
“ތާރާ. ސޭ ސަމްތިން! ޔޫ އާ ސްކޭރިން މީ.” ކިޔާންގެ މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ.
“އަ… ކި… ކިޔާ… އި..” ތާރާއަކަށް އަކަށް ބުނާނެއެއްޗެއް ދުލަކަށް ނައެވެ. ނަމަވެސް އޭނާގެ ޖަވާބު ހިތުގައި ވިއެވެ. އޭނާގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ.
ތާރާއަށް ވެފައި ހުރި ގޮތުން ސަމާ ގާތަށް ހިނިއައެވެ. އަދި ގޮސް ތާރާގެ ގައިގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. “އޭ ދެން ޔާން އަށް ޖަވާބެއް ދީބަލަ!”
ސިހިފައި ތާރާ ސަމާއަށް ބަލައިލިއެވެ. ދެން އަނެއްކާވެސް ކިޔާންއަށް ބަލައިލިއެވެ. “އަހް؟ އި.. އިޒް ދިސް ރިއަލް؟ އައިމް ނޮޓް ޑްރީމިން ރައިޓް؟” ތާރާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ކިޔާން ފިޔަވައި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ދެން ތާރާ! އެއްޗެކޭ ބުނެބަ. އަހަރެން މިހާރު މިއޮށް މޮޔަވަނީ.” ކިޔާން ބުނެލިއެވެ. “އޮ.. އޮހް. ދިސް އިޒް ރިއަލް.” ތާރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“ކީއްވެ ޖަވާބު ނުދީ ތިހުންނަނީ؟” ކިޔާން އަހާލިއެވެ. “އަދި އެއްފަހަރު ނާހާތީ.” ތާރާ ބުނެލިއެވެ. ކިޔާން ތާރާއަށް ލޯ އަޅާލިއެވެ. “އައި އާސްކްޑް ވަންސް.” ކިޔާން ބުންޏެވެ. “އަލުން އަހާ.” ތާރާ ރައްދުގައި ބުނެލިއެވެ. “އައި ޑިޑް ވަންސްއޭ! އަލުން އަހާކަށް ނުޖެހެއޭ! އާ ޔޫ ޓްރައިން ޓު ކިލް މީ؟!” ކިޔާން އަހާލިއެވެ.
“އޯކޭ އަހަރެން ދަނީ ނިދަން ތިހެން ވީއިރު.” އެހެން ބުނެފައި ތާރާ އަނެއް ފަރާތަށް އެނބުރި ހިނގައިގަތެވެ.
“ތާރާ! ވެއިޓްޓްޓް!” ކިޔާން ގޮވާލި އަޑު އިވުމުން ތާރާ ކިޔާން އާއި ދިމާއަށް ލާނެތް ހިނިތުންވުމަކާއިއެކު އެއްބުމަ އަރުވާލަމުން ބަލާލިއެވެ.
“ވިލް ޔޫ ބީ މައި ގާލް ފްރެންޑް، ތާރާ ރައްޔާން؟” ކިޔާން އަހާލިއެވެ. ތާރާގެ ތުންފަތް މައްޗަށް މިފަހަރު މާނަވީ ފުން ހިނިތުންވުމެއް ވެރިވިއެވެ.
“ޔެސް. އައި ވިލް ބީ ޔުއަރ ގާލްފްރެންޑް، އަބްދުﷲ ކިޔާން ޣަފޫރު.” ތާރާ ބުނެލިއެވެ. އެއާއެކު ކިޔާންވެސް ހިނިތުންވެލިއެވެ. އަދި ތެދުވެގެން އައިސް ތާރާގެ ގާތުގައި ހުއްޓެލުމުން ތާރާ އޭނާގެ ވައަތް ދިއްކޮށްލިއެވެ. ކިޔާން ތާރާގެ ވައަތު ކަށި އިނގީލީގައި އެ އަނގޮޓި އަޅުވައި ދިނެވެ. “އިޓް އިޒް އެ ޕްރޮމިސް ރިންގް. ދެޓް އައި ވިލް ނެވާ ބްރޭކް ޔުއަރ ހާޓް. އެން އައި ވިލް އޯލް ވޭސް ލަވް ޔޫ ނޯ މެޓާ ހައު ފާ ވީ ވިލް ބީ އަވޭ ފްރޮމް އީޗް އަދާ. އައި ލަވް ޔޫ.” ކިޔާން ތާރާގެ ނިތްކުރިއަށް ބޮސްދެމުން ބުނެލިއެވެ. އަދި އޭނާގެ އަތު ތެރެއަށް ތާރާ ގެނެސް މޭގައި ޖައްސާލިއެވެ.
