Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އެ ބިރުވެރި ރޭ ( ފަސްވަނަ ބައި )

Lilly Aish Level 110 Stories
November 28, 2020 4 Mins Read
1 Comment

ޔަމާނީ ރުއިން ހުއްޓާލާފައި ސާޔަންއާއި ދުރަށް ޖެހިލުމަށް ފަހު ސާޔަންއާއި ސުވާލުކުރިއެވެ. ”ކިހިނެށް ތުއްތުއަށް އެނގުނީ ނުފައިލް އަހަރެން މިތަނަށް ކިޑްނެޕް ކޮށްގެން ގެނައި ކަން؟ “

*****

” އަސްލު ތުއްތު ދިޔައީ މާނީމެން ގެއަށް ދާންވެގެން. އެހެން ދަނިކޮށް ތުއްތުއަށް އަޑު އިވުނީ ކުއްޖަކު ވަރަށް ބާރަށް ރޮއެ އާދޭސް ކުރާއަޑު. އެހެންވެ ތުއްތު އަވަހަށް އެތާހުރި މިދިލި ގަހުގެ ނިވަލަށް ވާތީ. އެއަށްފަހު ކުޑަކޮށް ބޭރަށް ބޯދިއްކޮށް ލާފައި ބަލައިލީ އެއީ ކާކުތޯ. ތުއްތުއަށް ފެނުނީ ދެފިރިހެނުން ވެގެން ތުއްތުގެ މާނީ އުފުއްލައި ލައިގެން ގެންދާ ތަން. މަ ކައިރިޔަށް ހާދަ ރުޅި އައޭ. ހިތަށް އެރި ޖަހާ ޖަހާފާނަމޭ ވެސް. އެކަމަކު ކިތަންމެ ވަރަކަށް ރުޅި އަޔަސް ކީއްކުރެވޭނީ މަގޭ ބިނދިފައި މިއޮތް އަތާއިއެކު. “ ދެރަވެލާފައި ސާޔަން ބުނެލިއެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި ސާޔަން ހިނިތުން ވެލާފައި ބުނެލިއެވެ. ”މަށަށް މިބުރު ގޮސް މާނީ ސަލާމަތް ނުކުރެވުނަކަސް ދެން ކުރިއަށް އޮތް ތަނުގައި ނުފައިލް މާނީއަށް އުނދަގޫ ކޮށްފިނަމަ ނޫނީ މިކަމުގެ ސަބަބުން މާނީގެ އުޅުމަށް އެއްވެސް ބަދަލެއް އައިސްފި ނަމަވެސް ނުފައިލްއަށް ވަރުގަދަ ސަޒާއެއް ދޭނެވަރުގެ ވެޕަންއެއް މައަތުގައި އެބައޮތޭ. “”ކޮން ވެޕަންއެއް ؟“  ވާނުވާ ޑޮޓް ކޮމް ގައި ހުރި ޔަމާނީ ސާޔަންގެ ގާތުގައި އެއްސެވެ.

ސާޔަން ޔަމާނީ އަތުލަފި ކޮށްލައިގެން ގެންގޮސް އެތާހުރި ގަސް ބުރެއްގެ މަތީގައި ބައިންދާފައި ، އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ޔަމާނީއަށް ދައްކާލި އެވެ.  ” މީ އެ ވެޕަންއަކީ. “ ހިނިތުން ވެލަމުން ސާޔަން ޔަމާނީގެ ގާތުގައި އިށީނދެލާފައި އޭނާގެ ފޯނުން ވީޑިއޯ ކޮޅެއް ޕުލޭ ކޮށްލާފައި ޔަމާނީއަށް ދައްކާލި އެވެ.

