Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބިވިޔަސް… 9 ވަނަ ބައި

Shaila Level 110 Stories
May 7, 2021 12 Mins Read
0 Comments

” ނަޒާ.. އާދެބަލަ.. އަހަރެން އެބައޮތޭ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ.. ކިހާ ދުވަހެއް މިވާހަކަ ދައްކަން އުޅޭތާ..”

މިފަހަރު ޒަހީންގެ އަޑުގައި ހުރީ ޒާތެއްގެ ރުޅިވެރިކަމެކެވެ. ނަޒާހާއަށް އިތުރަށް ކުރިއަށްދާކަށް ނުކެރުނެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.

” އެބަ އަންނަން.. ފާހާނާއަށް ވަދެފައި.. ”

ނަޒާހާ ދެއްކީ ގަބޫލުކުރެވޭވަރުގެ އުޒުރެކެވެ. ޒަހީން ދައްކަން އުޅެނީ ކޮންމެ ވާހަކައެއްކަމުގައިވިޔަސް ނަޒާއަށް ފަރުވާލެއްނެތެވެ. ޒަހީންއަށް ބަލާލުމެއްވެސް ނެތި ހަލުވި ހިނގުމެއްގައި ކޮޓަރިއަށްވަދެ ދޮރުލެއްޕުމަށްފަހު އަތްދަބަސް އަތުކޮޅަށް ހޫރާލިއެވެ. ދޮރުގައި ލެނގިލައިގެން އިށީނެވެ. ހިތަށްވެރިވެފައިވާ ނުތަނަވަސްކަމާއި ހާސްކަން ދަނީ އިތުރުވަމުންނެވެ. އެތައް ވާހަކަތަކެއް އެއްފަހަރާ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތަށް ހިފެހެއްޓުމެއްނެތި ހޯސްލާފައި އެ ކޯތާފަތް މަށްޗަށް އޮހިގަތެވެ. އޭނާ ޕްލޭން ކުރިގޮތަށް އެއްވެސް ކަމުން ނުދިޔުމުން އެހިތަށް ލިބެމުން ދަނީ ބަޔާން ކުރަން ދަތި ހިތްދަތި ކަމެކެވެ. ބަނޑުބޮޑުވާނެކަމުގެ އުންމީދުގައި ވަރަށް ރޭވުންތެރިކަމާއެކު އެކަން އެގޮތަށް ކުރުމުންވެސް އޭނާ ބަނޑުބޮޑެއް ނުވިއެވެ. އޭގެފަހުން މިހާރު ދެމަސް ނިމިގެން ދިޔައީއެވެ. އަދިވެސް އޭނަ މަސައްކަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މާޔޫސްވެ ކެތްތެރިކަން ކުޑަވީނަމަވެސް އަދިވެސް އުންމީދަކީ ޒަހީންއާ އިނދެގެންހުރެ ޝިފާންގެ ދަރިއެއް އޭނަގެ ބަނޑުން އުފަން ކުރާށެވެ.

ނަޒާހާ ލަސްވެގެން ޒަހީންގޮސް ދޮރުގައި ޓަކިދިނެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން އަވަސްއަވަހަށް ތެދުވެގެން ގޮސް ފާހާނާއަށްވަދެ މޫނު ދޮވެލައިގެން ނިކުމެ ކޮޓަރިގެ ދޮރުހުޅުވިއެވެ.

