އަބަދުވެސް…3
ގަޑިން 11:30 އެވެ. ސޯފާގައި ނިދާފަ އޮތް މައިޝާ އަށް ހޭލެވުނީ ދޮރު ތަޅަށް މީހަކު ތަޅުދަނޑި ޖަހާ އަޑަށެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފަި މައިށް ދިޔައީ ދޮރު ކައިރީ ހުރި ފިހިގަނޑާ ދިމާލަށެވެ.
”އާހްހްހް”……..
“އުޕްސް.. ސޮރީ، އަހަރެން ހީކުރީ އެހެން މީހެއް ކަމަށް…” މާއިޝާ އިސް ޖަހާލަމުން ބުންޏެވެ.
ހުމްމްމްމް..، އިޓްސް އޮކެ، އަސްލު އަހަރެން ހިކުރީ ނިދާފަ ކަމަށް އޮންނާނީ އެހެންވެ ޓަކި ނުޖަހާ މި ވަނީ.. އަހހ އެއްވެސް އެއްޗެއް، ކަމަކު ބޭނުން ވެއްޖެޔާ އަހރެން އޮންނާނަން މި ކޮޓަރީގަ، ގޮވާލާ!!” އީތަން އޭނާގެ ކޮޓަރި ދައްކާލުމަށްފަހު އެކޮޓަރިއަށް ވަނެވެ. މައިޝާ ވެސް ބޭރުގަ ނުހުރުމަށް އޭނާގެ ކޮޓަރިއަށް ވްނެވެ.
ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލް ކުރުމަށް ފަހު މައިޝާ އޮށޯތީ ނިދާށެވެ. އެހެންނަމަވެސް އޭނާ އަށް ނިދޭނީ ކިހިނަކުން ހެއްޔެވެ. މިއަދު ކުޑަދޮރު ކައިރިން ނިހާލް ފެނުމުން މައިޝާގެ ނިދި ވެސް ވަނީ ފިލާފައެވެ. އެނދުގެ ހެޑްބޯޑް މަތީގަ ބޯއަޅައިގެން އޮތް މައިޝާ ވަނީ އޭނާގެ ހިޔާލު ތަކުގެ ތެރެއަށް ގެއްލިފައެވެ.
*********
“ނިހާލް، ނިހާލް،.. މިހިރީ އެ ފޮޝިތައް ނަގާފަ.. 2 ފޮޝި ހަމަވި އެއް ނުން… ދެން އެހެން އެއްޗިހި ފަހުން ގެންނަނީ އެއްނުން… މައި މިދަނީ މައްޗަށް، ކީ!، ނިހާލް ތަޅުދަނޑި ދީބަ އޭރުންދޯ މަށަށް މައްޗަށް އެރޭނީ….” ޓެކްސީ ޑްރައިވަރާ ވާހަކަ ދައްކަން ހުރި ނިހާލް އަށް ގޮވަމުން މައިޝާ ބުންޏެވެ.
“އަން މިއޮތީ ތަޅުދަނޑި!” ނިހާލް އޭނާގެ ޖީބުން ތަޅުދަނޑި ފައްޗެއް ނަގާފަ މައިޝާ އާ ދިމާލަށް އެއްލަމުން ބުންޏެވެ.
މައިޝާ އެ ތަޅުދަނޑި ހިފައިގެން މައްޗަށް އަރާ އެމީހުންގެ ފަންގިފިލާ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއިއެކު މައިޝާ އަށް ސިހުމެއް ލިބުނެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނިފައެވެ.
“ނިހާލް، އެއީ ކޮންކުއްޖެއް؟..” ފޮށި ތަށް ހިފައިގެން އައި ނިހާލް އާ މައިޝާ ސުވާލް ކުރިއެވެ.
“އާން!… އެއީދޯ، އަހަރެން ބުނީމެއްނުން މައި އަށް ހެލްޕް ވާން އަހަރެން ގެއަށް މެއިޑް އެއް ގެނައި ވާހަކަ. އޭނަ އެއީ!” ކުރިމަތީ ހުރި ކުއްޖާއަށް އިޝާރަތް ކޮށް ނިހާލް ބުންޏެވެ.
“އެ… އެކިހިނެއް އެވީ؟” ކުރިމަތީހުރި އަންހެން ކުއްޖާ އަނގަ މަތީ އަތް އަޅާ ބިރުވެރި ފާޑާކަށް ނިހާލް އާ ދިމާލަށް ބަލާ ލުމަށް ފަހު އޭނާގެ ކޮޓަރި އަށް ދުއަވައިގަތެވެ.
