
ތީއޭ އުފަލަކީ…7
ނޯޓް: މި ވާހަކައިގެ މިބައި އަޕްލޯޑު ކުރެވުނުލެއް ލަސްވުމުން އެންމެހާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
*********************
ތިން ކުދިން ކޮޓަރިން ނުކުމެގެން ސިޓިންގ ރޫމަށް ދިޔައިރު ހުރިހާ އެންމެންވެސް ހަމަޖެހިލާފައި ސަކަރާތް ޖަހަން ސޯފާގައި ތިއްބެވެ. އެއްބަޔަކު ތިބީ ޓައިލްސް މަތީގައެވެ. އެމީހުން އަންނަތަން ފެނުމުން އެކުދިންގެ ލޯތައް އެ ދިމާލަށް ހުއްޓުނެވެ. ހާއްސަކޮށް އީތަން އަށް ކަޅިޖަހާނުލާ ބެލުނީ ޒައިނީއަށެވެ. އޭނާއަށް އެންމެ އަޅައިގަންނަ ގޮތްވީ އެ ހިމަހިމަ އުނަގަނޑާއި ލޯބިލޯބި މޫނެވެ. ހީވަނީ ކުޑަކުޑަ ޕަރީއެއްހެނެވެ. ދުނިޔެމަތިން އެހާ ރީތި ކުދިން ފެނިފައި ހުއްޓަސް ޒައިނީ ފެނިގެން އެހިތަށް ކުރި ކަހަލަ އަސަރެއް އަދި މިހާތަނަށް ކުރެވިފައެއް ނެތެވެ. ލީއާމެންގޮސް އެމީހުން ކައިރީ ތަންކޮޅެއް ދުރުގައި ސޯފާގައި އިށީނެވެ. ކައިރީ ތިބިކުދިން ޖޯޑު ޖޯޑަށް ޖެހިފައި ތިއްބެވެ. ޔޫނާ އިނީ ލިއަމްގެ އަތުގައި ހިފާލައިގެންނެވެ. އަލަސް ނިޝްމީ ގެ އަތުގައި ހިފާލައިގެން އިންއިރު އަޒާން އާ މައިރާ ތިބީ ޖެހިގެން ހުރި ސޯފާގައި ފޯނާ ކުޅެލަ ކުޅެލައެވެ. އެމީހުންނާއި ޖެހިގެން އިން ރީހާން އިނީ ރިޔާނާގެ ކޮނޑުގައި ބޯ ލައްކޮށްލައިގެންނެވެ. މަޔަންކް އާއި އީތަން އަދި ކައިރާ ތިބީ ޓއިލްސްމަތީގައެވެ. އެންމެންގެ މެދުތެރޭގައި ބަހައްޓާފައި ހުރި މޭޒުގައި ކޯކާއި ޗެރީ ފުޅިތަކާއެކު ބޮޑު ތިން ޕިއްޒާ އާއި ފަސް ސަބްމެރިންވެސް ފޮތި ކޮށްފައި ހުއްޓެވެ. މޭޒުމަތީ ވައިން ތަށިތައް އަތުރާލާފައި ހުރި ގޮތް އެންމެނަށްވެސް ކަމު ދިޔައެވެ. އެއީ ކައިރާ ގެ ޓެލެންޓެވެ.
