އަބަދުވެސް ވާނަން ގާތުގައި (3)
“ހޭ ރިޔާ ވީ މީޓް އަގައިން” ނައިރާ ކާރަށް އެރުވުމަށްފަހު ކާރަށް އަރަންދިޔަ ރިޔާއަށް ހުއްޓެވުނީ އައިލީންގެ އަޑުއިވުމުންނެވެ. ހޭ އައިލީން” ރިޔާ ހިނިތުންވެލުމަށްފަހު ބުނެލިއެވެ. ” އައި ހާރޑް ފްރޮމް ޒަކްވާން، ވަޓް ހެޕެންޑް” އައިލީން ފެށީއެވެ. “ޑޫ ޔޫ ވޯންޓް ޓު މީތް އަޕް ލޭޓާރ ޓުނައިޓް” އައިލީން އަހާލިއެވެ. “ޔާރ ޝުއަރ ލައިކް އޯލްޑް ޓައިމްސް” ރިޔާ ހިނިތުންވެލަމުން ބުނެލިއެވެ.
“ހައު ޑިޑް ދަ މީޓިންގް ގޯ” ރިޔާއައިސް ގެއަށް ވަނުމުން ރާނިޔާ އަހާލިއެވެ. ނައިރާ ވަގުތުން ދުވެފައި ކޮޓަރިއަށް ދިޔުމުން ރިޔާ ރާނިޔާއާއި ވާހަކަ ދައްކަން މަޑުކޮއްލިއެވެ. “ގުޑް” ރިޔާ އޭނާގެ ޖަވާބު ކުރުގޮތަކަށް ދިނެވެ. “މަންމާ” ރިޔާ އިރުކޮޅަކަށްފަހު ރާނިޔާއަށް ގޮވާލުމުން ރާނިޔާއަށް ރިޔާއާއި ދިމާލަށް ބަލާލެވުނެވެ. “މިއަދު ބޭރަށް ދާން ކުއްޖަކާއެއްކޮން، ކްލާސް ކުއްޖެއް” ރިޔާ އަށް ރަނގަޅަށް ނުބުނެވިގެން އުޅެނިކޮން ރާނިޔާ ވާހަކަ ދައްކަން ފެށިއެވެ. “ހެހެ، މަންމަ އާއި ބައްޕަ ވާހަކަ ދައްކާފިން ތިކަމާ، ރިޔާ މާލެ އައިސް ވެސް ބޭރަށް މަޖާ ކޮއްލަން ދާތަނެއް ނުފެނެއޭ ކިޔާގެން، މަންމަ މެނަށް މައްސަލަ އެއް ނެތް،” ހިނިތުންވުމަކާއެކު ރާނިޔާ މިހެން ބުނުމުން ރިޔާވެސް ހިނިތުންވެލުމަށްފަހު އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގާގަތެވެ.
ރިޔާއަދި އައިލީން އެރޭ ބައްދަލުވީ އެމީހުން ކުރިއްސުރެއްދާ ރެސްޓޯރަންޓަކުންނެވެ. “ސޯ ކިހިނެތް ތަ ހުރިހާ ކަމެއް، ޒަކްވާން އައިސް ބުނި ބޮޑު ކޮމްޕެނީއެއްގެ ސީއީއޯ އޯ ތިއީ” އައިލީން ވާހަކަ ފެށިއެވެ. “ހެހެ، ޔާރ، އެމީހުން ކޮމެޕްނީއާއި އެކު ޕާރޓްނާރ ހެދީ އަހަރުމެން، އަސްލު އެއީ އަހަރެން ބޭބެ ރިޔާންޝްގެ ކޮމްޕެނީއެއް” ރިޔާ ހިނިތުންވެލަމުން ބުނެލިއެވެ. “ވަރަށް ރަނގަޅު ދޯ އެމީހުން” އައިލީން ނިސްބަތްކުރީ ރިޔާންޝްގެ ފެމިލީއަށް ކަން ރިޔާއަށް އިނގުނެވެ. “ހޫމް އެމީހުންގެ އަމިއްލަ ދަރިއަށް ވުރެއް ރަނގަޅަށް އަހަންނަށް ކަންތައް ކޮއްދޭ،” ރިޔާ ހިނިތުންވަމުން ބުނެލިއެވެ.
“ކައިލާ ފެނުނު މިއަދު ޝީ ހޭޒްނޮޓް ޗޭންޖްޑް އިވެން އަ ބިޓް” ރިޔާ އެންމެ ފަހުން ކައިލާގެ ވާހަކަ ބުނެލިއެވެ. “ހޫމް ރިޔާ ދިޔަފަހުން ކައިލާ އަބަދު ނާއިކް ފަހަތުގައި ޖައްސާފަ ހުންނަނީ” އައިލީން ފާޑަކަށް އަނގަ ހަދާލަމުން ބުނެލިއެވެ. “އެކަމު މިއަދު އެހެންމީހަކު ނާއިކްގެ ޕާސަނަލް ސެކްޓްރިއަށް ބަދަލު ކޮއްފި ކައިލާ ޑީމޯޓް ކޮއްފައި” އައިލީން ދެން ބުނި އެއްޗަކުން ރިޔާ ކޮށިއެރިއެވެ. “ކީއްވެ” ރިޔާ އަހާލިއެވެ. “ނޭންގެ ޒަކްވާން ބުނީ މިޓިންގް އިން އައި ފަހުން ނާއިކް ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައޯ ހުރީ ކައިލާ ދެކެ” އައިލީން ބުނެލިއެވެ. ‘އައި ހޯޕް އިޓްސް ނޮޓް ބިކޯޒް އޮފް މީ’ ހިތާ ހިތުން ރިޔާ ކިޔާލިއެވެ. އޭނާގެ ސަބަބުން ނަމަ ކައިލާ މިހާރު މާބޮޑަށް އޭނާއަށް ނަފްރަތު ކުރާނެވެ.
“ނައިރާ އަކީ” ރިޔާ ވިސްނުމަށް ގެއްލިފައި އިންދަ އައިލީން ނައިރާގެ ވާހަކަ ފެށިއެވެ. “ހޫމް ނާއިކް ގެ” އައިލީންގެ ޖުމްލަ ފުރިހަމަ ކޮއްދިނީ ރިޔާއެވެ. “ނާއިކް އަށް އިނގޭތަ” އައިލީން އަށް އަސްލު ނާއިކް އަށް އިނގޭކަން އިނގެއެވެ. ނަމަވެސް އޭނާ ބޭނުންވީ ރިޔާ އަށް އެކަން އިނގޭތޯ ޔަގީން ކުރުމަށްށެވެ. “ނޭންގެ އީމަށްތައަށް އިނގޭ ހަމަގައިމުވެސް” ރިޔާ ބުނެލިއެވެ. “އެހެންތަ އެގަޔަށް މީޓިންގް އަށް ދިޔަ ދުވަހު ދޯ” އައިލީން ބުނެލިއެވެ. “ހޫމް އައިލީން ކިހިނެތް ޓީޗިންގް ހަދަން ވިސްނުން އައީ” ރިޔާ ދެން ވާހަކަ ބަދަލު ކޮއްލީ އައިލީން އަށްށެވެ.
