
“ރީހަން.”
ސަމާގެ ދުލުން އޭނާގެ ނަން ބޭރުވުމާއިއެކު އެ ޒުވާނާގެ ތުންފަތްމަތީގައި ހިތި، ވިހަ ހިނިތުންވުމެއް ދުވެލިއެވެ. “އޮހް ލުކް ވަޓް ދި ކެޓް ޑްރޭގްޑް އިން.”
ބޭއިޚްތިޔާރުގައި ސަމާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ރީހަން ސަމާ އާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. “ލުކް އެޓް ޔޫ. ސްޓިލް ދި ސޭމް. ޕެތެޓިކް. އައި ޓޯލްޑް ޔޫ ސަމާ. އައި ޓޯލްޑް ޔޫ ދެޓް ނާއިލް ވިލް ނެވާ ބީ ޔޯ ކްނައިޓް އިން ޝައިނިން އާމޯރ ފޮރެވާ. އައި ޓޯލްޑް ޔޫ ދެޓް ހީ ވިލް ރިއަލައިޒް ވަޓް އެ ބޭޑް ޗޮއިސް ޔޫ އާ. ބަޓް ޔޫ ނެވާ ލިސެންޑް ޓު މީ. ނައު ލުކް ވެއަރ އިޓް ގޮޓް ޔޫ.” ރީހަން ހިނިގަނޑެއް ޖަހާލިއެވެ.
އަދި ސަމާގެ އަތުގެ ހުޅުގައި ހިފައި އޭނާގެ ކައިރިއަށް ދަމައިގަތެވެ. އެހެންކަމުން ސަމާ އައިސް ލައްވީ ރީހަންގެ މޭގައެވެ. ވަގުތުން ރީހަން އޭނާގެ އަތް ސަމާގެ ގައިގައި ވަށާލިއެވެ.
“ލެޓް ގޯ އޮފް މީ!” ސަމާ ރީހަންގެ އަތުތެރެއިން ސަލާމަތްވޭތޯ މަސައްކަތް ކުރަން ފެށިއެވެ. “ދޫކުރޭ! ދޫކުރޭ ރީހަން! ދޫކުރާށޭ!”
“ނައު ވެއަރ އިޒް ދި ފަން އިން ދެޓް؟” ރީހަން ސަމާގެ ލޮލަށް ބަލައިލަމުން އަހާލިއެވެ. ސަމާގެ ކުޑަކުޑަ ލޮލުގެ ކަރުނަ ހިލުނެވެ. “ޕްލީޒް ރީހަން. އަހަރެން ދޫކޮށްލަބަލަ! ކީއްވެތަ އަހަރެން ދެކެ ތިހާ ނަފްރަތު ކުރަނީ؟ ކީއްވެތަ؟ އަހަރެން ކޮން ކުށެއް ކުރީ؟ ކީއްވެތަ އަހަންނާ ދުރުވީ؟ ކީއްވެތަ ބަދަލުވީ؟ ކީއްވެތަ؟ ބުނެބަލަ!” ސަމާއަށް ރޮވުނެވެ.
“އަދިވެސް ސަމާއަށް ހަމަ ނުވިސްނެނީތަ؟ އޭ؟ އަހަރެންނޭ ސަމާ ދެކެ އެންމެ ފުރަތަމަ ލޯބި ވީ! އެ ނާއިލެއް ނޫނޭ!” ރީހަން ސަމާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ރުޅިވެރި ކަމާއެކު ބުނެލިއެވެ. ސަމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“އަހަރެން ސަމާ އާ ރައްޓެހި ވާން އަހަން އެންމެ ފުރަތަމަ އުޅުނީ. ނާއިލެއް ނޫން! އަހަރެން ސަމާ އަށް މާބޮޑިތައް ފޮނުވާ ހެދީ! އަހަރެން ސަމާގެ ކްްލާސް ވަތްގަނޑަށް ނޯޓްސް ލާފަ ބެހެއްޓީ! އަހަރެން ސަމާގެ ފޮތްތައް ވިހާންމެން ފޮރުވީމަ އެ ހޯދާދީފަ އޮފީހާ ހަވާލު ކުރީ! އިޓް ވޯޒް އޯލް މީ! ނޮޓް ނާއިލް!” ރީހަން ހިތި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އޭރު ރީހަން ދައްކަމުން ދިޔަ ވާހަކަތައް ގަބޫލު ނުކުރެވިފައި ސަމާއަށް ހުރެވުނީއެވެ.