” ކޮބާތަ ބޭބް. އަދިވެސް އަންނާކަށް ނުވޭތަ؟. އޯކެ ބާއި. ލަވް ޔޫ. ” ކައިރާ ޒީޝާންއަށް ގުޅީ އޭނާ އައުން ލަސްވެގެންނެވެ. މާގިނައިރުތަކެއް ނުވެ ސިޓިންގ ރޫމް ދޮރުގައި މީހަކު ޓަކި ޖަހަން ފެށިއެވެ. ޒީނާ ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނީ ޒީޝާން އާއެކު އޭނަގެ ކޮއްކޮ ޒީހާންވެސް ހުރިތަނެވެ. އެތެރެއަށް ވަންނަން ބޮލުގެ އިޝާރަތުން ހިނިތުންވުމަކާއެކު ޒީނާ އަންގާލިއެވެ. ޒީހާން ހުރުމުން ޒީނާ އިސްދަށަށް ޖަހާލީ ލަދުންނެވެ. އޭނާއަކީ ހަމަ ޒީނާމެން އުމުރު ކުއްޖެކެވެ. އަށާރަ އަހަރެވެ. ޒީހާންއަކީވެސް ލަދުރަކި މިޒާޖެއްގެ ކުއްޖެއް ކަމުން އޭނާވެސް ކުރިއަށް ހިނގަމުން އައީ އިސްދަށަށް ޖަހާލައިގެންނެވެ. ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ދެމީހުން ޖައްސާލީ ސޯފާގައެވެ. ” ހޭ ގާލް. އައިމް ހިއަރ. ” ޒީޝާން އެހެން ބުނެލުމާއެކު ކައިރާ ތަށިތައް ބަހައްޓާފައި އައިސް އިށީނދެ ޒީޝާން ގައިގާ އޮޅުލައިގަތެވެ. “އޯނވްވް.. އައި މިސްޑް ޔޫ ސޯމަޗް.” ކައިރާ ޒީޝާންގެ މޭގައި ލައްވެލަމުން ކަރުގައި އަތްވަށާލިއެވެ. ލީއާއަށް މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ދެލޯ ފާއްދާލީ ހޫނު ކަރުނައިންނެވެ. ވަގުތުން އެހެންދިމާލަކަށް ބަލަންފެށިއެވެ.
” ތީ ހާދަ ފޭކް ބައެކޭ ދޯ. އަވަސްކޮށްބަލަ. ދެން ކާން ފަށަންވެއްޖެ އެއްނު. މިހިރަ ޕިއްޒާތައް ލޮލުކުރިމަތީ ހުރީމަ މަށަށް ހަމަ ކެތެއް ނުވޭ. ” އީތަން ޕިއްޒާތަކަށް ބަލަމުން ހިންދިރުވާލުމުން އެންމެނަށްވެސް މަޖާވިއެވެ. ” އެހަށް ވެއިޓް. އެބައިން ކުޑަ ރިކުއެސްޓްއެއް. ތިމީހުން އޯކޭއިއްޔާ މަ އަންނަންދެން ވެއިޓް އިނގޭ. ޖަސްޓް ޓޫ މިނެޓްސް.” ލީއާ ދެއިނގިލި ދައްކާލަމުން އެހެންބުނެ ހިނގައިގަތީ ކާގޭގައި ހުރި ފްރިޖްއާދިމާލަށެވެ. އެންމެން އެދިމާލަށް ސަމާލުކަން ދީގެން ތިއްބެވެ. ޒީޝާން ފޫހިވެފައި އަނެއްކާވެސް ފޯނާ ކުޅެންފެށިއެވެ. އޭނާ ކުޑަކޮށްވެސް ލީއާއަކަށް ސަމާލުކަމެއް ނުދެއެވެ. ” ވާވް. ތޭންކްސް ދޮންތީ. އައި ލަވް ޔޫ. ” ކޮކޯއިން ހަދާ ރީތިގޮތަކަށް ޑިޒައިން ކޮށްލާފައި އިން ކޭކެއް ހިފައިގެން އަންނަތަން ފެނުމުން ޒައިނީ ދުވެލާފައި ގޮސް ލީއާ ގައިގަ އޮޅުލައިގަތެވެ. ” މި ދައިތަގެ ބާރތްޑޭތަ މިއަދަކީ؟ ” އީތަން ދުރުދުރުން އެހެންއަހާލީ އެދުވަހުގެ ތާރީހް ހިތުގައި ލިޔެލަމުންނެވެ. ޒައިނީ އެއްބުމަ އަރުވާލުމުން އީތަން ހޭންފެށިއެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ. ކޭކުު ފަޅާ އެންމެންނަށް ޝެއާރ ކުރިއެވެ. އީތަންވެސް މަޖަލަކަށް އައިސް ޒައިނީއަށް ކޭކުފޮއްޗެއް ދިއްކޮށްލިއެވެ. ޒައިނީ ފާޑަކަށް ބަލަން ހުރެލުމަށްފަހު ހީލިއެވެ. އަދި ލަދުން ހުރެ ކުޑަކޮށް އަނގަހުޅުވާލިއެވެ. ހަތަރުކަޅި ސީދާވެފައި ތިބ ދެމީހުންނަށް އޭރު އެމީހުންގެ ވަށައިގެން ތިބި މީހުންވެސް ނެތް ކަހަލައެވެ. އީތަން އަތްދިއްކޮށްލަމުންގޮސް ޒައިނީ މޫނުމަތީ ކޭކު އުނގުޅާލިއެވެ. ތޫލި ގޮތަކަށް ޒައިނީއަށް ހަޅޭއްލަވައިގަނެވުމާއެކު އީތަން ނުލަފާ ގޮތަކަށް ހީގަތެވެ. އެހެންނަމަވެސް އެހުނުމުގައިވަނީ ކޮންމެވެސް ވަރެއްގެ ލޯތްބަކާއި އޯގާތެރިކަމެކެވެ. ގްރޫޕް ކުދިންތައްވެސް ހޭންފެށިއެވެ. ދެން އެލައިގަތީ އީދެއްފަދަ ވަގުތުކޮޅެކެވެ. އެންމެން ކޯކުތަށިތަކާއި ޕިއްޒާތައް ކެއުމުގައި ޗެލެންޖް ކުރަމުންދިޔައެވެ. ދޭތެރެދޭތެރެއަކުން ޒީޝާންއަށް ލީއާއާ ދިމާލަށް ބަލައިވެސް ލެވެއެވެ. އަނެއްކޮޅުން ލީއާ އޭނާއާ ދިމާލަށް ބަލާލާއިރަށް ޒީޝާން މޫނު އަނބުރާލައެވެ. އެންމެން ގަދަ ސަކަރާތުގައި ތިބިއިރު އެއިންދޭތެރެއަކުން ފިލަފިލައިގެން އަޒާން މައިރާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ޖެހިލިއެވެ. ޒީހާން އިނީ ސަކަރާތް ޖަހަން ނުކެރިފައެވެ. ޒީނާވެސް ހަމަ އެފަދައެވެ. އެދެކުދިންގެ ހަރަކާތްތައް ހުންނަގޮތުން ހިވަނީ އެކަކުއަނެކަކަށް ހިތްކިޔާ ހެންނެވެ. ނަމަވެސް ބުނަން ނުކެރެނީއެވެ. ވާހަކަ ދައްކާލަންވެސް ނުކެރެނީއެވެ.