“އެ ވެދާނެ އެއްނުން ކުޑަކޮށް ލަދުގަތީ ކަމަށް ވެސް، ދެން އަޅާނުލާ…. އެއީ ބައެއްފަހަރު އެކުދިންނަށް ވާވަރު،…. އޭނ!!! އަމްމްމްމް.. އަހަރެން އަދިމިހިރީ ހަނދާންނެތިފައޭ،… އޭނައަށް ކިޔަނީ މާހިލް،… ދެން ކުޑަ ދަތިކަމެއް އޮންނާނެ އޭނައަކަށް ވާހަކައެއް ނުދެއްކޭނެ،… މަންމަނު ކުއްޖެއް އެއީ…” ނިހާލް މާހިލް އާބޭހޭ ކުޑަ މައުލޫމާތު ކޮޅެއް މައިޝާ އަށް ދިނެވެ.
އެ ދެމީހުން ފޮށިތައް ހިފައިގެން ކޮޓަރިއަށް ވަނެވެ. މައިޝާ ވެފަ ހުރި ވަރުބައްޔަކާއިއެކު އެނދުގައި ޖައްސާލިއެވެ. ނިހާލް އެވެގުތު ދެން ވަނީ ފާހާނާ އަށެވެ.
އެނދުގައި ދެލޯމަރައިގެން އޮތް މައިޝާ އަށް ކުރިން ހިނގާދިޔަ ކަންކަން ހަނދާން އާވެ ރޮވެން ފެއްޓިއެވެ. މައިންބަފައިންގެ ނުރުހުމުގަ ކައިވެޏެއްކޮށްގެން އޭނާ އެއައީ އޭނާގެ މަންމަމެންނަށް ބީރު ކަންފަތެއް ދީފައެވެ.. މި ހަނދާންތައް އާވާން ފެށުމުން މައިޝާގެ ދެލޯ ކަރުނުން ފުރި ބަންޑުން ވާން ފެއްޓިއެވެ. މި މަންޒަރު ފެނުނީ ފާހާނައިން ނުކުތް ނިހާލް އަށެވެ.
“މައި…މައި ކީތްވެތިރޮނީ؟ އަހަރެން ކައިރި ބުނެބަ ކިހިނެއް ވީ؟”
“މަންމަ މެން މަތިން ހަނދާންވީ،.. އަޅެމަންމަ އަހަރެން ދެކެ ހާދަ ރު.. ރުޅި އަންނާނެއޭ ދޯ؟ އަހަންނާ ދެން ވާހަކައެއްވެސް ނުދައަކާނެ ކަންނޭގެ،..” މައިޝާ އަޅައަޅައިގަންނަމުން ނިހާލް ކުރި ސުވާލް ތަކުގެ ޖަވާބް ދިނެވެ.
“ނޫން މައި މަންމަ މައި ދެކެ ރުޅިއެނާންނާނެ އަޅެ މަންމަ އަށް ގުޅާލަބަލަ” ނިހާލް ބެލީ މައިޝާ މަސަލަސް ކޮށްލެވޭތޯއެވެ.
“މަންމަ ފޯނެއް ނުނަގައޭ އަހަރެން ބުނީމެއްނުން މަންމަ ހުންނާނީ އަހަރެން ދެކެ ރުޅި އައިއްސަ އޭ” މައިޝާ އޭނާގެ މަންމަ ގުޅާލުމަށް ފަހު ބުންޏެވެ.
މައިޝާ އާއި ނިހާލް ތިބީ އެރޭގެ ކެއުން އިންސާފް ކުރަށެވެ.
“މާހިލް،.. ވަރަށް ވަރަށް މީރު މި ރިހަ އެކަމް ކުޑަކޮށް ކުޅި އިނގޭ!! ވަރަށް މީރު.”
“ކުޅި އޭ މައި ޖެހޭނެ އިނގޭ ދެން ފަހަރަކު ބުނަން މާހިލް ކައިރީ” ނިހާލް މައިޝާ އަށޤ ރައްދެއް ދިނެވެ.
“ޕިސްސް!!! ދެން އެހާވެރުގެ ކަމެއްނޫނޭ”…. “ދެން ހިގާ ކޮޓަރިއަށް” މައިޝާ ނިހާލް ކައިރީ އެހެން ބުނުމަށް ފަހު ތަށިތައް ދޮވެލާފައި ނިހާލް ގޮވްއިގެން ވަނީ ކޮޓަރިއަށެވެ.
ދަންވަރުގެ ވަގުތެވެ… ނިދިފައިއޮތް މައިޝާ އަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ބޭރަށް ނުކުމެ ފެންބޮއެގެން ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު މާހިލްގެ ކޮޓަރިން މީހަކު ވާހަކަ ދައްކާ އަޑު މައިޝާ އަށް އިވުނެވެ.
ސޮރީ ކިޔުންތެރިން ލަހުން މި ބައި ުޕ ކުރެވުނީމް އިންތިހާއަށް މާފަށް އެދެން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Nice.?? Waiting for next part ?? stay safe dear??? bye