
އިރުގެ ރަން ދޯދިތައް ކުޑަދޮރުގެ ފޮތިގަނޑު ތެރެއިން ފުރޭނިގެން އައިސް ނިދާފައި އޮތް ތިން ކުދިންގެ މޫނުގައި ބޮސްދިނެވެ. ޒިނާއާ ޒައިނީ ދެފަޅިއަށް ފުރޮޅިލަމުން އިތުރަށް ނިދިގަނޑު މީރުކޮށްލިއެ ވެ. ލީއާ އާފުރިލަމުން ގޮދަޑިން ތެދުވެލިއެވެ. އޭރު ެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ކަންނެތް ގޮތަކަށް އޭނާގޮސް ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނު ނަގާ އޮން ކޮށްލިއެވެ. އޭނާގެ ދެލޯ ބޮޑުވެ ނިދިފިލައިގެން ދިޔަ ކަހަލައެވެ. ” ނޯ ވްވްވް. ” ތަންކޮޅެއް ބާރަށް އޭނާއަށް ހަޅެއްލަވައިގަނެވުނެވެ. ” އޯއް މައި ގޯޑް. އައިމް އަ ފޫލް އައިމް އަ ފޫލް. އައި ހެއިޓް މީއްއް” އަވަސް އަވަހަށް ފޯނު ބާއްވަމުން ނިތްކުރީގައި މަޑުމަޑުން ތަޅާލަމުން އޭނާ ހުއްޓެލީ ހެދުން އަލަމާރި ކައިރިއަށެވެ. ހަރަކާތް އަވަސް ކޮށްލަމުން އަތުގައި ޖެހުނު އެންމެ ފުރަތަމަ ހެދުން ހިފައިގެން އޭނާ ފާހާނައަށް ވަދެ ފްރެޝް ވެލިއެވެ. ދެން އޭނާ އަވަސް ވެގަތީ ނަމާދަށް އަރާށެވެ. ނަމާދު ކޮށް ނިންމާފައި އޭނާ ދުޢާއަށް އަތް އުފުލާލިއިރު ލޮލުގައި ކަރުނަތައް ޖަމާވެފައި ހުއްޓެވެ. ” لااله الا انت، سبحانك انى كنت مناظالمىن. ޔާ الله. މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ. އަދި މި ސަލަވާތާއި ސަލާމް ގައި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލްކޮށް ދެއްވާނދޭވެ. ޔާﷲ. އައިމް ސޮރީ. ފަތިސް ނަމާދަށް ނުހޭލެވުނީމަ. ކީއްވެތަ ނުހޭލެވެނީ އަބަދު އަބަދު. މި އަޅާގެ ނިދި ލުއި ކޮށް ދެއްވާނދޭވެ. މިއަޅާއަށް ނޭނގި ނަމަވެސް ކުރެވޭ ފާފަތައް ފުއްސަވާދެއްވާނދޭވެ. ޕްލީޒް ޔާﷲ. މިއަޅާއަށް މަޢާފް ކޮށްދެއްވާނދޭވެ. އަދި މިއަޅާގެ ދެ ކޮއްކޮއަށް ވެސް މަޢާފް ކޮށްދެއްވާނދޭވެ. އެކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖައްސަވާދެއްވާނދޭވެ.” ލީއާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާ އިނީ ހަމަރަނގަޅަށްވެސް ހިތުގަޖެހި ދެރަވެފަ އެވެ. ފަތިސް ނަމާދަށް ވަގުތަށް ހޭނުލެވިއްޖެޔާ އޭނާއަކީ ވަރަށް ދެރަވާ ކުއްޖެކެވެ. ހޭލެވުނުހާ އަވަހަކަށް އޭނާ އެ ނަމާދު ކުރަނީ އަނެއްކާވެސް ހަނދާން ނެތި ދާނެތީއެވެ. ނުކުރެވި ލަސްވެދާނެ ތީއެވެ.
ހެނދުނުގެ ސައިގަޑި ނިންމާލާފައި އެންމެން ސޯފާގައި ތިބީ އެކި ވާހަކަ އަޅުވާލައިގެންނެވެ. އީތަން ވެސް އިނުމުން އެންމެން ފޫހިފިލާ ކަހަލަ މަޖާ ވާހަކަ ކިޔާލައެވެ. މިއަދު އަދި އެގެއަކަށް ޒީޝާންއެއް ނާދެއެވެ. އެހެންވެ ލީއާ ކޮޅުކޮޅަށް ހޯދާ ބަލާލީ އޭނާ ފެންނަން ހުރިތޯ އެވެ. ކުޑަކޮށް މޫޑް އޮފް ވިއަސް އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އެއްގޮތަކުން ރަނގަޅުތާ ދޯއެވެ. ކައިރާއާ ޒީޝާން އާ ދެމީހުން އުޅޭގޮތް ބަލާކަށް ނުޖެހޭނެ ވިއްޔާއެވެ. އޭނާއަށް އެއްކޮލަށް ހީލެވުނެވެ. ” ލީއާ. ހިނގާބަ މަށާއެކީ ޒީޝާންމެން ގެޔަށް ދާން. ” ކައިރާ ބުނެލި އެއްޗަކުން ލީއާާ ގެ ދެލޯ ބޮޑުވެ ހިނިތުންވުން ގެއްލުނެވެ. ހީވީ ނޭވާ ތާށިވިހެންނެވެ. އަތްފައި ފިނިވާން ފެށިއެވެ. ގަދަ ކަމުން ހީލުމަށްފަހު ކައިރާއާއެކީ ދާން ނުކުތެވެ. ” ލީއާއަށް އިނގޭތަ ޒީޝާންއަކީ ކާކުކަން. އައި މީން ތި މީހުން އެއް ކްލާހެއްގައި އުޅުނު އިރު ދެން ކޮންމެވެސް ވަރަކަށް އެނގިފަދޯ ހުންނާނީ. ކިހިނެއް ހީވަނީ؟ ” މަގުގެ އެއްފަރާތުން ދެމީހުން ހިނގަމުން ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. މިފަހަރު ކައިރާ ކޮށްލި ސުވާލުން ލީއާ ވިސްނާލި އެވެ. ” އެއީ ވަރަށް ފޮނި ސޮރެެއް. ” އޭނާގެ ހިތުގައި އޮތް ޖަވާބު ކުއްލިއަކަށް އަނގައިން ބޭރުވުމުން އޭނާ ލަދުގަތެވެ. އަދި ނުވާކަމަށް ހަދާފައި ހީވެސް ލިއެވެ. ކައިރާއަށް ވެސް ހެވުނެވެ. ކައިރާ ކޮށްފާނެ ސުވާލަކުން ލީއާ އަވަހަށް ވާހަކަ އޮޅުވާލި އެވެ. ” މި ބުނީ އަސްލު ވަރަށް ރަނގަޅުވާނޭ. އެކަމް ތަންކޮޅެއް ފޮނިވެސް ވެދާނެ. ބިކޯޒް ޔޫ ނޯ. އެންމެންވެސް ބަލަނީ އޭނާއަކީ ސެލެބްރިޓީއެއް ގޮތަށް. އެހެން ނޫނަސް ް އޭނާޔަކީ ގޯސް މީހެއް ނޫނޭ. އޭނަ ވަރަށް ރެސްޕެކްޓް ކުރާނެ އެންމެނަށްވެސް. ސްކޫލް ގަ އުޅުނު އިރު ވެސް އޭނަ ވަރަށް މޮޅުވާނެ ކިޔެވުމަށް. އެންމެ ހައިކޮށް އުޅޭ ފިރިހެން ކުއްޖަކަށް ވެސް ހުންނާނީ އޭނަ. ” ލީއާ ހިތުގެ އަޑިން ޒީޝާން އަށް ތައުރީފްގެ ބަސްތައް އަމުނާލިއެވެ. ” ސޯ ޔޫ ނޯ ހިމް ވެރީ މަޗް .. ނޫންތަ؟” ކައިރާ ލީއާއަށް ބަލާލަމުން ހީލިއެވެ. އޭރު ޒީޝާން މެން ގެއާ އަރާ ހަމަވަނީއެ ވެ. ލީއާ ގެ ހިތުގެ ިންދު އަވަސް ވިއެވެ. މުޅި ހަށިގަނޑު ފިނިވިއެވެ. ” މަ މިތާ މަޑުކޮށްލާނަން. ” އެގޭގެ މައިދޮރާ ދިމާލަށް ހުރި ބޮޑު ކުންނާރު ގަސް ދޮށުގައި ލީއާ މަޑުކޮށްލިއެވެ. ” އޯކޭ. ހުންނައްޗޭ މަ އަންނަންދެން. ” ކައިރާ އެހެން ބުނުމަށްފަހު އެގެއަށް ވަދެގެން ދިޔައެވެ. ލީއާ ހުރީ ޒީޝާން ފެނިދާނެތީ ކޮޅުކޮޅަށް ބަލާށެވެ. ދޮންވެ ފައްކާވެފައި އިން ކުންނާރެއް ގަހުން ވެއްޓުމުން ލީއާއަށް ސިހިފައި އެއާ ދިމާލަށް ބަލާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް ކުންނާރަށް ބަލާލިއެވެ. އޭނާއަކީ ކުންނާރެއް ފެނިއްޖެޔާ ހޭވެރިކަން ހުންނަ މީހެއް ނޫނެވެ. އަނެއްކާ އެކުންނާރު އިނީ ދޮންވެ ކާހިތްވާކަހަލަ ގޮތަކަށެވެ. ލީއާ ގެ ކުޅު ދިޔާވިއެވެ. ހީވީ ދެލޯ ވިދަން ފެށިހެނެވެ. ކާހިތްވިލެއް ބޮޑުކަމުން އޭނާ ގެ ދެފައިވެސް ހިރުވަން ފެށިއެވެ. ” ކާލަންވީ؟ މްމްމްމ. ޒީޝާންއަށް ފެނިއްޖެ އާއޯ. ” އޭނާގެ ސިކުނޑި މިވަގުތު ވަނީ ކުންނާރަށް ގޮސްހުސްވެފައެވެ. ޒީޝާން ހުރިތޯ ދެފަރާތް ބަލާލަމުން ކެތް ނުވެގެން ގޮސް ކުންނާރު ނަގާ އެތިކޮޅެއް އަނގައަށް ލާ ހަފާލިއެވެ. ” މްމްމްމ” މީރު ކަމުން އޭނާއަށް ދެލޯ މަރާލެވުނެވެ. އެ ކުންނާރު ކައި ނުނިމި އުޅެނިކޮށް އަނެއްކާ އެހެން ކުންނާރެއް ވެއްޓުނެވެ. ލީއާ އުފަލުން ފޮޅުނެވެ. “ވާވްވް” އޭނާ ގޮސް އެކުންނާރު ވެސް ނަގާ ކާލިއެވެ. ކުއްލިއަކަށް އެހެން ކުންނާރެއް އޭނާގެ ކުރިމައްޗަށް ވެއްޓުނެވެ. ލީއާއަށް ހެވުނެވެ. އޭނާގެ ނަސީބު ރަނގަޅު ދުވަހޭ ހިތަށްއެރިއެވެ. ގުދުވެ ލާފައި ކުންނާރު ނަގާ އަނގަޔަށް ލަމުން އޭނާ ގަހާ ދިމާ މައްޗަށް ބަލާލިއެވެ. އެވަގުތު ބައިވަރު ކުންނާރު ތަކެއް އޭނާގެ މޫނުމައްޗަށް އޮހިގަތެވެ. ” އައުޗް…އާ.