” ވަޓްސް ރޯންގް”

ނަޒާހާގެ މޫނަށް ބަލާލުމަށްފަހު އެމޫނުން ފެނުނު ނުތަނަވަސްކަންފެނިފައި ޒަހީން އަހާލިއެވެ. ޖަވާބެއް ނުދީ ނަޒާހާ ގޮސް އެނދުގައި އިށީނެވެ. ޒަހީން ގޮސް ކައިރީގައި އިށީނީ ނަޒާހާއަށް ކުރިމަތިވާ ގޮތަށެވެ. ހާމައަށް ދޫ ކޮށްލެވިފައިވާ އެ އެއިސްތަށިގަނޑުން ނަޒާހާގެ މޫނުގެ ބައެއްވަނީ ފޮރުވިފައެވެ. ޒަހީންގެ އަތުން ނަޒާހާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. ކޮނޑުގައި އަތްއަޅުވާލައިފަ ކައިރިކޮށްލަން އުޅުމުން ނަޒާހާއަށް  ފާޑެއްގެ އުނދަގުލެއް އިހުސާސެއްވިއެވެ. އެހެންނަމަވެސް ފާޅުގަ އެކަމަށް އިންކާރު ކުރަން ނުކެރިގެން އޭނާވެސް ޒަހީންއާ ކައިރިވެލިއެވެ. ޒަހީންގެ މޭގައި ބޯއަޅާލައިގެން އިނީ ބަސް ހުއްޓިފައިވާ މީހެއްފަދައިންނެވެ. ޒަހީންގެ އަތް ނަޒާގެ އުނަގަނޑުގައި ވަށާލިއެވެ. ހިނދުކޮޅަކަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ޒަހީންއަށްވެސް ވާހަކަ ފަށާނެ ގޮތެއް ނޭނގިފަ އިންކަހަލައެވެ.

” ހިނގާބަ ރިސޯޓަކަށް ގޮސްލަން.. އެހެން ނޫނީ ކޮންމެސް ބޭރުގައުމަކަށް ވިޔަސް އޯކޭ.. ނަޒާ ބުނޭ ބޭނުން ތަނެއް.. ”

ވިސްނާލުމަށްފަހު ޒަހީން ބުނެލިއެވެ.

” އޯކޭ ވާނެ ކޮންމެތަނެއްވެސް..  ޒަހީން ބޭނުންވާ ކޮންމެ ތަނަކަށް ދާން ރެޑީގަ މިހުރީ”

ޒަހީންއާ ދުރަށް ޖެހިލަމުން ހިނިތުންވާ މަސައްކަތް ކުރިއެވެ. އެހެނަސް އެތުންފަތް މައްޗަށް މިފަހަރު ހިނިތުންވުމެއް ނުގެނެވުނެވެ.

” ކޮންވާހަކައެއްތަ އެހާ މުހިއްމު ވާހަކައަކަށް އޮތީ”

އިރުކޮޅަކު ދުރުބަލަން އިނދެފައި  ނަޒާހާ ބުނެލިއެވެ.

” އެވާހަކަ ދެއްކޭނީ ވަރަށް ހަމަޖެހިލައިގެން.. މިހާރު ވަރަށް ބަނޑުހައި.. ނަޒާއަންނަންދެއް މިހުރީ ނުކައި..”

ޒަހީން ނަޒާގެ މޫނަށް ނަޒަރު ހިންގާލިއެވެ؛

” ހިނގާބަ ކާން.. ކޯޗެއްކާނީ..”

ނަޒާހާވެސް ޒަހީންއާ ރުހޭކަން ދައްކާލިއެވެ. އަދި އެހާ އަވަހަށް އެހެން ދުރުން އުޅުނީމަ ނިކުންނާނެ ނަތީޖާއެއް ހިތަށް އެރުމަށްފަހު ނަޒާހާވެސް ތެދުވެ ޒަހީންގެ އަތުގައި ހިފާލިއެވެ.

” ކޯޗަކަށް އޯޑަރު ކުރާނީ”

ފުރިޖުން ފެންފުޅިއެއްނަގައިގެންގޮސް ޒަހީން ކައިރިއަށް ހުއްޓެމުން ނަޒާހާ ބުނެލިއެވެ.

*******************************************

އާތިފުއާ މަހުދީ ތިބީ މަސައްކަތް ނިންމާލުމަށްފަހު ލިބުނު ހުސްވަގުތު ކޮޅުގައި ގޮސް ކޮފީއެއްބޯލާށެވެ.

