ތިން ލަފްޒުން (ފަހުބައި)
“އަހަރެން އެހެން މީހަކާ އިނދެ ފިއްޔާމުން ސުހާންއަށް އެއްވެސް މައްސަލައެއް ނެތްތަ؟ އަހަރެން ކޮންމެ ދުވަހަކު އައިސް ސުހާން ކައިރީ އިންނަ ސަބަބު ސުހާންއަށް ހަމަ ނޭނގެނީތަ؟ އޯކޭ.. ސުހާން ބޭނުން ވަނީ އަހަރެން އެހެން މީހަކާ އިންނަން ކަމަށް ވަންޏާ އަހަރެން އެކަން ކޮއްފާނަމޭ” ލަމްހާ އަނެއް ފަރާތަށް އެނބުރެމުން ބުނެލިއެވެ.
****
“އަހަރެން ލަމް ކައިރީ ނުދާށޭ ބުނެފިއްޔާމުން އަހަރެން ގާތަށް އެނބުރި އަންނާނަންތަ؟” ސުހާން ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސުހާންގެ ޖުމްލަ އިވިފައި ލަމްހާގެ ތުންފަތް މަތީ ފަވާލީ ހިނިތުންވުމެކެވެ.
ލަމްހާ ސުހާންއާ ވީފަރާތަށް އެނބުރި ސުހާންގެ ދެލޮލަށް ބަލާލިއެވެ.
“ލަމް އަހަންނާ ދިމާއަށް ތިގޮތަށް ނުބަލާ.. އަނެއްކާ އަހަންނަށް ލަމް ދޫކޮއްލަން އުނދަގޫ ވެދާނެ.” ސުހާން އިސް ޖަހާލަމުން ބުނެލިއެވެ.
“ތިހެން ވިއްޔާ ދޫކޮށް ނުލާ” ލަމްހާ ސުހާންގެ މެދުހަށީގައި ބައްދާލިއެވެ. ލަމްހާ ކުއްލިއަކަށް އެހެން ހެދުމުން ސުހާން ހައިރާންވިއެވެ. ލަމްހާ ބުނި އެއްޗެއްވެސް ސުހާންއަށް ނަގައި ގަނެވުނީ އިރުކޮޅެއް ފަހުންނެވެ.
“އަހަރެންވެސް ސުހާން ދޫކޮއްލާކަށް ބޭނުމެއް ނޫން.. ސުހާން އަހަރެން ދޫކޮށެއް ނުލާނަންދޯ..؟” ލަމްހާ ސުހާންގެ ތަނަވަސް މޭމަތީ ބޯއަޅާލިއެވެ.
“ދުވަހަކުވެސް ދުލެއް ނުކޮށްލާނަން ” ލަމްހާގެ ކުޑަ ހަށިގަނޑު އޭނާގެ ހަށިގަނޑާ ލައި ފިއްތާލަމުން ބުނެލިއެވެ. 15 މިނެޓު ވީއިރުވެސް އެގޮތަށް ތިބެވުނީ ދޫކޮށްލަން ބޭނުން ނުވެގެންނެވެ. ދުވަސްތަކަކަށް ފަހު އެދެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ވާހާ ކައިރި ވެވުމުނެ ދެމޫހުންވެސް ތިބީ ދުރުވާން ބޭނުން ނުވެފައެވެ.
“އެކަމު ލަމްގެ ބައްޕަ އެއްބަސް ވާނެތަ.؟” ސުހާން ލަމްހާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“އެއްބަސް ނުވެއްޖެއްޔާމުން ފިލައިގެން އެނބުރި ކޫބެކަށް ދާނީ. ދެން އެކޮޅުގަ މެރީ ކުރާނީ” ލަމްހާ އެހެން ބުނީރު ކުޑަކޮށް ހެވުނެވެ. ނަމަވެސް ސުހާން ހުރީ ސީރިއަސް ވެފައެވެ.
“ހާސް ނުވެބަލަ.. ސުހާން އަހަންނާ އިންނަން ބޭނުން ނަމަ މިކަން ހުއްޓުވާނެ އެކަކުވެސް ނުހުންނާނެ.. ސުހާން އަހަންނާ އިންނާންތަ..؟” ލަމްހާ ސުހާންގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ.
“ޔެސް ލަމް.. އައި ވިލް.. އައި ވިލް މެރީ ޔޫ” ސުހާން ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ބުނެލިއެވެ.
އެއަށްފަހު އެތަނުގައި ގުގުމާލީ ދެމީހުންގެ ހުނުމުގެ އަޑެވެ. ދެމީހުންގެ އެކަކު އަނެކަކު މޫނަށް ބަލަން ހުރީރު ދެލޮލުން ލޯބީގެ އެތަށް މެސެޖެއް ދެމުން ދިޔައެވެ. މިވަގުތު ދުލުން ބުނެލާބަސްތަކެއް މުހިންމެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައިން ތެމިފައިވާ އެ ދެލޮލުންވެސް ލޯބިވާ މިންވަރު ހާމަ ކޮށްދެއެވެ.
ނަމަވެސް ދެވަނަ ސިކުންތު ސިހިފައި ދުރަށް ޖެހިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. އޭރު ލަޔާންއާއި އާޒިމް އެތަނުގައި ހުއްޓެވެ.
“ސޮރީ ސޮރީ އަހަރެމެން މިދަނީ.. ތިކުރާ ކަމެއް ކުރިއަށް ގެންދޭ” އާޒިމް ލޯމަތީ އަތް އަޅާލަމުން ބުނެލިއެވެ.
” ބޭކާރު ވާހަކަ ނުދައްކަ ބަލަ” ސުހާންއާއި ލަމްހާގެ މޫނު ރަތްވެގެން ދިޔައެވެ.