އާާ.އާއް” އޭނާގެ މޫނުމައްޗަށް ކުޑަކޮށް ތަދުވެލުމުން ނޭފަތު ކުރީގަ އަތް ހާކާލަމުން ދުރަށް ޖެހިލި އެވެ. ކުންނާރުގަހަށް ބަލާލިއިރު އެއީ ކުންނާރު ބިންނަން އަރާ އޮތް މީހެކެވެ. ކަޅުކުލައިގެ ހޫޑީއެއްގައި އޮތް މީހެކެވެ. އެހެންކަމުން އޭނާގެ މޫނެއް ނުފެނުނެވެ. ގަހަށް ނުފަރިތަވެފައި ފައިބަން އުޅުނު ހާލު ފެނިފައި ލީއާ ނިންމީ ވަގެއް ކަމަށެވެ. ” ކާކު ތީ؟ މީސްމީހުންގެ ގޭގެ އިން ނުވާނެ ވައްކަން ކުރާކަށް. ފައިބާ” ލީއާ އައި ރުޅިން ފާރުގައި ލައްކޮށްފައި އިން އޮށިގަނޑެއް ނަގާ އެމީހާ ގެ ފައިގާ ޖަހާލިއެވެ. އެމީހާއަށް ތަދުވުމުން ދެވަނަފަހަރަށް ޖަހަން ނެގި އޮށި ފައިން ޖަހާ ދުރަށް ކޮށްޕާލިއެވެ. އެވަގުތު ލީއާ އެނބުރިގެން އޮއްޓާއެކު ބިންމައްޗަށް ވެއްޓެން އުޅުނެވެ. ” މަ މަރަންތަ ތިއު….” ލީއާ ހުޝިޔާރުކަމާއެކު އޮށިނަގާ އެނބުރިލަމުން ބުނަން އުޅުނު ޖުމްލަ ވެސް ހުއްޓުނެވެ. އެމީހާ ގަހުގެ މެދުން ތިރީގައި އޮވެފައި ފުންމާލިއެވެ. އަދި ހޫޑީ ބޮލުން ހިއްލާލި ތަން ލީއާއަށް ފެނުނީ ސްލޯ މޯޝަންގައި އެވެ. ލީއާގެ އަނގަ ހުޅުވުނެވެ. އަތުގައި އޮތް އޮށި އަތުން ދޫވެގެން ވެއްޓުނު އިރު ލީއާއަށް ހިލަމެއްވެސް ނުވިއެވެ. “ޒީޝާން” އެވަގުތު އެތަނަށް ކައިރާއަށް ވެސް އާދެވުނެވެ. ލީއާ ހުރީ ހައިރާންވެފައެވެ. ޒީޝާންގެ ރީތިކަން ފެނިފައިވެ. އޭނާގެ ހަރަކާތްތަކުންނެވެ. ޒީޝާންް ބިންމަތީގައި ހުރި ކުންނާރުތައް ނަގަން ގުދުވެ ލަމުން ޖީބުން ކޮތަޅެއްވެސް ނެގިއެވެ. “ޒީޝާން ބޭބީ. މަ ކޮން އިރެއް ހޯދާތާ. ފާހަނާގައި ކަމަށް ހީކޮށް ހުރެހުރެފަ ހިލަމެއްނުވީމަ މިއައި. ” ކައިރާވެސް ގޮސް ޒީޝާންއާއެކީ ކުންނާރުތައް ހޮވަންފެށިއެ ވެ. އޭރު ވެސް ލީއާއަށް ހުރެވުނީ އެވެ. ލަދުންނެވެ. ކުރެވުނު ކަންތަކުން ދެރަވެފަ އެވެ. އެންމެ ހާސްވީ އޭނާ އޮށިގަނޑުން ޖެހި ވަގުތު ޒީޝާން ފައިގެ ފުންނާބާ ދިމާލުން ކުޑަކޮށް މަށައިގެން ގޮސް ލޭ އަރާފައި ހުރިތަން ފެނުމުންނެވެ. އޭނާއަށް ދެލޯމަރާލެވުނީ އެކަމަށް ރިގްރެޓް ކުރެވެމުންނެވެ. ” މި އުޅެނީ ކުންނާރު އެޅި ކޮތަޅު ފަޅައިގެން ގޮސްގެނެއްނު. އެގެއަށް ދާން އުޅުނީ ކުންނާރު ހިފައިގެން .. ބޭބީއަށް ކާންދޭން. ” ޒީޝާން ކުންނާރެއް ނަގަމުން ކައިރާއަށް ދިއްކޮށްލިއެވެ. އޭނާ އަނގަ ހުޅުވާލުމުން ޒީޝާން ކުންނާރު ލިއެވެ. އަދި ކަޅިއެއް އެއްލާ ލީއާގެ ރިއެކްޝަން ބަލާލިއެވެ. އޭރު ލީއާ އެހެންދިމާލަކަށް ބަލާލިތަން ޒީޝާންއަށް ފެނުނެވެ. އޭނާ އެއްކޮލަށް ހީލިއެވެ. ލީއާ ގެއަށް ދާން ހިނގައިގަތެވެ. ” ލީއާ މަޑުކޮށްބަލަ” ކައިރާ ތެދުވަމުން ގޮވާލި އެވެ. ” މި ދަނީ ގެއަށް.” އޭނާ ފަހަތް ވެސް ބަލާނުލާ ދިޔަ ގޮތަށް ދިޔައީއެވެ. ” ކިހިނެއް އެ ވީ؟ ހެހެ “ކައިރާ ކޮނޑު އަރުވާލިއެވެ.