“ހޫމް.. ކިޔައިދީބަލަ.. ހަމްނާ.. މީ ކޮންކަހަލަ ޑްރާމާއެއް”

އާތިފު ކަނދުރާގައި އަތް ހިންގާލިއެވެ.

ހަމްނާގެ ވާހަކަ ފެށިގެން އައިގޮތާއި ހުރިހާވާހަކައެއް މަހުދީ އާތިފުއަށް ކިޔައި ދިނެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައި އަނގަހުޅުވިފަ އިން އާތިފް ސިއްސައިގެން ދިޔައީ މަހުދީ ފުއްޓަތްކެއް ޖެހުމުންނެވެ.

” އަހަންނަކަށް ނޭނގެ ބުނާނީ ކީކޭ ކަމެއްވެސް”

މޭޒުމަތީގައި ދެއަތްއަޅާލަމުން އާތިފު ފުން ނޭވާއެއްލިއެވެ.

” އޭނަ ދެކެ ލޯބި ނުވިޔަސް … އެޓްލީސްޓް .. ގިވް ސަމް ރެސްޕެކްޓް ހާ”

މަހުދީ އިނގިލިތަކުން މޭޒުމަތީގައި މަޑުމަޑުން ޖަހާލިއެވެ.

” އޮބްވިއަސްލީ.. އހަރެން ރެސްޕެކްޓް ކުރަމޭ.. ޝީ އިޒް ކިއުޓް.. އިނޮސެންޓް..  އެކަމު ތަންކޮޅެއް ޑުރާމާ ބޮޑުހެން ހީވަނީ.. ”

އާތިފު ދެކޮނޑު އަރުވާލިއިރު އެތުންފަތުގައިވަނީ ލުއިހިނިތުންވުމެކެވެ.

” އޭނަ މާ ބޮޑަށް ނާވަސްވީއޭ.. އެވަރުކަމެއް ވެދާނެ ދޯ..”

މަހުދީ ދިމާކޮށްލިއެވެ.

” ސޯ.. މަ ކީކޭ ބުނަންވީ..”

އާތިފު އެކުވެރިޔާގެ ޙިޔާލަށް އެދުނެވެ.

” މިއަދު ގުޅާނަމޭ ބުނީމެއްނު..؟؟ މިހާރު ފުރީއެއްނު.. ގުޅާފަ ބުނޭ އާތީ ބޭނުމިއްޔާ ބޭނުމޭ.. ނޫނިއްޔާ ބޭނުމެއް ނޫނޭ.. ”

މަހުދީ ޙިޔާލު ދިނެވެ. އާތިފް ބޭނުން ނޫނަސް އޭނައަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެހެންވެ ހަމްނާއަށް ގުޅާފައި އޭނަވެސް ހަމްނާއާ އިންނަން ބޭނުންވާހަކަ ބުންޏެވެ.

” އޭނަގެ ޕޭރެންޓްސް ގަބޫލުވާނެތަ މިކަމާ.. ހަމްނާ އެވަރުގެ ނިންމުމެއް ނިންމި އިރު އެމީހުންގެ ހިޔާލު ހޯދިތަ؟

އާތިފު އޮޅުންފިލުވަން ބޭނުންވިއެވެ. ސަބަބަކީ އާތިފުއަކީ މީހަކާ އިނދެ ދަރިއެއް ލިބިފައި ހުރި ރަށުގެ ފަގީރުއާއިލާއެއްގެ ކުއްޖަކަށްވެފައި ހަމްނާއަކީ މުއްސަނދި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

” މަންމަމެން ނުވާނެ ހަމްގެ ނިންމުމަކާ ދެކޮޅެއް..އާތީއަށްވެސް އިނގެއެއްނު އެމީހުން އެއީ ކިހާ ރަނގަޅުބައެއްކަން”

