެއްކަމެއް އިޒާންއަކަށް ނޭނގުނެވެ. ” އައި ލަވް ޔޫ… އިޒާން” ލިވިޔާގެ އަނގައިން އިވުނީ އިސްވެ އޭނާ ދުވަހަކުވެސް ބުނެފާނެ ކަމަށް އިޒާން ގަބޫލް ކުރި ބަސްތަކެއް ނޫނެވެ. ހައިރާންވިވަރުން އިޒާން އަށް ދެއަތުން ލިވިޔާގެ މޫނުގައި ހިފާލެވުނެވެ. “ކީކޭ.. އަދި އެއްފަހަރު ޕްލީޒް” އިޒާން އެހުރި ގޮތައް ގޮތައް ހުރެ އަވަސް އަވަހަށް ބުނެލިއެވެ. ވިސްނަން ހުރެ ހުރެފައި އިޒާންގެ ކޯތާފަތައް ލިވިޔާ ބޮސްދިނެވެ. “އައި ސެއިޑް އައި ލަވް ޔޫ ..” އޭރު ލިވިޔާގެ ކޯތާފަތް ވަނީ ރަތްވެފައެވެ.
އިޒާން އުފަލުންގޮސް ލިވިޔާގެ ގައިގާ ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ ބޭބީ..” އެތައް އިރަކު އެކަކު އަނެކަކުގެ އަތުތެރޭގައި ދެމީހުންތިބިއިރު ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ވާ ލޯބި މޫނުމަތިންވެސް ހާމަވެއެވެ. ދެމީޙުންގެ ތުންފަތުގައިވީ ރީތި ހިނިތުންވުމުންވެސް އެކަން ހެކިދެއެވެ.
“ނައު ޓެލް މީ .. ކީއްވެ މާ ކުޑަ ކުއްޖެއްދެކެ ތިޔަ ލޯބިވޭ” މައުސޫމް ކަމާއެކު ލިވިޔާ ކޮށްލި ސުވާލުން އިޒާން ގާތައް ހިނިއައެވެ. ” ލޯތްބަކީ ހަމަ ހުރެލާފައި ވާ އެއްޗެއްނޫން.. ވެވޭ އެއްޗެއް..އެން ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނޭ އެއީ ..” ލިވިޔާގެ ބަޓްން ނޭފަތުގައި ހިފާލަމުން އިޒާން ލޯބިން ފުރިފައިވިގޮތަކަށް ބުނެލިއެވެ. ލޯބި ގޮތަކަށް ހީލަމުން އިޒާންގެ އަތްތިލާގައި ލިވިޔާ ހިފައިލީ ދުވަހަކު ވެސް ދޫކޮށް ނުލާށޭ ބުނަމުންނެވެ. ” ނެވާރ.. ދުވަހަކުވެސް ނުދާނަން.. ފަހުން ދުވަހެއްގަ ވިޔަސް ދިމާވެދާނެ ސިޓްއޭޝަން އެއްގެ ސަބަބުން އަހަރެމެން ދެމީހުން ދެތަން ވިޔަސް ދުވަހަކުވެސް އެހެން މީހަކާ ނުގުޅޭތި… އަހަންނަކަށް ކެތެއް ނުޥާނެ ބަލާކަށް… އިންޝާﷲ ވީވިލްބީ ޓްގެދާ ފޯރްއޭވާ….ދުވަހަކު ވެސް ނުދާނަން ދުރަކަށް.. އެއަށް ވުރެން މާ ބޮޑަށް ލޯބިވޭ..” ލިވިޔާގެ އަތައް ބާރު ކޮށްލަމުން އިޒާން ބުނެލި އިރު އަންނަން އުޅޭ ތޫފާނުގެ ހިލަމެއް އެދެ ލޯބިވެރިންނަށް އިޙްސާސް ނުވާފަދައެވެ. ” ލިވީ .. ލިވީ އަށް އިނގެއެންނު ދޯ ދެޓް ޔޫ އާޜ ނޮޓް ލައިކް ހިއުމަން…ޔޫ އާރ ލައިކް އަސް .. ޔޫ ނޯ ދެޓް ރައިޓް ..” އިޒާން އަހައިލިއެވެ. ” އައި ނޯ .. ބަޓް ކެން ޔޫ އެކްސްޕްލެއިން ސަމްތިން ޓް މީ ..” ލިވިޔާގެ މޫނަށް ވެރިވި ސީރިޔަސް ކަމާއެކު އަހައިލިއެވެ. އިޒާން މަޑުމަޑުން ބޯޖަހައިލިއެވެ.
“އަހަންނަށް އިނގެ އެންމެން ނުބުނަން އުޅުނަސް ކޮންމެވެސް ކަންތައް ގަނޑެއް އެބަ އުޅޭކަން… ދެރަ ކަމަކީ އެންމެން އަހަންނަށް ކަންކަން ސިއްރު ކުރަނީ… އަހަންނަށް ނުދެވޭ ބޭރަކަށް .. ބޭނުންވޭ ޔޫމީ އުޅޭހެން އުޅެން.. ޔޫމީ އާއި ކައި އާއި އަދި އެހެން ފުރެންޑުންނާ އެއްކޮން ވެސް ދާން ބޭނުންވޭ ބޭރަށް ..އެކަމަކު އަހަންނަށް ނޯވޭ އެ މިނިވަން ކަމެއް ..މަންމަ ވެސް ބައްޕަ ވެސް ހީވަނީ އަހަރެން ފޮރުވާގެން އުޅޭހެން.. ނުވީތަކަށް އަހަރެންގެ ގައިގަ އެބަހުރި ޕަވާސް .. ވަޓް ދަ ހެލް އިޒް ދިސް އޯލް..” ފުރަތަމަ ފަހަރަށް މީހެއްގެ ކާރީގައި އޭނާގެ ހިތުގައި އުފެދިފައިވާ ސަކުވާތަކުން މިންވަރެއް ބޭރުކޮށްލިއެވެ. ނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހީވަނީ އެންމެން އޭނާ އަނދިރީގައި ބަހައްޓާ ހެންނެވެ. ހާއްސަކޮން އަލާނިޔަލްގެ އެހުންނަ ސިއްރުވެރިކަމާއި ހެދި އެކަމާ ވެސް އެވަރަށް ވިސްނެއެވެ.