“އެހެން ވީމާ މިހާރު ހުރިހާ ކަމެއްވެސް އޯކޭވީ ދޯ؟ ” ލަޔާންވެސް ހީލަމުން ބުނެލިއެވެ.
“ހޫމް.. ހުރިހާ ކަމެއްވެސް” ލަމްހާއާއި ސުހާން އެކަކު އަނެކަކަށް ބަލާލިއެވެ.
އެރޭ ދަން ވަންދެންވެސް ލަމްހާ ސުހާންގެ ގާތު މަޑު ކުރިއެވެ. އެދެމެދުގައި އެތަށް ވާހަކަތަކެއް ދެކެވުނެވެ.
“އައިމް ސޯ ސޮރީ ސުހާން..” ލަމްހާ ސުހާންގެ ނިއްކުރީގައި އިނގިލިން ފިރުމާލަމުން ބުނެލިއެވެ.
“އުމް؟ ކޮން ކަމަކާ؟ ” ބޯއަރި ކޮށްލާފައި ސުހާން ލަމްހައާ ދިމާއަށް ބަލާލިއެވެ.
“ސުހާން ތިހާ ބޮޑަށް ބަލިވީ އަހަރެންގެ ސަބަބުން.. އަހަރެން ސުހާންއާ ދިމާއަށް ބުނި ބަސްތަކުން ސުހާން ހިތުގަ ޖެހޭނެ މިންވަރު އެނގޭ” ލަމްހާ ބުނެލިއެވެ.
“އުމްމް.. ތިހެން ހަމަ ބުނެލާއިރަކަށް މާފެއް ނުކޮށްދެވޭނެއްނު.. އެކަމު ކޮލަށް ދޮނެއް ދެނިކޮށް މާފް ކޮށްދީފާނަން” ސުހާން ލާނެތް ގޮތަކަށް ހީލަމުން އޭނާގެ ކޮލުގައި އިނގިލި ޖައްސާލިއެވެ.
“ތިހެން ވިއްޔާ ހެޔޮ މާފް ނުކުރިއަސް.. ވަރަށް ފޫހިވޭ” ލަމްހާ ތުން އަނބުރާލަމުން ބުނެލިއެވެ..
“ކަމޯން ލަމް.. ހަމަ އެންމެ ފަހަރަކު. ޕުލީސް.. ހޫމް..” ސުހާން އާދޭސް ކުރަން ފެށިއެވެ. ސުހާން ކުޑަކުއްޖެއްހެން އާދޭސް ކުރަން ފެށުމުން ލަމްހާ ގާތަށް ހިނިއައެވެ. ބައެއް ފަހަރު ސުހާން އުޅޭ ގޮތުން ޅިންއަށް ވުރެވެސް ކުޑަހެން ހީވެއެވެ.
ލަމްހާ މަޑުމަޑުން ބޯ ގުދު ކޮއްލީ ސުހާންގެ ކޮލަށް ދޮނެއް ދޭށެވެ. އެވަގުތު ސުހާން އޭނާގެ މޫނު އަނބުރާލީ ލަމްހާގެ ތުންފަތަށް ބޮސްދޭން ވެގެންނެވެ. ނަމަވެސް ލަމްހާ އެއަށްވުރެ ހުށިޔާރެވެ. އަވަހަށް އޭނާގެ އަމިއްލަ އަނގަމަތީ އަތް އެޅިއެވެ. ސުހާންގެ ތުންފަތް ޖެހުނީ ލަމްހާގެ އަތުގައެވެ. ހީވަނީ ލަމްހާ އެހުރީ ސުހާން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ވިސްނައިގެނެވެ.
“ދެން މިވަރުން މިގަޑިއަށް ފުއްދާލާ” ލަމްހާ ލޯކުޑަ ކޮއްލާފައި ސުހާންއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“އޯކޭ ފައިން..” ސުހާންވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
ދެދުވަހެއް ތެރޭ ސުހާން ގެޔަށް ދޫކޮށްލިއެވެ. ސުހާންގެ ހާލު މުޅިންހެން ރަނގަޅުވިއެވެ. ކުޑަކޮށް ބޮލުގައި ރިއްސާލި ނަމަވެސް ބޭސް ކެއުމުން ރަނގަޅެވެ.
ދުވަސްކޮޅެއް ފަސް…
“ލަމް.. އަހަރެން މިހާރު މިހުރީ ހުޅުމާލޭގަ.. އާދެބަލަ މިކޮޅަށް އެބަހުރި ލަމްއަށް ދޭންވެފަ ހުރި ބައެއް އެއްޗެހި.” އަނަސްގެ ރަށަށް ގޮސްފައި ޔުސްރާ އެނބުރި ހުޅުމާލެއަށް އައިސް ލަމްހާއަށް ގުޅާލިއެވެ.
އެރޭގެ ވަގުތެއްގައި ލަމްހާ ޔުސްރާގެ ގެޔަށް ދިޔައެވެ. ލަމްހާ ފެނުމުން ޔުސްރާ ލަމްހާ ގައިގައި އޮޅުލައި ގަތެވެ.
“އިއްތަ ބަލަ މިތާ.. މިހިރީ އަނަސްގެ މަންމަ ލަމްއަށް ދޭށޭ ކިޔާފަ ދިން އެއްޗެހި ތަކެއް.. އެބަހުރި ބައިވަރު ދޮން އަނބާ ކުންނާރުވެސް.. ހިނގާބަލަ ކޮންމެވެސް ދުވަހަކުން ކޮންމެވެސް އެއްޗެއް ކައްކައިގެން މޫދަށް ދާން.. ލަމް މިކޮޅަށް އައި ފަހުން އަދި އެކަހަލަ މަޖާކަމެއްވެސް ނުކުރަމޭނުން..” ޔުސްރާ ހިޔާލު ދިނެވެ.
