Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

އެ ބިރުވެރި ރޭ ( ހަވަނަ ބައި ) ފަހު ބައި

Lilly Aish Level 110 Stories
May 29, 2021 5 Mins Read
1 Comment

ޔަމާނީއަށް ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކަޅު އަނދިރި ކަމެކެވެ. ގަސް ބޯ ޖަންގަތްޔެވެ. ކުރިއަށް ނުވަތަ ފަހަތަށް ދެވޭނެ މަގެއް ނެތެވެ. ހުރިހާ ދިމާއެއް ވެސް ވަނީ ގަސްތަކުގެ ސަބަބުން ބެދިފައި އެވެ. ކުއްލިއަކަށް ޔަމާނީގެ ކުރިމަތިން ފާޅުވީ ނުފައިލް އެވެ. އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ދެމީހުން ނެވެ. އެ ދެމީހުން އައި ގޮތަށް އައިސް ޔަމާނީގެ ދެ އަތުގައި ހިފެހެއްޓި އެވެ. ނުފައިލް މަޑުމަޑުން އައިސް ޔަމާނީއަށް ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އޭނާ ހިތަށް އެރި ގޮތެއް ޔަމާނީއަށް ހަދަން ފެށިއެވެ. ގަތް ބިރުންނާއި ލިބެން ފެށި ވޭނަށް ކެތްނުކުރެވިގެން ޔަމާނީ ސަލާމައް އެދި ހަޅޭއްލަވަން ފެށި އެވެ. ” ނުފައިލް ނޫން… ތިހެން ނަހަދާ… މީހެކޭ އަހަރެން ސަލާމަތް ކުރޭ…. މީހެކޭ…. މަންމާ…… ޕްލީޒް ނުފައިލް ތިހެން ނަހަދާ…. މަންމާ!!! “

******

ކުއްލިއަކަށް ޔަމާނީއަށް އޭނާ އޮތް ހުވަފެނުން ނިކުމެވުނީ ސާޔަން ވަރަށް ބާރަށް ޔަމާނީއަށް ގޮވައި ލުމުންނެވެ.

ޔަމާނީ ތެދުވިއިރު ހަމަ ރަނގަޅަށް ވެސް އެފަކީރަށް ވަނީ ރޮވިފައިއެވެ. ޔަމާނީގެ ކައިރީގައި އެނދުގައި އިން ސާޔަން އޯގާތެރި ކަމާއި އެކު ޔަމާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ. ޔަމާނީ ތެދުވެގެން ގޮސް ސައިޑް ކަބަޑު މަތީގައި ހުރި ފެން ޖަގުން ފެން ތައްޓެއް އަޅައިގެން އައިސް ސާޔަންއާއި ސުވާލުކުރި އެވެ. ” ތުއްތު ކީއްކުރަނީ މިތާ ؟ “ ” އެހާ އަވަހަށް ހަނދާން ނެތުނީ ދޯ… ބާޑް ބްރެއިން ؟ ގައިމު ރޭގަ ވިއްޔާ ބުނީ މާދަމާ ހެނދުނު އަންނާނަމޭ…. ހައްހައްހައްހާ.. “ ސާޔަން ހެމުން ހެމުން ބުނެލި އެވެ. ” އާން އެތެދެކޭދޯ.. “ ޔަމާނީ ބޯ ކަހާލަމުން ބުންޏެވެ.

