Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރަމޭ ލޯބިވާތީ( ތިން ވަނަ ބައި)

Daisy queen Level 1
October 22, 2020 4 Mins Read
9 Comments

 

އޭ. އައި. ކޮމްޕެނީ ގެ ތެރެއަށް ވަދެގެން އައި ޒުވާނާ އަށް ގިނަ ބައެއްގެ ނަޒަރުތައް ދިޔައީ ހުއްޓެމުންނެވެ. މިކަމަށް އެ ޒުވާނާ ގެ ފަރުވާލެއް ނެތެވެ. ނޫނީ އަބަދު އަބަދު މިކަން މިހެންވާތީ އާދަވެފައި ހުރީ އެވެ. އެ ޒުވާނާގެ ފަން އިސްތަށިގަނޑު ކުރުކޮށް ކޮށާ ލައިފައިވާއިރު ހުރީ ޒަމާނީ ސްޓައިލަކަށް ހަދާ ގަދަ މުށިކުލައިން ހައިލައިޓު ކޮށްލާފައެވެ. އެ ގަދަ މުށި ކުލައިގެ ކަނޑެއް ހާ ފުން ކަޅި އަށް ގެނބިގެން ދާން މާ ގިނަ އިރެއް ނުނަގާނެކަން ގައިމެވެ. އެ ޒުވާނާ ލައިފައި ހުރި ކަޅުކުލައިގެ ޒަމާނީ ފަޓުލޫނުންނާއި މެރޫން ކުލައިގެ ކުލައިގެ ގަމީހުން ،އެ ޒުވާނާ ދައްކަނީ އޭނާގެ އުމުރަށް ވުރެ ޒުވާން ކޮށެވެ . އަންހެން ކުދިން މޮޔަވާނެކަން ގައިމެވެ. އަދި ގަމީސް މަތިން ލައިފައިވި ކަޅު ކުލައިގެ ކޯޓުން ރަސްމީ ކަމަށް ދައްކައެވެ. މި ޒުވާނާ އަށް ގާތްގަނޑަކަށް ވާނީ 22 އަހަރެވެ. “ދަރިފުޅާ އިޔާން”

 

*****************************

 

އެ ޒުވާނާ އަށް އޮފީސް ތެރެއިން މީހަކު ގޮވައިލުމުން އެ މީހަކު ހުރި ފަރާތަށް އެނބުރި ބަލާލައިފައި ހިނިތުން ވެލިއެވެ. އެ މީހާ ގެ ބޮލުގެ ގިނަ އިސްތަށި ނުރައަށް ވެފައި ހުރިއިރު ލައިފައި ހުރި ކޯޓު ފަޓުލޫނުން ރަސްމީ ކަމަށް ދައްކައެވެ. އެ މީހާ އައުމުން އެ ފްލޯގައި ތިބި ސްޓާފުން އެ މީހާ އަށް އަދަބު އިޙްތިރާމް އަދާކުރުމުން އެއީ އެ އޮފީހުގެ ވަރަށް މަތީ މީހެއްކަން ހާމަވެއެވެ.

 

“ލައްބަ ބައްޕާ” އިޔާން ހިނިތުންވެލައިގެން އިރުކޮޅަކު ހުރުމަށްފަހު އެ މީހާ އަށް ޖަވާބު ދިނެވެ. އެ ފިރިހެންވަންތަ އަޑު ޖެހޭ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ގުޑުންވިގެން ދާނެކަން ގައިމެވެ. އެ މީހާ އަށް ނިސްބަތް ކޮށް އިޔާން ބައްޕަ އޭ ބުނުމުން  އެއީ އިޔާން ގެ ބައްޕަ ކަން ހާމަވެއެވެ.

 

“ދަރިފުޅާ ބައްޕަ ވަރަށް އުފާ ވެއްޖެ. ބައްޕަ ގެ ކުންފުންޏަށް ވަނީމަ. ކޮއްކޮ ލަންޑަނުން އައިސްފަވެސް ހިޔެއްނުވޭ މި ކުންފުންޏަށް ވަންނާނެހެނެއް. މިދިޔަ އަހަރުގަ ދޯ ލަންޑަނަށް ދިޔައީ . ތުލުސްދޫ އަށް ގޮއްސަ އައިސްފަ. ދަރިފުޅު މިދާއިރާ އިން ކުރިއަށް ދާތީ ބައްޕަ ވަރަށް އުފާ ވެއްޖެ. “އޭ. އައި ކޮމްޕެނީ ކޮމްޕެނީ ގެ ސީ އީ އޯ އަދި އިޔާން ގެ ބައްޕަ އަލީމް އިޔާން އާ މުޚާތަބުކޮށް ބުނެލިއެވެ.

 

ބައްޕާ. އަޅުގަނޑު މި ކުންފުންޏަށް ހިދުމަތް ކޮށްދޭ ހިތުން ހަމަ މި އައީ. ބައްޕާ ތޭންކްސް އިނގެ އަޅުގަނޑަށް މި ފުރުސަތު ދިނީމާ. ލައްބަ ކޮއްކޮ މިދިޔަ އަހަރު ލަންޑަނަށް ދިޔާ” އިޔާން ބުނެލިއެވެ. “އެހެންވީމާ ދަރިފުޅާ އިޔާން މިހާރު ބައްޕަ ގެ އަހަރުން 50 އަށް ވުރެ މަތިވީ. އެހެންކަމުން ބައްޕަ އަކަށް ހިޔެއްނުވޭ މި ސީއީއޯ ގެ މަގާމު ބައްޕަ އަށް އަދާކުރާހާ ބާރު ބައްޕަ ގެ ހުރިހެން އެހެންވީމާ ބައްޕަ އަށް ފެންނަނީ ދަރިފުޅު މި މަޤާމާއި ގުޅެން ދަރިފުޅު ކީކޭ ބުނަނީ ؟ އަލީމް އިޔާން ކައިރީގައި އަހާލިއެވެ.

 

“ލައްބަ ބައްޕާ އަޅުގަނޑަށް އޯކޭ”އިޔާން އަލީމް އާއި ދިމާއަށް ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.”ސޯ ނީޒާ މިރޭ އަށެއް ޖަހާއިރު މީޓިން އެއް އޮންނާނެ ކަމަށް ހުރިހާ ސްޓާފުންނަށް އަންގާ އެންޑް މީޓިން ރޫމު ރެޑީ ކޮށްދޭތި”އަލީމް ރިސެޕްޝަން އާއި ދިމާއަށް އެނބުރި ލުމަށްފަހު އެހެންބުނެލުމުން ރިސެޕްޝަން ގައި އިން ނީޒާ ބޯޖަހާ ލިއެވެ.”ދަރިފުޅާ ހިނގާ ދޯ އޮފީސް ތެރެ ބަލައިލަން ދާން ” އަލީމް،އިޔާން އާއި ދިމާއަށް މިހެން ބުނެލުމަށްފަހު ލިފްޓު އާއި ދިމާއަށް މިސްރާބު ޖެހި އެވެ.

 

******************************

 

މާހީން، މާހީން ގެ ކޮޓަރީ ގައި ހުރީ ފޮށްޓަށް އެއްޗެހި އަޅަންށެވެ. ދޭތެރޭ ދޭތެރެއިން ކަރުނަ ފުހެލާގޮތުންނާއި ނޭފަތް އެތެރެއަށް ދަމާލާ ގޮތުން ރޮނީ ކަން އެނގެއެވެ. މާހީން އެހެން ހުރެހުރެފައި ކޮޓަރި ތެރެއަށް ވެސް ނަޒަރު ހިންގާލައެވެ. ކޮޓަރީ ގެ ފާރުތައް ލެވެންޑަރ ކުލައިން ފަޅުފިލުވައިފައިވާއިރު ފަރުނީޗަރު ތައް ހުރީ ހުދުކުލައިގައެވެ. ސިންގަލް އެނދުގައި އަޅަލެވިފައިވަނީ ލެވެންޑަރ ކުލައިގެ ބެޑުޝީޓެކެވެ. ހުދާއި ލެވެންޑަރ ކުލައިގެ ޑިސައިނެއްހުރި އުރަ ބާލީސް ތަކަށް ލެއްވިފައިވާއިރު ބެޑުޝީޓު މަތިން އަޅާލެވިފައިވާ ކުއިލްޓު ވެސް އޮތީ އެ ޑިޒައިންގައެވެ. ކުޑަދޮރު ގެ ކާޓައިން ތައް ހުދު ކުލައިގައި ހުރިއިރު ކޮޓަރީ ގައި އަޅާލެވިފައިވާ ރަގް އޮތީ ލެވެންޑަރ ކުލައިގައެވެ. ކޮޓަރިއަށް ބަލާލައިފާވެސް މާހީން އަކީ ލެވެންޑަރ ކުލައަށް ލޯބިކުރާ ކުއްޖެއްކަން އެނގިގެން ދެއެވެ.