އިޒާން އަށް ތުންފަތުގައި ދަތް އެޅުނީ ބުނާނެ އެއްޗެއް ނޭގުމުންނެވެ. “އަހަރެން ލޯބިވޭ އިޒާން ދެކެ… އެކަމަކު މި ގުޅުން ކުރިޔަކަށް ނުގެންދާނަން ހުރިހާ ވާހަކަ އެއް ނުކިޔާދެންޏާ.. މަށައް އިނގޭ އިޒާން އަށް ކަމެއް ނޭނގޭ ނަމަ ތިހެންނެއް ނުހުންނާނެ ކަން… އެންމެން އަހަރެން އަނދިރީގަ ބަހައްޓަނީ…އަދި ބުނަން މިހާރު އެއްވެސް ކަމެއް ސިއްރުކޮށްފަ ފަހުން މަށައް އިނގިއްޖެޔާ އައިލް ނެވާ ލުކް އެޓް ޔޫ އީވެން އިފް އައި ލަވް ޔޫ..” އިޒާން އަށް ދުރުބަލައިލެވުނީ އޭނާ މަޖުބޫރު ވާން ފެށުމުންނެވެ. “ބައެއް ކަންކަން އިނގުމަށް ވުރެން ނޭނގުން ރަނގަޅުވާނީ..ލެޓްސް ފޮގެޓް އެބައުޓް ދެޓް” އިޒާން ލިވިޔާގެ ގައިގާ ބައްދާލަން އުޅުމުން ލިވިޔާ އެކަން މަނާ ކުރިއެވެ. “އައި ސެއިޑް އައިލް ކަޓް ޓައީސް ބިޓްވީން އަސް އިފް ޔޫ ޑޯންޓް ޓެލް މީ އެނީތިންގް …” ލިވިޔާ އަޑަށް ހަރުކަށިކަން ވެރިވެގެން ދިޔުމުން އިޒާން އަށް ހިންދިރުވާލެވުނެވެ.
“އަހަރެން ކިޔައިދީފާނަން އެކަމަކު އެންމެ ކަރުނަ ތިއްކެއް ވެސް މިލޮލުން ފައިބާ ތަން ބަލަން މަށައް ކެތްނުވާނެކަން ހަނދާން ބަހައްޓާތި..” އިޒާން ، ލިވިޔާގެ ކޯތާފަތުގައި ފިރުމާލަމުން ހިފާލަމުން ބުނެލިއެވެ. ލިވިޔާއަށް މަޑުމަޑޫން އިޒާންގެ އަތުގައި ހިފާލެވުނެވެ. ދެން ކިޔައިދޭށޭ ބުނާފަދައަކުން ބޯޖަހާލަމުންނެވެ.
އިޒާން ، ލިވިޔާގާތު އަލާނިޔަލް އާއި ކެރާގެ ވާހަކަ ކިޔައިދިނެވެ. ނަމަވެސް ގިނަކަންކަން އޭނާ ސިއްރުކުރިއެވެ. ލިވިޔާގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުން އެ ވާހަކަ އިވުމުން ޝޮކްޖެހިފައި ވަރު ހާމަވެއެވެ. އެ ދެލޯ ބޮޑުކޮށްލާފައި އިޒާން އާއި ދިމާލަށް ބަލަހައްޓާގެން އިނެވެ. ” ޔޫ.. މީން… އަހަރެންނަށް ގެއްލުމެއް ދޭންށޭތަ އެއުޅެނީ ކެރާ އާންޓް އެން ޑިފީ… ޔޫމީ އާއި ދޮންބެ ހުއްޓާ ބަޓް ވައި މީ… އަހަރެންދެކެ އެމީހުން ރުޅިއަންނަނީތަ … އެކަމް އެއީ ކީއްވެ.. އަނެއްކާ އަހަންނަށް ކަމެއް ކުރެވުނީތަ… ޕްލީޒް ކިޔައިދީބަލަ ކަންކަން ސިއްރު ނުކޮށް..” ފެންކަޅިވެފައި ހުރެ ލިވިޔާ އަހައިލި އިރު އަޑުވެސް ކުރެހިއްޖެއެވެ. “އޫމް.ކެރާ..އޭނަ އުޅެނީ ކޮންމެވެސް ކޮންމެވެސް ކަމަކަށް ކުޑަމަންމައާއި ބޮޑުބެގެ ފަރާތުން ރިވެންޖް ނަގަން ..ބަޓް އެމީހުން ނުކުރޭ ކަޑަ ކަމެއް … އޫމް ..އޭނަ ބުނެފައޮތީ ކުޑަމަންމަ ލިވީމެން ވިހެއުމުގެ ކުރިންވެސް ކުޑަމަންމައަށް އަހަރުމެން ނަސްލުގެ ގާލް އެއް ލިބިއްޖެޔާ މާކަ ރަނގަޅެއް ނުވާނެޔޭ.. ދެން ކުޑަ މަންމަ އަށް ލިބުން ޓޫ ގާލްސް ގެ ތެރެއިން ލިވީ ވީ އަހަރެމެންގެ ނަސްލަށް ..ލިވީއަށް ވެސް އިނގެއެންނު ލިވީގެ އަސްލު ދޯ… އެހެންވެ އޭނާ ކަމެއް ކޮށްފާނެތީ އެންމެންނަށް ލިވީގެ ސޭފްޓިއަށް މިހެން ހަދަން މަޖުބޫރު ވީ… ލިވީއަށް ނޭނގުނަސް ކެރާއަކީ އާދައިގެ މީހެއް ނޫން… އޭނާގެ މައިބަފައިންނާ އޭނާ އެއީ މި ނަސްލު ގެ ހަލާކު..” ކެރާގެ ނަން ކިޔަމުންދިޔައިރު އިޒާންގެ އަޑުގައިވި ރުޅިވެރިކަން ލިވިޔާއަށް ސިއްރެއް ނުވިއެވެ. އިޒާން ކެރާއަށް މަންމަ ކިޔުން އެއީ ނާދިރްކަމެކޭ ވެސް އެވަގުތު ލިވިޔާގެ ހިތައް އެރިއެވެ. ނަމަވެސް އިތުރަށް އަހާކަށް ލިވިޔާ ނޫޅެއެވެ. އޭނާ މިކަން އަމިއްލައަށް ހޯދަން އަޒުމް ކަނޑައެޅީ އެވަގުތުން ފެށިގެންނެވެ.
