Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާޒީން 9

Afsheen Level 110 Stories
October 21, 2020 2 Mins Read
3 Comments

“ހޫނ. ކޮށްފިން.” އާޒީން ބުންޏެވެ.*

މަޣްރިބް ނަމާދުގެ ވަގުތު ފާއިތުވެގެން ގޮސް ޢިޝާ ނަމާދު ބަންގި ގޮވައިފިއެވެ. އެންމެން ޢިޝާ ނަމާދުކޮށް ބަތް ކައިގެން ނިދަން އޮށޯތެވެ. 12 ޖަހައި ބޮޑުވެއްޖެއެވެ. އާލިކްއަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރު ހިތްކައިގެންނެވެ. އާލިކް ގޮދަނޑިން ތެދުވިއިރު އާޒީން އެނދަކުނެތެވެ. އާލިކް ލައިގެން ހުރި ސޯޓުގެ މަތިން އަތްކުރު ޖޯޒީއެއް ލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.

ބޭރަށް ނުކުތް އިރު އާޒީން ފެންނަން ނެތުމުން އާލިކް ކުޑަކޮށް ނުތަނަވަސްވިއެވެ. އާލިކް ފެން ބޮއޮއިގެން ގެއިން ބޭރަށް ނުކުތީ އާޒީންގެ އެއްވެސް ހިލަމެއް ވޭތޯއެވެ. ނަމަވެސް އާޒީންގެ އެއްވެސް ހިލަމެއް ނުވުމުން އާލިކް ހާސްވާން ފެށިއެވެ. އާލިކް އެއްލި ކަޅިއަކުން ފެނުނީ އަންހެން ކުއްޖަކު ގޯޅިއަކަށް އަޅަނިކޮށެވެ. އެހެން ކަމުން އާލިކް އެކުއްޖާ އާއި ފާރަލަމުން ދިޔައެވެ. އެކުއްޖާ ކުއްލިޔަކަށް ވަލަށްވަނެވެ. އާލިކް ވަންނަން ނުވަންނަން ހުރެފައި ވަލަށްވަނެވެ. އެކުއްޖާ އާއި ފާރަލަމުން ދަނިކޮށް އެކުއްޖާ ހުއްޓުނީ ދުވަސްވެފައިވާ ފަޅު ގެއެއްގެ ކުރިމަތީގައެވެ.

ކުއްލިއަކަށް މީހަކު ބަލާހެން ހީވެގެން އެކުއްޖާ ފަހަތް ބަލާލިއެވެ. އާލިކް ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮއެވެ. “އާޒް؟” އާލިކް މަޑުމަޑުން ބުންޏެވެ. “އާޒް ކީއްވެ މި ގަޑީގަ އެ މިތަނަށް އައީ؟” އާލިކް ހިތާއި ހިތުން ސުވާލު ކުރަމުން ދިޔައެވެ. “މަންމާ!” އާޒީން ގޮވައިލިއެވެ. އާލިކް ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އާލިކް ބަލަން ހުއްޓައި އަންހެނަކު އެގެއިން ބޭރަށް ނުކުތެވެ.

އެ އަންހެންމީހާގެ ޢުމުރުން ގާތްގަނޑަކަށް 45 ވަރަކަށް އަހަރު ވެދާނެވެ. އެ އަންހެން މީހާ ކޮށްލި އިޝާތަކުން ތިރިއަށް އެއްޗެއް ވެއްޓުނެވެ. އެއީ ރަތް ކުލައިގެ ބޯޅައެއް ކަހަލަ އެއްޗެކެވެ. އެ ބޯޅަ ތެރޭގައި އޮތް އެއްޗެއް ނޭނގުމުން އަދިވެސް އާލިކް އެތާނގައި އިނެވެ. މިފަހަރު އާޒީން ކޮށްލި އިޝާރާތަކުން އެ ބޯޅަ ފަޅައިގެން ދިޔައެވެ.

އެ ބޯޅަ ތެރެއިން ނުކުތް ކުއްޖާ ފެނިފައި އާލިކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެ ބޯޅަ ތެރެއިން ނުކުތީ އާޒީންއެވެ. އާޒީން އެ ބޯޅަ ތެރެއިން ވެއްޓުނު އިރު އޭނާގެ ދެފައިގައި ހިލިހިލާ ޖަހައިފައި ހުއްޓެވެ. އާލިކް ގެ ހިތުގައި ސުވާލުތައް ފުނި ޖެހުނެވެ. ދެން ފެނުނީ އާޒީން އަންހެން ކުއްޖަކަށް ބަދަލުވި ތަނެވެ. އެއީ ވެސް އާލިކް ހައިރާންކޮށްލި މަންޒަރެކެވެ. އާލިކް ހައިރާންވީ އެ ކުއްޖާ ބަދަލުވުމަކުންނެއް ނޫނެވެ. އެއީ ކޮން ކުއްޖެއްކަން އެނގުމުންނެވެ.

އާނއެކެވެ! އެއީ ރީހާއެވެ. ދެން ކުއްލިއަކަށް ފެނުނީ އޭނާގެ ލޯބިވާ ކޮއްކޮގެ ގައިގައި އެ ދެމީހުން ދަނޑި ބުރި އަކުން ތަޅަނިކޮށެވެ. “ދައްތާ! ޕްލީޒް އަހަރެން ދޫކޮށްލާ! އާދޭސްކޮށްފަ މިބުނީ.” އެމީހުންނަކަށް އަޑުއިވުނު ކަމަކަށްވެސް ނަހަދައެވެ. އެ ނާޒުކު އަންހެން ކުއްޖާގެ ގައިގައި ތަޅަމުން ދާތަން ފެންނަ ކޮންމެ މީހަކު ފެންކަޅިވާނެކަން ޔަޤީނެވެ. އާލިކްގެ ގާތަށް އައި ރުޅިންނާއި ދެރައިން އޭނާ ތެދުވަން އުޅުނުތަނާހެން ދެމީހަކު އައިސް އޭނާ ހިފަހައްޓައިގެން ފަޅުގެއަކަށް ވެއްދިއެވެ.

*އެއީ ކޮން ބައެއްބާ ؟

ނުނިމޭ

10 ވަނަ ބަޔަށް އިންތިޒާރު ކުރައްވާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afsheen

Level 110 Stories

Other Articles

Previous

އާޒީން 8

Next

މި ހިތުން މަޤާމޭ މި ދެނީ 4

Next
October 22, 2020

މި ހިތުން މަޤާމޭ މި ދެނީ 4

Previews
October 21, 2020

އާޒީން 8

3 Comments!

  1. ?Zaakko? says:
    October 21, 2020 at 8:41 pm

    Story hama varah reethi ??? .. waiting for the next part. .
    ??????????????

  2. ?Ishoo? says:
    October 22, 2020 at 12:57 am

    Story hama varah reethi?❤???
    Waiting for next part??????
    Iuv u ❤????????❤??
    I will always support to you sis?
    Stay safe ??????????

  3. Handi kujjaa says:
    October 22, 2020 at 7:30 am

    Dharifoo Migothah vaahaka nuliuniyyaa rangalhu vaanee

Comments are closed.

Next Episodeއާޒީން 7←


All Right Reserved!