
އަބަދުވެސް ވާނަން ގާތުގައި
“ދަރިފުޅާ ، ދަރިފުޅަށް އަދި ކޮމްޕެނީ ދޭކަށް ބައްޕަ އެއް ނުވިސްނަން، ފުރަތަމަ ކޮމްޕެނީ އާއި ހަވާލުވާއިރު ހަރުދަނާ މީހަކަށް ވާން ޖެހޭނެ” ބައްޕަ އޭނާއާއި ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ނާއިކް ވާހަކަ ދައްކަން ތަތްޔާރުވެލިއެވެ. “ބައްޕާ އަހަރެން މިހާރު މިއުޅެނީ ކުއްޖަކާ ރައްޓެހި ވެގެން، އޭނާ އޭލެވެލެ ނިމުނު ހާ އަވަހަކަށް ހަމަ އިންނަންވީ” ނާއިކް ބުނެލިއެވެ. “މީހަކާ އިންނާނީ ހަމަ އެކަނި ނާއިކް ބޭނުން ވީމާއެއް ނޫނޭ، އަންހެން ކުއްޖާ ރެޑީތޯވެސް ބަލަން ޖެހޭނެ” ނާއިކްގެ ބައްޕަ ނަޒްރާން ބުނެލިއެވެ.
************
“ބޮސް ވީ އާރ ހިއަރ” ނިދިފައި އޮތް ނާއިކް އަށް ދެން ހޭލެވުނީ ކާރު އައިސް މަޑުކޮއްލުމުންނެވެ. ދުއްވަން އިން ފެމިލީ ޑްރައިވަރުއަށް ބޯ ޖަހާލުމަށްފަހު ނާއިކް ކާރުން ފައިބައިގެން އޭނާގެ ގެޔާ ދިމާލަށް ހިނގައިގަތް ނަމަވެސް ނާއިކް ގެ ސިކުނޑީގައި ހިނގަމުން ދިޔައީ މުޅިން އެހެން ހިޔާލު ތަކެކެވެ. ހަމަ މިއަދު މީގެ 5 އަހަރު ކުރީގެ ހަދާންތަށް އާވީ ކީއްވެބާއެވެ. ހިޔާލުތަކުގައި ހުރެގެން ދިޔަ ނާއިކް އަށް އޭޏާގެ މަންމަ އީމާ އޭނާއަށް ގޮވާލިކަމެއްވެސް ރެއަކާ ނުލިއެވެ. އެހެންކަމުން އީމާ އަށް ޖެހުނީ ނާއިކްގެ ފަހަތުން ގޮސް ނާއިކްގެ އަތުގާ ހިފާ ހުއްޓުވަންށެވެ. “ގޮވީމަވެސް ކޮންތާކަށް” އީމާ ބުނެލިއެވެ. ނާއިކް އަށް ހޭވެރިކަން ވީ ދެނެވެ. “ސޮރީ މަމް، އައި ވޯޒް ތިންކިންގް އެބައުޓް ސަމްތިންގް، ކިހިނެތް ވީ” ނާއިކް ނިތްކުރީގައި އަތް ޖައްސާލަމުން ބުނެލިއެވެ. “މިއަދު ނާއިކް ބުނީމެންނު، ކޮންޕެނީއާއި ޕާރޓްނާވާން ޕްރޮޕޯޒަލް ކުރި މީހަކު އަންނަ ވާހަކަ އެކަމުގެ ޑީޓެއިލްސް ދިނުމަށް ބައްޕަ ބުނި ސްޓަޑީ އަށް ދާންވީނު މަމްވެސް މިދަނީ ކޮފީ ހިފައިގެން” އީމާ މިހެން ބުނުމުން ނާއިކް ބޯ ޖަހާލުމަށްފަހު ސްޓަޑީއާއި ދިމާލަށް ހިނގައިގަތެވެ.
“ވަދޭ” ނާއިކް ޓަކި ޖަހާލުމުން ނަޒްރާން ބުނެލިއެވެ. 27 އަހަރުގެ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު ފެނުމުން ދެން އޭނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނާއިކް އައިސް އިށީނުމުން ނަޒްރާން ވާހަކަ ފެށިއެވެ. “ދަރިފުޅަށް ކޮމްޕެނީ ދިން ފަހުން އިންޝާ ﷲ ހުރިހާ ކަމެއްވެސް މާ ރަނގަޅަކަންނު މިދަނީ އެކަމު ބައްޕަ އަކަށް ނުވިސްނުނު ޕާރޓްނާރ އަކަށްދާން ވީ ސަބަބެއް” ނަޒްރާން ބުނެލިއެވެ. ނާއިކް އަށް އޭރުވެސް އޭނާގެ ބައްޕަ ދައްކަންއުޅެނީ މިވާހަކަ ކަން އިނގުނެވެ. އޭނާގެ ކޮމްޕެނީ އަކީ އޭނާގެ ބައްޕަގެ ފަރާތުން އޭނާއަށް ވާރުތަވީ ކޮންޕެނީއެވެ. ކުޑައިރުއްސުރެއްވެސް ނާއިކްއަށް އެ ކޮމްޕެނީގެ ސީއީއޯ އަކަށް ވުމުގެ ހުވަފެން ދެކުނެވެ. އޭނާގެ ބައްޕަ އެކަނި ހުރިހާ ކަމެއް ކުރިނަމަވެސް ނާއިކް ޕާރޓްނާރޝިޕް އަކަށް ދާން ބޭނުންވި ސަބަބު ބަލަން އޭނާގެ ބައްޕަ ބޭނުންވާނެކަން އިނގެއެވެ.