އަޒާންއާއި މައިރާ ގޮސް މަޑުކޮށްލީ ކާގެ ތެރޭގައެވެ. އެތާ ތިބެގެން ސިޓިންރޫމްގެ ވަކި ހިސާބެއް ފެނެއެވެ. ކާގެ ބޮކި ނިއްވާފައި ހުރުމުން ސިޓިންގ ރޫމުން އެހިސާބަށް އެޅިފައި ހުންނަ ފަނޑު އަލި ފިޔަވާ އެހެން އަލިކޮޅެއް ނުފޯރައެވެ. އެހެންކަމުން ސިޓިންގ ރޫމްގައި ތިބޭމީހުންނަކަށް ކާގެތެރޭ ބަޔަކު ތިބިކަމެއް ނޭނގޭނެއެވެ. ” އަޒާން ވަޓްސް ރޯންގ. ” މައިރާ ސުވާލުގެ ނަޒަރަކުން އަޒާންއަށް ބަލާލިއެވެ. އެވަގުތު އަޒާން މައިރާއާއި ކުޑަކޮށް ކައިރިއަށް ޖެހެމުންދިޔައެވެ. އޭނާއަކީ ވަރަށް ފްލާޓީ ކުއްޖެކެވެ. އަޒާން މައިރާގެ ދަތްދޮޅީގައި އަތްއަޅުވާލަމުން އިސްއުފުލާލިއެވެ. އެއަށްފަހު މައިރާއާ މޫނު ގާތްކޮށްލިއެވެ. ” ހަނދާން ނެތުނީތަ. ޖަސްޓް ކޮމްޕްލީޓް ޔުއަރ ޑެއަރ. ” އަޒާން އެހެން ބުނުމުން ޒައިނީ ގާތަށް ހިނިއައެވެ. ” ޑެއަރ؟” އޭނާ ނޭނގޭ ކަމަކަށް ހަދާލިއެވެ. އަޒާން އިތުރަށް މައިރާއާ މޫނު ގާތްކޮށްލިއެވެ. ދެމީހުންގެ ހޫނުނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅެމުންދިޔައެވެ. ދެން އަޒާންގެ މޫނު މަޑުމަޑުން މިސްރާބުޖެހީ މައިރާގެ ކަންފަތާއި ދިމާލަށެވެ. ހީވަނީ ސްލޯމޯޝަންއެއްގައި ހުރިހެނެވެ. މައިރާއަށް ދެލޯ މަރާލެވުނެވެ. ގައިންހީބިހި ނަގައިގެން ދިޔައެވެ. ” ކިސް މީ. ” އަޒާން ވައިއަޑަކުން އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. މައިރާ އެހެން ހުރެފައި ކުއްލިއަކަށް އަޒާންގެ މޭގައި އަތްއަޅާ ކުޑަކޮށް ދުރަށް ޖައްސާލުމަށްފަހު ހީލަމުން ދުއްވައިގަތެވެ. ދެތިން ފިޔަވަޅު ނޭޅެނީސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުޑަދޮރުން ބޭރުގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ. އޭނާ ބިރުންގޮސް މޭގަނޑު އަނގަޔަށް އަންނަން އުޅުނުހެން ހީވިއެވެ. އަނބުރާއައިކޮޅަށް ދުވެފައިގޮސް އަޒާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ދެލޯމަރައިގެން ހުރި މައިރާ އިނގިލި ދިއްކުރަމުންދިޔައީ ކުޑަދޮރުން ބޭރަށެވެ. ” މައި. ކިހިނެއްވީ.. ކޯއްޗެއްތަ؟ ރިލެކްސް އެތާ ނެތޭ އެކަކުވެސް.” މާނޭވާލަމުން ދިޔަ މައިރާ ކުޑަކޮށް ލޯ ހުޅުވާލުމަށްފަހު ބޭރަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ” ގޯސްޓް އެއް. އަޒާން ދެންމެ އެތާ ހުއްޓޭ އަންހެން ކުއްޖެއް.” މައިރާ ކިޔަމުންދިޔައެވެ. ” ނޯ މައި. ތިވާނީ މައި އަށް ހީވި ގޮތެއް ކަމަށް… އެހެންނޭވާނީ. ކިސްއެއް ދޭށޭ ބުނީމަ ފިލަން ދުވަންޏާ.” އަޒާން މައިރާގެ ކޯތާފަތުގައި ދެއަތް ބީއްސާލަމުން ބުނެލިއެވެ. މައިރާއަށް ހީލެވުމުން ލޮލުގައި ހުރި ކަރުނަފޮދު އެ ރީތި ކޮލުންލާފައި ތިރިއަށް ރޮނގެއްހެން ދެމިގެންދިޔައެވެ.