ދެމީހުން ވާހަކަ ދައްކާ ނިންމާލުމަށްފަހު ކައިގެން ދެން ދެމީހުންވެސް މިސްރާބު ޖެހީ ގެއާއި ދިމާލަށްށެވެ. އައިލީން ކާރަށް އެރުމަށްފަހު ނައްޓާލިތަން ބަލަން ހުރުމަށްފަހު ރިޔާ ކާރާ ދިމާލަށް ހިނގައިގަންތަން ބަލަން މީހަކު ހުރި ކަމެއް ރިޔާ އަކަށް ނޭންގެއެވެ. “ހޭ” އިވުނު އަޑާއެކު ކާރުގެ ދޮރު ހުޅުވާލި ގޮތަށް ރިޔާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ‘ނޯ ވައި އާރ ޔޫ ސްޓޮޕިންގް ރިޔާ ވޯކް އަވޭ’ އޭނާއާއި ދިމާލަށް އަންނަން ފެށީ މީހާ ފެނުމުން ރިޔާއަށް އޭނާގެ އަމިއްލަ ނަސްފާ ވާހަކަ ދައްކަން ފެށުނެވެ. “ހޭ އައި ވޯންޓެޑް ޓު ޓޯކް” ނާއިކް ހުއްޓުން އަރާފައި ހުރި ރިޔާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އޭނާ ގޮވާލުމުން ރިޔާ ހުއްޓާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ރިޔާ ނާއިކް އާއި ދިމާލަށް ބަލާލީ އަވަހަށް ދާންބޭނުންވާ ފަދަ ގޮތަކަށްށެވެ. “އައި ނޯ އިޓްސް ލޭޓް، އެންޑް އައި ނޯ އައި ޑޯންޓް ޑިޒާވް ދިސް ބަޓް އައި އޭމް ސޮރީ ފޮރ އެވްރީތިންގް” ނާއިކް އިސްޖަހާލަމުން ބުނެލިއެވެ. ދުރު ބަލަން ހުރި ރިޔާ އެންމެ ފަހަރަކު ނަމަވެސް ނާއިކްއާއި ދިމާލަށް ބަލާލި ނަމަ ނާއިކް ދެރަވެފައި ހުރި ވަރު އޭނާއަށް އިނގޭނެއެވެ. “އައި އޯލްރެޑީ ޓޯލްޑް ދޮންބެ، އަހަންނަށް އޯކޭ އޭ ނާއިކް އާއި އެކު ޕާރޓްނާރޝިޕް ހެދިޔަސް، ނައު އަހަރުމެންގެ ޕާސްޓް އިނގޭނެ ދޮންބެ އަށް އެކަމު ޑޯންޓް ވޮރީ އިޓް ވިލް ނޮޓް ގެޓް އިން ދަ ވޭ އޮފް ދަ ޕާރޓްނާޝިޕް” ރިޔާ ވާހަކަ ދެއްކީ ޕްރޮފެޝަނަލް ކޮނެވެ.
“އިޓްސް ނޮޓް އެބައުޓް ދަ ޕާރޓްނާޝިޕް” ނާއިކް އަށް ބުނެވުނެވެ. “ނޯ ނާއިކް އޮފް ކޯޒް އިޓް އިޒް، ފޮރ ޔޫ އެވްރީތިންގް އިޒް އެބައުޓް ބިޒްނަސް ރައިޓް” ރިޔާ މިހެން ބުނުމަށްފަހު ކާރަށް އެރުމަށްފަހު ދެވަނަ ފަހަރަށް ނާއިކް އާއި ދިމާލަށް ބަލާނުލާ ދުއްވާލިއެވެ.
“ހޭ ހައު ވޯޒް ދަ ނައިޓް” ގެއަށް ވަން އިރު ސިޓިންގް ރޫމްގައި ތިބި ރާނިޔާއާއި ރިޔާންޝްއަދި ރިހާމް އަހާލިއެވެ. “އޯހް ދަ ނައިޓް ވެންޓް ގްރޭޓް”ރިޔާ ދެފަރާތަށް ބޯހޫރާލުމަށްފަހު ބުނެލިއެވެ. “އިފް އައި ޑިޑް ނޮޓް ރަން އިންޓު ސާރޓެއިން ސަމްވަން އިޓް ވުޑް ބީ ގްރޭޓް” ރިޔާ އައިސް ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. “އޭން ކިހިނެތް ވީ” ރާނިޔާ އަހާލިއެވެ. ” ދާންވެގެން ކާރަށް އަރަން ދަނިކޮން މީހަކު ގޮވާލީމަ ބަލާލީއިރު ކައިރީގައި ނާއިކް” ރިޔާ ބުނެލިއެވެ. “ވާޓް ކިހިނެތް ވީ ދެން” ރިހާމް އަހާލިއެވެ. “ހީ އާސްކްޑް ފޮރ ފޮގިވްނެސް” ރިޔާ ބުނެލިއެވެ. “އެންޑް ވަޓް ޑިޑް ޔޫ ޑޫ” ރިޔާންޝް އަހާލިއެވެ. “ބުނިން ބިޒްނަސް ވޯކް އަކަށް ބަދަލެއް ނާންނާނެ އޭ ދެން އައީމި” ރިޔާ ބުނެލިއެވެ. ރިޔާ ޖަވާބު ދިނުމުން ރިޔާންޝް ފުން ކޮށް ރިޔާއަށް ބަލާލިއެވެ. ސުވާލެއް ކުރަން ބޭނުންވި ނަމަވެސް ރިޔާގެ ފަރާތުން ޖަވާބެއް ނުލިބޭނެ ކަން އިނގޭތީ އޭނާ ނާހާ ހުންނަނީ އެވެ. އެކަމު މިއަދު ރިޔާ އަށް ކައިލާ ފެނުމުން މޫނު މައްޗަށް އެރި ކުލަވަރުން އޭނާއަށް އެތައްކަމެއް ފާހަގަ ވިއެވެ. ނާއިކް އާއި ވާހަކަ ދައްކަން އޭނާ ނިންމީ އެހެންވެއެވެ.
*
“ނާއިކް ސަރ ރިޔާންޝް އިޒް ހިއަރ ޓު ސީ ޔޫ” ނާއިކް ޒަކްވާންއަށް ރޭގައި ރިޔާއާއި އޭނާއާއި ދެމެދު ވީ ކަންތަށް ކިޔާދޭން އިންދާ އޭނާގެ ސެކެޓްރީ އައިސް ބުންޔެވެ. އަތުން ވައްދަން އިށާރާތް ކޮއްލުމުން ނާއިކްގެ ސެކެޓްރީ ނިކުތުމަށްފަހު ރިޔާންޝް ވެއްދިއެވެ.