“ބައްޕާ، ރިޔާންޝް އަކީ އަޅުގަނޑު ޕާރޓްނާޝިޕް ހަދަން ބޭނުންވި ކޮމްޕެނީގެ ސީއިއޯ، އޭނާއަކީ ފޯރްބްސް އިން 3 ފަހަރަށް ބެސްޓް ސީއީއޯއަށް ނޮމިނޭޓް ކޮއްފަ އަދި 2 ފަހަރަށް މޮޅުވި މީހެއް، އޭނާއަކީ 30 އަހަރުގެ މީހެއް އެކަމު އޭނާ މިހާރު އުޅެނީ ސިންގަޕޫރުގައި، އެތާ ބިޒްނަސް ވެސް އިންނަނީ އެނާގެ ކޮންޕެނީގައި ދެ ސީއީއޯ އިން ތިބޭކަމަށް އިއްޔެ މައުލޫމާތު ލިބުނު އެކަމު މުހިންމު ޑެޒިޝަން ނަގަނީ ރިޔާންޝް، އަޅުގަނޑާ ރިޔާންޝް އާ ދިމާވީ ދެމީހުން ފޯރބްސްގެ އެވާރޑް ޝޯއަކަށް ގޮސް އުޅެނިކޮން، އޭގެ ފަހުން ވަރަށް ގާތް، ދެން އަދި އޭނާ ރާއްޖެ މޫވް ކޮއްފަ އެމެރިކާގައިވެސް ބްރާންޗެއް ހުޅުވާ ގޮތަށް ޕްލޭން އޮތީ” ނާއިކް ގެ ވާހަކައިން ނަޒްރާން އަށް ހިތްހަމަ ޖެހުނެވެ.
“މެރިޑް ތަ؟” ނަޒްރާން އަހާލިއެވެ. ނަޒްރާން ސުވާލު ކުރުމުގެ ކުރިންވެސް ނާއިކް އިނީ މި ސުވާލު އަންނާނެ ކަން އިނގޭތީ ތަތްޔާރުވެގެންނެވެ. ނަޒްރާން ހީކުރާ ގޮތުގައި އިނދެގެން އުޅޭ ފިރެހެނުންނަކީ ހަރުދަނާ މީހުނެވެ. “ޔާ ހީ އިޒް އެކަމު އޭނަ ވައިފް، ހާރޓް އެޓޭކް އެއް ޖެހިގެން މަރުވީ މީގެ 3 އިޔާރސް ކުރިން” ނާއިކް ބުނެލިއެވެ. “މިރޭ ޑީނާއަށް އަންނާނެ އެހެންވީމަ އަޅުގަނޑުވެސް މިދަނީ ރެސްޓް ކޮއްލަން” ނާއިކް މިހެން ބުނުމަށްފަހު ގޮޑިން ތެދުވެ ހިނގައިގަތެވެ. ” ދަރިފުޅު ދެވަނަ ކައިވެންޔެއް ކުރަނީ ކޮންއިރަކު، ފުރަތަމަ ކައިވެނި ހެން ހުރިހާ ކައިވެންޔެއް ނުވާނެ” ތަޅުގައި އަތްޖައްސާލި ނާއިކް އަށް ހުއްޓެވުނީ އޭނާގެ ބައްޕަ ބުނި ބަހުންނެވެ. ބައްޕަ މެނަށް ނޭންގުނު ކަމުގައި ވިޔަސް ކުރީގެ ކައިވެނި ރޫޅުނީ އަންހެން ކުއްޖާގެ ސަބަބަކުން ނޫނެވެ. ހުރިހާވެސް މައްސަލަ އަކީ އޭނާއެވެ. ނަމަވެސް މިވާހަކަ އޭނާގެ މައިންބަފައިން ކައިރިން އޭނާ ސިއްރު ކުރީއެވެ. އާދާގެ މަތިން އެއްޖެކޭ ނުބުނެ ނާއިކް ދިޔުމުން ނަޒްރާން އަށް ބޯ ހޫރާލެވުނެވެ.