ޔަމާނީ ގަތް ލަދުން އަވަހަށް ތުވާލި ހިފައިގެން އަލަމާރިން އަތްދިގު ރަތް ކުލައިގެ ކުރުތާ އަކާއި ހުދު ކުލައިގެ ޓައިޓެއް ހިފައިގެން ގޮސް ފާހާނައަށް ވަތެވެ. ފާހާނައިން ޔަމާނީ ނުކުއް އިރު އަނެއްކައި ވެސް ޔަމާނީގެ ދެލޯ ވަނީ ރަތްވެފައިއެވެ. ސާޔަންއަށް ޔަމާނީ އެއައީ ރޮއެފަ ކަން ވަގުތުން އިގުނެވެ. އެހެން ކަމުން ސަާޔަން ޔަމާނީ ހެއްވައި ލުމައްޓަކައި މޮޅުގޮތެއް ވިސްނައިލިއެވެ. އަދި މޫނައް ބިރުގަނެފައި ހުރި ސިފަ ވެރިކުރުވާ ބާރައްހަޅޭ ލަވައިގަތެވެ. ” މަންމާތް! ސަންތިމަރިޔަބު މަގޭ ކާލަން އައިސްފިއޭ.. ” “ދެން ތުއްތޫ…. ” ޔަމާނީ ރުޅިއައިސްގެން ކުނި މޫމު ހަދާފައި ބުންޏެވެ. ” ކޮން ދެން ތުއްތޫއެއް ކިޔާކައް؟ މަނޫން އެހެން މީހެއް ނަމަ މިއަދު ހޭނެތިގެން ވެއްޓުނީސް ކަންނޭނގެ…. ދެންވެސް ދޭބަލަ އަވަހަށް ތި ރީތިވާން.. “ ސާޔަން ހެމުން ހެމުން ބުންޏެވެ.

ޔަމާނީ ތުން ދަމާފައި ގޮސް ޑްރެސިންގް ޓޭބަލް ކައިރި އިށީނދެ ރީތިވާން ފެށިއެވެ. އޭރު ސާޔަން އިނީ އޭނާގެ ފޯނުގެ ތެރެޔަށް ގެއްލިފައިއެވެ. ޔަމާނީ އޭނާގެ އިސްތަށިގަނޑު ރީތި ގޮތަކަށް ގަތައިލަމުން ސާޔަންއަށް ގޮވައިލިއެވެ. ”ތުއްތޫ ؟ “ ” ހޫމްމްމްމް “ ސާޔަން ހަމަ އެއިން ގޮތަށް އިނދެ ހޫމް އަޅުވައިލިއެވެ. ” ތުއްތުއަށް އިނގޭތަ އެއްކަލަ ރޭ ނުފައިލްގެ އިތުރަށް ހުރި ދެ ބޯއީ ؟ “ ޔަމާނީ ފެން ކަޅި ވެފައިފާ އޭނާގެ ބޮޑު ފެހި ދެލޯ ސާޔަން އާއި ދިމާއަށް ހުއްޓައިލަމުން މޮޅިވެރިކަމާއިއެކު އެއްސެވެ.

އެވަގުތު ސާޔަންގެ ހިތް ދަމައިގަންނަ ފަދަ އަޅިކުލައިގެ ލޮލާއި ޔަމާނީގެ ލޯބި ފެހިކުލައިގެ ލޮލާ ލޯ ދިމާވިއެވެ. އެ ދެ ލޮލުން އެކަނި ވެސް ޔަމާނީ އެ ތަހަންމަލް ކުރަމުން ގެންދާ ވޭން ސާޔަންއަށް ފަހުމްވިއެވެ. ސާޔަން އިސްޖަހައިލުމަށް ފަހު އޭނާގެ ފޯނު ނިއްވާލާފައި ޖީބަށްލިއެވެ. އަދި ހިތި ގޮތަކަށް ހިނިތުން ވެލާފައި ޔަމާނީއާ ހަތަރު ކަޅި ހަމަ ކުރިއެވެ. އޭރު ސާޔަންގެ ލޮލުން ވެސް ރަމްޒު ކޮށްދެނީ ވޭނެވެ.

” އާން ތުއްތުއަށް އެނގޭ އެއީ ކޮން ބައެއް ކަން. އޭއީ ކާއިލް އާ ފަޔާޒް. ތުއްތުމެން ކުލާހުގައި އުޅޭ އެންމެ ބޭޑް ދެކުދިން. އެއް އިރެއްގައި ތުއްތުގެ އެންމެ ގާތް އެކުވެރިން. ކުޑަ އިހުއްސުރެ ނުފައިލްއާ އެދެމީހުން ދިމާވުމާ ހާޔަށް. ނުފައިލް އާ ޖެހުނު ފަހުން އެމީހުން އެހާ ބަދަލުވީ. ބޭޑްވީ. ކުރިން ވަރަށް ވަރަށް ރަނގަޅުވާނެ. “ ސާޔަން ޔަމާނީގެ ސުވާލަށް ޖަވާބު ދިނެވެ.