“ސޮރީ އަންގާ ނުލާ އާދެވުނީމަ” ރިޔާންޝް ބުނެލިއެވެ. “ނޫނޭ، ކިހިނެތް ވީ ހުރިހާ ކަމެއް ރަނގަޅު ތަ” ނާއިކް އަހާލިއެވެ. “ބިޒްނަސް ވާހަކަ އެއް ދައްކާކަށް ނޫން މިއައީ” ރިޔާންޝް ބުނެލިއެވެ. ދެން އޭނާ ޒަކްވާން އާއި ދިމާލަށް ބަލާލުމުން ޒަކްވާން ނިކުންނަން ގޮޑިން ތެދުވަން އުޅުނެވެ. “ނޫން ޒަކްވާންގެ އެހީ އާއި ވެސް އެކީ މިކަން ކުރެވޭނީ” ރިޔާންޝް ޒަކްވާންއަށް އިށީންނަން އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
“ނާއިކް އަހަރެން ބުނިން ދޯ ރިޔާގެ އާއި ނާއިކް ގެ ކުރީގެ ގުޅުމުގެ ސަބަބުން އަހަރުމެން ޕާރޓްނާޝިޕް އަކަށް ނާންނާނެ އޭ ބަދަލެއް” ރިޔާންޝް ފެށިއެވެ. “އިފް ދިސް އިޒް އެބައުޓް ލާސްޓް ނައިޓް” ނާއިކް ހީކުރީ ރިޔާންޝް ރޭގައި ވީކަމާ ހިތްހަމަ ނުޖެހިފައި ހުރީ ކަމަށްށެވެ. “ނޫން އަހަރެންނާ ރިޔާއާއި އެއްވެސް ބްލަޑް ގުޅުމެއް ނެތް، އެކަމު ރިޔާ ދެކެ އަހަރެން ވަރަށް ލޯބި ވޭ އެއީ ހަމަ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެއްފަދަ، އެހެންވެ އަހަރެން ބޭނުން ރިޔާ އުފަލުގައި ހުންނަ ތަން ދެކެން” ރިޔާންޝް ބުނެލިއެވެ. “ނާއިކް އަށް އިނގޭދޯ ނައިރާގެ ބައްޕަ އަކީ ކާކުކަން” ރިޔާންޝް އަހާލިއެވެ. “އިޓްސް މީ ރައިޓް،” ނާއިކް ބުނެލިއެވެ.
“ހޫމް ނާއިކް ތީ ނައިރާގެ ބައްޕަ އަކީ، ރިޔާ އާއި ނާއިކް ގުޅުން ކަޑާލީ ރަނގަޅު ގޮތަކަށް ނޫން، ރިޔާ ޑިޑްނޮޓް ޑިޒާވް ދެޓް.. އެއީ ނާއިކް ގެ ކުށެއް، އެކަމު އަހަރެން ރިޔާގެ ބޭބެ ގެ ހައިސިއްޔަތުން ނާއިކް އަށް އިތުރު ފުރުސަތެއް ދޭން ބޭނުން، ޔޫ ޗޫޒް ނާއިކް” ރިޔާންޝް ބުނެލިއެވެ. ނާއިކް އަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. އޭނާ އިތުރު ފުރުސަތެއް ބޭނުމެވެ. އޭނާއަށް ކަންތަށް ކުރެވުނީ ރަނގަޅަކަށް ނޫން ކަން އޭނާއަށް އިނގެއެވެ. ކުރިން އޭނާ ހީކުރީ ބިޒްނަސް އަކީ ހުރިހާ އެއްޗެއް ކަމަށްށެވެ. މަންމާއާއި ބައްޕަގެ ކުރިމަތީ އޭނާ ރިޔާ ދޫކޮއްލިފަހުން ވަރަށް ހަމަޖެހިލާފައި ހުރި ކަމަށް ދައްކާގެން އުޅުނު ނަމަވެސް ހަގީގަތުގައި އޭނާ ރިޔާ މަތިން ހަދާން ނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކައިލާގެ ބަސް އެހުނު ކަމުގެ މޮޔަ ހިތަށް ނާރާ ދުވަހެއް ނުދެއެވެ.
“އަހަރެން ބޭނުން އަލުން ޓްރައި ކުރަން އެކަމު ސަބަބަކީ ނާއިރާ އެއް ނޫން ނައިރާ ނެތް ނަމަވެސް އަހަރެން އަލުން ޓްރައި ކުރަން ނިންމީސް” ނާއިކް ބުނެލިއެވެ. “އައި ނޯ އެންޑް ނާއިކް އިފް ޔޫ ރިޕީޓް ދަ މިސްޓޭކް” ރިޔާންޝް ވަކި ހިސާބަކަށް ބުނެފައި ނިންމާލިއެވެ. “އައި ވިލްބީ ދަ ވަން ޓު އެންޑް ޔޫ” މިއޮތް ހުރިހާ އިރު މަޑުން އިން ޒަކްވާން ވާހަކަ ދެއްކީ ދެނެވެ. ރިޔާންޝް ހިނިތުންވެލުމާއެކު ޒަކްވާން އާއި ދިމާލަށް ބަލާލިއެވެ. “އަހަންނަން ޑައިރެކްޓް ކޮން އެހީ އެއް ނުވެވޭނެ އެއީ އަހަރެން ބުނިން ރިޔާ ކައިރީގައި ނާއިކް އާއި ކުރިމަތި ލާންޖެހޭ ވަރުގެ ކަމެއް ރިޔާއަކަށް ނުޖައްސާނަމޭ” ރިޔާންޝް ބުނެލިއެވެ. “ސޯ އަހަރުމެން އިންވެސްޓާރސް އަށް ޕާރޓްނާޝިޕް ހެދުމުގެ ޕާޓީ އެއް ބާއްވަންވީނު” ޒަކްވާން ހިޔާލެއް ދިނެވެ. “ރިޔާންޝް މެންގޭގައި ބާއްވާ ގޮތަށް” ޒަކްވާން ބުނެލިއެވެ. “ހޫމް އެތަނުން ނާއިކް ރިޔާ އާއި ވާހަކަ ދެއްކޭތޯ ބަލާ” ރިޔާންޝް ބުނެލިއެވެ. “ފުރަތަމަ ކަމަކަށް އަހަރެން ބޭނުން ނައިރާ އަކީ އަހަރެންގެ ކުއްޖެއްކަން ރިޔާ ލައްވާ ބުނުވަން” ނާއިކް ބުނެލިއެވެ. “ހޫމް ފަހަރަކު ކަމެއް ކުރިއްޔާ ރަނގަޅުވާނީ” ރިޔާންޝް ބޯ ޖަހާލުމުން ޒަކްވާން ބުނެލިއެވެ. “ހޫމް އެހެންވީމާ ޕާޓީގެ ކަންތަކާ އަހަރެން ރިޔާއާއި ވާހަކަ ދައްކާނަން” ރިޔާންޝް ބުނެލިއެވެ. “ރިޔާންޝް” ބާއި ބުނެފައި ރިޔާންޝް ދާން އުޅުމުން ނާއިކް ގޮވާލިއެވެ. “ތޭންކްސް” ހިނިތުންވެލަމުން ނާއިކް ބުނެލިއެވެ. “ނޯ ޕްރޮބްލަމް” ރިޔާންޝް ބުނެލިއެވެ.
“ކަމް އިން” ރިޔާގެ އޮފީހުގައި ޓަކި ޖަހާލުމުން ރިޔާ އިސްއުފުލާ ބަލާލީއިރު ކުރިމަތީ ހުރީ ރިޔާންޝް އެވެ. “ވާހަކަ އެއް ދައްކާލަން ވެގެން” ރިޔާންޝް މިހެން ބުނެފައި އައިސް ރިޔާއާއި ކުރިމަށްޗަށް ވާގޮތަށް އިން ގޮޑީގައި އިށީންނެވެ. ރިޔާ ވެސް އޭނާ ކުރަން ހުރި ކަންތަށް ނިންމާލުމަށްފަހު ރިޔާންޝް ދައްކަން އައި ވާހަކަ އަށް ސަމާލުވެލިއެވެ. “އިންވެސްޓާރސް އަށް ޕާރޓނާޝިޕް ގެ ޕާޓީ އެއް ބާއްވާން މި ވިސްނަނީ ނާއިކް މެނާވެސް ވާހަކަ ދައްކާގެން އަހަރުމެންގެ ބޭރުގައި ތިބި އިންވެސްޓާރސް އިން ގެނެސްގެން” ރިޔާންޝް ބުނެލިއެވެ. “ހޫމް އެމީހުނަށްވެސް އަވަހަށް މިކަން އެކްސްޕްލޭން ކޮއްދިނިއްޔާ ރަނގަޅުވާނީ” ރިޔާވެސް ވިސްނާލުމަށްފަހު ބުނެލިއެވެ.