“ދް-ދެން… ދެން ކީއް-ކީއްވެ… ކިހިނެއް…؟” ސަމާ އަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.
“އަހަރެން ސަމާ އާ ލައިކް ވާކަން އެނގުނީމަ ނާއިލް އޭގެތެރެއަށް ވަދެގަތީ. އެންމެ ފުރަތަމަ ސަމާ އެމީހެއްގެ ގާލްފްރެންޑަކަށް ހަދާ މީހަކު ބަލަން ޑީލެއް ހެދީ. އެދުހު އަހަރެން ސަމާ ގާތު އަހަން ދިޔައިރު ނާއިލް ހުރީ ގޮސް. އަހަރެން ހީކުރީ ސަމާ ނާއިލް ރިޖެކްޓް ކުރާނީ ކަމަށް. އެހެންވއ ދުރުގަ ބަލަން ހުރީ. އެކަމު ދެން ނާއިލް އެހީމަ ސަމާ ބުނީ އާއެކޭ. ދެން ނާއިލް އެ މާބޮޑިތަކާ ހުރިހާ އެއްޗެއް އެއީ އޭނާ ގެނައި އެއްޗެއް ކަމަށް ބުނީ. އެނގޭތަ އަހަރެން ހިތަށް އެވަގުތު ކުރި އަސަރު؟ އޭ؟ އަހަރެންނަށް ހީވީ އަހަރެންގެ ހިތަށް ވަޅިއެއް ހަރާ ކޮށާލިހެން.” ރީހަން ރުޅިވެރިކަމާއެކު ސަމާ އާއި ދިމާއަށް ބަލާލިއެވެ.
“އަހަރެން ދުރުގައި ބަލަން ހުރީ ތި ދެމީހުން އެކުގައި އުޅޭ މަންޒަރު. ހިތް އަތްމަތީ ބާއްވާލައިގެން. ސަމާ އަންނާނެ އިރެއްގެ އިންތިޒާރުގަ. ބަޓް ދެން އައި ގޭވް އަޕް. އައި ޑިސައިޑެޑް ދެޓް އިފް އައި ކާންޓް ހޭވް ޔޫ ނޯވަން އެލްސް ކޭން! އެހެންވެ އަހަރެން ދިޔައީ ސަމާ ގާތު ނާއިލާ އަހަރެން ހެދި ޑީލްގެ ހަގީގަތް ކިޔައިދޭން. އެކަމު އަހަރެން ދަނިކޮށް އަޑުއިވުނީ ނާއިލާ ނާއިލްގެ އެކުވެރިން… އަހަރެންގެ އެކުވެރިން ވާހަކަ ދައްކާ އަޑު. އިޓް ވޯޒް އެބައުޓް ސަމް އަދާ ޑީލް ވިޗް ވޯޒް އެބޮޓް ބްރޭކިން ޔޯ ހާޓް. ގެސް ވަޓް ދި ޖާކް ސެއިޑް؟” ރީހަން އަހާލިއެވެ. ބުނާނެއެއްޗެއް ދުލަކަށް ނައުމުން ސަމާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“ދެޓް ހީ އިޒް އިން ލަވް ވިތު ޔޫ. އައި ލޮސްޓް އިޓް ދެޓް ޑޭ. އެއީ ފުރަތަމަ ފަހަރަށް ސަމާ އަށް އަހަރެން ނޯޓިސް ވި ދުވަސް. އެއީ ވެސް އަހަރެން ނާއިލްގެ މޫނުމަތީގައި ޖެހީމަ. ދެޓް ވޯޒް ދި ފަސްޓް ޓައިމް އަހަންނާ ސަމާ އަހަރެން މާލެ އައި ފަހުން ވާހަކަ ދެއްކި