“އައި ލަވް ޔޫ ޓޫ. ތާވެސް ޕްރޮމިސް ކުރަން ކިޔާން ދެކެ ލޯބިވާން ކިތަންމެ ދުރުގައި ހުންނަން ޖެހުނަސް.” ތާރާ ކިޔާންގެ ތަނަވަސް މޭގައި އިތުރަށް ބޮނޑިވެލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އޭނާގެ އަލަތު ލޯބި އެންމެފަހުން ކާމިޔާބު ވީއެވެ. އެތަކެއް ގޮންޖެހުން ތަކެއް ފަހުންނެވެ.
“ހުންންންން… ދެން އަހަރެމެން މަތިން ހަނދާން ނެތުނީދޯ؟” ޖައިލަމްގެ އަޑު އިވުމުން ދެމީހުން ދުރުވެ ލަމުން އެދިމާއަށް ބަލައިލިއެވެ. ތާރާގެ މޫނުމަތި ރަތްވެގެން ދިޔައިރު ކިޔާން ހުރީ ޖައިލަމާއި ދިމާއަށް ލޯ އަޅާލައިގެންނެވެ. “ކައެ ދެން ދޯ! ޑޫ ޔޫ އޯލް ވޭސް ހޭވް ޓު ރޫއިން އަވާ މޮމެންޓްސް؟”
“އެހް. އަހަރެން މިހިރީ ކޭކު ކާހިތުން ކެތްމަދުވެފައޭ! ތި ލަވްބާޑްސް މާ ފޮޅުވަން ތިބެވިދާނެ ދެން ފަހުންވެސް. އަހަރުން ކައި ނިމުނީމަ.” ޖައިލަމް އެހެން ބުނެފައި ޔުކްތާ އަތުން ކޭކް އަތުލިއެވެ. އަދި ކޭކް މޭޒުމަތީ ބެހެއްޓުމަށްފަހު ތާރާ އަތަށް ވަޅި ދީފައި ކޭކު ފަޅާށޭ ބުނެލިއެވެ.
ތާރާ ކޭކު ފެޅުމުން އެންމެން ހެޕީ ބާތު ޑޭ އޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެންމެ ފުރަތަމަ ތާރާ ކޭކު ލެވީ ކިޔާނަށެވެ. ކިޔާން ތާރާއަށް އަނބުރާ ލެވިގަނޑީގައި ތާރާގެ މުޅި މޫނުމަތީގައި އައިސިންތައް ހާކާލިއެވެ. އެންމެނަށް ކޭކު ލަވާ ނިމުމުން ދެން ފޮޓޯ ނެގިއެވެ. ޕާރސަލްތައް ކަނޑާނިންމާފައި އެންމެން ނިދަން ދިޔައިރު ވެސް ކިޔާން އާއި ތާރާ ނުދެއެވެ. އޭރު 1 ޖަހައި ބޮޑު ވެއްޖެއެވެ.
“ހެޕީ ބާތު ޑޭ، ޕްރިންސެސް.” ގޭ ބޭރުގައި ޖަހާފައި ހުންނަ ހަޓު ތެރޭގައި ގޮނޑިއެއް ގައި ހަނދުވަރު ބަލަން އިން ތާރާގެ ފަހަތުން ކިޔާން އައިސް ހުއްޓުނެވެ. ކިޔާން އާއި ދިމާއަށް ތާރާ އެނބުރެލުމުން ކިޔާން އައިސް ތާރާ ކައިރީގައި އިށީނދެލިއެވެ. އެވަގުތު ކިޔާންގެ އަތުގައި އިން ޕާރުސަލް ކޮށްފައި އޮތް ކުޑަކުޑަ ފޮށްޓެއް ތާރާގެ ލޮލުގައި އަޅައިގަތެވެ.
“ތި ކޯއްޗެއް؟” ތާރާ އަހާލިއެވެ.