*
“ބަލާބަލަ އެއޮތް އަންނަނީ ކޮލެޖުގެ ހޮޓީ ނާއިކް އެއް ނޫން ތަ” ބެންޖްގައި އިށީންދެލައިގެން އިން ރިޔާއަށް ވަށައިގެން ދާކުދިން ކިޔާ އެއްޗެހީގެ އަޑު އިވުމުން ކުޑަ ކޮއް ހެވުނެވެ. ކިތަންމެ ވަރަކަށް ކޮލެޖުގެ ކުދިން ނާއިކް އާއި ދިމާލަށް ބެލިކަމުގައިވިޔަސް ނާއިކް އެ އަންނަނީ ރިޔާ ކައިރިއަށް ކަން އޭނާއަށް އިނގޭތީއެވެ. “ހޭ ބޭބީ” އާދައިގެ މަތިން ނާއިކް އައިސް ރިޔާގެ ކޮލަށް ބޮސްދިނުމަށްފަހު ރިޔާގެ ދުވަސް ދިޔަ ގޮތާމެދު ސުވާލު ކޮއްލިއެވެ. އޭރު އެތަކެއް ފިރެހެން ކުދިންގެ ނަޒަރު ރިޔާއަށް ހުއްޓިފައި ހުރިކަން އިނގުމުން ޕްރޮޓެކްޓިވް ގޮތަކަށް ނާއިކް ރިޔާގެ އުނަގަނޑުގައި ހިފާ އޭނާއާއި ގާތް ކޮއްލިއެވެ. “ސާބަސް ތިވަރަށް އެހެންމީހުން ބަލާތީވެ ޖެލަސް ވަންޔާ އިނދެބަލަ އަވަހަށް” ދެން އެތަނަށް އައީ ނާއިކްގެ އެންމެ ގާތް އެކުވެރިޔާ ޒަކްވާންއެވެ. ޒަކްވާންގެ މި ޖުމްލައިން ނާއިކް ސީރިއަސް ވި ނަމަވެސް ރިޔާ ހިނިތުންވެލުމަށްފަހު ޒަކްވާންގެ ގައިގައި ޖަހާލީއެވެ.
************
“މަންމީ” އޮފީހުގައި ނަމުގައި ވޯކް ކުރަން އިން ރިޔާއަށް އެބުރި ދުނިޔެއަށް އާދެވުނީ އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު އައިސް އޮފީހަށް ވަނުމުންނެވެ. “ނައީ ހައު ވޯޒް ސްކޫލް” 5 އަހަރުގެ ނައިރާ އުމުރުން ބޮޑު ބައެއް ހޭދަ ކުރީ ރާއްޖެއިން ބޭރުގައި ކަމުން ނައިރާ ވާހަކަ ދައްކަނީ އިނގެރޭސިންނެވެ. ނައިރާގެ ދަބަހުގައި ރިޔާ ހިފާލުމަށްފަހު އޭނާގެ ޕީއޭއަށް ބޯ ޖަހާލަމުން ހިނިތުންވެލުމަށްފަހު އޭނާ ނިކުތީ ސުކޫލުން ހަވާލު ކުރި ސްލިޕް ކޮޅެއް ރިޔާ އަތަށް ދިނުމަށްފަހުއެވެ. “ލެޓްސް ގޯ ހޯމް ދެން، މަމް އިޒް ގޮނަބީ ބިޒީ ޓުނައިޓް، އައި ހޭވް ޓޫ މީޓް ޔުއަރ ޓީޗަރ އަސް ވެލް” ރިޔާ މިހެން ބުނުމަށްފަހު ނައިރާ އުރާލުމަށްފަހު އޮފީހުން ނިކުމެގެން އޭނާގެ ކާރާއި ދިމާލަށް ހިނގައިގަތެވެ.
“މަމް އައި އޭމް ހޯމް” ނައިރާ އާއި އެކު ގެއަށް ވަދުމަށްފަހު ރިޔާ އޭނާގެ މަންމަ ރާނިޔާއަށް ބުނެލިއެވެ. “މިއޮތް އައީނު މާމީގެ ދަރިފުޅު” ރާނިޔާ ބަދިގެއިން ނިކުމެގެން އައިސް ނައިރާ އުރާލިއެވެ. “ދަރިފުޅު ރެސްޓް ކޮއްލަން ދާންވީނު މަންމަ ނައިރާ ބަލާލާނަން” ރާނިޔާ ބުނެލިއެވެ. ރިޔާ އަށް ހިނިތުންވެވުނީ އޭނާއަށް ރާނިޔާއެކޭ އަސްލު މަންމަ އެއްގެ ފަރަގު ނުފެންނާތީއެވެ. ރިޔާގެ މަންމަ އާއި ބައްޕަ ވަނީ އޭނާ ކުޑަ އިރު ނިޔާ ވެފައެވެ. އޭނާ އަށް ކިޔަވާދިނީ އޭނާގެ ހުރި ހަމަ އެކަނި ބޮޑުބޭބެއެވެ. ނަމަވެސް ބޮޑުބޭބެ ނިޔާވެ މިދުނިޔޭގެ އެންމެން ރިޔާ ދޫކޮއްލި ވަގުތު އެހީތެރި ކަމުގެ އަތެއް ދިއްކޮއްލީ ރާނިޔާ އާއި އޭނާގެ ފިރިމީހާ ރިހާމް އެވެ. ރިހާމް އާއި ރާނިޔާގެ އަންހެން ކުއްޖެއް ނެތުމުން ރިޔާއަށް އެމީހުންގެ އަސްލު ފިރެހެން ދަރިފުޅަށް ވުރެއް މާ ލޯބި ލިބެއެވެ. “ރެސްޓް އެއް ނުކުރެވޭނެ އެންނު މަންމާ، މިއަދު ނައިރާގެ ފަރސްޓް ޑޭ ސުކޫލް ގައި ސޯ ނައީގެ ޓީޗާރ އާއި ބައްދަލު ކޮއްލަން ދާން ޖެހޭ އެބަ” ރިޔާ މިހެން ބުނުމަށްފަހު ތަތްޔާރުވާން އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.
