
ކޮކާ ކުއްޖާ – 5
” އަވަސްކުރޭ ސަމާ. ސަމާ އަހަރެން އެހެރި އަލި ވައްބުރާއި ދިމާއަށް ގައިގަ ހުރި ބާރެއް ލާފައި ހޫރާލާ. ކޮކާ ކުއްޖާ ބުންޏެވެ. އަހަރެން ތެދުވީމެވެ. އަތުކޮޅަށް ހޫރާލީ ވަރަށް އުނދަގުލާއި އެކުއެވެ. މާބޫރުތަށް އަހަރެމެން ދޫކޮށްލާފައި ދިމާކޮށްލީ ކޮކާލާއެވެ. ނަމަވެސް އޭގެ ކުރިން ކޮކާ އަލިގަނޑަށް ވަދެ ގެއްލުނެވެ. އަހަރެންގެ މުޅި ގައިގައި ބޮޑެތި ފިއްގަނޑު ގަނޑު ނަގައިފައި ހުއްޓެވެ. އެ ފިއްގަނޑުތަށް ފަަޅަފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައީ ހުއްޓުމެއްނެތިއެވެ. އަހަރެމެން ވަރަށް ހިއްވަރުން ވަލުން ނިކުމެވުނެވެ. އަހަރެންގެ ހޭ ހުސްވީ އެ ހިސާބުންނެވެ. ދެންވީ ގޮތެއް ނޭނގުނެވެ.
އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. އަހަރެން ލޯ މަރާލީ ލޮލަލާއި ދިމާލުގައި އަލިގަދަ ބޮއްކެއް ޖައްސައިފައި ހުރުމުން ލޮލަށް އަލި އެޅުމުންނެވެ. އިރުކޮޅެއް ވަންދެން އެސްފިޔަ ޖަހާލައިފައި ލޯ ހުޅުވާލީމެވެ. ބޮއްކެއް ޖައްސައިފައެއް ނެތެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ހުދު ސީލިންގެވެ. މިއޮވެވުނީ މަރުކަޒުގައި ކަން އެނގުނެވެ. ދެން ފެނުނީ ކައިރީގައި އިން މަންމައެވެ.
” މަ މަންމާ ” އަހަރެން މަންމައަށް ގޮވީމެވެ. މަންމަ ދިޔައީ ވޯޑުން ބޭރަށެވެ. އަހަރެން ހީކުރީ ދިޔައީ ކަމަށެވެ. އިރުކޮޅެއް ނުވެ އަހަރެންނަށް ފެނުނީ މަންމަ އާއި ޑަކުޓަރު އަންނަ ތަނެވެ. ޑަކުޓަރު އައިސް އަހަރެން ރަނގަޅު ކަމަށް ބުންޏެވެ. އަނެއް އެނދުގައި ނައުރާ އޮތެވެ. އޭނާ ގަޔަށް ބައިވަރު ހޮޅި ގުޅައިފައި ހުއްޓެވެ
” މަންމާ ކިހިނެއް ވީ ” އަހަރެން ސުވާލު ކޮށްލީމެވެ. މަންމަ ކިޔައިދޭން ފެށިއެވެ.
***
އަހަރެން ސުކޫލުން އައިސް ބަދިގެއަށް ވަދެ ސައި ހަދަން ފެށީމެވެ. ސަމާ ސުކޫލުން އައި ގޮތަށް ދިޔައީ މީރާގެއަށޭ ކިޔައިފިއެވެ. ސައިހަދައި ނިމުމުން އަހަރެން ހެދުން ބަދަލު ކޮށްލައިގެން ވަނީ ޕާން ބަނަސް ހަދާށެވެ. ފިހާރަ ހުޅުވާލައިފައި އަނެއްކާވެސް އިށީނީމެވެ. ދެތިން މީހުން އައިސް ޕާން ގަނެގެން ދިޔައެވެ. ކުއްލިއަކަށް ނައީމް ގުޅަން ފެށި އެވެ.