މަހުދީ ތަފްސީލު ކޮށް ދިނެވެ. ހަމްނާގެ މައިން ބަފައިންނަކީ މަހުދީއާ އެއްވެސް ލޭގެ  ގުޅުމެއް އޮންނަ ބައެއް ނޫނެވެ. އެހެންނަމަވެސް މަހުދި ދާދި ތުއްތު އުމުރުގައި ކުޑަކުދިންގެ ހިޔާއިން ގެނެސްގެން ބަލާބޮޑުކުރީ ޒަރީނާގެ ދެމަފިރިންނެވެ. ސަބަބަކީ ޒަރީނާއާ ފިރާގު ކައިވެންޏަށް އެތަށް ދުވަހެއްވީ އިރުވެސް އަދި އެތަށް ބޭސްފަރުވާއަށްފަހުގައިވެސް  އެމީހުނަށް ދަރިޔަކު ނުލިބުމުންނެވެ. އެމީހުނަށް ހަމްނާ ލިބުނީ  މަހުދީ ގެނެސްގެން އަމިއްލަ ދަރިއެއް ފަދައިން ބަލަމުން ދަނިކޮށެވެ. ހަމްނާ ލިބުމަށްފަހުވެސް އެމީހުން މަހުދީއަށް އެއްވެސް ތަފާތު ކުރުމެއްނެތި ގެންގުޅުނެވެ. އަދިވެސް އެގުޅުން އެގޮތުގައެވެ. އެމީހުންދެކެނީ މަހުދީ އަކީ އެމީހުންގެ ދޮށީ ދަރިފަދައިންނެވެ. މަހުދީ ދިރިއުޅޭގެއަކީވެސް ޒަރީނާމެންގެ ގެއެކެވެ. ޒަރީނާއާ ވާފިރުއަކީ މީހުނަށް ވަރަށް ހެޔޮ ދެމަފިރިންނެވެ.

” އެމީހުން ރަނގަޅު މިރަށުގެ އެންމެނަށްވެސް.. ދެން އޭގެ މާނައެއްނުން ދޯ އެއީ.. ކޮންމެ މީހަކު ބުނާއިރަށް ހަމްނާއާ ކައިވެނިކުރަން ރުހޭނެއެކޭ”

އާތިފު އިތުރަށް ސުވާލު ކުރިއެވެ.

” ކިހާ ދެރަކަމެއް ދޯ..”

މަހުދީ އަޑު ގަދަކޮށްލިއެވެ.

” އޯކޭ މައްސަލައެއްނެތް.. އެކަމް ހަމްނާ ކައިރީގައި ބުނާތި އަދި އެހާ އަވަހަށް މެރީއެއް ނުކުރެވޭނޭ.. އަހަންނަށްވެސް ވަގުތުކޮޅެއް ދޭށޭ.. ”

އާތިފު ދެބުމަ ކައިރި ކޮށްލިއެވެ.

” ކަލޭ ބުނޭ.. އަދިވެސް މަދޯ ބުނަންވީ.. މަށަށްވާ ވަރު މަކޮށްދީފައެއޮތީ”

މަހުދީ ކޮފީތަށިބަހައްޓަމުން ބުނެލިއެވެ.

” ކަލޭވެސް މި ޑްރާމައިގަ ބައިވެރިވެފަ އޮތީމަ މިބުނީ.. އެކަމު ދެން ތިވީ ގޮތުން އަހަރެން ބުނާނަން.. ”

އާތިފު އަދިވެސް ހުރީ އެނިންމުމަކީ ރަނގަޅު ނިންމުމެއް ކަމާމެދު ޝައްކު ހީވެފައެވެ.

