އާޒީން 7
*އާޒީންގެ ފޯނު ހިފައިގެން ސޯފައިގައި އިށީނދެލީ އާލިކް އަންނަންދެނެވެ. ނަދީމާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އާޒީން އެދިމާއަށް ބަލައިލި އިރު އާލިކް ނިކުމެގެން އަންނަތަން ފެނުނެވެ. އާލިކް ލައިގެން ހުރީ މަޑު ރަތް ކުލައިގެ ޓީޝާޓަކާއި އޭގެ މަތިން ރީނދޫ ކުލައިގެ ޖެކެޓެކެވެ. އަދި އޭނާގެ މުށި ކުލައިގެ އިސްތަށިގަނޑު ޖެލް ލައިގެން ސްޓައިލް ކޮށްފައި ހުރި އިރު ލައިފައި ހުރި އައިސް ބްލޫ ޖިންސުން އޭނާ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.*
“ހިނގާ ދާން.” އާޒީން މިހެން ބުނުމަށް ފަހު ބޭރަށްދިޔައެވެ. “ސައި ނުބޯނަންތަ؟” ނަދީމާ ވަރަށް ބާރަށް އެއްސެވެ. “ލައްބަ. ކެފޭއަކަށް މި ދަނީ.” އާލިކް ޖަވާބުދިނުމަށަފަހު ބޭރަށް ނުކުތެވެ. އެއިރު ޒައިނާ އާއި އާޒީންގެ އިތުރުން ޒައީމްވެސް ތިބީ އޮލަ ވާހަކައިގައެވެ. އާލިކްގެ ހިލަމެއްވެސް ނުވާކަހައެވެ. “އަދިވެސް ވާހަކަ ގޯނި ހުސްނުވޭތަ؟” އާލިކް 2 މިނެޓު މަޑުކޮށްގެން ހުރުމަށްފަހު އެއްސެވެ. “ދޮންބެވެސް އެއޮތް ނުކުތީއެއްނުން؟ ހިނގާ ދާން.” އާޒީން ބުންޏެވެ.
“ކޮންތާކަށް ދާނީ؟” ޒައިނާ އެއްސެވެ. “ހިނގާބަލަ އެއްކަލަ އަލަށް ހުޅުވި ރެސްޓޯރެންޓަށް ދާން. ކޮން ނަމެއް ތަ އެތަނަށް ކިޔަނީވެސް؟” ޒައީމް ބޯކަހަމުން ބުންޏެވެ. “އާނ… މައިކްރޮސްކޯޕް ކިޔަނީ…” ޒައީމް ބުންޏެވެ. “މައިކްރޮސްކޯޕް؟ އެއީވެސް ދެން މީހުން ކިޔާ ނަމެއްތަ؟” އާލިކް ހައިރާންކަމާއިއެކު އެއްސެވެ. ޒައީމް ބޯ ޖެހިއެވެ. “އެހެންވިއްޔާ އާޒް ކޮންކަހަލަ މައިކްރޮސްކޯޕްއެއް ނަގާނީ؟ ކުޑަ އެއްޗެކަކުން ބަނޑު ފުރޭނެ ދޯ؟” އާލިކް ގަސްތުގައި އާޒީން ރުޅިއަރުވައިލަން ބުންޏެވެ. ޒައިނާ އާއި ޒައީމްގެ ހިނިގަނޑު ތިބީ ބަނޑަށް ހިންދައިލައިގެންނެވެ.
ނަމަވެސް އާލިކްއަކަށް މިފަހަރު އާޒީން ރުޅިއެއްނޭރުވުނެވެ. އާޒީން އިނީ ކަމަކާއި ވިސްނާށެވެ. އާލިކްއަށް މިވީ ކިހިނެތްކަން އެނގުނެވެ. “ކީތްވެތަ ދޮންބެ ބުނާ އެއްޗެހި އަޑު ނާހަނީ؟” އާލިކް އާޒީން ކައިރިއަށް ޖެހިލުމަށްފަހު މަޑުމަޑުން ބުންޏެވެ. އާޒީން އާލިކް އާއި ދިމާއަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ. “ހޭއި…. އިނާ އާ އެކު އެބަ އަންނަން އެތަނުން އައިސް ކޯނެއް ގަނެގެން… ހުރިހާ އެންމެން ޗޮކުލެޓް ދޯ؟” ޒައީމް އާލިކްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލާފައި ބުންޏެވެ. “ހޫނ.” އާލިކް ބުންޏެވެ. ޒައީމްމެން ދިއުމާއި އެކު އާޒީންގެ އަތުގައި ހިފައިގެން މީހުން ނޫޅޭ ހިސާބަކަށް ދިޔައެވެ. “ދޮންބޭ!” އާޒީން ގާތަށް އައިސް އައީ އަމަށަކު ރުޅިއެއްނޫނެވެ.