“ސޯ އަހަރުމެންނާ ނާއިކް މެނާ ގުޅިގެން އަހަރުމެން ގޭގައި ބާއްވާ ގޮތަށް އެހެންވީމާ ނާއިކް އާއި ޒަކްވާން އަންނާނެ އެހެން އުޅެލާފަ ދެން ގެޔަށް ހޯޕް ދެޓްސް އޯކޭ” ރިޔާންޝް އަހާލިއެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ރިޔާ ނޫނެކޭ ބުނާ ހިސާބުން ހުރިހާ ކަމެއް ފެއިލް ވާނެކަން އޭނާއަށް އިނގެއެވެ. ދެމީހުން ވާހަކަ ދައްކުވަން ވިޔަސް ރިޔާ ހިތްހަމަ ނުޖެހޭ ކަމެއް އޭނާ ކުރާކަށް ބޭނުމެއްނޫނެވެ. “އޯކޭ” ކޮޑު އަރުވާލަމުން ރިޔާ މިހެން ބުނެލީ ހަމަ ވަރަށް ހަމަޖައްސާފައެވެ. “އޯކޭ” ރިޔާންޝް އަށް ރިޔާ ބުނި ބަސް ރިޕީޓް ކޮއްލެވުނީ ގަބޫލު ނުކުރެވިގެންނެވެ. ރިޔާ ބުމަ އަރުވާލީ އަނެއްކާވެސް އާއެކޭ ބުނުމުގެ ގޮތުންނެވެ.
“އޯކޭ، ރިޔާ ކޭން އައި އާސްކް ޔޫ ސަމްތިންގް” ރިޔާންޝް އަހާލިއެވެ. ރިޔާ ހޫމް އެއް އަޅުވާލިއެވެ. “ކޮންމެވެސް އިރަކުން ނާއިކް އަށް އިނގޭނެ ދޯ ނައިރާ އަކީ އޭނާގެ ކުއްޖެއްކަން، ދެން އޭނާ ނައިރާގެ ލައިފް ގެ ޕާރޓް އަކަށް ވާން ބޭނުމިއްޔާ ކިހިނެތް ހަދާނީ” ރިޔާންޝް މިހެން ބުނުމުން ރިޔާ އަށް ކުޑަކޮއް ސިހުމެއް ލިބުނެވެ. “އިފް ހީ ފޯސް މީ ދެން އައި ޑޯންޓް ހޭވް އަ ޗޮއިސް އެންނު”ރިޔާ ބުނެލިއެވެ. “ސޯ އަސްލު ރިޔާ ބޭނުމެއްނޫނޭ ތި ބުނީ” ރިޔާންޝް އަހާލިއެވެ. ރިޔާ ބުމަ އަރުވާލިއެވެ. ނާއިކް ރިޔާ ދިޔުމުން އޭނާ ހޯދަން އުޅުނު ނަމަ އޭނާ ބަޑުބޮޑު ވިކަން އެނގުނީހެންނެވެ. އެހެން ކަންތަށްވީނަމަ އޭނާ އެކަނި އެހުރިހާ ދުވަހަކު އުޅޭކަށް ނުޖެހޭނެއެވެ. ރިޔާންޝްމެން ގެ ފަރާތުން ވަރަށް ސަޕޯރޓް ލިބުނު ނަމަވެސް އޭނާ ނާއިކްގެ މަތިން ހަދާންނައްތާލަން ކުރި މަސައްކަތް އެކަކަށް ވެސް ނޭންގޭނެއެވެ. ރިޔާންޝް އަށް ރިޔާގެ ވިސްނުން ނުބައެއް ނުކުރެވުނެވެ. އޭނާއަށް ރިޔާ މި އޮތް ހުރިހާ ދުވަހު އުޅުނު ގޮތް އިނގެއެވެ.
އިރުއޮއްސިގެން ދިޔަ އިރުވެސް ރިޔާއަށް އޮފީހުގައި އިނދެވުނީ މަސައްކަތް ކުރަންށެވެ. ގެއަށް ދާން ބޭނުން ނުވެފަ އޭނާ އިނީ ޕާޓީ ޕްލޭން ކުރަން ނާއިކް އެމީހުން ގޭގައި އުޅޭތީއެވެ. ނަމަވެސް އަނދިރި ވާން ފެށުމުން އޭނާ ގެޔަށް ދާން ނިންމިއެވެ.
ރިޔާ ގެއަށް ވަންއިރު ޕާޓީ ޕްލޭނާރގެ އިތުރުން ޒަކްވާން، ރިޔާންޝް އަދި ނާއިކް އިނެވެ. ނާއިކް އަށް ރިޔާ ވަން ހިސާބުން ޕްލޭނާރ ކިޔާ އެއްޗެއްސަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ނަޒަރު ހުރީ ރިޔާއަށްށެވެ. ރިޔާއަށް ވެސް މިކަން ފާހަގަ ވިއެވެ. މޭޒު ދޮށުގައި މަޝްވަރާ ކުރަން ތިބި މީހުނަށް އެއްވެސް އަޅާލުމެއް ނުދީ ދާން އޭނާ ކުރި މަސައްކަތް ބޭކާރު ވީ ރިޔާންޝް އޭނާއަށް ގޮވާލުމަށްފަހު އައުމަށް އަތުން އިޝާރާތް ކޮއްލުމުންނެވެ. ”ސޯ ވަޓް ޑޫ ޔޫ ތިންކް އެބައުޓް ކޭޓާރ ކުރާނެ ރަނގަޅު ބިޒްނަސް އެއް މިތަނުން” ޒަކްވާން އަހާލިއެވެ. ރިޔާ ގޮސް އިށީންނީ ޒަކްވާން އާއި ރެޔާންޝްގެ މެދުގައި އިން ގޮޑީގައެވެ. “ޕްލޭޓިންގްގެ ކެއުން ވަރަށް މީރު ވާނެ” ރިޔާ ލިސްޓަށް ބަލާލަމުން ބުނެލިއެވެ. “އޯކޭ ޕްލޭޓިންގް އިޓް އިޒް ދެން” ޒަކްވާން މިހެން ބުނުމަށްފަހު ފޯނު ނަގައި ލިސްޓް ގައި އިން ނަމްބަރަށް ގުޅާލުމަށްފަހު ދުރަށް ޖެހިލިއެވެ.