*
” އޭ ބަލާބަލަ އެ ކުއްޖާ ސަޅި ދޯ، އެއީ އައިލީން” އާދައިގެ މަތިން ޒަކްވާން ދެއްކީ އަންހެން ކުދިންގެ ވާހަކަ އެވެ. ރިޔާ އާއި ނާއިކް ޒަކްވާން ބުނި ބަހަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެލީ އެމީހުން އޯޑަރ ކޮއްގެން ގެނައި އެއްޗެހި ކެވޭ ތޯއެވެ. “އައި ލައިކް ހާރ، ލައިކް ރިއަލީ ލައިކް ހާރ،” ޒަކްވާން ދެން ބުނި އެއްޗަކުން ރިޔާ އާއި ނާއިކް އަށް އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލަން މަޖްބޫރު ކުރުވިއެވެ. ސަބަބަކީ ޒަކްވާން ރިއަލީ ލައިކް ވާ ކުއްޖެއް އަދި މިހާ ތަނަށްވެސް ނުފެންނާތީއެވެ. އަބަދުވެސް ޒަކްވާން އަށް ފެންނަ އަންހެން ކުދިންގެ ކޮންމެވެސް ކަހަލަ މައްސަލަ އެއް ހުރެއެވެ. ކަކުލާ ހަމައަށް އަރާ ރަތް ހެދުމެއްގައި ހުރި އައިލީން އަށް ބަލާލި ކޮންމެ މީހަކަށްވެސް އެއީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ކުއްޖެއްކަން އިނގުނެވެ. ރިޔާއަށް އައިލީން ފުރަތަމަ ބަލާލުމުން ވެސް ޒަކްވާންއަށް ކަމުދިޔައީ މިހެންވެއެވެ. “ހޫމް ޔޫ ޝޫޑް ޓްރައި” ބާރގާ އަނގައަށް ޖަހާލަމުން ރިޔާ މިހެން ބުނުމުން ޒަކްވާން އެ އަންހެން ކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ.
************
ހިޔާލު ތަކުން ބޭރު ވެލުމަށްފަހު ނާއިކް ފޯނު ނަގާ މީހަކަށް ގުޅާލުމަށްފަހު ފޯނު ކަންފަތުގައި ޖެހިއެވެ. “ޒަކްވާން ޔޫ ޝޫޑް ކަމް އެޓް 8 އިނގޭ، “ނާއިކް ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ދުވަސް ވީ އެކުވެރިޔާ ޒަކްވާން އާއެވެ. ޒަކްވާން އަކީ އޭނާގެ ކޮންޕެނީގެ ސީއޯއޯ އެވެ. އޭނާއަކީ ކޮންޕެނީގެ ސެކަންޑް ބޮސް އެވެ. “ހޫމް ބަލާނަން ގަޑިއަށް ދެވޭތޯ، އައިލީންގެ މިއަދު މީޓިންގް އެއް އޮތީމަ ގެއަށް އައުން ލަސް ވެދާނެ ކަމަށް ބުނެފަ އޮތީ ސޯ އާޒިން ކައިރީ މަ ބޭނުން އައިލީން އަންނަން ދެން މަޑުކޮއްލަން” ޒަކްވާން ބުނެލިއެވެ. “ނޭނީ ހުންނާނެ އެންނޫންތަ” ނާއިކް ބުނެލިއެވެ. “ނޫނޭ މިއަދު އޭނާއަށް ބްރޭކްއެއް ދީފަ މިއުޅެނީ، ދެން މެއިޑުން ކައިރީވެސް ބެހެއްޓިދާނެ ” ޒަކްވާން ބުނެލިއެވެ. ” ނޫން އޯކޭ ވާނެ ލަސް ވިޔަސް، އައިލީން އަންނަން ދެން މަޑުކޮއްލާ” ހިނިތުންވެލަމުން ނާއިކް ބުނެލިއެވެ.