އާލިކް އާޒީންއަށް ލޯ އަޅައިލުމަށް ފަހު އަތުން ދޫކޮށްލިއެވެ. އާޒީން އައި ދިމާއަށް ދާން އުޅެނިކޮށް އާޒީންގެ މުލައްދަނޑީގައި އާލިކް ހިފެހެއްޓިއެވެ. “އަހަރެންގެ އަތުން ހަމަ މިހާރު ދޫކޮށްލާ!” އާޒީން ހަޅޭލަވައިގަތެވެ. “ނޫން. އާޒްއަށް ކިހިނެތްވެގެން ތަ ތި އުޅެނީ. މިއަދު މެންދުރުއްސުރެ އަހަރެންނަކާއި ވާހަކައެއް ވެސް ނުދައްކާ. އަހައިލީމަ ނޫނީ އެއްޗެކޭ ވެސް ނުބުނޭ! އަހަރެންނެއް ނޫނޭ އާޒްގެ ފަށް ވަގަށް ނަގަން އުޅުނީ. ތިހެން އުޅެންޏާ މަންމަ ކައިރީ ހުރިހާ ވާހަކައެއް ބުނާނަން. އާޒް ތި ދެން ކޮންކަމެއް؟ މީހަކުދެކެ ރުޅިއައިސްގެން އުޅުނަސް ތިވަރު ކުރަންޖެހޭ ތަ؟” އާލިކް ރުޅިއައިސްގެންގޮސް މި އެއްޗެހި ކިޔެނީ ކާކަށްކަންވެސް ހަނދާން ނެތުނު ފަދައެވެ.
“ކަލެއަށް ބެހެވޭ ކަމެއް ނޫނެއްނު!” އާޒީން އެންމެ ފަހުން ނުހުރެވިގެން ހަޅޭލަވައިގަތެވެ. އާލިކް ހައިރާންވިވަރުން އާޒީން އާއި ދިމާއަށް ބަލަން ހުރެވުނެވެ. މިއީ އާޒީން އާލިކް އާއި ހަޑިކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. “އާޒް!” އާލިކްގެ ދެބުމަ ގޮށްޖެހުނެވެ. އާޒީން އަތް ދަމައިގަތުމަށްފަހު އާޒީން ދިޔައެވެ. އާލިކްގެ ބޮލުގައި ދެއަތުން ހިފެހެއްޓުމަށްފަހު އެތާ ހުރި ގޮނޑީގައި އިށީނެވެ.
“ހަހަހަ…” ކުއްލިއަކަށް އިވުނީ ފަހަތުން މީހަކު ހޭ އަޑެވެ. އާލިކް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އަންހެން ކުއްޖެކެވެ. “ތިއީ ކާކު؟” އާލިކް ހައިރާންކަމާއިއެކު އެއްސެވެ. “އަހަރެން؟ހަހަހަ.. އަހަރެންނަކީ އޭލިއަނެއް. އަހަރެންގެ ނަމަކީ ރީހާ.” ރީހާ ބުންޏެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” އާލިކް ފޫހިކަމާއިއެކު އެއްސެވެ. “އަހަރެންނަށް އެނގޭ އާޒީންދެކެ އާލިކް ތިހިރީ ރުޅިއައިސްފަކަން. އަހަރެންގެ އެއޮތް މޮޅު ގޮތެއް އާޒީން ހަމައަކަށް އަޅުވަން. އެކަމަކު އަހަރެން ބޭނުން އާޒީންގެ ފަށް! ދޭނަންތަ؟” ރީހާ އޭނާގެ ބުޅި އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ.
ނުނިމޭ
8 ވަނަ ބަޔަށް އިންޒާރު ކުރައްވާ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