ކެރާގެ ހަގީގަތް އެކީ ނުކިޔާދިނަސް ކޮންމެވެސް ދުވަހަކުން ލިވިޔާއަށް ހުރިހާ ކަމެއް އިނގޭނެކަން އިޒާން އަށް އިނގެއެވެ. ނަމަވެސް މިވަގުތައް އިޒާންއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ މިއީއެވެ.
“ލިވީ ޕްރޮމިސް މީ ވަން ތިންގް .. ޑިފީ ވިޔަސް އަދި އެހެން އެއްވެސް ބޯއީ އެއް ވިޔަސް އިނގިލި ކުރި ޖައްސާލިޔަސް އަހަރެންގެ ކާރިގަ ބުނާތި.. މިބުނީ ޔަޒަކް އާއި ކައިވަންގެ ވާހަކަ އެއްނޫން އަދި ޒީހާން އާ ޒައުލްގެ ވާހަކައެއް ނޫން.. އެއީ ލިވީގެ ބެސްޓް ފްރެންޑް އަދި ދޮންބެ އެން ބޭބެ މެން. ސޯ އަހަރެން ވެސް ޓްރަސްޓް ކުރަން އެމީހުންނަށް.. ބަޓް ޑޯންޓް ޓްރަސްޓް އިތުރު އެއްވެސް ބޯއީ އަކަށް .. ޕްރޮމިސް މީ ..” ނުހަނު ސީރިޔަސް ވެފައި ހުރެ އިޒާން ބުނެލިއެވެ. ލިވިޔާ ބޯޖަހައިލަމުން އިޒާންގެ ގައިގާ ބައްދާލަމުން އިޒާންގެ ދެއަތްވެސް ލިވިޔާގެ ގައިގާ ވަށައިލިއެވެ. އެމޭގައި ބޯއަޅާލައިގެން އޮވެ ފުންނޭވާ އެއް ލިވިޔާ ދޫކޮށްލިއެވެ.” އެނީވޭ ..ތިވެސް އަހަރެންގެ ބޭބެ އެންނު” ލިވިޔާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ” ބޭބެ އަކާ ރައްޓެހި ވީ ކީކުރަން ބާ” އިޒާން ގާތައް އައީ ނުލަފާ ހިންޏެވެ. ލިވިޔާ އަނގަހަދާލިއެވެ.
“އެނީވޭ ކީއްވެތަ އަހަރެންނަށް މަނާ ކޮށްފަ އޮންނަނީ މި އެއްވެސް ޕަވާ އެއް ޔޫސް ނުކުރަން .. އެން ކޮންތާކަށް މިތިބީ އާދެވިފަ” ލިވިޔާ އެ އޮތްގޮތައް އޮވެ އަހައިލިއެވެ. ” އެއީ ލިވީގެ ސޭފްޓީއަށް ވިސްނާފަ ބޮޑުބެ ނިންމި ގޮތެއް ހެން ހީވަނީ .. އެކަމް ބުނަން މި އެއްވެސް ކަމެއް އެނގުނު ކަމަށް ނުހަދާތި އަދި .،. އެން މި ތަން ދޯ.. ދިސް އިޒް ދި ޕްލޭސް ވެއާރ ވީ ބިލޯންގް ޓު..” ލިވިޔާގެ ކޯތާފަތުގައި ފިރުމާލަމުން އިޒާން ބުނެލިއެވެ. އިޒާން ބުނެލި ވާހަކަ އަޑު އަހާފަ ލިވިޔާއަށް އިޒާންގެ މޭމަތިން ބޯ ހިއްލާލާފައި އެމޫނަށް ބޯލައިލެވުނެވެ. އިޒާން ވަގުތުން ބޯ ޖަހައިލިއެވެ. ” މިތާގެ މީހުން ކީއްވެ ހުސް ބްލެކް އެއްޗިސް ލަނީ” ލިވިޔާ އަހައިލިއެވެ. އިޒާން ހިންދިރުވާލެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ” އޫމް.. ނޭނގެ.. އަހަރެން ވެސް ދުނިޔެއަށް ނާންނަނީސް ވެސް އެގޮތައް އެގޮތައް އެކަން ވަނީ.. ސަގާފަތް ކަންނޭގެ” އިޒާން ހިނިގަނޑެއް ޖަހާލީ އިތުރަށް ލިވިޔާ އަހާފާނެތީވެއެވެ. ނަސީބަކުން ލިވިޔާ އިތުރު ސުވާލެއް ނުކުރެއެވެ. ދެމީހުން އެގޮތުގައި އެތައް ވާހަކަ އެއް ދެއްކުމަށްފަހު އެތައް ވައުދަކާއި އަހްދެއް ވުމަށްފަހު ގެޔަށް ދާން ވެއްޖެ ކަމަށް ލިވިޔާ ބުނުމުން އިޒާން އައެވެ. އޭރު ގަޑިން މެންދަމު އަލިވެ ތިނެއް ޖަހަނީ އެވެ. އެރޭ ވެގެން ދިޔައީ އަންނަން އުޅޭ ކޮޅިގަދަ ތޫފާނުގެ ހިލަމެއް ނުވާ އިޒާން އާއި ލިވިޔާގެ ހަޔާތައް ބަޙާރު މޫސުން ފެށުނު ރެޔަށެވެ.