*
ރީތި ވެލައިގެން ތިރިއަށް ފޭބި ރިޔާއަށް ސިޓިންގް ރޫމްގައި ހުރި އޭނާގެ ބޭބެ ރިޔާންޝް ފެނުމުން ދުވެފައި ރިޔާންޝް ކައިރިއަށް ދެވުނެވެ. “ހޭ ދެއަރ މައި ބޭބީ ގާރލް” ރިޔާންޝް ރިޔާގެ ކޮޑުގައި ހިފާ ގާތް ކޮއްލަމުން ބުނެލިއެވެ. “އޯކޭ މިއަދު ދަނީ މި ޕޮސިބަލް ޕާރޓްނާރ ގެ ގެޔަށް، ޔޫ ރެޑީ” ރިޔާންޝް ބުނެލިއެވެ. “އަދިވެސް ރިޔާ ގާތު ނޭމް އެއް ނުބުނަ މެންނު، ކީއްވެ ތަ ތި ކިޔާ މީހަކާ ޑީލް ހަދަން ތިއުޅެނީ” ރިޔާ ފެންފުޅި އެއް ނަގަމުން އަހާލިއެވެ. ” އެއީ މިހާރު ރާއްޖޭގައި ހުރި ވަން އޮފް ދަ ބެސްޓް ހަމަ، ދެން މަށާވެސް ފްރެންޑްވާނެ ވަރަށް” ރިޔާންޝް ބުނެލިއެވެ. “ފެމިލީ ޑިނާރ އެކޭ ދޯ ، މަންމަ މެންވެސް ދާނެ ދޯ އެހެންވީމާ” ރިޔާ ބުނެލިއެވެ. “ހޫމް ނައިރާވެސް ގެންދަން ވާނެ، އެންޑް އަހަންނަށް ހީވަނީ ރިޔާ އަށް ވެސް އޭނާ އިނގުނީމާ މިއީ ރަނގަޅު ޑެޒިޝަން އެއް ކަމަށް އެއްބަސް ވާނެ ކަންނޭންގެ” ރިޔާންޝް ބުނެލިއެވެ. އޭނާއަށް ރިޔާ އޭނާ ޕާރޓްނާޝީޕް އަކަށް ދިޔުމަށް ދެކޮޅުކަން އިނގެއެވެ. މިކަމާ ރިޔާ އޭނާއާއި ވާހަކަ ވެސް ދެއްކިއެވެ. ނަމަވެސް ރިޔާ ދެކެ އޭނާ އެންމެ ބޮޑަށް ލޯބިވާ ސަބަބަކީ ރިޔާ އެނާގެ ހިޔާލުތަކަށް އިހުތިރާމުކުރާތިއެވެ. ރިޔާއަށް އޮފީހުގައި އޭނާ އެކޭ އެއް މަގާމު ދިނީވެސް އެހެންވެއެވެ.
“ރިޔާ އަދި ތިދަނީ ނައިރާގެ ޓީޗާރ އާއި ބައްދަލު ކޮއްލަން ދޯ” ދެން އެތަނަށް އައީ އޭނާގެ މަންމަ އާއި ބައްޕަ އެވެ. ރިހާމް އާއި ރާނިޔާއެވެ. “ރިޔާ ހާސް ނުވޭ ދެން ބައްޕަ ވެސް އެ ޕާރޓްނާރ ގެ ޕްރޮފައިލް ބަލާފިން ނޮޓް ބޭޑް” ރިހާމް ރިޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ރިޔާ ހަމައެކަނި ހިނިތުންވެލުމަށްފަހު ފެން ބޯން ފެށިއެވެ. “ރަނގަޅު ވާނެ އެންނު ދެން ނާއިކް ނަޒްރާން ވިއްޔަ، ރާއްޖޭގައި ނަޒްރާން ގެ މުއްސަދި ކަން ނުދަންނަ މީހަކު މަދުވާނެ” ރިހާމްގެ ބަހާއެކު ފެން ބޯން ހުރި ރިޔާ ކޮށިއެރުމުން 3 މީހުންގެ ނަޒަރު ރިޔާއަށް ހުއްޓުނެވެ. ފެން ތަށި ބައިންދާފައި އަނގަ މަތީ އަތް އަޅައިގެން ހުރެ ދުވެފައި ކަހަލަ ގޮތަކަށް ރިޔާ ބޭރަށް ނިކުތުމުން ދެން ތިބި މީހުން ތިބީ ވާނުވާގައެވެ. ‘ހަމަ ނާއިކް ނަޒްރާން ގެ ނަމުގެ އަޑު އިވޭ އިރަށް ރިޔާ ކޮށި އެރީ ކީއްވެ ބާއެވެ.’ ރިޔާންޝް ނޫނަސް ރިހާމް އަދި ރާނިޔާވެސް ހުރީ މިކަމާ މެދު ސުވާލު އުފެދިފައެވެ.
ދުވަމުން ގޮސް ކާރަށް އެރުމަށްފަހު ރިޔާ އޭނާގެ ކޮށިއެރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކާރުން ފެން ފުޅި އެއް ނަގައި ބޯލިއެވެ. އަދި ނޭވާ ހަމައަކަށް އަޅުވަމުން ޑްރައިވަރު ކައިރީ ނައިރާގެ ސުކޫލަށް ދިޔުމަށް އެދުނެވެ. ‘ސީރިއަސްލީ، ރާއްޖޭގައި އެންމެންގެ ތެރެއިންވެސް ރިޔާންޝް ޕާރޓްނާރޝިޕް ހަދަން ޖެހެނީ އޭނައާތަ؟ ދެޓްސް ދަވަން ޕާރސަން އައި ޑޯންޓް ވޯންޓް ޓު ފޭސް އަގައިން ‘ ހިތާ ހިތުން ކާރުގައި އިނދެގެން ރިޔާ ކިޔަމުން ދިޔައެވެ. ޑިނާއަށް ނުދާންވެސް އޭނާ ހިތަށް އެރިއެވެ. ނަމަވެސް އެގޭ އެކަކަށްވެސް އަސްލު ހަގީގަތް ބަޔާން ކުރަން ބޭނުން ނުވުމުން މިކަން ސިއްރު ކުރަން ބޭނުމިއްޔާ އޭނާ ޖެހޭނީ ހުރިހާ ކަމެއްވެސް ނޯރމަލް ކަމަށް ދައްކާގެން އުޅެންކަން ރިޔާ އަށް އިނގެއެވެ.