” ހަލޯ ” އަހަރެން ބުނީމެވެ. ނައީމް ބުނި އެއްޗަކުން. އަހަރެން ފޯނު ކަނޑަލައިފައި. ފިހާރަ ތަޅުލުމަށް ފަހު ގައިގާ ހުރި ބާރެއް ލައިފައި ދުވަމުން ދިޔައީ ހަސްފަތާލާއި ދިމާއަށެވެ. އައިސީޔޫ ކައިރީގައި ހުރި ގޮނޑި ބަރީގައި ނައީމް އިށީނދެ ލައިގެން ހުއްޓެވެ. މިރާގެ މަންމަ ހަފީޒާ އާއި ނައުރާގެ މަންމަ ނުހާ ވެސް ގޮނޑީގައި އިނެވެ. އަހަރެން ނައީމް ކައިރީގައި އިށީނީމެވެ.
” މަ…..މަގޭ ސަ…..ސަމާ އަށް ކިހި…ނެއް ވީ ” އަހަރެން ގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. ނައީމް އެކައްޗެއް ވެސް ނުބުންޏެވެ. އިސްޖަހާލައިގެން ހުރިއިރު ލޮލުން ކަރުނަ ފައިބަމުން ދިޔަކަން އެނގުނެވެ. ޑޮކްޓަރު ނިކުތެވެ. ނައީމް އަށް ގޮވުމުން އަހަރެން ވެސް ދިޔައީމެވެ.
” ޒަޚަމްތަށް ރަނގަޅު ވަމުން ދަނީ އަދިވެސް ހެޔެއް ނާރާ ” ޑޮކްޓަރު ބުންޏެވެ. އަހަރެން ސަމާ ކައިރިއަށް ވަނީމެވެ ބޭސް ނާޅާ ތަނެއް ނެތެވެ. އަހަރެންނަށް ރޯވުނެވެ. ސަމާ އޮތް ހާލު ފެނުމުން ނެވެ. އަހަރެން އައިސީޔޫ އިން ނިކުތީމެވެ. ދެން ލިބުނީ މާ ހިތްދަތި ހަބަރެކެވެ. މީރާގެ މަރުގެ ހަބަރެވެ. މީރާ ކަފުންކޮށް ވަޅުލުމަށް އަހަރެން ދިޔައީ އެހީވަމުންނެވެ. މީރާ މަންމަ އަށް ހިއްވަރު ލައިދެމުން އަހަރެން ދިޔައީއީމެވެ. މީރާ ވަޅުލުމަށް ވެލިގަނޑު އަޅަން ފެށިއެވެ. ހަފީޒާ ހަޅޭއް ލަވަން ފެށިއެވެ. ” މަގޭ ދަރިފުޅު ވަޅު ނުލާށޭ” އެތާނގައި ތިބި އާއިލާ މީހުންނަށް ވެސް ނުހިފެހެއްޓުނެވެ. މީރާ ވަޅުލެވުނީ އޭނާ އެތަނުން ގެންދިޔުމުން ނެވެ. ނަމަވެސް އޭގެ ކުރިން އޭނާ އަށް ހާރޓް އެޓޭކެއް ޖެހުނެވެ. އޭނާ ސަލާމަތް ނުކުރެވި މަރުވީ އެވެ. އިކުރާމު އުޅޭ ގޮތުން ހީވަނީ ދުނިޔެ ގިޔާމަތް ވެގެން އުޅޭ މީހެއް ހެންނެވެ. އެއަށްފަހު އަހަރެން ދިޔައީ ސަމާ ގާތަށެވެ. ސަމާ ވޯޑަށް ބަދަލު ކުރީ ތިން ދުވަސް ފަހުން ނެވެ. އޭރުވެސް ހެޔެއް ނާރައެވެ. އެގޮތަށް ސަމާ އޮވެ ހުރިހާ ޒަޚަމް ތަކެއް ރަނގަޅު ވިއިރު ވެސް ސަމާ ހެޔެއް ނާރައެވެ. އެހެން ގޮސް ހަތް މަސް ފަހުން ސަމާ އަހަރެންނަށް ގޮވާލިއެވެ.