****
ދުވަސްތައް މާޒީ އާއި އެކު ފާއިތުވަމުން ދިޔައެވެ. ހަރީފް މޫސުން ނިމި ފިނި މޫނު މޫސުން ފެށިއްޖެއެވެ. އިޒާން އާއި ލިވިޔާގެ ގުޅުން ގޭގެ ހުރިހާ ކުދިންނަށް އިނގެއެވެ. އެންމެންގެ ފަރާތުން ތަހުނިޔާ ކިޔުން އޮތެވެ. ގޭގެ ހުރިހާ ބޮޑެތި މީހުންކާރިގަ އެކަކު ވެސް އެދެމީހުންގެ ގުޅުމުގެ ވާހަކަ ނުބުނިކަމުގައިވިޔަސް އެމީހުންނަސް ވެސް އޮތި އިނގިފައެވެ. ނަމަވެސް ހުރިހާ ޒުވާނުން މާ ސިއްރުން އުޅޭތީ ބޮޑެތި މީހުންވެސް ސިއްރުން އުޅެނީއެވެ. ޔާސިރް އާއި އައްޒާމް ތިބެނީ އެކަމާ ނުހަނު އުފާވެފައެވެ.
އިޒާން އާއި ލިވިޔާ ބައްދަލްކުރަމުން ކޮންމެ ދުވަހަކު ވެސް ގެންދަނީ ލިވިޔާ ފޮތް ކިޔަން އިންނަ އުނދޯލީގައެވެ. އެގޮތުން ބައްދަލް ކުރި ރެއެއްގައި އަލާނިޔަލް އަށް އިޒާންމެންގެ ގުޅުން ހާމަވިއެވެ. އޭނާ މިލާންއަށް ގުޅާގެން ހުރެ ނުކުމެވުނީ އެދެމީހުންގެ ކުރިމައްޗަށެވެ. ތިންމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އިޒާން އާއި އަލާނިޔަލް އެކަކު އަނެއްކަކަށް ބަލާލީ ރުޅިވެރިކަމުގެ އަލިފާނުން ފިއްސާލަ ފަދަ ނަޒަރަކުންނެވެ. ފަސްދީ ދަމުން އަލާނިޔަލް ، ލިވިޔާއާއި ދިމާލަށް ބަލާލި ނަޒަރުން ލިވިޔާގެ މެޔަށް ފިނިވެލިއެވެ. ނުރައްކާތެރި އެވެ. ނަމަވެސް ނަޒަރުގައި ވަނީ ބަޔާންކުރަން ދަތި އަސަރެކެވެ.
އޭގެ ފަހުންދެހަފްތާ ވެއެވެ. މިޙާރަކަށް އައިސް އަލާނިޔަލް އުޅެނީ ލިވިޔާއާއި ވާހަކަ ދައްކާށެވެ. އޭނާ އާއި ގާތް ވާށެވެ. އެއްފަހަރު އަތުގައި އަތްލަފާނެއެވެ. އަނެއްފަހަރު ފައިގަ ޖަހާލަފާނެއެވެ. އިސްތަށިގަނޑަށް ވެސް ދަމާލަފާނެއެވެ. މިކަންކަމާ ލިވިޔާ ހުންނަނީ ސިހިސިހިއެވެ. ކުރިން އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ މީހަކު މިހާރު މިއުޅެންފެށި ގޮތަކުން އޭނާ ކަންތައް ބޮޑުވެއްޖެއެވެ. އިޒާން ކައިރީގައި ބުނަން ނުކެރިފައި ހުރެ ނަމަވެސް ކަންތައް މާގޯސް ވެދާނެހެން ހީވެގެން އެންމެ ފަހުން ލިވިޔާ ނިންމީ އިޒާން ގާތު ބުނުމަށެވެ.
***
އާދުވަހަކަށް އެރި އިރާ އެކު ދާނިޔަލް އާ މާޔާ އާއެކު މިލާން އިނީ ހެނދުނުގެ ނާސްތާ ކުރާށެވެ. ” މޯމް އިނގޭތަ ޑޭޑް ކުރީ ރޭ ސްލީޕް ވޯކް ކުރީ .. ގޮސް ހުރިތަން އިނގޭތަ.. މިންމި ކާގޭގަ ފެން ބޯން ހުއްޓާ އުޅުނީ ގޮސް ފްރިޖް ހުޅުވާފަ އޭގަ ތެރެއަށް ވަންނަން ..މިންމި ވަރަށް ކެތްކުރިން ނުހޭން އެކަމްވެސް ކެތްނުވީ މިންމިއަށް ..އެންމެ ފަހުން ހިނިގަނޑު ފަޅާއިގެން ދިޔާމަ ޑޭޑް އަށް ގެޓް މި ވާނުވާ ދެން ބޮލުގަ އަތް ލާފަ ކިޔަނީ މޯމް ކާރީ ނުކިޔާށޯ ދިމާ ކުރާނެޔޯ..” ހީހީފައި މިލާން ބުނެލި ވާހަކައަކުން މާޔާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އޭރު ދާނިޔަލް ވެސް ހެވިފައި އިނެވެ. ނަމަވެސް އޭނާ ބޮލުގައި އަތްކާއްތާލި ގޮތުން އެއިނީ ލަދުގަނެފައި ކަން އިނގުމުން މާޔާއާއި މިލާންގެ ގާތައް އިތުރަށް ހިނިއައެވެ. “މިންމި ކާރީގަ ނުބުނާށޭ ބުނީމަ ވެސް ތަ.. ދެން މަންމަ މިގަރުނު ނުނިމެނީސް ނުވެސް ހުއްޓާނެ ތިވާހަކަ އެއް ..” ދާނިޔަލް ހެވިފައި އިނދެ ލޯ އަޅާލުމުން މިލާން ދޫނެރެލިއެވެ. ތަފާތު މަޖާ ވާހަކައިގަ ތިބެ ސައިބޮމުންދިޔައިރު އެ ކުޑަ އާއިލާގެ މެދުގައި އޮތް ލޯބި ހާމަވެއެވެ.