“މަންމީ” ރިޔާ މޭޒު ދޮށުގައި އިންދަ އައީ އޭނާ އެތަނަށް އެވަގުތު ގެންނަން ބޭނުން ނުވި ފަރާތެވެ. ނާއިކް އިންދަ ނައިރާ އަންނަން އޭނާ ބޭނުންނުވީއެވެ. “ނައީ…” ވަގުތުން ރިޔާންޝް ތެދުވެ ގޮސް ނައިރާ އުރާލިއެވެ. “ދޮންބެ އާރ ޔޫ ވޯކިންގް” ރިޔާގެ ކޮލަށް ބޮސްދެމުން ނައިރާ މައުސޫމު ގޮތަކަށް އަހާލިއެވެ. “ޔެސް އެންޑް ދީސް އާއި އަވާރ ފްރެންޑްސް” ރެޔާންޝް ބުނެލިއެވެ. އަދި ރިޔާ އާއި ދިމާލަށް ބަލާލީ ނާއިކް ނައިރާ އަށް ދެއްކުމަށް ހުއްދަ އަކަށް އެދޭކަހަލަ ގޮތަކަށްށެވެ.
“އެންޑް ނައީ ދިސް އިޒް އަވަރ ފްރެންޑް ނާއިކް” ނައިރާ އަށް ނާއިކް ދައްކާލަމުން ރިޔާންޝް ބުނެލިއެވެ. “ހާއި އައި ލަވް ޔުއަރ ހެއާރ” ނައިރާ އޭނާގެ ތުއްތު އަޑުން ފުރަތަމަ ވެސް ބުނެލީ ނާއިކްގެ އިސްތަށިގަނޑުގެ ވާހަކަ އެވެ. ވަގުތުން ރިޔާންޝް އަށްށާއި ނާއިކް އަށް ހިނިތުންވެލުމެވެ. ރިޔާ ނުހޭން އިން ނަމަވެސް ނައިރާގެ މައުސޫމް ކަމުން ރިޔާއަށްވެސް ހިނިތުންވެލުނެވެ. “އެންޑް ޔުއާރ ވެރީ ޕްރިޓީ.. ޖަސްޓް ލައިކް ޔުއަރ މަދާރ” ސަލާމް ކޮއްލަން އަތް ދިއްކޮއްލަމުން ނާއިކް ބުނެލިއެވެ. އަދި ރިޔާއާއި ދިމާލަށް ކުޑަކޮށް ބަލާލިއެވެ. ނައިރާ ނާއިކްގެ އަތަށް ބަލާލުމަށްފަހު ދެން ބަލާލީ ރިޔާންޝް އާއި ރިޔާ އާއި ދިމާލަށްށެވެ. ރިޔާންޝް ހިނިތުންވެލުމުން ރިޔާވެސް ހިނިތުންވެލިއެވެ. އެންމެންވެސް އުންމީދު ކޮއްގެން ތިބީ ނައިރާ ނާއިކްއާއި ސަލާމް ކޮއްލުމަށްށެވެ. ނަމަވެސް ނައިރާ ނާއިކްގެ ކޮލަށް ބޮސްދިނީއެވެ. ނާއިކްއަށް ދެލޯ ބޮޑުކޮއްލެވުނެވެ. ރިޔާންޝްއަށްށާ ޒަކްވާން އަށް މިތަން ފެނުމުން ހިނިތުންވެލެވުނީ ހިތްހަމަ ޖެހިގެންނެވެ. ރިޔާ ދެލޯ މަރާލުމަށްފަހު އަނެއްފަރާތަށް ބޯ އަނބުރާލީއެވެ.
“އައި ލައިކް ޔޫ” ނައިރާ ނާއިކް އާއި ދިމާލަށް ބުނެލިއެވެ. “ރިއަލީ އެންޑް ޔޫ ޑޯންޓް ލައިކް މީ” ޒަކްވާން ފޯނު ނިއްވާލުމަށްފަހު ޒަކްވާން އައި ނައިރާ އާއި މަޖާކޮއްލިއެވެ. ނައިރާ ޒަކްވާންގެ ކޮލަށްވެސް ބޮސްދިނެވެ. ރިޔާންޝް ކައިރީ ރެސްޓް ކުރަން ދާނީ އޭ ބުނުމަށްފަހު ނައިރާ ގޮވާގެން ރިޔާ ހިނގައިގަތެވެ.
“ރިޔާ ދަރިފުޅާ އައީ ދޯ ތި” ރިޔާގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ރާނިޔާ ބުނެލިއެވެ. “ހޫމް.. މަންމަ ކައިފިން ތަ” ނައިރާ އުރާލުމަށްފަހު އެނދުގައި ބައިންދާލަމުން ރިޔާ އަހާލިއެވެ. “މަންމީ…. އިޒް މައި ޑޭޑް ލައިކް ދެމް.. އިޒް ހީ ނައިސް” ނައިރާ އަހާލި ސުވާލުން ރާނިޔާއަށް ސިހިފައި ބަލާލެވުނީ ރިޔާ އާއި ދިމާލަށްށެވެ. ރިޔާއަށް ވަގުތުން ހަދާނަށް ނާއިކްގެ ހުރިހާ ހަދާނެއް އަންނަން ފެށިއެވެ. “މަމީ” ރިޔާ ޖަވާބެއް ނުދިނުމުން ނައިރާ އަނެއްކާވެސް އަހާލިއެވެ. “އަމް ހޫމް ހީ ވޯޒް ނައިސް” ރިޔާ އަވަސް އަވަހަށް ހިޔާލުން ތަކުން ބޭރުވެލުމަށްފަހު ބުނެލިއެވެ. “އޯހް” ނައިރާ ބުނެލިއެވެ. ނައިރާގެ އަޑުން ރިޔާ އަށް ފާހަގަވި އެއްކަމަކީ ދެރަވެފައި ހުރި ކަމެވެ. ރިޔާ ރާނިޔާ އާއި ދިމާލަށް ބަލާލުމަށްފަހު ނައިރާ ކައިރީ އިށީންދެލިއެވެ. “ނައީ.. އިފް އައި ސެއިޑް ޔޫ ކޭން މީޓް ޔުއަރ ޑޭޑް… ވޫޑް ޔޫ ވޯންޓް ޓޫ” ރިޔާ ދެން އަހާލި ސުވާލުން ރާނިޔާއަށް ސިހުމެއްލިބުނެވެ.
ނައިރާ ރިޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. އެ ކުޑަ ސިކުނޑިއަށް ދޭނެ ޖަވާބެއް ނޭންގުނީއެވެ. “ސޮރީ ނައީ ޔޫ ޑޯންޓް ހޭވް ޓޫ އާންސްވާ ދެޓް ލެޓްސް ގެޓް ޔޫ ބެކް ޓު ޔުއަރ ރޫމް” ރިޔާ އަވަސް އަވަހަށް ބުނެލުމަށްފަހު ނައިރާ ގޮވާގެން އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ. “ރިޔާ .. ކޮންމެވެސް ދުވަހަކު ނައިރާއަށް ކިޔާދޭން ވާނެ މި ވާހަކަ” ނައިރާއަށް ދިވެހި އަދި އެހާ ރީއްޗަށް ނޭންގޭނެތީ ރާނިޔާ ދިވެހިން ވާހަކަ ދެއްކިއެވެ.