ފުލެސް ލައިޓްގެ އައްޔާ ނުލާ ކޮށްފައިވާ އެވީޑިއޯއިން ހުރިހާ މަންޒަރެއް ވެސް ވަރަށް ސާފުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އަލިގަދަ ލައިޓް ހޮޅިދަނޑި ތަކުގެ ސަބަބުން ފެނެއެވެ. އެވީޑިއޯއިން ދެފިރިހެނުން ވެގެން ޔަމާނީ އުފުއްލާލައިގެން ގެންދާ ތަން ސާފުކޮށް ފެނެއެވެ. އަދި އެމީހުންގެ ކިބައިން ސަލާމަތްވާން ޔަމާނީ މަސައްކަތް ކުރާ ތަން ފެނެއެވެ. އަދި ސަލާމަތައް އެދި ޔަމާނީ ރޮއެ ހަޅޭއްލަވާ އަޑު ވަކިވަރަކަށް ވީޑިއޯ އަށް އަރާފައި ވެއެވެ. އެދެމީހުން ވެގެން ޔަމާނީ ގެންގޮސް އެތަނުގައި ހުރި ފަޅު ގެއަކަށް ވައްދާ ތަން ވެސް ފެނެއެވެ. އަދި 3 ވަރަށް މިނެޓް ފަހުން އެ ގޭތެރެއަށް ނުފައިލް ވަދެގެން ދާތަން ފެނެއެވެ. ނުފައިލް ވަދެފައި މިނެޓެއް ވެސް ނުވަނީސް ޔަމާނީ ގޮވައިގެން ވަން ދެފިރިހެނުން ބޭރަށް ނުކުމެ ފާޑެއްގެ އެއްޗެއް ބޯން އެތާ ދޮރުމަތީގައި ތިއްބެވެ. ހީވާ ގޮތުން މަސްތުވާތަކެއްޗެވެ. އޭގެ ގާތްގަނޑަކަށް 40 ހަކަށް މިނެޓް ފަހުން ނުފައިލް އެގޭތެރެއިން ނުކުމެ އެތާ ތިބި އަނެއް ދެމީހުން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރި ވެއެވެ. އަދި އިރުކޮޅެއް ފަހުން އެ 3 މީހުން އެކީ އެއްލެމުން އެއްލެމުން އެތަނުން ދިޔައެވެ. އެހިސާބުން ސާޔަން އިނީ އެވީޑިއޯކޮޅު ނިންމައިލާފައި އެވެ.

އެވީޑިއޯކޮޅު ބަލާނިމުނު އިރު ޔަމާނީ ބޮޑު ދެލޯ އަނެއްކާވެސް ވީ ކަރުނައިން ބަރާ ވެފައިއެވެ. ޔަމާނީ ސާޔަންގެ ކޮނޑުގައި ބޯއަޅާފައި އަޑުން އަޑު ނަގާ ރޯން ފެށި އެވެ. ސާޔަން ވެސް އޭނާގެ އަތުގައި އޮތް ފޯނު ޖީބަށް ލާފައި މަޑުމަޑުން އޯގާތެރި ކަމާއި އެކު ޔަމާނީގެ ބާމަތީގައި ފިރުމަން ފެށި އެވެ. އެ ގޮތުގައި އެދެމީހުން އެތައް އިރެއް ވަންދެން ތިއްބެވެ.

ހިއްފުރެން ދެން ޔަމާނީ ރޯލުމަށް ފަހު ހަމައަކަށް އެޅުނެވެ. އަދި އެއޮތް ގޮތަށް ސާޔަންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އެގޭތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް އަލިފުން ޔާއަށް ( ފެށިގެން ނިމެންދެން ) ޔަމާނީ ސާޔަންއަށް ކިޔައިދިނެވެ. އަދި އޭނާގެ އަތުގައި މިއޮއް ހުރިހާ އިރު ބުނޑިކޮށްގެން ގެންގުޅުނު ނުފައިލްގެ ކެވެލި ކޮޅު ސާޔަންއަށް ދައްކާލުމަށް ފަހު އޭނާ ލައިގެން އިން އެކްޓިވިޓީ ޔުނީފޯމްގެ ހަރުވާޅުގެ ޖީބަށް ލިއެވެ.

އެތާ އިރުކޮޅަކު އިނުމަށްފަހު ސާޔަން ޔަމާނީގެ ގާތުގައި ބުންޏެވެ. ” މާނީ. މިހާރު ތިއްތަ މާނީ ހޯދާނެ. މާނީއަށް ވެސް އެނގެއެއްނު ތިއްތަ މަގޭ މަންމަ ހާ ކޫލް ނުވާނެކަން. ހިނގާ އަވަހަށް ގެއަށް ދާން “ޔަމާނީ ވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ސާޔަން ކޮޅަށް ތެދުވެ ޔަމާނީ ކޮޅަށް ނެގުމަށް ފަހު ޔަމާނީ އަތުލަފި ކޮށްލައިގެން ހިނގައި ގަތީ ޔަމާނީ ގެއަށް ލައިދޭށެވެ.