ކުއްލިއަކަށް ސައިބޯން ތިބި ތިން މީޙުންނަށް ބޮޑު ސިހުމެއް ލިބުނީ ގޭގެ ދޮރުގައި ފައިން ޖެހިޖެހީނުން ދޮރު ވައްޓާލި އަޑަށެވެ. ތަށިތައް ތެރެއަށް އޫތައް ދޫކޮށްލުމަށްފަހު ނުކުންއިރު ތިންމީހަކު ތިއްބެވެ. ޒުވާން ދެ ފިރިހެނުންނާއި އަންހެނެކެވެ. ދެ ފިރިހެނުންވަނީ ކަޅުކުލައިގެ ކަކުލާއި ހަމަޔަށް އަރާ ކަޅު ޖެކެޓްގައެވެ. ޖެކެޓްތަކުގައިވާ ހުޑްބައި ބޮލަށް ވައްޓާލައިފާ ވާއިރު މާސްކެއް ވެސް އަޅާފައި ވެއެވެ. އެދެފިރިހެނުންގެ ގާތު މެދުގައި ހުރީ އަންހެނެވެ. ތަބިކައްޓާއި ހަމަޔަށް އަރާ ކަޅުކުލައިގެ ހެދުމެއްގައި ހުރި ކަޅުކުލައިގެ ވެއިލް އަކުން މޫނު ނިވާ ކޮށްފައިވެއެވެ. އޭނާގެ އަތުގައި ރޯކޮށް ފައިވާ ސިގިރޭޓެއް ދުން އަރައަރާ އޮތެވެ.
“ހެލޯ މިލާން..” ކެރާ އޭނާގެ މޫނުގައިވާ ތުނި ވެއިލް ނަގާލަމުން ނުލަފާ ވައްތަރަކަށް ހީލިއެވެ. ” މީނަ ބަހައްޓާފަ ..ގެންދޭ އެމީހުން ..” ގާތުގައިވާ ދެ ފިރިހެނުނަށް އަމްރުކޮށްލިއެވެ. އޭރު މާޔާ އާއި މިލާން ގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ދެލޯ ބޮޑުކޮށްލައިގެން ތިބިއިރު ބިރުގަނެފައިވާވަރު ހާމަވިއެވެ. ދާނިޔަލް ވެސް ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެތެރެހަށި ރޫރޫ އަޅައެވެ.
” ތީ ކޮންބައެއްތަ .. ކާކު ހުއްދަ ދީގެން މިގެޔަށް ތިވަނީ .. ނުކުމޭ.. ” ދާނިޔަލް ހަރު އަޑުން ގޮވާލިއެވެ. ދެން އިވިލީ ކެރާ ހިނިގަނޑެއް ޖަހާލިއަޑެވެ. “ވެއިޓް .. ދާނަން .. އެކަމް އަހަރުމެން ދިޔުމުގެ މިލާން އަށް ބާއީ ކިޔާފައެންނު ވާނީ ދާން ދޯ ހަހަހަ” ކެރާގެ އަޑުއިވުމުން މިލާން އަށް އެމޫނަށް ބަލައިލެވުން އިރު ކޮންމެވެސް މީހަކާ ވައްތަރުވިއެވެ. އެވަގުތު ގަނެފައިވި ބިރެއްގެ ބޮޑުކަމުން ކާކުކަން ސިކުޑިއަކަށް ނައެވެ.
ކެރާގެ އިޝާރާތަކަށް ބަލަބަލާތިބި ދެމީހުން ކެރާ ބޯ ޖަހައިލުމުން ކުރިޔަށް ޖެހިލިއެވެ. ދެމީހުންގެ އަތްތައް ދިއްކޮށްލުމާއިއެކުހެން އިސާހިތަކު އެއަތްތަކުން ނުކުތީ ކަޅުކުލައިގެ ބޯ ދުމެކެވެ. ދުންގަނޑު ބޯވަމުން ގޮސް ކޮޓަރީގައި ތިބި އެކަކު އަނެކަކަށް ނުފެންނަވަރުވިއިވިއެވެ. މިލާންގެ ނޭވާ ދިޔައީ ހާސްވަމުންނެވެ. ކޮށިއަރަމުން ދިޔުމުން އަނގަ ބަނދުކޮށްލިއެވެ. އިސާހިތަކު އިވިލީ މާޔާއާއި ދާނިޔަލްގެ ވޭނީ ހަޅޭކެގެ އަޑޭވެ. މިލާންގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. “މަންމާ …ބައްޕާ..ކޮބާ …ކޮބާތަ މަންމާ.. ބައްޕަ.. ކީއްވެތަ ވާހަކަ ނުދައްކަނީ” މާޔާ އާ ދާނިޔަލް އަށް ގޮވަމުން ދިޔަ މިލާން އަށް ރޮވެން ފެށުނީ އެދެމީހުންގެ އެއްވެސް އަޑެއް ބަޑެއް ނީވުމުންނެވެ. އެދެމީހުންނަށް ކަމެއް ވެއްޖެޔޭ މިލާންގެ ހިތް ބުނަންފެށުމުން މިލާން އަށް ގިސްލެވެން ފެށުނެވެ. އެހެންވެއްޖެނަމަ އޭނާ ދުނިޔެއިން ވެސް މޮޔަވެދާނެއެވެ. “މަންމާ …ވާހަކަ ދައްކަބަލަ ..