ލީއާ ހުރީ ފާހާނަ ތެރޭގައި ފާރުގައި ލެނގިލައިގެންނެވެ. އޭރު އެ ދެ ލޮލުގައި ކަރުނަތައް ޖަމާވެފައި ހުއްޓެވެ. އެ ހިތް ބާރުބާރަށް ތެޅެމުން ދިޔައިރު އޭނާގެ ދެއަތްދެއަތާ މޮޑެވެމުން ދިޔައެވެ. އަދި ދެއަތް އުފުލާލާ އަތްތިލައަށް ބަލާލިއެވެ. އެލޮލުގައި ވި ކަރުނަ އަތްތިލައަށް ވެއްޓުނެވެ. އަދި މަޑުމަޑު ގިސްލުމެއްގެ އާހެއް ލެވުނެވެ. ” ކީއްވެ ކީއްވެ. ؟ އަހަރެންގެ މި ދެއަތުން މީހަކަށް ގެއްލުމެއް ދިނީ.” ލީއާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ދެންމެ ވީ ކަންކަމެވެ. އޭނާއަށް ސިފަވަމުން ދިޔައީ ޒީޝާންގެ ފައިގަ ޖަހާލެވުނު ތަންކޮޅެވެ. ” އައިމް ސޮރީ .. އައިމް ސޮރީ ޒީޝާން. ޕްލީޒް. އަހަރެން ހިޔެއް ނުކުރަން ޒީޝާން ކަމަކަށް. މަ ހާދަ މޮޔައޭ. މި.. މި ކީއްކުރާ ސިކުނޑިއެއްތަ؟ ” އޭނާ ރޮމުން ނިތް ކުރީގައި ޖަހާލީ ތަދުނުވާ ވަރަށެވެ. ” އައިމް ސޮރީ . ރިއަލީ ސޮރީ. ” އޭނާގެ އަތް މެއާލާ ބޮނޑިކޮށްލިއެވެ. ހީވަނީ ކުރިމަތީގައި ޒީޝާން ހުރީމަ މާފަށް އެދޭހެނެވެ. ޒީޝާންއާ ކުޑަކޮށްވެސް ވާހަކަ ދައްކާނަމަ އޭނާ ޒީޝާންގެ ކުރިމަތީގައި މާފަށް އެދުނީހެވެ. އޭނާ މޫނު ފުހެލަމުން ސިޓިންގް ރޫމް އަށް ނުކުތް އިރު އެންމެން ފޯރީގައި ތިއްބެވެ. ލީއާ ފެނުމުން ޒީޝާން މަލާމާތް ކުރާކަހަލަ ގޮތަކަށް ހީލިއެވެ. ލީއާ ލަދުން އިސްދަށަށް ޖަހާލައިގެން ގޮސް އިށީނީ އީތަން އާ ދުރުގައެވެ. އެވަގުތު އީތަން އަތުގައި ކުންނާރު ކޮތަޅު އޮތުމުން އޭނާގެ ކުރިމަތީގައި އިން ޒައިނީ އާ ދިމާލަށް ފަހަރަކު ކުންނާރެއް އެއްލައެވެ. ޒައިނީ ސިހިފައި ކޮންމެ ފަހަރަކުވެސް ބަލާލާތީ އީތަންއަށް މަޖާވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަމަ އެގޮތުގައެވެ. އިރުއަރާފައި އޮއްސޭލެއް އަވަސްކަމުން އީތަންވެސް ހުންނަނީ ހަމަ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. ކިތަންމެ އިރެއް ވަންދެން ގޭގެ އެކިތަންތަނުގައ ޒައިނީގެ ހަރަކާތްތަކަށް ބަލަން ހައެއްކަ ގަޑިއިރުވަންދެން ހުރެވުނަސް އޭނާއަށް އެންމެ މިނެޓެއްވާހެންވެސް ހީނުވެއެވެ. ބަނޑުހައިވެސް ނުވަނީއެވެ. އަމުދުން ޒައިނީގެ ލޯބި ހިނިތުންވުން ދެކިލާފައި ހިތާއި އެކީ ބަނޑުވެސް ފުރެނީއެވެ. ޒައިނީއަށްވެސް އީތަން އުޅޭގޮތަކުން ކުޑަކޮށް ޝައްކު ކުރެވެއެވެ. އެހެންނަމަވެސް އެ ހިޔާލު އަލުން ބަދަލުކޮށްލަނީ އެއީ އެފަދަ ކުއްޖެއްގެ ނަސީބުގައި ނެތް ކަމެއްކަމަށް ނިންމައިގެންނެވެ. މިއާ ޚިލާފަށް އެމީހުން އެގެއަށް އައިސް މަޖާކުރާ ކޮންމެ ދުވަހަކީވެސް ޒީހާންއާއި ޒީނާގެ ގުޅުން ކުރިއަށް ގެންދިޔުމަށް ލިބޭ އިތުރު ފުރުސަތެކެވެ. މިހާރަކަށް އައިސް ކުޑަކޮށް އަނގައިން ބުނެލާވެސް ހަދައެވެ. އެކަމަކު އަދިވެސް ދެމީހުންކުރެ އެކަކަށްވެސް އިސްއުފުލާލާ ބަލާލާކަށް ނުކެރެއެވެ. އެއްކޮޅުން މަޔަންކް އެތެރެއެތެރެއިން ރޯލަރޯލާ ހުރިއިރު ލީއާގެވެސް ހާލަކީ އެއީއެވެ. އެއީ އެހާ ވޭންހުރި އެއްޗެއްކަން ކުރިން އިނގޭނަމަ އެމީހުން އެކަކުދެކެވެސް ލޯބިނުވީސްކަން ކަށަވަރެވެ. ގަސްދުގައި