Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 20

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
February 3, 2021 4 Mins Read
3 Comments

ތާރާ ސްކޫލް ނިމިގެން ގެއަށް ގޮސް ކޮޓަރިއަށް ވަނެވެ. ކިޔާން ދިޔަތާ މިހާރު މިވީ 3 ދުވަހެވެ. ނަމަވެސް އަދި އެއްވެސް މެސްޖެއް ނުކުރެއެވެ. އެހެންކަމުން ތާރާ އެންމެ އިންތިޒާރު ކުރަމުން ދިޔައީ އެވަގުތަކަށެވެ.

ފެންވަރާ ލައިގެން އައިސް ތާރާ އެނދުގައި އޮށޯވެލީ ވަރުބަލި ވެފައި ހުރުމުންނެވެ. މިހާރު ޓާމް ޓެސްޓް ކައިރިވެފައި ވާތީ ރިވިޝަން ނަގަމުން ދާރީ ކުލާހުގައި ވަރަށް ބިޒީއެވެ. އަނެއްކާ ރޭގަނޑު ގަދައަޅައި ފިލާވަޅު ދަސްކުރާތީވެ ތާރާ ހުންނަނީ ވަރުބަލި ވެފައެވެ. ނަމަވެސް ހިތްވަރު އެލުވައެއް ނުލައެވެ. އޭނާގެ މުސްތަގުބަލަށް ޓަކައި ކިޔަވަން ޖެހޭނެތާއެވެ. އަނެއްކާ އެއީ އޭނާގެ މަންމަގެ އެދުމެވެ. ބައްޕަ އާއި ސާރާ ދުނިޔޭގައި ހުރި ނަމަ އެމީހުން ވެސް އޭނާ ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާނެއެވެ. ކިޔާން ވެސް ފުރުމުގެ ކުރިން ކިޔަވަން ބުންޏެވެ.

 

ނިދިފައި އޮތް ތާރާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެތިން ފަހަރު ގުޅުމުން ވެސް ފޯނު ސައިލެންޓަށް ލުމަށްފަހު ދެން ވެސް ނިދަން އޮތީއެވެ. އެންމެ ފަހުން ގުޅާ ވަރުން ބޮލަށް އުނދަގޫވެގެން ފޯނު ނިއްވާލުމަށް ފަހު އަނެއްކާވެސް އޮތީއެވެ.

ފަހުން ހޭލެވުމުން ނުދަންނަ ބޭރު ނަންބަރަކުން ގުޅާފައި އިންތަން ފެނުމުން އަޅާނުލައެވެ. އޭނާ ހުރީ އޭނާ ނިދާފައި އޮށްވާ ޖެއްސުން ކުރުމުން ރުޅި އައިސްފައެވެ.

އޭގެ އަނެއްދުވަހު ވެސް އެ ނަމްބަރު އެތަކެއް ފަހަރު ގުޅިއެވެ. އެންމެ ފަހުން ރުޅިއައިސްގެން އޭނާ ފޯނު ނަގައި ހަޅޭއްލަވައިގަތެވެ.

“ހޫ އާ ޔޫ؟ އެން ސްޓޮޕް ކޯލިން މީ ޔޫ އެނޯޔިން ބްރޭޓް!”

 

އެއާއެކު އިވުނީ ފޯނުގެ އަނެއްފަރާތުގަ ހުރި މީހާ ހޭން ފެށިއަޑެވެ. އެ އަޑު އިވިފައި ތާރާގެ އަތްފައި ފިނިވިއެވެ. އަތުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތުގެ ހިނގުން އަވަސް ވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

 

“ކިޔާން.” މަޑުމަޑުން އޭނާގެ ދުލުން ބޭރުވީ އޭނާގެ ހިތުގެ ސާހިބުގެ ނަމެވެ.

“ދި ވަން އެން އޮންލީ.” ލާނެތް އަޑަކުން ކިޔާން ބުނެލި އަޑު އިވުނެވެ. “ޑިޑް ޔޫ މިސް މީ ޕްރިންސެސް؟”

ތާރާ ކިޔާނަށް އޭނާ ނުފެންނާނެކަން އެނގިހުރެ ވެސް ލޯ ހަނިކޮށްލީ ކިޔާންގެ ލާނެތް ކަމުންނެވެ. “އައި ޑިޑްންޓް މިސް ޔޫ.”

“ރިއަލީ؟ ވެލް އައި ޑިޑްންޓް މިސް ޔޫ އީދާ ތިހެން ވީރު.” ކިޔާން ހެމުން ބުނެލި އަޑު އިވުނެވެ.

“ދެންންންން. އައި ނޯ ޔޫ މިސް މީ.” ތާރާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ. އަދި ލޯގަނޑު ކައިރީ ހުއްޓެލިއެވެ.