އާތިފު މީހަކާ އިންނަން ބޭނުންވާ ހަމައެކަނި ސަބަބަކީ އޭނާގެ މަންމައަށްޓަކައެވެ. އެހެންނަމަވެސް އޭނައަށް ހަމްނާ އުފަލުގައި ގެންގުޅެވިދާނެބާއޭ ތަކުރާރުކޮށް ހިތަށް އަރަމުން ދިޔައެވެ. ހަމްނާ އެއުންމީދު ކުރާވަރުގެ މީހަކަށް އާތިފުއަށްވެވިދާނެބާއެވެ.

މަހުދީ ދެލޯހަނިކޮށްލަމުން ބޮލުގެ އިޝާރާތުން މީހަކު އެކޮޅުން އަންނަކަމުގެ އިޝާރާތެއް އާތިފުއަށް ދިނެވެ. ދެތިން ސިކުންތު ކޮޅުގައި އަރާހަމަކުރީ ޝީޒާއެވެ.

” އަހަރެން އިށީންނަންތަ؟؟”

ޝީޒާ ފާޑަކަށް ތުއިވެލާފަ ބުނެލިއެވެ.

” އަވަހަށް އިށީނދޭ”

މަހުދީ ކައިރީގައި ހުރި ގޮނޑި ދައްކާލަމުން އަތުން އިޝާރަތް ކުރިއެވެ.

” އަހަރެން ދައްކާލަން ޖެހޭ ވަރަށް ބޮޑުވާހަކައެއް އެބައޮތް.. އާތީ.. ކޭން އައި؟؟”

ޝީޒާ ދެއަތް ދެއަތާއި އުނގުޅާލަމުން ބުނެލިއެވެ. އޭރުވެސް އެންމެ އިރުކޮޅަކުވެސް އޭނާގެ ނަޒަރު އާތިފުގެ މޫނާއި ވަކިނުވެއެވެ.

” މަހުދީ… އަހަރެން ބޭނުން އާތީއާ އެކަނި ވާހަކައެއް ދައްކާލަން..”

ޖަވާބެއް ނައުމުން ޝީޒާ އެތަނަށް ދިޔަ ބޭނުން ހާމަކުރިއެވެ.

މަހުދީ ތެދުވެގެން ދަމުން އާތިފުގެ ކޮނޑުގައި އަތުން ހިފާލިއެވެ. އަދި އިރުކޮޅަކުން އެބަ އަންނަމޭ ބުނެފައި އެދެމީހުންނަށް އެވަގުތުކޮޅު ދިނުމަށްފަހު އެތަނުން ދިޔައެވެ.

އާތިފު އިނީ ފޯނު ނަގައިގެން ކޮންމެވެސް އެއްޗެއް ބަލާށެވެ. އޭނާ އިންގޮތުންވެސް އިނގެނީ ޝީޒާއާ ދިމާލަށް ބަލާލަންވެސް ބޭނުން ނުވާކަމެވެ.

“އާތީ… ކޮބާ އަހަރެންގެ ކުށަކީ..؟؟

ޝީޒާގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.

” ޝީޒާ.. އަމް ސޮރީ.. އަހަރެންގެ ބިޓެއް ހުރޭ.. އެހެންވީމަ ކިހިނެއް ތިކަން ޝީޒާ ތިބޭނުންވާ ގޮތަށް ކުރެވޭނީ..”

އާތިފު ވާހަކަ ދެއްކީ ސާބިތުކަމާއެކުގައެވެ.

ޝީޒާ ފުންމައިގެން ތެދުވެ ބާރަށް މޭޒުމަތީގައި ޖެހިއެވެ. އަދި ދަމުން ދިޔައީ އާތިފުއަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

އާތިފުއިން ގޮތަށް އިނީ ޝީޒާއާ ދިމާއަށް އެންމެ ފަހަރަކުވެސް ބަލައެއްނުލައެވެ.

**************************************

” ބޭބީ.. ”

ޒަހީން ނަޒާހާގެ ހާމައަށް އޮތް ހަށިގަނޑުގައި ބައްދާލައިގެން އޮވެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ.

” ވަރަށް ބަނޑުހައި.. އެބަ އަންނަން ފެންވަރައިގެން އެއްޗެއް ކާން..”