ކޮޓަރި ތެރޭގައި ވަނީ ހަމަ ހިމޭން ކަމެވެ. އެކަމުގެ ސަބަބުން ޔަމާނީގެ ހިތަށް އުނދަގޫވާން ފެށިއެވެ. އެހެން ކަމުން ޔަމާނީ އަވަހަށް އެހެން ވާހަކައެއް ފެށިއެވެ. ” ތުއްތޫ. ދެންތި ޕުލާސްޓަރުގަނޑު ނަގާނީ ކޮންދުވަހަކުންތަ؟ “ ޔަމާނީ ލޯބި ގޮތަކަށް އަހާލިއެވެ. އަދި މާކަރެއް ހިފައިގެން އައިސް ސާޔަންގެ އަތުގައި އަޅާފައި އޮތް ޕްލާސްޓަރުގަނޑުގައި އޭނާގެ ސޮއި ކޮއްލިއެވެ. ” މިހަފްތާ ބުދައިގާ މި ނަގާ އެއްލައިލާ ނަން . “ސާޔަން ވެސް މަޖާ ވެލާފައި ޔަމާނީގެ ވާހަކައިގައި ބައިވެރިވިއެވެ.

ދުވަސްތައް ފާއިތުވަމުން ދާވަރަކަވަށް ޔަމާނީގެ އުޅުމަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެއެވެ. އޭނާ އަބަދު އޮންނަނީ ކޮޓަރީގައި އެވެ. ރަނގަޅަކަށް ނުވެސް ކައެވެ. ގެއިން ބޭރަކަށް އެއްވެސް ވަރަކަށް ނުނިކުމެއެވެ. ސުކޫލަކަށް ވެސް ނުދެއެވެ. ޔަމާނީގެ މައިބަފައިންގެ ފަރައިތުން ކުރިމަތި ވަމުންދާ ސުވާލުތައް ވެސް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުންނެވެ. މިހުރިހާ ކަމަކާ ހުރެ ސާޔަން ހުންނަނީ ސިކުނޑި ސުމަކަށް ދާވަރުވެފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައިއެވެ. އެންމެ ފަހުން ސާޔަން ނިންމީ ވެގެން އުޅޭ ގޮތް ޔަމާނީގެ މައިބަފައިންނަށް ކިޔައިދިނުމަށެވެ.

ޔަމާނީމެންގެ ގެއަށް ދާން ވެގެން ސާޔަން އަވަހަށް ގޮސް ފާހާނައަށް ވަދެ ފެންވަރައިގެން ނުކުތެވެ. އަދި ހުދު ކުލައިގެ ސޯޓެއް ލުމަށް ފަހު އޭނާގެ ކަސްރަތީ ރީތި ދޮން ހަށިގަނޑަށް ކަޅު ކުލައިގެ އަތް ދިގު ޓީޝާޓެއް މަހައިލިއެވެ. ސާޔަން އޭނާގެ ގަޔަށް އަވަހަށް ސެންޓު ކޮޅެއް ބުރުވައިލާފާ އޭނާގެ ފޯނު ހިފައިގެން ގެއިން ނުކުތެވެ. އަދި ބާރު ހިނގުމުގައި ގޮސް ޔަމާނީގެ ގެޔަށް ވަދެ ސަލާމް ގޮވައިލިއެވެ.