 

ކޮޓަރީ ގެ ދޮރު ހުޅުވުން އަޑަށް މާހީން،މާހީން ގެ ކޯތާފަތް މަތީގައި ހުރި ކަރުނަތަށް ފުހެލި އެވެ. އަދި ދޮރު ހުޅުވީ ކާކު ތޯ ބެލުމަށް ޓަކައި އެ ފަރާތަށް އެނބުރި ބަލާލި އެވެ. ކުރިމަތީގައި ހުރީ މާހީން ގެ ލޯބިވާ މަންމަ އެވެ. މާހީން އާއި މާހީން ގެ ދޮންބެ މާހިލް ގެ ބައްޕަ މަރުވުމުން އެކަނިމާއެކަނި ބައްޕަ އެއްގެ ޒިންމާ އާއި މަންމަ އެއްގެ ޒިންމާ ނެގީ މާހީން ގެ މަންމަ މުނީރާ އެވެ.

 

“ދަރިފުޅާ އެއްޗެހި ފޮށްޓަށް އަޅާ އަދިވެސް ނުނިމެނީތަ ؟”މުނީރާ އޭނާގެ ލޯބިވާ ދަރިފުޅު ގާތު އަހާ ލިއެވެ. “ނޫނޭ މަންމާ މިދެން މި ނިމެނީ” މާހީން މުނީރާ އަށް ބަލައިލުމަށް ފަހު ބުނެލިއެވެ.”ދަރިފުޅާ އާދެ ބަލަ މިތާ އިށީނދެލަން މަންމަ އެބޮތް ވާހަކަ އެއް ބުނަންވެފަ “އެނދު ގައި އިށީންނަމުން މުނީރާ ބުނެލިއެވެ. މާހީން އައިސް އިށީންނުމުން މުނީރާ އޭނާގެ ވާހަކަ ފެށިއެވެ.” މާހީން ދަރިފުޅާ ތީ މަންމަ ގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅަކީ ދެން ހުރީ ދޮންބެ ދޮންބެ އެ އުޅެނީ މާލޭގައި. ދަރިފުޅު މަންމަ ކައިރީ ނެތީމާ މަންމަ ވަރަށް އެކަނިވެރި ވާނެ އެކަމަކު ދަރިފުޅު މާލެ މިފޮނުވަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށް ދޮންބެ ކައިރީގައި ބުނެގެން ވަޒީފާ އެއް ހޯދައިގެން އަމިއްލަ އަށް އުޅެވޭނީ. ދަރިފުޅާ މަންމަ ވަރަށް ހަނދާންވާނެ. މާލެ ގޮއްސަ ބަސްއަހާތި. މަންމަ ލަދުގަންނަ ފަދަ ކަމެއް ނުކުރާތި. މަންމަ އަބަދުވެސް ލޯބިވާނެ ދަރިފުޅު ދެކެ. “މުނީރާ ގެ ވާހަކަ ނިންމާލިއިރު ދެމައިންނަށް ވެސް ތިބީ ރޮވިފައެވެ.” އިންޝާ ﷲ “މާހީން އަށް އިތުރު ބަހެއް ނުބުނެވުނެވެ. ރޮމުން ރޮމުން މުނީރާ ގެ ގައިގައި ބައްދައިގަތެވެ.

 

*****

 

އަނެއް ދުވަހުގެ އިރު އެރިއިރު މުނީރާ،ކިރަން އަދި މާހީން ތިބީ ބަނދަރު މަތީގައެވެ. ފުރަން ހަމަޖެހިފައި އޮތް ލޯންޗް ގެ ކައްޕި ފުރަން ގޮވުމުން މާހީން ކިތަންމެ ނާއި ސަލާމް ކުރަން ދިޔައެވެ. “އައި ވިލް މިސް ޔޫ މާހީ ކޮންމެ ރެއަކު ޖެހޭނެ ގުޅަން.” ކިރަން މިހެންބުނުމަށް ފަހު ސަލާމް ކޮށްފައި މާހީން ގެ ގައިގައި ބައްދައިގަތެވެ. އަދި މުނީރާ ކައިރިއަށް ގޮއްސައި ބައްދައިލުމަށް ފަހު ލޯންޗަށް އަރަން މިސްރާބު ޖެހި އެވެ. ލޯންޗަށް އަރާ ހަމަޖެހިލުމަށްފަހު ކިރަން މެން ނަށް ހަނާ އަޅާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލި އެވެ. އަދި ހިތަށް އެރި އެވެ. މާހީން ގެ މުސްތަޤުބަލު އަދި އޮތީ ކުރި އަށެވެ. މިދެވެނީ މުޅިން އާ ތަނަކަށެވެ. މާހީން ގެ މާޒީ މާހީން ގެ މުސްތަޤުބަލު އަށް ހުރަސް އެޅުނަކަނުދޭނަމެވެ. މާހީން މިހެން ހިތަށް އެރުމަށް ފަހު ދެލޯ މަރާލިއެވެ.

