އާޒީން 8
*”ހަހަހަ…” ކުއްލިއަކަށް އިވުނީ ފަހަތުން މީހަކު ހޭ އަޑެވެ. އާލިކް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އަންހެން ކުއްޖެކެވެ. “ތިއީ ކާކު؟” އާލިކް ހައިރާންކަމާއިއެކު އެއްސެވެ. “އަހަރެން؟ހަހަހަ.. އަހަރެންނަކީ އޭލިއަނެއް. އަހަރެންގެ ނަމަކީ ރީހާ.” ރީހާ ބުންޏެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” އާލިކް ފޫހިކަމާއިއެކު އެއްސެވެ. “އަހަރެންނަށް އެނގޭ އާޒީންދެކެ އާލިކް ތިހިރީ ރުޅިއައިސްފަކަން. އަހަރެންގެ އެއޮތް މޮޅު ގޮތެއް އާޒީން ހަމައަކަށް އަޅުވަން. އެކަމަކު އަހަރެން ބޭނުން އާޒީންގެ ފަށް! ދޭނަންތަ؟” ރީހާ އޭނާގެ ބުޅި އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ.*
އާލިކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ނޫން. އަހަރެން ނޫޅެން ފަށް ދޭކަށް.” އާލިކް ބުންޏެވެ. “އާލް!” ކުއްލިއަކަށް ޒައީމްގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ޒައީމް އާއި ޒައިނާ އާއި އާޒީން ތިއްބެވެ. “އާލް ކީތް މިތާ ތި ކުރަނީ؟” ޒައީމް ބުންޏެވެ. “މި… މި އުޅެނީ އެތަނުން ބުޅަލެއް ފެނިގެން.” އާލިކް ބުންޏެވެ. “ދެން ހިނގާ ދަމާ ދޯ؟ ފަހެއް ވެސް ޖަހައިފި. އަން. މިއޮތީ އާލްބެގެ އައިސް ކްރީމް.” ޒައިނާ އާލިކް އަތަށް އައިސް ކްރީމް ދިގުކޮށްލަމުން ބުންޏެވެ. ހަތަރު މީހުންގެ މިސްރާބު ހުރީ ގޮނޑުދޮށާއި ދިމާއަށެވެ.
ފަސް މިނެޓެއް ނުވެ އާޒީންގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. “އެބަ އަންނަން.” ނުދަންނަ ނަންބަރެއް ކަމުން އާޒީން އެމީހުންނާއި ތަންކޮޅެއް ދުރަށް ދިއުމަށް ފަހު ފޯނު ނެގިއެވެ. “ހަލޯ!” އެކޮޅުން ބުންޏެވެ. “ހަލޯ! ” އާޒީން ޖަވާބުދިނެވެ. “މިއީ ކާކުކަން އެނގޭތަ؟” ފޯނުން ވާހަކަ ދެއްކީ އަންހެނެއްކަން އޭނާގެ އަޑުން އެނގެއެވެ. “އަހަންނަށް ނޭނގޭނެކަމަށްތަ ހީކުރީ؟ހަހަހަ.” އާޒީން ބުންޏެވެ. އާޒީން ދެ ވަރަކަށް މިނެޓު ވަންދެން ވާހަކަ ދައްކަން އިނދުމަށްފަހު ފޯނު ބޭއްވިއެވެ. “އާޒް! ކޮންތާކަށް؟” އާޒީން ދާންފެށުމުން ޒައިނާ ގޮވައިލިއެވެ.
“ވަރުބަލިކަމުން ގެއަށް ދާން.” އާޒީން ކަންނެތް ގޮތަކަށް އާފުރެމުން ބުންޏެވެ. އާލިކްހުރީ އާޒީން އުޅޭގޮތުން ހައިރާންވެފައެވެ. އާޒީން މިހެން ބުނުމުން ހަތަރު މީހުން ގެއަށް ދިޔައެވެ. އާޒީން ކޮޓަރިއަށްވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. “އާޒް! އެއޮތް ބަންގިގޮވީ. ދޭބަލަ ނަމާދަށް!” އާލިކްއަށް މަޣްރިބް ނަމާދު ބަންގީގެ އަޑު އިވުމުން އެނދުގައި އޮތް އާޒީންއަށް ބަލައިލަމުން ބުންޏެވެ.
“ހޫނ. އިރުކޮޅަކުން ދާނަމޭ!” އާޒީން ބުންޏެވެ. އާލިކް ފުން ނޭވާއެއް ލިއެވެ. އާލިކް މިސްކިތުން އައި އިރު އަދިވެސް އާޒީން އެނދުގައި އޮށޯވެ އޮތުމުން އާލިކް ބުންޏެވެ.”އާޒް ނަމާދު ކޮށްފިތަ؟” “ހޫނ. ކޮށްފިން.” އާޒީން ބުންޏެވެ.
ނުނިމޭ
9ވަނަ ބަޔަށް އިންތިޒާރު ކުރައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vrh reethi mi part ves curiously waiting for the next part
Kobaa 6th and 7th part? But mi part vx varah reethi
?????????????????????