“އޮހް ޑިޑް އައި؟ އައި ޑޯންޓް ތިންކް ސޯ. އައި މިސް އެހެން ކުއްޖެއް.” ކިޔާން އެހެން ބުނެލުމުން ތާރާ ލޯގަނޑާއި ދިމާއަށް ލޯ އަޅާލިއެވެ.

 

“ވެލް ދެން. އައި މިސް އެހެން ބޯއި އެއް ޓޫ. ހިޒް ނޭމް އިޒް… އަމްމްމް… އިހުސާން. އެން ހީ އިޒް ރިއަލީ ހޭންޑްސަމް. ވަރަށް ހޮޓު. މައި ސޯ ކޯލްޑް ބޯއި ފްރެންޑް އަށް ވުރެވެސް. އިން ފެކްޓް ހުރިހާ އެންމެންނަށް ވުރެވެސް. އައިމް ގޮނާ އާސްކް ހިމް ޓު ބީ މައި ބީއެފް އެން މޭ ބީ ވަން ޑޭ އައި ވިލް ބިކަމް ހިޒް ވައިފް އެން ހިމް މައި ހަޒް…”

“ތާރާ ސްޓޮޕް.” ކިޔާންގެ ހިތްހަމަނުޖެހިފައިވާ އަޑު އިވުމުން ތާރާ އެއް މިޔަކަނުން ހީލިއެވެ. “އަހަރެން މިހުރީ ރާއްޖޭގަ ނޫނަސް ޔޫ އާ މައިން. ޔޫ ތާރާ އާ މައިން އެން މައިން އެލޯން. ގޮޓް އިޓް؟” ހަރުކަށި އަޑަކުން ކިޔާން އެއްސެވެ.

“ދެޓް މީންސް ޔޫ އާ މައިން ޓޫ. ސޯ ޑޯންޓް ޔޫ ޑެއާ ސޭ އެހެން ކުއްޖެއްގެ ވާހަކަ. އައި ވިލް ހަންޓް ޔޫ ޑައުން އެން ސްލޭޕް ޔޯ އިޑިއަޓަކް ހޭންޑްސަމް ފޭސް، ގޮޓް އިޓް؟” ތާރާ ވެސް ބުނެލިއެވެ.

“ހޭންޑްސަމް ހަހް؟” ކިޔާން ލާނެތް ގޮތަކަށް އެއްސެވެ. “ހަހް! އިޒް ދެޓް އޯލް ޔޫ ހާޑް؟! ވަޓް އޭން އޭސް!” ތާރާ ހަޅޭއްލަވައި ގަނެފައި ފޯނު ކަނޑާލިއެވެ.

 

ކިޔާން ތާރާގެ ފޯނަށް ގުޅަން ފެށިއެވެ. ނަމަވެސް ތާރާ ފޯނެއް ނުނަގައެވެ. އެންމެ ފަހުން ކިޔާން މެސެޖު ކުރަން ފެށިއެވެ. ނުކިޔަން ހުރެފައި ކެތްނުވެގެން ތާރާ އެ މެސެޖްތައް ކިޔަން ފެށިއެވެ.

 

‘ސޮރީ.’

‘ސޮރީ.’

‘ޕްލީޒް ޕްރިންސެސް. އައިމް ސޮރީ. ޓޯކް ޓު މީ.’ ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

‘ޕްލީޒް… އައި މިސް ޔޫ.’

‘އައި ލަވް ޔޫ.’

 

‘އައި ލަވް ޔޫ ޓޫ. ބަޓް ޔޫ އާ ނޮޓް ފޯގިވެން.’ ތާރާ ހެމުން މެސެޖް ކުރިއެވެ. ޙަޤީޤަތުގައި ތާރާ ކިޔާން އަށް މަޢާފު ކޮށްފިއެވެ.

 

ވަގުތުން ކިޔާން ގުޅަން ފެށިއެވެ. ތާރާ ފޯނުނެގިއެވެ. އަދި ހިތްހަމަ ނުޖެހިފައިވާ ކަހަލަ އަޑަކުން ‘ހަލޯ’ އޭ ބުނެލިއެވެ.

“ދެންންންންން… ޕްރިންސެސް. ފޯގިވް މީ. ޕްލީޒް.” ފޯނު ނެގުމާއެކު ފުރަތަމާނުވެސް ކިޔާން ކުޑަކުއްޖެއްހެން ބުނީ މިހެންނެވެ. “ޕްލީޒް. ޕްލީޒް. ޕްލީޒް ޕްލީޒް. 100 ޓައިމްސް ޕްލީޒް. 1000 ޓައިމްސް ޕްލީޒް.”

