މާލެއަށް އިރު އަރައިިފިއެވެ. މީހުންތައް ގޭގެއިން ނިކުމެ ވަޒީފާތަކށާއި އެހެނިހެން ތަންތަނަށް ދާން ފަށައިފިއެވެ. އަހރެންވެސް ސައިކަލުގައި މިސްރާބުޖެހީ އޮފީހާއި ދިމާއަށެވެ. އޮފީސް ކައިރީގައި ސައިކަލު ޕާކްކޮށްލުމަށްފަހު ވަނުމާއިއެކު އެއްވާހަކައަކަށް އިވެންފެށީ ޗައިނާއިން ފެނުނު ނުރައްކާތެރި ގައިން ގަޔަށް އަރާ ވައިރަސް އެކިއެކި ޤައުމުތަކަށް ފެތުރެން ފެށި ވާހަަަކައެވެ. އަހަރެންނަކީ މިކަހަލަ ވާހަކަތައް ޤަބޫލުކުރާ މީހެއް ނޫނެވެ. އަހަރެން ހީކުރަނީ ފަރުވާ ނުލިބޭ ބައްޔެއް އުޅޭ ވާހަކައަކީ ފުލޯކު ވާހަކައެއް ކަމަށެވެ. އެހެންކަމުން މި ވާހަކައަށް ފަރުވާ […]
“ހަހަހަ…” ކުއްލިއަކަށް އިވުނީ ފަހަތުން މީހަކު ހޭ އަޑެވެ. އާލިކް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އަންހެން ކުއްޖެކެވެ. “ތިއީ ކާކު؟” އާލިކް ހައިރާންކަމާއިއެކު އެއްސެވެ. “އަހަރެން؟ހަހަހަ.. އަހަރެންނަކީ އޭލިއަނެއް. އަހަރެންގެ ނަމަކީ ރީހާ.” ރީހާ ބުންޏެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” އާލިކް ފޫހިކަމާއިއެކު އެއްސެވެ. “އަހަރެންނަށް އެނގޭ އާޒީންދެކެ އާލިކް ތިހިރީ ރުޅިއައިސްފަކަން. އަހަރެންގެ އެއޮތް މޮޅު ގޮތެއް އާޒީން ހަމައަކަށް އަޅުވަން. އެކަމަކު އަހަރެން ބޭނުން އާޒީންގެ ފަށް! ދޭނަންތަ؟” ރީހާ […]
*”ހަހަަހަ…. ކިތަންމެ ވަރަކަށް ހަޅޭލެވިއަސް އާޒީން ސަލާމަތް ކުރާކަށް މީހަކު ނާންނާނެ.” ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “އަހަރެން ބޭނުމީ އާޒީންގެ މި ފަށް.” ރާހިލް އާޒީންގެ ފަށުގައި ހިފައިލަމުން މަކަރުވެރި ހިނިތުންވުމަކާއި އެކު އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީން ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ކުއްލިއަކަށް ފަށް ދިއްލެން ފެށިއެވެ. ރާހިލް ސިހުނުވަރުން އާޒީންގެ އަތުން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. މި ދަނޑިވަޅު ބަލައިފައި އާޒީން ކޮޓަރިން ބޭރަށް ނިކުތެވެ. ހަމަ ނިކުތުމާއިއެކު މީހަކުގެ ގައިގައި ޖެހިފައި […]
*އާޒީންގެ ފޯނު ހިފައިގެން ސޯފައިގައި އިށީނދެލީ އާލިކް އަންނަންދެނެވެ. ނަދީމާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އާޒީން އެދިމާއަށް ބަލައިލި އިރު އާލިކް ނިކުމެގެން އަންނަތަން ފެނުނެވެ. އާލިކް ލައިގެން ހުރީ މަޑު ރަތް ކުލައިގެ ޓީޝާޓަކާއި އޭގެ މަތިން ރީނދޫ ކުލައިގެ ޖެކެޓެކެވެ. އަދި އޭނާގެ މުށި ކުލައިގެ އިސްތަށިގަނޑު ޖެލް ލައިގެން ސްޓައިލް ކޮށްފައި ހުރި އިރު ލައިފައި ހުރި އައިސް ބްލޫ ޖިންސުން އޭނާ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.* “ހިނގާ ދާން.” އާޒީން […]