“ޔުސް.. އައިމް ގެޓިން މެރީޑް” ލަމްހާ އޭނާގެ ދަބަހުން ކާޑެއް ނަގާ ޔުސްރާއަށް ދިއްކޮށްލިއެވެ
“ލަމް.. ހަމަ ވިޝާމްއާ އިނުން ނޫން ގޮތެއް ލަމްއަށް ނެތީތަ.. އަހަރެން މިއީ ލަމް ނަމަ މިހާރު ސުހާންއާ އެކީ ފިލައިގެން ކޫބެކަށް ދާނީ” ޔުސްރާ ކާޑުގައި ހިފާލަމުން ބުނެލިއެވެ.
ޔުސްރާ ރުޅިއައިސްގެން ވިޝާމް އަށާ ހަމްޒާ އަށް ކުދި ކިޔަމުން ކާޑު އެތެރެ ބަލާލިއެވެ. ލަމްހާގެ ނާމާއެކު އިން ސުހާންގެ ނަން ފެނިފައި ޔުސްރާގެ ދޫ ބަންދުވިއެވެ.
“ޔުސް ތިބުނީ ރަނގަޅަށް.. އަހަރެން ކީއްކުރަން ސުހާން ހުއްޓާ އެހެން މީހަކާ އިންނަންވީ” ލަމްހާ ހީލަމުން ބުނެލިއެވެ.
“ވަޓް.. ހަމަ ސީރިއަސްކޮށްތަ؟ ލަމްއާ ސުހާންއާ މެރީ ކުރަނީތަ؟ ދެން ވިޝާމް… އަނެއްކާ ބައްޕަ އެއްބަސް ވާނެތަ؟” ޔުސްރާ ގެ ދެލޯ ނާއްޓެއް ވަރަށް ބޮޑުވެގެން ދިޔައެވެ.
“ބައްޕަ މި ކައިވެންޏަށް ގަބޫލު. މިހާރު ހުރިހާ ކަމެއްވެސް އޯކޭވެއްޖެ” ލަމްހާ ހުރިހާ ވާހަކައެއް ޔުސްރާއަށް ކިޔައި ދިން އިރު ޔުސްރާ ހުރީ ހުއްޓުން އަރާފައެވެ. ލަމްހާ އެ ކިޔައި ދިނީ ހިޔާލީ ލޯބީގެ ވާހަކައެއް ނޫން ބާވައޭ ޔުސްރާގެ ހިތަށް އެރިއެވެ.
“އަހަރެން އަނަސްގެ ރަށަށް ދިޔަ މަދު ދުވަސް ކޮޅު ތެރޭ ހާދަ ކަމެއް ހިނގައި ދިޔައީ.. މިހާ ބޮޑު ކަމެއް ވެގެން ދިޔައިރު އަހަންނަށް އަންގާވެސް ނުލާ.. އަޅެ އަހަރެން މިއީ ލަމްގެ ބެސްޓު ފުރެންޑުތަ.. އަޅާ ނުޅާ އެޔެއް ނޫންތާ މިވަގުތު މުހިންމީ.. އައިމް ސޯ ހެޕީ ފޯ ޔޫ!!!” ޔުސްރާ އަޑުގެ ނެތްތަނަށް އެހެން ބުނެފައި ލަމްހާގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު ކުޑަ އެނދުގައި ނިދާފައި އޮތް ޔުސްރާގެ ދަރިފުޅު ސިއްސައިގެން ގޮސް ރޯން ފެށިއެވެ.
“އުޕްސް” ދެ އެކުވެރިން އެކަކު އަނެކަކު މޫނަށް ބަލާލަމުން ހޭންފެށިއެވެ.
“އައްސަލާމު އަލައިކުމް” މީހަކު ސަލާމް ގޮވާލި އަޑަށް ވިޝާމް ދޮރު ހުޅު ވާލިއެވެ. ދޮރުމަތީ ހުރި ހަމްޒާ ފެނުމުން ވިޝާމް އަހްމަދަށް ގޮވާލިއެވެ.
އަހްމަދުގެ އެދުމަށް ހަމްޒާ އެތެރެއަށް ވަނެވެ.
“ކަމަކުތަ؟” އަހްމަދު އަހާލިއެވެ. މިހާރު އެދެމެދު ކުރިން އޮންނަ ގާތް ކަމެއް ނެތެވެ.
“އާން.. ސުހާން ބުނި ކޮންމެހެން އަހްމަދަށް މިކަން އަންގާނެ ކަމެއް ނެތޭ.. އެކަމު އަހަރެން ހިތަށްއެރީ އަހްމަދަށް މިކަން އެނގެން ޖެހޭނެއޭ.. ސުހާންއާ އަހަރެންގެ ދަރިފުޅު ވަރަށް އަވަހަށް ކައިވެނި ކުރާނެ” ހަމްޒާ ކާޑެއް ދިއްކޮށްލަމުން ބުނެލިއެވެ.
“އަހަރެން އަބަދުވެސް ބުނަމޭނުން އަހަރެންގެ ދަރިފުޅު އިންނާނީ އަހްމަދުގެ ދަރިއަކާއޭ.. ވިޝާމްއާ ނީނަސް ލަމްހާ ކައިވެނި ކުރަން އެއުޅެނީވެސް ހަމަ އަހްމަދުގެ ދަރިއަކާ.. ސުހާންއަކީ އަހަރެންގެ ދަރިއެއް ނަމަ އަހަރެން އުފަލުން ބަލާ ގަތީމުސް.. އެކަމު އަހްމަދު އޭނާ ރަނގަޅަށް ނުބެލި ތާގަ ދަރިއެއްކަމަށް ބަލާވެސް ނުގަނޭ. އަހަރެން ހީކުރީ ދަރިއަކަށް ލިބޭނެ އެންމެ ގޯސް ބައްޕައަކަށް ވާނީ އަހަރެން ކަމަށް.. އެކަމު މިއަދު އަހަންނަށް ގަބޫލު ކުރެވިއްޖެ އަހަންނަށް ވުރެ ހިތް ހަރު ގޯސް މީހުންވެސް އުޅޭކަން” ހަމްޒާ އެހެން ބުނެފައި އެތަނުން ނުކުތެވެ.