“ޕްލީޒް، ޕްރިންސެސް… އައި ލަވް ޔޫ، ފޯގިވް މީ؟” މަޑުމަޑުން ކިޔާން ބުނެލިއެވެ. ތާރާގެ ހިތަށް ފިނިކަން އިޙްސާސް ވެގެން ދިޔައެވެ. “އައި ލަވް ޔޫ ޓޫ. ޔޫ އާ ފޯގިވެން.” ތާރާ ވެސް މަޑުމަޑުން ބުނެލިއެވެ.

 

ދެމީހުން ވާހަކަ ދައްކަން އެތަކެއް އިރެއް ވަންދެން އޮތުމަށްފަހު ފޯނު ކަނޑާލީ ތާރާ ކިޔަވަން ދާން ވެގެންނެވެ.

 

……………………………

 

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ޓަކައި ވާ ސާފު ލޯބި ދިޔައީ އިތުރު ވަމުންނެވެ. ކޮންމެ ހަފުތާއަކު މަދުވެގެން 3 ފަހަރު ވާހަކަ ދައްކައެވެ. އޭރު އެއީ ޓެސްޓް ދުވަސްވަރު ކަމުން ވަގުތު ވެސް ނުވީއެވެ. ދެމީހުން ވެސް ކިޔެވުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރަމުން ދިޔައީ އެކަކު އަނެކަކަށް ކިޔެވުމުގައި އެހީތެރިވެދެމުންނެވެ.

ތާރާގެ 12ގެ އަހަރު ނިމުނީއެވެ. ނަމަވެސް އަދި ނަތީޖާ ނުލިބެއެވެ. އޭނާ ކެތްތެރިކަމާއެކު އެ މަޑުކުރަނީ އެދުވަހަކަށެވެ.

 

ފަހަކަށް އައިސް ތާރާ ދާ ކޮންމެ ތާކަށް ފަހަތުން ކާރެއް އަންނަ ކަން އޭނާއަށް ފާހަގަ ވާން ފެށިއެވެ. އަބަދުވެސް ހަމަ އެ ކަޅު ކާރެވެ. ދޮރު ކާރީގައި ފިޔާތޮށި ކުލައިގެ ބޯޑަރެއް އަޅާފައި ހުންނަ ކާރެވެ. ދާ ކޮންމެ ތާކަށެވެ. ސްކޫލަށް ދިޔަސް، ފިހާރައަށް ނުވަތަ އެނޫން ތަނަކަށް ދިޔަހެވެ. އޭނާގެ ހިޔަނި ފަދައިން އަބަދު އާދެއެވެ.

 

ކިތަންމެ ބިރުގަތަސް ތާރާ ކިޔާން ކައިރިއަކުވެސް އަދި އެހެން މީހަކު ގާތަކު ވެސް ނުބުނެއެވެ.

………………………

 

ސަމާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން ފޯނަށް ބަލައިލިއެވެ. މެސެޖު އައިސްފައި ވަނީ ކާކުގެ ފަރާތުން ކަން އެނގުމުން އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އަވަސް އަވަހަށް ފޯނު ނަގާފައި މެސެޖު ކިޔާލިއެވެ.

‘ޕްލީޒް ގިވް މީ އޭން އާންސާ. އައި ރިއަލީ ލައިކް ޔޫ.’

 

މީގެ މަހެއް ވަރު ކުރިން ޖައިލަމް ވަނީ އޭނާގެ ގާތުގައި ރައްޓެހި ވާން އަހާފައެވެ. ނަމަވެސް ސަމާ އޭނާ އަކަށް ވަކި ޖަވާބެއް ނުދެއެވެ. އޭނާގެ ހިތުގައި ޖައިލަމަށްޓަކައި މަޤާމެއް ދެވިފައިވާތާ ކިތަންމެ މަހެކެވެ. ނަމަވެސް އޭނާގެ ހިތް ބިރުގަންނަނީއެވެ. އޭނާ ކުރިން ރައްޓެހިވި ކުއްޖާ ވެސް އޭނާއަށް ލޯބިވެވުމުން އޭނާ ދޫކޮށްލީއެވެ. އަނެއްކޮޅުން މިހާރު އެކުއްޖާ އެހެރީ މިހާރު މާލޭގައެވެ.

 

ސަމާ ހިތުގައި ޖައިލަމަށް ޓަކައި ޙާއްސަ މަޤާމެއް ދެވިފައި ވީ ނަމަވެސް އޭނާގެ ހިތުގެ މިލްކު ވެރިއަކީ އަދިވެސް ނާއިލެވެ. އޭނާގެ ހިތުގެ އަލަތު ލޯތްބެވެ. އަދިވެސް ވާރޭ ފެންތިއްކެއްހާ ތާޒާކަން މަތީގައި އެލޯބި އެ ހިތުގައި ވެއެވެ. އެ ލޯބި ފިލައިގެން ނުގޮސް ހަރުލާފައި ވެއެވެ. އެ ލޯބީގެ މޫތަށް އެ ހިތުގެ ހުރިހާ ހިސާބެއްގައި ފެތުރިފައިވެއެވެ.