އެތެރެއިން ސަލާބަލައިގަތީ ޔަމާނީގެ ބައްޕަ ޔުއާންއެވެ. ޔުއާންގެ މޫނު މަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ޔުއާން ސާޔަން ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ވަރަށް ދެރަވެފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. ” ޔާން… އިނގޭ ތިއްތަބެއަށް ޔާންއަށް މިސުވާލު އެތައް ފަހަރެއްގެ މަތިން ކުރެވިއްޖެ ކަން ވެސް. އެކަމަކު ތިއްތަބެ އުންމީދު ކުރަން ކޮންމެސް ދުވަހަކު އަވަސް މަގެއްގައި މިސުވާލަށް، ހަމަހިމޭން ކަމުގެ ޖަވާބެއް ނުދީ އެދެވޭ ކަހަލަ ޖަވާބެއް ދޭނެ ކަމަށް. މި ސުވާލު ޔާންއަށް އެތަކެއް ފަހަރު މަތިން ވެސް މިހެން މިކުރެ ވެނީ މާނީގެ ހައްޤުގައި. ޕްލީޒް ޔާން.. ދެފައިގައި ހިފާފައި ސަލާން މިޖަހަނީ މާނީއަށް ކުއްލިޔަކަށްމިއައި ބަދަލުގެ ސަބަބު ޔާންއަށް އިނގޭ މިންވަރުން ބުނެދީބަލަ؟ ޕްލީޒް. “ އޭރު ޔުއާންގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެކަމުން އެކަނިވެސް ޔުއާން އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު ސާބިތުވެއެވެ. ސާޔަންގެ ހިތުގައި ޔުއާންއާއި މެދު ހަމްދަރުދީ އުފެދުނެވެ. އޭގެ އިންތިހާއަށެވެ.

ސާޔަން ކުރިން ހުރި ވަރަށް ވުރެ ބޮޑަށް ސީރިއަސް ވެލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. ” މިއަދު އަޅުގަނޑު މި އައީ ތިއްތަބެގެ ތި ސުވާލަށް ޖަވާބުދޭން ވެގެން. ޔަމާނީގެ އެދުމަށް މި ވާހަކަ ސިއްރު ކުރުން އެއީ އަޅުގަނޑަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އެކަމަކު މި ވާހަކަ މިއަދު ކިޔައި ދޭނަން. “ ސާޔަން ވެގެން އުޅޭ ގޮތް އެއްވެސް އަކުރެއް ފިއްޔެއް ނުވައްޓައިލާ ޔުއާންއަށް ކިޔައިދިނެވެ. ” ތިއްތަބެ މިވާހަކަ ގަބޫލު ނުކުރަންޏާ މާނީ އަތުގައި އެއޮތީ ނުފައިލްގެ ކެވެލި ކޮޅު. އަދި އަޅުގަނޑު ފޯނުގައި މިއޮތީ ވީޑިއޯ. “ ސާޔަން އޭނާގެ ފޯނު ނަގާ ވީޑިއޯ ކޮޅު ޕްލޭ ކޮށްލާފާ ޔުއާންގެ އަތަށް ފޯނު ދިނެވެ.

ވީޑިއޯ ކޮޅު ބަލާ ނިމުނު އިރު ޔުއާންގެ ދެ ބުމަ ވަނީ ގޮށްޖެހިފަ އެވެ. ދެ ލޯ ވަނީ ރަތްވެފައިއެވެ. އަތް ވަނީ މުއްކެވިފައެވެ. ބަލާލި މީހަކަށް ޔުއާން އެހެރީ އަށްޑިހައިގާ ކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ޔުއާން ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. އަދި އައިސްފައި ހުރި ރުޅިގަނޑު ގަދަކަމުން އެތެރެއަށް ހިންދާލުމަށްފަހު ހިތާމަވެރި ކަމާއެކު ސާޔަންއާއި ދިމާއަށް ބަލާލިއެވެ. ” ޔާން. މީއަކީ ސިއްރު ކުރަންވާވަރުގެ ކަމެއް ނޫން. މާނީ ބުންޏޭކިޔާފަ މިކަހަލަ ބޮޑެތި ކަންކަން ސިއްރު ކުރާކަށް ނުވާނެއެއްނު. އެކަމަކު ތިއްތަބެ ވަރަށް އުފާވެއްޖެ ވަގުތު ފާއިތުނުވަނީސް ޔާން ތިއްތަބެއަށް ހުރިހާ ކަމެއް ކިޔާ ދިނީތީ. “ ޔުއާން އޭނާގެ މޫނު މަތީގައި ދެއަތް އަޅާލިއެވެ.