***
މަންމަ އަހަރެންނަށް ކިޔައިދެމުން ދިޔައީ ރޮމުންނެވެ. އަހަރެންނަށް ރޮއެ ގެނެވުނީ މީރާ މަރުވި ވާހަކަ ބުނުމުން ނެވެ. އަހަރެން ސިއްސައިގެން ދިޔައީ ނައުރާ އަހަރެންނަށް ގޮވާލުމުންނެވެ. އަހަރެން މަންމަ ގާތު ބުނީމެވެ. އަހަރެމެން ގެއަށް ފޮނުވާލީ އޭގެ އަނެއް ދުވަހުއެވެ. އަހަރެން މަންމަ އަށް ވީގޮތް ކިޔައިދިނީ ކޮކާގެ ވާހަކަ ނުބުނެ އެވެ.
ފަސް މަސް ފަސް
އަހަރެން މިއަދު ވަރަށް އަވަހަށް ތެދުވީމެވެ. ފާޚާނާ އަށް ވަދެ ފެން މާގަނޑު ދޫކޮށްލުމަށް ފަހު ސައިބޯނި އުނގުޅަން ފެށީމެވެ. ސައިބޯނި ފިލުވައި ލައިފައި އަހަރެން ދަތް އުނގުޅުމަށް ފަހު ވުޟޫ ކޮށްލައިގެން ނިކުމެފައި ނަމާދު ކުރަން ފެށީމެވެ. ނަމާދު ކޮށް ނިމުމުން ޛިކުރު ތަކެއް ކިޔައިލައިފައި އަހަރެން ބަދިގެއަށް ވަދެ ސައި ބޯން ފެށީމެވެ ސައި ބޮއެ ނިމުމުން ކޮޓަރިއަށް ވަނީމެވެ. ފޮއްޓާއި ދަބަސް ހިފައިގެން އަހަރެން ނިކުތީމެވެ. މަންމަ އާއި ދޮންބެ އޭރު ފޮށިތަށް ކާރަށް އެރުވުމުގައި އުޅެއެވެ. އަހަރެން ވެސް ދޮންބެ އަށް ފޮށި ދީފައި ކާރަށް އެރީމެވެ. އެންމެންގެ މޫނުމަތީގައި ވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ދޮންބެ ހުރިހާ ފޮށިތަށް ޑިކީ ތެރެއަށް އަޅައި ނިމުމުން ދޮންބެ ވެސް ކާރަށް އެރިއެވެ. ބައްޕަ ކާރު ދުއްވާލިއެވެ.
ބަނދަރާއި ހަމައަށް އާދެވުމުން ކާރުން ފޭބީމެވެ ބަނދަރުގައި މީހުން ތޮއްޖެހިފައި ހުއްޓެވެ. ވަރަށް ގިނަ މީހުން ޗުއްޓީ އަށް ރަށް ރަށަށް ދާން އުޅޭ ދުވަސްކޮޅެވެ. ގިިނަ ވާނީ މާލެ ދާ މީހުންނެވެ. އަހަރެމެން މި ދަނީ މަންމަ ރަށް ކަމަށްވާ ތޮއްޑޫ އަށެވެ. އަހަރެން މިއުޅެނީ ލަސްދޫ ( އަސްލު ރަށެއް ނޫން) ގައެވެ.
އަހަރެމެން މީހުންގެ ތެރެއިން ފުރޭނެމުން އަހަރެން ޑެސް ލޯންޗާއި ހިސާބަށް ދިޔައީމެވެ. މަންމަ އާއި ބައްޕަ އަދި ދޮންބެ ވެސް ލޯންޗް ހޯދައިފައި ފޮށިތަށް އަރުވަން ފެށިއެވެ. އަހަރެން ވެސް ލޯންޗަށް އަރަން ބައްޕަގެ އަތުގައި ހިފީމެވެ. އަހަރެން ބައްޕަގެ އެހީއާއި އެކު ލޯންޗަށް އެރީމެވެ. އެންމެ ފަހަތު ސީޓު ގައި އަހަރެން އިށީނީ މަންމަ އާއި އެކު އެވެ. އެ ލޯންޗަށް ނައުރާގެ އާއިލާ ވެސް އެރިއެވެ. ނައުރާ ވެސް އިށީނީ ފަހަތު ސީޓު ގައެވެ. ލޯންޗު ނައްޓާލިއެވެ. ލޯންޗު ފަޅުން ނެރެފައި ބާރަށް ދުއްވާލިއެވެ.