ޔަމާނީމެންގެ ގެއަށް އާދެވުމުން ސާޔަން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށް ފަހު ޔަމާނީ ގޮވައިގެން ގޭތެރެއަށް ވަނެވެ. ހީވީ ބޮޑު ހަނގުރާމައެއް ކުރަން ތައްޔާރުވެގެން ސާޔަން ޔަމާނީ ގޮވައިގެން އެތެރެއަށް ވަންހެނެވެ.

ކަންދިމާކުރި ގޮތުން ޔަމާނީގެ މަންމަ ނުވަތަ އެހެން ގޮތަކަށް ބުނަނީ ނަމަ ސާޔަންގެ ތިއްތަ ، ޔުބީންގެ އެއްވެސް ހިލަމެއް ގޭތެރެއަކުން ނުވެއެވެ. ސާޔަން ހަމަޖެހިލާފައި ޔަމާނީ ގޮވައިގެން ޔަމާނީގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ސާޔަން ޔަމާނީގެ ކޮޓަރިއަށް ފުން ނަޒަރެއް ހިންގައިލިއެވެ. މިއީ ޔަމާނީމެން މިގެއަށް ބަދަލު ވުމަށް ފަހު ސާޔަން މި ކޮޓަރިއަށް ވަން ފުރަތަމަ ފަހަރެވެ. ހުރިހާ ފާރެއްގައި ވަނީ ފެހި ކުލަ ލެވިފައިއެވެ. ކުއީން ސައިޒް އެނދުގައި ވެސް ވަނީ ފެހި ކުލައިގެ ބެޑުޝީޓެއް އަޅާލެވިފައި އެވެ. ބާލީސް އުރަ ތަކުގައިވެސް ވަނީ ފެހި ކުލަ އެވެ. ބިންމަތީގައި ވަނީ ހުދު ކުލައިގެ މާބުލް ޓައިލް ޖަހާފައި އެވެ. އެ ކޮތަރީގައި ހުރި ހުރިހާ ފަރުނީޗަރު ތަކެއް ވެސް ވަނީ ހުދާއި ފެހި ކުލައިން ޒީނަތްތެރި ކުރެވިފައެވެ.

ސާޔަން ޔަމާނީ ގެންގޮސް އެނދުމަތީގައި ބައިންދާފައި ސީދާ ޔަމާނީގެ ލޮލަށް ބަލައިލަމުން ބުންޏެވެ. ” މާނީ… ތުއްތު ދެން މިދަނީ ގެއަށް. މާނީ ވެސް ފެންވަރައިލައިގެން ޤުރުއާން ޖަހައިގެން ނިދޭތޯ ބަލާ އިނގޭ. މާދަމާ ހެނދުނު ތުއްތު އަންނާނަން އޯކޭ. “ ޔަމާނީގެ ބޮލުގައި ފިރުމައިލާފައި ސާޔަން އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ސާޔަން ދިޔުމުން ޔަމާނީ ތެދުވެ ކޮޓަރި ތަޅުލާފައި ޖީބުގައި އޮތް ނުފައިލްގެ ކެވެލި ކޮޅު ސުޓަޑީ ޓޭބަލް ވަތްގަނޑަށް ލުމަށް ފަހު ހަރުގައި އަޅުވާލާފައި ހުރި އޭނާގެ ފެހި ކުލައިގެ ތުވާލި ހިފައިގެން ފާހާނަ އަށް ވަނެވެ. ފެންވަރާ ބަޔާއި އެހެން ކަންތައްތައް ކުރާބައި ވަކިން ހުރި ފާހާނަ ވަކި ޔަމާނީގެ ކޮޓަރިއަކަށް ދުލެއް ނުކުރެއެވެ. ހުދު ކުލައިން ހުރިހާ ފަރުނީޗަރު ތަކެއް ވާއިރު އެއީ ސާފު ތާހިރު ކަމުގެ މިސާލެކެވެ.

