
އިންޝާ އަދި ޒަކްވާންއައް ފެނުނީ ހެމުން ހެމުން ދޮރުން ވަދެގެން އައި މީކާއިލް އާއި އަލްޔާއެވެ.އެމީހުން ފިހާރައައް އެއައީ އިންޝާ އަދި ޒަކްވާން އައުން ލަސްވެގެންނެވެ.
އިން….ހާދަ ރުޅި އައިއްސަ….މިހާރުވެސް ކަންފަތުން ދުން އަރާތަން އެބަ ފެނޭ… ދޯ އަލް.މީކާއިލް ފިހާރައައް ވަދެފައި އިންޝާ އާއި ބެހި ލިއެވެ.
ދޮންބޭ ނޫނެކޭ…. ފިހާރައަށް ވަންތަނާ މޮޔަޔަކާ ދިމާވީ. އިންޝާ ދިވެހިން ވާހަކަ ދެއްކުމުން ޒަކްވާން އަދި އަލްޔާ ތިބީ ހައިރާން ވެފައި އެވެ . އެދެމީހުން ވެސް ހީކުރީ އިންޝާ އަކީ ބޭރުގައުމުގެ ކުއްޖެއް ކަމަށެވެ. ކުރިން ޒަކްވާން އާއި ދިމާއަށް އިންޝާ ހަޅޭލެވިއިރު ވެސް އިންޝާ ހަޅޭލެވީ އިނގިރޭސިންނެވެ.
އަލްޔާ އަދި ޒަކްވާން ވެސް ކުޑައިރު ވަނީ ދިވެހި ދަސްކޮށް ފައެވެ. އެހެން ވުމުގެ ސަބަބުން ދިވެހިން ކިޔާ އެއްޗެހި އެދެމީހުންނައް އެންގެއެވެ.
ދިވެހި ވެސް އިނގޭ ތަ؟އަލްޔާ އިންޝާ އާއި ސުވާލު ކޮއްލިއެވެ.
ޔާހް……ވަރަށް ގިނަ ލޭންގުއޭޖް އިނގޭ. އިންޝާ އޭގެން ބުނުމުން މީކާއިލް ހައިރާންވިއެވެ. ފެށުނީއްސުރެ މީކާއިލް އައް ފެންނަނީ އިންޝާ ދިވެހި، އިނގިރޭސި އަދި ފްރާންސް ބަހުން ވާހަަކަ ދައްކާތަނެވެ.
އޭ ދެން މިތާނުތިބެ ހިނގާ ދާން…. މޯމް ތިދެމީހުން ހޯދަން ދާށޭ ބުނީމަ މިއައީ ވެސް….އެކަމު މިހާރު މޯމްމެން ގޮއްސި….އެހެންވެ އަހަރެމެން ދެން ދާނީ އެހެން ކާރެއް ގައި.އަލްޔާ އެހެން ބުނެ ފިހާރައިން ނުކުމެގެން ފިހާރަ އާއި ކުޑަ ތަންކޮޅެއް ދުރުގައި އޮތް ކާރަކަށް އަރަން ދިޔައެވެ. އަލްޔާގެ ފަހަތުން ފަހަތުން އިންޝާ ވެސް ގޮސް ކާރައް އަރައި ދުއްވާ ސީޓުގައި އިށީންދެލިއެވެ.އިންޝާގެ ނަސީބު ރަނގަޅު ކަމުން ތަޅުދަނޑި އިނީ ކާރައް ޖަހާފައެވެ.އަލްޔާ ވެސް ކާރެއް އަރައި ފަހަތު ސީޓުގައި އިށީނދެ ލިއެވެ. މީކާއިލް ވެސް އަލްޔާ ކައިރީ އިށީންދެލިއެވެ. ޒަކްވާން ކާރައް އެރުމުގެ ކުރިން އިންޝާ ކާރު ދުއްވާލަން އުޅުމުން މީކާއިލް އާއި އަލްޔާ އަށް ކާރު ހުއްޓާލަން ބުނެވުނީ އެއްފަހަރާ އެވެ.
އެހެން މީހަކުވެސް އަރަން ހުރީތަ؟އިންޝާ ސުވާލު ކޮށްލިއެވެ.
ޔާހް…މައިގެ ދޮންބެ. އަލްޔާ އެހެން ބުނުމުން އިންޝާ އަލްޔާގެ ދޮންބެ ކޮބައިތޯ ސުވާލު ކޮއްލިއެވެ.
އެހެރަ އަންނަނީ. ޒަކްވާން އާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
ދެޓް އިޑިއަޓް.. އެއީ ޔޫގެ ދޮންބެ… ޗީ… އެކަހަލަ ދޮންބެ އެއް ހޯދީ ކޮންތާކުން… މާސް އިން ގެނައި މީހެއްތަ އެއީ؟އެކަމު މީހަކާ އޭނަ ވައްތަރެއް ނޫން… އޭލިއަން އެއް ހެން ހީވަނީ.އިންޝާ އައް އެހުރިހާ އެއްޗެއް ކިޔުނީ ޒަކްވާން އައިސް ކާރެއް އެރުމުންނެވެ.
ޔޫ…. މަށާ ދިމާއަށް ތަ އޭލިއަން ތިކީ…މަށަށް ތީނަ ވައްތަރީ ގޯޓް އަކާ.އެން މިކާރުން ފައިބާ..މީ އަހަރެންގެ ކާރެއް. ޒަކްވާން ވެސް އިންޝާ އަށް ރައްދު ދިނެވެ.ޒަކްވާން އެހެން ބުނުމުން އިންޝާ ބާރަށް ކާރު ދުއްވާލިއެވެ.
ހޭ ދެން ތިދެމީހުން ފައިޓް ނުކުރައްޗޭ….ފެމެލީ މީހުން ފައިޓް ކުރުމަކީ ވަރަށް ހަޑި ކަމެއް ނު. އަލްޔާ ހިނިގަނޑު ހިފަހައްޓައިގެން އިނދެ ބުނެލި އެވެ.
ވަޓް… ފެމިލީއޭ. ޒަކްވާން އާއި އިންޝާ އައް އެހެން ބުނެވުނީ އެކުގައެވެ. އޭރު އަލްޔާ އަށާއި މީކާއިލް އަށް ހިފަހައްޓައިގެން ތިބި ހިނިގަނޑު ފަޅާލެވުނެވެ.
ޔާހް..މީކާއިލް އެން މިހިރަ ކުއްޖާ އެއީ ކައި ދައްތަގެ ދެ ކުދިން. އަލްޔާ އެހެން ބުނުމުން ޒަކްވާން ދެލޯ ބޮޑު ކޮއްލިއެވެ.
އެއީ އިންޝާ. މީކާއިލް ރަނގަޅު ކޮށްލަދިނެވެ.
އޯކޭ..އަހަރެން މީ އަލްޔާ.. އެއީ އަހަރެންގެ ދޮންބެ ޒަކްވާން…. މަންމަ އަކީ އެލީޝާ. އަލްޔާ އެހެން ބުނުމުން އިންޝާ އައް ވެސް ލޯ ބޮޑުކޮށްލެވުނެވެ.