“ހުޅުވަބަ.” ކިޔާން ތާރާގެ އަތަށް އެ ފޮށި ލައިދިނެވެ. ތާރާ އެ ފޮށިގައި ވާ ކަރުދާސްގަނޑު ކަނޑަލިއެވެ. އޭގައި އިން ރަތް ކުލައިގެ ފޮށި ހުޅުވާލުމަށްފަހު ބަލައިލިއެވެ. އަދި ކިޔާން އާއި ދިމާއަށް ބަލާލެވުނެވެ. “ކިޔާން. ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް ފޯ މީ.” ތާރާ އަށް ބުނެވުނެވެ.
ނަމަވެސް ކިޔާން ތާރާއަށް އަޑު އެހުމެއްނެތި އޭގައި ވާ ރިހިކުލައިގެ ފަށް ނެގިއެވެ. “އައި ޑޯންޓް ހޭވް ޓު ޑޫ ދިސް. ބަޓް ޔޫ ޑިޒާވް ދި ބެސްޓް.”
“އެކަމް..”
“ޑޯންޓް އާގިއު. ޖަސްޓް އެކްސެޕްޓް އިޓް. ދިސް އިޒް އަހަރެން ތާރާއަށް ސީދާ ގަނެ ދިން އެއްޗެއް.”
އެންމެފަހުން ތާރާ އެއްބަސް ވުމުން ކިޔާން އެ ފަށް ތާރާގެ ކަރުގައި އަޅުވައި ދިނެވެ. އެ ފަށުގެ ފުލުގައި އިނީ T އަކުރަކާއި K އަކުރެކެވެ. “ތެންކިޔޫ. އިޓްސް ބިއުޓިފުލް.” ތާރާ ކިޔާނަށް ބަލާލަމުން ބަލާލަމުން ބުނެލިއެވެ.
……………………………
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައީ އެއްބައެއްގެ ހަޔާތަށް ހަރީފު މޫސުން ގެނުވަމުން އަނެއްބައެއްގެ ހަޔާތަށް ބަހާރު މޫސުން ގެނުވަމުންނެވެ.
އެއާޕޯޓު ދޮށުގައި 6 ޒުވާނުން ވެސް ތިބިއިރު އެ މޫނުތައް މިލާފައި ވާކަން ފާހަގަ ކުރެވެއެވެ. ޙާއްޞަކޮށް ތާރާ އާއި ކިޔާންގެ މޫނުމަތީގައި ނުފިލާ ފަޅުކަމެއް ވިއެވެ. މާޔޫސް ކަމެއް ވިއެވެ. ކާރުގައި ލައްގަނެލައިގެން ހުރި ކިޔާން ކޮނޑުމަތީގައި ދަބަސް އަޅުވާލައިގެން ހުރިއިރު އަނެއް އަތުން ހުރީ ތާރާގެ އަތުގައި ބާރަށް ހިފާލައިގެންނެވެ. ހީވަނީ ދޫކޮށްލަން ބޭނުންނުވެފައި ހުރިހެނެވެ.
ތާރާ ހުރީ ކިޔާންގެ ކޮނޑުގައި ބޯ އަޅާލައިގެން ހިޔާލަކަށް ގެއްލިފައެވެ. އޭނާ އާއި ޖެހިގެން ސަމާ އާއި ޖައިލަމް ހުރިއިރު އެ ދެ މޫނުމަތިން ވެސް ހިނިތުންވުމެއްގެ މިންވަރު ވެސް ފެންނާކަން ނެތެވެ. ކިޔާންގެ އަނެއްފަރާތުގައި އީކަން އާއި ޔުކްތާ ހުރީ އަތް ގުޅައިލައިގެނެވެ.
ކިޔާން ތާރާއަށް ބަލާލީ އޭނާ އެހެން ދުވަސްތަކާ ހިލާފަށް ފާއިތުވެ ދިޔަ 3 ދުވަހު މާ މަޑުން ހުންނާތީއެވެ. އަބަދުވެސް ކަމަކާ މާބޮޑަށް ފިކުރު ކުރަން ހުންނާތީއެވެ.