ހަމްޒާ ދިއުމުން އަހްމަދު ސޯފާގައި އިށީންދެ ނިތްކުރީގައި ފިރުމާލިއެވެ. ބިން މައްޗަށް ވެއްޓުނު ކާޑު ނަގާ ވިޝާމް ކޮޓަރިއަށް ވަނެވެ.
ހަމްޒާ އަށް ލިބިފައިވާ ބޮޑު ހުސްބިން ސާފުކޮށް އެތަނުގައި ކައިވެނި ޕާޓީ ހަދަން ތައްޔާރުވަމުން ދިޔައެވެ. ތިމާގެ މީހުނާއި ލުވޭޒާ އަދި ހަމްޒާގެ ދުވަސްވީ އެކުވެރިންގެ އެހީއާ އެކު ޕާޓީގެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ ވަރަށްވެސް ބަރާބަރަށެވެ.
ވެޑިން ހެދުމާއި ބޮކޭ ނިމިފައި ވާކަމަށް ބުނުމުން ސުހާންއާއި ލަމްހާ ދިޔައެވެ. އެއްޗެހި ގެޔަށް ލާން ދިޔައިރު ނައުރާއާއި ޔުސްރާ އަދި އެހެން މީހުންވެސް އެމީހުންގެ ހެދުން ހެޔޮވަރު ކުރަން އުޅެއެވެ. ލަމްހާވެސް އެމީހުނާ އެއްބައި ވެގެން ހެދުންތަކަށް ފާޑު ކިޔަން ފެށިއެވެ. ސުހާންވެސް ލަޔާން އާއި އާޒިމް ގާތު އިށީންދެ އެމީހުންގެ އަމިއްލަ ވާހަކަ ދައްކަމުން ދިޔައެވެ.
“ލަމް.. އެބަހުރި މީހަކު ހޯދަން އައިސް” ލުވޭޒާ ތިމާގެ ކުއްޖަކު އައިސް ލަމްހާ ގާތު ބުނެލިއެވެ. އެއީ ކާކުބާއޭ ހިތަށް އަރަމުން ލަމްހާ ބޭރަށް ނުކުތެވެ. ގޭގެ ދޮރާއްޓާ ތަންކޮޅެއް ދުރުގައި ހުރި ވިޝާމް ފެނުމުން ލަމްހާ އެދިމާއަށް ހިނގައި ގަތެވެ.
“ކިހިނެއްވީ؟” ލަމްހާ ފާޑަކަށް ބަލަން ފެށުމުން ވިޝާމް ޖީބަށް އަތް ޖަހާލާފައި އަހާލިއެވެ. ވިޝާމްގެ މޫނު މަތީގައި ލުއި ހިނިތުންވުމެއް ހުއްޓަސް އެއްވެސް އުފާވެރިކަމެއް ނެތެވެ. ބޮލުގެ އިސްތަށިގަނޑު ފުދޭވަރަކަށް ދިގުވެފައި ތުނބުޅިވެސް އެއްވެސް ސްޓައިލެއް ނެތި ދިގުވެފައި ހުރުމުން ވީޝާމްގެ ރީތިކަމަށް ވަނީ ހުރަސް އަޅާފައެވެ.
“ތިހެން އަހަން އަހަރެންވެސް މިއުޅުނީ.. ކީއްކުރަން އަހަރެން ހޯދަން ތިއައީ” ލަމްހާ ހަށަން ބަނދެލަމުން ބުނެލިއެވެ.
“އަހަރެން މިއުޅެނީ ރާއްޖޭން ބޭރަށް ފުރަން.. ދިއުމުގެ ކުރިން ލަމްހާ ދެކިލަން މިއައީ.. ސޮރީ މިގަޑީގަ ވަރަށް ބިޒީކޮށް ދޯ ތިއުޅެނީ” ވިޝާމް ބޯކަހާލަމުން ބުނެލިއެވެ.
ލަމްހާ ވަކި އެއްޗެކޭ ނުބުނެ ހުރީއެވެ. ހަގީގަތުގައި ވިޝާމްއާ ދޭތެރޭ ލަމްހާ ހަމްދަރުދީވެއެވެ. ލަމްހާ ސުހާންދެކެ ލޯބިވާ ފަދައިން ވިޝާމްގެ ހިތުގައި ލަމްހާއަށްވެސް އިހްސާސްތަކެއް ވެއެވެ. ލަމްހާ ވިޝާމްދެކެ ރުޅި އައި ނަމަވެސް ލަމްހާ އެކަން ގަބޫލު ކުރެއެވެ.
“އަހަރެން ކޮންމެހެން ލަމް ކައިރީ މާފަށް އެދޭކަށް ބޭނުމެއް ނޫން.. ލަމް އަހަންނަށް މާފް ކޮށްފިއްޔާމުން އަހަރެންގެ ހިތަށް ހަމަ ޖެހުން ލިބުނަސް.. އަހަރެން އެގޮތެއް ބޭނުމެއް ނޫން.. އެންމެ ރަނގަޅުވާނީ ލަމްހާ އަހަންނަށް ނަފްރަތުކޮށް ރުޅި އައީމަ. އަހަންނަށް ކުރެވުނު ކަންތަކުގެ ބަދަލު އެންމެ ރަނގަޅަށް ލިބޭނީ އޭރުން.. ލަމްއަށް އުފާވެރި ހަޔާތަކަށް އެދެން” ވިޝާމް ބުނެލިއެވެ.
