Skip to content
އެސްފިޔަ

ބަޅިނދާ ކޮކާ

ދުނިޔޭގެ އަލިކަން ވާހިނދުން އުދުހެން އެދޭ ބަޅިނދާ ކޮކާ ތުނިތުނި ފިޔައިގައި ވަރުލަމުން ބުރުތައްޖަހަން ބަޅިނދާ ކޮކާ

ގަސްބޯ އެބިޔަ ޖަންގަލިތަކާ ވަސްމީރުވީ ގުލްޒާރުތައް
އަސްތާ އެފަޅުފިލުވައިދެނީ ކުލަރީތިވީ ބަޅިނދާ ކޮކާ

މިނިވަން ކަމާއެކު އުދުހެމުން ޖައްވުގެތެރޭ އެނަށާލަމުން
ފިނިކަން ހިތައް ގެނުވައިދެނީ ވަރަ ޗާލުވީ ބަޅިނދާ ކޮކާ

ފިޔަފަތުގެ ނަލަނަލަ މަންޒަރާ ފިޔަތަކުގެ ވިދުމާ ބެބުޅުމުން
ހިޔަ މޫނުތައް އަލިކޮށްދެނީ ފިޔަ ރީތިވީ ބަޅިނދާ ކޮކާ
‌
ފަޖުރާއެކީ ފަލަކުގެތެރޭ ވިހުރާ އެވަރަފަތް ހަލުވަމުން
އަޖުމައިގެ ގިނަގުނަ ހުނަރުތައް ދައްކައިދެނީ ބަޅިނދާ ކޮކާ

ފަތިހުގެ މަނާޒިރުތައް ބަލަން ކުދިބޮޑު ނިކުތް ގިނަމީހުނާ
“ފަތިހުގެ ސަލާން” ފުރަތަމަ ކުރީ ކުލަ ކުލަ އަރާ ބަޅިނދާ ކޮކާ

Comments (2)

  1. ކަލާ123

    ޅަފުރައިގެ ލިޔުންތެރީންގެ ލޯބީގެ ވާހަކަތައް މުގުރާ އަޅައިފައި އޮންނަ ސައިޓަކުން، މޫނުގައި . އައިސް ފިރުމައިލި ފަތިހުގެ ތާޒާ ފިނފިނި ރޯޅިއެއް ފަދަ ޅެމެއް.ޅެންވެރިޔާ ނިޒޫއަށް ދަރުމަހުރި! އަދިވެސް ނިޒޫގެ ޅެންތައް މިސައިޓުން ފެންނާނެ ކަމަށް އުންމީދުކުރަން

    1. Anonymous
      ކަލާ123

      ޝުކުރިއްޔާ

Comments are closed.