ވަރުގަދަ ސަކަރާތް ގަނޑަކަށްފަހު އެންމެން މައިތިރިވީ ވަރުބަލި ވެގެންކަންނޭނގެއެވެ. ސޯފާގެ އެކިދިމަދިމާލުގަޔާއި ޓައިލްސް މަތީ އެންމެން އުކާލެވިފައިކަހަލަ ގޮތަކަށް ތިއްބެވެ. ލީއާއާއި ޒީނާ އަދި ޒައިނީ ތިބީ ބުނާނެ އެއްޗެއްވެސް ނޭގިފައި ކޮޅަށެވެ. އެހާ ވަރަށް ސަކަރާތް ޖަހާ ބަޔަކު އެމީހުންގެ މުޅިއުމުރު ދުވަހު މިވީހާތަނަށް ދެކެފައި ނުވެއެވެ. އަދި އެންމެ ހައިރާންވީ އެއޮށް ލަދުން އުޅުނު ޒީހާޏްވެސް ހީހީފައި ސަމާސާ ކުރީތީއެވެ. ކިރިޔާވެސް މައިތިރިވެގެން ހުރީ ޒީޝާން އާއި މަޔަންކްއެވެ. ޒީޝާން މާ ބޮޑަށް އަނގަގަދަ ނުވީ ލީއާ ހުރުމުންނެވެ. ލީއާ ފެންނަން ހުރިތަނެއްގައި ހުންނާކަށްވެސް ޒީޝާން ބޭނުމެއް ނުވެއެވެ. މަޔަންކް މަޖާކުރިނަމަވެސް ކައިރާ ޒީޝާން އާ މާ ގައިގޯޅިވެގެން އުޅުނު ތުއިގޮތްގަނޑު ފެނިފައި މަޔަންކް ހުރީ ހިތްހަމަ ނުޖެހިފައެވެ. ފާޑަކަށް ދެރަވެސް ވެފައެވެ. މީގެ ދެއަހަރު ކުރިން އޭނާވަނީ ކައިރާއަށް ލޯބި ހުށައަޅާފައެވެ. އެކީގައި ފަސްވަރަކަށް މަހެއްހާ ދުވަހު ހޭދަކޮށްފައި ކައިރާ އޭނާއަށް ބެވަފާތެރި ވީއެވެ. ޒީޝާން މާ ސްމާޓް ވެފައި މަޝްހޫރުވީމާ މިހާރު އުޅެނީ އޭނަފަހަތުން ނުނެއްޓިގެންނެވެ.
އެންމެން އެހެންތިބެފައި ކޮންމެވެސް އެއްޗެކޭ ކިޔާފައި އެކަކު އަނެކަކަށް ހޭންފަށައެވެ. ނިޝްމީ އަލަސްއަށް ޕިއްޒާ ފޮއްޗެއް ދިއްކޮށްލަމުން ހީގަތެވެ. ” މިއިން ފޮއްޗެއް ކާލަބަލަ. މަށާ އެއްވަރަށް ޗަބީ ވެލާބަލަ. ” ނިޝްމީ ރާގެއް އަޅުވާލަމުން އެހެން ކިޔާލިއެވެ. އަނެއްކާވެސް ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ޒީޝާން އުޅުނީ ހީވާ ގޮތުން ފާހާނާ ނުފެނިގެންނެވެ. ކޮޅުކޮޅަށް ބޯ އަރިކޮށްލަމުން ފާހާނާ ކަމަށް ހީކޮށް އޭނާ މިސްރާބުޖެހީ ކާގެއާ ދިމާލަށެވެ. ” އޭ ލިޓްލް ކިޑް.. ތިކޮޅަކަށް ނޫނޭ ދާންވީ. ލީއާ. އިފް ޔޫ ޑޯން މައިންޑް…އޭނަ ފާހާނަ ތައްޓާއި ހަމަޔަށް ގެންގޮސްދީބަލަ. ” ހިނިގަނޑެއް ޖަހަމުން ހޭބަލިވެފައި ތަށިތައްޓަށް ކޯކު އަޅަން ހުރި ކައިރާ ލީއާގާތުން އެދުނީ ޒީޝާންއަށް ފާހާނަ ދައްކާދިނުމަށެވެ. ލީއާގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އެންމެން ހޭންފެށިއެވެ. އަލަށް އެގެޔަށް އާދެވުމުން ޒީޝާންއަކަށް އެގޭގެ ކަންކަމެއް ނޭނގުނެވެ. “ތެދެއް ދޮންތީ. ދޭބަލަ ދޭބަލަ” ޒައިނީ ލީއާގެ އުޅަނބޮށީގައި ކޮއްޓާލަމުން އެހެން ބުނެލިއެވެ. ޒީޝާންއަށް އެތަން ފެނުމުން މޫނުއަނބުރާލިއެވެ. ލީއާ ހިނގައިގަތެވެ. މާ ބޮޑަށް ފާހާނާއަށް ދާންވެފައި ހުރުމުން ޒީޝާންއަކަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒީޝާންއަށް މަގު ދައްކަމުން ލީއާ އިސްޖަހައިގެން ލަދުން ހުރެ ހިނގަމުން ދިޔައެވެ. އޭނާގެ ހިތް ނެގިނެގިފަްި ޖެހެމުން ދާކަމުގެ އިހުސާސް ވަރަށް ބޮޑަށް ވިއެވެ. ބައެއް ފަހަރު ލީއާގެ ދެފައި އޮޅޭހެންވެސް ހީވެއެވެ. އެކަމަކު ކޮންސެންޓްރޭޓް ކުރެވޭތޯ ވެސް ބެލިއެވެ. އޭނާ ހުރީ ޒީޝާންގެ ފަހަތުގައި ކަމުން އިސްނަގާ ކުރިޔަށް ބަލާލެވޭ ކޮންމެ ފަހަރަކު ޒީޝާންގެ ފިރިހެންވަންތަ ހިނގުން ފެނެއެވެ. އެ ގޮތަށް އޭނާއާ އެކީ ދެވޭތީ ވެސް ލީއާއަށް ބުނަން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ޒީޝާންގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ ލީއާ ފަހަތުން ހިނގަމުން ހިނގަމުން ގޮސް ކޮޓަރިތަކާއި އަރާ ހަމަކުރިއެވެ. ލީއާ އަތުން ދައްކާލީ ފިރިހެން ކުދިންގެ ކޮޓަރިއެވެ. ޒީޝާން ކޮޓަރިތެރެއަށް ބަލާލަމުން އެތެރެއަށް ދެމިގަތެވެ. ހީވީ ލީއާ ކައިރީ ހުންނަން ބޭނުން ނުވެގެން ވަތްހެނެވެ. ޒީޝާން ފާހާނާއަށް ވަދެ ދޮރު ލެއްޕިހެނެއް ހިޔެއްނުވެ ފާހާނާތެރެއިން ލީއާއޭ ކިޔާ އަންހެން ކުއްޖަކު ރޮއެ ގަތް ކަހަލަ އަޑެއް އިވުނެވެ. އޭނާ ބިރުގަތެވެ. ޒީޝާން ފިޔަވާ އެހެންމީހަކު އެތަނުގައި ނެތްކަން އޭނާ ވިސްނާލިއެވެ. އޭނާއަށް ހީވި އެއްޗެއް ކަމަށް ހީކޮށް އެތަނުން ދާންއުޅެނިކޮށް ދެވަނަ ފަހަރަށްވެސް ލީއާއޭ ކިޔަމުން ގިސްލަމުންދިޔަ އަޑުއިވުނެވެ. އިތުރަށް އެއަޑު ޔަގީން ކުރުމަށްޓަކައި ލީއާ ކޮޓަރިތެރެއަށް ވަދެ ފާހާނާ ދޮރުކައިރީ މަޑުކޮށްލިއެވެ. އަދި މޫނުއަނބުރާލަމުން އޭނާގެ ކަންފަތް