“ތެންކްސް .. އަހަރެން ކޮންމެހެން ވިޝާމްދެކެ ރުޅި އަންނާކަށް ބޭނުމެއް ނޫން.. އެކަމު ވިޝާމް ބޭނުންވަނީނަމަ އަހަރެން އެކަމަށް އިހްތިރާމް ކުރާނަން.. އަދި އެއް ވާހަކަ.. ވިޝާމް ކުރިން ބުނީމެއްނު ސުހާން އަހަރެން ދޫކޮށްލާފަ ދިޔަޔަސް ވިޝާމްއަކަށް ފުރުސަތެއް ނެތް ހޭ.. އެދުވަހު އަހަރެން އެ ސުވާލަކަށް ޖަވާބެ ނުދެން.. އެކަމު މިއަދު އަހަރެން ބުނެލަން ބޭނުން.. ސުހާން އަހަރެންގެ ހިތް ހަލާކު ކޮށްލި ނަމަވެސް.. އަދި އަހަރެން ދޫކޮށްލާފަ ދިޔަ ނަމަވެސް އަހަންނަކަށް ސުހާން ނޫން އެހެން މީހަކު ދެކެ ލޯތްބެއް ނުވެވޭނެ.. ސުހާން މިދުނިޔެއިން ވަކިވެގެން ދިޔަޔަށް އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ” ލަމްހާ އެހެން ބުނުމުން ވިޝާމް ހިނިތުން ވެލިއެވެ. އެބަސްތައް އިވުމުން ވީޝާމްގެ އަރުތެރޭ ހިތި ރަހައެއް ލީފަދަ އިހްސާސެއް ކުރެވުނެވެ.
ލަމްހާ އެބުނީ ހަގީގަތެވެ. ލަމްހާ ހަގީގީ ލޯބިވަނީ ސުހާން ދެކެއެވެ. ލަމްހާގެ ދިރި އުޅުމަށް ސުހާން ނާންނައިރުވެސް ލަމްހާ އޭނާދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ވިޝާމްއަށް ފުރަތަމަ ވެވުނު ލޯތްބަކީ ލިބެން ނެތް ލޯތްބެއްކަން އެނގުމުން ވިޝާމްގެ ހިތުގައި ރިއްސާލިއެވެ. ކުރިއަށް އޮތް ތާގައިވެސް ލަމްހާ ނޫން އެހެން ކުއްޖަކު ދެކެ ލޯބި ނުވެވޭނެކަން ވިޝާމްއަށް އެނގެއެވެ. އޭނާ ލަމްހާދެކެ ހަގީގީ ލޯބި ވެއެވެ. ލޯބީގައި އޭނާއަކީ ބަދުނަސީބު ވެރިއެއްކަން އިހްސާސްވީ ދެނެވެ.
“ލަމް…” ވިޝާމް އެއްޗެކޭ ބުނަން އުޅެނިކޮށް ސުހާންގެ އަޑު އިވިގެން ދިޔައެވެ. ސުހާން ނުކުތީ ލަމްހާ ބޭރަށް ނުކުތް ގޮތަށް ނައިސް ލަސްވީމައެވެ.
“ގުޑު ބާއި ވިޝާމް” ލަމްހާ އެހެން ބުނެފައި ސުހާން އާ ދިމާއަށް ހިނގައި ގަތެވެ.
“ގުޑު ބައި ލަމް.. އަހަރެން ލަމް މަތިން ވަރަށް ހަނދާން ވާނެ..” ވިޝާމް އެބަސްތަށް ލަމްހާއަށް އިއްވަން ބޭނުންވި ނަމަވެސް ދުލަކުން ބޭރެއް ނުކުރެވުނެވެ. ދުރުވަމުން ދިޔަ ލަމްހާގެ ސޫރަ ފުސްވަމުން ދިޔައީ ލޮލަށް ޖަމާވި ކަރުނައިންނެވެ. އިސް ޖަހާލާފައި ވިޝާމް އެނބުރި އޭނާގެ ކާރާ ދިމާއަށް މިސްރާބު ޖެހީ އެހިތުގެ ލޯތްބަށް އުމުރަށް އަލްވަދާއު ކިޔާފައެވެ.
“ލަސްވެގެން މިއައީ.. ހިނގާ އެތެރެއަށް” ސުހާން ބުނެލިއެވެ. ލަމްހާ ސުހާންގެ އަތުގައި ހިފާލަމުން އެތެރެއަށް ހިނގައި ގަތެވެ.
ވިންޓޭޖު ތީމް އިން ޒަރީ ކުރެވިފައިވާ މާކުއީ ގައި ދިއްލާފައި ހުރި ބޮކިތަކުން ހަނދުވަރު އެރީތި ރޭގައި ވަރަށްވެސް ޗާލެވެ. އިޝާ އިން ފާބައިގެން ކައިވެނި ކުރާ ގޮތަށް ހަމަ ޖެހިފައި އޮތުމުން މިސްކިތުން ފާބައިގެން ސުހާން އަވަހަށް ތައްޔާރު ވިއެވެ.
މާކުއީއަށް ދިޔައިރު ލަޔާންމެން އޭނާގެ އިންތިޒާރުގައި ތިއްބެވެ. ގަޔަށް ފިޓުކޮށް ފަހާފައިވާ އަނދިރި ޕުލަމް ކުލައިގެ ޓެކްސީޑޯގައި ސުހާން މިރޭ ވަރަށް ހިތްގައިމެވެ. ބޮލުގައި ރީތިކޮށް ފުނާ އަޅާލާފައި ވާއިރު ތުނބުޅިވެސް ހުރީ ރީތި ވަރަކަށް ކޮށާ ލާފައެވެ.