މިފަހަރު ރިސޯޓަށް އައި ފަހުންވެސް އެހެންޏާ ޒަހީންގެ މޫނުމަތިން ކުރިން ނުފެންނަ ނުތަނަވަސް ކަމެއް ނަޒާހާއަށް ފާހަގަކުރެވުނެވެ. ނަޒާހާއަށް އެކަމާ ކޮންމެވެސް ވަރަކަށް ވިސްނާލެވުނެ. ބޮޑު ތޫފާނެއް ފެށުމުގެ ކުރިން ވެރިވެފައިވާ

ހަމަހިމޭންކަންފަދައެވެ. ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއްކަމެއް ނަޒާހާއަކަށްވެސް ނޭނގެއެވެ. ކޮންމެގޮތެއްވިޔަސް ޒަހީން އެނާ ދޫކޮށް ނުލާނެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ދެމީހުން ތައްޔާރުވެލައިގެން ދިޔައީ ރެސްޓޯރެންޓަށަވެ.

ޒަހީން ނިންމައިގެން ހުރީ މިއަދު އޭނާ ދައްކަން އެއުޅޭ ވާހަކަ ނަޒާކައިރީގައި ދައްކާނެ ގޮތަކާމެދުގައެވެ. އަދި އެވާހަކަތައް ދެއްކުމަށް ފަހު ނަޒާހާ އޭނާއަށް ގެއްލިދާނެތީވެސް ވަރަށް ހިތް ބިރުގަނެއެވެ.

“ބޭބީ..”

ޒަހީން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ.

” ކާލަބަ..”

ނަޒާހާ ކާންއިން ސީފުޑްރައިސްތަށި ސަމްސަލުން ހާވަން އިނދެފައި އެއިން އެތިކޮޅެއްނަގައި ޒަހީންގެ އަނގަޔަށް ލައްވައިދިނެވެ.

ޒަހީންގެ އެ ހަމަހިމޭންކަން ނަޒާހާއަށްވެސް އުނދަގޫ ކުރުވިކަހަލައެވެ.

ކާންގޮސްފައިވެސް ޒަހީން އެއްވެސް އެއްޗެއް ކާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޯން ގެނައީ ހަމައެކަނި ތާޒާ މޭވާ ޖޫސްތައްޓެއްކެވެ.

“ބޭބީ.. އަހަރެން ބުނަން އުޅުނު ވާހައަކީ.. ”

ޒަހީން ވާހަކަ ދެއްކީ އުނދަގޫ ކަމާއެކު ގައެވެ.

ނަޒާހާ އިނީ ހުރިހާ ސަމާލުކަމެއް ޒަހީންއަށް ހުސްކޮށްގެންނެވެ.

” ބުނެބަލަ.. މިހާރު ބިރުގަންނަން ފަށައިފި.. އަނެއްކާ.. އަހަންނަށް ކުށެއް ކުރެވުނީތަ..؟”

“ނޫނޭ .. ކުއްވެރިޔަކީ އަހަރެން.. އަހަންނަށް ވަނީ ވަރަށް ބޮޑު ކަމެއް ނަޒާއަށް ސިއްރުކުރެވިފަ..”

ޒަހީން އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ.

” ޕްރޮމިސް މީ.. އަހަރެން ދޫކޮށް ނުލާނެކަމަށް މިވާހަކަތައް އެނގުނީމަ..”

ޒަހީން ނަޒާހާގެ ދެއަތްތިލައިގަ ހިފާ ބާރު ކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

އެކަނިވެރި ދުނިޔެ…

Next

ﷲގެ މަގަށް ރުޖޫޢަވާށެވެ.

Next
May 7, 2021

ﷲގެ މަގަށް ރުޖޫޢަވާށެވެ.

Previews
May 6, 2021

އެކަނިވެރި ދުނިޔެ…

All Right Reserved!