އިސްކަންދަރު ސުކޫލް އަށް ވަނުމަށްފަހު ރިޔާ ކްލާސް ރޫމްއެއްގައި މަޑޫކޮއްލިއެވެ. “ވެލްކަމް ޔުއާރ ނައިރާސް މަމް ރައިޓް” ދޮރުން ވަދެގެން އައި 25 އަހަރުގެ އަންހެން ކުއްޖާ ފެނުމުން ރިޔާއަށް ހުއްޓުންއެރިއެވެ. “އައިލީން” ރިޔާއަށް ކިޔާލެވުނެވެ. “ރިޔާ” އައިލީންއަށް ވެސް ހަމަ ހުރެވުނީ ރިޔާ އެކޭ އެއްފަދައިން ހުއްޓުންއަރާފައެވެ. “ޔުއާރ ބެކް” އައިލީން ރިޔާއަށް ހަގް އެއް ދެމުން ބުނެލިއެވެ. ރިޔާ ހަމަ އެކަނި ހިނިތުންވެލީއެވެ. ” ސޯ ވެއިޓް ނައިރާ އިޒް ޔުއަރ” އައިލީން ބުނަން އުޅުނެވެ. “ޔަރ ޝީއިޒް” ރިޔާ އަވަސް އަވަހަށް ބުނެލިއެވެ. “ހައު އިޒް ތިންގްސް ގޯ ބިޓްވީން ޔޫ އެންޑް ޒަކްވާން” ރިޔާ އަހާލިއެވެ. “ގުޑް ވީ ހޭވް އަ ސެވެން އިޔަރ އޯލްޑް ސަން، އާޒިން” އައިލީން ބުނެލިއެވެ.
“ސޯ، ނައިރާގެ އޮވަރ އޯލް ރަނގަޅު އެކަމު ޝީ އޮންލީ ސްޕީކްސް އިންގްލިޝް” އައިލީން ބުނެލިއެވެ. “ޔަރ، އަސްލު އައި މޫވްޑް ޓު ސިންގަޕޫރ ސޯ ދެއަރ ދޭ އޮންލީ ޓީޗް އިންގްލިޝް ސޯ ދެޓް ހެޕެންޑް، ބަޓް އައި ވޯންޓް ނައިރާއަށް ވީހާވެސް އަވަހަކަށް ދިވެހި ދަސް ކޮއްދޭން” ރިޔާ ކިޔާދިނެވެ.
އައިލީންއާއި ބައްދަލުވުން ނިންމާލުމާފަހު ރިޔާ ގެއަށް އައި އިރު ރިޔާންޝް، ރިހާމް، ރާނިޔާ އަދި ނައިރާ ހުރީ ބޭރުގައި މަޑުކޮއްލާގެން ރިޔާގެ އިންތިޒާރުގައެވެ. ރިޔާންޝް އެއްޗެކޭ ބުނަންވެފަ ހުރި ކަހަލަ ގޮތަކަށް ހުރިނަމަވެސް ގަޑި ޖެހޭތީ މިވަގުތަށް އޭނާ އެއްޗެކޭ ނުބުނީއެވެ.
*
ރިޔާންޝްގެ އާއިލާ އަންނަން ވާއިރަށް ނާއިކްމެން ގޭގައި ހުރިހާ މެއިޑުން މަސައްކަތް ކުރަމުން ދިޔައެވެ. ޒަކްވާންއަށް ވެސް ނަސީބަކުން ގަޑިއަށް އާދެވުނެވެ. ގޭގެ ބެލް ޖެހުމުން ގޭގެ މެއިޑުގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ސިޑިންގްރޫމުގައި އިށީންދެ ތިބި ނަޒްރާން، އީމާ، ޒަކްވާން އަދި ނާއިކް އަށް ރިޔާންޝް ފެނުމުން ތެދުވެ ސަލާމް ކޮއްލެވުނެވެ. “މިއީ އަހަރެންގެ މަންމަ ރާނިޔާ، ދެން މީ އަހަރެންގެ ބައްޕަ ރިހާމް، ދެން މީ އަހަރެންގެ ކޮއްކޮ ރިޔާ ދެން އޭނާގެ ދަރިފުޅު ނައިރާ” ރިޔާންޝް ރިޔާއަށް އަތް ދިއްކޮއްލި ވަގުތު ރިޔާ އިސް އުފުލާލުމުން ނާއިކް އަށް ނޫނަސް އެންމެނަށްވެސް ހުއްޓުންއަރާފައި ހުރެވުނީއެވެ. އީމާއަށް ބަލާލެވުނީ ނައިރާއާއި ދިމާލަށްށެވެ. މަޔަކަށް ދަރިއަކު ނޯޅޭނެއޭ ބުނާ ފަދައިން އީމާއަށް ނައިރާއަށް ބަލާލި ފުރަތަމަ ބަލާލުމާއެކުހެން ނައިރާގެ ސިއްރު ދެނެގެންފިއެވެ.