“ތާރާ.” ކިޔާން ގޮވާލުމުން ސިހިފައި ތާރާ އިސްތިއުފުލާ ކިޔާންއަށް ބަލައިލިއެވެ. “ކީކޭ؟”
“މާ ބޮޑަށް ނުވިސްނާ. އައި ވިލް ބީ ބެކް 2 އަހަރު ތެރޭ. ބިސައިޑްސް ޑިސެމްބަރ ޗުއްޓީއަށް ވެސް މި އަހަރު އަންނާނަން.” ކިޔާން ތާރާއަށް އެހެން ބުނިއިރު ބުނީ އަމިއްލަ ހިތް ތެރެއަށް ވެސް ގާގަނޑެއް ލައިގެންނެވެ. ޙަޤީޤަތުގައި އޭނާއަށް ޗުއްޓީއަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެންނަމަވެސް ތާރާ އެގޮތަށް ހުންނާތީ އޭނާގެ ހިތަށް އުނދަގޫ ވާތީ ބުނެލީއެވެ.
“ޔާ.” ތާރާ ކިޔާންގެ އަތުގައި ބާރަށް ހިފާލަމުން ހަމައެކަނި ބުނެލީ އެހެންނެވެ. “ޖަސްޓް ޑޯންޓް މިސް މީ ޓޫ މަޗް އިނގޭ.” ކިޔާން ތާރާއަށް ލާނެތް ހިނިތުންވުމެއް ދެމުން ބުންޏެވެ. ވަގުތުން ތާރާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ހުއް. ތާއެއް ނޫޅެން ކިޔާން މަތިން މިސްވާކަށް. އިން ފެކްޓް އެންމެ ފުރަތަމަ ވެސް ތާ މަތިން މިސްވާން ފަށާނީ ކިޔާން. އިޓްސް ބިކޯޒް އޮފް މައި އެމޭޒިން ޗާމިން ސެލްފް.” ތާރާ ފޮނިވެލާފައި ބުނެލިއެވެ. “ޗާމިން މައި އޭސް. މޯ ލައިކް އިރިޓޭޓިން އެން އެނޯއިން.” ކިޔާން މޫނުމައްޗަށް ގޮތެއް ހަދާ ލަމުން ބުނެލިއެވެ.
“ހަހް. ޔޫ އާ މޯ އެނޯއިން ދޭން މީ. އެވްރީވަން އިން ދިސް ހޯލް ޔުނިވަރސް ނޯސް އިޓް!” ތާރާ ރައްދުގައި ބުނެލިއެވެ. “އައި ނޯ އައިމް ހޭންޑްސަމް އެން ހޮޓް. ޔޫ ޑޯންޓް ނީޑް ޓު ޓެލް މީ، ޕްރިންސެސް.” ކިޔާން ތާރާ އާއި ދިމާއަށް އެއްލޯ މަރާލިއެވެ.
“ޔޫ އެން ޔުއަރ އެގޯ! ސަމްޓައިމްސް އައި ހޭވް ޓު ކުއެޝަން މައިސެލްފް އެބައުޓް ހައު ޔުއަރ ހެޑް ފިޓްސް ޔުއަރ ޓީޝާޓްސް. ޔުއަރ އެގޯ އިޒް ޓޫ ބިގް ފޯ ޔުއަރ އޯން ގުޑް.” ތާރާ އޭނާގެ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ.
“ޔޫ ކުއެޝަން ދެޓް ޓު ޔުއަރސެލްފް ބަޓް ޔޫ ސްޓިލް ލަވް މީ.” ކިޔާން ތާރާ އާއި ދިމާއަށް އެއް މިޔަކަނުން ހީލިއެވެ. “ޔޫ އަރ ޑެމްން ލަކީ ދެޓް އައި ލަވް ޔޫ، ޖާކް.” ކިޔާންގެ އަތުގައި ވިކައިގަންނަމުން ތާރާ ބުނެލިއެވެ. “އެބިއުޒް. ދި ވޭ ޔޫ ޝޯ މީ ޔުއަރ ލަވް. އަހްހް. އިޓް ހިޓް ހޯމް.” ކިޔާން އޭނާގެ ހިތުގައި އަތް އަޅާލަމުން ބުނެލިއެވެ. ތާރާ ކުރިއަށް ވުރެ ބޮޑަށް ކިޔާންގެ އަތުގައި ވިކައިގަތެވެ. މިފަހަރު ތަދުވުމުން ކިޔާން ކުޑަކޮށް ހަޅޭއްލަވައިގަތެވެ. “ތާރާ…” ކިޔާން ކުޑަކުއްޖެއްހެން ތާރަ އާއި ދިމާއަށް ތުންކޮޅު އޫކޮށްލިއެވެ.