ދުވަސް. އަހަރެން ހަގީގަތް ކިޔައިދޭން އުޅުނީމަ ޔޫ ޔެލްޑް އެޓް މީ ދެން ސްލޭޕްޑް މައި ފޭސް. އެހިސާބުން އަހަރެން ނާއިލަށް އުނދަގޫ ކުރަން ފެށީ. ބިކޯޒް އެއީ ސަމާގެ އެޓެންޝަން ލިބެން އޮތް ހަމައެކަނި ގޮތް ކަމަށް ވާތީ. އެކަމު އެގޮތަށް ވެސް ސަމާއަށް ބިރުދެއްކުނީ. އަހަރެންގެ ވިއޮލެންޓް ސައިޑްގެ ސަބަބުން. ބަޓް އައި ޑިޑްންޓް ކެއަރ. އައި ޖަސްޓް ވޯންޓެޑް ޔޯ އެޓެންޝަން. އޭގެ ފަހުން ނާއިލް ބްރޯކް އަޕް ވިތު ޔޫ.” ރީހަންގެ ލޮލުން ފެންނަމުން ދިޔައީ ހިތާމައެވެ. ކުރިން ރުޅިވެރިކަން ދައްކައިގެން ހުރި ޒުވާނާ މިހާރު އެ މޫނުމަތިން ފިލައިގެން ދިޔަ ކަހަލައެވެ.
“ދް-ދެ ން ކީއްވެ…”
“އައި ބްލޭމްޑް ގޫ ފޯ ގެޓިން ޔޯ އޯން ހާޓް ބްރޯކެން. އެހެންވެ ފެންނަ ތާކުން ސަމާ އާއި ދިމާއަށް މަލާމާތްކޮށް ކަންތައް ކުރީ. ފަހުން ސަމާ ދިޔައީމަ އަހަރެން ސަމާ އާއި ދުރުވާން ބޭނުންވީ. އައި ޓްރައިޑް ޓު ފޯގެޓް ޔޫ. އައި ރެގްރެޓް ހާޓިން ޔޫ. ބަޓް އައި ހޭވް އޯލްރެޑީ ޑަން ދެޓް.” ރީހަން ސަމާ އާއި ދުރަށް ޖެހިލިއެވެ.
“ޔޫ ޑޯންޓް ނީޑް ޓު ވޮރީ. އައި ޑޯންޓް ފީލް ދި ސޭމް ޓުވާޑްސް ޔޫ. އައި ނޯ އައި އެކްޓެޑް ލައިކް އެ ޖާކް ޓު ޔޫ ޖަސްޓް ނައު. އައިމް ސޮރީ. އިނގޭ ފަސޭހައިން މާފު ނުކުރެވޭނެ ކަން. ބަޓް އައި ޖަސްޓް ވޯންޓް ޓު ލެޓް ޔޫ ނޯ ދެޓް އައި ކެއާ އެބައުޓް ޔޫ. ޔޫ އާ ސްޓިލް މައި ބެސްޓް ފްރެންޑް. އެން ޔޫ ވިލް އޯލް ވޭސް ބީ މައި ފަސްޓް ލަވް. އެން އައި ނޯ ޔޫ ސްޓިލް ލަވް ނާއިލް.” ރީހަން ދެރަވެފައި ހުރެ ސަމާއަށް ހިނިތުންވުމެއް ދިނެވެ. އަދި އަނެއް ފަރާތަށް އެނބުރި ދާން ހިނގައި ގަތެވެ.
އޭރުވެސް ސަމާ އަށް ބަލަހައްޓައިގެން ހުރެ ވުނީއެވެ.
އޭނާ އަށް ރީހަން ވަރަށް ރަނގަޅަށް އިނގެއެވެ. ފެށުނީއްސުރެ ރީހަން އަކީ ނާއިލްގެ ގާތް އެކުވެރިއެކެވެ. އަދި ސަމާގެ ކުޑައިރުގެ އެންމެގާތް އެކުވެރިޔާއެވެ. އޭރު ތާރާމެން ރަށަކަށް ބަދަލެއް ނުވެއެވެ.