“ހޫނ. ކޮށްފިން.” އާޒީން ބުންޏެވެ.* މަޣްރިބް ނަމާދުގެ ވަގުތު ފާއިތުވެގެން ގޮސް ޢިޝާ ނަމާދު ބަންގި ގޮވައިފިއެވެ. އެންމެން ޢިޝާ ނަމާދުކޮށް ބަތް ކައިގެން ނިދަން އޮށޯތެވެ. 12 ޖަހައި ބޮޑުވެއްޖެއެވެ. އާލިކްއަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރު ހިތްކައިގެންނެވެ. އާލިކް ގޮދަނޑިން ތެދުވިއިރު އާޒީން އެނދަކުނެތެވެ. އާލިކް ލައިގެން ހުރި ސޯޓުގެ މަތިން އަތްކުރު ޖޯޒީއެއް ލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ބޭރަށް ނުކުތް އިރު އާޒީން ފެންނަން ނެތުމުން އާލިކް ކުޑަކޮށް ނުތަނަވަސްވިއެވެ. އާލިކް […]
*”ހަހަހަ…” ކުއްލިއަކަށް އިވުނީ ފަހަތުން މީހަކު ހޭ އަޑެވެ. އާލިކް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އަންހެން ކުއްޖެކެވެ. “ތިއީ ކާކު؟” އާލިކް ހައިރާންކަމާއިއެކު އެއްސެވެ. “އަހަރެން؟ހަހަހަ.. އަހަރެންނަކީ އޭލިއަނެއް. އަހަރެންގެ ނަމަކީ ރީހާ.” ރީހާ ބުންޏެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” އާލިކް ފޫހިކަމާއިއެކު އެއްސެވެ. “އަހަރެންނަށް އެނގޭ އާޒީންދެކެ އާލިކް ތިހިރީ ރުޅިއައިސްފަކަން. އަހަރެންގެ އެއޮތް މޮޅު ގޮތެއް އާޒީން ހަމައަކަށް އަޅުވަން. އެކަމަކު އަހަރެން ބޭނުން އާޒީންގެ ފަށް! ދޭނަންތަ؟” ރީހާ […]
*އެ ހަތަރު މީހުން ބަލާގޮތުން އާޒީންއަށާއި އާލިކްއަށް ހެވުނެވެ. “ހަހަަހަ…. ދެޓް އިޒް ނެޓްރަލް… ހަހަހަ…” އާލިކް ހެމުން ހެމުން ބުންޏެވެ. “ނޯވޭ…. ޔޫ އާރ ލައިންގް…..” ލާއިން ޤަބޫލުނުކުރެވިގެން ބުންޏެވެ.* “އޯހް…. ބުނަން ހަނދާންނެތިފައި މިހުންނަނީ..” އާލިކްގެ ހުޑީގެ ބޯ ތިރިކޮށްލަމުން ބުންޏެވެ. “އިނާ އެބަ އާދޭ ހަތަރު ގަޑި ފަނަރައިގައި ޒީމް އާ އެއްކޮށް.” އާލިކްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ގަޑިން ކިހާވަރެއް؟” އާޒީން އެއްސެވެ. “ތިނެއް ޖެހީ.” އާލިކްގެ އަތުގައި އަޅައިފައި އޮތް […]
*”ތުއްތާ! އާދޭ ކާން. އާޒް އާ ދޮންބެ ވެސް.” ނިޝާ ގޮވައިލިއެވެ. “ނިޝޫ…..” އާޒީންއަށް ބުނެވުނެވެ. “ޕިސް. ދެން ތިހެން ނުހުރެ ކާން އާދެބަލަ.” ނިޝާ ބުންޏެވެ. ހުރިހާ އެންމެން ކައި ނިމިގެން ދިޔައީ ކޮޓަރިއަށެވެ. “މަންމާ އެބަ އަންނަން އަތިރިމައްޗަށް ގޮސްލާފަ އިނގޭ.” އާޒީން ބުންޏެވެ. ޢާއިޝާގެ ހުއްދަ ލިބުމާއެކު އާޒީން ވަރަށް ފަރިތަކަމާއިއެކު އަތިރިމައްޗަށް ދިޔައެވެ. “ކައިލާ.” މީހަކު އާޒީންގެ ކޮނޑުމަތީގައި އަތް ބޭއްވިހެން ހީވުމާއެކު އޭނާ ފަހަތަށް އެނބުރުނެވެ. “ހެއި. އަމް…. ތީ […]
*”އާޒް!؟!” އާލިކް އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީންގެ ކަރުގައި އަޅާފައިވާ ފަށް ދިއްލެން ފެށިއެވެ. އާލިކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އިވުނު ބާރު އަޑާއިއެކު އާލިކްގެ ކަންފަތުގައި ވަރަށް ބާރަށް އަތް އެޅިއެވެ. 1 މިނެޓެއްހާއިރު ފަހުން އެއަޑު އެއްކޮށް ކެނޑުނެވެ. އެއިރު އާޒީން އޮތީ ބިންމައްޗަށް ދެމިފައެވެ. “އާޒް!!!” އާލިކް އާޒީންއަށް ގޮވަމުން ދިޔައެވެ. * ކުއްލިއަކަށް އާޒީން ދެލޯ ހުޅުވައިލިއެވެ. އާލިކްއަށް ހިނިތުންވެވުނެވެ. “އާޒް…. އާރް ޔޫ އޯކޭ؟ ދެންމެ ކިހިނެތް އެވީ؟ތިއީ […]