“އޮވްްވް. ޔޫ ލުކް ސޯ ކިއުޓް.” ތާރާ ކިޔާންގެ ކޮލުގައި ހިފާލަމުން ބުންޏެވެ. “އައިމް ނޮޓް ކިއުޓް. އައިމް ހޮޓް.” ކިޔާން ބުނެލިއެވެ. “ކިއުޓް.”
“ހޮޓް.”
“ކިއުޓް.”
“ހޮޓް.”
“ކިއުޓް.”
“ހޮ..”
“އަފް! ވަޓްއެވާ!” ތާރާ އެންމެފަހުން ބުންޏެވެ.
ކިޔާން ހީލަމުން ގަނޑިއަށް ބަލާލިއެވެ. އަދި ތާރާ އާއި ދިމާއަށް ބަލާލަމުން އޭނާގެ ގެ ކޮލުގައި ހިފާ ލިއެވެ. “ޔޫ ލުކް ކިއުޓް. އެން ވެރީ ބިއުޓިފުލް.” ވަގުތުން ތާރާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. “ޔޫ ޑޯންޓް ލުކް ސޯ ބޭޑް ޔުއަރސެލްފް.” އޭނާ މަޑުމަޑުން ބުނެލިއެވެ.
ކިޔާން ތާރާ އާއި އެއްވަރަށް ތިރިވެލިއެވެ. އަދި ތާރާގެ ފެހިއަޅި ކަޅި އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “އިޓްސް ޓައިމް ފޯ މީ ޓު ގޯ. އޯލްވޭސް ރިމެމްބާ ދެޓް އައި ލަވް ޔޫ އިނގޭ.” ކިޔާން ތާރާ ގެނެސް އޭނާގެ މޭގައި ލައްކޮށްލަމުން ބުންޏެވެ. “އޮންލީ ޔޫ.”
“އައި ލަވް ޔޫ ޓޫ. އައި ވިލް މިސް ޔޫ.” ތާރާ މަޑުމަޑުން ބުނެލި އިރު އެދެލޯ ކަރުނައިން ކަޅި ވެއްޖެއެވެ. “އައި ވިލް މިސް ޔޫ ޓޫ. އެން އައިމް ނޮޓް ގޮނާ ސޭ ގުޑްބާއި. ބިކޯޒް ދިސް އިޒް ނޮޓް އެ ގުޑްބާއި. އައި ވިލް ޖަސްޓް ސޭ އައި ވިލް ސީ ޔޫ ސޫން. ބިކޯޒް އިޓްސް ދި ޓްރުތ. އައި ބިލް ސީ ޔޫ ސޫން، ޕްރިންސެސް. އިންޝާ ﷲ.” ކިޔާން މަޑުމަޑުން ބުނެލިއެވެ. “އިންޝާ ﷲ.” ތާރާ ވެސް ބުނެލިއެވެ.
“އައި ނީޑް ޓު ގޯ، ޕްރިންސެސް.” ކިޔާން ތާރާ އާއި ދުރުވެލަމުން ބުނެލިއެވެ. “ޑޯންޓް ކްރައި. އައިމް ނޮޓް ގޮއިން ފޯރއެވަރ! އަހަރެން ދިޔަސް ރަނގަޅަށް ކިޔަވަން ވާނެ އިނގޭ.” ކިޔާން ތާރާގެ ދެލޮލުން ކަރުނަ ފޮހެލަދިނެވެ. އަދި ތާރާގެ ނިތަށް ފަހު ފަހަރަށް ބޮސްދިނުމަށްފަހު އަނެއް ފަރާތަށް އެނބުރި ހިނގައިގަތެވެ.
ކިޔާން ދާތަން ފެނުމުން ތާރާގެ ހިތަށް އުނދަގޫވިއެވެ. އެއްވެސް އިޙުތިޔާރަކާ ނުލައި އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރަލީ ކެތްތެރިކަން ލިބޭތޯއެވެ.