ފެންވަރާ ބައި ކައިރީގައި ހުރި ހެދުން އަޅުވާ ބުޅިގަނޑު ތަކުން ބުޅިއެއް ގައި ޔަމާނީ އޭނާގެ ތުވާލި އަޅުވައިލާފައި އޭނާ ލައިގެން ހުރި އެއްޗެހި އެތަނުގައި ހުރި ދާވަށިގަނޑުގެ ތެރެއަށް ބާލާފައި ލިއެވެ. އެއަށްފަހު ފެންވަރާ ބައިގެ ބިއްލޫރި ގަނޑު ކަހައިލާފައި އޭނާ އެތެރެއަށް ވަދެ ފިނިފެން މާގަނޑު ދޫކޮށް ލިއެވެ. އަނެއްކާ ވެސް ޔަމާނީ ވެދިޔަ ކަންތަކުގެ މަތީން ހަނދާންވެ ރޯންފެށިއެވެ. މާގަނޑުގެ ދަށުގައި ހުރެ ޔަމާނީ އެތައް އިރަކު ރުޔުމަށް ފަހު ފެންވަރައިގެން އޭނާ ނުކުތް އިރު ޔަމާނީގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައި އެވެ. އެފަކީރުގެ ނޭފަތް ރަތްކަމުން ހީވަނީ ދޮންވެ ފައްކާ ވެފައިވާ ސުޓުރޯބެރީއެއް ހެންނެވެ.

ޔަމާނީ އޭނާގެ ގައިގައި ތުވާލި އޮޅާލައިގެން ފާހާނައިން ނުކުމެ އޭނާ ހުއްޓާލީ އޭނާގެ ކޮތަރީގައި ހުރި ބޮޑު ހުދު އަލަމާރި ކުރި މަތީގައި އެވެ. އަދި އަލަމާރީގެ ކަބަޑެއް ހުޅުވައި ލާފައި އެތާނގައި ހުރި ފަސްޓްއެއިޑު ބޮކްސް ނަގާ ގެން ގޮސް ސޯފާގައި އިށީނދެ ލުމަށްފަހު ޔަމާނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގައި ބޭސް އަޅައި ލިއެވެ. ޔަމާނީ އެ ފޮށި ހުރި ތަނަށް އެފޮށި ލާފައި ،  އޭނާގެ އަލަމާރީގެ އެހެން ބައެއް ހުޅުވާލާފައި މަޑު ފިޔާތޮށި ކުލައިގެ ދިގު ނައިޓީއެއް ނަގާ އޭނާގެ ގަޔަށް މަހައިލިއެވެ.

އޭނާ ގޮސް ސުޕީކަރުން ޤުރުއާން ޖަހާފައި ކޮޓަރީގައި ދިއްލާފައި ހުރި އަލިގަދަ ބޮކި ފެހިކުލައިގެ ފަނޑު އަލީދޭ ބޮއްކަށް ބަދަލުކޮށްލިއެވެ. އަދި އޭ.ސީ ގެ ފިނި މަޑު ކޮށްލާ ފައި ޔަމާނީ އެނދުގައި އޮށޯވެ ޝަހާދަތް ކިޔާ ނިދުމުގެ ކުރިން ކިޔާ ދުޢާ ތަކާއި ޒިކުރުތައް ކިޔައިލިއެވެ. އެއަށްފަހު އަރާމުކޮށް ނިދައިލުމުގެ ނިޔަތުގައި ޔަމާނީ ދެލޯ މަރައިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilly Aish

Level 110 Stories

Other Articles

Previous

ޔުމްނު 17

love is sour n sweet
Next

ހުދާއްކޮ 11

Next
love is sour n sweet
November 28, 2020

ހުދާއްކޮ 11

Previews
November 28, 2020

ޔުމްނު 17

One Comment

  1. Fathimath Midhuha says:
    November 28, 2020 at 7:33 am

    Hi guys.. Mi part genes dhevunu leh las vii maa varah bodah sorry… But hope u guys like it ☺️☺️

Comments are closed.

Next Episodeއެ ބިރުވެރި ރޭ ( ހަވަނަ ބައި ) ފަހު ބައި←


All Right Reserved!