ލޯބިވެވޭނަމަ އެކުދިން އެކަން ހުއްޓާނެތާ މިހާރު ކިހާދުވަހެއް ވާނެހެއްޔެވެ. ތިމާ އިންތިހާ ލޯބިވާ މީހަކާއެކީ އެހެން މީހަކު އުޅޭތަން ލޮލުކުރިމަތިން ދެކުމަކީ ހިތަށް ތޫނު ހަންޖަރެއް ހަރާލުމުންވެސް ނާޅާފަދަ ވޭން އެކުލެވޭ ކަމެއްކަން މިއަދު އެކުދިންނަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވެއެވެ. އެހެން ނަމަވެސް ބައެއްފަހަރު ޒީޝާން ލީއާ ކުރާ ކަންކަމަށް ތައުރީފް ކޮށްލައެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ. އެހެން ހުރެފާ ކަމަކާ ނުލާ ރުޅިވެސް އައިސްދާނެއެވެ. އެއީ ލީއާ ދެންތިބި ފިރިހެންކުދިންނާ ވާހަކަ ދައްކާތީ ކަމަށްވެސް ވެދާނެއެވެ. ކުރިއާ ޙިލާފަށް މިހާރު އެގޭތެރެއިން ނުފެންނަ ކަންކަން ފެންނަންވެސް ފަށައިފިއެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެއްކަލަ އަންހެންކުއްޖާ ބޭރުގައި ހުންނަތަން ލީއާ އަށް ފެނެއެވެ. މީގެ ހަފްތާއެއް ކުރިން ގަނެގެން ގެނައި ދޮރު ފޮތިގަނޑަކުން ލީއާއާއި ހުރިހާ ކުދިންވެގެން ކުޑަ ދޮރުތައް ރޭގަނޑަށް ނިވާ ކުރިއެވެ. އެކުދިން އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ލީއާ ބުނީ އެއީ ގޭތެރެއަށް ކުޑަވަރެއްގެ ޗޭންޖެއް ގެނައީ ކަމަށެވެ. އަދި ރޭގަނޑަށް އެތެރޭގެ އަލިގަދަކޮށްލުމުން ރީތިވާނެ ކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް ގޭގެ އެހެންކޮޓަރިތަކުން ބައެއްފަހަރު އޭނާއަށް އަޑުއަޑު އިވެއެވެ. އަދި ވަރަށް ފަހުން އެއްކަލަ އަންހެން ކުއްޖާ ލީއާއަށް ހުވަފެނުގައިވެސް ވަނީ ފެނިފައެވެ.
އާދައިގެ މަތިން އެހެން ރޭތަކެކޭވެސް އެއްފަދައިން ހުރިހާ ކުދިން ސިޓިންގ ރޫމަށް ޖަމާވެއްޖެއެވެ. މަދީ ހަމައެކަނި މަޔަންކް އެވެ. އޭނާ ބޮލުގައި ރިއްސާތީއޭ ކިޔާފައި ކޮޓަރީގައި އޮތީއެވެ. ހަގީގަތަކީ ޒީޝާން އާއި ކައިރާ އުޅޭގޮތް ބަލަން ބޭނުންނުވުމެވެ. އެ މަންޒަރުތައް ބަލައިގެން އިތުރަށް ހިތްދަތިވާކަށް ބޭނުމެއްނޫނެވެ. ބޭނުންވަނީ މުޅިއުމުރަށްވެސް އެ ހަނދާންތަކާއި ދުރުވާށެވެ. ” އޭ ހިނގާބަލަ ކަމެއްކުރަން. ޓްރޫތް އޯރ ޑެޢަރ ކުޅެންވީނު. ” ސޯފާގައި ހަމަޖެހިލައިގެން އިން ރީހާން ބުނެލިއެވެ. އެންމެންވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ” އޯކެ. ސޯ ލެޓްސް ސްޓާޓް…” އެންމެންގެ މެދުގައި ބިއްލޫރި ފުޅިއެއް އަނބުރާލަމުން ރިޔާނާ ބުނެލިއެވެ. އެނބުރެމުން ދިޔަ ފުޅީގެ މަތިގަނޑު އިން ފަރާތް މަޑުމަޑުން ހުއްޓެލީ ލިއަމްއަށެވެ. ” އޯވް. ސޯ ޓްރޫތް އޯ ޑެއަރތަ؟ ” އެންމެން ކިޔަންފެށިއެވެ. ” ހެހެ. ޓްރޫތް މަ ނަގާނީ. ” ކަނާތު ފައި ކުރުކޮށްލައިގެން އަނެއްފައި މައްޗަށް ލަމުން ލިއަމް އެހެން ބުނެލީ ކޮންމެ ފަދަ ސުވާލެއްކުރިޔަސް ތެދަށް ޖަވާބުދޭނަމޭ ބުނާފަދަގޮތަށެވެ. ކައިރީގައި އިން ޔޫނާ އަނގަމަތީ އަތް އަޅާލީ ދެންތިބި ކުދިން ކޮށްފާނެ ސުވާލަކާމެދު ވިސްނާލާފައެވެ. ” ކީކޭ ހިތަށް އަރައިގެންތަ ޔޫނާ އަށް ހިތްދީގެން ތިއުޅެނީ؟ ” ލާނެތް ގޮތަކަށް އީތަން ސުވާލުކޮށްލިއެވެ. ލިއަމް ހީލިއެވެ. އެންމެންވެސް ތިބީ ލިއަމް ބުނާނެ އެއްޗަކަށް އިންތިޒާރު ކޮށްގެންނެވެ. ޔޫނާވެސް އަނގައިގައި އަތް އެޅިގޮތަށް ލޮލާއެކު މޫނު ފޮރުވާލިއެވެ. ލިއަމް ގެ ޖަވާބަކަށް އެންމެ އިންތިޒާރުކުރީ އޭނައެވެ. ހިތް ތެޅެމުން ދިޔައީ އޭނަ ބުނާނީ ކީކޭކަމެއް މާރަނގަޅަށް ނުވިސްނުނީމައެވެ. ލިއަމް އޭނާއާ ނުހަނު ކައިރީގައި އިން ޔޫނާ އަށް ބަލާލިއެވެ. ” އަސްލުދޯ… މަށަށް ވަރަށް ކަމުދޭ އޭނަގެ ބިހޭވިއަރ. ޔޫން ވަރަށް ކެއަރ ކުރާނެ އެންމެނަށްވެސް. އެންޑް މަށަށް އަދި މިހާތަނަށް އެންމެ ޓްރަސްޓް ކުރެވޭ އެކަކު އެއީ. އެންޑް މީނަ މައިންބަފައިންނަށް ވަރަށް ކަމޭހިތާނެ. ބަރާބަރަށް ނަމާދުކުރާނެ. ޝީޒް ސޯ ކިޔުޓް. އެން ވަރަށް ބަސްއަހާނެ. ދެން މިހެން ގޮސް ކިއިދާނެ ބައިވަރު ކަންކަން. މައި ފިއުޗަރ ވައިފް އެން ލައިފް އިންޝާﷲ.” ލިއަމް ޔޫނާއަށް ބަލަމުން އެހުރިހާ އެއްޗެއް ކީ ހިތުގެ އަޑިންނެވެ. އޭރު ޔޫނާގެ ލޮލުން ކަރުނަ ފާއްދާލާފައި ހުއްޓެވެ. މިފަދަ ޒަމާނެއްގައި އެހާ އިތުބާރުކުރާ ބައިވެރިއެއް ލިބެނީ ވަރަށްވެސް މަދު މީހަކަށެވެ. ” އޯނވްވްވް. ސޯ ކިޔޫޓް. ” އެންމެން އެއް ރާގެއްގައި ކިޔާލިއެވެ. ” ޔޫނާ ޔުއަރ ވެރީ ލަކީ. މާޝާﷲ. ” ޒައިނީ އެހެން ބުނެލީ އޭނާއަށް ފަޚުރުވެރިވަމުންނެވެ.
ދެވަނަ ފަހަރަށް ފުޅި އަނބުރާލިއެވެ. އެވަގުތު މަޑުމަޑުން އެ ހުއްޓުނީ ޒީހާންއަށެވެ. ” ހައެހައޭ. ޒީޝާން އޭނާޔަށް ހެލްޕްވެދީބަލަ. ޓީ އެއްކަމެއް ޑީ އެއްކަމެއް ނޭނގުނު ނަގަން ވީކީ. ” ޒީޝާންގެ ކޮނޑުގައި ޖަހާލަމުން ކައިރާ މަޖާ ރާގަކަށް އެހެން ބުނެލިއެވެ. އެއީ ޒީހާން ވިސްނުމެއްގެ ތެރޭގައި އިންހެން ހީވެގެންނެވެ. އޭނާ އިނީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ. އެހެންނަމަވެސް ދޭތެރެއަކުން ހީލައެވެ. ” އޭ މީނަފެންނަ ލަދުގަހާ. ދެން ބުނެބަލަ ކޮންމެސް އެއްޗެކޭ.” އީތަންއަށް ނީނދެވިގެން ގޮސް ޒީހާން ބޮލުގައި ފިރުމަންފެށިއެވެ. ޒީޝާން މުށްކަވާލައިގެން އިން އަތުން އަނގަމަތި ނިވާ ކޮށްލަމުން ހޭންފެށިއެވެ. ލީއާއަށް އެމަންޒަރު ފެނުމުން ހިތްހަމަ ޖެހުނެވެ. ކިހާ ހެންސަމް ހެއްޔެވެ. އޭނާ ބޭނުންވަނީވެސް އެގޮތެވެ. ޒީޝާން އުފަލުގައި ހުރުމެވެ. ޒީޝާން އެއްލިކަޅިއަކުން ލީއާ އެދިމާލަށް ބަލަންއިންތަން ފެނުމުން އަވަސްއަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ލީއާވެސް އެހެންދިމާލަކަށް ބަލަން ފެށިއެވެ. ޒީހާން ބުނެލީ ޓްރޫތްއެވެ. އެއާއެކު ލީއާ ސުވާލެއް ކޮށްލިއެވެ. ” ޒީހާން ލޯބިވާ ކުއްޖަކު ހުރޭތަ؟ މިބުނީ ގާރލްފްރެންޑެއް ވިޔަސް. ލައިކްވާ ކުއްޖެއް ވިޔަސް.؟ ” ލީއާއަށް ޒީޝާން އިންދާ އެ ސުވާލު ކުރަން ކެރުނީ ކިހިނެއް ކަމާމެދުވެސް ހައިރާންވިއެވެ. އޭނާ ހިންދިރުވާލަމުން ވަށައިގެންތިބި ކުދިންނަށް ބަލާލިއެވެ. އޭރު އެންމެންގެ ލޯތައް އެދިމާލަށް ހުއްޓިފައިވެއެވެ. “ތެދެއް ތެދެއް. މިޒަމާނުގަ ކިހިނެއް ގަބޫލުކުރާނީ ތިހާލަދުން ސޮރެއް އުޅެދާނެ ކަމަށް. އަވަހަށް ޖަވާބެއް ދީ. ” ބައެއް ކުދިން އެމީހުންގެ ހިޔާލު ފާޅު ކޮށްލިއެވެ. ޒީހާން ބަލައިލީ އޭނައާ ދިމާލަށް ބަލަންއިން ޒީނާއަށެވެ. އަދި ވަގުތުން އެހެންދިމާލަކަށް ނަޒަރު ހިންގާލިއެވެ. ” މިއޮއް ހުރިހާ ދުވަހު ނެތް. އެކަމް މިހާރު ލައިކްވާ ކުއްޖެއް ހުރިހެން ހީވަނީ. ” ޒީހާން އަނެއްކާވެސް ކަޅިއެއް އެއްލީ ޒީނާ އަށެވެ. ޒީނާގެ އަތްފަޔަށް ފިނިވިއެވެ. ޒީޝާންވެސް އިނީ ޒީހާން އެހެން ބުނުމުން ހައިރާން ވެފައެވެ. ކުޅިވަރު ކުރިއަށް ގެންދިޔައެވެ. ފުޅި ހުއްޓުނީ ލީއާ އަށެވެ. ލީއާ މާ ބޮޑު ކަމަކަށް ނަހަދާ ވަގުތުން ޑެއަރ އެކޭ ބުނެލިއެވެ. ” ހެ ހެ.. މަ ޖައްސާނަން ޑެއަރ އެއް. ލަވައެއް ކިޔަން ވީ އެންމެނަށް އިވޭ ވަރަށް.” ޒީޝާން ކުއްލިއަކަށް ކުރަންވީ ކަންތައް ބުނުމުން ލީއާގެ ހިތުގެ ވިންދު އަވަސްވިއެވެ. އެހެން ކުދިން އެކަމަށް ސަޕޯޓް ކުރިއެވެ. ” އާނ އޯކޭވާނެ ލީއާގެ ފެވަރިޓް ސޯންގ ވިޔަސް. ” މިފަހަރު ވާހަކަ ދެއްކީ ލިއަމްއެވެ. އެހެންނަމަވެސް ޒީޝާން ސުވާލު ކުރަންވީކީ ކީއްވެ ހެއްޔެވެ.؟ އޭނަ އެ އުޅެނީ ގަސްތުގައި ލީއާ ލަދުގަންނަވަން ހެއްޔެވެ؟ ނޫނީ އޭނަގެ އަގު ވައްޓާލަން ހެއްޔެވެ؟ ޒީޝާން މޫނަށް ފޫހި ވައްތަރެއް ޖައްސަމުން އެހެން ދިމާލެއް ބަލަން ފެށިއެވެ. ލީއާވެސް ވަކި އޭނާ އަކަށް ދުލެއް ނުކުރާނެއެވެ. އޭނާ ކިތަންމެ ލަދެއް ގަތަސް އެކަން ކުރާނެއެވެ. އަދި ވަކިން ޒީޝާން އެހެން ބުނުމުން އެ ހިތަށް ބުނަން ނޭގޭފަދަ އުފަލެއް ލިބުނެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލަމުން ދެލޯ މަރާލިއެވެ. އަދި ލަވައިގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެ ލޯބި އަޑުން ކިޔަމުން ގެންދިޔައެވެ.
” ދެއްވާތޯ ތި ލޯތްބާ ވަފާ
ހަޒްރަތުގައި އަޅާ ދަަންނަވަން….”
ދެލޯ މަރާލައިގެން އިން ލީއާ ލަވަކިޔާ ނިންމަމުން ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. އޭރު މުޅިތަން ވަނީ ހަމަހިމޭން ވެފައެވެ. ރަނގަޅަށް ބަލާލިއިރު ޒީޝާން ފިޔަވާ ހުރިހާ ފިރިހެން ކުދިންގެ އަނގަތައް ވަނީ ހުޅުވިފައެވެ. ބައެއް އަންހެން ކުދިން ނިދެމުން ދިޔައިރު އަނެއްބައި ކުދިން ދެއަތްތިލަ ބޮނޑިކޮށްލައިގެން މޭގައި އަތްއަޅާލައިގެން ތިބީ ލީއާއަށް ބަލާށެވެ. ” ވާވްވް… އައި ކާންޓް ބިއްލީވް. އިޓްސް ވޮންޑަރފުލް. މިއަދަށްފަހު އަހަރެން މީ ލީއާ ގެ ވަރަށް ބޮޑު ފޭން އެއް. ރާގު އަޅުވާލިގޮތުން ހަމަ ނިދޭ ވަރުވޭ. ކީއްވެތަ ބޭންޑް އެއް ނޫނީ އަމިއްލަ ގޮތުން ވިޔަސް މިޔުޒިކް އިންޑަސްޓްރިއާ ޖޮއިން ނުކުރަނީ. މަ ހަމަގައިމުވެސް ލީއާ ޕްރޮމޯޓްކޮށްދޭނަން” ކައިރާ ލީއާ ކައިރިޔަށް އައިސް އޭނާ ގައިގަ ބައްދާލިއެވެ. ” އެން ޔޫ ނޯ ވަޓް. ތީ މަށަށްވެސް ވަރަށް ސަޅި ލަވައެކޭ. ” މައިރާއާއެކު ދެންތިބި ކުދިންވެސް ލީއާ ގެ ވަށައިގެން ނޫސްވެރިންތަކެއްހެން ހަރަކާތްތެރިވަމުން ދިޔައެވެ. އޭރު ޒީޝާން ބޯ ކަހާލިއެވެ. މޫޑް އޮފްވި ކަހަލައެވެ. ލީއާގެ އަޑު އޭނާއަށްވެސް ރީތިވިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ލީއާ ކިޔާލި ރީތި ލަވަ ރަނިކަންކުރަމުން ދިޔައިރު އޭނާ ބަލަމުންދިޔައީ އެހެންކަމަކަށް ވިސްނޭތޯއެވެ.
ފަހަރަކު ކުއްޖަކު ޖެހެމުން ޖެހެމުންގޮސް ދެން އެ ޖެހުނީ ޒައިނީއަށެވެ. ޒައިނީ ވަރަށް ވިސްނާލާފައި ނެގީ ޑީ އެވެ. ހުރިހާ ކުދިން ވިސްނަން ވަގުތު ކޮޅެއް ނެގިއެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާލާފައި ސުވާލު ރެޑީ ކޮށްލީ އަލަސް އެވެ. ” ޒައިނީ ކުރަންވީ ކަމަކީ އެއޮތީނު ކަޅުފޮތިގަނޑެއް. އެ ފޮތިގަނޑު އީތަންގެ ލޮލުގައި އައްސާލުމަށްފަހު އަހަރެމެން ދޭ ކާއެއްޗެއްގެ ވަސް އޭނަގެ ނޭފަތަށް އަރުވަންވީ. ދެން އީތަން ބުނަންވީ ކޯއްޗެއްކަން. ބުނެވިއްޖެޔާ މޮޅުވީ ނުބުނެވިއްޖެޔާ އެ ޑެއަރ އަލުން އަނބުރާ ޓާން ވާނެ އީތަންއަށް، އޯކޭ.” އަލަސްގެ ސިކުނޑިން އާ ޑެއަރއެއް ތައާރަފް ކޮށްލިއެވެ. އަންހެން ކުދިން ފޯރީގައި ޒައިނީ ކިޔަމުންދިޔައިރު އަނެއްކުދިން ޢީތަން އޭ ގޮވަމުންދިޔައެވެ. ޒައިނީ ތެދުވެ ފޮތިކޮޅު ހިފައިގެން ގޮސް އީތަންގެ ލޮލުގައި ޖައްސާލިއެވެ. ދޭތެރެއަކުން އޭނާގެ ބޮލުގަޔާއި މޫނުގައި ޒައިނީގެ އަތް ޖެހުމުން ޖަހާލާފައިވާ ސެންޓުގެ މީރުވަސްގަނޑު އެއަތުންވެސް ދުވިއެވެ. ދެން ޒައިނީ ދިއްކޮށްލީ މޭވާއެކެވެ. އީތަން އެއިން ވަސްބަލަމުން ގެންދިޔައެވެ. މޭވާގައި ދުވާ ވަހަށްވުރެ ބޮޑަށް އޭނާއަށް ސަމާލުކަން ދެވުނީ ޒައިނީގެ އަތުން ދުވާ މީރުވަހަށެވެ. އެހެން އިނދެފައި ބައެއްފަހަރު އެކިއެކި ސެންޓުފުޅީގެ ނަންނަން ވެސް ކިޔައެވެ. ” ފޭރެއް ދޯ “އީތަން ޖަވާބުދިނެވެ. އާނއެކެވެ. އެއީ ހަމަ ދޮންވެ ފައްކާވެފައި އިން ފޭރެކެވެ.
ފޯރީގައި ތިބި ކުދިންތަކަށް މަޔަންކް ނެތްކަމުގެ އިހްސާސް ކުރެވުނީ ކަންނޭނގެއެވެ. ކައިރާ ގާތު މަޔަންކް އަށް ގޮވާލަންދާށޭ ޒީޝާން ބުނުމުން މާ ބޮޑުކަމަކަށް ނުހަދާ ކައިރާ މިސްރާބު ޖެހީ ފިރިހެންކުދިންގެ ކޮޓަރިއަށެވެ. އޭރުވެސް ކުޅިވަރުގެ ފޯރީގައި ޖެހިފައި އެންމެން ތިއްބެވެ. މިފަހަރު ދިމާވީ ޒީޝާން އަށެވެ. އޭނާ ނެގީ ޑެއަރ އެވެ. ” ޒީޝާން ކުރަންވީ ކަމަކީ އޮއްހޯ. ކައިރާ ދިޔައީތަ؟ ” ކައިރާ ފެންނަން ނެތުމުން އަޒާން މަޑުޖެހިލިއެވެ. “އޯކޭ. ލީއާ އެބައިނެއްނު ދޯ. ޒީޝާން ކުރަންވީ ކަމަކީ ލީއާއަށް ހަގްއެއް ދިނުމަށްފަހު ލޯބިވާ ވާހަކަ ބުނަން ވީ. ދެން ހީކޮށްލާ އިނގޭ ކައިރާ ކަމަށް.” ލީއާ އަށް ހީވީ އޭނަގެ ބޮލުގައި މީހަކު މަރުތޭލަކުން ޖެހިހެންނެވެ. ކުޑަކޮށް ވާނުވާ ވިސްނާލުމުން އޭނާގެ އަތުންނާއި ފައިން ހީބިހި ނަގާ ދާތިކިތައް ބަބުޅަން ފެށިއެވެ. އޭނާއަށް އިނދެވުނީ ދެއަތް ދެއަތާ މޮޑޭށެވެ. އަޒާން އެހެން ބުނުމުން ފުރަތަމަ ޒީޝާން އުޅުނީ އެކަން ނުކުރާށެވެ. ދެވަނަ ސިކުންތުގައި ހިތަށް އެރި އެއްޗަކުން ހަމަޖެހިލިއެވެ. ލީއާއާ ޒީޝާން ކޮޅަށް ތެދުވެލިއެވެ. މާގިނަވަގުތު ބޭކާރު ނުކޮށް ޒީޝާން ފިރިހެންވަންތަ ހިނގުމެއގައި ގޮސް ލީއާގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދާލިއެވެ. ލީއާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ނޭވާ ހިފަހައްޓާލައިގެންނެވެ. ވަށައިގެން ތިބި މީހުން އޭނާއަށް ފުސްވެފައިވާ ކަހަލައެވެ. ޒީޝާން އައިސް އެގޮތަށް ބައްދާލާނެ ކަމަކަށް އޭނާ ހުވަފެނުގައިވެސް ނުދެކެއެވެ. ޒީޝާން ތަންކޮޅެއް ދުރަށް ޖެހިލަމުން އަނެއްކާވެސް ލީއާގެ އުނަގަނޑުގައި އަތްވަށާލާ އޭނާގެ މޭގައި ޖައްސާ ކައިރިކޮށްލިއެވެ. ލީއާ ފެންކަޅިވެފައިވާ ދެލޮލަކުން ޒީޝާންގެ މޫނަށް އެހާ ކައިރިން ބަލަމުން ދިޔައެވެ.
One Comment
Comments are closed.
Stry is very beautiful