ބައްޕާ..” އަދިވެސް ތަނެއް ސާފް ވާވަރު ނުވާތީ ރޮމުން ދިޔަ މިލާން ގޮތް ހުސްވާ ވަރުވިއެވެ. ހުރި ދިމާލަށް ރޮމުން ރޮމުން ތިރިވެވުނެވެ. އިރުކޮޅެއްފަހުން ދުންތައް ފިލާ ތަން ސާފްވީއިރު ދާނިޔަލް އާއި މާޔާގެ ހިލަމެއް ނުވެއެވެ. މިލާން ވަށާއިގެން ތަންތަން ބަލައިލިއެވެ. ނުވިތާކަށް ގޭގެ ކޮންމެ ތަންކޮޅެއް ވަކިވަކިން ބެލިނަމަވެސް އޭނާގެ މައިންބަފައިންގެ ހިލަމެއް ނުވިއެވެ. އެއްލެމުން ކަހަލަ ގޮތަކަށް މިލާންއަށް އައިސް ހުއްޓިލެވުނީ ކާމޭޒުގާތުގައެވެ. މިލާންއަށް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އިސްތަށިގަނޑަށް ވާންކޮށްލެވުނީ ބޯ ހާސް ވާން ފެށިވަރުންނެވެ. ކުއްލިޔަކަށް މިވީ ކިހިނެތް ހެއްޔެވެ. ނުހަނު އުފާވެރިކަމާއެކު މަޖަލުގައި އޭނާގެ ލޯބިވާ މައިންބަފައިންނާއެކު ސަޔަށް އިންސާފް ކުރަން ތިބިފަހުން ބައިގަޑިއިރު ވެސް ނުވާނެއެވެ. މިލާން ގިސްލާ ރޮމުން ދިޔައިރު އެހިތައް ނުހަނު ފުންއަސަރެއް ވަނީ ކޮށްފައެވެ.
“މަންމާ…އާހް..” އިސްޖަހާލައިގެން އިނދެ ރޮމުންދިޔަ މިލާން އަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ ބުރަކައްޓާއް އަރައިގެންދިޔަ ގަދަ ތަދުންނެވެ. މިލާންގެ ނޭވާ ވެސް ތާށިވީޙެން އެވަގުތުކޮޅު ހީވިއެވެ. ނުހަނު އުނދަގުލުން ފަހަތައް އަތް ގެންގޮސް އަތްޖައްސާލީ ބުރަކަށި ތެމޭހެން ހީވެގެންނެވެ. ބަލާލިއިރު ތާޒާ ލެއެވެ. މިލާންއަށް ފަހަތައް އެނބުރެވުނީ ބުރައްކައްޓަށް ވަމުންދިޔަ ތަދަކަށް ވެސް ބެލުމެއްނެތިއެވެ. އޭރު ހެވިފައި މިލާންއަށް ބަލަހައްޓާއިގެން ކެރާ ހުއްޓެވެ. ކައިރީގައި އެއްފަރާތަކަށް ވެއްޓިފައިވި ތުނިވަޅި ފެނުމުން އޭނާގެ ބުރަކަށިގައި އަތްޖައްސާލެވުނީ ވީގޮތް ފަހްމް ވުމުނެވެ. ” ކަލޭ ކިހިނެތް ވެގެން ތިއުޅެނީ..ކޮން ދުޝްމަނު ކަމެއް ލައިގަނެގެންތަ އަހަރެންގެ އާއިލާ އަށް ތިހެން ތިހަދަނީ .. ހަދާ ގޮތެއް ހަދާ މަށައް.. މަގޭ މައިންބަފައިންނަކަށް ނޫން..” މިލާން ބުރަކަށިންފައިބަމުން ދިޔަ ލެޔަކަށްވެސް ބެލުމެއްނެތި ގޮސް ކެރާގެ ކަރުގައި ހިފަން އުޅެގަތެވެ. ނަމަވެސް ކެރާ ، މިލާންގެ ބަނޑުގައި ފައިންޖަހާލި ބާރު މީނުގައި މިލާން ވިއްސައިގެން ގޮސް ޖެހުނީ މާޔާ ޕާން ފިހަން އޮންކޮށްފައިވާ މައިރޯވޭވްގެ ހޫނު ދަގަނޑުގައެވެ. މިލާންގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއިރު އޭނާ އަށް އޮތީ ނޭވާ ނުލެވިފައި ގުދަށެވެ. އޭރު މައިކްރޯވޭވްގައި ޖެހުނު އަތް އޮތީ ފިހިފައި އޮތްލެއް ބޮޑުކަމުން ކަޅުކުލައަރާފައެވެ. މިލާން ލާފައި ހުރި ޑޭންޑަލައިން ކުލައިގެ ހެދުން ވަނީ ލެއިން ކަޅި ވެފައެވެ.
ވައިރޯޅީއެއްހާ ހަލުވިކޮން ކެރާ އައިސް މިލާން ލާފައި ހުރި ހެދުމުގެ ކަރުވަޅުގައި ހިފާލާ އުފުޅާލިއިރު ކެރާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. މިލާން ބިރުން ރޫރޫ އެޅިޔަސް ހިތްވަރު އެލުޥާލާކަށް ބޭނުމެއް ނުވިއެވެ. މިލާން އުޅުނީ ކެރާގެ މޫނުމަތީގައި ޖަހަންވެގެންނެވެ. “ކަލޭ އަދިވެސް ތިއުޅެނީ މަގޭގެ ހުރި ނުބައިކަމާ ބާރު އިހްސާސް ނުވެގެންތަ.. ދެން ހަނދާން ނައްތާލާ ކަލޭގެ މައިންބަފައިން މަތިން.. ދެން އެމީހުންނެއް ނާންނާނެ” ކެރާ ވިހަގޮތަކަށް ހީލިއެވެ. “ނޫން .. ތިހެން ނަހަދާ.. އަހަންނަށް އަޅެ ކުރެވުނު ކަމެއް ވެސް އޮންނާނެއެންނު… މީހަކަށް ގެއްލުމެއް މަށައް ދެވޭނީވެސް ގެއިންބޭރަށް ނުކުމެވިގެންނެއްނު..” މިލާން އާދޭސް ކުރަމުން ދިޔައީ އިތުރު ގޮތެއް ނެތުމުންނެވެ. ” ހުއް.. ޑިފީ އާ އޮތް ހުރިހާ ގުޅުމެއް ކަނޑާލަ…ކެރޭނެ ތަ .. އެނޫން ގޮތެއް ނޯންނާނެ” ހެވިފައި އިނދެ ކެރާ ބުނެލިއެވެ. ” އޭރުން އަހަރެން މައިން ބަފައިން ސަލާމަތް ވާނެތަ.. ” މިލާން ރޮވިފައި ހުރެ އަހައިލިއެވެ.