ޔުއާން އެގޮތަށް އެތައް އިރަކު އިނުމަށްފަހު ސޯފާ އިން ތެދުވިއެވެ. އަދި ގޮސް ޔަމާނީގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. ” މާނީ. ހުޅުވަބަލަ. މީ ބައްޕައޭ. “އެތައް އިރަކު ޔުއާން ޔަމާނީގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. ނަމަވެސް ޔަމާނީ ދޮރެއް ނުހުޅުވިއެވެ.

ޔަމާނީ ދޮރު ނުހުޅުވުމުން ޔުއާން ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާލިއެވެ. ޔުއާންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކޮޓަރި ތެރެއަށް ހީވަނީ ސުނާމީއަރާފާ އޮތް ހެންނެވެ. އެކިދިމާއަށް އެކިއެތި ވަނީ އުކާލެވިފައެވެ. ޔުއާން ކޮޓަރި ތެރެއަށް ވަދެ ބޮކި ދިއްލާލިއެވެ. އަދި އޭނާ ހިނގައިގަތީ ކޮޓަރީގެ އެންމެ އެތެރެކަނުގައި، ކަކޫ މަތީ ބޯއަޅައިގެން އޮތް އޭނާ ދެލޮލުގެ ކޮއެ ފަދަ ދަރިފުޅާ ދިމާއަށެވެ.

ޔުއާން ގޮސް ޔަމާނީގެ ގައިގާ ބައްދާލިއެވެ. ތިމާ އަކީ ފިރިހެނަކަސް ޔުއާންއަށް ހަމަ ރަނގަޅަށް ރޮވުނެވެ. ޔަމާނީ އިން ނިކަމެތި ހާލު ފެނުނީމާ ހަމަ ހިތަށް ކެތްނުކުރެވިގެންނެވެ. ޔުއާން ޔަމާނީގެ މޫނުގައި އޭނާގެ ދެއަތުން ހިފަހައްޓައިލަމުން އޭނާގެ ދަރިފުޅުގެ ރަތްވެފާވާ ފެހި ދެލޮލަށް ބަލާލިއެވެ. ” ދަރިފުޅު ކީއްވެ ބައްޕަ ކައިރީ ކުރިން މިވާހަކަތައް ނުބުނީ ؟ ދަރިފުޅު ބައްޕަ އާއި މަންމައަށް އިތުބާރު ނުކުރަ–“ ”ނޫން. އިތުބާރު ނުކުރާތީއެށް ނޫން. މަންމަ އާއި ބައްޕަގެ ހިތުގައި ޖެހޭނެއެތީ. “ ޔުއާންގެ ޖުމްލަ މެދުކަނޑާލާފާ ޔަމާނީ އޭނާގެ ބައްޕަގެ ގައިގައި އޮޅުލަގަންނަމުން ބުންޏެވެ. ” ބައްޕާ އަޅުގަނޑަށް މާފުކުރޭ. އަޅުގަނޑަށް މާފުކުރޭ. “ ޔަމާނީ ރޮމުން ރޮމުން އޭނާގެ ލޯބިވާ ބައްޕަގެ ކިބައިން މާފަށް އެދުނެވެ. ޔުއާން އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. މި މަންޒަރު ބަލަން ދޮރުކަނީގައި ލެނގިލައިގެން ހުރި ސާޔަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

ޔުއާން އޭގެ އިރުކޮޅެއް ފަހުން ޔަމާނީގެ ކޮޓަރިން ނިކުތީ ޔުބީން ޔަމާނީގޮވައިގެން ކައިގެއަށް ދިޔުމުންނެވެ. އޭރު އޭނާގެ އަތުގައި ނުފައިލްގެ ކެވެލި ކޮޅު އޮތެވެ. ޔުއާންގޮސް ސޯފާގާ އިން ސާޔަންގެ ކޮނޑަށް އަތް ވައްޓަލަމުން ބުންޏެވެ. ” ހިނގާ ދާން. “ ” ކޮންތާކަށް ؟ “ ސާޔަން ވާނުވާގައި އިނދެ ސުވާލު ކޮށްލިއެވެ. ”ޕޮލިސް ސްޓޭޝަނަށް. “ ޔުއާން ހިނގައިގަންނަމުން ބުންޏެވެ.