ނައިރާ ނިންދަވަން ބޭއްވުމަށްފަހު ރިޔާ ނައިރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކޮޓަރިން ނިކުމެގެން އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ހަމަ ވަދެވަދެ ހުއްޓާ މީހަކު ރިޔާގެ އަތުގައި ހިފާފައި ހުއްޓުވިއެވެ. “ވަޓް” ފަހަތަށް އެނބުރި ބަލާލުމަށްފަހު ރިޔާ އަށް ބުނެވުނެވެ. ”އައި ނީޑް ޓު ޓޯކް ޓު ޔޫ” ފަހަތުން އިވުނީ ނާއިކް ނޫން އެހެން މީހެއްގެ އަޑެއް ނޫނެވެ. “ވީ ޑޯންޓް ހޭވް އެނީތިންގް ޓު ޓޯކް އެބައުޓް” ރިޔާ މިހެން ބުނުމަށްފަހު ނާއިކްގެ އަތު ތެރެއިން ދެމިގަންނަން އުޅުނު ވަގުތު ނާއިކް ރިޔާ ފާރުގައި ތަތް ކޮއްލިއެވެ. އަދި ރިޔާގެ ތުންފަތުގައި ބޮސް ދިނެވެ.
“ރިޔާ” ނިދިފައި އޮތް ރިޔާއަށް ދެން ހޭލެވުނީ މީހަކު ގޮވާލީމައެވެ. ބަލާލީއިރު ދޮރު މަތީ ހުރީ ރިޔާންޝް އެވެ. ދެންމެ ފެނުނީ ހުވަފެނެއްކަން އިނގުމުން ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮއްލުމަށްފަހު ރިޔާ ރިޔާންޝް އަށް ޖަވާބު ދިނެވެ. “މިއަދު މާގިނަ މަސައްކަތް ކުރީތަ ހާދަ ޓަޔާޑް ވެފަ ހުރިހެން ހީވެއޭ” ރިޔާންޝް ރިޔާ ނައިރާގެ ކޮޓަރިން ނިކުތުމުން ބުނެލިއެވެ. “ނޫން” ރިޔާގެ ޖަވާބު ކުރެވެ. “ރިޔާ އެބައުޓް ނާއިކް” ރިޔާންޝް ނާއިކް އޭ ބުނުމުން ރިޔާއަށް ވަގުތުން އޭނާއަށް ފެނުނު ހުވަފެނުގެ މަތިން ހަދާންވިއެވެ. “ހީ ނޯސް ދެޓް ނައިރާ އިޒް ހިޒް” ރިޔާންޝް ބުނެލިއެވެ. “ޔާރ އައި ފިގުއާރޑް އަޒް މަޗް” ރިޔާ ބުނެލިއެވެ. “އިޓްސް ހިޒް ޑޯޓާރ ޓޫ ރިޔާ……. ތިންކް އެބައުޓް ނައިރާސް ފިއުޗާރ އަޒް ވެލް އޯކޭ” ރިޔާންޝް ރިޔާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އަދި ރިޔާ އޭނާގެ ކޮޓަރިއަށް ވަނުމުން އޭނާވެސް އޭނާގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.
އަނެއްދުވަހެވެ. ރިޔާ ހޭލައިގެން ކާން ދިޔައިރު ނައިރާ އިނީ ރާނިޔާ ކައިރީގައެވެ. “މޯނިންގް ސްވިޓީ.. މޯނިންގް މަމް އެންޑް ޑޭޑް” ރިޔާ މިހެން ބުނުމަށްފަހު ނައިރާ ކައިރިއަށް ޖެހިލިއެވެ. “މަމް.. މިއަދު ދޮންބެ ކާއުގަ ދާނީ” ނައިރާ ދިވެހިން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުމުން އެންމެނަށް ހުއްޓުން އަރާފައި ތިބެވުނީއެވެ. އެތަނަށް އައި ރިޔާންޝް އަށްވެސް ކޮފީ ތަށި ނެގި ގޮތަށް ހުރެވުނީއެވެ. “މައި ނައި ބޭބީ…….. ދިވެހިން ތި ވާހަކަ ދެއްކީ ވާއު” ރިޔާންޝް އައިސް ނައިރާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “އެންޑް ޔެސް މިއަދު ދޮންބެ ކާއު ގަ ދެވޭނެ” ރިޔާންޝް ބުނެލިއެވެ. “ސީމްސް ލައިކް އައިލީން އާންޓީ އިޒް ޑޫއިންގް އަ ގޫޑް ޖޮބް ރައިޓް އެންޑް ޔޫ ޓޫ” ރިޔާވެސް ނައިރާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
ނައިރާ ރިޔާންޝް އާއި އެއްކޮން ސުކޫލަށް ދިޔުމުން ރިޔާ އޮފީހަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
އޮފީހަށް ވަނުމާއެކު ރިޔާގެ ލޮލުގައި އަޅާގަތީ ނާއިކްގެ ކާރެވެ. ނާއިކް އެމީހުންގެ އޮފީހުގައި ކަން އިގުމުން ރިޔާ ބެލީ ނާއިކް އަށް ނުފެނި އަވަހަށް އޭނާގެ އޮފީހަށް ވަދެވޭތޯއެވެ. ނަމަވެސް އޭނާ އެހާ ލަކީ އެއް ނޫނެވެ. އޭނާގެ އޮފީހަށް ވަދުމުގެ ކުރިން އޭނާގެ ސެކެޓްރީ ވިންޓޭޖް ޓޭކްނޮލޮޖީގެ ސީއީއޯ ރިޔާންޝް އާއި ބައްދަލު ކުރަން އެބަ އައިސް ކަމަށް ބުނުމުން ރިޔާ އަށް ނާއިކް އާއި ބައްދަލުވާން ދާން ޖެހޭނެ ކަން އިނގުނެވެ. ރިޔާންޝް ނައިރާ ލާން ދިޔުމުގެ އިތުރުން އޭނާ ރިޔާ ކައިރީ އޭނާ މިއަދު އަންނަލެއް ލަސް ވާނެ ކަމަށް ބުނުމުން ރިޔާ އަށް ނާއިކް އާއި ބައްދަލު ކުރަން ދާން ޖެހޭނީ އޭނާ ކަން އިނގުނެވެ.
މީޓިންގް ރޫމްގައި ނާއިކް އިންތިޒާރު ކުރަމުން ދިޔައީ ރިޔާ އަށްށެވެ. އޭނާއަށް ރިޔާންޝް ނާންނާނެ ކަން އިނގެއެވެ. އެއީ އޭނާއާއި ރިޔާންޝް އަދި ޒަކްވާން ރާވާފައި އޮތް ގޮތެވެ. ދޮރާ ފުރަގަސް ދީގެން ހުއްޓާ ރިޔާ މީޓިންގް ރޫމްގެ ދޮރު ހުޅުވާލުމުން ނާއިކް އަށް ހިނިތުންވެލެވުނެވެ. ރިޔާ މީޓިންގް ރޫމް އަށް ވަނުމަށްފަހު ދެން ނާއިކް އޭނާއާއި ފުރަގަސް ދީގެން ހުރުމުން ވާހަކަ ފަށާނެ ގޮތަކާއި މެދު ވިސްނިއެވެ.