ފާހާނައިގެ ދޮރާޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އާނއެކެވެ. ހަމަ ރަނގަޅަށްވެސް މަޑުމަޑުން ކުއްޖަކު ރޯ އަޑު އޭނާއަށް އެބަ އިވެއެވެ. އެ ކިޔަނި ކީކޭތޯ ބަލަން ލީއާ އެހުރިގޮތަށް އެއަޑަށް ސަމާލުކަން ދީގެން ހުއްޓެވެ. ހަމައެވަގުތު ޒީޝާން ދޮރުހުޅުވާލާފައި ބޭރަށް ފިޔަވަޅެއްއަޅާލިތަނުން އޭނާގެ މޭގައި ލީއާގެ ބޯ ޖެހުނެވެ. “އައުޗް. ” ލީއާ ބޮލުގައި އަތްއަޅާލަމުން ދުރަށް ޖެހިލިއެވެ. ޒީޝާންވެސް ދިޔައީ ކުޑަކޮށް ސިހިގެންނެވެ. އެކަމަކުވެސް އޭނާ އަޅައިނުލާ ނުކުންނަން ދިޔައީއެވެ. ލީއާ ފާހާނަތެރެއަށް ދެލޯ ހިންގާލުމަށްފަހު އެއްޗެއްގެ ހިލަމެއް ނުވުމުން ބިރުންހުރެ ޒީޝާންގެ ފަހަތުން ނަމަވެސް ދުރުން ހިނގާފައި ދިޔައެވެ.
އެގާރަ ގަޑި ބަޔަށްވުރެ ބޮޑުވެފައި ހުރުމުން އެންމެންވެސް ކުޅިވަރު ނިންމާލިއެވެ. ޒީޝާންއާއި ޒީހާން ގެއަށް ދާން ނުކުތެވެ. ” ހެއި ޒީޝާން. މާދަން ރޭވެސް އަންނަންޗޭ. އައި ވޯންޓް ޔޫ، ކޮންމެ ރެޔަކުވެސް ފެންނަން. ” އަންހެން ކުދިންތަކާއެކު ތަށިތައް ސާފުކުރަން ފެށި ކައިރާ ޒީޝާންއަށް ގޮވަމުން ބުނެލިއެވެ. ޒީނާވެސް ބޭނުންވީ އެގޮތެވެ. އޭރަށް ކޮންމެ ރެޔަކު ލަދުރަކި ޒީހާންގެ އެ މޫނަށް ހިތްފުރެންދެން ބަލާލެވޭނެއެވެ. ލީއާ އެއަޑަށް ސަމާލުކަން ނުދޭން އުޅުނެވެ. މަޔަންކްވެސް ފޫހިގޮތަކަށް ފިރިހެންކުދިންތަކާއި އެކު ކޮޓަރިއަށް ދާންހިނގައިގަތެވެ. ” ނޫނޭ ޒީޝާން. ނާންނާތި. އަބަދު ފެންނަން ބޭނުމިއްޔާ މެރީކޮށްބަލަ. އޭރަށް ހަމައެކަނި ފެނިލިޔަކަސް ނުފުދޭނެ ދޯ.” ކޮޓަރިއަށް ވަންނަން ދިޔަ އީތަން ހިނިގަނޑެއް ޖަހާލިއެވެ. ލިއަމް އާއި ރީހާންއާއި އަލަސްގެ އިތުރުން އަޒާންވެސް ހުނުމުގައި ބައިވެރިވިއެވެ. އެއަށްފަހު އީތަން ބަލައިލީ މޭޒުމައްޗާއި ސޯފާތައް ސާފު ކުރަންހުރި ޒައިނީއަށެވެ. ކިހާ މުރާލިހެއްޔެވެ. އަދި އެގެންނަ ކޮންމެ ހަރަކާތަކުން އޭނާގެ ނާޒުކުކަމާއި މައުސޫމްކަން ދައްކުވައިދެއެވެ. އެންމެ ރެޔަކުން ވެލިފުކެއްގެ މިންވަރުވިޔަސް އީތަންގެ އެހިތުން ޒައިނީއަށް ޖާގައެއް ދެވިއްޖެއެވެ.