ކެރާ ކުއްލިއެއްޖަހާ މިލާންގެ ބޯ ޓައިލްސް ޖަހާލީ ނުހަނު ބާރަށެވެ. އަނެއްކާ ވެސް އިވިގެންދިޔައީ މިލާންގެ ވޭނީ ރުއިމުގެ އަޑެވެ. “ނުކޮށްލާނަން.. އަހަރެންގެ ބޭނުން ފުދުނު ދުވަހަކުން ދޫކޮށްލާނީ..ކަލޭ އާއި ކަލޭގެ މައިންބަފައިންގެ ސަބަބުން އެންމެ ފުރަތަމަވެސް ޑިފީ އަހަރެންނަށް އޮޅުވާލީ.. އަހަރެން ބުނިން އަންހެން ކުއްޖަކާއި އެއްވެސް ގުޅުމެއް ނުބާއްވަން ..އެކަމް ކަލެއާއި ވާހަކަ ދައްކަން ޑިފީ މަށައް އޮޅުވާލީ.. ކަލޭ އާއި ދިމާވާން ޖެހުނީ ކަލޭގެ ބަފާ އާ ހެދި..މިގެޔަށް ޑީފީ ކައިރީގަ އަންނަން ނުބުނި ނަމަ މިއަދު މިހެނެއް ނުވީސް.. ކަލޭގެ އާއިލާ އަމިއްލަ އަށް ބުއި ބޮޑި މިއީ..އެކަމް ބުނަން ކަލެއަށް އޮތީ ދެ ގޮތް މިއަދު މިތާ މަރުވެދިޔުން ނޫނީ ޑިފީ ދޫކޮށްލުން” ރުޅިވެރިކަމާއެކު މިލާންގެ ހަށިގަނޑު އެތައް ވަރަކަށް އޭނާ ފައިންތެޅުމަށްފަހު ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް ގެންގޮސް ޓެރެސްއަށް ނެރުނު އިރު މިލާންގެ ސިފަ ވަކި ނުވާ ވަރަށް އެތަން މިތަނު ވަނީ ލޭ އައިސްފައެވެ. ކިރިޔާ ފުރާނަ ހުރިކަމެވެ. ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ލޮލުން ކަރުން އޮހޮރޭ ހާލުގައި ވެސް މާތް ރަސްކަލާނގެ ހަސްރަތައް ދުއާ ކުރަމުންދިޔައީ މިކަމުން ސަލާމަތް ވޭތޯއެވެ.
“އަދި ވެސް އެއްފަހަރު މިބުނީ ޑިފީ އާއި ދުރަށް ދާނީހޭ ނޫނީ ކަލޭގެ ފުރާނަ ދާން ހޭ ބޭނުމީ.. ” ކެރާ ، މިލާންގެ މޭ މައްޗަށް ފައިން އަރަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ. މިލާން ދިޔައީ ކޮށިއަރައިގެންނެވެ. އަނގައިން ލޭގަނޑު އޮރިގަތެވެ. ތިހެން ނުހަދާށޭ މިލާން ގޮވަމުންދިޔައެވެ. “ތީ..ތީ ..ކަ.ކަލޭ ކާކުތަ ތީ އަހަ..އަހަރެމެން ދެމީހުން ދޭތެރެއަށް ވަން..ވަންނަން.” ބަލިއަޑަކުން މިލާން ވާހަކަ ދައްކަމުންދިޔައިރު އަނގައިން ލޭތައް އަންނަނީ ގަނޑުގަނޑަށެވެ. ” ހޫމް.. އަހަރެން މިއީ އޭނާގެ ކޮންމެ މީހަކަށް ވިޔަސް ކަލެޔަށް ކީއްކުރެވޭނީ.. ބޭކާރު ވާހަކަ ނުދައްކާ ބުނޭ ކިހިނެތް ބޭނުންވަނީ” ނުލަފާ ވައްތަރެއް އަނގަޔަށް ޖައްސައިގެން ހުރެ ކެރާ ހަޅޭއްލަވައިގަތެވެ. ” އަހ..އާހް.. އަހަރެން ޑިފީ ދެކެ ވަނީ ތެދުވެރި ލޯ..ލޯބި.. މިހާރު އަޑު އިވިއްޖެތަ.. އަހަރެން މަރުވިޔަސް ފަރުވާލެއް ނެތް ..އަހަންނަށް މިދުނިޔެމަތީގައި އެންމެ މުހިއްމު ދެމީހުން ތި އަނިޔާވެރިޔާ އަތުން އަހަންނާ ތި ދުރުކޮށްލީ….އެދެމީހުންނާއި ޑިފީ އާ ނުލާ އަހަރެން ބޭނުމެއް ނުވޭ އެކައްޗެއް ވެސް.. އަހަރެންގެ ޖަވާބު ވަރަށް.. ސާ ..ސާފް ކަމަށް ހީކުރަން.. ” ހިތި ގޮތަކަށް މިލާންއަށް ހީލެވުނީ ދެން ސަލާމަތް ނުޥާނޭ ހިތައް އެރުމުންނެވެ. “ހޫމް އޯކޭ ބާއީ ..” އެއްވެސް ރަހްމެއްނެތި މިލާންގެ ހަށިގަނޑުގައި ފައިން ޖެހާލި ބާރު މިނުގައި ޓެރެސްގެ ރެއިލިންގް ދަނގަޑު ބިއްދާގެން ގޮސް އެއާއެކު ތިންވަނަ ބުރިން މިލާން ތިރިއަށް ވެއްޓެން ދިޔަ ވަގުތު މިލާން ހޭވެރިކަން ފިލާން ދާން ފެށިއެވެ. “ޑި..ފީ..” އެލޮލުން ވެއްޓުނު އެންމެ ފަހު ކަރުނަ ތިއްކާ އެކުވެސް އަލާނިޔަލްގެ ނަން ފޫއަޅުވާ ނުކުންއިރު ތިރީގައި ޕާކްކޮށްފައި އޮތް ކާރެއްގެ މައްޗަސް މިލާން ޖެހުނެވެ. އެއާއެކު އެ ސަރަހައްދުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ލިބިގެން ދިޔައީ ޝޮކެކެވެ. މިލާން ލެއިން ކަލިވެފައިވާ އިރު ނޭވާ ލާހެން ވެސް ހީނުވެއެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





This is just a copy. Heevany hama ehen. Dandelions kulaige gamys, Black wings. Mi heevany yoon ge vaahaka in copy kohfai huri hen. Writer ah bunelan othy amihla ideas beynun kurihya maa rangalhu vaane ey ehen meehun ge stories thah copy nukoh. Negetive koh nun ingey mi bunee. Hama eh goi kamun bunevunee. It all literally looks copied