 

**************************

 

މާހީން އަށް މާލެއަށް ގޮއްސައި ކުރިމަތިވާނީ ކޮންކަހަލަ ކަންކަމާ ހެއްޔެވެ؟މާހީން ގެ މުސްތަޤުބަލަށް މާހީން ގެ މާޒީ ހިޔަނި އަޅާނެހެއްޔެވެ؟މި ސުވާލު ތަކުގެ ޖަވާބު ހޯދުމަށް ޓަކައި ދެން އޮތް ބައި ތައް ވެސް ކިޔާލާނެ ކަމަށް އުންމީދު ކުރަމެވެ.

 

އަޅުގަނޑު ގެ އިންސްޓަ އައި ޑީ :-eesh1001

 

އަޅުގަނޑު ގެ ސްނެޕް އައިޑީ :-daisy-queen

 

އަޅުގަނޑު ގެ ޖީމެއިލް ބަޔޯ ބޮކްސް ގާ އިންނާނެ.. މިތާގައި ނުއެއް ލިޔެވުން އެއެއް??????

 

Share Article

Follow Me Written By

Daisy queen

Level 1

A real writer doesn't just want to write??;A real writer✏ has to write✏ 12 yr old gurl? who loves? to write and read dhivehi stories. ?Negative and positive comments are welcome❤ contact via hangouts [email protected] Nd feel free to tal in insta❤ eesh1001 or bub_bles15

Other Articles

Previous

ތިން ލަފްޒުން (4)

Next

ބަޅިނދާ ކޮކާ

Next
October 22, 2020

ބަޅިނދާ ކޮކާ

Previews
October 22, 2020

ތިން ލަފްޒުން (4)

9 Comments!

  1. R¥N says:
    October 22, 2020 at 11:15 pm

    Ryn 1st thrr

  2. R¥N says:
    October 22, 2020 at 11:16 pm

    Maasha Allah ❤❤❤❤
    Mi part vx v reethi ??????
    Keep it up dear ???
    Waiting for the nxt prt ????
    Tc ???

  3. ?Ril? says:
    October 22, 2020 at 11:17 pm

    Heiii daisy queen❤️❤️??
    Vrh Sali mi part vess ❤️❤️❤️???????????????????
    Masha Allah vrh furihama❤️❤️❤️❤️???????❤️❤️❤️
    Vrh curiouse ingey dhen oi part ah ❤️❤️
    Avaha up kohladeycheyy ingeyyy❤️❤️❤️
    Waiting for the next part❤️❤️❤️
    Love uuuu❤️❤️❤️❤️❤️
    Stay safe ❤️❤️❤️❤️

    1. ?Ril? says:
      October 22, 2020 at 11:18 pm

      Ohh mifaharu ryn 1st dhw
      Ril 2nd mifaharu
      Vrh gai gaathun mi cmnt kurevunu dhw ryn?????????????????❤️❤️❤️?????

    2. R¥N says:
      October 22, 2020 at 11:21 pm

      Hahahaha ahsu vx dho ril

    3. ?Ril? says:
      October 23, 2020 at 8:30 am

      Hehe Yh dhw ryn❤️❤️❤️❤️????????

  4. ❤shyn❤ says:
    October 22, 2020 at 11:50 pm

    Maasha Allah ???????????????????vrh vrh reethi mi part vx ????????????????????curiously waiting for the nxt part ?????????????stay safe ???????much lve frm shyn ??????????????????

  5. ?LamHaa? says:
    October 23, 2020 at 10:52 am

    Maasha allah V reethi mi part vx
    Whn is nxt part
    Curiously Waiting for nxt part
    Stay safe n Tc
    Lyyysssmmm

  6. Maany says:
    October 23, 2020 at 8:52 pm

    Mi part vx varah reethi masha Allah
    Waiting for the next

Comments are closed.



All Right Reserved!