ސަމާ އާއި ރީހަން އަކީ އަވަށްޓެރީންނެވެ. އެކުދިންގެ އެކުވެރި ކަމުގެ ފެށުމަކީ އެކުދިންގެ މަންމަމެނެވެ. ސުއްމައްޔާ އާއި ރީހަންގެ މަންމަ އަކީ ގާތް އެކުވެރީންނެވެ. ކުޑައިރުއްސުރެ ސަމާ އާއި ރީހަން އެކަކު އަނެކަކާ ވާހަކަތައް ހިއްސާ ކުރެއެވެ. އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ސަމާގެ މާޒީ ވެސް އެންމެ ބޮޑަށް އެނގޭނެ އެކަކީވެސް ރީހަނެވެ. އެއީ ތުއްތު އިރު އެއްތަށިން ކައިގެން، އެކުގައި ކުޅެ، އެކުގައި ސްކޫލަށް ގޮސް، އެއް ތަށިން ފެންބޮއެގެން އުޅުނު ދެކުދިންނެވެ.
ނަމަވެސް ދެކުދިންގެ ގުޅުމަށް ހީނަރުކަން އައީ އެއްފަހަރަކު ރީހަން ބަލިވެގެން މާލެ ގޮސް 5 އަހަރު ފަހުން އެނބުރި ރަށަށް ދިޔަ ފަހުންނެވެ. އޭރު ސަމާމެން ރަށަށް ތާރާމެން އުޅެނީ ބަދަލުވެއެވެ. އޭގެ ފަހުން ސަމާ އާއި ރީހަން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ކޮންމެހެން މަޖުބޫރު ވެގެން ނޫނީއެވެ. ސަމާ ވެސް ތާރާ އާއި އެއްކޮށް އުޅުނީއެވެ. ރީހަން ވެސް ނާއިލާއި އެކު އުޅުނީއެވެ.
ސަމާ އަށް ހޭވަރިކަން ވުމުން ރީހަން ދިޔަ ދިމާއަށް ބަލާލިއެވެ. އޭރު ދުރުގައި އޮތް ސައިކަލަށް ރީހަން އަރަނީއެވެ.
“ރީހަން. ވެއިޓް!” ސަމާ ރީހަންއަށް ގޮވާލިއެވެ. އަދި ރީހަން ގާތަށް ދުވެފައި ގޮސް ހުއްޓުނެވެ. “އައި ފޯގިވް ޔޫ.” ސަމާ ބުނެލިއެވެ. ރީހަން ސަމާ އާއި ދިމާއަށް ބަލާލިއެވެ. “ސަމާ..”
“ނޯ އައިމް ސީރިއަސް! ސަމް އަސްލުވެސް ރީއަށް މާފުކޮށްފިން.” ސަމާ ހީލަމުން ބުނެލިއެވެ. “ޔޫ ކޯލްޑް މީ ރީ.” ބޭއިޚްތިޔާރުގައި ރީހަންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އޮފްކޯޒް އައި ޑިޑް، ޔޫ ޑޯގް. ޔޫ އާ މައި ބެސްޓީ ޓޫ. ޔޫ ކޭން ކޮންޓިނިއު ކޯލިން މީ ސާއްކޮ. އައި ނެވާ ޗޭންޖްޑް ދެޓް!” ސަމާ ބުންޏެވެ. “ގުޑް ބިކޯޒް އައިމް ނެވާ ގޯއިންޓު ޗޭންޖްޑް ދެޓް އީދާ، މައި ލިޓްލް ޕިގް.” ރީހަން ވެސް ހިނިގަނޑެއް ޖަހާލިއެވެ. އަދި ސަމާ ގައިގައި ކުޑަކޮށް ބައްދާލިއެވެ.