“އަމް ވިންޓޭޖް ޓެކްނޮލޮޖީސް ސީއީއޯ … ވަޓް ޑޫ ޔޫ ނީޑް ޓު ޓޯކް އެބައުޓް” ރިޔާ ވާހަކަ ދެއްކީ ވަރަށް ރަސްމީ ކޮންނެވެ. “އަމް އިޓްސް އެބައުޓް ދަ ޕާޓީ… ޔުއަރ ފޮރިން އިންވެސްޓާރސްގެ ލައިކިންގް ބަލަން ޖެހޭތީ” ނާއިކް ގޮޑީގައި އިށީންނަމުން ބުނެލިއެވެ. “ހޫމް ވީ ކޭން މޭކް ދަ އެމެރިކަންސް ސްޓޭ އެޓް ޔުއަރ ހައުސް އެންޑް ލެޓްސް މޫވް ދަ އޮސްޓްރޭލިއަންސް ޓު އަވާރ ގެސްޓް ހައުސް” ރިޔާ ވާހަކަ ދެއްކިއެވެ.
30 މިނެޓް ވަންދެން ބިޒްނަސް ވާހަކަ ގައި ތިބުމަށްފަހު ދެމީހުން ނިންމާލުމަށްފަހު ރިޔާ އޮފީހުން ނިކުންނަންވެގެން ގޮޑިން ތެދުވަތީ ނާއިކް ގޮވާލިއެވެ. “ރިޔާ އައި ނީޑް ޓު ޓޯކް ޓު ޔު” ނާއިކް މިހެން ބުނުމުން ރިޔާ އަވަހަށް ދާން ބޭނުންވި ނަމަވެސް އޭނާގެ ފައެއް ހަރަކާތެއް ނުކުރިއެވެ. ދެން ނާއިކް ރިޔާގެ އަތުގައި ހިފާފައި އޭނާ އާއި ދިމާލަށް އަނބުރާލުމުން ރިޔާ އަށް ވަގުތުން ރޭގައި ފެނުނު ހުވަފެނުގެ މަތިން ހަދާންވިއެވެ. “ނާއިކް ވީ އާރ އިން ވޯކް ޕްލޭސް” ރިޔާ އަވަސް އަވަހަށް ބުނެލުމަށްފަހު ނާއިކްގެ އަތު ތެރެއިން އޭނާގެ އަތް ވިއްލުވާލަން އުޅުނު ނަމަވެސް އެކަމެއްނުވިއެވެ.
“ޖަސްޓް ހިއަރ މީ އައުޓް” ނާއިކް ބުނެލިއެވެ. އޭނާގެ އަޑުގައި ވީ އާދޭސް ރިޔާ އަށް ފާހަގަ ކުރެވުނެވެ. “އައި ޑިޑް ނާއިކް.. 5 އިޔާރސް އެގޯ” ރިޔާ ދެން ބުނެލި ބަހުން ހީވީ ނާއިކްގެ މޫނު މަތީ މީހަކު ޖެހިހެންނެވެ. ނަމަވެސް އޭނާ ހުރީ އެހާ އަވަހަށް ދޫކުރާ ކަހަލަ ހިޔާލެއްގައެއް ނޫނެވެ. “އައި ނޯ އެންޑް އައި އޭމް ސޮރީ އެބައުޓް ދެޓް” ނާއިކް ބުނެލިއެވެ. “ސޮރީ…. ވެއަރ ވާރ ޔޫ ވެން އައި ނީޑެޑް ދެޓް ސޮރީ 5 އިޔާރސް އެގޯ… ވެއަރ ވާރ ޔޫ ވެން އައި ނީޑޭޑް ޔޫ ވިތް މީ ދަ މޮސްޓް …….. އަ ސޮރީ ކެނޮޓް ފިކްސް ދިސް ނާއިކް ޓޫ މަޗް ޑެމޭޖް ހޭޒް ބީން ޑަން” ރިޔާ އަށް ބުނެލެވުނެވެ. ރިޔާގެ ކޯތާފަތުން ފޭބި ކަރުނަ ތިކިތަށް ފެނިފައި ނާއިކް އަށް ހަދާނެ ގޮތް ހުސްވިއެވެ. “އައި ވޯޒް އަ އިޑިއެޓް ބެކް ދެން .. ބަޓް ނައު އައި އޭމް ހިޔާރ ރައިޓް” ނާއިކް އޭނާގެ އަތް އުފުލާލުމަށްފަހު ރިޔާގެ ކޮލުގައި އަތް ލުމުން ރިޔާ ދުރަށް ޖެހިލިއެވެ. “ފައިން ޔުއަރ ޗޮއިސް.. ޗޫޒް ނޮޓް ޓޫ ފޮގިވް މީ ބަޓް އެޓްލީސްޓް ޑޯންޓް ޓޭކް އަވާރ ޑޯޓާރ ފްރޮމް މީ”ނާއިކް ދެން ބުނެލި ވާހަކަ އިން ރިޔާ އަށް ހުއްޓުން އެރި އެވެ. “އައި ޓޫކް ހާރ ފްރޮމް ޔޫ… އާރ ޔޫ ރިއަލީ ސޭއިންގް ދެޓް ނާއިކް…. ޑިޑް ޔޫ އިވެން ޓްރައި ޓު ފައިންޑް މީ.. ވެލް އިފް ޔޫ ޑިޑް ޔޫ މައިޓް ހޭވް ސީން ޔުއަރ ޑޯޓާރ” ރިޔާ ރުޅި ވެރިކަމާއެކު ބުނެލިއެވެ. “އޯކޭ ޕަނިޝްމީ އޯލް ޔޫ ވޯންޓް… ބަޓް ޕްލީޒް އައި ވޯންޓް ޓު ހިއަރ ފްރޮމް ޔޫ ނައިރާ އިޒް މައިން ރައިޓް” ނާއިކް މިހެން އަހާލުމުން ރިޔާގެ އަގަ ބަންދުވިއެވެ. އޭނާ އާއެކޭ ބުނެފިނަމަ ނައިރާ އާއި އޭނާ ވަކި ވާން ޖެހިދާނެވެ. ނާއިކް އަށް މިހާރުވެސް ނައިރާ އަކީ އޭނާގެ ކަން އިނގި ހުރެ އަހަނީ އެ ހަމަ ރިޔާ ލައްވާ ބުނުވަން ކަން ރިޔާ އަށް އިނގެއެވެ.
“ޔެސް ނައިރާ އިޒް ޔުއާރސް…” ރިޔާ މަޑުމަޑުން ބުނެލިއެވެ. ދެން ނާއިކްގެ މޫނު މަތިން ފެނުނީ ދުވަހަކުވެސް އޭނާއަށް ނުފެންނަ ހިނިތުންވުމެކެވެ. “ހެހެ އަލްހަމްދުލިއްލާހި… އައި ވޯޒް ސޯ ސްކެއާރޑް ދެޓް ޔޫ މައިޓް ސޭ ނޯ” ރިޔާގެ ގައިގައި ބައްދާލަމުން ނާއިކް ބުނެލިއެވެ. އޭނާ ވެފައި ހުރި އުފަލުން ރިޔާ އޭނާގެ ދެކެ ރުޅި އައިސްފައި ހުރި ކަމެއްވެސް ހަދާނެއް ނެތެވެ. ރިޔާ އަށްވެސް ދުރަށް ޖެހިލެވުމުގެ ކުރިން ނާއިކް އޭނާގެ ދެއަތް ރިޔާއާއި ވަށާލިއެވެ.