“އައި ތޯޓް ޔޫވާރ އެން އޮންލީ ޗައިލްޑް” ނާއިކް ވާހަކަ ދެއްކީއިރު އޭނާގެ ކަރުތެރެ ހިކިފައި ހުރިކަން ހާމަވެއެވެ. ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް އެކަމެއް ރިޔާންޝްއަކަށް ސިއްރެއް ނުވިއެވެ. “ޔާރ ރިޔާ އަކީ މައި އެޑޮޕްޓެޑް ސިސް، ވީ ފައުންޑްހާރ 5 އިޔާރސް ބެކް އެންޑް މިހާރު ރިޔާއަކީ ކޮންޕެނީގަ ހަމަ މަށާ އެއްވަރަށް ބާރު އޮންނަ މީހެއް” ރިޔާންޝް ކިޔާ ދިނެވެ.
“އޯކޭ ކާން ދާންވީނު” ލިބިފައި ހުރި ޝޮކުން ބޭރަށް ނިކުމެ ނަޒްރާން މިހެން ބުނެ ރިހާމްއާއި އެއްކޮން ހިނގާގަތެވެ. ފަހަތުން އިމާއާއި ރާނިޔާވެސް ވާހަކަ ދައްކަމުން ހިނގައިގަތެވެ. ރިޔާންޝްވެސް ރިޔާއަށް ހިނިތުންވެލުމަށްފަހު ނައިރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ރިޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެއެވެ. “ނާއިކް ކަމް” ޒަކްވާން ހިނގައިގަންނަމުން ބުނެލިއެވެ. “އިޓްސް ރިއަލީ ހާރ” ނާއިކް އަށް ބުނެވުނެވެ. ޒަކްވާންއަށް ފުން ނޭވާއެއް ބޭރު ކޮއްލެވުނެވެ. “ލޫކް މޭން، ލެޓްސް ޖަސްޓް ގެޓް ތުރޫ ވިތް ދިސް،” ޒަކްވާން ބުނެލިއެވެ. “ޝީ އިޒް ނޮޓް ހިޔަރ ފޮރ ރިވެންޖް އިޒް ޝީ” ނާއިކް އަށް ބުނެލެވުނެވެ. “ނާއިކް އޭނާ ރިވެންޖް އަށް އައި ނަމަ ޕާރޓްނާރ އަކަށް ހަދަން އެއްބަސް ވާނެތަ، ރިޔާ އެއީ އެކަހަލަ ކުއްޖެއް ނޫންކަން ބްރޯއަށް އިނގޭނެ، އެހެންނޫނަސް ރިޔާއަށްދޯ ނާއިކްގެ ހުރިހާ އެޓެންޝަން ހުރީ، އެ ތުއްތު ކުއްޖާއެއް ނުފެނޭތަ” ޒަކްވާން ބުނެލިއެވެ. “ޔުއަރ ޓެލިންގް މީ ދެޓް ޝީ ހޭޒް މޫވްޑް އޯން ރައިޓް އެންޑް ދެޓް ޝީ ހޭވް އަ ޗައިލްޑް ވިތް ސަމްވަން އެލްސް” ނާއިކް އަށް ހީކުރެވުނީ މުޅިން ގޯސް ކޮންނެވެ. “ސީރިއަސްލީ، ނާއިކް އެ ކުއްޖާއާއި ދިމާލަށް ބަލާލިންތަ، ހަމަ އަމިއްލަ މީހާއާއި އެއްވެސް ވައްތަރު ކަމެއް ނުފެނޭތަ” ޒަކްވާން މިހެން ބުނުމަށްފަހު ކާގެޔާ ދިމާލަށް މިސްރާބު ޖެހުމުން ނާއިކް އަށް ދެންމެ ޒަކްވާން ދެއްކި ވާހަކަ އާއި މެދު ވިސްނާލަން މަޖްބޫރު ވިއެވެ.
ކާ މޭޒް ދޮށުގައި ރިޔާ އިށީންދެލައިގެން އިން އިރު އީމާއާއި ނަޒްރާންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އޭނާއަށް އިނގެއެވެ. “ރިޔާ ކޯއްޗެއް ކިޔެވީ” ޒަކްވާންއާއި ނާއިކް ކާ މޭޒް ދޮށަށް އައުމަށްފަހު ޒަކްވާން ވާހަކަ ދައްކަން ފެށިއެވެ. “ބިޒްނަސް މެނޭޖްމަންޓް އިން ޑަކްޓަރ ކަން ކިޔަވާފަ ރިޔާ ދޯ” ރިޔާ އަށް ކުރި ސުވާލެއް ނަމަވެސް ޖަވާބު ދިނީ ރިޔާންޝް އެވެ. “އެހެންތަ، ދެން އަމިއްލަ ބިޒްނަސް އެއް ނުފަށާ ކީއްވެ” ޒަކްވާން އަނެއްކާވެސް އަހާލިއެވެ. “ދޮންބެގެ ކޮންޕެނިގައި މަސައްކަތް ކުރަން ބޭނުންވާތީވެ، ޒަކްވާންވެސް އަމިއްލަ ކޮންޕެނީއެއް ނުފަށަމެންނު” ފުރަތަމަ ފަހަރަށް ރިޔާ ވާހަކަ ދެއްކިއެވެ. “ރިޔާ، ޒަކްވާން ދަންނަނަތަ” ރިހާމް އަހާލިއެވެ. “ހޫމް އޭ ލެވެލް ކިޔަވަން އުޅުނު އިރު އެއްކޮން އުޅުނީ” ރިޔާ ބުނެލިއެވެ. “ފަހުން ހަބަރުވެސް ނުވޭ ވިއްޔަ ރިޔާއެއް” ޒަކްވާން ބުނެލިއެވެ. ރިޔާ ޖަވާބަކަށް ހަމައެކަނި ހިނިތުންވެލީއެވެ.