ކިޔާން އެނބުރި ބަލާލިއެވެ. ތާރާ އާއި ދިމާއަށެވެ. އޭނާގެ ހިތުގެ ކަނަކުން ރޮމުން ދިޔައެވެ. އޭނާ ތާރާ ދޫކޮށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާ ދާން ވެސް އެބަ ޖެހެއެވެ ކޮންމެގޮތެއް ވިޔަސް، ކިތަންމެ ދުރުގައި ހުއްޓަސް އޭނާގެ ހިތުގައި ވާނީ ހަމަ އެންމެ ނަމެކެވެ. ހަމައެކަނި އޭނާގެ ލޯބިވާ ތާރާއެވެ. ހަމައެކަނި ތާރާއެވެ. އޭނާގެ ހިތުގެ ރާނީއެވެ.
އޭނާ ބޭރުގައި ކިޔަވާއިރު އޭނާ އެހެން އަންހެން ކުއްޖަކާ ވާހަކަ ވެސް ނުދައްކާނެއެވެ. ތާރާ ނޫނީ ކުއްޖަކު އޭނާގެ ހިތާ ކައިރިއަށް އަޔަވެސް ނުދޭނެއެވެ. ހިތުގެ އިމާ އެންމެ ފިޔަވަޅެއް ވެސް ކައިރި ވިޔަކަ ނުދޭނެއެވެ.
އޭނާ ތާރާ ގާތަށް އަނބުރާ އާދެވެންދެން ލޯބިން ހުންނާނެއެވެ. އާއެކެވެ. އޭނާ އާދެވެންދެން ލޯބިން ހުންނާނެއެވެ. އޭނާގެ ހިތުގެ މަލަކާގެ ސޫރަވަނީ އެންމެ ފުނާ ޖެހެންދެން ވެސް ބިންވަޅު ނެގިފައެވެ. ނުފިލުވޭ ވަރަށެވެ.
ތާރާ ލޯ ހުޅުވާލާފައި ކިޔާނަށް ބަލައިލިއެވެ. އޭރު ކިޔާންވެސް ބަލަހައްޓައިގެން ހުރިތަން ފެނުމުން ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ތާރާ އޭނާގެ ކަރުގައި ކިޔާން އަޅުވާދިން ފަށުގައި އަތްލިއެވެ.
އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އޭނާގެ ހިތުން ކިޔާން ފޮހެނުލާނެ ކަމަށެވެ. ދުވަހަކުވެހެވެ. ކިޔާން ކިތަންމެ ލަހުން، ކިތަންމެ އަހަރެއް ފަހުން އަޔަސް އޭނާގެ ހިތް ކިޔާން ނޫން އެހެން މީހަކަށް މިލްކެއް ނުކުރެވޭނެއެވެ. އެކަން ވިޔަކަ އޭނާ ނުވެސް ދޭނެއެވެ. ކިޔާން އަކީ އޭނާގެ ހަމައެކަނި ލޯތްބެވެ. އެ ލޯބި ދަމަހައްޓަން އޭނާ ކޮންމެ ކަމެއްވެސް ކުރާނެއެވެ. ކިތަންމެ ބޮޑު ގުރުބާނީއެއް ވާންޖެހުނަހެވެ.
ފަހު ފަހަރަށް ތާރާ ކިޔާންއަށް ހަނާ އަޅާލިއެވެ. ކިޔާން ވެސް ތާރާ އަށް ހަނާ އަޅާލިއެވެ. އަދި ‘ފްލައިން ކިސް’ އެއް ފޮނުވާލިއެވެ. ތާރާ ވެސް ރައްދުގައި އެގޮތަށް ހަދާލިއެވެ. އަދި ކިޔާން އޭނާގެ ކުރިމަތިން ގެއްލެންދެން އޭނާ ބަލަހައްޓައިގެން ހުއްޓެވެ.
އޭނާ އަތުގައި އިން އަލިމަސް އަނގޮޓިއަށް ބަލައިލިއެވެ. އޭނާ ކިޔާންގެ އިންތިޒާރުގައި އިންނާނެއެވެ. ކިޔާން އަންނަންދެން ލޯބިން އިންނާނެއެވެ.
???????
-ނުނިމޭ-
Hope u like this part too ☺. Be safe everyone. Love u all ???.
«Shaima»
One Comment
Comments are closed.
varah English bai bodubeema undhagoo gotheh hurey. But nice