ނަމަވެސް ޖައިލަމަށްޓަކައި އެ ހިތުގައި ޙާއްސަ މަޤާމެއް ދެވުނީ ކިހިނެށް ކޮން ގޮތަކަށް ކަމެއް ހުދު ސަމާއަކަށް ވެސް ނޭނގެއެވެ. އޭނާ އަށް އެނގޭހާވެސް އެއްޗަކީ އޭނާ އަދިވެސް ލޯބިވަނީ ނާއިލް ދެކެ އެވެ. އެކަމަކު އޭނާގެ ހިތުގައި ޖައިލަމަށް ޙާއްސަ މަޤާމެއް ދެވިފައިވާ ކަމެވެ.

 

ޖައިލަމްގެ މެސެޖަށް ރައްދެއް ދިނުމެއްނެތި ސަމާ ނިކުމެލީ ބޭރަށެވެ. ގޭގައި އެކަކު ވެސް ނެތުމުންނާއިވެސް އެކުއެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ސަމާ ހިނގަމުން ދިޔައީ މާލޭގެ ހަލަބޮލި މަގުތަކުންނެވެ. ބައެއްފަހަރު ފިހާރަތަކަށް ވަދެލާވެސް ހަދާލިއެވެ.

އައިޖީއެމްއެޗް ކައިރީގައި އައިސްކޯން ވިއްކާތަނެއް ހުރުމުން ސަމާ އެދިމާއަށް ދިޔައެވެ. އަދި 10 ރުފިޔާ ދީފައި ވެނީލާ އައިސްކޯނެއް ގަތެވެ. އެ ހިފައިގެން ސަމާ ދިޔައީ ރަސްފަންނު ކައިރިނެވެ.

 

ހިނގާފައި ދިޔައިރު އޭނާ ހުރީ ހިޔަލަކަށް ގެއްލިފައި ކަމުން ކުރިމަތިން އައި ޒުވާނާ އޭނާ އަކަށް ނުފެނުނެވެ. ކުއްލިއަކަށް އޭނާގެ ފައި އެތާއޮތް ހޮޅިގަނޑެއްގައި އަޅައިގަނެފައި މީހާ އެއްލިގެން ދިޔައެވެ. ވަގުތުން ކުރިމަތިން އައި ޒުވާނާ އޭނާ ވެއްޓުމުގެ ކުރިން އޭނާގެ އުނަގަނޑުގައި ބެއްދިއެވެ.

ސިހިފައި ސަމާ މީހާ ހަމައަކަށް އަޅުވާލަމުން ދުރަށް ޖެހިލިއެވެ. އަދި ޝުކުރު އަދާކުރުމުގެ ގޮތުން އިސް އުފުލައި އެ ޒުވާނާ އާއި ދިމާއަށް ބަލައިލިއެވެ. “ތޭންކް-” އެ ޒުވާނާގެ މޫނު ފެނިފައި އޭނާ ބުނަން އުޅުނު ބަސް ކަރުތެރޭގައި ތާށިވި ކަހަލައެވެ.

 

އޭނާގެ ގައިން ހީބިހި ނަގައިގެން ކަހަލައެވެ. އެ ޒުވާނާ އާއި ދުރަށް ޖެހިލި ގޮތުން ހީވަނީ ބޮޑު ބިރެއް ފެނިގެން ދުރުވި ހެނެވެ. އިސާހިތަކު އެ މައުސޫމް މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ. އޭނާގެ ދޫ ހަރަކާތް ކޮށްލެވުމާއިއެކު އޭނާގެ ދުލުން ބޭރުވީ އެންމެ ނަމެކެވެ.

“ރީހަން.”

 

އެ އަޑުގައި އެކުލެވިގެންވީ ސިހުމެވެ. ވޭނެވެ. ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ. ޝަކުވާއެވެ.

 

????????

21 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ. ☺
=ޝައިމާ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

އެކުއްޖާ 2 – 19

Next

ޤާތިލް-6

Next
February 4, 2021

ޤާތިލް-6

Previews
February 3, 2021

އެކުއްޖާ 2 – 19

3 Comments!

  1. Begirl says:
    February 4, 2021 at 8:20 am

    Love this part too ? ? ? when is the next ??stay safe dear

  2. sahoo says:
    February 4, 2021 at 4:26 pm

    Wowwwwww waiting for the next part

  3. StoryyQuyyn says:
    February 4, 2021 at 9:29 pm

    Mi part vx v beautiful.. Masha allah.. Keep it up.. Waiting for next part curioslyyy

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 21←


All Right Reserved!