ނައުރާގެ ދޮންތަ ނައުރީން އަކީ ކަނޑުމައްޗަށް ބަލި މީހެކެވެ. ނައުރީން އިރު އިރު ކޮޅާ ހޮޑުލާވަރުން ނައުރާ އިނީ ރުޅި އައިސައެވެ. ހޮޑަކީ ނައުރާ އެންމެ ފަކުރު ގަންނަ އެއްޗެވެ. އަހަރެން ހަތަރު ގަޑިއިރު ތެރޭގައި ތޮއްޑޫ އަށް ދެވޭނެއެވެ. ތޮއްޑޫ އަށް ދެވުނީ ދިހައެއް ޖަހަނި ކޮށެވެ.
ތޮއްޑޫ އިން އަހަރެމެންނަށް މަރުހަބާ ކީ މާމަ އާއި ބޮޑުދައިތަގެ އިތުރުން ބޮޑުދައިތަގެ ދަރިންނާއި އޭނާގެ ފިރިމީހައެވެ. އަހަރެން ދުވެފައި ދިޔައީ ރައިނާ އާއި ރައިފާގެ ކައިރިއަށެވެ.
ދެ މީހުންނަކީ އެއްމާބަނޑު ދެ ކުދިންނެވެ. ރައިނާގެ އުނަގަނޑާއި ހިސާބަށް އަރާ ފަން އިސްތަށިގަނޑު ވަނީ އައްސައިފައެވެ. އޭނާ އަކީ މަޑު މުށި ކުލައެއް ހުންނަ ކުއްޖެކެވެ. އެއާއި ހިލާފަށް ރައިފާ އަކީ ވަރަށް ދޮން ކުއްޖެކެވެ. އޭނާގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ބުޅިކޮށެވެ. އެއްމާބަނޑަކަސް އެދެ މީހުން ވެސް ވަރަށް ތަފާތެވެ. ރައިނާ އަކީ މަޑުމައިތިރި ނަމަވެސް މަޖާ ކުއްޖެކެވެ. އެއާއި ޚިލާފަށް ރައިފާއަކީ މަޑުން ނުހުރެވޭ އަނގަ ގަދަ މިތުރެކެވެ. އަނގަގަދަ ކަމުން ސަންތި މަރިޔަނބު ދަތް ގޯނި ވެސް އޮއްސާލަފާނެއެވެ.
” ސަމައްތާ ހިނގާ އަވަހަށް ގެއަށް ވަރަށް ބޮޑު ސަޕްރައިޒްއެއް އެބޯތޭ ދެން އަވަސް ކޮށް ބަލަ. ކޮން އިރަކުންތަ އަޅެ ގެއަށް ދާނީ ” ރައިފާ އަހަރެންގެ އަތުގައި ހިފައިގެން އެނބުރެމުން ދިޔައެވެ. ފުމެފުމެ ފައި އުޅޭ އިރު ހީވަނީ ދުނިޔެ ރަން ވެގެން އުޅޭ ހެންނެވެ. އޭނާގެ ހަލަނި ކަމުން ބޮޑުދައިތަ ކަމަށް ވާ ރައިހާނާ ވެސް ހުންނަނީ ބޮލުގައި ރިއްސައި ގަނެފައެވެ. އަނެއް ހެން ބުނާނަމަ އަހަރެންގެ ރައިއްތަ އެވެ.
އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް އިށީނީ ސައި ބޯށެވެ. މޭޒުމަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. ހުރީ ރޮށި ، ތެލުލި ރިހާކުރު ، ކުކުޅު ރިހަ އަދި ކަޅުސަޔާއި ތޮއްޑޫ ކަރަލެވެ. ތޮއްޑޫ ކަރާ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އަހަރެން ކާން ފެށީމެވެ ރޮށި ކޮށައިފައި ތައްޓަށް ކުކުޅު ރިހަ އެޅުމަށްފަހު މޮޑެލުމަށް ފަހު ކާން ފެށީމެވެ ރިހަ ވަރަށް މީރެވެ.
One Comment
Comments are closed.
Nice.stry nimuneytha?? ??? Stay safe dear ??