Yoooon ge fiya fai adhi E kujja story ge bai varu parts thah mashuni kohgen liefa huri hen heevany. Girl just write your own ideas instead of stealing and ur on plagiarism
salaam ❤️❤️ here is the 26th part of hiraas.. saugu verikamaa eku ehn part thakekey ehfadhain hurihaa readers eh vx mi part vx kiyaalaane kamah unmeedhu kuran..❤️❤️❤️ curious hisaabakun dw mi ninmaalevny heheh.. lets see dww what will happen next ❤️❤️next part insha allah will be on soon ❤️❤️❤️
stay safe dear all readers n stay home ❤️❤️❤️
n bunelan ebeh vaahaka eh hurihaa kudhin gaathu vx.. yoon ge fiyafai n ekujja 1 & 2 r mashuni kohgen egothah copy kuran nagafa in vaahaka eh non igey mi ee.. v thafaathu 2 misraabakah midhany mi story .. dandaline kulaigen n black wing its not a copy.. first black dress ethaaga jahaafa fahun ekula ah change kury light kula eh v ma blood araane ey hithah araafa.. ehvx haalega copy eh noon mii.. n one thing hamebunelaany fiyafai vaahkaiga wings laafa huri boy eh ulhuney inyma eyge maana aky mi storyga vx vaany ehennekey noon dear readers .. v baivaru vaahakaiga hurey dandaline kulaage shirts ge vaahka vx n wing huri boys vaahaka.. n mi story aky v kurin liyefa in vaahka eh ..i think mddle of 2016.. n fictional love story eh mi ee.. wings ge part ehaa bodukon aii vx adhi mi part ga kanneyge …. bt fahun viyas wing ge part eh aumaky ekashYgenvaa kameh .. ekm eyge maana aky copy kurumeh noon..
Yess u r right.. Yoon eh noon Hama ekani. V Gina writers vx hure fictional story liyefa… E writers vx e liyany knme hen copy kuraakah noon …kiyuntherin foohi kameh nethi kiyaaleveyhaa reethi kon liyan beynun vaany knme writer eh vx.. ahahren bunaany Yoon ekani eh nooney dandline kulaige dress part genesfa wings part gennay..n hadhaan aavefa hadhaan nethey vaahaka fennany .. copy ekey bunevey vareh noon mi dhe story dhaa goi ehaa thafaathu.. Yoon ge e vaahaka vx v reethi n annora ge mi vaahaka vx v v v reethi..
Mi vaahakaige mi part in Eba igey liviya ge baaruthakeh hunna Kan n liviya ge vx wings Inna hen Eba hyvey.. bt ekuhjaa vaahakaige nuvey migothah .. zaileen ah nuhurey mikahala baareh.. … It’s a different … So mi vaahka mi copy ekey hunevey Varun henneh mashakah hiyeh nuvey…mi Hama annora ge amihla ufehdhumwh hen hyvany..ehn noonas mi story ga v neh fiyafai vaahakaige hen wing ge vaahka..eyga ravikaan udhuhey vaahka v hurey ..mi ga izaan udhuhey vaahka e aii adhi. So don’t judge what u think…
It’s not a copy..it’s her own story
???Wooooooow. Mi part V. V. V reethi maasha Allah ??????. Ya Annora mi part nimaaly Varah curious kohlaafa ???. Zaan haadha laanethey dhwww☺️☺️☺️. Poor milaan, ????keraa jeheytha ekahala kanthah kuran??? kuda ves rahumeh netheytha keraage?? kuda kuda kujjehge aailaa aa ekujja yaa maraaley??? milaan mareh nuvey dhw Annora ?. Waiting curiously for the next part ??
LYSSM ???
Stay home
Stay safe
Tc dear?
awnnn ❤️❤️ thank you maaashh❤️❤️ yhhh keraa haadha bad ey dw.. heheh❤️❤️ milaan ah dhen vaa goibalaalan higaa dw❤️❤️insha allah soon i will submit next part❤️❤️❤️ lym dhoonii ❤️❤️ stay safe n sty home❤️❤️
Vv reeethi story dhaa goi… Annora ah bunelaany faadu kiyaane .. ekamaku eii kuri erumeh kamah balaagen kuriyah dhiyahya ragalhu vaane insha Allah
Stay safe n stay home????