“ސްޓާޓް އޯވާ؟” ރީހަން އަތް ދިއްކޮށްލަމުން އަހާލިއެވެ. “ނޮޕް. އައިމް ނޮޓް ސްޓާޓިން އޯވާ ވިތު ޔޫ. ވީ އާ ގޮނާ ސްޓާޓް ފްރެޝް.” ސަމާ ހީލަމުން ރީހަންގެ އަތުގައި ހިފާލިއެވެ. “އަރާ ސައިކަލަށް. ދުއްވާލަން ދާން.” ރީހަން ބުނެލިއެވެ. ސަމާ އަވަހަށް ސައިކަލަށް އެރައި ރީހަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
ދެމީހުން ހެވިފައި ހުރެ ހެމުން ވާހަކަ ދައްކަމުން ސައިކަލުގައި ނައްޓާލިއިރު އެމީހުންނަށް ނޭނގުނު އެއްޗަކީ ދުރުގައި އެ މަންޒަރު ބަލަން ދެމީހަކު ހުރިކަމެވެ. އެމީހުން ހުރީ އަޑު ނީވޭ ހިސާބުގައި ނަމަވެސް ފެންނަ ހިސާބުގައެވެ. އެކަކު ހުރީ ވާތު ފަރާތު ދުވާރުގައެވެ. އަނެކަކު ހުރީ ގޮނޑުދޮށް ކައިރީގައެވެ.
ގޮނޑުދޮށް ކައިރީ ހުރި މީހާގެ ދެލޮލުން ފާޅުވުމުން ދިޔައީ ވޭނެވެ. ޝަކުވާއެވެ. ސައިކަލުން ލޮލުގެ ކޮޅަށް އޮބާލަން ދެންވެސް އޭނާ ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ އެނބުރި ހިނގައިގަތީ އެތައް އިރެއް ފަހުންނެވެ. ޒަޚަމް ވެފައިވާ ހިތަކާއި އެކުއެވެ.
އޭރު އަނެއް މީހާ ހަމަ ހުރީއެވެ. އެ ދެލޮލުން ގެންނަމުން ދިޔައީ ނަފްރަތެވެ. ރުޅިވެރިކަމެވެ. އެ ރުޅިވެރި އަލިފާންގަނޑު ދިޔައީ ސިކުންތެއް ސިކުންތަކަށް ބޮޑުވަމުންނެވެ. ދެން ފެނުނީ އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލި މަންޒަރެވެ. ފޯނު ނަގައި އަވަސް އަވަހަށް މީހަކަށް ގުޅާލިއެވެ.
“ދެމީހުން ވެސް ފެނިއްޖެ. ސައިކަލުގަ ދިޔައީ. ޕްލޭން ހަނދާން އެބަހުރި ދޯ؟” އޭނާ ބުނެލިއެވެ. “އާނ. ހަނދާން އެބަހުރި. މިފަހަރު ރީހަންގެ ވެސް ސަމާގެ ވެސް ދުވަސް ދުއްވާލާނަން. އޭރުން ތާރާވެސް ޖެހޭނީ އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން. ހަހަހަހަހާ.” އަނެއްކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ.
“އަހަންނަށް ހެޔޮ ތިކިޔާ ތާރާ އަކަށް ކޮންމެ ކަމެއް ވިޔަސް. އަހަރެންގެ ބޭނުމަކީ ސަމާ އާ ރީހަންގެ ދުވަސް ދުއްވާލުން. އެދެމީހުންގެ ދުވަސް ދުއްވާލެވުނީމަ އަހަރެން ތި ތާރާ އަކާ ވެގެން އުޅޭނަން. އެކަމް ހަނދާން ކުރާތި. ބަރާބަރަށް އަހަރެން ބުނި ވަރަށް ފައިސާ ލިބެން ވާނެ. އެހެން ނޫނީ ކަލޭގެ ޢާއިލާއަށް ފެންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު.” އިންޒާރެއް ފަދައިން އެ ޒުވާނާ އެ އަންހެން ކުއްޖާއަށް ބުނެލިއެވެ.
“ފައިސާ އާ މެދު ހާސްނުވޭ. އެކަން ވާނެ ބަރާބަރަށް. ސީދާ އަދަދަށް ތީނަގެ އެކައުންޓަށް ޖަމާކޮށްދޭނަން.” އަންހެން ކުއްޖާ ޖަވާބުގައި ބުނެދިނެވެ.
??????????
އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް.
♕?ޝައިމާ?♕
One Comment
Comments are closed.
Nice stry ???very interesting ?? anyways stay Safe ❤️❤️?❤️