އަނެއްކޮޅުން ނާއިކް އިނީ ނައިރާއާއި ދިމާލަށް ބަލާލި ގޮތަށް އަނގައިން ބަސް ހުސް ވެފައެވެ. ހުދު އޭނާއަށް ވެސް ނައިރާއާއި އޭނާއާއި ހުރި ގުޅުން އިނގިގެންދިޔައެވެ. ނަމަވެސް ރިޔާގެ ދުލުން އެވާހަކަ ބުނުވަން އޭނާ ބޭނުންވިއެވެ. އަދި އެކަން ކުރެވެން އޮތީ ރިޔާޔާއި އެކު އެކަނިވެލަން ވަގުތު ކޮޅެއް ލިބިގެންކަން އޭނާއަށް އިނގެއެވެ.
“އެހެންވީމާ ޑީލް ކިހިނެތް އޮތީ” ނަޒްރާން ބިޒްނަސްގެ ވާހަކަ ފެށިއެވެ. “އަހަރުމެން ސައިން ކުރަން އެއްބަސް ދޯ” ރިޔާ އާއި ދިމާލަށް ބަލާލަމުން ރިޔާންޝް ބުނެލިއެވެ. ރިޔާ ހަމައެކަނި ބޯޖަހާލީއެވެ. “އަސްލު އަޅުގަނޑު މި ޑިނާ ބާއްވަން ބޭނުންވި ސަބަބަކީ ރިޔާ ފުރަތަމަ ޕާރޓްނާރ އަކަށް ދާން ދެކޮޅުވުމުން، އޭރުވެސް އިނގުނު މިގޮތަށް ބައްދަލުވެލާ ހެދީމަ އޯކޭ ވާނެކަން” ރިޔާންޝް ބުނެލިއެވެ. “ރިޔާ ދެން މައިންޑް ޗޭންޖްވި ސަބަބަކީ ކޮބާ” ނަޒްރާން އަހާލިއެވެ. “އަޅުގަނޑުމެން އަދި މަންތް އެއްވީ މިކޮޅަށް ބަދަލުވިތާ، ދެން ނިއު ލޮކޭޝަން އެއްވީމާ އިންސައިޑުން ސަޕޯރޓް ބޭނުންވާނެ އެހެންވީމާ ދެން ރިޔާންޝް ދޮންބެ ހޭންޑް ޕިކްކޮއްގެން ނެގި ފެމެލީއެއް ވީމާ ގޯސް ވާނެ ކަމަކަށް ނުފެނޭ” ރިޔާ ބުނެލިއެވެ. “ރިޔާ މާލެގައި އުޅުނު އިރު އަޑު އެހިންތަ ނަޒްރާންބޭގެ ކޮންޕެނީގެ ވާހަކަ” ކުއްލިއަކަށް އިނދެފައި ރިޔާންޝް ބުނެލިއެވެ. “ހޫމް ، ކިތަންމެ ދުރުން ނަމަވެސް އަޑު އެހިން” ރިޔާ ބުނެލީ ބީރައްޓެހި ގޮތަކަށްށެއެވެ. އޭނާ ވާހަކަ ދެއްކި ގޮތުން އެކަކަށްވެސް އޭނާއަކީ މި އާއިލާގައި އުޅުނު މީހެއްކަން ރެއަކާނުލައެވެ. އެވަގުތު ނާއިކް އިނީ އޭނާއާއި ދިމާލަށް ބަލަން ކަން އޭނާއަށް އިނގުނު ނަމަވެސް ރިޔާ އެއްފަހަރު ވެސް ނާއިކް އާއި ދިމާލަށް ބަލާނުލިއެވެ. “އެހެންވީމަ މާދަން އަހަރުމެން އޮފީހުގައި ދޯ މީޓިންގް އޮންނާނީ،” ކައި ނިމިގެން ސޯފާގައި ވާހަކަ ދައްކަން ތިބުމަށްފަހު ދަމުން ރިޔާންޝް ޔަގީން ކުރުމުގެ ގޮތުން ބުނެލިއެވެ. ނާއިކް ބޯ ޖަހާލުމަށްފަހު ހިނިތުންވެލިއެވެ.
*