“އޮހޯ.. މަގޭ ބުރޯ މިރޭ ހާދަހާ އޭ ދޯ ފަރިވެފަ ތިހުރީ” އާޒިމްއަށް ސުހާން ފެނުމުން ދިމާކޮށްނުލާ ހިތްހަމައެއް ނުޖެހުނެވެ. އާޒިމްއާ އެއްބައިވެގެން ލަޔާންއާއި އަނަސްވެސް ސުހާންއާ ދިމާކުރަމުން ދިޔައެވެ.
ޑުރެސްކޯޑު ކުލަޔާ ގުޅޭ ގޮތަށް ހުރިހާ “ގްރޫމް މެންސް” ތިބީ ހުދުކުލައިގެ ގަމީހުގެ މަތިން ޕުލަމް ކުލައިގެ ބޯޓައީ އާއި “ސަސްޕެންސާ” އަޅައިގެނެވެ. އަދި ހުރިހާ “ބްރައިޑްސް މެއިޑްސް” ހެދުންތަށް ފަހާފައި ވަނީ މަޑު ޕުލަމް ކުލަޔަކުންނެވެ.
“ލަމް މިއޮތީ ފައިވާން.. މިހާރު ހުރިހާ އެއްޝޗެއްވެސް ރެޑީދޯ” ނައުރާ ފައިވާން ލާފައި އޮތް ފަށި ހިފައިގެން އައެވެ. ގަޑި ކުޑަތަން ވަމުން ދިޔަވަރަކަށް ލަމްހާ ނުތަނަވަސް ވަނީއެވެ.
“ލަމް މިރޭ ރީތިކަމުން ސުހާން ހޭވެސް ނުހުންނާނެ ކަންނޭނގެ” ލަމްހާ ހަމަ ޖައްސަންވެގެން ޔުސްރާ ވާހަކަ ދައްކަމުން ދިޔައެވެ. ލަމްހާ ތައްޔާރު ކުރުވަން ތިބީރު އެމީހުން ލަމްހާއާ ދިމާކުރުމަށް ދައްކަމުން ދިޔަ ވާހަކަ ތަކުން އޭނާ ހުރީ ލަދުން ހަލާކު ވާވަރު ވެފައެވެ.
“ދެން ޔުސް ތިކަހަލަ ވާހަކަ ނުދައްކަބަލަ.. އަހަރެން ވަރަށް ނާވަސްވޭ އެބަ” ލަމްހާ މޫނުގައި އަތް އަޅަމުން ބުނެލިއެވެ.
“ކުއްޖަކު ބުލަސްވަނީ މިޔޮށް” ޔުސްރާ އަދި އިތުރަށް ލަމްހާ ލަދުގަންނަވަން މަސައްކަތް ކުރިއެވެ.
ކާރު މާކުއީ ކައިރިއަށް މަޑުކޮއްލީރު 7 ގަޑި ބައި ވަނީއެވެ. އޭރުވެސް މުޅި މާކުއީ ވަނީ ފުރިފައެވެ. އެމީހުންނަކީ މީހުން ދަންނަ ގަދަރުވެރި ބަޔެއް ކަމުން އެއީ ހައިރާން ވާވަރު ކަމެއް ނޫނެވެ.
މާކުއީ އެތެރެއަށް ވަދެގެން އައި ލަމްހާއަށް އެންމެންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އަނގަޔަށް އެޅި ފެންފޮދު ދިރުވާލަން ނޭނގިފައި ސުހާންއަށްވެސް ހުރެވުނެވެ.
ހުދު ކުލައިގެ ދިގު ލޭސް ޝިފޯން ހެދުމުގައި ލަމްހާ ހީވަނި މޮޅު ކުރެހުންތެރިއެއްގެ ފިހިގަނޑުން ކުރަހާ ލެވިފައިވާ ތަސްވީރެއް ހެނެވެ. އޭނާގެ ކަޅު އިސްތަށިގަނޑުގައި ރީތިކޮށް ހުޅިއެއް ޖަހާލާފައި ވާއިރު ކަންހުޅިއާ ދިމާލުން ބައެއް އިސްތަށިކޮޅު ތިރިއަށް ދޫކޮއްލާފައި ވާއިރު ވަރަށް ގުޅެއެވެ. މޭކަޕެއް ނުކުރާއިރުވެސް ރީތި ލަމްހާ ލުއިކޮށް މޭކަޕު ކޮއްލާފައި ހުރުމުން އަދި ކުރިއަށް ވުރެވެސް ރީއްޗެވެ. އެތަނުގައި ހުރި އެންމެ ރީތި ކުއްޖާއަކީ ލަމްހާއޭ ބުންޏަސް ދޮގަކަކަށް ނުވާނެއެވެ.
ސުހާންއަށް އެސްފިޔަ ޖަހާލަން ހަނދާން ވީވަސް ލީން އައިސް ސުހާންގެ ފައިގައި އޮޅުލައި ގަތުމުންނެވެ. އޭރު ލަމްހާވެސް އައިސް ސުހާން ކައިރީ ހުއްޓެނީއެވެ.
“މަންމި މިރޭ ވަރަށް ތިއްތި ދޯ” ލީން ސުހާން ގާތު ތިރިވުމަށް ބުނެފައި ސުހާންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. ލީން އެބުނަނީ ސިއްރެއް ނަމަވެސް އެތަނުގައި ތިބި އެންމެނަށްވެސް އެއަޑު އިވުނެވެ.