ޔުއާން އާއި ސާޔަން ޕޮލިސް ސްޓޭޝަނަށް ގޮސް ހެއްކާއެކު ޔަމާނީ ރޭޕްކުރި މައްސަލަ ހުށަހެޅިއެވެ. އަދި ސާޔަންގެ ހެކި ބަސް އެކަމާއި ގުޅޭ ގޮތުން ދިނެވެ. އަދި ޕޮލިހުން، އެމައްސަލަ ހުށަހެޅިތާ 24 ގަޑިއިރު ތެރޭގައި ނުފައިލް އާއި އޭނާގެ ރައްޓެހިން ހައްޔަރު ކުރިއެވެ. ހަފްތާއެއްގެ ތެރޭގައި ކޯޓުގައި މިމައްސަލަ ބަލި ނުފައިލް އާއި އޭނާގެ ރައްޓެހިންގެ މައްޗަށް 50 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

*********************

2 މަސް ފަސް

ޑަކުޓަރުންނާއި، އާއިލާ މީހުންނާއި، ރައްޓެހިންގެ އެހީއާއެކު ޔަމާނީ މިހާރުވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައިއެވެ. ކުރީގައި ސާޔަންއާއި އަދި އެހެން ކުދިންނާއި އެކު މަޖާކުރާ ހެން މިހާރު ޔަމާނީ އެކުދިންނާއި އެކު މަޖާކޮށް ސަކަރާތް ޖަހައެވެ. އެއްވެސް ކަމެއް ނުވާ ފަދައިންނެއެވެ. ނަމަވެސް ” އެ ބިރުވެރި ރޭ“ ގެ ހަދާން ތަކަކީ ދުވަހު ވެސް ޔަމާނީގެ ހިތުން ފިލައިގެން ދާނެ ހަނދާން ތަކެއް ނޫނެވެ.

*** ނިމުނީ ***

ނޯޓް:- ވާހަކަ ނުގެނެސް ދެވި ލަސް ވީތީވެ ކިޔުން ތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން. އުންމީދު ކުރަނީ ތިޔަ އެންމެހާ ކިޔުންތެރީންނަށް މި ވާހަކަ ކަމުދިޔަކަމަށް. ހުރިހާ ކުދިންގެ ވެސް ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވާހަކަ އާއި މެދު ދެކޭގޮތް ކޮމެންޓް ސެކްޝަންގައި ހާމަކުރަށްވާ. އަޅުގަނޑުގެ އައު ވާހަކަ ” އެ ހަދާންތައް “ މިވާހަކައިގެ ޓްރެއިލާ މިއަދު ގެނެސްދޭނަން. މިވާހަކަ އަޕްލޯޑްކުރާނީ 15 ޖޫން ގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilly Aish

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 30

loabi viyas
Next

ލޯބި ވިޔަސް… 11ވަނަ ބައި

Next
loabi viyas
May 29, 2021

ލޯބި ވިޔަސް… 11ވަނަ ބައި

Previews
May 29, 2021

ނަފްރަތުން ވެވުނު ލޯބި 30

One Comment

  1. Fathimath Midhuha says:
    May 30, 2021 at 4:47 am

    I am a 16 yrs old girl who loves to read and write stories, hope you like it ??

Comments are closed.

Next Episodeއެ ބިރުވެރި ރޭ ( ހުރިހާ އެޕިސޯޑެއް އެކީ ) އިސްލާޙުކުރެވިފާ←


All Right Reserved!