އިރުކޮޅެއްފަހުން ނާއިކް އަށް ހަމަ ބިމަށް އާދެވުމުން ރިޔާ ދުރުކޮއްލިއެވެ. “ސޯ އޯކޭ ފައިން އައި ޑޯންޓް ޑިޒާވް ޓުބީ ވިތް ނައިރާ ބަޓް އެޓްލީސްޓް ޑޯންޓް ޓޭކް ހާރ ފްރޮމް ހާރ ގްރޭންޑް ޕޭރެންޓްސް” ނާއިކް މިހެން ބުނުމުން ރިޔާ އަށް ނާއިކްގެ މަންމަ އާއި ބައްޕަ މަތިން ވިސްނާލެވުނެވެ. އޭނާ ނާއިކް ދެކެ އައިސްފައި ހުރި ރުޅި މި ބޭލުނީ އެ ރުޅި ހައްގު ނުވާ ބަޔަކަށް ކަން އިނގުމުން ދެން ނާއިކް އާއި ދިމާލަށް ބަލާލީ އޭނާވެސް އެކަމަށް އެއްބަސް ވާކަހަލަ ގޮތަކަށްށެވެ. “އޯކޭ.. ސޮރީ އައި ޝޫޑް ހޭވް ތޯޓް އެބައުޓް އީމާ އާންޓީ އެންޑް ނަޒްރާން އަންކަލް……. ބަޓް ނައިރާ ކައިރީ ނުބުނާތި ނާއިކް ތީ އޭނާގެ ބައްޕަ ކަން” ރިޔާ ބުނެލިއެވެ. “ސޯ ޓުމޯރޯ ފްރައިޑޭ އެންނު މާދަން ދާނަން ނައިރާ ގޮވާގެން ތިގެޔަށް” ރިޔާ ބުނެލިއެވެ. “ވިލް ޔޫ ކަމް އަޒް ވެލް” ނާއިކް ހުރީ ރިޔާ ގެންނަން ބޭނުންވެފައެވެ. “ނޯ އައި ވިލް ކަމް ޓު ޕިކް ހާރ އަޕް އެކަމު” ރިޔާ މިހެން ބުނުމުން ދެމީހުން ހިނގައިގަތީ ރޫމް އިން ނިކުންނާށެވެ.
ރޭގަނޑުގެ ވަގުތެވެ. ރިޔާންޝް އަށް ނާއިކް ގެ ފަރާތުން ރިޔާ ނައިރާ އެގެއަށް ގެންދަން އެއްބަސްވި ކަން އިނގުނެވެ. އެހެންކަމުން ދެން އޭނާ އިންތިޒާރު ކުރަމުން ދިޔައީ ރިޔާ އެގޭ މީހުން ކައިރީ މި ވާހަކަ ބުނާނެ އިރަކަށްށެވެ. ކެއުމުގެ ވަގުތު ރިޔާންޝް އަށް ރިޔާ އާއި ދިމާލަށް ބަލަން އިނދެވުނީ އެހެންވެއެވެ. “އަމް މަމް ޑޭޑް ދޮންބޭ އައި ނީޑް ޓު ސޭ ސަމްތިންގް” ރިޔާންޝްގެ އިންތިޒާރުގެ ނިމުމަކަށް އައީ ދެނެވެ. ތިން މީހުންގެ ސަމާލުކަން ރިޔާ އަށް ލިބުމުން ރިޔާ ދެން ފުން ނޭވާ އެއް ބޭރު ކޮއްލިއެވެ. “އަޅުގަނޑު ނިންމާފިން މާދަން ނައިރާ ނާއިކް މެން ގެޔަށް ގެންދަން” ރިޔާގެ ވާހަކަ އިން ރާނިޔާ އާއި ރިހާމް އަށް ސިހުމެއް ލިބުނެވެ. “ދަރިފުޅާ ކީއްވެ؟ ބައްޕަ މެނަށް މައްސަލަ އެއް ނެތް އެކަމު އެހާ އަވަހަށް ނާއިކް އަށް މާފް ކުރަނީ ތަ… ބައްޕަ ވެސް އެއްބަސް ވަން ނާއިކް ބަދަލު ވެދާނެ މިހާރު އެކަމު” ރިހާމް ބުނެލިއެވެ. “ނޫން ބައްޕާ… އަޅުގަނޑު މާފެއް ނުކުރަން ނާއިކް އަކަށް މާއާފެއް ނުވެސް ކުރާނަން…. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ނާއިކް ކޮއްގެން އުޅޭ ކަމެއްގެ ނަތީޖާ އެނާގެ މަންމަ އާއި ބައްޕަ އަށް ދިނުމަކީ ރަނގަޅު ކަމެއްހެން… އައި މީން އެމީހުން އެއީ ނައިރާގެ ކާފަ އާއި މާމަ” ރިޔާ ބުނެލިއެވެ. ރިހާމް ރާނިޔާ އަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. “މައްސަލަ އެއް ނެތް.. ދަރިފުޅު ރަނގަޅު ކަމެއް ކުރަން އުޅޭ ނަމަ ބައްޕަ މެން ތަތްޔާރަށް މިތިބީ” ރާނިޔާ ބުނެލިއެވެ. އަދި ރިހާމް އާއި ރިޔާންޝް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. “އެކަމު ނާއިކް އަކީ ނައިރާގެ ބައްޕަ ކަން އަންގާކަށް ބޭނުމެއް ނޫން އަދި އަޅުގަނޑު” ރިޔާ ބުނެލިއެވެ. “ކޮންމެވެސް ދުވަހަކުން އެކަމު ބުނަން ވާނެ ވެން ޔޫ އާރ ރެޑީ” ރިޔާންޝް ރިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރިޔާ ތިން މީހުނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ.
އަނެއްދުވަހުގެ ހެނދުނެވެ. “ނައި ސްވީޓީ މިއަދު ދާން މިއުޅެނީ މަމް ފްރެންޑް އެއްގެ ގެއަށް… ނައީ ދާން ބޭނުން ތަ އެއްކަލަ ނައިސް ހެއަރ ބޭބެ މެން ގެއަށް” ރިޔާ ވަރަށް ވިސްނާފައި ބުނެލިއެވެ. “ޔެސް.. މަމް ވިލް ޔޫ ޓޭކް މީ” ނައިރާ އަވަސް އަވަހަށް ބުނެލިއެވެ.
“ދަރިފުޅާ ނާއިކް ހެނދުނުއްސުރެއް ކޮންކަމަކަށް ތި ތައްޔާރު ވަނީ” އީމާއާއި ނަޒްރާން އަށް ނާއިކް ހެނދުނުއްސުރެއް ކަމަކަށް ތަތްޔާރު ވާތީ އަހާލެވުނެވެ. “އިޓްސް އަ ސަޕްރައިޒް” ނާއިކް ބުނެލިއެވެ. ހެނދުނުއްސުރެއް އެ މޫނު މަތިން ދުވަހަކު ނުފިލާ ވަރުގެ ހިނިތުންވުމެއް މޫނުމަތީ ހުރިކަން ވެސް އެދެމީހުނަށް ފާހަގަ ވިއެވެ.
“ނާއިކް” ބެލް ޖެހި އަޑު އިވުމުން ނާއިކް ދޮރު ހުޅުވާލީއިރު ދޮރު ކުރިމަތީ ހުރީ ކައިލާއެވެ. ވަގުތުން ނާއިކްގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. “ވަޓް” ނާއިކް ވާހަކަ ދެއްކީ ހަރުކަށި ގޮތެއްގައެވެ.