ސުހާން ބޯޖަހާލާފައި ހީލިއެވެ. އަދި ލީން އުރާލިއެވެ. ސުހާންގެ ޓަކްސީޑޯއާ ގުޅޭ ގޮތަށް ލީންވެސް ލައިގެން ހުރީ މަޑު ޕުލަމް ކުލައިގެ ހެދުމެކެވެ. ލީން ހީވަނި ކުޑަކުޑަ ޕަރީއެއް ހެނެވެ.
“ލަމް.. ޔޫލުކް ސޯ އެމޭޒިން ޓުނައިޓު” ސުހާން ލީން އުރައިގެން ހުރި އަތުން ނޫން އަނެއް އަތުން ލަމްހާގެ އަތުގައި ހިފާލިއެވެ.
“އެންޑް ޔޫ އާ ދި މޯސްޓު ހޭންޑްސަމް ޓުނައިޓު” ލަމްހާވެސް ވައި އަޑުން ބުނެލިއެވެ.
“ހިނގާ ދެން ފަށަމާ ދޯ… މިހާރު ގާޒީވެސް އައިސްފި..” ހަމްޒާ އެހެން ބުނުމުން ސުހާން އާއި ލަމްހާ ބޯޖަހާލިއެވެ
މާކުއީގެ މެދުގައި ބަހައްޓާފައިވާ މޭޒުކައިރީގައި ލަމްހާއާއި ސުހާން އިށީނެވެ. ގާޒީއާއި ހެކިވެރީންވެސް އެމީހުންގެ ގޮނޑީގައި އިށީނެވެ. ގާޒީ ކައިވެނީގެ ކަންތަށް ކުރިއަށް ގެންދަމުން ކިޔަމުން ދިޔަ އެއްޗަކަށް ސުހާންއަކަށް މާބޮޑު ސަމާލު ކަމެއް ނުދެވުނެވެ. ސުހާންގެ ނަޒަރު އިރު އިރުކޮޅާ ލަމްހާއަށް ހުއްޓެމުން ދެއެވެ. ލަމްހާވެސް ހުރީ އުފާވެފައި ނަމަވެސް އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. މިވަގުތު އޭނާއަށް ކުރެވެމުން ދިޔަ އިހްސާސްތަކަށް ދޭނެ ނަމެއް އޭނާއަކާށް ނޭނގުނެވެ.
“އަނބި ގަބޫލުތަ؟” ގާޒީ ސުހާން އަށާއި ލަމްހާއަށް ބަލާލަމުން ބުނެލިއެވެ.
“އަނބި ގަބޫލު” ސުހާން ސީދާ ލަމްހާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ވަގުތުން ލަމްހާގެ ދެލޯ ފެންކަޅިވިއެވެ. އުފަލުންނެވެ.
ޕާޓީ ނިމި މީހުންތަށް މަދުވަމުން ދިޔައެވެ. ކޮޅަށް ހުރެ ހުރެ ފަޔަށް ތަދުވުމުން ލަމްހާ ގޮނޑިއެއްގައި އިށީނެވެ.
“ޓަޔަޑު ވީތަ؟” ސުހާން ލަމްހާގެ ކައިރީ އިށީންނަމުން ބުނެލިއެވެ. ބޯހޫރާލަމުން ލަމްހާ ހީލިއެވެ.
“މަންމީ.. ކޮއްކި ދަނީ މާމައާ އެކު ގެޔަށް” ލީން ދުވަމުން އައިސް ލަމްހާ އުނގަށް އެރިއެވެ.
“ޙޫމް.. ބަސްއަހައިގެން އަވަހަށް ނިދާތި އިނގޭ” ލަމްހާ ލީންގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ.
“ބައި ސުހާންބޭ” ލީން ސުހާންއަށް ހަނާ އަޅާލިއެވެ.
“ލީން އާދެބަލަ.. ކީކޭ މިއަދު ލިން ކައިރީ ބުނީ .. މިހާރު މިއީ ލީންގެ ސުހާންބެއެއް ނޫނެއްނު” ސުހާން ލީން އުރާލަމުން ބުނެލިއެވެ.
“އޯ.. ސޮރީ.. ބާއި ބައްޕީ” ލީން ސުހާންގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ.
“ހުމްމް ގުޑު ނައިޓު ބައްޕިގެ ދޫނީ” ސުހާންވެސް ލީންގެ ކޮލަށް ދޮނެއް ދިނެވެ. އެ ކުޑަ ކުޑަ އާއިލާއަށް ބަލަން ތިބި މީހުންގެ މޫނު މަތީވަނީ ހިނިތުންވުމެކެވެ.
“ވާހް.. ކީއްވެތަ އަހަންނަށް މި ރޮވެނީ” ޔުސްރާ ލޮލަށް ގިނަވި ކަރުނަތަށް ފުހެލަމުން ބުނެލިއެވެ. އަނަސްވެސް ހިނި އައިސްފައި ޔުސްރާގެ ބޮލުގައި ފިރުމާލިއެވެ. ލަޔާން އާއި ނައުރާ އަދި އާޒިމް އާއި އޭޝްލީވެސް ހިނި އައިސްފައި ޔުސްރާއާ ދިމާއަށް ބަލާލިއެވެ.
“މީގެ ފަހުން ދެން އަހަރެމެންގެ ދަރިފުޅު ހުންނާނީ ވަރަށް އުފަލުގައި ކަން އަހަންނަށް ޔަގީންވޭ” ހަމްޒާ އެހެން ބުނުމުން ލުވޭޒާ ހީލިއެވެ. އޭނާގެ ލޮލުގައިވެސް އުފާވެރިކަމުގެ ކަރުނަ ގިނަވެފައި ވެއެވެ.
ޕާޓީގެ ކަންތައް ނިމުމުން ލަމްހާއާއި ސުހާން އެމީހުނަށް ހާއްސަ ކުރެވިފައިވާ ކާރަށް އެރިއެވެ. ނޫމޫ ހޮޓެލް ކައިރިއަށް ކާރު މަޑުކުރިއެވެ. އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ އެޕާޓު މެންޓަށް ދެމީހުން ވަދެގެން ދިޔައެވެ.
ދޮރު ލެއްޕި ތަޅުލެވުނު އަޑު އިވުމުން ލަމްހާގެ ވިންދު އަވަސް ވާން ފެށިއެވެ. އިސް އުފުލާލާ ސުހާންއާ ދިމާއަށް ބަލާލަންވެސް ނުކެރުނީ ލަދު ގަނެފައި ހުރި ވަރުންނެވެ.
“ލަމް.. މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ރޭ” ސުހާން ލަމްހާގެ އަތް ތިލައަށް ބޮސްދިނެވެ. ލަމްހާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެކަމުގެ އިހްސާސް ކުރެވުމުންނެވެ.
“މިއީ ހުވަފެނެއް ނޫން ދޯ” ސުހާން ލަމްހާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލާ މަތި ކޮއްލިއެވެ. ލަމްހާ ސުހާންގެ މޫނަށް ބަލާލީރު އެތަށް ހިޔާލުތަކެއް އޭނާގެ ސިކުނޑި ވަށާލިއެވެ. ސުހާންއާ ފުރަތަމަ ބައްދަލު ވިދުވަހެވެ. ދެމީހުން އެކީ ހޭދަ ކުރެވުނު ވަގުތު ތަކެވެ. އިއްތިފާގަކުން މަގުމަތިން ބައްދަލުވި މި ފިރިހެނާއަކީ އޭނާގެ މުސްތަގުބަލުގެ ފިރިމީހާ ކަމަށް ލަމްހާއަށް ކުރިއަކުން އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ.
“އާން ސުހާން.. މިއީ ހުވަފެނެއް ނޫން.. ހަގީގަތެއް” ލަމްހާ ހިނިތުން ވެލަމުން ބުނެލިއެވެ. ސުހާންވެސް ހިނިތުންވެލަމުން ލަމްހާ ގެނެސް އަތުތެރޭ ފިއްތާލިއެވެ އަދި ލަމްހާގެ ތުނި ތުންފަތަށް ބޮސްދިނެވެ.
“އައި.. ލަވް.. ޔޫ..” ދެމީހުންގެ ދުލުންވެސް ބޭރުވެގެން ދިޔައީ ޖަޒުބާތުން ފުރިފައިވާ މި ތިން ލަފްޒެވެ.
(ނިމުނީ)
ނޯޓު: “ތިން ލަފްޒުން” މިވާހަކައިގެ ފުރަތަމަ ބައިން ފެށިގެން ނިމެންދެން ފޫހިކަމެއް ނެތި ކިޔުއްވި ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…
މި ވާހަކައާ ބެހޭގޮތުން ކިޔުންތެރިންގެ ހިޔާލު ކޮމެންޓުގައި ހިއްސާކޮށްލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ އިތުރު އެހެން ވާހަކަތައްވެސް ކިޔާލަން ލިބޭނެ ކަމުގެ ވާހަކަ ބުނެލަން.
ޝުކުރިއްޔާ…
11 Comments!
Comments are closed.




Finally the story has come to an end.
How was the story??
Hurihaa kiyuntherin a ves mi vaahaka kamudhiya kamah ummeedhu kuran. ❤️❤️❤️
Stay safe ingey hurihaa kudhin
Wow this story is really good.i love it
Thank you shaya ❤️❤️?
Awwwwww ?????wow the ending was superb the best stry for me❤️❤️❤️❤️❤️
Vrh Sali ❤️❤️❤️❤️❤️❤️
Lam aa suhaan ge wedding vss vrh lwbi sis ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️describe kohdeefaa huri gothun❤️❤️❤️❤️
Sifakuru vrh Sali sis ge Masha Allah❤️❤️❤️❤️❤️❤️❤️❤️❤️❤️????????
Vrh dera vi vishaal ah vee gothun ?
Vrh happy lam aa suhaan guluny maa the best couple ❤️❤️❤️❤️❤️❤️❤️❤️❤️
This will be my favourite stry ❤️❤️❤️
And hope to see sis ge ehn stry eh ❤️❤️❤️
Love u soooo much❤️❤️❤️❤️
Stay safe and take gud care ❤️❤️❤️❤️
Have great future and hope to meet u in sis ge new stry gaa heheh❤️❤️❤️❤️
Awwn thank you YEOJA ❤️❤️❤️
Adhi ehen story akun meet vaane ???
I have read your stories too. It was beautiful and you are so talented.
You too stay safe. ❤️❤️❤️
Love u
Yh ISA dimaavaane ehn stry akun
Awwwwnn thanks for reading my stories
thnk uuu u too vrh sali sis ge vss mi stry and sis vss vrh talented
Comment nukuriyas baraabarah kiyan… Ma sha Allah varah varah varah varah reethi mi vaahaka.
Keep up the good work ❤️?.. for me this is the best story on esfiya
Stay safe ❤️
Thank you aishoo ❤️❤️❤️
You too stay safe
MAASHA ALLAH!!! Varah Varah Varah Varah varah Reethi ??❤?????
ninmaali goiyves hama varah salhi…??? Sis ge ehen vaahaka akah inthizaarukuran..???… your welcome ingey always..✌?????..
love you so so so much????…
stay safe darling..❤??
and i will miss you dear ??✌????
Thank you so much RrYn ❤️❤️❤️
Insha allah adhi v avahah story eh kiyaalan libeyne. ???
Love you too dear.. ❤️❤️
Stay safe ingey ??
MAASHA ALLAH . ??